ޒިވާން އޭނާގެ ތުންފަތް އަޔާނީގެ ތުންފަތާއި ދިމާކޮށްލި ވަގުތު އަޔާނީ މޫނު އަނބުރާލިއެވެ. ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން ޒިވާން ރުޅިއަންނަ ގޮތްވިއެވެ. އަޔާނީގެ ކޯތާފަތް މަތީގައި ޖަހާލަމުން އޭނާއާ ވީ ދިމާލަށް އަނބުރާލިއެވެ. ޒިވާންގެ ތުންފަތް އަޔާނީގެ ތުންފަތުގައި ޖެހުނު ވަގުތު ދޮރުގައި ވަރަށް ބާރަށް ބަޔަކު ތަޅައިގަތެވެ. އަޔާނީގެ ގައި މަތީގައި އޮތް ޒިވާން ސިއްސައިގެން ދިޔަދިޔައީނުން އެނދުގެ ކަނާތް ފަރާތަށް ވެއްޓުނެވެ. ބެޑު ޝީޓެއް ނެތް އެނދުމަތީގައި އޮތް އަޔާނީވެސްމެއެވެ. ހައިރާންވެ ދެލޯ […]
ފޯނުގެ ސްކްރީނަށް އަރާފައިވި ޔޫހާންގެ ނަން ފެނުމާއެކު އައިލީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އައިލީން އަވަސް އަވަހަށް ފޯނު ނަގައި ހަލޯ އޭ ބުނެލިއެވެ. ” ހަލޯ އައިލީ… ފާޚާނާއިގަ ފްރެޝްވެލަން އުޅުނީމަ އޭރު ފޯނު ނުނެގުނީ… ” އައިލީން ހަލޯ އޭ ބުނެލުމުން ޔޫހާން ވާހަކަ ދެއްކިއެވެ. ” އިޓްސް އޯކޭ… ޔޫހާން… ވާހަކައެއް ދައްކަން ބޭނުން… ”އައިލީން ޖެހިލުންވެފައި ހުރެވެސް ބުނެލިއެވެ. ” އައިލީ… ތިވާހަކަ ދައްކާނީ ފަހުން ދޯ… މިރޭ މާ ލަސްވެއްޖެ… […]
ލޯތްބަކީ ކޮބައިކަން އަހަރެންނައް ވަރައްރަގަޅައް އިނގެއެވެ. ލޯބީގެ ފޮނިމީރުކަން އަރުތެރޭ ނުލިއެއްކަމަކު ލޯބީގެ ފޮނިކަމާ ލޯބީގެ މުހިންމުކަން އަހަރެންނައް އިހުސާސް ކުރެވެއެވެ. އަހަރެންމީ ބަދުނަސީބު މީހެކޭ ބުނާކައް އަހަރެން ބޭނުމެއްނޫނެވެ. ނަމަވެސް އަހަރެންގެ ބާރު ބޮޑުވެފަވާ ސިކުނޑިޔާ ޒަހަމުވެފަވާ ހިތް ބުނަމުންދަނީ އަހަރެންގެ ބަދުނަސީބު ކަމުގެވާހަކައެވެ. ގަބޫލުކުރަން ބޭނުންނޫނަސް އަހަރެންމީ ބަދުނަސީބު މީހެއްކަމައް އަހަރެންގެ ނަފުސުގަބޫލު ކުރެވޭފަހަރު އާދެއެވެ. ސަބަބެއް ނެތިއެއްނޫނެވެ. ދަރިންނައް އެންމެ މުހިންމުވާނީ މައިންބަފައިންގެ ލޯތްބާ އަޅާލުމެވެ.ފިރިހެންދަރިޔެއްނަމަ ބައްޕަގެ އެހީޔާ މަދަދެވެ. އަންހެން ކުއްޖެއްނަމަ […]
