Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 12

Sh@_n@ Level 410 Stories100 Comments100 Login
August 31, 2018 5 Mins Read
12 Comments

ބަތްކައްކަން އުދުމަށްފަހު ހެނދުނު އެމީހުންނަށް ސައި ހެދި ތަށިތަށް ނެގުމަށްފަހު މޭޒުމަތި ސާފުކޮއްލިއެވެ. އޭރު ގަޑިން އަދި ވީ ހެނދުނު 10 އެކެވެ. އެހެންކަމުން ވަރަށް ގިނައިރު އެ ގަސްދޮށުގައި އިނދެވުނީތާއޭ ސާރާ ހިތަށް އެރިއެވެ. އަދި މަޑުހިނގުމުގައި ގެއަށްދިއުމަށް ހިގައި ގަތްތަނުން ރޯނުގައި ހިއްކަން އަޅާފައޮތް ޓީޝާޓެއް ވެއްޓިފައި އޮތްތަން ފެނުނެވެ. އެހެންކަމުން އެ ޓީޝާޓް ނަގަން ގުދުވުމަށްފަހު ޓީޝާޓް ހިފައިގެން ތެދުވިއެވެ. އެވަގުތު ސާރާގެ މޫނުމައްޗަށް އަނދިރިވެ ބޮލަށް އެނބުރުން އަރައި އަރިއަޅާލިއެވެ. ހިފަހައްޓާނެ އެއްވެސް ތަނެއް ސާރާގެ އަތުގަ ނުޖެހި ވެއްޓުނެވެ. ބިންމައްޗަށް ވެއްޓުމުގެ ކުރިން ބާރުގަދަ އަތެއްގެ ހިމާޔަތް ލިބުނެވެ. އަދި ހިނިތުންވެވުނީ ފުސްކަމާއެކުވެސް އަރުޝް ގެ ސޫރަ ފެނުމުންނެވެ.

ސާރާ ކުޑަކޮށް ދެލޯ ތަޅުވާލުމަށްފަހު މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. ކައިރީގައި ތިބި މީހުންނާއި އޮވެވުނީ އަރުޝް އުޅޭ ކޮޓަރީގަކަން އެނގުމާއެކު ފުންމައިގެން ތެދުވެވުނެވެ. އެއާއެކު އަނެއްކާވެސް ބޮލަށް ގޮތެއްވުމުން ބޮލުގައި އަތްއަޅަމުން އޮށޯތެވެ. އަދި ވަށައިގެން ތިބި މީހުންނަށް ބަލާލިއެވެ. ހަމީދު, ޝާމިން، އަދި އަރުޝްވެސް ތިއްބެވެ. ސާރާއަށް މަޑުމަޑުން އޭނާއަށް ކިހިނެއްވީތޯ އަހާލެވުނެވެ.
“ސާރާ އަނބުރައި ގަނެގެން ބިންމައްޗަށް ވެއްޓެނިކޮށް އަރުޝްއަށް ފެނުނީ, ނަސީބެއް އަރުޝްއަށް އެގަޑީގައި ބޭރަށް ނުކުމެވުނުކަން, އެހެންނޫން ނަމަ އަނިޔާއެއްވީސް”

ޝާމިން އެހެން ބުނުމާއެކު އަރުޝް ކޮންއިރަކުހޭ އަހަރެން……..އެހިސާބަށް ބުނުމާއެކު އަރުޝްގެ ވާހަކަ ހުއްޓުވިއެވެ. އަދި ސާރާއަށް އަނެއްކާވެސް ބުންޏެވެ. “ނުވެސް ކައި ދޯ ތި އުޅެނީ، މިހިރީ ކާ އެއްޗެހި, ތަންކޮޅެއް ބޮލަށް ލުއިވީމަ މި ކައިގެން އަރާމްކޮއްލާ, ރަނގަޅުވީމަ ގެއަށް ދާނީ, ” މިހެން ބުނެ ތިން މީހުން އެތަނުން ނިކުތެވެ.

