( ސަޕްރައިޒް ހުރިހާ ކުދިންނަށް.. މިއޮތީ ޒާރާ ވާހަކައިގެ 9 ވަނަ ބައި.. ? )
***************************
ކުރީގެއަދަދާއި ގުޅޭ: ” ރިޝްވާންވެސް ފަހުން އަހަންނާއި ލޯބީގެ ގުޅުމެއް ބާއްވާކަށް ބޭނުމެއް ނުވި.. ރިޝްވާން ބުނާ ތަންތަނަށް ނުދެވޭތީ ގިވްއަޕް ކުރީއޭ ބުނީ.. ޓަޔަޑްވީއޭ.. އެހެންވެ އަހަރެންގެ ހިތުގައި ރިޝްވާންއާމެދު ކިރިޔާ ލޯތްބެއް އުފެދުނުތަނާހެން އަހަންނަށް ރިޝްވާންވެސް ގެއްލުނީ.. ރިޝްވާން ބޭނުންވީ ރައްޓެހިކަން ބާއްވަން.. އެކަމަކު އަހަރެންނަށް ކަމުދާ މީހުންނާ ރައްޓެހިކަން ބޭއްވުމަކީ އަަހަންނަށް އެހާ ފަސޭހަކަމެއް ނޫން.. ކުރީގެ ކަންތައްތައް ހަނދާންވާތީ.. އެހެންވެ އަހަރެން ރިޝްވާން ކައިރީ އެހެންބުނެފަ ރިޝްވާން އަންފްރެންޑްކޮށްލީ.. ” އެހިސާބަށް ކިޔާފައި ޔަޒްދާން ޑައިރީ ލައްޕާލާފައި ނިދަން އޮށޯތެވެ.
********************
” ދާންވީ މާފަންނު ޕަނީނޯ ހައުސްއަށް.. ” ޝައިހާ ގޮވައިގެން ކާރަކަށް އަރާފައި ޑްރައިވަރަށް ދާންވީ ތަން ޒާރާ ބުނެދިނެވެ. އެއާއެކު ޑްރައިވަރު ކާރު ދުއްވާލިއެވެ.
” ޝައިކޮ.. ޝައިކޮމެންގެއަށް ކިޔާނަން ރީތިވެފަ ހާދަ ތަފާތޭ ދޯ؟ ” ޒާރާއާ ޖެހިގެން ކާރުގެ ފަހަތު ސީޓުގައި އިން ޝައިހާއަށް ދޯއެއް ދެމުން ޒާރާ ބުނެލިއެވެ.
” ޕަނީނޯ.. ޕަނީނޯ.. ޝައިކޮއަށް ރީތީއެއް ނޫން.. މަޖަލީ އެނަން.. ޕަނީނޯ.. ކޮންމެވެސް ފިލްމެއްގައި ވެސް ދައްކާނެ.. ” އެހެން ބުނުމާއެކު ރާގެއް އަޅުވާލާފައި ޝައިހާ ޕަނީނޯގެ ނަން ކިޔަމުން ބުނެލިއެވެ. ” ހެހެ.. ޒާރާ ދައްތައަށްވެސް ތިނަން އަސްލު މަޖަލޭ.. އެފިލްމުވެސް ފެނުން ކަންނޭނގެ.. ކޮންމެވެސް ޕަރީއެއްވެސް އުޅޭ ދޯ.. ” ޝައިހާގެ ވާހަކައާ ގުޅުވާލަމުން ޒާރާ ބުނެލިއެވެ. ” ހުމްމް.. ޔެސް.. ޕަރީ އެއީ ޝައިކޮ އެންމެ ބޭނުން މީހުން.. މައި ފެވަރިޓް.. ” އެހެން ބުނެފައި ޝައިހާ ވަރަށް ބޮޑަށް ހިނިތުންވެލިއެވެ.
ދުއްވަމުން ދިޔަ ކާރު ޕަނީނޯ ހައުސްގެ ދޮރުމައްޗަށް އައިސް ހުއްޓަން ދެންވެސް ޒާރާއާއި ޝައިހާ ތިބީ އެކަހަލަ ވާހަކަތަކެއް ދެއްކުމުގައެވެ. ކާރު އެގޭ ދޮރުމައްޗަށް ހުއްޓިކަން ވެސް ޒާރާއަށް އެނގުނީ އިރުކޮޅެއް ފަހުންނެވެ.
