ދުޢާ 4
“ބަލާލައިގެން ހިނގައްޗޭ އިނގޭ.. ނޫނީ ވެއްޓިފަ އަނިޔާއެއްވެސް ވެދާނެއްނު..” އެމީހާ ދާނިޔަލްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ދާނިޔަލްއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އެހާ މަތީ ފަންތީގެ މީހެއް އޭނާ ފަދަ ދެރަ ނިކަމެއްޗަކާއި އެހާ ރީތިކޮށް ވާހަކަ ދެއްކުމުން ހައިރާން ނުވާނީ ކާކުހެއްޔެވެ؟ އެމީހާ އަނެއްކާވެސް ރީތި ހިނިތުންވުމެއް ދާނިޔަލްއަށް ހަދިޔާކޮށްލުމަށްފަހު ކޯޓު ރީތިކޮށްލަމުން އެތަނުން ދިޔައެވެ.
އިރުކޮޅަކު އެހުރި ހައިރާންކަންމަތީ ހުރުމަށްފަހު ދާނިޔަލް އަވަސް އަވަހަށް ވެއްޓިފައި އޮތް ގަނޑު ނަގައިގެން އޮފީހުން ނިކުތެވެ.
“މަންމާ.. އަޅުގަނޑުގެ ސެޓްފިކެޓްތަކާއި އެއްޗެހި އަވަހަށް ރެޑީކުރަންވީ.. އެޕްލައި ކުރެވޭނެ އެންމެ ފަހު ދުވަހަކަށް އޮތީ މާދަން ނޫން އަނެއްދުވަސް.. ވީހާވެސް އަވަސް ކުރިއްޔާ ފަސޭހަ ވާނީ..” ގޭތެރެއަށް ވަނުމަށްފަހު އާލިމާ ގާތު ޖޯލީގައި އިށީނދެލަމުން ދާނިޔަލް ބުނެލިއެވެ. އާލިމާވެސް އުފާވެފައި ހުރެ އޭނާގެ ބަހަށް ތާއީދު ކުރިއެވެ. ނަމަވެސް ދާނިޔަލް އޭނާ ގެންގުޅުނު ގަނޑުން ނަޒަރު ވަކި ކޮށްލުމަށްފަހު އާލިމާގެ މޫނުމައްޗަށް ބަލައިލި ވަގުތު ނިތްމައްޗަށް ރޫގިނަވިއެވެ.
“މަންމާ.. ބަލީތަ؟” އާލިމާގެ ނިތްކުރީގައި އަތް ޖައްސާލަމުން ދާނިޔަލް އެހެން އަހާލީ އާލިމާގެ މޫނުމަތިން ވަރުބަލިކަމުގެ އަސަރުތައް ފެންނަން ހުރުމުންނެވެ. ފޯށް ކޮށަން އިން އިރުވެސް އޭނާގެ މޫނުމަތީގައި އެހެންޏާ ހުންނަ ތާޒާކަމެއް ނެތެވެ. ދާނިޔަލްގެ ހިތުގައި ނުތަނަވަސްކަން އުފެދެން ސިކުންތެއްވެސް ނުނެގިއެވެ. “ނޫނޭ.. މިއަދު ކުޑަކޮށް ބުރަވީމަ..” އާލިމާ ނިތްކުރިމަތި ފޯށްވަޅި އޮތް އަތުން ފުހެލުމުން ބުނެލިއެވެ. “އެހެންވެޔޭ ދާން ބުނަނީ މަންމަ މާ ބުރަކޮށޭ ތި މަސައްކަރް ކުރަނީ.. ހިނގާ އެތެރެއަށް.. ތި ބަހައްޓައިފަ ހިނގާ އަވަހަށް..” އާލިމާގެ އުނގުގައި އޮތް ފޯށްކޮށި ތަށި ނެގުމަށްފަހު އޭނާއާއި ގާތުގައި އިން ޖޯލީގައި ބައިންދަމުން އާލިމާ ކިޔަ ކިޔާ ހުއްޓާ ދާނިޔަލް އޭނާ އަތުގައި ހިފައި ނަގައިގެން ގޭތެރެއަށް ވަނެވެ. އެޔަށްފަހު އާލިމާ ކޮޓަރިއަށް ގެންދިޔުމަށްފަހު އެނދުގައި ބައިންދައިފައި އޭނާ ބޭރަށް ނިކުތެވެ.
ބަދިގެއަށް ވަދެފައި އެތާ ހުރި ކުޑަ އައިސްއަލަމާރި މަތި ދާނިޔަލް ބަލައިލީ ޕެނަޑޯލް ގުޅަ ހުރި ބޭސްކާޑެއް އޮތްތޯއެވެ. އޭނާގެ ނަސީބު ރަނގަޅީކަންނޭނގެއެވެ. ބޭސްކާޑުގައި ދެގުޅަ ބޭސް ބާކީ އޮތެވެ. އަވަހަށް ތަށްޓަކަށް ފެން އަޅައިގެން އެއިން ބޭސްގުޅައެއް ހިފައިގެން ދާނިޔަލް އަވަސްވެގަތީ އޭތި އާލިމާއަށް ދިނުމަށެވެ.
“އަން މަންމަ.. އަވަހަށް ކާލާ.. މި ބޭސްގުޅަ ކާލައިގެން މަންމަ އަރާމުކޮށްލާ އިހަށް..” ދާނިޔަލް އާލިމާއަށް ބޭސްގުޅަ ލަވައިދިނުމަށްފަހު ފެންތަށި އޭނާގެ ތުނބުގައި ޖައްސައިދެމުން ބުނެލިއެވެ. އާލިމާ ކަރުނަވީ ދެލޮލުން ދާނިޔަލްއަށް ބަލަހައްޓައގެން އިނީ އޭނާގެ ދަރިފުޅުގެ ރަނގަޅު އަޚްލާޤުގެ ސަބަބުންނެވެ. އޭނާއަށް ދާނިޔަލް އަޅާލާ ވަރާއި އިޙްތިރާމް ކުރާ މިންވަރުންނެވެ. ދާނިޔަލްއަށް ނޭނގޭނެ ފަދައިން ލޯ ފުހެލުމަށްފަހު އާލިމާ އެނދުގައި އޮށީވެލިއެވެ.
އާލިމާއަށް ނިދުމުން ދާނިޔަލް ބޭރަށް ނިކުމެލިއެވެ. އެޔަށްފަހު ޖޯލީގައި އިށީނދެލުމަށްފަހު އާލިމާ ގެންގުޅުނު ތަށި އުނގަށްލިއެވެ. އަދި ފޯށްވަޅި އަތަށް ހެޔޮވަރު ކޮށްލައި ފޯށްކޮށަން ފެށީ އާލިމާއަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ. އޭނާގެ ނަޒަރުގައި މަންމަމެންނަށް އެހީތެރިވެދޭން ޖެހޭނީ ހަމައެކަނި އަންހެން ކުދިންނެއް ނޫނެވެ. އެ ވިސްނުން ދާނިޔަލް ބަދަލުކުރަން ބޭނުމެވެ.
ކުރިންވެސް މަދުމަދުން ފޯށްކޮށައިފައި ވާތީ ދާނިޔަލްއަށް އެކަން މާ އުނދަގޫ ކަމަކަށް ނުވިއެވެ. ހަވީރުގެ އެ ހިތްގައިމު ވަގުތު އޭނާ އެކަނި އިނދެ ފޯށް ކޮށަމުން ދިޔައީ އުފަލުން ހުރެއެވެ. އެއްވެސް ޝަކުވާއެއްނެތިއެވެ. އެއިރު ބޭރުން އިރުކޮޅަކާއި ސައިކަލެއްގެ އަޑު އިވެމުން ދެއެވެ. ނަމަވެސް ދާނިޔަލްގެ ސަމާލުކަން އެކަމަށް ނެތެވެ.
ދެދުވަސް ފާއިތުވެގެން ގޮސް އާ ދުވަހަކަށް އިރު އެރީ އެކި މީހުންގެ ޙަޔާތުގައި އެކި ކުލަ ޖައްސަމުންނެވެ. އެއްބަޔަކު އުފާވެރިކަމާއި ހިތްހަމަ ޖެހުމާއެކު އަރާމު ދާންތަކުގައި ނިދާފައި ތިބި އިރު އަނެއްބަޔަކު އެމީހުންނަށް ކުރެވޭ މަސައްކަތުން ދެކޮޅު ނުޖެހިގެން ޙާލުގައި އުޅެމުން ދެއެވެ.
އާލިމާއާއިއެކު ދާނިޔަލް ސައިބޮއެ ނިންމުމަށްފަހު ޖޯލީގައި އޮށޯވެލައިގެން އޮތެވެ. ދެމީހުން އެކި ވާހަކަ ދައްކަމުން ދިޔައިރު ދާނިޔަލް ދޭތެރެއަކުން ބުނެލާ އެއްޗަކުން އާލިމާ ހީލައެވެ. ދާނިޔަލްގެ އެފަދަ ކޮންމެ ޢަމަލަކުން އޭނައަށް އަދީލްގެ މަތިން ހަނދާންވެއެވެ. ދާނިޔަލްގެ ހުންނަނީ ހަމަ އަދީލްގެ މިޒާޖެވެ.
