ޖެހިގެންއައި ދުވަހެވެ. ސަލްމާގެ ރިޕޯޓް ދޫކުރަނީ ހެނދުނު ދިހައެއް ޖަހާއިރެވެ. އެހެންކަމުން ޝައިމަން ގެއިން ނިކުތީ ހޮސްޕިޓަލަށް ދާންވެގެން ނެވެ. ނަމަވެސް އޭނާ ހުއްޓެން ޖެހުނީ ފަހަތުން މީހަކު ގޮވާލިއަޑަށެވެ. ފަސްއެނބުރި ބަލައިލިއިރު ކުރިމަތީހުރި ކިއާރާފެނި ޝައިމަން ހުރީ ބުނާނެ އެއްޗެއްނޭނގިފައެވެ. ކިއާރާ ހާދަރީއްޗޭ އޭނާގެ ހިތަށް އެރިއެވެ. ކިއާރާލާފައި ހުރި ފެހިކުލައިގެ މަތިކޮޅާއި ކަޅުކުލައިގެ ލެގިންސް އޭނާއާއި ވަރަށް ގުޅެއެވެ. އިސްތަށިގަނޑު އޮތީ ކޮނޑުމައްޗަށް ވާގޮތަށް ގަތާލާފައެވެ. އާންމުކޮށް ހުންނަގޮތަށް ކިއާރާ ހުއްޓެއްކަމަކު ދުވަހެއްދުވަހަކަށް އޭނާރީތިވާހެން ޝައިމަންއަށް ހީވެއެވެ. ޝައިމަންގެ ކުރިމަތީހުރި ކިއާރާހުރީ ޝައިމަން އޭނާގެ މޫނަށް ގެއްލިފައިހުރުމުން ލަދުގަނެފައެވެ. އެހެންނަމަވެސް އޭނާ ދެވަނަފަހަރަށްވެސް ޝައިމަންއަށް ގޮވާލިއެވެ. ކިއާރާގެ ރީތިކަމަށް ގެއްލިފައި ހުރި ޝައިމަން ސިއްސައިގެން ދިޔައީ ކިއާރާ ދެވަނަ ފަހަރަށް ގޮވާލުމުން ނެވެ. ” ކިއާ ގޮވައިގެން ދާންވީނު..؟” ލަދުންހުރެ ކިއާރާ އަހާލިއެވެ. “ދެންތީ މީހަކު ކުރާކަހަލަ ސުވާލެއްތަ؟ އައި ވިލްބީ މޯދެން ހެޕީޓު.. ” އެ ބަސްކޮޅު ވީ ޝައިމަންގެ ހިތުތެރޭގައެވެ. “އޯ ކޭ.. އަރާ ކާރަށް” ހިނިތުން ވެލަމުން ޝައިމަން ކާރަށް އެރީ ކިއާރާ ކައިރީ ކާރަން އަރަންބުނެފައެވެ.
ހޮސްޕިޓަލަށް ދެވުނުއިރު ހުރީ ދިހައެއް ޖަހާފައެވެ. އެހެންކަމުން ދެމީހުން ރިޕޯޓް ނަގައިގެން ސަލްމާ ދެއްކި ޑޮކްޓަރަށް ރިޕޯޓް ދައްކާލައިފައިދާން މަޑުކޮއްލިއެވެ. ޑޮކްޓަރު ފްރީވި ވަގުތުބަލާފައި ޝައިމަން ކެބިންއަށް ވަންނަންދިޔައެވެ. ނަމަވެސް ފަހަތުން ކިއާރާ ނާންނަހެން ހީވުމުން ފަހަތްބަލައިލިއިރު ކިއާރާއިނީ ގޮނޑީގައި އިށިއިނދެގެންނެވެ. “އާދޭ.. ތިތާދެން އެކަނިން އިންނާނެކަމެއްނެތެއްނު ދޯ..” އެހެންބުނުމާއެކު ކިއާރާ ވަގުތުން ގޮނޑިން ތެދުވިއެވެ. އެނާވެސް އިނީ އެތާ އެކަނިން އިންނަން ބޭނުންނުވެފައެވެ. ކިއާރާއަށް ވީގޮތް ފެނިފައި ޝައިމަން ގާތަށް ހިނިވެސް އައެވެ. ދެމީހުން ކެބިންއަށް ވެދެ ޑޮކްޓަރަށް ރިޕޯޓް ދައްކާލިއެވެ. ޑޮކްޓަރުގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން ދެމީހުންވެސް ތިބީ ހިތް ބިރުގަންފައެވެ. “ޑޮކްޓަރު، ހުރިހާކަމެއްވެސް ރަނގަޅުތަ؟” ޝައިމަންއަށް އެންމެފަހުން ނީންދެވިގެން އަހާލިއެވެ. ޑޮކްޓަރު އިރުކޮޅަކު ވިސްނަން އިނދެފައި ވާހަކަދެއްކިއެވެ.