” ވަރަށް ބޮޑަށް ސޮރީ އިނގޭ.. ވާހަކައިގައި މި އިނދެވުނީ.. ” އަވަސްއަވަހަށް ޑްރައިވަރު އަތަށް ލާރިދީފައި، ޝައިހާގެ އަތުގައި ހިފައިގެން ކާރުން ނިކުންނަމުން ޒާރާާ ބުނެލިއެވެ.
*****************
” އައްސަލާމް އަލައިކުމް.. ” ގޭތެރޭގައި ކޮޕީފަތް ކޮށަންއިން ވަފިއްޔާއަށް ސަލާމް ގޮވާއަޑު އިވުނެވެ. ” ވައަލައިކުމުއްސަލާމް.. ވަދޭ އެތެރެއަށް.. ” ފަތްކޮށަން އިނދެފައި ވަފިއްޔާ ސަލާމް ބަލައިގަތެވެ.
” އަނހާ.. ދަރިފުޅާ.. އިއްޔެ މަންމަ އުޅުނީ ދަރިފުޅު ގެއްލިގެންނޭ.. މިހާރުތީ މަންމަ ކުއްޖެއް ނޫންދޯ؟ ޒާރާ ދައްތަ ކުއްޖެއްދޯ؟ ” ގޭތެރެއަށް އައި ޝައިހާއާ ޒާރާ ފެނުމުން ވަފިއްޔާ ބުނެލިއެވެ. ” އުހުމް.. ” ޝައިހާ އެހެން ބުނެފައި ދެއަތުން ވަފިއްޔާގެ ގައިގަ ބައްދާލިއެވެ.
” ޒާރާ.. އާދޭ .. އިށީނދޭ.. އެއްޗެއް ކާލަމާދޯ.. ސައިވެސް ހަދައިގެން މިއުޅެނީ.. ” ވަފިއްޔާ އުޅުނީ ޒާރާ ގޮވައިގެން ބަދިގެ ފަރާތަށް ދާށެވެ. ” ނޫނޭ ދައްތާ.. މިއަދު މިއައީ ސައިބޮއިގެން.. ޝައިކޮއަށްވެސް އެހެރީ ރިހައާ ރޮއްޓާ ކާންދީފަ.. ” އެހެންބުނެފައި ވަފިއްޔާ އިށީނދެ އިން ގޮނޑި ކައިރީއިން ގޮނޑީގައި ކައިރީ ޒާރާ އިށީނދެލިއެވެ.
” ދަރިފުޅާ.. އާދެބަލަ.. ” ތަންކޮޅެއް ދުރުގައި އެމީހުންނަށް ފުރަގަސްދީގެން ކަސްރަތުކުރަން ހުރި ޔަޒްދާން ފެނުމުން ވަފިއްޔާ އޭނާގެ ދަރިފުޅަށް ގޮވާލިއެވެ. އެހެންނަމަވެސް ޔަޒްދާން ހުރީ ކަސްރަތުކުރަމުން ދިޔައިރު ހެޑްސެޓް ޖަހައިގެން ކޮންމެވެސް އެއްޗެއް އަޑުއަހާށެވެ.
” އެބައަންނަން އިނގޭ ޒާރާ.. މަޑުކޮށްލައްޗޭ.. ” ގޮވާލުމުންވެސް ޔަޒްދާން ނައުމުން ޒާރާ ގާތު އެހެން ބުނެފައި ޔަޒްދާން ގާތަށް ވަފިއްޔާ ދިޔައެވެ.
” ދަރިފުޅާ.. އޭނީ ޒާރާ އައިސް.. ދޭބަލަ.. ” ޔަޒްދާން ކަންފަތަށް ހެޑްސެޓް ޖަހައިގެން ހުއްޓާ އަޑުނީވުމުން، ވަފިއްޔާ ހެޑްސެޓްގެ ވާގަނޑު ޔަޒްދާންގެ އެއްކަންފަތުން ނައްޓުވާލިއެވެ. ” ކީކޭ މަންމާ.. ޒާރާ ހަމައަސްލުވެސް އެބައިންތަ؟ ” ޔަޒްދާންއަށް އަހައިލެވުނެވެ.
