Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 10

almaa2004 Level 210 Stories100 Login
August 31, 2018 4 Mins Read
13 Comments

” އާން އެހެންވީމަ އެކަން ކުރަން ކިހާ ދުވަހެއް ނަގާނެ؟” އަތުގެ ނިޔަފަތިތަކާ ކުޅެމުން ޒާރާ އަހާލިއެވެ. “މި ދުވަސްކޮޅު ކުޑަކޮށް ބިޒީކޮށް މި އުޅެނީ…… ވަން ވީކް ދީ މަށަށް…..” އެކޮޅުން ވާހަކަ ދެއްކި މީހާ ބުންޏެވެ. “އޯކޭ….. ބަރާބަރު ވަން ވީކް….. އެންޑް އޭތި ވައްތަރު ވެގެން ނުވާނެ ފޭކު އެއްޗަކާ…… އޯކޭ؟” ޒާރާ ހީވަނީ ކެތްތެރިކަމެއް ނެތިގެން އުޅޭ މީހެެއް ހެންނެވެ. “އޯކޭ ސްވީޓް ހާޓް…. އެނީތިން ފޯ ޔޫ…… ބައި….” އެމީހާ ލާނެތް ހިނިތުންވުމަކާއި އެކު އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. “ސްވީޓް ހާޓް މައި ފުޓް…..” ފޫހިކަމާއެކު އެހެން ބުނެފައި ޒާރާ އަވަސްވެގަތީ އޭނާގެ ކޮޓަރި ސާފުކުރުމަށެވެ.

*********************

ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަސް ކައިރިވި ވަރަކަށް ޒާއިފްގެ ހިތް ދިޔައީ ނުތަނަވަސް ވަމުންނެވެ. ޒިވާ އޭނާއާއި އިންނަން އެހާ ފަސޭހައިން އެއްބަސްވީ ކީއްވެ ހެއްޔެވެ؟ ޝާމް ކޮބައިހެއްޔެވެ؟ އޭނަ ޒިވާ ވަރި ކުރީ ހެއްޔެވެ؟ ނޫނީ ޒިވާ އޭނަ ކައިރިން ވަރިވީ ހެއްޔެވެ؟ މިކަހަލަ އެތަައް ހިޔާލެއް ދިޔައީ ޒާއިފްގެ ސިކުނޑިއަށް އުނދަގޫ ކުރަމުންނެވެ. ކޮންމެ ގޮތެއްވިޔަސް ޒިވާއާއި އޭނާގެ ކައިވެނި ކުރެވޭނެ ކަން އެއީ ގިޔާމަތް ދުވަސް އަންނާނެކަން އިނގޭ ފަދައިން ޒާއިފްއަށް ޔަގީންވާ ކަމެކެވެ. ހިޔާލީ ދުނިޔެއެއްގައި އިން ޒާއިފްއަށް ހަމަ ބިމަަށް އާދެވުނީ އެކުއެކީގައި ގެއަށް އައިސް ވަތް ވިޝާލްއާއި ޝާއިމް ފެނިފައެވެ. ޒާއިފްވެސް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހަމަޖެހޭ ގޮތް ދައްކަން މަސައްކަތް ކުރިއެވެ.

“ތީ ކޯއްޗެއް؟” ޝާއިމް އަތުގައި ފަތް ޖަހާލާފައި އޮތް ގަނޑުކޮޅަށް އިޝާރާތް ކުރަމުން ޒާއިފް އަހާލިއެވެ. ޒާއިފް ކުއްލިއަކަށް އެ ގޮތަށް ވާހަކަ ދެއްކުމުން ޝައިމް ހައިރާން ވިއެވެ.