“މި ރިޕޯޓުން ދައްކާގޮތުން ޝަލްމާއަށް ވަނީ މެނިންޖިއޯމާ ޖެހިފަ.. އައި އެމް ރިއަލީ ސޮރީ” އެ ބަސްކޮޅު ޝައިމަން ގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. ކިއާރާއަށް ވެސް ވީއެފަދަގޮތެކެވެ. ” ފަރުވާ ކޮއްގެން ރަނގަޅު ކުރެވޭނެ ނޫންތޯ ޑޮކްޓަރ..” ޝައިމަންގެ އަޑުންވެސް އޭނާއަށް ކޮއްފައިވާ އަސަރު ހަމަ ރަނގަޅަށް ވެސް އިނގެއެވެ.
ހޮސްޕިޓަލުން ނިކުންނަން ދިޔަ ޝައިމަން ހީވަނީ މަރުވެފައިވާ މައްޔިތެއްހެންނެވެ. އެވެސް އަސަރެއް އެ މޫނުމަތިން ފެންނާކަށް ނެތެވެ. އޭނާގެ ކަންފަތުގައި ގުގުމަމުން ދަނީ ޑޮކްޓަރުގެ ވާހަކަ ތަކެވެ. ” ޝަލްމާއަށް ވަނީ މެނިންޖިއޯމާ ޖެހިފައި.. ޓިއުމަރު އިނީ އޮޕަރޭޓް ކުރެވޭވަރަށް ވުރެ އެތެރޭގައި.. ކީމޯތެރަޕީ އެއީ އެންމެ ރަނގަޅު އޮޕްޝަން.. ” ޝައިމަންއަށް އިތުރަށް ކެތް ނުކުރެވިގެން ކައިރީހުރި ގޮނޑިބަރީގައި އިށިއިނެވެ. ކިއާރާވެސް ހުރީ ވަރަށް ކެއްކޮށް ލައިގެންނެވެ. އޭނާވެސް ޝައިމަންގެ ގާތުގައި އިށިއިނެވެ. ” ހޭއި… ހުރިހާކަމެއްވެސް ރަނގަޅުވާނެ… ޝަލްމާއްތައަށް އެވެސް ކަމެއްނުވާނެ.. ” ޝައިމަންގެ ބޮލުގައި ފިރުމަމުން ކިއާރާވާހަކަ ދެއްކި ވަރަށް ލޯބިންނެވެ. އޭރު އޭނާގެ ލޮލުންވެސް ކަރުނަފައިބައެވެ. ޝައިމަން ހަމަ އިންގޮތަށް އިނީއެވެ. “ހޭ.. ލުކް އެޓް މީ.. ބަލާބަ މިދިމާ” ޝައިމަންގެ މޫނުގައި ދެއަތުން ހިފައި އޭނާއާއި ވީ ފަޅިއަށް އެނބުރިއެވެ. ” ހިތްވަރު ކުރަންވާނެ.. ޝައިމް ތިހެން ވީމަ ދެންތިބި މީހުންނަށް ކިހިނެއްވާނީ.. އެމީހުންނަށް ވެސް ހިތްވަރު ދޭން ހުރީ ޝައިމްއެޢްނު.. ހިނގާ ގެއަށް ދާން.. އެންމެން ތިބޭނީ ލަސްވެފަ މިހާރު.. ”
ގެޔަށް ދިޔަ މަގުމަތީގައި އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. ކިއާރާއަށް އިރުއިރު ކޮޅުން ޝައިމަންގެ މޫނަށް ބަލައިލެވެއެވެ.
‘ ހޭ ނެހީތާ ޕަތާ، ކެ ތުޖެ މާންނު ލޫންގާ ޙުދާ
ކި ތެރި ގަލިޔޮމޭ އިސްކަދަރް، އާއުންގަ އަބް ހަރްޕެހެރް
ސުން މެރޭ ހަމްސަފަރް ، ކިޔަ ތުޖެ އިތްނިސީބީ ޙަބަރް
ކި ތެރި ސާސެ ޗަލްތީ ޖިދަރް، ރަހުންގަ ބަސް ވަހީ އުމްރުބަރް، ރަހުންގަ ބަސް ވަހީ އުމްރުބަރް ހާއޭ.. ‘
ދެމީހުން ގެޔަށް ދިޔައިރު ބާރަ ގަޑި ބައި ވެއްޖެއެވެ. ގެޔަށް ވަންއިރު މީހަކު ފެންނާކަށް ނެތެވެ. ނޯކަރެއް ކައިރީ އަހާލުމުން ޝަލްމާ އާއި ފައިނާ ވީ ކޮޓަރިގައި ކަމަށް ބުންޏެވެ. ޝައިމަން ދިޔަގޮތަށް ގޮސް ވަނީއޭނާގެ ކޮޓަރިއަށެވެ. ޝައިމަން ދިޔަ ދިމާ ބަލަން ހުރި ކިއާރާއަށް ފުންނޭވާއެއް ދޫކޮށް ލެވުނެވެ. އޭނާވެސް ކެތް ކޮށްލައިގެން އެހުރީ ވަރަށް ވަރުންނެވެ. އޭނާގެ މައިންބަފައިން ގޮތަށް ދެން އޭނާ ލޯބިވާމީހަކު އޭނާ ދޫކޮށް ދިއުން ވާނީ އޭނާއަށް ކެއްކުރެވޭނެ ވަރު ކަމަކަށް ނޫނެވެ. އެނާވެސް މަޑު ހިނގުމެއްގައި ސިޑިން އެރީ އޭނާގެ ކޮޓަރިއަށް ދާށެވެ. ކިއާރާ ކޮޓަރިއަށް ވަންމަންޒަރު ފައިނާއަށް ފެނުނެވެ. ކިއާރާ ހުރި ގޮތުންވެސް ކަމެއް ގޯސްވެއްޖެ ކަން އޭނާއަށް އިނގުނެވެ.