މޫނުމަތިންވެސް އަދީލްއާއި ނުހަނު ވައްތަރެވެ. ދާނިޔަލްގެ ކޮންމެ ޙަރާކާތަކުން އާލިމާއަށް އަދީލްގެ މަތިން ހަނދާންވެ ހިތް ދެރަވަނީ އެހެންވެއެވެ. ދެމީހުން އެގޮތުގައި ތިއްބާ ސިހުނީ އާލިމާގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަން ފެށުމުނެންވެ. ގުޅަނީ ލޭންޑްލައިން ނަންބަރަކުން ކަމުން ދެމީހުންގެވެސް ބުމަ ގާތްވިއެވެ. “އާދެ.. މަޑުކޮށްލާ..” އާލިމާ ކަންފަތުގައި ފޯނު ޖައްސާލުމަށްފަހު ދެތިން އެއްޗެއް ބުނެލައިފައި ގާތުގައި އިން ދާނިޔަލްއަށް ފޯނު ދިނެވެ.
“އައްސަލާމް ޢަލައިކުމް.. ދާނިޔަލް ދެއްތޯ؟ އަޅުގަނޑުމެން މި ގުޅާލީ ދާނިޔަލް ވަޒީފާއަށް ކުރިމަތިލައިފައިވާތީ.. މާދަމާ ހެނދުނު ނުވަގަޑި ބަޔަށް އޮފީހުގެ ދިހަވަނަ ފްލޯގައި އިންޓަރވިއު ކުރިޔަށްދާނެ.. ތިޔަ ފަރާތުން ގަޑިއަށް ހާޒިރުވުން އެދެން..” ފޯނުން ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ. އޭނާ ދާނިޔަލް ގާތު އިންޓަރވިއު އޮންނަ ވާހަކަ ބުނެލުމަށްފަހު ފޯނު ކަނޑާލިއެވެ. ފުޅާ ހިނިތުންވުމަކާއެކު ދާނިޔަލް އާލިމާއާއި ކުރިމަތިލުމަށްފަހު އެކުއްޖާ ބުނެލި ވާހަކަ އާލިމާއާއި ޙިއްސާކޮށްލިއެވެ. އެވަގުތު އާލިމާ ހިތާހިތުން ދުޢާކޮށްލީ ދާނިޔަލްއަސް އެ ވަޒީފާ ލިބުމަށެވެ.
އެ ވަގުތުން ފެށިގެން ދާނިޔަލް ދިޔައީ އިންތިޒާރުގެ ވަގުތު ގުނަމުންނެވެ. އަތުގައި އޮތް އެންމެ އާ ގަމީހާއި ފަޓުލޫނު އަލަމާރިން ނެގުމަށްފަހު އަލަމާރީގެ ދޮރުފަތުގައި އަޅުވާލުމަށްފަހު އެޔަށް ބަލަހައްޓައިގެންވެސް މިހާރު އޭނާ އެތަށް އިރެއް ވާންދެން ހުރެފިއެވެ. އެހެން ހުރުމަށްފަހު އާލިމާގެ އެދުމަށް އެގަމީސް އޭނާ އާލިމާއަތަށް ދިނީ އިސްތިރި ކުރުމަށެވެ.
ދާނިޔަލްގެ ދިގު އިންތިޒާރަށް ނިމުން ގެނުވަމުން އާދުވަހަކަށް އިރު ފެނުން ތޮޅެލިއެވެ. ވަގުތު ކުޑަތަންވަމުން ދިޔަ ވަރަކަށް އޭނާގެ ހިތް އަވަސް ވަމުން ދިޔައެވެ. ދެއަތް ފިނިވެ ނިތްކުރިމަތިން ދާހިތްލަން ފެށިއެވެ. ފުރަތަމަ ފަހަރަށް ވަޒީފާއަކަށް ދާންއުޅޭތި އޭނާ ނުތަނަވަސްވަމުން ދިޔައީވެސް އޭގެ އިންތިހާއަށެވެ.
ކަނޑު ނޫކުލައިގެ ޕްލޭން އަތްދިގު ގަމީހާއި ކަޅު ފަޓުލޫނުގައި ހުރި އިރު ދާނިޔަލް ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. އިސްތަށިގަނޑު ރީތިކޮށްލަމުން އޭނާ ކޮޓަރިން ނިކުމެލިއެވެ. އެއިރު އާލިމާ ސިޓިންގް ރޫމުގައި މަޑުކޮށްލައިގެން އިނެވެ. ދާނިޔަލް ފެނުމުން ހިނިތުންވެލުމަށްފަހު “މާޝާ ﷲ” އޭ އޭނާ ބުނެލިއެވެ.
އެއްފަރާތަކަށް އިސްތަށިގަނޑު ހަދާލައިފައި ވުމުން އޭނާގެ އެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭއިރު ފިރިހެންވަންތަކަންވެސް އިތުރު ކުރުވައެވެ. އާލިމާއާއި ވާހަކަ ދައްކާލެވުމުން ދާނިޔަލްގެ ބިރުވެސް ކޮންމެވެސް ވަރަކަށް ފިލާ މީހާ ހަމައަކަށް އެޅިލިއެވެ. ވަގުތު ކުޑަތަންވަމުން ދާތީއާއި އެއްކޮށް އޭނާ ގެއިން ނިކުމެ ކަލުކުލައިގެ އޮފިޝަލް ބޫޓަށް އެރުމަށްފަހު އާލިމާގާތު ދަނީކަމަށް ބުނެ ދޮރާށި ހުޅުވާލައިފައި ގެއިން ނިކުމެލިއެވެ. އާލިމާވެސް ދާނިޔަލް ދިޔަ ދިމާލަށް ބަލަން ހުރެފައި އެތެރެއަށް ވަދެގެން ދިޔައެވެ.
“ހާދަ ފޫއްސޭ.. ސްކޫލަށްވެސް ދާކަށް ނުޖެހޭ.. އެކަމަކު ހިތަށް އަރާ ކޮން ދުވަހަކުން ބާވައޭ ސްކޫލް ނިމޭނީވެސް.. އޯލެވެލް ނިމުނީމަވެސް އަދި ކިޔެވުން ނިމޭ ގޮތެއް ނުވި ވިއްޔަ.. ރުކާ އަޅެ ފޫއްސެއްނުވޭތަ މިހެން ގޭގަ އޮންނާކަށް؟” އެނދުގައި ބަނޑުވަތަށް އޮށޯވެ އޮވެ ދެފައި ތަޅުވާލަ ތަޅުވާލައި އޮތް އާލާ އޭނާގާތު ހަމަ އެގޮތަށް އޮށޯވެ އޮތް ރުކާ ގާތު ބުނެލިއެވެ. އެއިރު ރުކާ އޮތީ އާލާގެ ވާހަކައެއްގެ ތެރެއަށް ގެއްލި ގޮސް ހުސްވެފައެވެ.
“އޭތް.. އަހަރެން އެބަ ވާހަކަ ދައްކަމޭ..” ރުކާ އަތުގައި އޮތް ފޮތްމަތީ އަތް އަޅާލަމުން އާލަ ބުނެލިއެވެ. ރުކާއަށް ހޭވެރިކަން ވީ އެވަގުތުއެވެ. “ހޫމް.. ކީކޭ..” ރުކާ އަވަސް އަވަހަށް އަހާލިއެވެ. އެވަގުތު އާލާ އޭނާގެ ނިތްމަތީގައި އަތުން ޖަހާލިއެވެ. “ހިނގާބަލަ ކޮންމެވެސް ކަމެއް ކުރަން.. އަހަރެން ފޫހިވެގެން ގޮސް މަރުވޭ އެބަ..” އާލާ މައްޗަށް ކަޅި ހިންގާލަމުން ބުނެލިއެވެ. އޭނާގެ އެ ފޮނި މިޒާޖުގެ ސަބަބުން ފޫހި ނުވާނީ ފަހެ ކާކުހެއްޔެވެ؟
ދެމީހުން ވާހަކަ ދައްކަން ތިބުމަށްފަހު ކޮޓަރިން ނިކުމެގެން ގޮސް ސިޑިން ފައިބަމުން ދިޔައެވެ. އެޔަށްފަހު ގޭގެ ގޯތި ތެރޭގައި އޮތް ބަގީޗާއަށް ނިކުމެލިއެވެ. ތަފާތު ކުލަ ކުލައިގެ މާމެލާމެލިން ފަޅު ފިލުވައިފައިވާ އެ ބޮޑު ބަގީޗާއަށް ވަދެފި މީހަކު ނިކުންނަން ބޭނުން ނުވާނެކަން ގައިމެވެ.
