މިދުވަސްކޮޅަކީ އަޅުގަނޑުގެ ޓެސްޓްތައް ފުލުފުލުގައި ނެގެމުން ދާ ދުވަސްކޮޅަކަށް ވެފައި އޯލެވެލް އިމްތިހާނުވެސް ބޯމަތިވެފައި ވާތީ މިދުވަސްކޮޅު އަޅުގަނޑަށް ވާހަކަ ނުލިޔެވޭނެ ކަމުގައި ދަންނަވަމެވެ. ނަމަވެސް އޯލެވެލް ނިމުމުން އަޅުގަނޑުގެ ވާހަކަތައް އަނެއްކާވެސް ފެނިގެންދާނެއެވެ. މިދިޔަ ދުވަސްތަކުގައި ވާހަކަ ނުލިޔެވުމުން އެކަމަށް ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. ްައަދި އަބަދުވެސް ކިޔުންތެރިންގެ ފަރާތުން އަޅުގަނޑަށް ލިބުނު ސަޕޯރޓް ކުރިއަށް އޮތް ތާނގައި ވެސް ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ.
ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ދިޔައެވެ. އިމްތިހާނުތަކަށް ތައްޔާރުވުމަށްޓަކައި މާނީމެން ކޮންމެ ދުވަހަކުވެސް ގުރޫޕް ސަޓަޑީ ހަދައެވެ. ކިޔެވުމައިގެން ބުރަކޮށް އުޅުމުގެ ސަބަބުން އިތުރު ކަންތަކައިގެން އުޅޭކަށް ވަގުތެއް ނޯވެއެވެ. މާލޭ ލީގު ފެށުމުގެ ސަބަބުން އާރާޝްމެންވެސް އުޅެމުން ދިޔައީ ބުރަކޮށެވެ. މާނީމެންނާ ދިމާވަނީވެސް މަދު ފަހަރަކުއެވެ. ދިމާވިޔަސް ގިނައިރު ވާހަކަ ދައްކާކަށް ނުތިބެވެއެވެ. ރަޒީން މާނީގެ އަތުގައި ހިފި ދުވަހުގެ ފަހުން އައްޒާމަކަށް ރަޒީނެއް ނުފެނެއެވެ. އެހެނަސް އައްޒާމް އަބަދު ހުންނަނީ ހިތް ބިރުގަނެފައެވެ. މާނީ އެކަނި […]
“ޝަޒިއްޔާ.. ހާދަ ވަރަކަށް އެސޮރާއި ދިމާލަށް ތި އެއްޗެހި ކިޔަނީ؟ އަދި މިއަދު އޭނާ ވަޒީފާއަށް އެ ނިކުތީވެސް.. އެހެން ނޫނަސް އިންސާނުންނޭ އަހަރެމެން މީ.. ކުށްވެސް ކުރެވޭނެ.. އެއީ އެހާ ކަމެއް ނޫނޭ..” އަރީފް މަޑު ހިނގުމެއްގައި އައިސް އެމީހުން ގާތު ހުއްޓިލިއެވެ. އޭނާގެ އަޑުގައި ވަނީ ހިތްހެޔޮކަމާއި މަޑުމައިތިރި ކަމެވެ. “އެކަމަކު.. އޭނާ ނުޖެހޭ ދޯ އަހަރެން ކުރާ އަމުރަށް ދެކޮޅު ހަދާކަށް..” ޝަޒިއްޔާ އޭނާގެ ގޮތުގައި ހިފަހައްޓާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އަރީފް […]
“އޭ..އީން..ނަމަކީ އީން..އެދިޔައީ..ހިނގާބަލަ.. ވޯހް..މިގޭގައޭ އޭނަ އުޅެނީ ކަނޑު އޮތް ފުރޯ މަ ވަލުން މި ހޯދަނީ ..ކޭން ޔޫ ބިލީވް އިޓް..”އަލްޔާން ހީވަނީ އަގު ބޮޑު ޖަވާހިރެއް ލިބިގެން އުޅެނީ ހެންނެވެ. “ނޯ..އަޝްރާ އާއެކީ ދިޔަ މަންޖެ ވާހަކަތަ؟ އެެއީ މިގޭގަ އުޅޭ ކުއްޖެއް ނޫން.. ވެދާނެ އަޝްރާ ފްރެންޑަކަށް” އީތަން މެންގެ ގޭގެ ދެވަނަ ފްލޯރ ގައި އެމީހުން ކުއްޔަށް އުޅޭތާ މިހާރު 4 ވަރަކަށް އަހަރު ވެދާނެކަމާއި، އެ އަންހެން ކުއްޖާ މީގެ ކުރީން ދުވަހަކުވެސް ނުދެކޭކަމާއި، ނަމަވެސް އަޝްރާ އާއި ކޮންމެވެސް ވަރަކަށް ރައްޓެހިވާނެ ކަމަށް ވެސް އީތަން ބުންޏެވެ. “ސަޅި ބިޓެއް ދޯ އެއީ..ކަޅިވެސް ޖަހާ ނުލާވިއްޔަ ބަލަން ހުރީ” ގެއަށް ވަންނަމުން އަޝްރާ އީން އާ ދިމާ ކުރިއެވެ. އަލްޔާންގެ ދެ ލޮލަށް ބަލަން ހުރެވުނު ގޮތް ހަނދާން ވުމުން އީން ވަރަށް ރަކިވިއެވެ. ތި ދެމީހުން ގެ އެއްވެސް ގުޅުމެއް އޮވޭ ތޯ އަޝްރާ އެހުމުން އީން އަވަސް އަވަހަށް ނޫން ނުވެސް ދަންނަމޭ ބުންޏެވެ. އަލްޔާން ބޭނުންވީ އީން އެގެއިން ނިކުންނަން ދެން ބޭރުގައި މަޑުކުރާށެވެ. އޭރުން ގެއަށް ދާ އިރު ފަހަތުން ގޮސް އީން އުޅޭ ގެއެއް ވެސް ބެލިދާނެ ނޫން ހެއްޔެވެ. ވާހަކަ ވެސް ދެއްކިދާނެ ނޫން ހެއްޔެވެ. އެކަމަކު އީތަން އެކަމާ ދެކޮޅު ހެދިއެވެ. ކޮންމެހެން ނިންމަޖެހޭ މަސައްކަތް ހުރުމުން އީތަން ބޭނުންވީ އަލްޔާން ގޮވައިގެން ދާށެވެ. އެހެން ކަމުން އަޝްރާ އާއި ވާހަކަ ދައްކައިގެން މާދަމާ ކޮންމެ ގޮތެއްވިޔަސް އީން އާ ބައްދަލު ކުރުވަދޭނެ ކަމާއި ފޯން ނަންބަރ ވެސް ހޯދަދޭނެ ކަމަށް އީތަން ވައުދުވިއެވެ. މި ވަގުތު އީން ގެ ހުރިހާ ކަމެއް ފަސޭހައިން އިނގެން އޮތީ އީތަން އަށް ކަން ޔަގީންވާތީ އަލްޔާން އީތަން އާއެކީ ދިޔައެވެ. ލޯތްބަކީ ވެސް ހާދަ އެހެން ކަހަލަ އިހްސާސެކޭ އަލްޔާން ގެ ހިތަށް އެރިއެވެ. ހެނދުނުސުރެން ކިޔަމަން ނުވެގެން ވޭން އަޅަމުން ދިޔަ އޭނާގެ ހިތް އީން ގެ އެންމެ ފެނިލުމަކުން ހަމައަކައް އެޅި ހީވަނީ ފުރިބަންޑުންވާ ހެންނެވެ. ހާއްސަކޮށް އީން ވެސް އަލްޔާން އާ ދިމާލަށް ބަލަން ހުރި ގޮތުންނެވެ. އެރޭގެ ބޮޑު ބައެެއް ރައްޓެހިންނާއެކު މަސައްކަތުގައި ހޭދަ ކުރިއިރު ވެސް އަލްޔާން ގެ ސިކުޑިން އެންމެ ފަހަރަކުވެސް އީން ގެ ހިޔާލު ކައްސާލައިގެން ނުދެއެވެ. މާދަމާ އީން އާ ބައްދަލް ވާނެ ކަމުގެ ފޮނި އިންތިޒާރު ގައި އެރޭ ހުރިހާ ވަގުތެއްގައިމެ ހުރެވުނީ ހިނިތުން ވެވިފައެވެ. އެކަން އެނާ އެކުގައި އެރޭ އުޅުނު އެންމެންނަށް ވެސް ފާހަނގަ ކުރެވުނެވެ. “އޭ..ޔާންޓެ ކީއްވެ މިރޭ މާ ވަރަކަށް އުފާވެފަ މިއިނީ. އެއިންނަނީ ނު ހެވިފަ..އަނެއްކާ ޖިންނި ކަމެއްތަ؟”އެކުގައި ހުރި އެކުވެރިޔާއަށް އެކަން ފާހަގަ ވެގެން އީތަން ކައިރީ އަހާލިއެވެ. “ހްމް..ކަލޯ އެވާހަކަ ބާއްވާ..އޭނަ އެއިނީ އިޝްގުގަ ޖެހިފަ..