” ކީއްވެ ސާރާ ކައިރީ ބުނީ އަހަރެންނޭ ހިފެހެއްޓީ” އަރުޝް ގެއިން ބޭރަށް ނިކުންނަމުން އެހިއެވެ. އަރުޝްގެ މޫނުމަތިން ކަންބޮޑުވުން ފާޅުވާން ހުއްޓެވެ.

“ބުނަން އަރުޝް ވާހަކައެއް, އަހަރެންވެސް ހަމަ ހުރެފަ އެހެން ނުބުނާނެ އެއްނު, މަށަކަށް ނޭނގެ ތިޔަ ދެމީހުންގެ އޮތީ ކޮންކަހަލަ ގުޅުމެއް ކަމެއްވެސް, އެކަމް އެނގޭ ހާވެސް އެއްޗަކީ ތިޔަ ދެމީހުންގެ ތެރޭގައި ކޮންމެސް ގުޅުމެއްވާކަން, ދޮގެއްތަ ހަމިއްޓޭ” ޝާމިން ވަރަށް ސީރިއަސް ކަމާއެކު ވާހަކަ ދައްކަމުން ހަމީދުއަށް ދޯޅިއެވެ. ހަމީދުވެސް ބޯ ޖަހާލީ ތެދެކޭ ބުނުމުގެ ގޮތުންނެވެ.

” މަށަކަށް ނޭނގެ ކޮން ވާހަކައެއް ކަމެއް ތިދައްކަނީ، ކާކާ ގުޅުން އޮންނަ ވާހަކައެއް ކަމެއްވެސް، ހަމަޖެހޭ ވާހަކައެއް ދައްކަަބަލަ” އަރުޝް އެމީހުންނަށް ފުރަގަސް ދިނީ އޭނަގެ އުދާސްތަށް ފޮރުވުމަށެެވެ. އަދި ދެ ޖީބަށް އަތްޖަހާލީ ކަމެއް ވީކަން ނުދައްކާވޭތޯއެވެ.

“އެހެންތަ, ނޭނގެ ދޯ ކާކު ވާހަކައެއް ކަމެއް މި ދައްކަނީ, އެހެންވިއްޔާ އަޑުއަހާ, މިދައްކަނީ އަރުޝްއާއި ސާރާގެ ވާހަކަ, ގުޅުމެއްނެތިއްޔާ ކީއްވެ ސާރާ ދެލޯ މެރެމުން ދިޔައިރުވެސް އަރުޝްއޭ ބުނަންވީ, ބުނެބަލަ,” ޝާމިންގެ އެ ސުވާލުން އަރުޝްއަށް ޝާމިންއާއި ދިމާލަށް ބަލާލެވުނެވެ. ޝާމިންގެ އަޑުގައި ހަރުކަށިކަމާ އެއްވަރަށް މާޔޫސްކަންވެސް ފާހަގަ ކުރެވުނެވެ.

“ކީކޭ, ސާރާ މަށަށް ގޮވީއޭ” ގަބޫލު ނުކުރެވިފައި އަރުޝްއަށް އަހާލެވުނެވެ.
“އާނ, އެހެން މިބުނީ, އެހެންވެ ތި ކޮޓަރީގައި ބޭއްވީ, އަހަރެން ހީކުރީ ސާރާ ހަނދާން ހުންނާނެކަމަށް އެހެން ގޮވުނުކަން، އެހެންވެ ތިތަނަށްލީ, ދެންވެސް ބުނޭ ކާކުގެ ވާހަކައެއްހޭ މި ދައްކަނީ، އަދިވެސް ކިޔަންވީތަ, އަޑުއަހާ, އަރުޝް ކޮށިއަރައިގެން އުޅުން ދުވަހު ސާރާ ގެދެލޮލުން ކަރުނަ އަހަރެމެންނަށް ފެނުނޭ, އަނެއްކާ މިއަދުވެސް ސާރާގެ އަތަށް ސައި އެޅުނީމަ, އެދިމާލަށް ދާން އުޅެފަވެސް އަހަރެމެންކައިރިއަށް އައީ, އަރޫ ހީކުރީ އަހަރެމެން ސުވާލު ނުކުރަނީ ނޭނގޭތީ ކަމަށްތަ, އަހަރެމެންގެ ދެލޮލަށް ފެނެޔޭ, ކަންފަތަށް އަޑު އިވެޔޭ, މިހުރިހާ ކަމެއްވީ އިރު އަހަރެމެން ކައިރީ ބުނެލިނަމަ, އެއްވެސް ބައެއް ނޫންދޯ މީކީ” ޝާމިން އަރުޝްއާ ދިމާލަށް ހުރިހާ އެއްޗެއް ކިޔަމުންދިޔައިރުވެސް ހަމީދު ހުރީއެވެ.

