Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަމްސަަފަރް 6

Nannu Level 110 Stories
January 17, 2018 5 Mins Read
5 Comments

އެހެންޏާވެސް ފަތިހު ހޭލާގަޑިއަށް މިއަދުވެސް ކިއާރާ ހޭލިއެވެ. ރޭގަވީ ކަންތައް އެއްވެސް ވަރަކަށް ހަނދާން ހުރި ހެނެއްހިޔެއްނުވެއެވެ. ނަމާދު ކޮއްލައިގެން ކޮފީބޯން ފޭބިއިރު ފައިނާނޫން އެކަކުވެސް އަދި ތިރިޔަކަށް ނުފައިބައެވެ. ކިޔާރާ ފެނުމުން ފައިނާ ކުޑަކޮން ހައިރާންވެސް ވިއެވެ. ނަމަވެސް އިތުރަށް އެވާހަކަ ދައްކާކަށް ގަސްތެއް ނުކުރެއެވެ. ކިއާރާ އައިސް ފުރަތަމަވެސް ހުޅުވާލީ ފްރިޖްއެވެ. އެއަތެރޭގައި އިން ކޭކް ފެނުމުން ރޭގައި ވެގެން ދިޔަ ހުރިހާކަމެއް ހަނދާންވެގެން ދިޔައެވެ.

އެހެންވެ ލޮލަށް ކަރުނަ ޖަމާވާން ހިނދުކޮޅެއްވެސް ނުނަގައެވެ. ދެން ހިތަށް އެރި އެއްޗަކުން ދެލޯ ފުހެލާ މީހާ ހަމައަކަށް އެޅިލިއެވެ. “އިނާއްތާ.. ޓެރަސް އަދިވެސް އޮތީ ރޭގައި އޮތް ގޮތަށްތަ؟” ކިއާރާ ކޮއްލި ސުވާލުން ހާސްވެފައި ހުރެ ފައިނާ ބޯ ޖަހާލިއެވެ. “ކޮބާ މާއްކޮ.. އެންޑް ދޮންބެއާއި އެންމެން..؟”. “މާއްކޮވީ ކޮޓަރީގައި.. ދޮންބެވެސް.. ދެން ޝައިމް ވާނީ ޓެރަސްގަ ހެން ހީވަނީ… މަންމަ މެން އަދި ނާދެ ތިރިޔަކަށް..” ކިއާރާގެ ސުވާލަށް ފައިނާ ޖަވާބު ދިނެވެ. ” ދޮންބެ އާއި ދައްތަމެން ގޮވައިގެން ޓެރަހަށް އައިސްދީބަ.. ކިއާ ދާނަން މާއްކޮ ގޮވައިގެން..” އެހެންކިޔާ ކިއާރާ ދިޔައީ ސަމާގެ ކޮޓަރިއާއި ދިމާލަށެވެ. ކިއާރާ ކުރަން އުޅޭކަމެއް ނޭންގިހުރެވެސް ފައިނާވެސް އެރީ ދެންތިބި މީހުން ބަލައެވެ.

