މުޅި ހަށިގަނޑު ތެތްމާލި، ރަތްކުލަ އެކުވެފައިވާ ފެނުން ސަލާމަތް ވުމަށް ހަމަ އެންމެ ސިކުންތެއް ވެސް ނިޝާލްއަކަށް ނުލިބުނެވެ. އެހެނަސް ގަސްތަކާއި ނުލައި ލޯ މަރާލަމުން, މޫނު އެއްފަރާތް ކޮށްލެވުނުކަން ނަސީބެކެވެ. އެހެންނޫން ނަމަ އޭގެ އަސަރު ނިޝާލްގެ ލޮލަށް ވެސް ކުރީސްކަން ޔަޤީނެވެ.އިސާހިތަކު ލޯ ހުޅުވާލުމަށްފަހު ކުލަ ފެނުން ތެތް ވެފައިވާ،އޭނާގެ ހުދު ގަމީސް ފޮޅާލުމަށްފަހު، ކުރިމަތީގައި ހުއްޓިގެން ހުރި ޒުވާން، ލޫޅާފަތި އަންހެން ކުއްޖާއަށް ނިޝާލް ބަލާލިއެވެ.ނިޝާލްއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.ނިޝާލް ފަދައިން […]
އާހެނދުނަކާއިއެކު ފެށިގެންއައީ އަޟްޙާ ޢީދުގެ ދެވަނަ ދުވަހެވެ.ޢީދުގެ ފުރަތަމަ ދުވަސް ފަދައިން،މިފެށުނު ދެވަނަ ދުވަހަކީ ވެސް ވައި ބާރު،ކަނޑު ގަދަ ދުވަހެކެވެ. ބޯކޮށް ވާރޭ ނުވެހުނު ކަމުގައި ވިޔަސް ވިއްސާރައިގެ އަސަރު އިންތިހާއަށް އުޑުމަތިން ފެންނަން ހުއްޓެވެ.ކަޅު ވިލާތައް އެކުވެފައި ހުރި ގޮތުން ހީވަނީ ހަމަ ދެންމެދެންމެ ވާރޭ އޮއްސާލަފާނެ ހެންނެވެ.ވައި ބާރު،އުޑުމަތި ބަނަ މި ދުވަހުގެ ހެނދުނު ހަތެއް ޖެހިއިރު މާލޭގެ ބަނދަރުން ފުރައިގެން،ކަނޑުގެ ރާޅާއި ހަނގުރާމަ ކުރަމުން އައިސް،ރަށުގެ ބަނދަރަށް ބީއްސާލި ފެރީ ލޯންޗުގައި […]
ކުއްލިއަކަށް ގޭގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން ވަސީމާ އެ އަޑަށް ސަމާލުކަން ދިނެވެ. އައިސްއަލަމާރިން ނެގި ފެންފުޅި މޭޒުމަތީގައި ބަހައްޓާލުމަށްފަހު ކާގެއިން ނިކުމެ, ހަލުއި ހިނގުމެއްގައި ގޮސް ވަސީމާ ދޮރު ހުޅުވާލިިއެވެ. “އަވަހަށް އާދޭ އެތެރެއަށް…” ދޮރު ހުޅުވާލުުމަށްފަހު, އެތެރެއަށް ވަނުމަށް ދޮރުމަތީީގައި ހުރި ރީޝާއަށްް ހިނިތުން ވުމެއް ރައްދުކޮށްލަމުން ވަސީމާ ބުނެލިއެވެ. ރީޝާގެ އުރުގައި އިން ހަނާޝް ފެނުމުން ވަސީމާގެ ހިތް އުފަލުން ފޮޅިލިއެވެ. “އަވަހަށް އާދޭ މާމަ ގާތަށް…މާމަ މިހުންނަނީ ދަރިފުޅު […]
