ޝައިމަންއަށް ބަލައިލެވުނީ އެ ދެމީހުންނާއި ދިމާ ބަލަހައްޓައިގެން ހުރި ފައިނާއަށެވެ. ޝައިމަން ބަލައިލުމުން ފައިނާ ބޯޖަހާލީ ފަޒީންއަށް އެކަން އެނގިއްޖެޔޭ ބުނުމުގެ ގޮތުންނެވެ. “ދޮންބޭ.. ސޮރީ.. ” ޝައިމަން އިސްޖަހާލަމުން އެހެންބުންޏެވެ. ” އިޓްސް އޯކޭ ޝައިމް.. އެކަމާ ނުވިސްނާ.. ދެން މަންމަ އަށް ފަރުވާދޭން ވީހާވެސް އަވަހަކަށް ބޭރަށް ފުރޭތޯ.. ޑޭޑް ކައިރީ ވެސް ބުނަންޖެހޭނެ..” ފަޒީން ޝައިމަންގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ. އެރޭގެ ކެއުމަށް ފަހު ފަޒީންއާއި ޝައިމަންގެ އެދުމުގެ މަތިން ފަތުހީ […]
ޖެހިގެންއައި ދުވަހެވެ. ސަލްމާގެ ރިޕޯޓް ދޫކުރަނީ ހެނދުނު ދިހައެއް ޖަހާއިރެވެ. އެހެންކަމުން ޝައިމަން ގެއިން ނިކުތީ ހޮސްޕިޓަލަށް ދާންވެގެން ނެވެ. ނަމަވެސް އޭނާ ހުއްޓެން ޖެހުނީ ފަހަތުން މީހަކު ގޮވާލިއަޑަށެވެ. ފަސްއެނބުރި ބަލައިލިއިރު ކުރިމަތީހުރި ކިއާރާފެނި ޝައިމަން ހުރީ ބުނާނެ އެއްޗެއްނޭނގިފައެވެ. ކިއާރާ ހާދަރީއްޗޭ އޭނާގެ ހިތަށް އެރިއެވެ. ކިއާރާލާފައި ހުރި ފެހިކުލައިގެ މަތިކޮޅާއި ކަޅުކުލައިގެ ލެގިންސް އޭނާއާއި ވަރަށް ގުޅެއެވެ. އިސްތަށިގަނޑު އޮތީ ކޮނޑުމައްޗަށް ވާގޮތަށް ގަތާލާފައެވެ. އާންމުކޮށް ހުންނަގޮތަށް ކިއާރާ ހުއްޓެއްކަމަކު ދުވަހެއްދުވަހަކަށް އޭނާރީތިވާހެން […]
އެހެންޏާވެސް ފަތިހު ހޭލާގަޑިއަށް މިއަދުވެސް ކިއާރާ ހޭލިއެވެ. ރޭގަވީ ކަންތައް އެއްވެސް ވަރަކަށް ހަނދާން ހުރި ހެނެއްހިޔެއްނުވެއެވެ. ނަމާދު ކޮއްލައިގެން ކޮފީބޯން ފޭބިއިރު ފައިނާނޫން އެކަކުވެސް އަދި ތިރިޔަކަށް ނުފައިބައެވެ. ކިޔާރާ ފެނުމުން ފައިނާ ކުޑަކޮން ހައިރާންވެސް ވިއެވެ. ނަމަވެސް އިތުރަށް އެވާހަކަ ދައްކާކަށް ގަސްތެއް ނުކުރެއެވެ. ކިއާރާ އައިސް ފުރަތަމަވެސް ހުޅުވާލީ ފްރިޖްއެވެ. އެއަތެރޭގައި އިން ކޭކް ފެނުމުން ރޭގައި ވެގެން ދިޔަ ހުރިހާކަމެއް ހަނދާންވެގެން ދިޔައެވެ. އެހެންވެ ލޮލަށް ކަރުނަ ޖަމާވާން ހިނދުކޮޅެއްވެސް ނުނަގައެވެ. […]
އެރޭ އަށެއްޖަހާދިހަ މިނެޓް ވީ އިރު ކިއާރާ ގެއަށްއައީ ފަޒީންއާއި އެއްކޮން ކާރުގައެވެ. ގެއަށްއައި އިރު ގެޔަތެރެ އޮތީ އެއްކޮން ހަމަހިމޭން ވެފައެވެ. ” ދޮންބޭ ކޮބާ އެންމެން.. ތަނަކަށް ދިޔައީތަ؟” އެކަކުގެވެސް ހިލަމެއް ނުވުމުން ކިއާރާ އަހަލިއެވެ. “ނޭންގެ… ޓެރަހުގައިކަންނޭންގެ އެންމެން.. ހިނގާބަލަ ބަލާލަންދާން” އެހެން ކިޔާ ކިއާރާ ގޮވައިގެން ފަޒީން އެރީ މައްޗަށެވެ. މައްޗަށް އަރަމުން ދިޔަވަރަކަށް ކިއާރާގެ ހިތުގެ ތެޅުން ދިޔައީ ބާރުވަމުންނެވެ. ކޮންމެސް ނުބައެއް އުޅޭކަމަށް ސިގުނަލް އަޅަމުން ދަނީއެވެ. ޓެރަހުގެ […]
ވާހަކަ މެދުކެނޑުނީތީ ވަރަށް ބޮޑަށް މާފަށް އެދެން… ވަރަށް އަވަހަށް އަޅުގަނޑު ވާހަކަ އެނެއްކާވެސް އަޕް ކުރަން ފަށާނަން.. އިންޝާ ﷲ… އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް މާފަށް އެދެން ހުރިހާ ކިޔުންތެރިންގެ އަރިހުން….