ހުދުކުލައިގެ ގަމީހަކާއި ކަނޑު ނޫކުލައިގެ ފަޓުލޫނާއެކު ބެގީކުރުމަށްފަހު ކަޅުކުލައިގެ ދަބަހެއް ކޮނޑުގައި އަޅުވާލައިގެން ފިރިހެންވަންތަ ހިނގުމެއްގައި ޒުވާން ފިރިހެން ކުއްޖަކު ޕޭވްމަންޓަ މަތިން ހިނގާލައިފައި ދިޔައެވެ. ގަމީހުގެ އަތުކުރީ ގޮށް އަޅުވާލައިފައި ވާއިރު އަޅާފައިވައި ޓައީއާއި އެކު ފަށްބޯ ކަޅު އިސްތަށިގަނޑު އެއްފަރާތަކަށް ފުނާ އަޅާލައިފައި ވުމުން ޒުވާނާ އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. އިސްތަށިގަނޑުގެ ފަން ކަމުން ބައެއް އިސްތަށިތައް އޭނާގެ ނިތްމައްޗަށްވެސް ވެރިފައި ހުއްޓެވެ. ބަލައިލައިފި ކޮންމެ އަންހެން ކުއްޖެއްގެ ހިތް ކަތިލާފަދަ ރީތިކަމެއް […]
އަލަން މަޑުމަޑުން ލާނާގެ ޓީޝާޓުގައި ހިފައިލިއެވެ. ވާންމިއުޅެނީ ކީއްކަން ލާނާގެ ސިކުނޑިއަށް ވިސްނޭކަށް ގިނައިރެއް ނުނެގިއެވެ. ލާނާގެ ހަށިގަނޑު ބިރުން ރޫރޫއަޅައިގަތެވެ. ޓީޝާޓުގައި ހިފި އަލަންއަށް މަޑުޖެހުމެއް އައީ ބިރުންތެޅިގަތް ލާނާފެނިފައެވެ. އޭރު އެމޫނުން ފެންނަނީ ހިތްދަތިކަމެވެ. ލާނާގެ ލޮލުން ހޯސްލާފައި ކަރުނަފައިބަމުން ދިޔައެވެ. މަޑު ގިސްލުމެއް އެއަޑުގައި އެކުލެވިގެންވިއެވެ. އަލަން ހިނދުކޮޅަކަށްނަމަވެސް ލާނާގެ މޫނާއި ދުރުވެލިއެވެ. އެމޫނުން އަލަންއަށް ފެންނަނީ މައުސޫމުކަމެވެ. “އަލަން ހެޔޮނުވާނެ އަހަންނަށް ތިހެން ނަހަދާ. އަލަން ބުނިހައި ގޮތެއް ހަދައިގެން އަހަރެން […]
ކާރުގެ ތަޅުދަނޑު ފަތި ތަޅުގައި ޖައްސާލި މިކްޔާލަށް އަޔާނީގެ ހަޅޭކުގެ އަޑު އިވުނެވެ. އެ އަޑުއައިހެން ހީވާ ދިމާލަށް އޭނާ ދުއްވައިގަތެވެ. ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވިއެވެ. އަޔާނީ އަރުވައިގެން ކާރު ދުއްވާލަން ފެށުމުން މިކްޔާލަށް ހޭވެރިކަން ވިއެވެ. އެ ކާރު ފަހަތުން ދިއުމަކީ ކުރެވޭނެ ކަމެއް ނޫންކަން އޭނާގެ ޒަމީރު ބުނުމުން ޖީބުގައި އޮތް ފޯނު ނެގިއެވެ. ކެމެރާ ހުޅުވާލަމުން ފްލޭޝް ލައިޓް އަލިކޮށްލުމަށްފަހު މިކްޔާލް ނަގާލީ ފޮޓޯއެކެވެ. ކަޅު ކުަލައިގެ އެ ޕްރައިވެޓު […]