އާލާ ދިޔަ ގޮތަށް ގޮސް ބަގިޗާގެ ފެހި ވިނަގަނޑު މަތީގައި އޮށޯވެލިއެވެ. ރުކާވެސް އައިސް އޭނާ ގާތުގައި އިށީނދެލިއެވެ. “ހާދަ ވިއްސާރަ އަންނަން އުޅޭހެން ހީވެޔޭ.. ހީވާގޮތެއްތަ މީ ނޫނީ ހަމަ އަސްލުގަވެސްތަ؟” އޮށޯވެ އޮތް އާލާ ކުއްލިއެއް ޖަހަމުން ތެދުވެލުމަށްފަހު ރުކާ ގާތު ބުނެލީ އުޑަށް ނަޒަރު ހުއްޓާލައިގެން ހުރެއެވެ. “ނޫނޭ.. އަހަންނަށްވެސް ހީވަނީ ވިއްސާރަ އަންނަނީހެން..” ރުކާ އެހެން ބުނެލި ވަގުތު އާލާގެ މޫނުމައްޗަށް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ.
***
“އަޙްމަދު ދާނިޔަލް އަދީލް..” ބޭރުގައި ގޮނޑިއެއްގައި އިށީނދެ އިން ދާނިޔަލްއަށް އިންތަނުން ތެދުވެވުނީ ކުއްލިޔަކަށެވެ. އޭނާއަށް ޖެހުނީކަން އިނގުމުން މާތް ރަސްކަލާނގެ ޙަޟްރަތުން ހުރިހާކަމެއް ރަނގަޅަށް ވުމަށް އެދި ދުޢާ ކުރާ ހާލު ދާނިޔަލް އިންޓަރވިއު ކުރާ ރޫމަށް ވަނެވެ.
ދިގު މޭޒެއްގެ ކޮޅުގައި ފިރިހެނެއް އިން އިރު އެއް ފަރާތުގައި ދެ އަންހެނުން ތިއްބެވެ. އަދި އޭނާގެ ކަނާތް ފަރާތގައި އެހެން ފިރިހެނެއް އިނެވެ. ހަތަރު މިހުންގެ އަތުގައިވެސް ފައިލަކާއި ގަނޑުތަކެއް ހުއްޓެވެ. ދާނިޔަލް އައިސް އޭނާ އިށީންނަން ހަމަޖެހިފައިވާ ގޮނޑީގައި ވަރަށް ހަމަޖެހިލަމުން އިށީންދެލިއެވެ. ކުރިމަތީގައި އޮތް ތޫފާނުގެ ކުޑަވެސް ހިލަމެއް އެ މައުސޫމު ހިތަށް ނުވެއެވެ.
އެމީހުން ދާނިޔަލް އާއި ސުވާލު ކުރަން ފެއްޓިއެވެ. އެތަކެއް ސުވާލު ކުރުމަށްފަހު އާންމު ދިރިއުޅުމާ ގުޅޭ ގޮތުންވެސް ސުވާލު ކުރިއެވެ. އެހެން ކަމުން ދާނިޔަލްގެ ހިތުގައިވެސް ސުވާލު އުފެދުނެވެ. ދާނިޔަލްގެ ފެންވަރު އިނގުނު ހިނދު އެ ފިރިހެން މީހާގެ ވާހަކަ ދެއްކުމުގެ މިޒާޖުވެސް ބަދަލުވެގެން ދިޔައެވެ.
އިންޓަރވިއު ފެށި އިރުވެސް އޭނާގެ ކިބައިގައި ބޮޑާކަމެއް ހުއްޓެވެ. ނަމަވެސް ދާނިޔަލްގެ ފެންވަރު އިނގުނު ސިކުންތު އޭނާގެ ވާހަކަ ދެއްކުމުގެ ރާގު މަލާމާތަށް ބަދަލުވިއެވެ. އެޔަށްފަހު އޭނާގެ ކޮންމެ ސުވާލެއްވެސް ހުރީ އެ ރާގަށެވެ. އެހެން ކަމުން ދާނިޔަކްގެ ހިތް މާޔޫސްވާ ގޮތްވިއެވެ. ނަމަވެސް މާތް ﷲގެ ޙަޟްރަތުން އެންމެ ހިނދުކޮޅަކަށްވެސް އޭނާ އުންމީދު ކަނޑައެއް ނުލައެވެ.
“މާފުކުރޭ.. އެކަމަކު އަހަންނަކަށް ހިއެއް ނުވޭ މި ވަޒިފާ ދާނިޔަލްއާއި އެކަށީގެންވާ ހެނެއް..” އޭނާ އެންމެ ފަހުން ބުނެލި ޖުމުލައިން ދާނިޔަލްއަށް ހުއްޓުން އަރާފައި އިނދެވުނީއެވެ. ފައިސާއަށް އެހާ ބޭނުންވެފައި ހުރި އިރު ދުނިޔެ އޭނާއަށް އެދިނީ ކިހާބޮޑު ކެއްސެއް ހެއްޔެވެ؟ އޭނާގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. އެއިރު އެތާ ތިބި ހަތަރު މީހުންގެވެސް ތުންފަތުގައި ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. އެންމެ ފަހުން ދާނިޔަލް އެތަނުން ނިކުތީ ކަރު އެލުވާލައިގެންނެވެ.
އިސް ދަށަށް ޖަހާލައިގެން އެހުރި ގޮތަށް ގޮސް ދާނިޔަލް ލިފްޓަށް އެރިއެވެ. އެއިރުވެސް އެ ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. އޭގެ ސަބަބުން ލޯ ފުސްވާންވެސް ނެގީ ހިނދުކޮޅެކެވެ. ނަމަވެސް އޭނާ ކެތްކުރަމުން ދިޔައެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށްކަން ހިތަށް ވިސްނައިދެމުން ދިޔައެވެ. އެހެން ނަމަވެސް އޭނާ ވެފައި ހުރި ދެރައިގެ މައްޗަށް އެ ވިސްނުން ގަދައެއް ނުކުރެވުނެވެ.
ލިފްޓު ހުއްޓުމުން ދާނިޔަލް އޭގެން ނިކުމެގެން ގޮސް އޮފީހުން ނިކުންނަށް މިސްރާބު ޖެހިއެވެ. މަންމައާއި ކުރިމަތިލާނީ މިއަދު އޭނާ ކޮން މޫނަކާއިގެން ހެއްޔެވެ؟ އެހާ އުންމިދާއެކު ކުރިމަތިލީ ވަޒީފާވެސް އޭނާއަކަށް ނުލިބުނެވެ. ފައިސާގެ ދަތިކަން މިވަގުތު ކުރިމަތިވެފައި ވަނީ އިންތިހާއަށެވެ. އަނެއްކާވެސް ދެލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. މިފަހަރު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އޭނާއަށް އެ ކަރުނަތައް ހިފެހެއްޓޭ ގޮތެއް ނުވިއެވެ.
މުތީތަކެއްފަދަ ކަރުނަތައް އޭގެ މަގާމު ދޫކޮށްފައި ދާނިޔަލްގެ ދޮން ކޯތާފަތް މަތީގައި ބޮސްދެމުން ގޮސް ތިއްކަކަށްފަހު ތިއްކެއް ފައިބަމުން ދިޔައެވެ. އޭނާގެ ކަޅުކަން ގަދަ ދެބުމަ ކޮންމެވެސް ވަރަކަށް ގާތްވެފައި ވާއިރު މޫނުމަތިން ހިތާމައިގެ ކުލަވަރާއި މާޔޫސްކަން ނޫން އިތުރު އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ.
އޮފީހުގެ ބޮޑު ބިއްލޫރި ދޮރުން ނިކުމެ ތަންކޮޅަކަށް ހިނގާލި ތަނާ ވިއްސާރަ ތިކިތަށް ޖަހަން ފެށިއެވެ. ނަމަވެސް ފުން ޚިޔާލަށް ގެއްލިފައި ހުރި ދާނިޔަލްއަށް އެކަމެއް ރޭކާއެއް ނުލިއެވެ. އޭގެ ހިނދުކޮޅެއްފަހުން އެ ތުނި ވާރޭ ތިކިތަށް ބޮޑުތިކި ވާރޭއަށް ބަދަލުވެ ވިއްސާރަ ބޯކޮށްލިއެވެ. ދާނިޔަލް ލައިގެން ހުރި ގަދަ ނޫކުލައިގެ ގަމީސް އޭނާގެ ހަށިގަނޑުގައި ތަތްލެވިއިރު އެ ފަން، ފަށްބޯ އިސްތަށިގަޑުން ބައެއް އިސްތަށިތައްވެސް ވަނީ ނިތްކުރިމައްޗަށް ވެއްޓިފައެވެ.
ދާނިޔަލްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އެވަގުތު ވެހެމުން ދިޔަ ބޯ ވާރޭ ތިކިތަކާއި އެކުވަމުން ދިޔުމުން އެއްވެސް މީހަކަށް އެކަން ފާހަގަ ނުވާނެކަން ގައިމެވެ. ނަމަވެސް އޭނާ ހުރި ޙާލަތުގެ ސަބަބުން ކަމެއް ވެފައި ހުރި މީހެއްކަން ކޮންމެ މީހަކަށްވެސް ނަގައިގަނެވޭނެއެވެ.