” އާނ.. ޝައިހާ ލާން އައީ ހަމަ ދެންމެ.. އެބައިން އެފަރާތުގަ.. ހިނގާ.. ” އެހެންބުނެފައި ވަފިއްޔާ ހިނގައިގަތުމުން ޔަޒްދާންވެސް ވަފިއްޔާގެ ފަހަތުން ހިނގައިގަތެވެ.
“ޝައިހާ ދެންދޭ ކޮޓަރިއަށް ފޮތްކިޔަން. ” ޔަޒްދާންއަށް އާދެވެން ވާއިރަށް ވަފިއްޔާ ބޭނުންވީ ޒާރާ ކައިރީ ހުރި ޝައިހާ އެތަނުން ފޮނުވާލާށެވެ. އެހެންނޫނީ ދެން އަނެއްކާވެސް ކަންތައް ވާނޭ ގޮތް ވަފިއްޔާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ޝައިހާވެސް މަންމަގެ ބަސްއަހައިގެން ކޮޓަރިއަށް ދިޔައެވެ.
” ޒާރާ.. މިއީ އަހަރެންގެ ފިރިހެން ދަރިފުޅު.. ޝައިހާގެ ބޭބެ.. މިއީ ޒާރާ އިނގޭ.. ޝައިހާގެ އާންޓީއެއް.. ” އެވަގުތު ވީ ޒާރާއާ ޔަޒްދާންއަށް، ދެމީހުން ދެމީހުންނަށް ބަލާލެވުނު ވަގުތަށެވެ.
ވަފިއްޔާގެ ކައިރީ ހުރި ޔަޒްދާން ފެނުމުން ޒާރާއަށް ދެން އިތުރަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ” ހައި. މިހާރު އެގިއްޖެދޯ މީ ޝައިހާގެ ބޭބެކަން.. ” ޒާރާއަށް އެއްޗެއް ނުބުނެވުމުން ޔަޒްދާން ހިނިތުންވެލާފައި ސަލާމަށް އަތްދިއްކޮށްލިއެވެ.
” އައިމް ސޮރީ.. ހިޔެއް ނުކުރަން އަސްލުވެސް ތީ ޝައިހާގެ ބޭބެއަށް ވެދާނެކަމަކަށް. ” ޒާރާއަށް އެއަތުގައި ހިފާ ސަލާމްކޮށްލާފައި އެހެން ބުނެލިއިރު ހުރެވުނީ ކޮންމެވެސް ވަރަކަށް ހައިރާންވެފައެވެ.
” ހެހެ.. އެ އޯކޭ ވާނެ.. އަހަރެންގެ ކޮއްކޮ އަބަދުވެސް އުޅޭނީ އެހެން.. ” ޒާރާގެ އަތުގައި ހިފަހައްޓައިގެން ހުރެ ހިނިތުންވެލަމުން ޔަޒްދާން ބުނެލިއެވެ. އެއަތުގައި ހިފާލުމުން ޔަޒްދާންއަށް ކުރެވިގެން ދިޔައީ ނުހަނު، އުފާވެރި އިހްސާސެކެވެ. ވެގެން ވާނަމަ އެއަތުން ދެން ދޫކޮށްލާކަށްވެސް ޔަޒްދާން ބޭނުމެއް ނޫނެވެ.
” ދައްތާ ދެންދަނީ އިނގޭ.. ” ޔަޒްދާންގެ އަތުން އަތްދޫކޮށްލާފައި ވަފިއްޔާ ގާތުގައި ދަނީއޭ ކިޔާފައި ބޭރުދޮރާއި ދިމާއަށް ޒާރާ ހިނގައިގަތެވެ. ” އާނ.. ޒާރާ ދެން ތި ދަނީ ސައިވެސް ނުބޮއިވިއްޔަ.. ” ވަފިއްޔާ އެހެންބުނެލުމާއެކު އެނބުރި ބަލާލާފައި ޒާރާ ވަފިއްޔާއަށް ހީލިއެވެ. މިމަންޒަރު ޔަޒްދާންއަށްވެސް ވަރަށް ރީއްޗަށް ފެނުނެވެ. އެހެންވެ ޔަޒްދާންއަށްވެސް ކަޅިޖަހާނުލާ ޒާރާއަށް ބަލަން ހުރެވުނީއެވެ.