ސަމާގެ ކޮޓަރި ދޮރާހަމައަށް އަރާ ދެފަހަރަކު ޓަކިޖަހާލާއިރަށް ދޮރު ހުޅުވައިފިއެވެ. ކުރިމަތީ ހުރި ކިއާރާ ފެނި ސަމާ ކުޑަކޮން ހައިރާންވިއެވެ. ދެންފެނުނީ އޭނާ އިސްޖަހާލި ތަނެވެ. “އައި އޭމް ސޮރީ ސިސް” އެއަޑުގައިވި އަސަރަކުންވެސް ކިއާރާގެ ހިތުގައި ރިއްސާލިއެވެ. ” ފޯ ވަޓް.؟. އައި ޝުޑް ބީ ދި ވަން ޓު ސޭ ސޮރީ… ސިސް ދޯ މާއްކޮ މެން ކުރި ހުރިހާ މަސައްކަތެއް ފެނަށް ދުއްވާލީ..” ކިއާރާ އެހެން ބުނެލުމުން ސަމާ އިސް އުފުލާ ކިއާރާއާއި ދިމާ ބަލާލިއެވެ. “އޯ ސުވީޓްހާޓް.. ކަމް ހިޔާ” ސަމާގެ ދެލޯ ފެންކަޅިވެފައި ހުރިތަން ފެނި ކިއާރާ އޭނާ ގެނެސް ބައްދާލަމުން ބޮލުގައި ފިރުމާލިއެވެ. “ކޭކް އެއީ ރީއްޗަކަށް ބަލަން ގެނެސްސަ އިން އެއްޗެއްތަ؟ ސިސް އެ ކާހިތުން ނުހުރެވިގެން މިއުޅެނީ… ލެޓްސް ގޯ…” ސަމާސާ ރާގެއްގައި ކިއާރާ އެހެން ބުނުމުން ސަމާވެސް ހީލާފައި ކިޔާރާ ފަހަތުން ހިނގައި ގަތެވެ. ދެމީހުން ޓެރަހަށް އެރިއިރު ފައިނާގެ އިތުރުން ފަޒީން އާއި ޝައިމަން ވެސް ތިއްބެވެ. “ކޮބާ ދައްތައާއި ފަތުހީބެ؟” ފަތުހީމެން ނެތުމުން ކިއާރާ އަހާލިއެވެ. “މަންމަ އެނެއްކާވެސް އުޅެނީ ބަލިވެގެން.. މިހާރަކަށް އައިސް މަންމަ މާއަވަސް އަވަހަށް ބަލިވަނީ.. ޑޮކްޓަރަށް ދާން އެއްގޮތަކަށް އެއްބަހެއް ނުވޭ.. ޑޭޑް ކައިރީ ބުނެގެން ގަދަކަމުންވެސްވީ މަންމަ ޑޮކްޓަރަށް ދައްކަން..” ފައިނާ ވާހަކަ ދެއްކީ ސަލްމާއާއި މެދު ފިކުރު ބޮޑުވެހުރެއެވެ. ފަޒީންއާއި ޝައިމަން ވެސް އެކަމާމެދު ވިސްނާލިއެވެ. “އެނެއްކާ ކީއްކުރާށޭ އެންމެން މިތަނަށް ތި އެއްކުރީ؟” ޝައިމަން ސުވާލުކޮށްލީ މާހައުލުގައިވާ ސީރިއަސް ކަން ކަނޑުވަން ވެގެންނެވެ. “ޓަ…ޑާ” އަތުގައި އިން ކޭކް ދައްކާލަމުން ސަމާ މަޖާވެލައިފައި އެހެން ބުންޏެވެ. އެންމެންނަށް ބަލައިލެވުނީ ހެވިފައި ހުރި ކިއާރާއާ ދިމާލަށެވެ. އޭނާ ހަމަޖެހިލައިފައި ހުރިތަން ފެނުމުން އެންމެންވެސް ތިބީ ކުޑަކޮން ހައިރާންވެފައެވެ. “ވެލް.. ކޭކް އެއީ ރީއްޗަށް ބައިންދަން ގެނެސްފައި އިންއެޗެއް ނޫންދޯ.. ދެން މި ޑެކަރޭޝަން ވެސް އެހާވަރުން ކުރީމަ ވޭސްޓް ކުރާކަށް ނުވާނެއެއްނު..” ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލައިލަމުން ކިއާރާ ވާހަކަ ދެއްކިއެވެ.