ސަމާ ގެޔަށް އައި އިރު ފައިނާ ނޫން އެހެން މީހަކު ފެންނާކަށް ނެތެވެ. ” އިނާއްތަ.. ގޭގައި އެކަކުވެސް ނޫޅެނީތަ.. ކޮބާ ކުޑޭއާއި ސިސް.. އެނެއްކާ ދެކުދިން ޑޭޓަކަށް ދިޔައީތަ.. މިހާރު އެކަން ކުރުން މާލަސްވެސް ވެއްޖެ ކަންނޭންގެ..” ސަމާސާ ރާގެއްގައި ސަމާ އެހެން ބުނުމުން ފައިނާއަށް ވެސް ނުހީއެއް ނުހުރެވުނެވެ. ” އެ ދެކުދިން ވީ ކޮޓަރީގައި.. މާއްކޮވެސް އަވަހަށް ޔުނީފޯމް ބަދަލުކޮއްގެން އާދޭ ކާން.. އިނާއްތަ ގޮވާނަން ކުޑޭމެންނަށް..”
ކިއާރާގެ ކޮޓަރި ގައި ދެފަހަރަށް ޓަކިޖެހުމުންވެސް ދޮރެއް ނުހުޅުވިއެވެ. އެހެންވެ ފައިނާ ދާން ހިނގައިގަންފައިވެސް މަޑުކުރީ ހިތައްއައި ހިޔާލަކުން ނެވެ. ތަޅުގައި ހިފާލި އިރު ތަޅުނުލައި ހުރުމުން އޭނާ ދޮރު ހުޅުވާލިއެވެ. ކޮޓަރިއަކު ކިއާރާއެއް ފެންނާކަށް ނެތެވެ. ފާހާނައިގައި މީހަކު އުޅޭ އަޑު އިވުމުން ފައިނާ އިރުކޮޅަކު މަޑުކޮއްލިއެވެ. ފާހާނައިން ނިކުއިން ކިއާރާގެ މޫނު ފެނިފައި ހަމަ ރަނގަޅަށް ވެސް ކަމެއް ގޯސް ވެއްޖެކަން އިނގުނެވެ. ކިއާރާގެ ދެލޯ އިނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ. “ސުބްޙާނަﷲ ކިއާ.. ރޮއިފަތަ.. ކިހިނެތްވީ..” ކިއާރާގެ މޫނުގައި ދެއަތުން ހިފާލަމުން ފައިނާ ކަންބޮޑުވެފައި އަހާލިއެވެ. ” ނޫން.. ނުރޮމޭ.. އެއީ.. އެއީ ލޮލަށް އެއްޗެއް ވެއްޓުނީއޭ ” ކިއާރާ ދޮގެއްހެދިއެވެ. ނަމަވެސް އޭނާގެ އަޑު ކުރެހިފައި ހުރުމުންވެސް އެހަދަނީ ދޮގުކަން ފައިނާއަށް އިނގުނެވެ. ” ކާކަށް ތި ދޮގުހަދަނީ.. ބުނެބަ.. ކޮންމެ ކަހަލަ ކަމެއްވެސް ޝެއާ ކުރެވޭނެޔޭ… ދެން ބުނެބަ..” ފައިނާ އޯގާތެރި ކަމާއިއެކު ކިއާރާ ގެނެސް އެނދުގައި ބައިންދަމުން ވާހަކަ ދެއްކިއެވެ. ” އިނާއްތަ އަށް އިނގެއެއްނު މިއަދު ޝަލްމާއްތަގެ ރިޕޯޓަ ނަގަން ދިޔަކަން ދޯ” ފައިނާ ހަމައެކަނި ބޯޖަހާއިއެވެ. ” ދެން ކިއާމެން އައީ ޑޮކްޓަރަށް ރިޕޯޓްވެސް ދައްކާލާފައި ” އެނެއްކާވެސް ކިއާރާއަށް ރޮވުނެވެ. “ކީކޭ ޑޮކްޓަރު ބުނީ.. މަންމަ ރަނގަޅުދޯ” ކިއާރާ އެނެއްކާވެސް ރޯންފެށުމުން ހާސްވެފައި އިނދެ ފައިނާ އަހާލިއެވެ. އޭނާގެ ހިތް ތެޅެމުން ދިޔައީ އޮބިނޯންނަވަރަށެވެ. އިރުކޮޅަކު ފައިނާއަށް ބަލަންއިނދެފައި ކިއާރާ މަޑުމަޑުން ބޯ ހޫރާލިއެވެ. އޭރު ފައިނާގެ ލޯވެސް ފެންކަޅި ވެއްޖެއެވެ. ” ދައްތައަށް… މެ..ނިން..ޖިއޯމާ ޖެހިފަޔޯ” އެހެންބުނުމާއެކު ފައިނާއަށްހީވީ ލާން އުޅުނު ނޭވައިވެސް ތާށިވިހެންނެވެ. އެއާއިއެކު ލޮލަށް ޖަމާވި ކަރުނަތަށް ފައިބައިގަތެވެ. ކިއާރާ ކަރުނަތަށް ފޮހެލަމުން ފައިނާގެ ގައިގައި ބައްދާލިއެވެ. “ދައްތަ އަށް އެއްވެސް ކަމެއް ނުވާނޭ.. ނުރޮއިބަ.. ހިނގާ ތިރިއަށް ދާން.. މާއްކޮ އައިއްސި ދޯ.. އެނެއްކާ އޭނާއަށް ރޯތަން ފެނިއްޖެޔާ އަހާނެ ކިހިނެއްވީތޯ..” ފައިނާއަށް ހިތްވަރު ދެމުން ކިއާރާ އޭނާގެ ކަރުނަތަށް ފޮހެލައި ދިނެވެ. “ޑޭޑް އަށާއި ފަޒީންއަށް އިނގޭތަ؟” ” ނޫން.. ޝައިމްވެސް ހިއެއް ނުވޭ އަދި ބުނި ހެންނެއް.. ޝައިމްވީ ކޮޓަރީގައިދޯ.. ހިނގާ ކާންދާން.. ކިއާ ދާނަން ޝައިމް ގޮވައިގެން..”
