“ބަލާލައިގެން ހިނގައްޗޭ އިނގޭ.. ނޫނީ ވެއްޓިފަ އަނިޔާއެއްވެސް ވެދާނެއްނު..” އެމީހާ ދާނިޔަލްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ދާނިޔަލްއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އެހާ މަތީ ފަންތީގެ މީހެއް އޭނާ ފަދަ ދެރަ ނިކަމެއްޗަކާއި އެހާ ރީތިކޮށް ވާހަކަ ދެއްކުމުން ހައިރާން ނުވާނީ ކާކުހެއްޔެވެ؟ އެމީހާ އަނެއްކާވެސް ރީތި ހިނިތުންވުމެއް ދާނިޔަލްއަށް ހަދިޔާކޮށްލުމަށްފަހު ކޯޓު ރީތިކޮށްލަމުން އެތަނުން ދިޔައެވެ. އިރުކޮޅަކު އެހުރި ހައިރާންކަންމަތީ ހުރުމަށްފަހު ދާނިޔަލް އަވަސް އަވަހަށް ވެއްޓިފައި އޮތް ގަނޑު ނަގައިގެން އޮފީހުން ނިކުތެވެ. “މަންމާ.. އަޅުގަނޑުގެ […]
” އާން އެހެންވީމަ އެކަން ކުރަން ކިހާ ދުވަހެއް ނަގާނެ؟” އަތުގެ ނިޔަފަތިތަކާ ކުޅެމުން ޒާރާ އަހާލިއެވެ. “މި ދުވަސްކޮޅު ކުޑަކޮށް ބިޒީކޮށް މި އުޅެނީ…… ވަން ވީކް ދީ މަށަށް…..” އެކޮޅުން ވާހަކަ ދެއްކި މީހާ ބުންޏެވެ. “އޯކޭ….. ބަރާބަރު ވަން ވީކް….. އެންޑް އޭތި ވައްތަރު ވެގެން ނުވާނެ ފޭކު އެއްޗަކާ…… އޯކޭ؟” ޒާރާ ހީވަނީ ކެތްތެރިކަމެއް ނެތިގެން އުޅޭ މީހެެއް ހެންނެވެ. “އޯކޭ ސްވީޓް ހާޓް…. އެނީތިން ފޯ ޔޫ…… ބައި….” އެމީހާ […]
އާހެނދުނަކަށް އަލިވިލިގެންދިއެވެ. ދާނިޝްއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑު އިވުމުންނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވާލަމުން އެނދު ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި އޮތް އޭނާގެ ފޯނަށް ބަލާލިއެވެ. އެހެނަސް އެއަށް ޖަވާބުދޭން ހިތް ނުރުހުންވުމުން އަނެއްކާވެސް ލޯމަރާލީ ކައިރީގައި އޮތް ބާލިސް މޭޭގައި ލައްކޮއްލަަމުންނެވެ. ރޭ ގިނަ ވަގުތު ނުނިދައި ހުރުމުގެ ސަބަބުން ދާނިޝްގެ ލޮލުގައި ރިއްސަމުން ދިޔައިރު އޭގެ އަސަރު ބޮލަށް ވެސް ކުރަމުން ދިއެވެ. ފޯނު ރިންގުވާ އަޑު މެދުނުކެނޑި […]
އަޔާން ހީވަނީ ކޯކުން ފެންވަރާލައިގެން ހުރިހެންނެވެ. ޝައިރާ ގާތަށްއައީ އަމަށަކު ހިންޏެއްނޫނެވެ. ބިނދި ބިނދިފާ ހުނުންނޫންކަމެއް ޝައިރާއަކަށް ނުކުރެވުނެވެ. ޝައިރާ އެކަހަލަ ކަމެއް ކޮއްފާނެއޭ ހިތަށްވެސް ނާރާތީ ސިކުންތުކޮޅަކަށް އަޔާންހުރީ ހަމަބުނާނެ އެއްޗެއްވެސް ނޭނގި އެތަނަށްޖެހި ތަނބެންހެން ގުޑިލާންވެސް ނޭނގިފައެވެ. ދެވަނަސިކުންތުގައި ހީހީހުރި ޝައިރާގެ އަތުގާހިފާ ލަތްކެއްޖަހާލިއިރަށް ޝައިރާހުރީ އަޔާންގެއަތުތެރޭ ގުޑިވެސްނުލެވޭވަރަށް ހައްޔަރުކޮއްލާފައެވެ. ތެޅިގަނެގެންކަމަކުވެސް ދުރުވަންވެސް ނޭނގިފާ ޝައިރާއަށް ބަލަންހުރެވުނީ އަދި ދުވަހަކުވެސް ފިރެހެނަކާ އެހާގާތްވެފާނުވާތީއެވެ. އެހެންކަމުން ޝައިރާގެ ހިތްތެޅިގަތީ އޮބިނޯންނަވަރަށެވެ. ކުޑަވަގުތު ކޮޅަކަށް ނަމަވެސް އަޔާންގެ […]