އޭނާ ދެކެ ލޯބިވާމީހުންނަށްޓަކައި ވެސް އެބިރު ކަނޑުވަން އޭނާ ބޭނުމެވެ. ކޭކުފަޅަން ވަޅީގައި ހިފި އިރުވެސް އޭނާގެ އަތް ދިޔައީ ތުރުތުރު އަޅަމުން ނެވެ. އެކަން ޝައިމަންއަށް ފާހަގަ ކުރެވުނެވެ. އެހެންވެ އޭނާއައިސް ކިއާރާއާއި އެއްކޮން ވަޅީގައި ހިފާލީ އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ޝައިމަންގެ އެހަރަކާތުން ކިއާރާ ކުޑަކޮން ސިހުނުވެސްމެއެވެ. ނަމަވެސް ރީތި ހިނިތުންވުމެއް ރައްދުކުރަމުން ކޭކް ފަޅާލިއެވެ. ސަމާ ދިޔައީ އެހުރިހާ ހަނދާންތަކެއް ފޯނުގައި ރައްކާކުރަމުންނެވެ. އުފާވެރި މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮއްލައިފައި އެންމެން ތިރިއަށް ފޭބީ ސަމާ ސުކޫލަށް ދާން ތައްޔާރުވާށާ އެއްކޮންނެވެ.  ދުވަސް ހޭދަވީ އެކަހަލަ ގޮތަކަށެވެ. ޖެހިދެންއައި ދުވަހު ސަލްމާ ގޮވައިގެން ޑޮކްޓަރަށް ދައްކަންދާން އެންމެން ނިންމިއެވެ. ސަލްމާ އެކަމާ ވަރަށް ދެކޮޅުހެދިއެވެ. ނަމަވެސް ލޯބިވާ ދަރިންނާއި ފިރިމީހާގެ ކުރިމަތީ ހަތިޔާރު ބަހައްޓަން ޖެހުނީ އޭނާއަށެވެ. އެހެންވެ ފަތުހީ މިއަދު އޮފީހަށް ނުދާގޮތަށް ހަމަޖެއްސިއެވެ. ނަމަވެސް ޝައިމަން ބުނި ބުނުމަށް އޮފީހަށް ދާން އެއްބަސް ވިއެވެ. ހޮސްޕިޓަލަށް ދާގޮތަށް ހަމަޖެއްސީ ފައިނާއާއި ޝައިމަންއެވެ. ކިއާރާ ގޭގައި އެކަނި ނުބަހައްޓަންވެގެން އޭނާވެސް ގޮވައިގެން ދާން ނިންމިއެވެ. އެޕޮއިންޓްމެން އިނީ ދިހަގަޑި ބައިގައި ކަމުން އެންމެންވެސް ދިހައެއްޖެހި އިރު ތައްޔާރުވެގެން ހޮސްޕިޓަލަށް ދާންނިކުތެވެ.

ހޮސްޕިޓަލުން ގެއަށް އާދެވުނުއިރު މެންދުރު ބާރަޖަހައިފިއެވެ. އޭރު ގޭގެ ނޯކަރުން ހަރަކާތްތެރި ވަމުން ދިޔައީ މެންދުރުގެ ކެއުމަށް ތައްޔާރު ކުރާށެވެ. ގެއަށް އާދެވުނުއިރު އެންމެންވެސް ތިބީ ވަރުބަލިއެފައެވެ. އެހެންވެ ކޮންމެ މީހަކުވެސް އެމީހެއްގެ ކޮޓަރިއަށް ދިޔައީ މެންދުރުގެ ކެއުމުގެކުރިން ކުޑަކޮން ތާޒާވެލައި އަރާމުކޮއްލާށެވެ. މެންދުރު ކެއުމަށް ފަޒީންއާއި ފަތުހީވެސް މިއަދު އައީ ގެއަށެވެ. “ކީކޭ ޑޮކްޓަރު ބުނީ؟” ކައިނިމިގެން ފަތުހީ އަހާލިއެވެ. “އެނެއްހެން ކަމެއްނެތޭ ބުނީ.. ހަމަ އާދައިގެ ރޯގާއޭ.. ދޯ މަންމާ؟” ފަތުހީގެ ސުވާލަށް ޖަވާބު ދިނީ ފައިނާއެވެ. “މަންމައަށް އިގެޔޭ އެހެންކަން ބުނާނީ.. ދަރިފުޅުމެންނާއި ދަރިފުޅުމެންގެ ޑޭޑްއެއްނު މަންމަ ބުނީމަ އަޑުނޭހީ…” “މަންމަ ބުނާ އެކަހަލަ ވާހަކަތަށް އަޅުގަނޑުމެން އަޑުނާހަނީ މަންމަ ދެކެ ލޯބިވާތީއޭ.. ނޫންތޯ ޑޭޑް؟” ހީލާފައި ސަލްމާ ދެއްކިވާހަކައަށް ޝައިމަން ޖަވާބުދިނެވެ. ފަތުހީ އޭނާގެ ދަރިފުޅާ އެއްބައިވެލީ ހީލަމުންނެވެ.