ކޮޓަރި ދޮރުގައި ޓަކި ޖަހާއަޑަށް އެނދުގައި އޮށޮއޮވެގެން އޮތް ޝައިމަން ބޯހިއްލާ ބަލައި ލިއެވެ. ހޮސްޕިޓަލުން އައި ގޮތަށް އޭނާއަދި އެތަނަކުން ނުތެދުވެއެވެ. ތިންވަނަ ފަހަރަށް ޓަކިޖެހުމުން އެނދުން ތެދުވެގޮސް ދޮރުހުޅުވިއެވެ. ކުރިމަތީހުރި ކިއާރާފެނި އިރުކޮޅަކަށް ހުއްޓުންއެރިނަމަވެސް ދެވަނަ ސިކުންތުގައި ކިއާރާ އެތެރެއަށް ވަންނަން ތަންދެއްކިއެވެ. ” ނުކަނީތަ؟ ހިނގާ ކާންދާން.. ” ކޮޓަރިތެރެއަށް ވަދެ ކިއާރާ ވާހަކަދެއްކިއެވެ. “ނެތް ކާހިތެއް..” “ކާހިތްނެތޭ ކިޔާފަ ނުކައި ހުރީމަ ހުރިހާ ކަމެއް ރަނގަޅު ވޭތަ؟ މާއްކޮވެސް އައިއްސި.. ހިނގާ.. ކިއާ މިއައީ ޝައިމް ގޮވައިގެން އަންނާނަމޭ ކިޔާފަ..” ކިއާރާ ވާހަކަދައްކާ ނިމުމުން އިރުކޮޅަކު ކިއާރާގެ މޫނަށް ބަލަހައްޓައިގެން ހުރެފައި ޝައިމަން އޭނާގެ ގައިގައި ބައްދާލާ އިސްތަށިގަނޑުގައި މޫނު ފޮރުވާލިއެވެ. ކުއްލިއަކަށް ޝައިމަން މިކުރި ކަމަކުން ކިއާރާ ހުރީ ޝޮކެއްގައެވެ. ނަމަވެސް މިފަދަ ވަގުތެއްގައި ޝައިމަންއަށް ގާތުގައި ހުރެ ހިތްވަރުދޭނެ އެކުވެރިއެއް ބޭނުންވާނެކަން ކިއާރާއަށް ވިސްނެއެވެ. އެ އެކުވެރިއަކީ ކިއާރާއަށް ވުމަށް އޭނާ ނުހަނު ބޭނުމެވެ. އެހެންވެ ކިއާރާވެސް ޝައިމަންގެ އުނަގަނޑުގައި އަތްވަށާލިއެވެ. އެވަގުތުކޮޅުގައި ދެމީހުންނަށްވެސް ލިބެމުން ދިޔައީ ބަޔާން ކުރަންދަތި ހިތްހަމަ ޖެހުމެކެވެ.
