ރޭގައި ވާރޭވެހިފައި ހުއްޓާލީ ފަތިސް ވީ ފަހުންނެވެ. އެހެންނަމަވެސް އުޑުމަތީގައި އެކަތި އަނެކެއްޗާ ސަކަރާތް ޖަހަމުން ދިޔަ ވިލާތަކަށް ބަދަލެއްނާދެއެވެ. އެ ވިއްލާގަނޑަށް ވުރެ އަނެއްވިލާގަނޑު ގަދަވުމަށް ކުރަމުން ދިޔަ މަސައްކަތުގެ ސަބަބުން އިރުގެ އަލި ދުނިޔެމައްޗަށް ފުރިހަމަ ގޮތުގައި ފެތުރުމަށް ހުރަސްއެޅިފައިވެއެވެ. ދޫނި ސޫފާ ސޫފީގެ އަޑުން ފަޒާ ގުގުމަމުން ދިޔައެވެ. ފަޒާގައި ހިފާފައިވި ފިނީގެ ސަބަބުން އުނދަގޫވެގެން އުޅޭހެން ހީވިއެވެ. ވިލާ ބޯކޮށްފައި އޮތަކަސް ވަޔެއްނުޖެހެއެވެ. އެހެންކަމުން ގަސްތަކުގެ ފަތްތަށްވެސް ފެންނަނީ އާދަޔާ ހިލާފަށް […]
އެ ބޮޑު ސްޓޭޑިއަމް ފުރިފައިވަނީ އެތަށް ހާސް ސަޕޯޓަރުންނެއްގެ ސަބަބުންނެވެ. މުޅި ޖައްވުގައި ގުގުމާލައިފައިވަނީ އެ ސަޕޯޓަރުންގެ އަޑެވެ . ހުދުކުލައިގެ ޖާޒީގައި ގިނަ ސަޕޯޓަރުން ތިބި އިރު ވިލު ނޫ ފާޑުގެ ނޫކުލައެއްގެ ޖާޒީގައި ތިބި ސަޕޯޓަރުންވެސް ތިއްބެވެ espanolviagra.net. ބެނާއާއި އަދިވެސް ސަޕޯޓު ކުރުމަށްޓަކައި އެކި ސާމާނުތަށް ސަޕޯޓަރުން ގެންގުޅެމުން ދެއެވެ. ފޯރި ވަރަށްވެސް ގަދައެވެ. ނަމަވެސް އަދި މެޗު ފެށުމާއި ދޭތެރޭ ވަގުތުކޮޅެއް އޮތެވެ. އެހެން ކަމުން ދެން އަދި މެޗު ފެށުމުން […]
“ހޫމް.. އަހަރެންގެ ހިތް ބާއްވާފަ އާދެވުނީ..” އާލާގެ ހިތުގެ ކަނަކުން ގޮވާލިއެވެ. އާލާ އަނެއްކާވެސް ލަދުވެތި ހިނިތުންވުމަކާއެކު ބޮލުގައި ޖަހާލީ ހިތަށް އަރަމުންދިޔަ އެއްޗެހިންނެވެ. އޭނާގެ ހިތުގައި ފިރިހެން ކުއްޖަކާމެދު ތަފާތު ނަޒަރަކުން ދެކެވުނު މިއީ ފުރަތަމަ ފަހަރު ކަމުން އާލާއަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ބާއްޖަވެރި ރޭގަނޑަކަށް އެދެމުން އަލްވަދާއު ކިޔާފިއެވެ. ދާނިޔަލްވެސް މަޣްރިބް ނަމާދުން އައިސް ގެޔަށް ވަނެވެ. އާލިމާގެ ޚަބަރެއް ނުވުމުން އޭނާވެސް ކޮޓަރިއަށް ވަނީ މިވަގުތު […]
ގާތުގައިހުރި އައިކް ފެނުމުން ޔަނާލްއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އެހެނަސް ދެވަނަ ސިކުންތުގައި އެހިނިތުންވުން ފަނޑުވެގެންދިޔައީ ކުރިމަތީގައި އައިކްގެ އަތުގައި ހިފަހައްޓައިގެން ހުއްޓިހުރި ފިރިހެންމީހާ ފެނިފައެވެ. ބީރަށްޓެހި ގޮތަކަށް ޔަނާލް އެފިރިހެންމީހާގެ މޫނަށް ބަލަމުންދިޔައިރު އަރްޒަންގެ ނަޒަރުވެސްވަނީ ޔަނާލްގެ ދޮންއޮމާން މޫނަށް ހުއްޓިފައެވެ. އަރްޒަންގެ ބެލުމުން އުނދަގޫވެގެން ޔަނާލް އިސްޖަހައިލިއެވެ. އަދި ގާތުގައި ހިނިތުންވެފައި ހުއްޓިހުރި އައިކްއާއި އެއްހަމައަކަށް ތިރިވެލަމުން އައިކްގެ ކޮލުގައި ލޯތްބާއެކުގައި ހިފައިލިއެވެ. ޔަނާލްގެ މިއަމަލުން އައިކްގެ ތުންފަތްމަތީގައި ދުވެލި ލަދުރަކިހިނިތުންވުންފެނި އޭނާއަށް ހެވުނެވެ. “އައިކް […]