ދުވަސްތައް އެގޮތުގައި ހޭދަވެގެން ދިޔައެވެ. މިހާރު ސަމާގެ ޖީ ސީ އޯ ލެވެލް ޓެސްޓު ތައްވެސް ފެށިގެން ދަނީ ކުރިއަށެވެ. ކިއާރާވެސް ސެމިސްޓާރ ނިމި ޓެސްޓްތަށް ނަގަމުން ދާތީ އުޅެނީ ވަރަށް ބުރަކޮންނެވެ. އޭގެތެރެއިން ދުވަހެކެވެ. ކިއާރާ ކޮޓަރީގައި އިނީ ދެން ނަގަންއޮތް ޓެސްޓަށް ދަސްކުރާށެވެ. ސަމާ އޭރުވީ ޓެސްޓަށް ގޮހެވެ. ފަތުހީއާއި ފަޒީންވީ އާދައިގެ މަތިން އޮފީހުގައެވެ. ޝައިމަން އާއި ފައިނާވީ ސިޓިން ރޫމްގައެވެ. ކިޔަން އިން ފޮތަތެރެއަށް ގެއްލިފާއިން ކިއާރާ ސިއްސައިގެން ދިޔާއީ ތިރީގައި މާ އަޑުގަދަވުމުން ނެވެ. ފައިނާ ކިއާރާ އަށް ދެފަހަރަކު ގޮވާލި އަޑުވެސް އިވުނެވެ. އެހެންކަމުން ވަނީ ކީއްތޯ ބަލައިލަން އޭނާ ތިރިއަށް ފޭބިއެވެ. ތިރިއަށް ފައިބަން ސިޑިއާ ހިސާބަށް އައިއްސާ ހުއްޓެވުނީ ފެނުނު މަންޒަރުންނެވެ. އޭނާގެ ހިތްހީވީ ހިނދުކޮޅަކަށް ހުއްޓުނުހެންނެވެ. ދެވަނަ ސިކުންތުގައި ދުވެފައި ސިޑިން ފޭބުނުގޮތްވެސް ނޭންގެއެވެ. އޭރު ޝައިމަން އޭނާގެ މަންމަ އުފުއްލައިލައިގެން ގޭ ދޮރުން ނިކުންނަން ދަނީއެވެ. އެވަގުތު ކާރު ބަލަހަށްޓާ މީހާ ކާރު ގޭދޮރުމައްޗަށް ގެނެސް ދީފިއެވެ. ފައިނާ ހާސްވެފައި ހުރެ ފަޒީންއާއި ފަތުހީއަށް ގުޅަމުން ދިޔައެވެ. އެތަނުން އެކަކުވެސް ފޯނެއް ނުނެގިއެވެ. ފައިނާއާއި ކިއާރާ ކާރަށް އެރުމުން ޝައިމަން ހޮސްޕިޓަލަށް ދާން ކާރުދުއްވާލިއެވެ. ވީ ކީއްކަމެއް ނޭންގިފައި އިނެއްކަމަކު ކިއާރާ އެވެގުތު ސުވާލު ކުރާކަށް ނުހަދައެވެ. އެވަގުތުވެސް ފައިނާ ދިޔައީ ފަޒީން އަށާއި ފަތުހީއަށް ގުޅޭތޯ ބަލަމުން ނެވެ.