” ދަރިފުޅާ.. ޒާރާއަކަށް ދަރިފުޅެއް ނުވެސް އެނގުނު ދޯ؟ ” ޒާރާ ދިޔަތަން ބަލަން ހުރެފައި ވަފިއްޔާ ބުނެލިއެވެ. ” އާނ މަންމާ.. ނޭނގުނު.. މަންމަ އަނެއްކާ އެވާހަކަވެސް އެހަށް ނުބުނައްޗޭ.. އަހަރެން ބުނާނަން.. އެކަމަކު ރަގަޅު ވަގުތެއް އައިމާ..” ޒާރާއަށް ނޭނގުމުން، އެހާއަވަހަށް އޭނާއަކީ ކާކުކަން އަމިއްލައަށް އަންގާކަށް ޔަޒްދާން ބޭނުމެއް ނުވިއެވެ.
********************
” އަޅޭ.. ރިޔާމެން ހަމަ ފުރަނީ ދޯ.. އަަހަރެން ރިޔާމަތިން ވަރަށް މިސްވާނެ.. ” ޒާރާ އިނީ ރިޔާޝާގެ ފޮއްޓަށް އެއްޗިހި އަޅައިދިނުމުގައި އެހީތެރިވެދޭށެވެ.
” އާނ.. އަހަރެންވެސް ވަރަށް ހަނދާންވާނެ.. ޒާރާ ދޫކޮށްލާފައި ދާން ޖެހޭތީ ދެރަވެސްވޭ.. ޒާރާ ކައިރީ އެރަށަށް ބަދަލުވާން އަންނާށޭ ބުނީމާ ތި ނާންނަނީނު.. އަހަރެންވެސް ކޮންމެހެން ދާން ޖެހޭތީ މިދަނީ.. މިހާ އަގުބޮޑުއިރު އެޕާޓްމެންޓެއްގައި މިހެން ނޫޅެވޭނެތީ.. އަނެއްކާ އިރުފާން މަންމަވެސް އެހާ ބަލި.. އިރުފާންގެ ވަޒީފާވެސް މިހާރު އެބަދަލުވީ.. އެރަށުގައި މަސައްކަތް ކުރަން ޖެހޭގޮތަށް.. އަހަރެންގެ ވެސް މީހަކަށް ދެން ހުރީ އިރުފާންވިއްޔަ.. އިރުފާންއަށް އުޅެވޭ ތަނަކު އަހަރެންވެސް އުޅޭނީ.. އަހަރެމެން ދާފަހުން ވެސް ޒާރާ ހަމަ އަންނަންވީ އެކޮޅަށް ބަދަލުވާން.. އިރުފާން އެބުނީނު ޒާރާ ބަހައްޓާާނަމޭ.. ޕްލީޒް.. އަންނަންވީއެއްނު އަހަރެމެންނާ އެކީ.. ” ރިޔާ ބޭނުންވަނީ ޒާރާވެސް ގެންދާށެވެ.