“އިޓްސް އޯކޭ. ހާއި. އައި އެމް ޑރ.އިދާން. ނައިސް ޓު މީޓް ޔޫ.” އިދާން އަމިއްލައަށް ތައާރަފްވެލިއެވެ. “ޑރ.އާލިމް އަލަށްތޯ ތި ޖޮއިން ކުރެއްވީ؟ އަޅުގަނޑު މިދަނީ ޕަންޗްއިން ކުރަން. އަޅުގަނޑާއި އެކީ ހިނގާ.” އިދާން މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. އާލިމް ބޯ ޖަހައިލުމަށްފަހު އިދާންގެ ފަހަތުން ހިނގައިގަތެވެ. ޕަންޗްއިން ކުރުމަށްފަހު އިދާން ދިޔައީ ތަނުގެ ތަންތަން އާލިމްއަށް ދައްކައިލާށެވެ. މީގެކުރިން އޭޑީކޭއަށް އާދެވިފައި ހުރިނަމަވެސް އެތަނަށް އެހައި ބޮޑަކަށް އާލިމް ފަރިތަވެފައެއް ނެތެވެ. “މިއީ އިމާރޖެންސީ […]
މައިރީން ދުރުކުރުވަން އުޅުނު އަލްޔާނަށް އެއްލި ކަޅިން ދުރުގައި ބަލަން ހުރި އީން ފެނުމާއެކު ހުއްޓުން އެރިއެވެ. “ހޯލީ ޝިޓް” އަލްޔާން އަށް އެހެން ބުނެވުނީ ބޭ އިޙްތިޔާރުގައެވެ. އީން އާއި ހަތަރު ކަޅި ހަމަވީ ވަގުތު އެދެލޮލުން ފެނުނީ ބުނެދޭން ނޭނގޭ ފަދަ ހުސްކަމެކެވެ. ހުރި ގޮތަށް ހުރެ އަނެއް ފަރާތަށް އެނބުރި ހިނގައިގަތީ ދެލޮލުން ހޯސް ލާފައި ފައިބައިގަތް ކަރުނަ އަލްޔާން އަށް ފޮރުވުމަށެވެ. އީން ދިޔަތަން ފެނުމުން އަލްޔާން އަވަހަށް މައިރީން ގެ އަތް ފޮޅުވާލުމަށް ފަހު ދާން ހިނގައިގަތް ތަނާ މައިރީން އަލްޔާން ގެ ކުރިމައްޗައް އަރާ ހުއްޓުވިއެވެ. ” ވަޓްސް ރޯންގް ބޭބީ…މިހާ ދުވަސް ކޮށްލާފަ ފެނުނީމަ އުފަލެއްވެސް ނުވޭތަ؟” “މައި…އައި ނީޑް ޓު ގޯ..ޕްލީޒް” މައިރީން ދުރުކޮށްލާފައި އަލްޔާން އަވަހަށް ބޭރަށް ނިކުތެވެ. އީން ފެންނަން ނެތުމުން އަލްޔާން އަށް ހަދާނެ ގޮތް ހުސްވިކަހަލައެވެ. ދާންވީ ކޮޅެއް ނޭނގި ބޮލުގައި ދެއަތުން ހިފަހައްޓައި ލެވުނެވެ. އީތަން ސައިކަލުގައި އައިސް މަޑުކޮށްލީ އެވަގުތު އެވެ. “ބްރޯ އަވަހަށް އަރާބަލަ..އީން ދިޔައީ މިއޮތް މަގުން” އިތުރު ސުވާލެއް ނުކޮށް އަލްޔާން އަވަސް އަވަހަށް ސައިކަލަށް އެރިއެވެ. އީން ދިޔަ މަގަކީ އެއްކޮޅައް ދުއްވާ މަގެއްކަމުން ސީދާ އެގޯޅިން ދެވޭ ގޮތެއް ނުވިއެވެ. އަލްޔާން މެން މުޅި އެހިސާބުގައި އެކި ގޯޅި ގޯޅިން ދުއްވިއެވެ. އެކަމަކު އީން އެއް ނުފެނުނެވެ. އެންމެ ފަހުން ގޮސް ޕާރކިން