މާ ރީތި އަންހެއްކުއްޖެއް ފެނުނީ ޔޯ. މަ ބުނެފިން މާދަމާ މީޓް ކުރުވަދޭނަމޭ.. އެހެންވެ ދަތް ކޮޅު އަތަށް ނަގައިގެން އެއިންނަނީ” ތަންކޮޅެއް ދުރުގައި ހުރެފައި އަލްޔާން އަށް ބަލާލަމުން އީތަން ބުންޏެވެ. ގްރޫޕް މަސައްކަތް ނިމުނު އިރު ހުރިހާ ކުދީން ވެސް ތިބީ ވަރުބަލިވެ ބަނޑުހައިވެސް ވެފައެވެ. އެހެން ކަމުން އޯޑަރު ކޮށް ގެން ޕިއްޒާ ގެނެސް ގެން އެންމެން ކެއެވެ. ގެއަށް ދިޔުމަށް ނިކުތް އިރު އީން ގެ ހިތް އާދަޔާ ޙިލާފަށް ބާރަށް ތެޅޭ ކަމުގެ އިހްސާސްވިއެވެ. މިފަހަރު އޭނާ ފެނުމުން އަލްޔާން ކިޔާނީ ކީކޭބާއެވެ. ކުރިންވެސް އެއްޗެކޭ ނުބުނެ ބަލަން ހުރީ އެވެ. އެކަމަކު އެހެން ބެލުމުން ހާދަ ލަދުގަނެއެވެ. މިފަހަރު އެހެން ހަދައިފިއްޔާ ނުބަލާށޭ ބުނާނީ އެވެ. ލިފްޓުގައި ހުރި އިރު އީން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. އަލްޔާން އޭނާ ގެ އިންތިޒާރުގައި ހުންނާނެކަމުގެ ޔަގީންކަން އީން އަށް އޮތެވެ. އެހެން ކަމުން މަގުމައްޗައް ނިކުމެ ފަރާތަކަށް ބަލާވެސްނުލާ ހިނގަން ފެށިއެވެ. ފަހަތުން އަލްޔާން އަންނާނެކަން އިނގޭތީއެވެ. ތަންކޮޅަކަށް ދެވުނު އިރުވެސް މީހެއްގެ ހިލަމެއް ނުވެގެން ފަހަތް ބަލާލެވުނެވެ. އަލްޔާން އެއްނެތެވެ. އީންގެ ހިތް މާޔޫސް ވިއެވެ. ލޯބީގެ އިހްސާސެއް ދުވަހަކުވެސް ވެފައި ނުވާ އީން ގެ މައުސޫމް ހިތް ރޯލިއެވެ. ގެއަށް ގޮސް ވަދެވުނު އިރު އީންގެ މޫނުވަނީ މިލާ މޯޅިވެފައެވެ. އަލްކާ ނިދިފައި އޮތްތަން ފެނުމުން އީން އަވަހަށް ގޮސް ފާހާނާ އަށް ވަނެވެ. ލޯ ގަނޑުން އަމިއްލަ ސޫރައަށް ބަލާލުމާއެކު ލޮލުން ހޯސްލާފައި ކަރުން އޮހިގަތެވެ. ހައިރާންކަމާއެކު އީން ލޮލުން އޮހޮރެމުން ދިޔަ ކަރުނަ […]
އާލިމް އަންނަ ވާހަކަ ބުނުމުން އާލާއާއި އަލަންގެ މޫނު އުޖާލާވެގެން ދިޔައެވެ. އާލިމް މެލޭޝިޔާގައި ޑޮކްޓަރުކަން ކިޔަވަން ހުންނަތާ މިހާރު 7 އަހަރު ވެއްޖެއެވެ. ނަމަވެސް ކޮންމެ އަހަރަކުވެސް އެއްފަހަރު ޗުއްޓީ ލިބުމުން ރާއްޖެއާދެއެވެ. ހ.ކެތީގައި އެންމެންދިޔައީ ރޭގަނޑު ކެއުމަށް އިންސާފުކުރަމުންނެވެ. މޭޒުމަތީގައި އެކި ބާވަތްބާވަތުގެ އެއްޗެހި އެތުރިފައިވާއިރު އެންމެން ކެއުމައިގެން އަވަދިނެތިއުޅުނެވެ. އަދިވެސް ދެކެވެމުންދިޔައީ ކައިވެނީގެ ވާހަކައެވެ. ޝާކިރު ބޭނުންވަނީ އޭނާގެ ރިސޯޓުގައި ހަފްލާ ބާއްވާށެވެ. ހަސީނު ބޭނުންވީ މާލޭގައި ކުލަގަދަކޮށް ބާއްވާށެވެ. ކުލަޔާއި އެއްޗެހި […]