ކާން ތިރިއަށްދާން ޝައިމަންގެ ކޮޓަރި ހުރަސްކުރި ސަމާއަށް ފެނުނު މަންޒަރަކުން ހުރީ އެފެންނަނީ ހަގީގަތަކާއިމެދު ޝައްކުވެފައެވެ. ދެވަނަ ސިކުންތުގައި ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ކޮޓަރިތެރެއަށް މަޑުމަޑުން ވަދެ އަތުގައިއޮތް ފޯންނަގައި އެމަންޒަރު ފޮޓޯނަގާލިއެވެ. ކެމެރާއެއްގެ ފުލެޝް ލައިޓް އެޅުމުން އެކަކުއަނެކަކުގެ އަތުތެރޭގައި ތިބި ޝައިމަންއާއި ކިއާރާ ދިޔައީ ސިއްސައިގެންނެވެ. ދެމީހުނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ދޮރާދިމަލަށް ބަލައިލެވުނެވެ. ” އުޕްސް… ޑިޑް އައި ރުއިން ދަ މޮމެންޓް.. އައި އެމް ރިއަލީ ވެރީ ސޮރީ..” ހެމުން ހެމުން ސަމާ އެހެން ކިޔާ ދުވެފައި ކޮޓަރިން ނިކުތެވެ. ސަމާ ދިއުމުން ޝައިމަން ކިއާރާއަށް ބަލާލިއެވެ. އޭރު ކިއާރާ ހުރީ ލަދުން އިސް ޖަހާލައިގެންނެއެވެ. އޭނާގެ ކޯތާފަތަށް އަރާފައިހުރި ޖަންބު ކުލަފެނުމުން ޝައިމަންހުރީ އާޝޯހްވެފައެވެ. ” ބިއުޓިފުން..” ޝައިމަން އެއްޗެކޭ ބުނިއަޑަށް ކިއާރާ އިސްއުފުލައި އޭނާގެ މޫނަށް ބަލައިލިއެވެ. ” ކީކޭ؟” “ވަޓް.. ނުބުނަން އެއްޗެކޭ.. ހިނގާ ކާންދާން.. ތީ ކާންދާން ވެގެން ބަލައި އައިމީހާ އެއްނު..” އެހެން ބުނެ ޝައިމަން އަވަހަށް ކޮޓަރިން ނިކުތެވެ. ޝައިމަން ނިކުމެގެން ދިޔަ ދިމާ ބަލަން ހުރި ކިއާރާގެ މޫނުމަތިން ފެންނަމުން ދިޔައީ ރީތި ހިނިތުން ވުމެކެވެ.
ކިއާރާ ތިރިއަށް ފޭބިއިރު ކާމޭޒުދޮށުގައި ސަމާއާއި ޝައިމަން ތިއްބެވެ. ފައިނާ ކޮބާތޯ ބަލައިލި އިރު ސަލްމާގޮވައިގެން ފައިނާ އާދެއެވެ. ސަލްމާގެ މޫނުމަތިން ބަލިވައްތަރުޖެހި ނަމަވެސް ތުންފަތްމަތީވާ ހިނިތުންވުމެއްނުފިލައެވެ. ކިއާރާ ދެރަވި ނަމަވެސް ހިއްވަރުކޮއްލާފައި އޭނާވެސް ހިނިތުން ވެވޭތޯ ބެލިއެވެ. ޝައިމަންވެސް އޭނާގެ މަންމައަށް ބަލައިލީ ހިނިތުންވުމަކާއިއެކުގައެވެ. ” ދަރިފުޅާ.. ހާދަ ހެވިފަ.. ކިހިނެއްވީ.. މާ މަޖާ ޖޯކެއް ކިޔާދިނީތަ ކުޑޭ” ޝައިމަންއާއި ކިއާރާއަށް ބަލަން ހެވިފައި އިން ސަމާ ފެނުމުން ސަލްމާއަހާލިއެވެ. “ނޫނޭ މަންމާ.. ދެން އުފާވާކަހަލަ ކަންކަމާ ދިމާވީމަ ހެވޭނެދޯ..” އެހެންބުނެ އަތުގައި އޮތް ފޯން ހުޅުވައި އެއްޗެއް ހޯދަން ފެށިއެވެ. އެ އެއްޗެއް ފެނުމުން އެނެއްކާވެސް އޭނާ ވާހަކަ ދެއްކިއެވެ. ” ބަލާބަ މިއަށް. އަޅުގަނޑު މޮޅުދޯ ފޮޓޯނަގަން.. އަޅުގަނޑު މިވިސްނަނީ ފޮޓޯގުރަފަކަށޭ އަޅުގަނޑުވާނީ..” ހީލާފައި ސަމާއެހެން ބުނުމުން އެންމެންގެ މޫނަށްވެސް ހިނުތުންވުމެއް ވެރިވިއެވެ. ސަމާ ދެއްކިފޮޓޯގަނޑު ފެނިފައި ސަލްމާއާއި ފައިނާވެސް ތިބީ ހައިރާންވެފައެވެ. އެދެމީހުންނަށް އެއްފަހަރާ ކަހަލަގޮތަކަށް ޝައިމަންއަށާއި ކިއާރާއަށް ބަލާލެވުނެވެ. ” މީ ތެދެއްތަ؟.. މަންމަ ވަރަށް އުފާވެއްޖެ.. ތިކަމާ މަންމަ ހަމަ ހިތުންރުހުމުން ގަބޫލް..” ސަލްމާ އެހެންބުނުމަން ސަމާއާއި ފައިނާ އެކަކުއެނެކަކު ގައިގައި ކުޑަކޮން ބައްދާލާ ހޭންފެށިއެވެ. ޝައިމަން އާއި ކިއާރާ ތިބީ ވާނުވާ ނޭންގޭ ހާލުގައެވެ.
ޝައިމަން އިން ގޮނޑިން ތެދުވެގެން ގޮސް ފޯނުއަތުލާ އެއަށް ބަލާލިއެވެ. އޭގައި އިން ފޮޓޯގަނޑު ފެނުމުން ޝައިމަންގެ މޫނުމަތިން ފެނިގެންދިޔައީ ހިނިތުންވުމެކެވެ. ކިއާރާވެސް އެއީ ކޮންއެއްޗެއްތޯ ބަލާހިތުން ޝައިމަންގެ ކޮނޑުމަތިން ބޯއަރުވާލިއެވެ. ފެނުނު މަންޒަރުން އޭނާގެ މޫނު އެއްކޮން ރަތްވެގެން ދިޔައެވެ. އޭގައި އިނީ ޝައިމަން އާއި ކިއާރާ ކޮޓަރީގައި ތިބިއިރު ނަގާފައި އިން ފޮޓޯގަނޑެކެވެ. ލަދުންހުރި ކިއާރާ އަނބުރާއައިސް ގޮނޑީގައި އިށިއިނދެ އިސްޖަހާލިއެވެ. އޭނާއަށް ވީގޮތުން އެންމެންނަށް ހޭންފެށުނެވެ. ކިއާރާ އިތުރަށް ލަދުގަތުން ނޫން ކަމެއް ނުވެއެވެ.