ޒޯން އެއް ކައިރީ މަޑުކުރިތަނާހެން އަލްޔާން އަށް ފެނުނީ އަންހެން ކުއްޖަކު މާ ބާރަށް ހިނގާފައި ގޮސް ގޯޅިން އެޅި ތަނެވެ. އެކުއްޖާ ލައިގެން ހުރީވެސް ހަމަ އީން ލައިގެން ހުރި ކަހަލަ ގަދަ ރަތް ކުލައިގެ ހެދުމެއް ކަމުން އެއީ ހަމަ އީން އޭ ހީކުރެވުނެވެ. އަލްޔާން ވީ އުފަލުން ދުވެފައި ކަހަލަގޮތަކަށް ގޮސް އެކުއްޖާގެ އަތުގައި ހިފައި ގަޔާ ދިމާލަށް އަނބުރާލަމުން އީން އޭ ގޮވާލިއެވެ. […]
ހިތަށްލިބޭ ވޭނަށް އޮތް އެންމެބޮޑު ޝިފާއަކީ ހަނދާންނައްތާލުމައެކު އެލިބޭ ވޭނުގެ އަސްލަކީ ވީކަމަކަށް ނުހެދުމެވެ. ކަރުނައާއި ހިތާމައިގެ ތެރޭގައި ހިތްހަލާކުވެގެން ދިރިއުޅުމުގެ ދަތުރު ކުރިއަކަށް ނުގެންދެވޭނެއެވެ. ދިރިއުޅުން ފުރިފައިވަނީ އެކިކަހަލަ ރަހަތަކުންނެވެ. އެދަތުރުގައި އަޑިގަނޑުތަކާއި އުސްގަނޑުތަށް އަންނާނެއެވެ. ކެތްތެރިވެއްޖެނަމަ ހީކުރިވަރަށްވުރެވެސް ރަނގަޅުކަންތަކާ ކުރިމަތިވާނެއެވެ. ފުވައްމުލަކުގެ އެއާޕޯޓް ވަނީ ފުރާމީހުނާއި އެމީހުންގެ އާއިލާތަކުން ފުރިފައެވެ. ފުރޭތީ އުފާވެފައިވާ މީހުނާއި އެމީހުން ވަކިވެގެންދާތީ ދެރަވެފައިވާ މީހުނެވެ. އެއާޕޯޓްގެ އިމާރާތުގެ ކުރިމަތީ ޖަހާފައިވާ ތަނބުތަކުން ތަނބެއްގައ ލެނގިލައިގެން އެހެންމީހުނާ އެކަހެރިކޮށް އަންހެންކުއްޖަކު […]
“އަހަރެނަށް ކިޔަނީ ފަރީދާ.” ފަރީދާ އަމިއްލައަށް ތަޢާރަފް ވެލިއެވެ.”ނަޢީމާ…އެހީވެދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ..” “އަހަރެން އައިރީން ގޮވައިން ހުރިއިރު އަހާލިން ބައްޕަ ކޮބާހޭ، ބުނީ ނިދާފަ އޭ، ބައްޕަ އަށް ނުގުޅައްޗޭ ، ބައްޕަ ވަރަށް ގޯހޭ، އަބަދު މަންމަ ރޮއްވަނީއޭ.. އިނގޭ މީ ނަޢީމާ ޒާތީ ކަމެއްކަން،އެކަމު އެހާ ވަރުގެ ކުއްޖެ ދޮގު ނުހަދާނެ ކަން އަހަރެން ހިތް ގަބޫލު ކުރޭ. އިނގޭ އަދި ދިމާވިތާ 24ގަޑި އިރު ހަމަ ނުވާކަން ވެސް. އިތުބާރު ކުރަން […]
މެންދުރުގެ ކެއުމަށް އިންސާފު ކުރަމުން ދިޔަ ޒިވާއާއި ޒާއިފްގެ ދެމެދުގައިވީ މަރުފަދަ ހިމޭންކަމެކެވެ. އެ ހަމަހިމޭންކަން ފޫ އަޅުވާލާފައި ރިންގުވާން ފެށީ ޒާއިފްގެ ފޯނެވެ. ގުޅަނީ ޝާއިމްއެވެ. “ހަލޯ؟ މަ މަތިން މިސްވީތަ؟” ޒާއިފް ސަމާސަ ކޮށްލިއެވެ. “ޕިސް ތިއެއް ނޫނޭ…… މަ ބުނީ ވިޝާލް ގުޅިހޭ މިއަދު…. މަ ގެއަށް ދިޔައިރު އާލާ އޮތް ސިޓިންރޫމުގައި ހޭ ނެތިފަ….. ވިޝާލްއެއް ގެއަކު ނެތް….. ގުޅީމަ ފޯނެއް ނުނަގާ…..” އެއްނޭވާއިން އެ ހުރިހާ އެއްޗެއް ކިޔުމަށްފަހު ޒާއިފް […]