ފަޒީން މީޓިނައެއްގައި އިން ވަގުތު ފައިނާ ގުޅުމުން އޭނާ ފޯން ކަނޑާލިއެވެ. ނަމަވެސް ފައިނާ ދެވަނަ ފަހަރަށް ގުޅުމުން ކަމެއް ގޯސް ވެއްޖެ ކަމަށް އޭނާގެ ހިތުން ބުނަމުން ދިޔައެވެ. ފޯން ކަނޑާލުމުން ދެވަނަ ފަހަރަށް ގުޅާނީ ބޮޑުކަމެއް ދިމާވުމުންނެވެ. އެހެންކަމުން މީޓިންގަ ތިބި މީހުންކައިރީ މާފަށް އެދުމަށް ފަހު ބޭރަށް ނިކުމެލާ ފައިނާއާއި ގުޅާލިއެވެ. ފަޒީން ނިކުމެގެން ދިޔަތަން ބަލަންއިން ފަތުހީއަށްވެސް ކަމެއް ގޯސްވެއްޖެކަން އިންގުނެއެވެ. އެއީ އޭނާގެ ދަރިފުޅަކީ އެއްވެސް ކަމަކާނުލައި އެގޮތަށް މީޓިންއެއް ދޫކޮއްލާފައި ދާނެ މީހަކަށް ނުވާތީއެވެ. ހޮސްޕިޓަލަށް ދެވުމާއިއެކު ސަލްމާވެއްދުނީ އަވަސް ފަރުވާދޭ ކޮޓަރިއަށެވެ. ގޮނޑިބަރީގައި އިށިއިނދެލައިގެން ތިބި ފައިނާއާއި ކިއާރާ އެކަކުއެނެކަކަށް ހިތްވަރުދެމެން ދިޔައިރު ޝައިމަން ހާސްވެފައިހުރެ އެމަޖެންސީ ރޫމްގެ ކުރިމަތީ ހިނގާލަ ހިނގާލަ ހުއްޓެވެ. އިރުކޮޅަކުން ފައިނާގެ ފޯން ރިންގުވާން ފެށިއެވެ. ގުޅަނީ ފަޒީންކަމުން އަވަހަށް ފައިނާ ފޯންނެގިއެވެ. ނަމަވެސް ހާސްވެފައިން ވަރުން އަނގައިން ބުނެވޭވަރެއްނުވިއެވެ. އެހެންވެ ކިއާރާ ފޯންއަތުލާ ވާހަކަ ދައްކަން ފެށިއެވެ. “ހެލޯ..” “ހެލޯ.. ކިއާ.. ކިހިނެއްވީ.. އިނާއަށް ކަމެއްވީތަ.. ކިހިނެއްތަވީ؟” ހާސްވެފައި ހުރެ ފަޒީން ސުވާލު ކުރަމުންދިޔައެވެ. “ދޮންބޭ.. ސަލްމާއްތަ.. ނޭންގެ ވީގޮތެއް.. މިތިބީ ހޮސްޕިޓަލުގައި.. ދައްތަވީ އެމަޖެންސީ ރޫމްގައި..”