ހަވީރު ކިއާރާ ގެއިން ނިކުތީ ޓެސްޓަށް ދާންވެގެންނެވެ. ގެއިންނިކުމެ މަގުމަތީ މަޑުކޮއްލީ ޓެކްސީއެއްގެ އިންތިޒާރުގައެވެ. އެހެންހުއްޓާ ފަހަތުން ޝައިމަން އޭނަށް ގޮވާލިއެވެ. ” ޝައިމް ދަންތަ ކިއާ ލައިދޭން ކޮލެޖަށް؟” ޝައިމަން އައިސް ކިއާރާއާއި އެއްވަރު ކުރަމުން އަހާލިއެވެ. ކިއާރާވެސް ހުރީ އޭނާއާއި އެކޮން ވަރަށް ދާހިތުންނެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކާ ކިއާރާވެސް ކޮއްލީ ސުވާލެކެވެ. ” ޝައިމް އަކަށް އުނދަގުލެއް ނުވާނެތަ؟” ” ނޫން ކީއްވެ އުނދަގޫވާންވީ.. މީގެ ފަހުން ކޮންމެ ދުވަހަކުވެސް ޝައިމް ދާނީ ކިއާ ލާން.. އޯކޭތަ؟” ޝައިމަން އެހެން ބުނުމުން ކިއާރާ ހަމައެކަނި ބޯޖަހާލީއެވެ. ލިބުނު ކާމިޔާބީގެ ސަބަބުން ޝައިމަން ހުރީ ވަރަށް އުފަލުންނެވެ. ކާރުގައި ކޮލެޖާހިސާބަށް ދެވުނީ ދިހަމިނެޓުން ނެވެ. ކޮލެޖު ދޮރުމައްޗަށް ކާރު މަޑުކުރުމުން ކިއާރާ ފައިބަން ވެގެން ދޮރު ހުޅުވިއެވެ. ނަމަވެސް މަޑުކޮއްލީ ޝައިމަން ވާހަކަ ދެއްކުމުންނެވެ. “ކޮންއިރަކުން ނިމެނީ؟ އަންނާނަން ނިމޭގަޑީގައި” ޝައިމަން އެހެން އެހުމުން ނިމެނީ ހަ ގަޑި ބައިގަ ކަމަށް ބުނެ ކިއާރާ ކޮލެޖަށް ވަންނަން ހިނގައިގަތެވެ. ކިއާރާ ދާތަން ބަލަން އިރުކޮޅަކު އިނުމަށް ފަހު ޝައިމަން ކާރު ދުއްވާލީ ގެއަށް ދާން ވެގެން ނެވެ.
ފަޒީންއާއި ފަތުހީ ގެޔަށްއައިސް ވަންއިރު ފައިނާ އާއި ސަމާ ތިބީ ސިޓިންރޫމްގައި ފިލްމެއް ބަލާށެވެ. ފަތުހީ ދެމީހުންނަށް ހީލުމަށްފަހު ދިޔައީ ކޮޓަރިއަށެވެ. ފަޒީން ގޮސް ފައިނާގާތު ސޯފާގައި ޖައްސާލިއެވެ. “ކޮބާ ޝައިމް، ގޭގައި ނެތީތަ؟. ހާދަ ބަނޑުހައޭ..” ފަޒީން އެހެން އެހުމުން ސަމާ ހޭން ފެށިއެވެ. ” ކުޑޭ ދިޔައީ ސިސް ގޮވައިގެން ކޮލެޖަށް. އަޅުގަނޑު ދެކުނީމޭ ދެމީހުން އެއްކޮން ދަނިކޮން.” އެހެންހޭ ބުނެ ފަޒީން ފައިނާއާއި ދިމާލަށް އެނބުރިލިއެވެ. ފައިނާ އިނީ އިސްޖަހާލައިގެން އަތުގެ އިނގިލިތަކާއި ކުޅެލަކުޅެލައެވެ. އެއިން ގޮތުންވެސް ފައިނާ ކަމަކާމެދު ވިސްނާކަން ފަޒީންއަށް އިނގުނެވެ. ފައިނާގެ ކޮނޑުގައި އަތް އަޅުވާލާ އިތުރަށް އޭނާ ގަޔާކައިރި ކޮއްލަމުން ކިހިނެއްވީހޭ ފަޒީންއަހާލިއެވެ. “ވާހަކައެށް ބުނަށް ބޭނުން..” ފައިނާ އެހެން ބުނަމުން ބަލައިލީ ސަމާއާއި ދިމާލަށެވެ. ފަޒީންއަށް އެބުނީ ކީކޭކަން ވިސްނުނެވެ. “މާއްކޮ ކައިފިންތަ؟ ހިނގާބަ ދޮންބެއާއި އެކޮން ކާން. އަންނާނަން އިންގޭ ފުރެޝް ވެލައިގެން.. އިނާލޯބީ ހިނގާބަ ލާނެ އެއްޗެއް ނަގައިދޭން..” ފަޒީން އެންމެފަހުން އެބުނި އެއްޗަކުން ސަމާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ފަޒީންވެސް ހެމުން ހެމުން ފައިނާގޮވައިގެން ކޮޓަރިއަށް ދިޔައެވެ.