” ނޫނޭ.. ރިޔާއާ އިރުފާންބެއާ އަހަރެންނަށް ކިތަންމެ ރަގަޅަކަސް.. އަހަރެންވެސް އެގޮތް ދަންނަން ވާނެއެއްނު.. އަހަންނަކަށް ނުކެރޭނެ އިރުފާންބެމެން ރަށަށް ބަދަލު ވާކަށް.. ރިޔާއަކީ އިރުފާންބެގެ އަންހެނުން.. އަހަންނަކީ ކޮންމެގޮތެއްވިއަސް ހިލޭ އަންހެނެއް.. އެރަށަށް ގޮސް އިރުފާންބެމެން ގޭގައި އުޅެން ވެއްޖިއްޔާ.. މީހުން ފާޑުފާޑުގެ ވާހަކަ ދައްކަން ފައްޓާފާނެ.. ތިއީ ނުލާހިކު ރަގަޅު ދެމީހުން.. ތިތަނުން އެއްވެސް މީހަކަށް އެއްވެސް މީހަކު ދެރަބަހެއް ބުނާކަށް އަހަންނެއް ނޭދެން.. މާލޭގައި ވެސް އަހަރެން މިހާ ދުވަސްވަންދެން މިއުޅުނީ ތިދެމީހުންނާއެކީ ވިއްޔަ.. ތިދެމީހުންގެ ހެޔޮކަން ދުވަހަކުވެސް އަހަރެންގެ ހިތުން ނުފިލާނެ.. އެކަމަކު އަހަންނަށްވެސް މިހާރު ވަޒީފާއެއް އަދާކޮށްގެން މިހެން އުޅެލެވޭނެ.. ހުންނާނެ ތަނެއްވެސް މިހާރު އެ ލިބުނީ.. ރިޔާ އަހަންނާމެދު ދެން އެއްގޮތަކަށްވެސް ހާސް ނުވޭ.. އިނގޭ.. ” ޒާރާއަށް އެހިސާބަށް ބުނެވުނުއިރު އިނީ ފެންކަޅިވެފައެވެ. ރިޔާވެސް އިނީ ހަމަ އެފަދަ ހާލެއްގައެވެ.
” ކޮބާ؟ ދެމީހުން ފޮއްޓަށް އެއްޗެހި އެޅުނީތަ؟ ” އެވަގުތު އެކޮޓަރީގެ ތެރެއަށް އިރުފާން ބޯދިއްކޮލިއެވެ. ” މި ދެންހަމަ ނިމުނީ.. ” އިރުފާންއަށް ހިނިތުންވެލަމުން ރިޔާ ބުނެލިއެވެ.
” އަހަރެން ދިޔާމަ ދެމީހުން ހަމަ ރުއީދޯ؟ ” ރިޔާއާއި ޒާރާގެ ފެންކަޅިވެފައިވާ ދެލޯ އިރުފާންއަކަށް ނުފޮރުވުނެވެ. ” ޒާރާ ވާނުވާ އަންގައްޗޭ.. ޒާރާ އަބަދުވެސް ހަނދާން ކުރާތި ޒާރާއާ އެކީ އިރުފާންބެމެން ތިބޭނެކަން.. ކަމެއް ބޭނުންވިއަސް ބުނައްޗޭ.. އިނގޭ.. ” ޒާރާގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލާފައި އިރުފާން ބުނެލިއެވެ. ފެންކަޅިވެފައިވާ ދެލޮލުގެ ތެރެއިން ޝުކުރުވެރިިިިިިިިިކަމާއެކު އިިިރުފާންއަަަަށް ބަަަަލާލާފައި ބޮލުގެ އިޝާރާތުން ޒާރާ އާއެކޭ ބުުުުުުނެލިއެވެ.
އިރުފާންއަކީ ޒާރާއަށް އެއްބަނޑު އެއްބަފައި ބޭބެ ފަދަ މީހެކެވެ. އިރުފާންވެސް ޒާރާއާމެދު ދެކެނީ ހަމަ އެފަދައިންނެވެ. އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ ގޮތުގައެވެ. އެހެންކަމުން، ރިޔާގެ ހަޔާތަށް އިރުފާން އައުންވީ ޒާރާއަށްވެސް ލެއްވި ހެޔޮ ނަސީބެއް ކަމުގައެވެ.
**********************
” ކޮބާ ހިނގާ ނިކުންނަމާ ދޯ.. މިދަނީ ތިރިއަށް ޓެކްސީއެއް ހޯދަން އިނގޭ.. ރިޔާމެންވެސް ތިރިއަށް އާދޭ.. ” ރިޔާއާ ޒާރާގެ އެއްޗެހި އަޅާފައިވާ ފޮށިތަކުގައި ހިފަމުން އިރުފާން ބުނެލިއެވެ.