ޝާމިންގެ ވާހަކަތަކުން އަރުޝް ގޮތްހުސްވަމުންދިޔައެވެ. މީހާ ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ދެކޮޅަށް ހިނގަންފެށުނެވެ. އެހާވަރަށް ސިއްރުކުރަން އުޅުމުންވެސް ވީ ކަމެއްނެތްތާއޭ އަރުޝްގެ ހިތަށް އެރިއެވެ. އަރުޝްއަށް ބާރުލާ ހުއްޓާލާށޭ ބުނެވުނެވެ. އެއަޑަށް ޝާމިންވެސް ހަމީދުވެސް ދިޔައީ ސިއްސައިގެންނެވެ.
“އާނ, އަހަރެން ސާރާދެކެ ވަރަށް ލޯބިވޭ, ވަރަށް ބޮޑަށް ލޯބިވޭ, އެއީ އެއްނު ތި މީހުން އަޑު އަހަން ބޭނުންވާ ބަހަކީ، އިންތިހާއަށް ސާރާދެކެ ލޯބިވަން, އެންމެ ފެނިލުމަކުން, ހަމަ އެންމެ ފެނިލުމެއް… ” މިހެންބުނެ ޖޯލިފަތީގެ ޖޯއްޔެއްގައި އިށީނދެ ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތް މަހާލިއެވެ. ހަމީދުއާއި ޝާމިންވެސް ހައިރާންވެފަ ތިއްބެއެވެ. އަދި މަޑުމަޑުން އައިސް އަރުޝްގެ ދެފަރާތުގައި އިށީނެވެ.

“ތިޔަމީހުން ކައިރި ބުނިނަމަ, ސާރާ މަށާ ވަކި ގުޅޭނެތަ, ނުގުޅޭނެ, ސާރާ އަހަރެންދެކެ ލޯބިވާ ކަމަށް އަހަރެން ހީކުރީ, އަހަރެން ލޯބިވާ ބުނީމަ ވަރަށް އުފާވެފަ ހުރީ, އެކަމަކު ކުއްލިއަކަށް މޫނުމަތި ބަދަލުވެ, އަހަރެންގެ ލޯބީގައި ކޮޅުފައިން ޖަހާފަ ދިޔައީ, ތި މީހުން ކައިރީ ބުނިނަމަ ވަކި ވާނީ ކޮންކަމެއް، އަހަރެންގެ ހިތުގައި އަޅާ މިވޭން ކުޑަވާނެތަ، ނުވާނެ، އަޅާނުލާ ދެން, މީ އަހަރެންގެ ތަގްދީރު, އެކެއްގެ ލޯބިވެސް އަހަރެން ބޭނުމެއް ނޫން, މިހެން އެކަނިހުރެ ނިމިދާނެ އެއްނު، މަށަށް ކަމެއް ކޮއްދެންޏާ އަވަހަށް މިތަނުން ދާން ހިނގާ, އެންމެ ހިނދުކޮޅަކުވެސް މަށަކަށް ސާރާ ފެންނަ ހިސާބުގައި ނުވާނެ ކެތެއް” އަރުޝް އާދޭސް ކުރާހާލް ޝާމިންގެ އަތުގައި ހިފާފައި ބުންޏެވެ. އަރުޝްގެ ވާހަކަތަކުން ހަމީދުއާއި ޝާމިންނަށްވެސް ރަނގަޅަށް ރޮވުނެވެ. އެކުވެރިޔާގެ ހާލް އިހްސާސްވުމުން ޝާމިންވެސް ހަމީދުވެސް މާޔޫސްވިއެވެ.