ފަތުހީ އިނީ ފަޒީންއަށް ވީގޮތެއްނޭންގޭތީ ހާސްވެފައެވެ. އިރުކޮޅަކުން މީޓިންރޫމް ދޮރުހުޅުވައިލައިފައި ވަން ފަޒީންއޭނާއަށް ފެނުނެވެ. ފަޒީންގެ މޫނުމަތީ ހުރި ކުލަވަރުންވެސް ކަމެއްގޯސް ވެއްޖެކަން އިނގެއެވެ. ފަޒީން އައިސް ފަތުހީ ކަންފަތްބުޑަށް ގުދުވެލާ ކިއާރާ ބުނި ވާހަކަތައް ކިޔައިދިނެވެ. ލިބުނު ޚަބަރުން ފަތުހީއަށް ވީގޮތްވެސް ނޭންގުނެވެ. އޭނާގެ ލޯބިވައި އަނބިމީހާއަށް ކަމެއްވެދާނެތީ އޭނާވަރަށް ބިރުގައެވެ. ވަގުތުން އިންގޮނޑިން ތެދުވިއެވެ. ” އައި އޭމް ސޮރީ ޖެންޓަލްމެން.. ޓުޑޭސް މީޓިން އިޒް ކެންސަލްޑް..” އެހެންބުނެ ދެ ބަފައިން ހޮސްޕިޓަލަށް ދާން އަވަސްވެ ގަތެވެ.

ފަތުހީމެންނަށް ހޮސްޕިޓަލަށް އާދެވުނު ވަގުތަކީ އަވަސް ފަރުވާދޭ ކޮޓަރިން ޑޮކްޓަރުވެސް ނިކުއިން ވަގުތެވެ. ” މީ ޕޭޝިއެންޓްގެ ފެމެލީ ތޯ؟” ޑޮކްޓަރު ފުރަތަމަވެސް އަހާލީ އެހެންނެވެ. “އާދެ.. އަޅުގަނޑު މީ ފިރިމީހާ.. ކިހިނެތްތޯ ވީ؟ ހުރިހާ ކަމެއްވެސް ރަނގަޅުތޯ؟؟؟…” ފަތުހީ ކެތްމަދުވެފައިވާ މީހެއްފަދައިން އަހާލިއެވެ. އެންމެންވެސް ތިބީ ޖަވާބެއްގެ އިންތިޒާރުގައެވެ. “ވަކި އެއްޗެއް ބުނަން އިނގޭނީ ޓެސްޓުތައް ހަދާލީމާ… ސީޓީ ސްކޭނެއް ހަދަން ޖެހޭނީ.. އަޅުގަނޑުމެން މިއުޅެނީ އެކަމާ..” ފަތުހީގެ ސުވާލަށް ޖަވާބުދީފައި އެތާހުރި ނަރުސް ކުއްޖެއްގާތު ވާހަކައެއް ދައްކަމުން ޑޮކްޓަރު އެތަނުން ދިޔައެވެ. “ޑޭޑް ހާސްނުވޭ.. މަންމައަކަށް އެއްވެސް ކަމެއް ނުވާނެ.. ” ޑޮކްޓަރު ދިއުމުން ފަޒީން މިހެންބުނީ ފަތުހީއަށް ހިތްވަރުދޭ ކަހަލަގޮތަކަށެވެ. ” ކޮބާ މާއްކޮ..؟؟؟” ސަމާ އެތަނުން ނުފެނުމުން ފަޒީންއަށް އަހާލެވުނެވެ. ދެންތިބި މީހުންނަށް ވެސް ސަމާ މަތިން ހަނދާންވީ ދެނެވެ. ” ޓެސްޓަށް ގޮސް ވީ.. މިހާރު އަންނަން އުޅޭނެ…” ފައިނާ ޖަވާބު ދިނެވެ. ” މާއްކޮ ކައިރީ އެއްވެސް ވާހަކައެއް ބުނާނެކަމެއްނެތް.. ދަރިފުޅުމެންނަށް އިނގެއެއްނު އޭނާގެ ގޮތް.. އެނެއްކޮޅުން ޓެސްޓު ދުވަސްވަރު މީ..” ފަތުހީ އެންމެންގާތު އެހެން ބުނުމުން އެންމެންވެސް އެކަމާ އެއްބަސް އިއެވެ. “ދެން ކޮންމެސް އެއްބަޔަކު ދާންވީނު ގެޔަށް މާއްކޮއަންނަން ވާއިރަށް…” ފަހަރަކުމީހެއްގެ މޫނަށް ބަލަމުން ފަތުހީ ބުންޏެވެ. ކޮންމެމީހަކުވެސް ތިބީއެތާ މަޑުކުރަން ބޭނުންވެފައެވެ. ނަމަވެސް އެހެން ވާން ނެތްކަން އެންމެންނަށް ވެސް އިނގެއެވެ.