“އާން މި ދޯ… މިއަކީ އާރާ ކޮއްކޮ މަށަށް ދިން އެއްޗެއް…… ދޮންތަ ބޭއަށް އޮތް ކާޑެކޯ ކިޔާފަ….. މިރޭ މި އައީ އާރާއާއި އޭނަ ކޮއްކޮ ގޮވައިގެން އައިސް ކްރީމް ބޯން ގޮސް….. ކަލޯ ގަޔާ އެހެރީ ވާ ކަމެއް….. އަނގަ ތަޅަން ކެރޭ ކުއްޖެއް އެ…… އޭނަ ބޭނުމެއް ނުވޭ މަ އާރާ އަތުގަވެސް ހިފާކަށް…….. އައި ޑޯންޓް ނޯ ހައު އާރާ ޓޮލަރޭޓްސް ހާ…… އެކަމު ވަރަށް މަޖާ މަންޖެއެއް އެ……” ޝާއިމް އެހެން ބުނެފައި ހޭން ފެށުމުން ޒާއިފްވެސް ގަދަކަމުން އޭނާގެ ތުންފަތައް ހިނިތުންވުމެއް ވެރި ކުރުވިއެވެ. އަދި ނިދަން ދަނީ ކަމަށް ބުނެ ޒާއިފް އެ ތަނުން ތެދުވިއެވެ. ޒާއިފް ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް އޭނަ މޫނުމަތިން މޮޅިވެރިކަން ޝާއިމްއަށް ފެނުނެވެ. އާއެކެވެ. ހަގީގީ ރައްޓެހިންނަކީ އެއީއެވެ. ތިމާ އަނގައިން ބުނުމަކާއި ނުލައި ތިމާގެ ހިތާމަތައް ދެނެގަންނަ މީހާއެވެ.

ޒާރާ ދެން މަސައްކަތް ކުރަމުން ދިޔައީ ވިޝާލްއާއި ގުޅުން ބަދަހި ކުރުމަށެވެ. ދެމީހުން އެއް ޑިޕާޓްމެންޓް އެއްގައި މަސައްކަތް ކުރުން ވީވެސް ޒާރާއަށް އޭނާގެ މަސައްކަތް ކުރުމަށް ފަސޭހަވެގެން ދިޔަ ސަބަބަކަށެވެ. ދުވަސް ކޮޅެއްތެރޭގައި ޒާރާއާއި ވިޝާލްގެ މެދުގައި ރައްޓެހިކަން އުފެދުނެވެ. މިކަމުންވެސް ހިތް ހަމަ ނުޖެހިފައި ހުރީ އާލާއެވެ. ކޮންމެވެސް ނުބައެއް އުޅޭ ކަމަށް އޭނާއަށް ހީވާން ފަށައިފިއެވެ. ވިޝާލްއާއި އޭނާގެ ގުޅުން ނިމެން އުޅޭހެންވެސް ބައެއް ފަހަރު އާލާއަށް ހީވެއެވެ. ނަމަވެސް އޭނާ ވިޝާލް ކައިރި އެވާހަކަ ނުދެއްކީ މަސްލަހަތައްޓަކައެވެ. އާލާއަށް ނޭނގުނު ކަމަކީ އޭނާގެ ދިރިއުޅުމަށް ދެން އަންނަން އުޅޭ ތޫފާނަކީ އޭނާގެ މުޅި ދިރިއުޅުން އެފުއް މިފުށަށް ޖަހާނެ ތޫފާނެއް ކަމެވެ.