“ހޭ ބްރޯ, މޮޔަވީތަ, ތިޔަށް ކިޔަނީ ލޯބި, އެންމެފަހުން އަހަރެމެންގެ އަރޫވެސް ބޮޑުވެ ކުއްޖެއް ދެކެ ލޯބިވެއްޖެ ދޯ ހަމިއްޓޭ, އެކަމް ބުނަން އެހާ އަވަހަށް އުއްމީދު ކަނޑާނުލާ, ސާރާ ލިބޭނެ, މިހެން މިބުނަނީ, އަހަރެމެންނަށް ސާރާގެ ލޮލުން އަރޫ ދެކެ ވާ ލޯބި ފެނުނީމަ, އަނެއްކާ އަނބުރައި ގަތްގަޑީގަވެސް އަރުޝްގެ ނަން ކީ, ހީވަނީ ވަރަށް ގަދަޔަށް އަރޫ އާ ދޭތެރޭ ވިސްނީހެން, އަނެއްކާ ދެެންމެ ތިބުނީ ލޯބިވާ ވާހަކަ ބުނީމަ ވަރަށް އުފާވެފައޭ ހުރީ, ކުއްލިއަކަށޭ މޫޑް ބަދަލްވީ, އެއްޗެކޭ ނުބުނެ ދިޔައީއޭ, ސޯ ހީވަނީ ކޮންމެސް ކަމެއް ސިއްރުކުރާހެން, އެެެންމެ ފަހަރަކުވެސް ނޫޅެމެއްނު ހޯދާކަށް ކީއްވެތޯ އެގޮތަށް ކަންތަށް ކުރީ, އަންހެން ކުދިންނަކީ ވަރަށް ފާޑެއްގެ ބައެއް, ބައެއް ފަހަރު ކިތަންމެ ވޭނެއް ލިބުނަސް ނުބުނާނެ, ސާރާއަށް ވަގުތުކޮޅެއް ދޭން މަށަށް ފެންނަނީ, އެހެންވީމަ އަރޫ ޖެހޭނީ އިތުބާރު ހޯދަން, އޭގެ ބަދަލުގަފުރަތަމަ ވެސް އުއްމީދު ތިޔަ ގެއްލުވާލީ, އަންހެނެއް ހެން ރުޔަކަސް ކަމަކު ނުދާނެ އިނގޭ, މީހުން ސެޓް ކުރަން މިސާލަކަށް އަހަރެން ބަލާބަލަ” ޝާމިން މިހެން ބުުނެ ގަމީހުގެ ގިރުވާނުގައި ދެފަރާތުން ހިފާ ހިއްލާލުމުން އަރުޝްގާތަށް ވެސް ހިނިއައެވެ.

“އަސްލުވެސް, އަހަރެންނަށް ކީއްވެ އެވަރު ނުވިސްނުނީ ” އަރުޝް ހަމަޖެހިލަމުން ބުންޏެވެ. “އެއްޗެއް ނުވިސްނޭނެ އެއްނު ތީ އަދި އާ ކުދިންނޭ, ފުރަތަމަ ވެސް އެކްސްޕީރިއަންސް ހުރި މީހުން ކައިރީ ބުނެލިނަމަ, އަސްލު ބުނަން ސާރާ އެއީ ވަރަށް ރަނގަޅު ކުއްޖެއް, ނިކަމެތިވެސް ކުއްޖެއް, އެކަމް އޭނަގެ ހިތް ވަރަށް މުއްސަނދިވާނެ, މީހުންނަށް އެހާ އޯގާތެރިވާނެ, ދެން މިހާރުންސުރެ ފަހަރި ކިޔަންވީދޯ” އެހެން ބުނެ އަރުޝްއާ ދިމާކުރަންފެށިއެވެ. ޝާމިންއާއި ހަމީދުގެ ވާހަކަތަކުން އަރުޝްއަށް ވަރަށް ބޮޑު ހިތްވަރެއް ލިބި ހަމަޖެހުނެވެ. އެހެންކަމުން ސާރާއާއި ބެހެން އުޅުނު ވާހަކަވެސް ކިޔައިދިނެވެ.