އެންމެފަހުން އެތާ މަޑުކުރާ ގޮތަށް ހަމަޖެހުނީ ފައިނާއާއި ފަތުހީއެވެ. އޮފީސްކަންތައް ބަލަހައްޓަން ޖެހޭތީ ފަޒީން ދިޔައީ އޮފީހަށެވެ. ކިއާރާވެސް ޓެސްޓު ދުވަސްވަރުކަމުން ޝައިމަން އޭނާ ގޮވައިގެން ދިޔައީ ގެޔަށެވެ. ގެޔަށް ދިޔަ މަގުމަތީ ކާރުތެރެ އޮތީ ވަރަށްވެސް ހަމަހިމޭން ކޮންނެވެ. ކިއާރާއަށް އިރުއިރު ކޮޅުން ޝައިމަންގެ މޫނަށް ބަލައިލެވެއެވެ. އެ ރީތި މޫނުމަތީގައި ހުރި އަސަރަކުންވެސް އޭނާ އޭނާގެ މަންމައާއި މެދު ވިސްނަނީކަން އިނގެއެވެ. ޝައިމަން ދެރަވެފައި އިންތަން ފެނުމުން ކިއާރާގެ ހިތަށް ބުނަން ނޭންގޭ ތަދެއް އިހުސާސް ކުރެވުނެވެ. އޭނާގެ ހިތުން ޝައިމަންއަށް ޙާއްސަ މަގާމެއް ދެވިއްޖެކަން އެނާއަށް ވެސް އިނގެއެވެ.

” ސުން މެރޭ ހަމްސަފަރް ، ކިޔަ ތުޖެ އިތްނިސީބީ ޙަބަރް

މެތޮޔޫ ކަޅާ ކިސް ސޯޗްމޭ ޕަޅާތާ ، ކޭސެ ޖީރަހާތަ މޭ ދިވާނާ

ޗުޕްކޭސެ އާކޭ ތޫނޭ ދިލްމެ ސަމާކޭ ތޫނޭ ، ޗޭޅްދިޔަ ކޭސާޔެ ފަސާނާ

އޯ.. މުސްކުރާނާބީ ތުޖީސެސީކާހޭ ، ދިލް ލަގާނޭކާ ތުހީ ތަރީކާހޭ

އެތްބާރްބީ ތުޖީސެ ހޯތާހޭ ، އާއުނަ ހޯޝްމޭ މޭކަބީ ބާހޯމެ ހޭތެރީ ޒިންދަގީ .. ހާއޭ”