ހިމޭން މާޙައުލެެކެވެ. ތަރިތަކުގެ ވިދުވަރު ޢައިބުވެފައި ވާއިރު, ތުނި ވިލާތަކުުން ފުރޭނިގެން އައިސްފައި ހުރި ހަނދުގެ އަލިކަން ފެންނަން ހުރީ ވަރަށް ކުޑަ މިންވަރަކަށެވެ. މިލަހަނދުވަރު ދީފައިއޮތް އެރޭގެ އެވަގުތުގައި ދާނިޝްގެ އަތުގައި ހިފަހައްޓައިލަައިގެން ރީޝާ ހުރީ ވަރަށްވެސް އުފަލާއިއެކު ހިނިތުން ވެލައިގެންނެވެ. ރީޝާގެ އެ ހިތްގައިމު ހިނިތުންވުން ވެރިވެފައިވާ މޫނަށް ބަލަހައްޓައިގެން ދާނިޝްވެސް ހުރީ ހިނިތުންވުމާއި އެކުގައެވެ. އެހެނަސް އެ ވަގުތުކޮޅު ވަރަށްވެސް ކުރެވެ. މަޑުމަޑުން ރީޝާގެ އަތް ދުރުކޮށްލުުމަށްފަހު ދާނިޝް ރީޝާއާއި ދުރަށް ހިނގައިގަތެވެ. […]
ރޭދެބައިވާން ހުރީ ހަމައެންމެ ވިއްސަކަށް މިނެޓެެވެ. ނަމަވެސް ވަގުތާއިމެދު ފަރުވާލެއްނެތި, ރޭގަނޑުގެ އަރާމު ނިދިން އެއްކިބާވެހުރެ, ދާނިޝް ވިސްނަމުންދިޔައީ ރީޝާއާއި ދޭތެރޭގައެވެ. ރީޝާއާއި އިޒްހާރުގެ ގުޅުން ދާނިޝްގެ ހިތަށް އަނިޔާދެމުންް ދިއައީ ބަޔާންކުރަން ދަތި މިންވަރަކަށެވެ. އެ ހިތުގެ ހާލު ރީޝާއަށް އިއްވައިދޭން ދާނިޝްގެ ޒަމީރު އެދި ގޮވަމުންދިއެވެ. އެންމެފަހު ސިކުންތާއި ހަމައަށްވެސް އެ ނިކަމެތި ހިތުގެ ފަސާނާ ރީޝާއަށް އިއްވައިދޭން ބޭނުންވެފައިވާކަން ދާނިޝްގެ ހިނިތުންވުުމެއްނެތް މޫނުމަތިން އިންތިހާއަށް ހާމަވާން ހުއްޓެވެ. ކުރެވުނު ކުށްތަކަށް އަދިވެސް ރީޝާ […]
އިރު އޭގެ މަޤާމްގައި ހުރެ ފުރިހަމައަށް ރަސްކަން ކުރަމުން ދިއަ ދުވަހެކެވެ. އޭޭގެ ދޯދިތަކުން ފަޒާތެރެ މިލްކު ކޮށްފައިވާފަދައެވެ. ސިއްރުން ނަމަވެސް އެއަށް ހުރަސް އަޅަން ފުރުސަތެއް ދީފައި ނުވާކަަން, ހަމައެންމެ ވިލާރޮއްޖެއް ވެސް އުޑުމަތީީގައި ނެެތުމުން ހާމަވާން ހުއްޓެވެ. ފެންނަންހުރީ ހަމައެކަނި ވިދަވިދާ ހުރި އިރުގެ ދޯދިތަކެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން އެހެން ދުވަސްތަކާއި ޚިލާފަށް ކާމޭޒުމަތި ތިޔާގި ކޮށްފައި ވަނީ ވަރަށް ފުރިހަމައަށެވެ. ވަރުބަލިވެފައި ވިޔަސް އެކަން ހާމަކުރުމެއްނެތި ރީޝާއާއި އޭނާގެ މަންމަ, ކާތަކެތިން […]