“ކޮބާ އޭރުވެސް މަ ބުނީމެއްނު ކަމެއް ވީމައޭ, ބިރު ގަންނަނީ ކަންނޭނގެ ކަމެއް ކޮއްފާނެތީ, އެހެންވީމަ ޖެހޭނީ އެއީ ކާކުތޯ ބަލަން, އޭގެ ފަހުން އެހެންކަމަކާ އުޅޭނީ،, އަރޫ ސާރާ ކައިރީ ބުނޭ ރައްޓެއްސެއް ކަމަށް ބަލާށޭ، ގުޅުން ކަނޑާނުލާށޭ, މަޑުމަޑުން އޭނަގެ އިތުބާރު ހޯދާ, އޭރަށް ރަނގަޅުވާނެ” އެންމެ ގާތް ދެ އެކުވެރިންގެ ބަސް ގަބޫލް ކޮއްގެން ސާރާ ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އަރުޝް އަމިއްލަ ނަފްސަށް ދިނެވެ. ފުރަތަމަވެސް އެމީހުންނާ ހިއްސާ ކުރެވެނު ނަމައޭ އަރުޝް ހިތަށް އެރިއެވެ.

ރިންގްވަމުންދިޔަ ފޯނަށް އަރީޝާ ބަލަންހުރުމަށްފަހު ފޯނު ނެގިއެވެ. އަދި ކަންފަތުގައި ފޯނު ޖައްސާލާ ހަލޯއޭ ބުނެލިއެވެ. އެކޮޅުން އިވުނީ އަރީޝާގެ އެެންމެ ގާތް އެކުވެރިޔާގެ އަޑެވެ.

“އޭ ހަފީ, ކޮންތާކު، ހަބަރެއްވެސް ނުވޭ” އަރީޝާ ސޯފާގައި ހަމަޖެހިލަމުން ބުނެލިއެވެ. “ހޫމް، ހަބަރެއް ނުވާނެއެއްނު, މިހާރު މިއުޅެނީ މާލެ ބަދަލުވެގެން, އަރުޝް ގޮވައިގެން ޖައްސާލަބަލަ”ހަފީޒާ ވަރަށް ފޯރީގައި ބުނެލިއެވެ. ” މަ ކިހިނެއް އަރުޝް ގޮވައިގެން ދާނީ, އޭނަވީ އޮފީސް ކަމެއްގަ ކޮންމެސް ރަށަކަށް ގޮސް” އަރީޝާ އަނެއްކަންފަތަށް ފޯނު ބަދަލު ކުރަމުން ބުނެލިއެވެ. “އަރީ, ހަމަތަ, އަނެއްކާ އޭނަގޮސް އެރަށުން ކުއްޖަކާ ހިތާވިއްޔާ ކިހިނެއް ހަދާނީ, އަހަރެމެން ރާވާފާ އޮތްގޮތަކަށް އެއްކަމެއްވެސް ނުވާނެއެއްނު”ހަފީޒާ ހާސްވެފަ ހުރެ ބުނެލިއެވެ.
“ހަފީ ހާސްނުވޭ, އޭނަ އޮފީސް ކަމެއް ވީމަ އޭނަ އެދިޔައީ, އެހެންނޫނަސް އަރުޝްގެ ނުހުންނާނެ އެކަހަލަ ކަޓު ތަނަކަށް ގޮސް އުޅޭނެ ހިތްވަރެއް, ބޭނުން އެއްޗެއް ނުލިބޭނެ، އަނެއްކާ އެއީ މަގޭ ދަރިއެއް, މަގޭ ގޮތެއްނު ހުންނަން ޖެހޭނީވެސް” އަރީޝާ ފަޙްރުވެރިކަމާއެކު ބުނެލިއެވެ.
“އެެންމެ ރަނގަޅު އޭނަ އައިމަ ގޮވައިގެން އާދޭ, އެޑްރެސް މެސެޖް ކޮއްލާނަން, އެހަށް ބާއްވަނީ އިނގޭ” އެހެން ބުނެ ހަފީޒާ ފޯނު ބޭއްވުމުން އަރީޝާ ފުން ނޭވާއެއް ދޫކޮއްލިއެވެ. އަދި ފޯނުން ނަމްބަރަކަށް ގުޅާލިއެވެ.