ހިޔާލަކަށް ގެއްލި އިން ކިއާރާއަށް ހޭވެރިކަން ވީ ޝައިމަން އޭނާއަށް ގޮވާލުމުން ނެވެ. އޭރު އެމީހުން ތިބީ ގޭ ދޮރުމަތީގައެވެ. ދެމީހުން ގެއަށް ވަދެ ހަމަ ޖެހި ނުލެވި އުޅެނިކޮން ސަމާވެސް އައިސްފިއެވެ. ” ހޭ.. ހައުވޯޒް ދި ޓެސްޓް؟” ސަމާ ފެންނައިރަށް ކިއާރާ އަހާލިއެވެ. ” އާ.. ކުޑަކޮން އުނދަގޫ.. ދެން އެކަމުވެސް އޯ ކޭ… ކުޑޭ ހާދަ މޫޑީ ވެފައިން ދުވަހެއް ހެން ހީވޭ.. ކޮބާ މަންމަމެން.. ” ޝައިމަން އިންގޮތް ފެނި ހީލަމުން ސަމާ އަހާލިއެވެ. ކިއާރާއާއި ޝައިމަންއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮން ބޭރުން ސަލްމާ ގޮވައިގެން ފައިނާއައިސް ވަނެވެ. އެދެމީހުން ފެނި ކިއާރާއާއި ޝައިމަންއަށް ކޮޅަށް ތެދުވެވުނެވެ. ” އީނާއްތައާއި މަންމަ ކޮންތާކަށް ގޮއްސަ ތިއައީ؟” އެންމެ ފުރަތަމަވެސް ވާހަކަ ދެއްކީ ސަމާއެވެ. ” މިއައީ ފިހާރަޔަކަށް ގޮއްސަ..” ވަގުތުން ފައިނާ ޖަވާބުދިނެވެ. “ދެން ކޮބާ ގަނެގެން ގެނައި އެއްޗެހި؟” އެސުވާލު އަންނާނެކަން ފައިނާ ހަނދާނެއްނެތެވެ. އެހެންވެ އޭނާ ދޭނެ ޖަވާބެއް ނޭނގި ހުއްޓާ ސަލްމާ ވާހަކަ ދެއްކިއެވެ. ” ގަންނަންދިޔަ އެއްޗެއް ނެތޭ.. އެހެންވެ.. ދެން މާވާހަކަ ގިނަ ނުކުރެ ދޭ ޔުނީފޯމް ބަދަލުކޮއްގެން އަންނަން.. މަންމަ ސާންތާ ކައިރީ ބުނެގެން ދަރިފުޅަށް ކާން ހަދައިދޭނަން..” އެހެންބުނެ ސަމާ އެތަނުން ފޮނުވާލިއެވެ. ސަމާ ދިއުމާއި އެކުހެން ޝައިމަން އައިސް ސަލްމާގެ އަތުގައި ހިފައިގެން ގެނެސް ސޯފާގައި ބޭންދިއެވެ. “ކޮބާ ޑޭޑް.. ކީއްވެ އެހާއަވަހަށް ތިޔައީ.. ޑޮކްޓަރު ކީކޭބުނީ..؟” ” ޑޭޑް އަންނާނެ އިރުކޮޅަކުން.. ޑޮކްޓަރު ބުނުއްވީ މަދަމާއޭ ޓެސްޓުގެ ނަތީޖާލިބޭނީ.. އެހެންވެ މިއަދު ދޫކޮއްލީ..” ޝައިމަންގެ ސުވާލުތަކަށް ޖަވާބުދިނީ ފައިނާއެވެ.

Share Article

Follow Me Written By

Nannu

Level 110 Stories

i have been writing stories for a long time... so i wanted to show my talent to others... I hope everyone will like my works...

Other Articles

Previous

ނޫރު (ފަންސަވީސްވަނަ ބައި)

Next

ޒާރާ (9)

Next
January 17, 2018

ޒާރާ (9)

Previews
January 16, 2018

ނޫރު (ފަންސަވީސްވަނަ ބައި)

5 Comments!

  1. Ruby❤ says:
    January 17, 2018 at 6:04 am

    This part is really nice and hope that I’ll get to read the next part soon ??

  2. Zuam says:
    January 17, 2018 at 7:24 am

    Wow❤❤

  3. Kiyara says:
    January 17, 2018 at 7:25 am

    Mi vaahakaiga kamakh vaakahala massala eh genesbala dhw…vrh haasaru gandu bodu vahtharu jahany…????heheh

  4. Firoo says:
    January 17, 2018 at 8:32 am

    Wooooow nice ????

  5. Pinky shifoo says:
    January 17, 2018 at 11:27 am

    Nice… ??…

Comments are closed.


All Right Reserved!