*********************

ދުވަސްތައް މާޒީވަމުން ދިޔައީ އެކި މީހުންގެ ދިރިއުޅުމުގައި އެކި ކުލަތައް ޖައްސައިދެމުންނެވެ. ކައިވެނި ކުރެވޭ މާލަމަށް ދިޔުމަށް ލޯގަނޑު ކައިރި ރީތިވާން ހުރި ޒާއިފް ސިހުނީ އޭނާގެ ފޯނަށް މެސެޖެއް އައި އަޑަށެވެ. ފޯނު ނަގައި ބަލާލިއިރު އެއީ ޒިވާގެ މެސެޖެކެވެ. ޒާއިފްގެ ހިތް ތެޅިގަތީ ބުނަންވެސް ނޭނގޭހާ ބާރަށެވެ. “ޒާއިފް……. އަހަންނަށް އިނގޭ އަހަންނާ ހެދި ޒާއިފް މިހާރު ވަރަށް ހިތާމަ ކޮށްފިކަން……. އަހަރެން ޒާއިފްއާ ކައިވެނި ކުރަން މި އުޅެނީ ޒާއިފްއަށް އިތުރު ހިތާމަ ތަކެއް ދޭކަށް ނޫން…… ޒާއިފްދެކެ ލޯބި ނުވާ މީހަކާ އެއްކޮށް ޒަވާޖީ ހަޔާތެއް ފެށުމަކީ ފަސޭހަ ކަމެއް ނޫންކަން އަހަންނަށްވެސް އިނގޭ…… އަހަރެންނާއި ޒާއިފްއާއި ކައިވެނި ކުރަން މިއުޅެނީ އަހަރުމެންގެ މައިންބަފައިންގެ އެދުމުގެ މަތިން…. އެހެއްނު؟…… އަހަންނަށް އިނގޭ ޒާއިފްގެ ހިތުގަ އެތައް ބައިވަރު ސުވާލުތަކެއް އުފެދޭނެކަންވެސް….. ކޮންމެވެސް ދުވަހަކުން އެ ސުވާލުތަކުގެ ޖަވާބު ލިބޭނެ….. ސޯ ޑޯންޓް އެކްސްޕެކްޓް މަޗް ފްރޮމް މީ…. ފޮގިވް މީ އިފް ޕޮސިބަލް….” ޒާއިފްއަށް ފޯނު ސްލްރީންއަށް ބަލަހައްޓައިގެން ހުރެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. އެއީ އެކަން ވާނެ ގޮތްކަން ހުދު ޒާއިފްއަށް ވެސް ގަބޫލުކުރެވެއެވެ. ކޮންމެވެސް ދުވަހަކުން ޒިވާގެ ލޯބި ލިބޭނެއޭ ޒާއިފްގެ ހިތް ބުނަމުން ދިޔައީ ކީއްވެކަމެއްވެސް ނޭނގެއެވެ. ހިޔާލުތައް އެއްފަރާތް ކޮށްލުމަށްފަހު ގަޔަށް ސެންޓް ބުރުވާލާއި ގެއިން ނުކުންނަން ހިނގައިގަތެވެ. އެ ދެމީހުންގެވެސް އެދުމުގެ މަތިން ކައިވެނީގެ ހަފްލާ ނިމިގެން ދިޔައީ ކުޑަ ކުޑަ އާއިލީ ސަޔަކުންނެވެ. ކައިވެންޏަށްފަހު އެ ދެމީހުން ބަދަލުވީ ޒިވާގެ ބައްޕަ އެމީހުންނަށް ހަދިޔާކުރި އެއްކޮޓަރީގެ ބޮޑު އެޕާޓްމެންޓަކަށެވެ. އެއޮށް ބޮޑު ގޭގައި އެ ދެމީހުންގެ އިތުރުން އެއްވެސް މީހަކު ނޫޅެއެވެ. އެއް ގެއެއްގައި އުޅުނެއް ކަމަކު އެ ދެމީހުންނެކޭ ހިލޭ ބައެކޭ އެއްވެސް ތަފާތެއް ނެތެވެ. ވާހަކަ ދައްކަނީވެސް ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ބުނާށެވެ. ނަމަވެސް ގެއިން ބޭރު އެއްވެސް ތަނަކަށް ދަންޏާ ޒިވާ ދަނީ ޒާއިފްކައިރި ބުނެފައެވެ. މިކަންވީ ޒާއިފް އިތުރަށް ޒިވާއާއި ގަޔާކުރުވި ކަމަކަށެވެ.

******************

ފައިލްއެއް ޗެކްކުރަން އިން ވިޝާލް އިސް އުފުލާލައި ބަލާލީ މީހަކު އައިސް އޭނާގެ މޭޒުމަތީގައި ސިޓީ އުރައެއް ބޭއްވުމުންނެވެ. އެ މީހަކު އަނގައިންވެސް ނުބުނެ ދިޔުމުން ވިޝާލް ހިސާބަކަށް ހައިރާންވެ ހުރެވެސް އެ ސިޓީއުރައިގެ އެތެރޭގައި އޮތް ކަރުދާސް ކޮޅު ނަގައި އެ ކިޔަން ފެށިއެވެ. ވިޝާލްގެ ދުނިޔެ ހީވީ އެެނބުރިގަތް ހެންނެވެ. އިސާހިތަކު އޭނާގެ ލޮލަށް ކަރުން ޖަމާވެ މަންޒަރު ފުސްވާން ފެށިއެވެ. ހުރިތަނަށް ތިރި ވެވުނީ ކުރުވި ހިތްދަތި އިހުސާސެއްގެ ސަބަބުންނެވެ. ގަނޑުވެފައި ވިޝާލްއަށް އެހެން އިނދެވުނީ އިރުކޮޅަކުއެވެ. އަތުގައި އޮތް ގަނޑު ޖީބަށްލުމަށްފަހު ޒާއިފް ތެދުވިއިރު އެ ލޮލުގައިވީ ހިތާމައާއި ރުޅިވެރިކަމެވެ. ދިގު ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔަ ވިޝާލްގެ އަތް ހުރީ މުށްކެވިފައެވެ. އެހެން މުވައްޒަފަކާއި ވާހަކަ ދައްކަން ހުރި އާލާގެ އަތުގައި ހިފައިގެން ވިޝާލް މިސްރާބުޖެހީ އޮފީހުން ނިކުންނާށެވެ. ވިޝާލް ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން އާލާއަށް ކޮންމެވެސް ވަރަކަށް ތަދުވަމުން ދިޔައެވެ. ދުރުގައި މަންޒަރު ބަލަން ހުރި ޒާރާގެ ތުންފަތުގައިވީ ފަތަހައިގެ ހިނިތުންވުމެވެ. ހީވާގޮތުން މި ވާގޮތް ޒާރާ އިނގޭފަދައެވެ.