މާޒީ…. އަރްޝާދް ދިޔުމާއެކު އަފްރާއަަށް އަޑުން އަޑު ނަގައި ރޮއެގަނެވުނެވެ. އަފްރާ ރޯނެ ވަރަކަށް ރޯން އައްޒާމް ބޭންދިއެވެ. ވިއްސަކަަށް މިނެޓު ފަހުން އަފްރާ ރުއިން ހުއްޓާލުމުން އައްޒާމް އަފްރާ ގޮވައިގެން އަފްރާގެ ގެއަށް ދިޔައެވެ. ނަސީބަކުން ފަރީހާ އެ ވަގުތު ގެއަކު ނޫޅެއެވެ. އައްޒާމް އެތަށް ވާހަކައެއް ދެއްކުމުން ވެސް އަފްރާ އަނގަޔަކުން ނުބުންނެވެ. ގާވެފައި އިން ގޮތަށް އިނީއެވެ. އެހެން އިނދެފައި ކުއްލިއަކަށް އަނބުރައިގަނެގެން ބިންމައްޗަށް ވެއްޓުނެވެ. އަފްރާއަށް މަޑު މަޑުން ލޯހުޅުވާލެވުނެވެ. އޭރު […]
ކުރިމަތީ ހުރި ފިރިހެން ކުއްޖާ މާފަށް އެދުމުގެ ބަދަލުގަ ހުއްޓާނުލާ ހޭތަން ފެނުމުން ލަމްޔާ ކައިރިޔަށް ރުޅިއައިސްގެން ކޮއްލިކަމަކުން އެ ފިރިހެން ކުއްޖާގެ ހުނުން ވަގުތުން ހުއްޓުނެވެ. ކައިރީގައި ހުރި ނީމް އާއި ލަމްޔާ ކުރިމަތީ ހުރި ފިރިހެން ކުއްޖާގެ ކައިރީގައި ހުރި ފިރިހެން ކުއްޖާ ވެސް ސިހުނެވެ. އެހެންނުވާންވީ ސަބަބެއްވެސްނެތެވެ. ލަމްޔާ ކުރިމަތީ ހުރި ފިރިހެން ކުއްޖާގެ މުޅި މޫނުގަޔާއި ލައިގެން ހުރި ގަމީހުގައި އޮތީ ހުސް ޗޮކުލެޓު ޖޫގޯއެވެ. އިދާންގެ ހުނުން ހުއްޓުނީ ކުރިމަތީ […]
ފިރިހެންވަންތަ ހިނގުމެއްގައި ދިޔަ ދާނިޔަލްއަށް ސިހުން ގެނުވީ މީހެއްގެ ގައިގައި ފުދޭވަރަކަށް ބާރަށް ޖެހުމުންނެވެ. ޖެހުނު ގޮތުން އޭނާގެ ކޮނޑަށްވެސް ކޮންމެވެސް ވަރަކަށް ތަދުވިއެވެ. ދާނިޔަލްގެ ދެތުންފަތް ދޭތެރެއިން މަޑު އާހެއް ނިކުތީވެސް އެހެންވެގެންނެވެ. އިސް އުފުލާ ބަލައިލި ތަނުން ކުރިމަތީގައި ހުރި ސޫރަ ފެނި ދާނިޔަލްގެ ނޭވާވެސް އަރުތެރޭގައި ތާށިވިހެން ހީވިއެވެ. ދާނިޔަލްގެ ކުރިމަތީގައި ދެބުމަ ގޮށްޖަހާލައިގެން ހުރީ ދާނިޔަލްއަށްވުރެ އިސްކޮޅުން ކުރު ދޮން ހަންގަނޑެއް ލިބިފައިވާ ރީތި އަންހެން ކުއްޖެކެވެ. އެކުއްޖާގެ ބޯ ދާނިޔަލްގެ […]
އަރުޝްއަށް ހުރި ތަނަށް ތިރިވެ ކީއްވެހޭ އަހާލެވުނެވެ. އެ އަޑު އިވުނު މީހެއްގެ ހިތްވެސް ޒަހަމް ކޮއްލާހާ އަރުޝްގެ އަޑުގައި ވޭނީ ކެކުޅުން ހުއްޓެވެ. އަރުޝްއަށް ކުޑަވެސް ގެއްލުމެއް ލިބެން ސާރާ ނޭދޭތީ މިއަދު އެ ޖެހުނީ އަރުޝް ލޯބިވާކަން އެނގިހުރެވެސް އެ ލޯބި ސާރާގެ ހިތުގައި ފަސްއަޅާ ފޮރުވާށެވެ. ފަތިހު ބަންގީގެ އަޑަށް ސާރާތެދުވިއެވެ. އަދި ވުޞޫކޮއްލައިގެން ނަމާދަށް އެރިއެވެ. އަރުޝްއަށް ދެރަގޮތެއް ނުވުމަށް އެދި އެތަށް ފަހަރަކު ދުޢާ ކުރެވުނެެވެ. ރޭގަ ސާރާ ގެއަށް […]