ދާނިޔަލްއަށް ހުރިތަނަށް ތިރިވެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާއަށް މިއަދު އެވަނީ ގޮތްހުސްވެފައެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ކޮންމެ ކަމަކީވެސް އިމްތިޙާނެކެވެ. އޭނާ ޖެހޭނީ އެއިން ކޮންމެ ކަމަކަށް ކެތްތެރި ވާށެވެ. ދާނިޔަލްއަށް ދެކަކޫ ޖަހައިގެން އިނދެ އިސްދަށަށް ޖަހާލެވުނު އިރު ރޮވެން ފެށިއްޖެއެވެ. ފިރިހެން ކުއްޖެއް ކަމަކު ހިތާމަވެރި ކަންކަން ކުރިމަތިވީމައި އޭނވެސް ދެރަވެއެވެ.
ހިތާމައިގެ ކަނޑުގައި ޣަރަޤުވަމުން ދިޔަ ދާނިޔަލް ސިހުނީ އޭނާގެ ކޮނޑުގައި މީހަކު އަތް ބާއްވާލުމުންނެވެ. ކަރުނަތައް އެއިރުވެސް އައިސް އައިސް ހުރި ދެލޮލުން އޭނާ ކުޑަކޮށް ފަހަތަށް ބޯ އަނބުރާލުމަށްފަހު ބަލައިލިއެވެ. އެއިރު ކުޑައެއް ހިފައިގެން އޭނާއާއި ނުހަނު ގާތުގައި ހުއްޓިލައިގެން ހުރީ ހަމަ އެއްކަލަ ފިރިހެން މިހާއެވެ. މިފަހަރު އޭނާގެ މޫނުމަތިގައިވެސް ވަނީ ނުތަނަވަސްކަމެވެ.
“ކިހިނެއް ވެފަ ތިތާ ތީނީ؟ މިޔޮށް ބޯ ވާރޭ ތެރޭ ތިތާ އިންދާ ބަލިވެސް ވެދާނެއްނު.. އާދޭ ބޭބެއާއި އެކި ކާރަށް އަރަން..” އެމީހާ ވަރަށް އޯގާތެރިކަމާއެކު ހިތްހެޔޮ ރާގެއްގައި ވާހަކަ ދެއްކިއެވެ. ނަމަވެސް ދާނިޔަލްއަށް އެމީހާއާއިއެކު ދާކަށް ނުކެރުނެވެ. އެހެން ކަމުން ކޮޅަށް ތެދުވެލުމަށްފަހު އެމީހާއާއި ކުރިމަތިލައިގެން ހުރެ އިސްދަށަށް ޖަހާލިއެވެ. އޭނާއަށް ދާނިޔަލްގެ ހާލަތު އެނގުނު ފަދައެވެ.
“އެއްޗެކޭ ހީނުކުރޭ.. ހިނގާ ބޭބެއާއެކީ.. އެއްވެސް މައްސަލައެއް ނޫން އެއީކީ.. ތިއީ ކޮން ކުއްޖެއް ކަމެއް ނޭނގޭ.. އެކަމަކު ވަރަށް ގާތް އިޙުސާސެއް ކުރެވެނީ.. ދަންނަ މޫނެއް ވައްތަރުވެސް ވަރަށް ޖަހާ..” އޭނާ ދާނިޔަލްގެ ބުރަކަށީގައި ޖަހާލަމުން ބުނެލިއެވެ. އެވަގުތު ދާނިޔަލްއަށް އޭނާގެ ބައްޕަމަތިން ހަނދާންވީ ނުހަނު ބޮޑަށެވެ.
މިވީ އަށާރަ އަހަރު ދުވަހުގެ ތެރޭގައި އޭނާގެ ބައްޕައަށްފަހު އެހާ ހިތްހެޔޮކޮށް އެނާއާއި ވާހަކަ ދެއްކި ފުރަތަމަ ފިރިހެނަކީ މި ނުދަންނަ މީހާއެވެ. އެހެން ކަމުން ދާނިޔަލްގެ ހިތަށް އަސަރު ކުރީ ހީކުރި ވަރަށްވުރެ މާބޮޑަށެވެ. “އަން.. މި ކުޑަ ހިފައިގެން އިހަށް މަޑުކޮށްލައްޗޭ.. އޮންނާނެ ކަންނޭނގެ ކާރުގަ ތުވާއްޔެއް.. އަބަދުވެސް ކާރުގަ އާންމުކޮށް ބާއްވަން ވިއްސާރަ ދުވަހެއް އައިސިއްޔާ ތުވާއްޔެއް.. ބަލަމާ ދޯ..” އޭނާ ދާނިޔަލް އަތަށް ކުޑަ ދިނުމަށްފަހު އަވަހަށް ކާރުއެތެރެއަށް ދެމިގަތެވެ. އޭގެ އިރުކޮޅެއް ފަހުން އަނެއްކާ ކާރުން ފައިބައިފައި ދާނިޔަލްއަށް ހުދުކުލައިގެ ކުޑަ ތުވާއްޔެއް ދިއްކޮށްލިއެވެ. ދާނިޔަލް އެއިން ކުޑަކޮށް ގައި ފުހެލުމަށްފަހު ލަދުން ހުރެ ނަމަވެސް އެމީހާގެ އެދުމަށް ފުރަގަސް ނުދިނުމަށްޓަކައި ކާރުގެ އެތެރެއަށް ވަނެވެ.
“މައްސަލައެއް ނޫން އިނގޭ އެއީ.. ކުޑަކޮށް ތެމުނަސް ރަނގަޚުގާނެ.. އިރުކޮޅަކުން ހިކޭނެއްނު.. ހެހެ..” އޭނާ ކާރުދުއްވާލަމުން ބުނެލިއެވެ. ހިނިތުންވެލައިގެން ހުރި އިރު ހިތްހެޔޮކަން ނޫން އެހެން އެއްވެސް ސިފައެއް އޭނާގެ ކިބަޔަކުން ނުފެނެއެވެ. “އަދި ނަމެއްވެސް ނުބުނަމެއްނު..” މަގުމައްޗަށް ސަމާލުކަން ދޭން މަސައްކަތް ކުރަމުން އޭނާ ދާނިޔަލް އާއި ސުވާލު ކޮށްލިއެވެ.
“ދާނިޔަލް ކިޔަނީ..” ދާނިޔަލްވެސް އިސްދަށަށް ޖަހާލައިގެން އެ އިން ގޮތަށް ބުނެލިއެވެ. އެ އަޑުގައިވި ހިތާމައެއް އެމީހާއަކަށް ނުފޮރުވުނެވެ. އެހެން ކަމުން އޭނާއަށް ލިބުނު ހައިރާން ކަމާއެކު އިހަށް މަޑުކޮށްލައިގެން އިނީ މަންޒިލަށް ފޯރާންދެނެވެ. ” ބޭބެގެ ގެއަށް އިނގޭ މިދަނީ.. ވާހަކަ ދައްކާލުމަށްފަހު ވިއްސާރަ ހުއްޓާލީމަ ދާނިޔަލްގެ ގެޔަށް ގެންގޮސްދޭނަން..” ދުރުހިލޭ މީހެއް ނަމަވެސް އޭނާ ދާނިޔަލް އާއިމެދު ގެންގުޅޭ ގާތް ކަމުގެ ސަބަބުން ދާނިޔަލްއަށްވެސް އިޙުސާސް ކުރެވެމުން ދިޔައީ ގާތްކަމެވެ.
ދާނިޔަލް އިސް އުފުލާލި ވަގުތު ކަޅިވެސް ޖަހާލަން ނޭނގިފައި އިނީ ކުރިމަތިން ފެންނަން ހުރި ރީތި ގޭ ފެނުމުންނެވެ. އެވަރުގެ ބޮޑު އަދި އެހާމެ ރީތި ގެއެއް އޭނާއަށް އެޔޮށް ބޮޑު މާލެއިންވެސް ފެނުނު މިއީ އަދި ފުރަތަމަ ފަހަރެވެ. އުޅެ ބޮޑުވި ފަސްގަނޑެއް ކަމަކު ދާނިޔަލްއަށް އާ ކިތަންމެ ތަނެއް އަދިވެސް މި މާލޭގައި ހުރެއެވެ. އުސްކޮށް ގޭ ހުރި އިރު މުޅި ގޭގައިވެސް ލައިފައި ވަނީ ހުދު ކުލައެވެ. ބޭރުގައި ބޮޑު ފެންޑާއެއް ހުރި އިރު ދެފަރާތުން ދެ ތަނބު އިނެވެ. މުޅި ގޭގެ ގޯތިތެރެ ފަޅުފިލުވާލަދެނީ ފެހިކަންގަދަ ވިނަގަނޑުގެ ސަބަބުންނެވެ. ގޭގެ ތަންތަންކޮޅުގައި ބޮޑެތި ތިން ހިތިގަހެއް ހައްދާފައި ހުއްޓެވެ. ކުދި ގާޖަހައިގެން ހަދާފައި އިން ވޯކްވޭއިން ލައިފައި އެމީހާ ކާރު ގޭތެރެއަށް ވެއްދިއެވެ. އެޔަށްފަހު ދާނިޔަލް ކާރުން ފޭބުމުން އޭނާ ކާރު ލާން ދިޔައެވެ.