“ވިޝާލް އަޅެ ދޫކޮށްބަލަ އަހަރެންގެ އަތުން…… ތަދުވެޔޭ އެބަ…..” ވިޝާލްގެ އަތް ނައްޓުވަން މަސައްކަތް ކުރަމުން އާލާ ބުނެލިއެވެ.

“މާ ބައިވަރު ވާހަކަ ނުދައްކާ ސައިކަލަށް އަރާ” ރުޅިވެރިކަމާއެކު ވިޝާލް ބުނެލިއެވެ. ބިރުން ހުރެ އާާލާ ވިޝާލްގެ ސައިކަލު ފަހަތައް އެެރީ ވާނުވާ ނޭނގޭ ހާލުގައެވެ. ވިޝާލް މިސްރާބުޖެހީ އޭނާގެ ގެއާއި ދިމާލަށެވެ. މިވަގުތު ޝާއިމްވެސް ގޭގައި ނޫޅޭނެކަން އިނގޭތީއެވެ. ގެއަށް ވަދެވުމާއެކު ވިޝާލް އާލާ ގޭތެރެއަށް ހޫރާލިއެވެ. އާލާ ގޮސް ޖެހުނީ ސިޓިންރޫމުގައި ހުރި ސޯފާއަށެވެ.

“ކިހިނެތް ވެގެންތަ ތި އުޅެނީ؟ ތި ވެގެން އުޅޭ ގޮތެއް ކިޔައިދިނީމަ އެއްނު އިނގޭނީ…….” ބިރުން ވިރިވިރި ހުރި އާލާ ސޯފާއިން ތެދުވެގެން އައިސް ވިޝާލްގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އޭރުވެސް ވިޝާލްގެ ލޮލުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.

“ދުރުގަ ހުރޭ… މަ ފަހަރެއްގައިވެސް ހިޔެއް ނުކުރަން ތިއަކީ ތި ވައްތަރުގެ މީހެއް ކަމަކަށް…… ލަދުގަނޭ މިހާރު ކަލެއާ ރައްޓެހި ވެވުނީމަ….. ނަސީބެއްނު ކައިވެންޏާއި ހަމައަށް ނުދަނީސް ކަލޭގެ ގޮތް މަށަށް އިނގުންކަން…. ޕިސް ޕިސް…. ކޮބާތަ ކަލޭގެ ލަދު…..” ރުޅި އައިސް ދުލަށް އައިހާ އެއްޗެއް ކިޔަމުންދިޔަ ވިޝާލްގެ ކޮންމެ ބަހެއްވެސް ދިޔައީ އާލާގެ ހިތް ތޮރުފަމުންނެވެ. ލޮލަށް ކަރުނަތައް ޖަމާވެ ގިސްލެވެން ފެށުނީ ވިޝާލްގެ ވިހަގަދަ ބަސްތަކުން ދެރަވި ވަރުންނެވެ.

“އަހަރެން ކީއްކޮށްގެންތަ ތި އުޅެނީ ؟ ވެގެން އުޅޭ ގޮތެއް ކިޔާދީބަލަ…..” ރޮމުން އާލާއަށް ބުނެވުނެވެ.

“އަދިވެސް ނޭނގޭ ކަމަށް ހަދަންތަ ތި އުޅެނީ….. އަހަރެން ކިޔައިދީފާނަން….. ބަނޑުގައި ތި އޮތީ ކާކުގެ ދަރިޔެއް؟” ވިޝާލް އެންމެ ފަހުން ބުނެލި ޖުމުލައިން އާލާ މޭނުބައި ކުރާގޮތް ވިއެވެ. ހުއްޓުން އަރާފައި އޭނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ކީކޭ؟ ބަ…ބަނޑުގަ އޮތް ކު…ކުއްޖައޭ؟ ކީކޭތަ ތި ކިޔަނީ….. އަ…އަ…އަހަރެން އަކަލަ ކަމެއް ނުކުރާނެކަން ވިޝާލްއަށް ނޭނގެނީތަ؟…. ކާކު ކޯއްޗެއް ކިޔައިގެންތަ ތި އުޅެނީ؟…..” އާލާއަށް ވާހަކަ ދެއްކުނީ ވަރަށް ހާލުންނެވެ.