“އައިކާ..” އެ އަންހެންކުއްޖާ ދިޔަދިމާއަށް ބަލަމުން އެ ޒުވާނާ ތަކުރާރު ކޮށްލިއެވެ. “ދަރިފުޅާ އާލިމް.” އެރައިވަލް ގޭޓުން ނުކުމެގެންއައި ޒުވާނާފެނި އާސިމާ ގޮވައިލިއެވެ. ވަށައިގެންވާ މާހައުލަށް ނަޒަރުހިންގައިލަމުން އާލިމް އަޑުއައި ދިމާލަށް ބަލައިލިއެވެ. އެވަގުތު ދުރުގައި ހުއްޓިލައިގެންތިބި އޭނާގެ މަންމައާއި ބައްޕައާއި ދެކޮއްކޮ ފެނުނެވެ. އާލިމް އައުމާއެކު އަލަންއާއި އާލާ ވަގުތުން އޮޅުލައިގަތެވެ. “ބޭބޭ. ހާދަ މިސްވިއޭ” އާލާ އުފަލުންހުރެ ބުނެލިއެވެ. “އައި މިސްޑް ޔޫ އޯލް ޓޫ.” އާލިމްވެސް އުފަލުންހުރެ ބުންޏެވެ. އާލާއާއި އަލަންއަށްފަހު އާލިމް […]
ބަތްކައްކަން އުދުމަށްފަހު ހެނދުނު އެމީހުންނަށް ސައި ހެދި ތަށިތަށް ނެގުމަށްފަހު މޭޒުމަތި ސާފުކޮއްލިއެވެ. އޭރު ގަޑިން އަދި ވީ ހެނދުނު 10 އެކެވެ. އެހެންކަމުން ވަރަށް ގިނައިރު އެ ގަސްދޮށުގައި އިނދެވުނީތާއޭ ސާރާ ހިތަށް އެރިއެވެ. އަދި މަޑުހިނގުމުގައި ގެއަށްދިއުމަށް ހިގައި ގަތްތަނުން ރޯނުގައި ހިއްކަން އަޅާފައޮތް ޓީޝާޓެއް ވެއްޓިފައި އޮތްތަން ފެނުނެވެ. އެހެންކަމުން އެ ޓީޝާޓް ނަގަން ގުދުވުމަށްފަހު ޓީޝާޓް ހިފައިގެން ތެދުވިއެވެ. އެވަގުތު ސާރާގެ މޫނުމައްޗަށް އަނދިރިވެ ބޮލަށް އެނބުރުން އަރައި އަރިއަޅާލިއެވެ. ހިފަހައްޓާނެ […]
އެވަގުތު ކާރު ދުއްވަން އިން ޔޫހާންއަށްވެސް އައިލީންއަށް ބަލާލެވުނެވެ. އައިލީންގެ އެ ސާފު ދެ ލޮލުން އެއީ ތެދުކަން ހާމަވެެގެން ދެއެވެ. އެ ރީތި ދެލޮލުގައި އޭރު ކަރުނައިގެ ތެތްކަމެއްވެއެވެ. ޔޫހާންއަށް އޭނަގެ އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ. އައިލީން އެވާހަކަ ސިއްރުކުރީ އޭނައަށްޓަކައެވެ. އޭނަގެ ކުރިއެރުމަށްޓަކައެވެ. ބަދަލުގައި އޭނަ ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ އައިލީން ހިތުގައި ޖައްސާ ރޮއްވީއެވެ. އެންމެ ކުޑަ މިނުން އައިލީން ދެއްކި ވާހަކަތައްވެސް އަޑު އެހީކީ ނޫނެވެ. އައިލީންއަށް އަވަސް ނަޒަރެއްް […]
ވަރަށް ވިސްނައިފާ އައިރީނަށްޓަކައި ދެވަނަ ކައިވެންޏެއް ކުރަން އަހަރެން ވިސްނީމެވެ. “މަންމަ ރަނގަޅު މީހެއް ހޯދާ…އަހަރެންގެ އެއްވެސް މައްސަލައެއް ނެތް…އެކަން އަހަރެން ބޭނުމީ އައިރީނަށް އަޅާލާނެ މީހެއް…އަމިއްލަ ދަރިއެއް ފަދައިން ލޯބިދޭނެ މީހެއް…” އަހަރެންގެ ވާހަކަތަކުން މަންމަގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ހީވާކަހަލައެވެ. މަންމަ އެއުޅެނީ މާކުރިންވެސް މީހަކު ހޯދައިންނެވެ. “ސަމީހުއާއި އިންނަން ވީއެއްނު…އޭނަ އައިރީނަށް ވަރަށް ރަނގަޅުވާނެ…ކުރިޔާ ބަލާފަ ކިހާ ބަދަލް ވެއްޖެ؟”މަންމަގެ ބަސްތަކުން އަހަރެން ހުރީ ގަބޫލު ކުރަންވެސް ދަތި ވެފައެވެ.”ނޫން މަންމާ….އަހަރެން ބޭނުމެއް […]
” މާމަގެ ދަރިފުޅު ދެން މާމައަކަށް ނުފެންނާނެ ދޯ.. ދުވަސްކޮޅަކުން މާމަމަތިން ހަނދާން ނެތޭނެ ދޯ.. ” ފޮއްޓަކަށް އެއްޗެހި އަޅަމުން އުމުރުން 50 އަހަރުގެ ޖުވެއިރިޔާ ބުނެލިއެވެ. އޭނާ އެހެން ބުނުމުން ރާޔާ ގޮސް އޭނާގެ ގައިގައި ބައްދައިލިއެވެ. ކުޑަކުޑަ ދެއަތުން ކަރުނަތައް ފުހެލަދިނެވެ. ނަމަވެސް އަނގައިން ބަހެއްނުބުނެއެވެ. ” މަންމަ ދައްކާ ވާހަކަ.. ދެން މަންމަމަތިން ހަނދާނެއް ނުނެތޭނެއެއްނު ދޯ.. އަހަރުމެންގެ ދެމައިންގެ ހުރިހާ ކަމެއް ކޮއްދިން މީހަކީ މަންމަ ވިއްޔަ.. މަންމަ ނެތްނަމަ […]