އެހެން ބުނުމުން ޒާރާއާ ރިޔާ ދެމީހުން އެކަކު އަނެކަކުގެ އަތުގައި ހިފައިގެން ކަހަލަ ގޮތަކަށް ނިކުންނަން ހިނގައިގަތެވެ. އެ ދެރަހުމަތްތެރިން ވަކިވާ ވަގުތު ޖެހޭތީ ހިތާމަކުރާ ހާލުގައެވެ.
ޒާރާމެން ތިރިއަށް ފޭބިއިރު އިރުފާން ހުރީ ޓެކްސީއެއް މަޑުކުރުވައިގެންނެވެ. އެންމެން ކާރަށް އެރުމާއެކު، އެކި މަގުތަކުން ދުއްވާފައިގޮސް ކާރު މަޑުކުރީ ޕަނީނޯ ހައުސްގެ ދޮރުމައްޗަށެވެ. ޒާރާ ފޭބުމުން، ދެން ކާރު ދުއްވާފައި ދިޔައީ ލާންޗުތައް އޮންނަ ސަރަހައްދަށެވެ. އިރުފާންއާއި ރިޔާ ފުރުމަށް ހަމަޖެހިފައި އޮތީ އެތަނުގައި އޭރު އޮތް ލާންޗަކުންނެވެ.
********************
” ޒާރާ.. އާދޭ.. ދެން ސަލާމް ގޮވާނެކަމެއް ނެތް ” ވަފިއްޔާމެން އުޅޭ އެޕާޓްމެންޓްގެ ދޮރު ހުޅުވާލިތަނުން، ގޭތެރޭގައި ހުރި ވަފިއްޔާއަށް ޒާރާ ފެނުނެވެ. އޭރު ސަލާމްގޮވާލަން އުޅެފައިވެސް ވަފިއްޔާ އެހެންބުނުމުން، ފޮށި ހިފައިގެން، ޒާރާ އެތެރެއަށް ވަނެވެ.
” ގެނޭ ތިފޮށި.. އަހަރެން ގެންގޮސްދީފާނަން..” އެވަގުތު ވަފިއްޔާމެން ކުރިމަތިން ހުރަސްކަނޑާލި ޔަޒްދާންއަށް ޒާރާ ފެނުމާއެކު، ޒާރާގެ އަތުގައި އޮތް ފޮށި އަތުލިއެވެ. ” ދަރިފުޅާ.. ތިފޮށި މަންމަމެން ކޮޓަރިއަށް ވައްދާދީ އިނގޭ.. ” ވަފިއްޔާ އެހެންބުނުމުން ފޮށިހިފައިގެން ކޮޓަރިއާއި ދިމާއަށް ޔަޒްދާން މިސްރާބު ޖެހިއެވެ.
” ޒާރާވެސް ބޭނުމިއްޔާދޭ ކޮޓަރި ބަލާލަން.. އެހެންނޫނީ ކައިގެންތަ ދާނީ؟ ވަރަށް ބަނޑުހައިވެފަ ކަންނޭނގެ ދޯ ތިހިރީ.. ހިނގާ ކާން ހުންނާނެ ހެދިބަތް ހަދާފަ.. ” ވަފިއްޔާ ހީކުރީ ޒާރާ ހުރީ ވަރަށް ބަނޑުހައިވެފައި ކަމަށެވެ.
” ނޫނޭ.. އެހާ ބަނޑުހައެއްވެސް ނޫން.. ކޮޓަރި ބަލާލަން ކަންނޭނގެ ދާންވީ އެހަށް.. ދޯ.. ދައްތާ..” ވަފިއްޔާ އެހެން ބުނުމުގެ ކުރިންވެސް ޒާރާ ހުރީ ކޮޓަރި ބަލާލަން ދާހިތްވެފައެވެ.
” ދޭބަލަ ދައްތަގެ ދަރިފުޅު ފަހަތުން.. ކުރީދުވަހު ޒާރާ އައިމަ ދައްތަ ހަނދާން ނެތުނީ ކޮޓަރި ދައްކާލަންވެސް.. ” ވަފިއްޔާ އެހެންބުނުމުން ޔަޒްދާން ދިޔަ މަގު ފާހަގަކޮށްފައި ޒާރާ ހިނގައިގަތެވެ.