ހަވީރު ފިނީގައި ހިނގަމުންދިޔަ އަރުޝްގެ ފޯން ރިންގްވާން ފެށުމުން ޖީބުގައި އޮތް ފޯނު ނަގައި ބަލާލިއެވެ. ގުޅަނީ ގޭ ނަމްބަރު ކަމަށް ވުމުން ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ. ” އަރުޝް ކޮންއިރަކުން އަންނަނީ” ފުރަަތަމަވެސް އަރީޝާގެ އަޑުއިވުމާއެކު އަރުޝް ހުއްޓުނެވެ. އަރުޝް ކައިރީ ހުރި ޝާމިންވެސް ހަމީދުވެސް ހުއްޓި އެކަކު އަނެކަކަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

ބުނަންވީ ކީކޭކަން އަރުޝްގެ ސިކުނޑިއަކަށް ނުވިސްނުނެެވެ. އެހެންކަމުން ކިހިނެއްވީހޭ އަހާލެވުނެވެ. “ވަކި ކަމެއް ނުވޭ، އަންނަ އިރެއް ބަލާލީ” މިހެން ބުނެ އަރީޝާ ފޯނު ކަނޑާލިއެވެ. އަރުޝްއަށް ދެލޯ މަރާލެވުނީ ހިތަށްވީ ތަދެއްގެ ބޮޑުކަމުންނެވެ. މަޑު ހިނގުމުގައި އައިސް އަތިރިމަތީ އޮތް ރުއްގަނޑުމަތީ ޖައްސާލިއެވެ.
“މަަަންމަ އެ ގުޅީ، ހަމަ އެކަނި އަހާލީ ކޮން އިރަކުންހޭ އަންނަނީ, އެންމެ ކުޑަމިނުން އެހާ ދުވަސްކޮއްފަ ގުޅާފަވެސް ހާލު އަހާވެސް ނުލި، އަހަރެން ހިތަށް އަރާ އަހަރެންމީ އަސްލަށްވެސް އެމީހުންގެ ކުއްޖެއްބާއޭ, އެެެންމެ ފަހަރަކު ގުޅާލާ އިރަކުވެސް ދަރިފުޅާ ކިޔާފަ ވާހަކަ ދައްކާނަމަ ހާދަ އުފާވާނެ, ” އަރުޝްގެ ވާހަކަތަކުން ހަމީދުމެން ތިބީ އެކަން އަރުޝްގެ ސިކުނޑިން ނެރޭނެ ގޮތެއް ބޭނުންވެފައެވެ.

“އޭ ތިޔެއްނޫނޭ ބަލާބަ, އެއޮއްދަނީ ސާރާ” ހަމީދު އެހެން ބުނުމާއެކު އަރުޝް އެއިންތަނުން ތެދުވެ ފަރާތް ފަރާތަށް ބަލަންފެށިއެވެ. ހަމައެއާއެކު ހަމީދުއާއި ޝާމިން ހޭން ފެށިއެވެ. އެމީހުން އެ ހެދީ ދޮގެއްކަން އެނގުމާއެކު އަރުޝް އެމީހުންގެ ފަހަތުން ދުއްވައިގަތެވެ. ޝާމިންމެން އަތު ނުޖެހެން ދުވަމުން ދަނިކޮށް ކުރިމަތިން އައި ކުއްޖެއް ގައިގަ ޝާމިން އަޅައިގަނެ އަނގަވަތަށް ވެއްޓުނެވެ.އަދި އެކުއްޖާ ވެއްޓެނިކޮށް އަރުޝް އެކުއްޖާ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އަދި ސޮރީއޭ ބުނުމަށްފަހު ޝާމިން އަށް ބަލާލިއެވެ.