“އަހަރެން ޤަބޫކުރަން އަހަރެންމީ ދޮގުވެރިއެއްކަން…ޝިފްނާ ތީ އަހަރެންގެެ އެންމެ ފުރަތަމަ ލޯބިވެރިޔާ ކަމަށް ބުނެ ދޮގުތަކެއް ހެދިން…ޝިފްނާ ނޫން އެހެން އަންހެން ކުއްޖަކު އަހަރެންގެ ޙަޔާތައް ނާންނަކަމަށް ބުނެެ އަހަރެންގެެ ލޯބީގެ ފަލްސަފާ ޝިފްނާއަށް ސިއްރުކުރިން…” މަޑުމަޑުން އައިސް ޝިފްނާ އާއި ދާދި ކައިރީގައި އިށީންނަމުން, މަޑުމައިތިރި ކަމާއިއެކުު ޝިފްނާގެ އަތުގައި ހިފާލުުމަށްފަހު އަޒީލް ވާހަކަ ދައްކަންފެށިއެވެ. އަޒީލްގެ ފުރަތަމަ ޖުމްލަވެސް ނިންމާލީ ކުށްޤަބޫލުކޮށް އެކަމަށް އިޢުތިރާފް ވާހާލުގައެވެ. އަޒީލްއާއި ޝިފްނާ ވާހަކަ ދައްކާލަން ފުރުސަތުު ދިނުމުގެ […]
“ކޮންކަމެއް ލައިގަނެގެން ތިއުޅެނީ…؟ ދެދުވަސް ވީއިރުވެސް ޚަބަރެއް ނުވެ…ބަލިވީތަ…؟” އަޒީލްގެ ކޮޓަރީީގެ ދޮރުހުޅުވާލާފައި އެތެރެއަށްވަދެ އެނދުގައި އިށީންނަމުން ދާނިޝް އަހާލިއެވެ. އެންމެގާތް އެކުވެރިޔާއާއި ބައްދަލުނުވެ ދެދުވަސް ފާއިތުވެގެން ދިއުމުން ކޮންމެެސް ކަމެއް އަޒީލްއަށް ވެއްޖެކަން ދާނިޝްއަށް ޔަޤީން ކުރެވުނެވެ. “ކީއް ނުވަނީ…މަގޭ ދުވަސް ހިނގައްޖެ…ހުރިހާ ކަމެއް ބަރުުބާދުވެއްޖެ…” ކޮޓަރީގެެ ކުޑަދޮރު ކައިރީގައި ގިނައިރުތަކެއް ވަންދެން ހުރުމަށްފަހު ދާނިޝްއައުމުން އެނދާާއި ދިމާއަށް ހިނގައިގަންނަމުން, ކޮންމެވެސް މިންވަރަކަށް އަޒީލް އޭނާގެ ހާލަތު ބަޔާންކޮޮށްލިއެވެ. އަޒީލް އެބުނި އެއްޗެއް ދާނިޝްއަށް ނަގައިގަންނަން […]
ދަތުރު ނިންމާލުމަށްފަހު ގެއަށް އައިސް ފެންވަރައިލައިގެން ނިކުމެ ޑްރެސިންގ ޓޭބަލް ކުރިމަތީގައި ހުރެ ބޮލުގައި ފުނާއަޅަމުން ގެންދިޔައިރު އެ ދަތުރުގައި ހިނގައިދިޔަ ބައެއްް ކަންތައްތައް ރީޝާގެ ކުރިމަތިން ސިފަވަމުންދިއެވެ. ހަޤީޤަަތް ނޭނގޭޭ އިންސާނަކަށް އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިތުބާރު ކުރެވި ހީސަމާސާކޮށް ހެދުނީތީ ޚުދު ރީޝާވެސް ހައިރާންވިއެވެ. އެއީ ކީއްވެ ކުރެވުނު ކަމެއްބާއޭ ހިތަށްއެރިއިރު އޭގެ ސަބަބުން ނިކުމެދާނެެ ނަތީޖާ އަކާއިމެދު ރީޝާގެ ހިތުގައި ސުވާލު އުފެދުނެވެ. ފުން ޚިޔާލުތަކަކަށް ގެއްލިފައި ހުއްޓައި ކުއްލިއަކަށް ރީޝާގެ […]