*******************
” ކޮބާ؟ ކޮޓަރި ކަމުދޭތަ؟ މިއީ ވަރަށް ހާއްސަ ކޮޓަރިއެއް.. އަހަރެންގެ ބައްޕައާއި މަންމަގެ ކޮޓަރި.. މިހާރު އަހަރެންގެ ބައްޕަ މިދުނިޔެއަކު ނެތް.. އެހެންވެ މަންމަ އުޅެނީ މިކޮޓަރީގަ ހަމައެކަނި މާއެކަނި.. ” ޒާރާ ކޮޓަރިތެރެއަށް ވަނުމުން އެތެރޭގައިހުރި ޔަޒްދާން ވާހަކަ ދައްކަން ފެއްޓިއެވެ.
” އެހެންތަ. ކޮޓަރި އަހަންނަށް ވަރަށް ކަމުދޭ .. ތިވާހަކަ ކުރިން އަސްލު ނުވެސް އެނގޭ.. އިރާދަކުރެއްވިއްޔާ ދެން ދައްތަ އެކަންޏެއް ނުވާނެ” ވަފިއްޔާގެ ފިރިމީހާވީ ނިޔާވެފައިކަން ޒާރާއަށް އެނގުނީ އަދި ކިރިޔާއެވެ.
” އާނ.. ހީވީއޭ ނޭނގޭހެން.. ބައިދަވޭ.. އަހަރެމެން މީ މިހާރު ދެރައްޓެހިން ދޯ.. ހީކުރަން އަހަންނަކީ ރައްޓެއްސެއް ކަމުގައި ބަލާނެކަމަށް.. ” ޔަޒްދާން ބޭނުންވަނީ ފުރަތަމަ ޒާރާގެ ރައްޓެއްސަކަށް ވާށެވެ.
” ޔެސް.. އޮފް ކޯޒް.. ވީއަރ ފްރެންސް ނައު.. ” އެހެން ބުނެފައި ޔަޒްދާންއަށް ބަލާލާފައި ޒާރާ ހިނިތުންވެލިއެވެ. އެހިނދު ޔަޒްދާން އެމޫނަށް ބަލައިލުމުން ފެނުނީ ހިތްހެޔޮކަމެވެ. ޒާރާގެ މޫނަށް އިރުކޮޅަކު ބަލަން ހުރެފައި ފުންނޭވައެއްލަމުން ޔަޒްދާން އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
7810 Comments
Comments are closed.
[email protected]
January 17, 2018 at 6:55 amalhey alheyy..me first..hama vr bodah surprise vefa iny…vr reethi mi prt vss masha allah..when n3xt part??
Xoo
January 17, 2018 at 8:27 amAlhe thank you so much v surprise.??
Crystal
January 17, 2018 at 10:37 amAish.. hafthaa Aku ehfaharu.. then anehka ves wed ga.. Nd thankyou ☺
Pinky shifoo
January 17, 2018 at 12:17 pmHii crystal ??.. This is my first comment for this story bt kuryge parts thah vx keen ingey.. Mi part vx reethi
?.. Waiting for next part.. Keep it up
Hairaan
January 17, 2018 at 3:25 pmV reethi
Crystal
January 17, 2018 at 5:36 pmThank you.. Zoo.. Pinky☺shifoo.. Hairaan.. ☺ aslu vaahaka kiyaafa thihen comment kohlleema varah ufaavey.. ekamaku baeh faharu crystal ah comment thakah reply nukureve huredhane.. bxy koh ulhen jeheythee.. ekm eyrah ves comment kohlla kudhin ulheythy varah ufaavey.. fahun namaves comment thah kiyalan.. reply nukurevunas
Pinky shifoo
January 17, 2018 at 6:30 pmIt’s OK crystal ???
Hairaan
January 22, 2018 at 1:02 amKba10
Crystal
January 23, 2018 at 3:26 pmMaadhama. Wednesday
Clara?
February 18, 2018 at 8:18 amVvvvvvvvvvvv reethi and it’s so mysterious ????????