ދާނިޔަލް ގޭގެ ފެންޑާގައި މަޑުކޮށްލައިގެން ހުރި އިރުވެސް ހުރީ އާޝޯޚުވެފައެވެ. އަދި މިހާވަރުން ދަންޏާ ގޭގެ އެތެރެ ކިހާ ރީއްޗެއް ވާނެ ބާވައޭ ހިތަށް އެރުމުން ދާނިޔަލް ހިންދިރުވާލިއެވެ. އޭނާގެ އިޝާރާތާއި އެކު އެމީހާގެ ފަހަތުން ދާނިޔަލް ދިޔައެވެ. ގޭގެ ބޮޑު ފުޅާ ދޮރު ހުޅުވާލުމުން އޭނާ ފަހަތުން ގޭތެރެއަށް ދާނިޔަލް ފުރަތަމަ ފިޔަވަޅު އަލާލިއެވެ.
އެހިނދު ދާނިޔަލްގެ އަނގަ ހުޅުވުނު ގޮތަށް ސޮނިވެސް ނުވެއްޓުނީ ކިރިޔާއެވެ. ވަށައިގެންވި ކޮންމެ ދިމާލަކުންވެސް ފެންނަނީ މުއްސަނދި ކަމެވެ. ގޭގެ ހާމައަށް އޮތް ބޮޑު ސިޓިންގް ރޫމުގެ މަތީގައި ބޮޑު ޖަވާހިރުތަކެއްފަދަ ޗާންދަލިއާއެއް އަޅުވައިފައި ހުރި އިރު އެ ސީލިންގަށްވުރެ ތިރިން ވަށައިގެން އިނީ ބެލްކަންޏެކެވެ. އެބަރީގައި ހުރީ ހުސް ކޮޓަރިތަކެވެ. އެ ބޮޑު ސިޓިންގް ރޫމުގައި ބޮޑެތި ސޯފާތަށް ބަހައްޓާލައިފައި ވާއިރު ބަލާ ފޫހިނުވާނެހާ ރީއްޗެވެ.
“އާދޭ..” އޭނާ އެހެން ބުނެލުމުން ދާނިޔަލް އޭނާގެ ފަހަތުން ގޮސް ސިޑިން އަރަން ފެށިއެވެ. އެންމެ ފުރަތަމައަށް ހުރި ކޮޓަރިއަށް އެމީހާ ވަނެވެ. ދާނިޔަލްވެސް ދިޔައެވެ. އެ ކޮޓަރީގެ ބޮކިތައް ދިއްލާލިތަނުން މުޅި ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. ވަށައިގެން ހުސް ފޮތްހަރުގަނޑުތައް ހުރި އިރު މެދުގައި ދިގު މޭޒެއް ހުއްތެވެ.
އެއީ ގޭގެ ލައިބަރަރީކަން ދެވަނަ ވިސްނުމަކަށް ނުގޮސް ދާނިޔަލްއަށް ނަގައިގަނެވުނެވެ. އޭނާ އިޝާރާތް ކުރި ގޮނޑީގައި ދާނިޔަލް އިށީނެވެ. “އަނހަ.. އަދިވެސް ބޭބެގެ ނަން ނުބުނެވޭ ދޯ.. މިއީ އަރީފް..” އަރީފް ތައާރަފްވެލުމަށްފަހު ދާނިޔަލްއަށް ސަލާމަށް އަތް ދިއްކޮށްލިއެވެ. އެހިނދު ދާނިޔަލް ހިނިތުންވެލުމަށްފަހު އަރީފްއާއި ސަލާމް ކޮށްލިއެވެ.
“އަސްލު ކިހިނެއްތަ ދާނިޔަލްއަށް ވީ؟ ކީއްވެ އޮފީހަށް ދިޔައީ؟ ބޭބެއަށް ކިޔާލަދޭންވީނު ވީގޮތް.. އެއިރަށް ވެވެން އޮތް އެހީއެއްނަމަ ވެދޭނަން.. އިން ޝާ ﷲ..” އަރީފް ހިތްހެޔޮކަމާއެކު ބުނެލިއެވެ. އެވަގުތު އަނެއްކާވެސް ދާނިޔަލްގެ އިސް ޖެހިގެން ދިޔައެވެ. މީހެއް ގާތު ސަލާން ޖެހުމަކީ އޭނާ ދުވަހަކުވެސް ކުރި ކަމެއް ނޫނެވެ. އަދި ކުރަން ބޭނުންވާ ކަމެއްވެސް ނުނެވެ. އެހެން ނަމަވެސް ކަން ހިނގާ ދިޔަ ގޮތް ކިޔާލަދިނުމަކީ ސަލާން ޖެހުމަކަށް ނުވާނެ ނުންހެއްޔެވެ؟ ދާނިޔަލް ދެވިސްނުމެއްގައި ހުރުމަށްފަހު އެންމެފަހުން ކަން ހިނގާދިޔަ ގޮތް ތެދުތެދަށް ބުނަން ނިންމިއެވެ.
“އަޅުގަނޑު އޭލެވެލް ނިންމުމަށްފަހު ނަތީއްޖާ ލިބުނީ އެހަކަށް ދުވަހު.. އަލްޙަމްދުލިއްލާހް.. ނަތީއްޖާވެސް ވަރަށް ރަނގަޅު.. އެކަމަކުވެސް އިހަށް ކޮލެޖަށް ދެވޭހާ ފެންވަރު އަޅުގަނޑުމެންގެ ނެތީމަ އަޅުގަނޑު ނިންމީ ފުރަތަމަ ވަޒީފާއަކަށް ދާން.. އެޔަށްފަހު ރުފިޔާ އެއްކޮށްގެން ކޯސް ފަށަށް.. އެހެން އުޅެނިކޮށް އެ އޮފީހުން ވަޒީފާއަކަށް އިން އިޢުލާނެއް ފެނުނީ.. މުސާރަވެސް ހަމަ ފުދޭވަރަކަށް ރަނގަޅު ވުމާއެކީ ލީ.. އޭގަ ހުރި ޝަރުތުތައްވެސް އަޅުގަނޑުގެ ހަމަވާހެން އަޅުގަނޑަށް ހީވަނީ.. އެކަމަކު އެ ބޭފުޅުންނަށް އަޅުގަނޑު ކަމަކު ނުދިޔަ..
އަޅުގަނޑު ނުބުނަން އަޅުގަނޑު މިއީ އެ މަޤާމަށް އެންމެ އެކަށީގެންވާ މީހާއޭ.. އެކަމަކު އެ ބޭފުޅުން އަޅުގަނޑާއި ދޭތެރޭ ދެކުނު ގޮތުން ދެރަވީ.. ވަޒީފާއާއި ގުޅޭގޮތުން އަޅުގަނޑާއި ބަރާބަރު ދެސުވާލު ކުރި.. އެޔަށްފަހު މުޅިންވެސް ކުރީ އަޅުގަނޑުގެ ދިރިއުޅުމާ ގުޅޭ ސުވާލު އަދި އަޅުގަނޑުގެ ފެންވަރުގެ ވާހަކަ އެބޭފުޅުން ދެއްކެވީ.. އަޅުގަނޑު މިހާރުވެސް ހުރި ޙާލަތުގެ ސަބަބުން އެ ވަޒީފާއަށް އެދުނީ.. ވަރަށް މުހިއްމުވެ.. އެކަމަކު…” ދާނިޔަލް އަށް ވާހަކަ ދައްކަން އުނދަގޫވުމުން ހުއްޓާލިއެވެ. އޭނާގެ ކޮންމެ ޝަކުވާއެއް އަޑުއެހުމަށްތަކައި އަރީފް އިނީ ޝައުޤުވެރިކަމާއެކުއެވެ.
ދާނިޔަލްގެ ވިސްނުން ހުރި ގޮތުން އަރީފްއަށް ހިނިތުންވެލެވުނީ ދާނިޔަލްގެ ހަރުދަނާކަން ވިސްނިގެންނެވެ. އެ އުމުރުގައި އަމިއްލައަށް ވަޒީފާއަކަށް ގޮސްގެން ރުފިޔާ ހޯދައިގެން ކިޔަވަން އުޅޭ ކުދިން މިޒަމާނުގައި ފެންނަނީ ވަރަށްވެސް މަދުންނެވެ. ގިނައީ މައިންބަފައިން ދިނީމާ ކައިގެން ބޮއެގެން އުޅޭ ކުދިންނެވެ. އެހެން ކަމުން އޭނާ ދާނިޔަލްއާއި މެދު ހަމްދަރުދީވިއެވެ.
“އެހެންތަ؟ ބޭބެއާއި ހަމައަށް ތި ޚަބަރު އަދިއެއް ނުފޯރާ.. މިއީ ވަގުތީ ދުނިޔެއެއް.. އެކި މީހުން ކުރިމަތިލާން ޖެހޭނީ އެކި އިމްތިޙާނުތަކާއި.. އެކަމަކު ބޭބެ ދީފާނަން ދާނިޔަލްއަށް އުފާވެރި ޚަބަރެއް..” އަރީފް ވާހަކަ ދައްކަމުން ދިޔައެވެ. ދާނިޔަލް އިސް އުފުލާލީ ކޮން ހަބަރެއް ހެއްޔޭ އަހާލަ ފަދައަކުން ބަލައިލަމުންނެވެ.