ކޮޓަރިއަށް ދެވުމާއިއެކު ފައިނާ މަޑުމަޑުން ގޮސް އެނދުގައި އިށިއިނެވެ. ފަޒީންވެސް އައިސް ފައިނާގެ ކުރިމަތީ އިށިއިނެވެ. “ކިހިނެއްވީ؟.. ކޮންވާހަކައެއް ބުނަން އުޅުނީ..؟” ފަޒީންގެ ސުވާލުތަކުން ފައިނާއަށް އިސްޖަހާލެވުނެވެ. މަންމަގެ ރިޕޯޓްގެ ވާހަކަ ފަޒީންކައިރީ ބުނާނީ ކިހިނެއްހެއްޔެވެ؟ “ކަމެއްގޯސް ވީތަ؟” ފައިނާގެ ދަތްދޮޅީގައި މަޑުމަޑުން އިނގިލިއަޅުވާލިއެވެ. އަދި ލޯބިން ފައިނާގެ މޫނުހިއްލައިލާ އެރީތި މޫނަށް ފުންނަޒަރަކުން ބަލައިލިއެވެ. އޭރު ފައިނާގެ ލޯވަނީ ފެންކަޅިވެފައެވެ. އެ މަންޒަރު ފެނުމުން ފަޒީންއަށް ވީ ގޮތްވެސް ނޭނގުނެވެ. “ހޭ.. ވަޓް ހެޕެން ބޭބީ.. ކިހިނެއް ވީތަ؟.. ބުނެބަލަދެން.. ” ފައިނާގެ މޫނުގައި ދެއަތުން ހިފާލަމުން ފަޒީން އެނެއްކާވެސް އެހިއެވެ. ނަމަވެސް އޭނާގެ މޫނުމަތިންނާއި އަޑުންވެސް އޭނާ ހާސްވެފައި ހުރި ވަރު އިނގެއެވެ. ” މިއަދު ޝައިމް މަންމަގެ ރިޕޯޓް ގެނައި” ހިތްވަރު ކޮއްފައި ފައިނާ ވާހަކަދައްކަން ފެއްޓިއެވެ. ފައިނާ މަންމަގެ ރިޕޯޓޭ ބުނުމުން ފަޒީންގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. އެނެއްކާ މަންމައަށް ކަމެއްވީބާއެވެ.؟ ހިތަށް އަރަމުން ދިޔަ ހިޔާލުތަކުން އިތުރަށް ފަޒީން ހާސްވާގޮތް ވިއެވެ. ” ރިޕޯޓް ގައި ކީކޭ އޮތީ؟” އިތުރަށް ކެތްނުކުރެވިގެން އެނެއްކާވެސް ފަޒީން ސުވާލު ކުރިއެވެ. ފަޒީންއަށް ހިތްވަރު ދިނުމުގެ ގޮތުން އޭނާގެ އަތުގައި ހިފާލަމުން ފައިނާ ވާހަކަ ދެއްކިއެވެ. ” މަންމަ… މަންމަ.. ވަރަށް ބަލި.. ” ފައިނާއަށް ބުނެވުނީ އެހިސާބަށެވެ. ލޮލަށް ޖަމާވެފައި ހުރި ކަރުނަތަށް އެސްފިޔަތަށް ފޫއަޅުވާ ފައިބާގަތެވެ. ފައިނާއަށް ވަމުންދާ ގޮތް ފެނުމުން މަންމައަށް ވަރަށް ބޮޑު ކަމެއް ވެއްޖެކަން ފަޒީންއަށް އިނގުނެވެ. “މަންމައަށް ކިހިނެއްވީ؟ ބޭބީ ޕްލީޒް ޓެލްމީ.. ވަޓް ހެޕެން ޓު ހާ؟” “މަންމަ.. މަންމަ އަށް ހުރީ މެ…ނިންޖިއޯމާ ޖެ..ހިފާ..” ފައިނާއަށް އެހެން ބުނެވުނީ ވަރަށް އުނދަގުލުން ނެވެ. އިވިގެން ދިޔަ ޙަބަރުން ފަޒީންއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެންހެންނެވެ. ” ބުނޭ ތީ ދޮގެކޭ.. ކާކު ބުނީ ތިހެން.. ކޮބާ ޝައިމް. މަ އަމިއްލަޔަށް އަހާނީ..” ފަޒީން އެވާހަކަ ގަބޫލު ކުރަން ބޭނުން ނުވާކަހަލައެވެ. ލޯބިވާ ފިރިމީހާގެ ހާލު ފެނުމުން ފައިނާއަށް ކެތްނުކުރެވިގެން ފަޒީންގެ ގައިގައި ބައްދާލިއެވެ.