އުމުރުން ސާދަ އަހަރުގައި އަހަރެން މާލެ ބަދަލުވީ އިތުރަށް ކިޔެވުމުގެ ބޭނުމުގައެވެ. އެއީ އަހަރެން އަލަށް މާލެ ދިޔަ ފަހަރެވެ. އެރޭ މާލެ ފުރަން ބޯއްޓައް އެރީ ހިތުގައި އަތް އަޅައިގެންނެވެ. މަންމަޔާ ކޮއްކޮމެން ބަނދަރަށް އަހަރެން ފުރުވަން ނިކުމެ ތިއްބެވެ. ލޮލުން ކަރުނަ އޮހޭހާލު މަންމަ އަހަންނަށް ނަސޭހަތް ދެމުން ދިޔައެވެ. ލޯބިން ބަލާ ބޮޑު ކުރި ދަރިފުޅު ލޮލަށް ނުފެންނަ ހިސާބަށް ދާއިރު އަސަރު ނުކުރާނީ ކޮން މަޔަކަށް ހެއްޔެވެ؟ އެ ހުރިހާއިރު ވެގެން […]
ހަފްތާ ބަންދު ނިންމާ އެނެއްކާވެސް ކިޔެވުން ފެށިއްޖެއެވެ. ފަތިހު ފަތިސް ނަމާދުކޮއްލައިގެން ކިއާރާނިކުމެލީ ޓެރެހަށެވެ. ލާފައި ހުރި ފިޔާތޮށި ކުލައިގެ ސްވެޓަރާއި ހުދުކުލައިގެ ލެގިންގްސް ގައި އޭނާ ވަރަށްވެސް ރީއްޗެވެ. އިސްތަށި ގަނޑުވަނީ މިނިވަން ކަމާއިއެކީ ދޫކޮއްލާފައެވެ. ފަތިހުގެ ހިމޭން ކަމުގައި މާލޭގެ މަގުތައް ވެސްވަނީ ހިމޭން ވެފައެވެ. މަދުމަދުން ދެތިންމީހުން ފެނުނަސް ވަރަށް އަޑުމަޑެވެ. އެ ހިމޭންކަމުގެ ތެރެއަށް ގެއްލިފައި ހުރި ކިއާރާ ސިހުނީ ފަހަތުން މީހަކު އައި އަޑަށެވެ. ސިހިފައިފަހަތް ބަލައިލިއިރު ފަހަތުގައި ހުރި […]
ދުވަހަކީ ހުކުރު ދުވަހެކެވެ. މެންދުރުގެ ނަސްތާށްފަހު ޒުވާންގުރޫޕްރާވަމުން ދިޔައީ ހަވީރު ހުޅުމާލެއަށް ދާށެވެ. ނަމަވެސް އެމީހުންގެ ޕްލޭން މަޑުޖައްސާލަން ޖެހުނީ ގެއަށް މެހެމާނަކު އަންނަވާހަކަ ސަލްމާ ބުނުމުންނެވެ. ހަވީރު ހަތަރެއްޖެހިއިރު އެންމެންވެސް ތިބީ ގޭގެސިޓިންރޫމްގައެވެ. އިރުކޮޅަކުން އިވުނީ އޭގެ ބެލް އަޅާލި އަޑެވެ. ދޮރުހުޅުވަން އައި ނޯކަރުމީހާ ހުއްޓުވަމުން ސަލްމާ ގޮސް އެދޮރު ހުޅުވިއެވެ. ހެވިފައި ހުރެ ސަލްމާ ކުރިމަތީ ހުރި ކުއްޖާއަށް އެތެރެއަށް ވަނުމަށް ދައުވަތުދިނެވެ. އެތެރެއަށް ވަދެގެންއައި އަންހެން ކުއްޖާފެނި އެންމެންވެސް ތިބީ ހައިރާންވެފައެވެ. […]
ޖެހިގެން އައި ހަފްތާގެ އަންގާރަ ދުވަހެވެ. ވެލާނާ އިނޓަރނޭޝަނަލް އެއާރޕޯޓްގެ އެރައިވަލް ގޭޓުން ނިކުމެގެން އެ އަންނަ ޒުވާނާއަށް ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ހުދުކުލައިގެ އަތްދިގު ޓީޝާޓްއަކާއި ނޫކުލައިގެ ޖީންސެއްގައި ހުރި ޒުވާނާ ފެންނަލެއް ނުހަނު ހިތްގައިމެވެ. ލޮލުގައި އަޅާލާފައިވާ ރޭބަން އަވިއައިނު އެ ދޮން މޫނާ ނުހަނު ގުޅެއެވެ. އެއްއަތުން ކޮނޑުގައި އޮތް ބެގްޕެކްގައި ހިފަހައްޓާލައިގެން އެނެއްއަތުން ޓްރޯލީ ދުއްވަމުން އަންނަ އެ ޒުވާނާގެ ނަޒަރު ހުއްޓުނީ މީހުންތަކު ތެރޭގައި އޭނަޔަށް ބަލަހައްޓައިގެން […]