“ދާނިޔަލްއަށް މިވަގުތު ބޭބެ ދީފާނަން ވަގުތީ ވަޒީފާއެއް ނަމަވެސް.. އެގޮތް އެންމެ ރަނގަޅުތަ؟” އަރީފް ސުވާލުކޮށްލިއެވެ. އެހިނދު ދާނިޔަލް ހައިރާންކަން މަތީ ހުރީއެވެ. “ބޭބެގެ ކާރު ޑްރައިވަރ އަކަށް ވާންވީނު.. މިގޭ ޑްރައިވަރު ވަޒީފާއިން ކެނޑިގެން ދިޔައީމަ އަދި ޑްރައިވަރެއް ނުލިބިގެން މިއުޅެނީ..” އަރީފް ހިތްހެޔޮ ކަމާއެކު ބުނެލިއެވެ. ދާނިޔަލް އެކަމާއި ފަސްޖެހެމުން ބުނެލިއެވެ. “މިއީ ބޭބެ ހެޔޮހިތުން ދޭ ވަޒީފާއެއް.. ދާނިޔަލްއަށް ހަދިޔާއެއްގެ ގޮތުގައި..” ވިސްނަން އިނުމަށްފަހު އެންމެފަހުން ދާނިޔަލް ހެޔޮހިތުން އެކަން ޤަބޫލު ކުރިއެވެ.
“އެއީ ބޭބެގެ އޮފީހެއް ކަމަކު ބޭބެ އަނެއްކާ އަލުން ސީދާ ދާނިޔަލްއަށް އެ ވަޒީފާ ދޭން ބުނެފިނަމަ އެމީހުން ޤަބޫލު ކޮށްފާނެ އެއީ ނާއިންސާފު ކަމަށް.. އެހެންވެ ބޭބެ މި އަޅާނުލީ.. އެކަމަކު އޭގެ މާނައެއް ނޫން އެއީ ދާނިޔަލްއާއި ދޭތެރޭ އެމީހުން އެ ކަންތައްކުރީކީވެސް ވަކި އިންސާފުންނެކޭ.. ބޭބެ އަދި އެ މައްސަލަ ބަލާނަން.. އިން ޝާ ﷲ.. ދެން އެ ވަޒީފާއެކޭ އެއްވަރުގެ މުސާރައެއްވެސް ދާނިޔަލްއަށް މި ވަޒީފާއިން ލިބޭނެ..” ދާނިޔަލްއަށް ދެލޯ ބޮޑުކޮށްލެވުނީ ދެންމެ އަރީފް ބުނެލި އެއްޗަކުންނެވެ. “އެ.. އެއީ ބޭބެގެ..” ދާނިޔަލް ބުނަން އުޅެފަ ވެސް ހުއްޓާލީ އެ ސުވާލު ކުރަން ނުކެރިގެންނެވެ. އެހިނދު އަރީފް ބޯ ޖަހާލުމަށްފަހު އެއީ އޭނާގެ އޮފީސްކަމަށް ބުންނެވެ.
ދާނިޔަލް އިހުނަށްވުރެ ލަދުގަތީ އޭނާއަށް މި އިނދެވެނީ އެ ބޮޑު ކޮމްޕެނީގެ ވެރިޔާގެ ކުރިމަތީގަކަން އިޙުސާސްވުމުންނެވެ. “ހާސްނުވޭ.. އެއީ މާބޮޑު ކަމެއް ނޫނެއްނު ދޯ.. ކޮންމެ މީހަކަށް ކޮންމެ ގޮތެއްވެސް މާތް ﷲ މެދުވެރި ކުރައްވަނީ އެއީ އެ ވަގުތަކަށް އޭނާއަށް އެންމެ ރަނގަޅު ގޮތް ވީމަ.. އެކަލާނގެ ޙަޟްރަތުން ދުވަހަކުވެސް އުންމީދު ކަނޑާލާކަށް ނުވާނެ..” އަރީފް ދާނިޔަލްއާއި ވާހަކަ ދައްކަމުން ދިޔައެވެ.
އޭނާ ގޭގެ ޚާދިމެއް ގާތު ދެ ކޮފީތަށި ގެނެސްދިނުމަށް އެވަގުތު އަރީފް އެދުނެވެ. އޭގެ އިރުކޮޅެއް ފަހުން އެމީހާ އައީ ދެ ކޮފީތަށި ހިފައިގެންނެވެ. އަރީފް ދާނިޔަލްއާއި އެކި އެކި ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން އެ ބައްދަލުވުން ކުރުކޮށްލުމަށްފަހު ދާނިޔަލްގެ އެދުމަށް އޭނާ ގޮވައިގެން ގެޔަށް ދާން އެ ބޮޑު ކޮޓަރިން ނިކުތެވެ.
ގޭގެ ބޮޑު ބަގީޗާގައި ދެއަތް ފުޅާކޮށްލައިގެން މައްޗަށް ބޯ އުފުލައިގެން ހުރި އާލާގެ ދެލޯ ވަނީ މެރިފައެވެ. އެ ދޮން ދޮން މޫނުގައި ވާރޭގެ ތިކިތައް ބޮސްދެމުން ދިޔައިރު ބަލައިލަން ވަރަށްވެސް ފުރިހަމައެވެ. ވިއްސާރަ ވެހެން ފެށުމުން ރުކާ ގެޔަށް ދިޔުމުން އެތާ ހުރީ އާލާ އެކަންޏެވެ. އޭނާއަކީ އަބަދުވެސް ވާރެޔަށް ވަރަށް ލޯބިކުރާ ކުއްޖެކެވެ. އެހެން ކަމުން އެތެރެއަށް ވަންނަން ބޭނުންނުވެފައި ހުރީއެވެ. ބަލައިލި ކޮންމެ މީހަކުވެސް އާޝޯޚު ކުރުވާ ފަދަ ރިތިކަމެއް އާލާއަށް ލިބިފައިވެއެވެ. ބޭރުފުށުގެ އެ ރީތިކަމާއި އެއްވަރަށް އޭނާގެ ހިތްވެސް އެހާ ސާފުވެ ރިތިވާނެ ނަމަ ކިހާ ރަނގަޚުހެއްޔެވެ؟
“އާލާ ދަރިފުލާ.. ދެން ވަދޭ އެތެރެއަށް.. މިހާރު ކޮން އިރެއް ތިތާ ހުންނަތާ..” ޝަޒިއްޔާ ގޭގެ ފުރަގަހުގައި ބަގީޗާއަށް ވާގޮތަށް ހުރި ފެންޑާއަށް ނިކުމެލަމުން އާލާއަށް ބާރަށް ގޮވާލައިފައި ބުނެލިއެވެ. އޭނާ މިހާރު އެތަނަށް އެ އައީ ދެވަނަ ފަހަރަށެވެ. ފުރަތަމަ ބުނި ބުނުމަށް އާލާ ނައުމުން އަލާނުލައި ދިޔައީއެވެ. އާލާ ވެސް މިފަހަރު މަންމަ ގާތު ބޮޑާ ހާކާކަށް ނޫޅުނެވެ.
“ބައްޕަ ގެއަށް އައިއްސިތަ؟” އާލާ ފެންޑާތެރެއަށް ވަންނަމުން ޝަޒިއްޔާ ގާތު އަހާލިއެވެ. “ނޫން.. ނާދޭ އަދި.. ވިއްސާރަ ވީމަ ތަންކޮޅެއް ލަހުންވެސް އައިސްދާނެ..” އަރީފް ގޭގައި އުޅެފައި ދާނިޔަލް ގޮވައިގެން ދިޔައިރުވެސް ޝަޒިއްޔާއަކަށް ނޭނގެއެވެ. އެހެންނޫނީ ދާނިޔަލް އޭނާގާތު ހުރިތަން ފެނުނު ނަމަ ކަންތައް ބޮޑު ކޮށްލީހެވެ.
ދާނިޔަލް ގެޔަށް ލައިދިނުމަށްފަހު އަރީފް އޭނާގެ ކާރުގައި އަނބުރާ ގެޔަށް ދާން މިސްރާބު ޖެހީ ދާނިޔަލްއާއި މެދު ހަމްދަރުދީ ވާޙާލުއެވެ. އޭނާ އަރާމުގައި އުޅުނެއްކަމަކު ދަތި އުނދަގޫތަކުގައި އެތަށް ބަޔަކު އުޅޭކަން އޭނާގެ ސިކުނޑި އޭނާއަށް ހަނދާން ކޮށްދެމުން ދިޔައެވެ.