ޝައިމަން ގެއަށް އައިސް ވައިން އިރު ސަމާ ސިޓިން ރޫމްގައި އިނެވެ. ” މާއްކޮ އެކަނި ކީއްކުރަނީ.. ކޮބާ އިނާއްތަ؟” ސަމާ އެކަނި އިނުމުން ޝައިމަން އެހިއެވެ. “ދޮންބެ އިނާއްތަ ގޮވައިގެން ކޮޓަރިއަށް ދިޔައީ.. ދޮންބެއަށް ވެސް އަމިއްލައަށް ކަމެއް ކުރެވޭކަމަކަށް ނުވާނެ.. މިހާރު ކޮން އިރެއް.. މާއްކޮ ކައިރީ ބުނީ ދޮންބެ އާއި އެކު ކާން މަޑުކުރާށޭ.. އަދިވެސް ނުއެއް އާދެވޭ..” ސަމާ ކުރަން ފެށީ ޝަކުވާއެވެ. ފަޒީން ގެޔަށް އައިވާހަކަ ބުނުމުން ޝައިމަން ހާސްވިއެވެ. ދޮންބެ ކައިރީ އެވާހަކަ ބުނާނީ ކިހިނެއްހެއްޔެވެ؟ ނުބުނެވެސް ނުހުރެވޭނެއެވެ.؟ އެކަހަލަ ހިޔާލުތަކެއް ޝައިމަންގެ ހިތުގައި އުފެދެމުން ދިޔައެވެ. ” ކުޑޭ އަންނާނަން ދޮންބެ ގޮވައިގެން” އެހެންބުނެ ޝައިމަން ހިންގައިގަތީ ފަޒީންމެންގެ ކޮޓަރިޔާދިމާލެށެވެ.
ކޮޓަރި ދޮރުގައި ޓަކި ޖެހި އަޑަށް ފައިނާ ދޮރާދިމާލަށް ބަލައިލިއެވެ. އޭރު ފަޒީން ކަކުލުގައި އޮޅަނބޮށި ވިއްދާ މޫނުގައި އަތް އަޅައިގެން އިނެވެ. “އެއައީ މާއްކޮ ކަންނެންގެ ލަސްވެގެން” ފައިނާ އެހެން ބުނެ ހިނގައިގަތީ ދޮރު ހުޅުވާށެވެ. ފަޒީން އެހެން އިނދެ މޫނުގައި އަތް ހާކާލީ މޫނުމަތި ރީތި ކޮއްލުމުގެ ނިޔަތުގައެވެ. ކޮޓަރި ދޮރު ހުޅުވިއިރު ކުރިމަތީހުރި ޝައިމަން ފެނި ފައިނާއަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. ފައިނާ ފަސްއެނބުރި ފަޒީންއަށް ބަލައިލުމަށް ފަހު ޝައިމަން އެތެރެޔަށް ވަންނަން ތަންދެއްކިއެވެ. ޝައިމަން އެތެރެޔަށް ވަދެ އެނދުމަތީއިން ފަޒީންއަށް ބަލައިލިއެވެ. އަދި މަޑު ހިނގުމެއްގައި އައިސް ފަޒީންގެ ކުރިމަތީ ކަކޫމައްޗަށް ވާގޮތަށް އިށިއިނެވެ. “ދޮންބޭ” ޝައިމަން ފަޒީންއަށް ގޮވައިލީ ފަޒީންގެ ކަކޫ މަތީ އަތް ބާއްވާލަމުންނެވެ. ” ކޮންއިރަކުން ބުނަން މަޑުކޮއްގެން ތިހުންނަނީ…” ފަޒީން އެބުނި ޖެމްލައިން ޝައިމަންއަށް ސިހުންގެނުވިއެވެ. ފަޒީންއަށް ހުރިހާކަމެއް އެނގިއްޖެ ކަމަށް އޭނާގެ ސިކުނޑިން ބުނަމުން ދިޔައެވެ. ޝައިމަންއަށް ބަލައިލެވުނީ އެ ދެމީހުންނާއި ދިމާ ބަލަހައްޓައިގެން ހުރި ފައިނާއަށެވެ. ޝައިމަން ބަލައިލުމުން ފައިނާ ބޯޖަހާލީ ފަޒީންއަށް އެކަން އެނގިއްޖެޔޭ ބުނުމުގެ ގޮތުންނެވެ. “ދޮންބޭ.. ސޮރީ.. ” ޝައިމަން އިސްޖަހާލަމުން އެހެންބުންޏެވެ. ” އިޓްސް އޯކޭ ޝައިމް.. އެކަމާ ނުވިސްނާ.. ދެން މަންމަ އަށް ފަރުވާދޭން ވީހާވެސް އަވަހަކަށް ބޭރަށް ފުރޭތޯ.. ޑޭޑް ކައިރީ ވެސް ބުނަންޖެހޭނެ..” ފަޒީން ޝައިމަންގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.
3 Comments!
Comments are closed.
Wow?..speechless…. Thanks mihaa avahah n dhigukoh genes dhineema..next part ves avas kohllaane kamah ummed kuran
Ohhh wow ???… Mi part vx hama awesome… It’s very nice ??.. Thanks nannu mihaa avahah n dhigukoh genesdhinyma ???.. Story is going well… Keep it up… Waiting for next part ??
Nice konirakun next part