ސާރާ ބިރުން ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ނަޢުފަލް ފޮނުވައިގެން ކަން ސާރާއަށް އެނގުނު ހިސާބުން ސާރާ ބިރުގަތެވެ. ހަބީބް އަކީ ނަޢުފަލްގެ އެއް އަތޭ ބުންޏަސް ދޮގަކަށް ނުވާނެވެ. ސާރާ އަވަސް ހިނގުމުގައި ޖެހިގެން އޮތް ގޯޅި އަޅާލުމާ އެކު ބާރުގަދަ އަތަކުން ސާރާގެ އަނގަމަތީ އަތް އަޅާ ކައިރީގައި ހުރި ފަޅުގެއަށް ސާރާ ދަމައިގަތެވެ. އެ ބާރުގަދަ އަތް ސާރާގެ އަނގަމަތިން ނެއްޓޭތޯ ކުރަމުން ދިޔަ މަސައްކަތް ބޭކާރުވިއެވެ. ސަލާމަތަށް އެދި ގޮވޭނެ އެއްވެސް ގޮތެއް […]
ޔާނިއުއާ މިހާރު ދިމާވާނެ ކަމަށް އީވާ ބުނުމުން އަނާނީ ކުއްލިއަކަށް ލޫކަސްއާ ކައިވެނި ކުރުމުގެ ޚިޔާލު ބަދަލުވިއެވެ. ކައިވެންޏަށް ދެކޮޅު ހަދަން ހިތް ގޮވަން ފެށިއެވެ. މިހާރު ޔާނިއު އޭނާއަށް އެހީތެރިވެދޭނެ ނޫން ހެއްޔެވެ. އޭރުން މި ބޭކާރު ކައިވެނި ކުރުމުގެ ބޭނުމެއް ނެތެވެ. އަނާނީއަށް މި ޚިޔާލުތަކުން ބޭރު ވެވުނީ މަލީހާ އޭނާއާ ވާހަކަ ދައްކަން ފެށުމުންނެވެ. މޭކަޕް ހަޑި ވެފައި ތިހުރީ ކީއްވެހޭ އަހައިލުމުން އަނާނީ ޖަވާބެއް ނުދީ ހުރުމުން އެތަން ފޫބެއްދީ ލޫކަސްއެވެ. ލޫކަސް ބުނީ އެއޮއް އަވިގަނޑުގައި މާ ގިނައިރު ހުންނަން ޖެހުމުން […]
އާދުވަކަށް އިރުއެރީ އެކިމީހުންގެ ހަޔާތުގާ އެކިކުލަޖައްސަމުންނެވެ. ލޯތްބާއި އުފަލުގަ އުޅޭ މީހުންނާއި ހިތަމަޔާއި ވޭނުގައި އުޅޭމީހުންނެވެ. ޝައިރާއަށް ހިތާމަޔާއި ވޭނުގެ ދުވަސް މާޒީވެގޮސްފިއެވެ. ޝައިރާއަށް އެހިތާމަތައްދިން، ޝައިރާގެ ހިތުގައި ރަސްކަންކުރަމުންއައި ރާއިލްގެނަން ދުވަހެއް ދުވަހަކަށްދަނީ ފަނޑުވަމުންނެވެ. ޝައިރާއަށް އެކަން އެނގުމަކާއިވެސްނުލައެވެ. މީހުން ބުނަނީ ތެދެކެވެ. އިންސާނާގެ ހިތަކީ އެނބުރޭ ވަހުތާނެއްކަހަލަ އެއްޗެކެވެ. އެހެންއެކަން ވާކަންވެސް ނަސީބެއްތާއެވެ. އެނޫންނަމަ މިހާރު ޝައިރާގެ ހާލަކީ ކޮބާކަމެއް ހިތަށްވެސް ނުގެނެވޭނެއެވެ. އިންސާނާގެ ހިތްނޭނބުރޭނަމަ އަދިވެސް ޔަގީނުންވެސް ޝައިރާ ހުންނާނީ އެހިތާމަވެރި ދުނިޔޭގާ […]