“މިއަދު ކަލެ ރުޔަސް މަގޭ ހިތަކަށް އެއްވެސް އަސަރެއް ނުކުރާނެ…… އަހަރެން އަތައް އެ ރިޕޯޓު ގެނެސްދިން މީހާއަށް އަހަރެން ޝުކުރުވެރިވަން…… ބަނޑުގަ ތި އޮތް ކުއްޖާގެ ބައްޕަ ހޯދައިގެން އަވަހަށް އިންނަން އުޅޭ…. ބޮޑު ހެދުން ލައިގެން ބުރުގާ އަޅައިގެން ތިއުޅެނީ ކަލެ ކޮށްފަހުރި ހުރިހާ ފާފަތަކެއް ފޮރުވޭނެކަމަށް؟…ވީ އާ ޑަން….. ދެން އަހަރެން ހޯދަން ނާންނާތި…. މަށަށް ނުގުޅާތި…….” ވިޝާލް އެހެން ބުނުމަށްފަހު ވާހަކަ ދައްކަން އެއްވެސް ފުރުސަތެއް އާލާއަށް ނުދީ ނިކުމެގެން ދިޔައެވެ. ވިޝާލް ދޮރުލެއްޕި އަޑު އާލާއަށް އިވުނެވެ. މޫނު މައްޗަށް އަނދިރިވާން ފެށިއެވެ. ދެން ވީގޮތެއް ނޭނގުނެވެ.

****ނުނިމޭ****

Share Article

Follow Me Written By

almaa2004

Level 210 Stories100 Login

Other Articles

Previous

ލޯބި ވީމޭ ސިއްރު ސިއްރުން (19

Next

ސަމާލުކަމަށް…

Next
August 31, 2018

ސަމާލުކަމަށް…

Previews
August 31, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (19

13 Comments!

  1. almaa2004 says:
    August 31, 2018 at 8:44 am

    So here is the 10th part of my story…. mi part genesdhevunleh lasvi kamah takai hurihaa kiyuntheringe kibain maafah edhen…….. ☺

  2. Mal says:
    August 31, 2018 at 9:07 am

    Nyce….whn next part?????

  3. Raani says:
    August 31, 2018 at 10:09 am

    Vrh reethi next part kn irakun…..

  4. almaa2004 says:
    August 31, 2018 at 10:25 am

    Thankiu….
    Next part varah avahah insha Allah

  5. naash says:
    August 31, 2018 at 1:08 pm

    wow neynge hama bunaane echeh vx.. vvv reethi maasha allah???????.. whn nxt??

  6. almaa2004 says:
    August 31, 2018 at 1:19 pm

    Thankiu naash…..??

  7. Huvey says:
    August 31, 2018 at 1:39 pm

    Masha Allah. Vrh reethi?

  8. Maya says:
    August 31, 2018 at 3:23 pm

    Varah reethi.. Alhe relation eh ga trust ves onnanveene dhw.. Hama hurefa ejcheh fenunyma ehisaabun ekan ninmaalyma koba salaamatheh.. Anyway vv habeys poor aalaa… Vishaal ves nuvaanehnu ehen hadhaakah… ???????????bt vv reethi MashaAllah,

  9. almaa2004 says:
    August 31, 2018 at 3:46 pm

    Hahaha….
    Eiii vishaal ge mizaaju hunna goi kamahvx vedhaane…..
    And he might regret it later…..
    Keep reading…
    Thankiu❤

  10. Unknown girlll.. says:
    August 31, 2018 at 9:10 pm

    Mi part ves awsummm,???when nxt keep up the good??? work luvya?❤?????

  11. Twinkle? says:
    August 31, 2018 at 9:11 pm

    Wowowow… stry vvv rythi masha allah… ekm poor aalaa, wicked zaaraa n wishaal almost burst a blood vessel

  12. almaa2004 says:
    August 31, 2018 at 9:19 pm

    Hahahahah
    Lets see what happens dhw….
    Keep reading….
    Thankiu❤

  13. Ige Ehnnu ? says:
    August 31, 2018 at 9:54 pm

    Waiting for Next

Comments are closed.


All Right Reserved!