ޝާމިން މޫނު ހިއްލާ ބަލާލިތަނުން އަރުޝް ޝާމިންގެ ފޮޓޯ ނަގައި ފޯނުގައި ރައްކާކޮއްލިއެވެ. އަދި ފޯނަށް ބަލަމުން ހެމުންދިޔައެވެ. މިތަން ފެނި ހަމީދުވެސް ހޭންފެށިއެވެ. އޭރު އެ އަންހެން ކުއްޖާ ފޯނު ނަގައި އަރުޝްގެ ފޮޓޯއެއް ނެގިއެވެ. އަދި އެ ފޮޓޯއަށް ބަލަމުން ފޯނުގައި އިން އަރުޝްގެ ފޮޓޯގައި އަތް ހާކާލައި ހާދަ ލޯބިއޭ ބުނެލިއެވެ

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 36

Next

ކުށަކާނުލައި- 11ވަނަބައި

Next
August 31, 2018

ކުށަކާނުލައި- 11ވަނަބައި

Previews
August 30, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 36

12 Comments!

  1. Sh@_n@ says:
    August 31, 2018 at 8:52 am

    Happy Friday all. Here 12th part. Uhmeedhu kuran kamudhaane kamah. And guess ee kaakubaa? ❤??❤

  2. ❤️❤️ says:
    August 31, 2018 at 9:11 am

    Yey. me first dhw…kiyaalaafa comment khlaanan

  3. ❤️❤️ says:
    August 31, 2018 at 10:07 am

    Stry vrh nice….ae kaakubaa anehkaa…arus r like kuhjjeh kanneyge dhw…next part kn irakun….plx up it apas ….and me first dhw

  4. Mohamed says:
    August 31, 2018 at 11:21 am

    May be sara dhw

  5. naash says:
    August 31, 2018 at 1:19 pm

    vv nyc maasha allah…. nxt part avahah up koh dhechey plx.. stry reethi kamn hureveny kii nun…???

  6. Sh@_n@ says:
    August 31, 2018 at 1:35 pm

    Thanx mohamed. Sara kamah vess vedhaane dhw.balamaa

  7. Sh@_n@ says:
    August 31, 2018 at 1:37 pm

    Thanx naash dear. V ehme avahah up kohdheynan.thanx for ur lovely comments??????

  8. Maya says:
    August 31, 2018 at 2:48 pm

    Kaaku baa anehkaa eii… Vvv reethi ingey hama awesome… Masha Allah.. ?????alhe avahah arush and saaraa gulhuvaba
    .. Vvv reethi… ????????❤️❤️❤️?

  9. NAJU says:
    August 31, 2018 at 5:02 pm

    Wow hama superb sana vvvvvvvvv nice mi partvx ??????

  10. Unknown girlll.. says:
    August 31, 2018 at 8:36 pm

    Oooh .???..eoy kaakuba, heevany mivaahakaige problem girlll hen eiy dhogehtha.. mi part ves awsummm when nxt, luv ya ?❤?keep up the good work???

  11. Sh@_n@ says:
    September 1, 2018 at 8:11 am

    Thanx maya..?????keiikohlaa ingey….. adhi gulheyne kan neyge dhw.hehehhe

  12. Sh@_n@ says:
    September 1, 2018 at 8:12 am

    Thanx naju and unknown girl.i think kohmess kuhjeh ragalhah bunefi kan neyge.hehehhe????lets seee dhw

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 13←


All Right Reserved!