“މަންމާ..” ގެޔަށް ވަދެ ދާނިޔަލް އާލިމާއަށް ގޮވާލިއެވެ. އެހިނދު ބަދިގެ ފަރާތުން އާލިމާ އައިސް ގެޔަށް ވަދެގެން އައެވެ. ” އަނހަ.. ދަރިފުޅު ކިހިނެއް ވީ ކަންތައްތައް؟” އާލިމާ ފުރަތަމަވެސް ދާނިޔަލް އާއި ސުވާލުކޮށްލިއެވެ. އެހިނދު ކުޑަކޮށް ޖެހިލުންވި ނަމަވެސް އާލިމާއަށް ފޮރުވުމެއްނެތި ދާނިޔަލް އަކުރުން އަކުރަށް ހުރިހާކަމެއް ކިޔައިދީ ނިންމާލިއެވެ.
“އެއީ މައްސަލައެއް ނޫން ދަރިފުޅާ.. އަލްޙަމްދުލިއްލާހް.. އެ ވަޒީފާ ނުލިބުނަސް ދަރިފުޅަށް އަލުން ތި ލިބުނީ ހަމަ އެ މުސާރަ ލިބޭ އެޔަށްވުރެ މާ ފަސޭހަ ވަޒީފާއެއްނު.. ﷲއަށް ޙަމްދުކުރޭ..” އާލިމާ އޭނާގެ ދަރިފުޅަށް ހިތްވަރު ލައިދެމުން ދިޔައެވެ. އެވަގުތު ދާނިޔަލް އާލިމާ ގައިގައި ބައްދާލަމުން ތިއީ މި ދުނިޔޭގައިވެސް ހުރި އެންމެ ރަނގަޅު މަންމައޭ ބުނެލީ އުފަލުން ހުރެއެވެ. އާލިމާވެސް ހިނިތުންވެލީ އުފާވެފައި ހުރެއެވެ.
(ނުނިމޭ)
35 Comments
Comments are closed.
Yey me first dhw? Vaahaka hama habeys….. love you noor sis… u r the best….?????when next part noor dear????????????????????????????
Yess dear.. i think.. 🙂 marhabaa Blue dear.. 🙂 jazakillah khairan dear.. 🙂 aww.. <3<3<3<3<3 asluvestha? vrh vrh vrh ufaavehje.. dear mn ves thy hama best ingey.. world's best readers thikudhiunnaky hama.. 🙂 v haaves avahakah up kohdheveytho noor mi try kurany.. 🙂
Assalaamu a’laikum my dear readers.. 🙂 miyothee vaahakaige 4 vana bai.. mi bai las v kamahtakaa vrh bodah maafah edhen hurihaa kudhin gaathun ves.. 🙁 dhn part eh avas kohdheveytho balaanan.. 🙂 hurihaa kudhin dhey support ah ves vrh vrh vrh bodah jazakumullah khairan.. 🙂 thi kudhinge support aky ves noor ah libey vrh bodu ehcheh thikudhinge faraathun.. jazakumullah khairan all.. 🙂 ummeedhu kuran mi part ves hurihaa kudhinnah ves kamudhaane kamah… 🙂 rangalhu kohlan v kan kan bunan fas nujehehchey.. eirah mi story reethikoh geneveynee.. noor ah rangalhu kuran v kanthah thah neyngenyaamu ehves improvement eh nufennaanennu dhw? hehe.. 🙂 ok… jazakumullah khairan and LY all.. 🙂
adhi vrh muhinmu eh vaahaka bunelaanan ingey… 🙂 noor dialog thah realistic kureveytho mi try kuranee ingey mihaarun feshigen.. in sha allah.. ekam mihaaru fudheyvarakah gina part thah liye nimifa othyma e baithakun dialog thakuge thafaatheh nufenidhaane.. ekamahtakaa sorry ingey. 🙁 ekam mihaaru liyamun midhaa baithakuga ekanthah rangalhu kureveytho mi balany.. in sha allah.. 🙂 vrh ufaavi aslu ekanthah faahaga kohladhinyma.. jazakumullah khairan dera readers.. 🙂 noor ah dear mn rangalhu kohlan v gothah dialog eh buneladhyfaanan tha? noor ah aslu ehaa rangalhah dialog thah bunelan neyngidhaane.. ehnve mi ahaaly.. hehe.. konme meehakah ves neyngey ehcheh huredhaanennu dhw.. haha.. ehn mivaguthu hama mi v.. noor ah ves.. 🙂 anyway, jazakumullah khairan and LY all.. 🙂
maasha allah mi story ves varah reethi .may allah give you more ideas and make your life more happier. aslu noor liyaa vaahaka thakun ehen meehunavves eygen rangalhu asaru kuraane kamah ummedhuu kuran . noor liyaa vaahaka thakun ethah ibrai thakeh libey.adhi alhugandaves eygen faidhaa thakeh kurey . noor thigothugaa hama midhaairaain kuriya dhaane kamah ummeedhu kuran.adhi may allah help u with that
jazakillah khairan dear.. 🙂 alhey.. maaiyy allah thibaa ah heyo rahmaiyy lavvaashi.. aameen.. 🙂 noor ves ummeedhu kuranee ehn.. hehe.. noor mi story thah liyaa beynumakee ves aee.. konmeves gothakun dear mennah eygen faidhaa eh kureytho.. 🙂 al’hamdhulillaah! maa sha allah.. 🙂 vrh vrh vrh ufaavehje.. 🙂 vrh vrh vrh ufaavehje dear ge comment kiyaalaafa.. hageegathuge vrrrrh ufaavehje.. 🙂 mihaathanah kiyunu comment thauge therein noor emme ufaavi eh comment miee.. vrh vrh vrh ufaavehje.. 🙂 dear thi dhin support ah jazakillah khairan.. 🙂 maaiyy allah thibaa ge faafa fussavaa thibaa ah heyo rahmaiyy lavvaashi.. aameen.. 🙂 adhives eh faharu, jazakillah khairan dear.. 🙂
maasha allah…sis this is awsm…keep it up…luv you
jazakillah khairan dear.. 🙂 alhey vrh vrh vrh ufaavehje dear ah mi story kamudhiyaeema.. 🙂 aww.. <3<3<3<3<3 jazakillah khairan for the support, dear..
maasha allah vvv nyc mi part vx.. whn nxt?? can’t wait.. luv yah??????
al’hamdhulillaah! jazakillah khairan dear.. 🙂 mirey ves up kurevenyaa noor try kuraanan up ureveytho.. in sha allah.. 🙂 hehe.. keiyytherikan ikhthiyaaru kuramaa dhn mifaharu.. dhw? 🙂 awww.. <3<3<3<3<3
MashaAllah u r the best noor sis. Vvvvvvv reethi neih ithurah bunaane ehcheh ves…… ????????????waiting Curiously for the next part.. ????????love u noor sis
awwww.. vrh vrh vrh ufaavehje dear. 🙂 dear ves thy hama best ingey.. 🙂 asluvestha?… jazakillah khairan dear.. 🙂 awww.. <3<3<3<3<3
Maa fahun dhw mi comment kohlevuny☺heheh..mi part varah reethi..☺fili thah Jehumuga eba huri kudhi kudhi mistakes..☺Dear mind nukurahchey Dandelion mihen bunyma..??curiously waiting for the next part..☺And varah miadhu varah kurin mi part kiyaifin..☺But adhi kiriya comment eh mi kohlevuny..☺love you sis and may Allah bless you..☺I appreciate your work..?you are the best???Once again!love you??????❤????
no, its ok Queen Dandelion.. 🙂 marhabaa dear.. 🙂 hehhe.. in sha allah, kuriyah huri baithakuga ebai madhu kureveytho try kuraanan ingey.. 🙂 haha.. aee hama evves massala eh noon.. 🙂 awww.. <3<3<3.. maaiyy allah thibaa ah ves heyo rahmaiyy lavvaa kuriyah oiyythaa kaamiyaabu minvaru kuravvaashi. aammeen.. 🙂 vrh vrh vrh ufaavehje dear thihen bunelyma.. 🙂 jazakillah khairan Dandelion.. 🙂 neynge hama bunaane ehcheh noor ah ves.. dear ves thy hama best ingey.. 🙂 aww.. <3<3<3<3<3
Masha allah noor vareh neii vaahaka liyaakah… whn nxt part…can’t wait???????❤❤
jazakillah khairan dear.. 🙂 alhey.. asluvestha? vrh vrh vrh vrrrrh ufaavehje dear thihen bunelyma.. 🙂 hageegathugaves.. 🙂 noor mi try kuranee mireyves up kohleveytho.. 🙂 dhn balamaa dhw.. hehe.. 🙂 keiyytheri kamaaeku inthizaaru kohlaa ingey.. 🙂
aan ena vareh neii thui thelheykah vess
understand*
kihaa dhera kameh mi writer vegen ulheny kinhetha blue daer dhenjehune dear eh thy dhn thankolheh boduvaru cheesy viyas vaahaka ves kiyaa hih foohivey meena ulhey gothun
Vrh vrh vrh boah sorry ekamahtakaa.. ekamaku noor beynumy veehaaves friendly koh noor ge readers aa vaahaka dhakkan.. 🙂 evves gothakah dhekkuntheri kamuge gothunneh noon.. dhn ekuhjehge nun beynun kurumah vure noor ah faseyha ‘dear’ beynun kuran.. ehenve egothah noor kanthah kuranee.. hehe.. 🙂 ehves kuhjakah neyngeyne ehnu noor ge hithugai vanee keekey kameh.. dhw? allah dhenevodigen vey ekam.. 🙂 vrh bodah sorry ‘me’ mi vaahaka kiyan foohi vumuge sababakah noor ah ‘dear’ beynun kurevun veethy.. 🙁 ummeedhu kuran ekam readers ah noor ge khiyaalu understand vaane kamah.. 🙂 adhi eh vaahaka ‘me’ ah bunelan beynun.. ehves meehehge noony ehves kamehge hageegaiyy balai nulai ehves kuhjakah judge nukurahchey.. miee vaki noor ah dear thihen bunyma buneli vaahakaeh noon.. 🙂 qabool kuran, hiyy hama nujehey kameh dhimaa vehjiyyaamu eythi anekaa ah bunelumakee insaanee thabeeathuga lavvaafaivaa kameh.. ekam enmen eh gotheh nuvaane ehnu.. baeh meehunnaky kan kan control kuraa meehun, adhi aneh bai meehunnaky kan kan control nukurevey meehun.. konme meehaky ves thafaathu meeheh.. ehn v ma thimaage dhulun baheh beyru kohlumuge kurin e bahuge sababun nikumedhaane natheehjaa akah visnaalan vaane.. 🙂 misaalakah bunevey ehchakun maa bodu kameh nuvedhaaney heekoh bunelaa bas fahun kithanme bodu massala akah ves badhalu vedhaane.. 🙂 thimagee dhulun beyruvaa bahaky thimaa naraka ah vahtaalevumuge sababakah ves vedhaane.. dhulaky varah bodah rahkaa theri vaan jehey ehcheh.. 🙂 kuriyah oiyythaa mikamaa medhu ‘me’ visnaane kamah noor ummeedhu kuran.. 🙂 noor kudakoh dhera vehje ekam al’hamdhulillaah, thi baskolhaky noor ah hiyyvareh.. 🙂 jazakillah khairan ‘me’.. noor kuriyah dhevytho try kuraanan adhives, in sha allah.. mikahala vaguthu thah kurimathi vaanekan ingi hure noor mi dhaairaa ah nikuthyves.. 🙂 in sha allah, mikamuge sababun noor hiyyvaru eluvaa nuleveytho try kuraanan.. aee emme fahu dhuvahu noor ah viyas adhi ehn kuhjakah viyas aharemen emmenge amaluthakuge hisaabu emme molhah ballavaane faraathaky ves allah subhaanahoo wata’aalaa.. 🙂 aharemen nuvaane ehn meehunge kanthakah, adhi amudhun hageegaiyy nubalaa judge kuraakah.. leave the judgements for allah to make.. ingey kudhinney.. 🙂 Surah At-Tin ge 8 vana aayathuge maanaiga vey. “hukum kuravvaa emme adhulu veri rasqkalaange kamugai ﷲ vodigen nuvey heyyeve?”. ehn v ma aharemen balan v gina ginai heyo amalu kureveytho.. maaiy allah ee hurihaa kamehves emme molhah ballavaa vodigenvaa adhi assavaa vodigenvaa raskalaange.. 🙂 aharemennaky insaanun v ma perfect nuvedhaane.. nuves vaane.. konme meehakah ves kusheh kurevidhaane.. ehn v ma ekushah veehaaves avahakah thaubaa ves vaan vaane.. 🙂 allah ee emme oagaavantha raskalaange.. kusheh kurevihje nama ekalaange hazrathugai dua dhannavaa.. avahah thauba vey.. faidhaa kuraany hama aharemennah.. aharemen mu dhuniyeah fonuvvevi magsadhaky ves maaiyy allah ah alhukan kurun.. ehennu? ehn v ma veehaaves ginain alhukan kuran v.. allah ge magah avahah rujooa vaan v.. 🙂 vaguthu faaithu nuvanees aharemenge faafa thakah avahah thabua vamaa.. insaanaa aa emme gaathuga adhi emme dhuruga vaa ehchaky maru.. ehennu? ehn v ma maru ais jehen vaairah vaguthu faaithu vumuge kurin heyo magah rujooa vamaa.. 🙂 miee ehves haalehga ‘me’ ah bunaa dhera baheh noon.. hama ‘me’ ah ves adhi mi comment kiyaa hurihaa kudhinnah ves adhi noor ge amilla nafsah ves dhey naseyhatheh.. noor ge sababun ‘me’ ah dheraeh ihusaas v nama vrh bodah maafah edhen.. adhi ehves kuhjeh dhera vaa fadha baheh noor ah bunevifa oiyy nama noor ah maafukohdhinun edhen.. 🙂 noor ahtakaa evves kuhjehge hithuga evves burakameh nubaavvaane kamah ummeedhu kuran.. noor ge hithugai ves evves kuhjakaa medhu burakameh neiyy.. 🙂 ummeedhu kuran ehves faraathakaa medhu dear dhn thikahala amaleh thakuraaru nukuraane kamah.. vaki ‘me’ eh noon.. ehves kuhjaku.. 🙂 miee noor hurihaa kudhinnah dhey naseyhatheh.. vaki kuhjakah khaassakohgeneh noon.. 🙂 adhi hurihaakudhinnah bunelan.. ehves kuhjaku goas kameh kuraanama aee goas kameh kan anekaa ah bunedhy heyo goiyy bunedheyn handhaanuga bahattahchey.. aee emme ragalhu goiyy.. 🙂 ekuhjaa ah e kureveny goas kameh kan neyngenyaamu anehkaaves hama dhevana faharah ekanthah thakuraaru kuraane.. ehennu? ekahala amaluthah madhu kuran beynun vaakamugai vaneenama aharemen jeheyne masahakiyy kuran.. hurihaakudhinnah ves visnaidheyn.. 🙂 maaiyy allah alhamenge faafa fussavaashi.. aameen.. 🙂
mi comment dhigu v kamahtakaa hurihaa kiyuntherynge faraathun ves maafah edhehn. ehn namaves eygaves thikudhinnah faidhaa kuraane fadha ehcheh himanaaleveytho noor masahkaiyy kury.. 🙂 ummeedhu kuran hurihaa kudhinnah ves undestand vaane kamah.. vrh vrh vrh ufaavey dear mn noor ah dhey support ah.. aee noor ah vrh vrh vrh bodu ehcheh.. e support aky noor kuriyah dhiyumah libey vrh bodu hiyyvareh.. thifadha kiyuntherin thakeh dhevvythy allah ah hamdhu kuran.. al’hamdhulillaah.. 🙂 jazakumullah khairan and LY all.. 🙂 <3<3<3
understand*
Ma sha Allah! It’s really beautiful! You’ve got an awesome personality! May Allah bless your work and may all be benefited from your work! Ameen! ☺
jazakillah khairan dear.. 🙂 vrh vrh vrh ufaavehje Ana dear thihen bunelyma.. 🙂 vrh vrh vrh ufaavehje.. aameen.. 🙂 maaiy allah thibaa ah heyo rahamaiyy lavvaa thibaage faafa fussvaashi.. 🙂 aameen.. 🙂
Ignore all the haters noor. Your story is awesome masha allah. Cant wait for the next part.❤?
jazakillah khairan Anha dear thi dhin naseyhathuge baskolhah.. vrh vrh vrh bodah.. 🙂 vrh ufaavehje.. 🙂 jazakillah khairan dear.. BTW, noor ves Anha ge story kiyan ingey.. adhi hama comment eh koh nulevige miulheny.. haha.. 🙂
Varah reethi
jazakillah khairan Ibsha.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂
Masha allah ? ? noor ur so talented…????v rythi mi vaahaka…whn next part??
jazakillah khairan dear… 🙂 vrh ufaavehje Mal thihen bunelyma.. 🙂 dear ves try kohlahchey vaahaka liyeveytho.. nuvaa varuge kameh noon ingey miee.. hehe.. masahakiyy kuri varakah natheehjaa foni vaanee hama.. 🙂 jazakillah khairan Mal.. 🙂 up vefa innaanee mihaaru.. 🙂
Next part up nuvanyy keehve tha cant wait any more
haha.. noor ah ves neynge aslu v gotheh.. mi part up kohfa eyge aneh dhuvahu noor submit kurin story.. ehn ves vedhaane dhw baeh faharah? hehe.. 🙂 vrh ufaavehje Miroo ah mi vaahaka kamudhiyaema. 🙂 btw, vrh bodah maafah edhen ingey 5 vana bai las v kamahtakaa.. 🙂
Dear koba tha next part.. waiting waiting ?
alhey dear.. vrh bodah maafah edheh ingey 5 vana bai las v kamahtakaa.. kuda massala eh dhimaa vegen e las v aslu.. 🙂 ehn ves vedhaane dhw baeh faharah.. keiyytheri velyma hama baraabaru vaane.. 🙂 noor balaanan dhn kuriyah oiyythaa ehn v ma kuriyaalai submit kureveytho, in sha allah.. 🙂 ingey Lotus.. 🙂
I guess I’m reading this story adhikiriya! V v v reethi mi story! Wanna knw whats gonna happen next. . . . And i also wanna add this, noor, u got telent in writing and lov ur cool personality!keep up the good work!!??