ދުވަސްތަށް އޭގެ ހަލުވިމިނުގައި ފާތުވަމުން ދިޔައެވެ. ކޮންމެ ދުވަހެއްގެ ސައްވީސް ގަޑިއިރުގެ ތެރޭގައި އެތަށް ބަޔަކު މި ދުނިޔެއާ ޢަލްވަދާޢުކިޔަމުން ދާއިރު މި ދުނިޔެއަށް މަރުހަބާ ކިޔަމުން ދާ ތުއްތު ކުދިންގެ އަދަދުވެސް މަދެއް ނޫނެވެ. ފާއިތުވެގެން ދާ ކޮންމެ ދުވަހަކުންވެސް ޢިބުރަތް ހާސިލްކުރުން ނޫންކަމެއް އަހަރުމެން އިންސާނުންނަކަށް ނުކުރެވޭނެއެވެ. އެއްބަޔެއްގެ ހަޔާތަށް ޙަރީފު މޫސުން އައިސްފައެެވެ. އަނެއް ބަޔެއްގެ ހަޔާތަށް އައިސްފައިވާ ބަހާރު މޫސުމުގެ ފިނި ރޯޅި ތަކުގެ ތެރޭގައި އެބައިމީހުންގެ އުދުހެމުން ދިޔައެވެ. އުފަލުން […]
“އެއީ މައްސަލައެއް ނޫން ދަރިފުޅާ.. އަލްޙަމްދުލިއްލާހް.. އެ ވަޒީފާ ނުލިބުނަސް ދަރިފުޅަށް އަލުން ތި ލިބުނީ ހަމަ އެ މުސާރަ ލިބޭ އެޔަށްވުރެ މާ ފަސޭހަ ވަޒީފާއެއްނު.. ﷲއަށް ޙަމްދުކުރޭ..” އާލިމާ އޭނާގެ ދަރިފުޅަށް ހިތްވަރު ލައިދެމުން ދިޔައެވެ. އެވަގުތު ދާނިޔަލް އާލިމާ ގައިގައި ބައްދާލަމުން ތިއީ މި ދުނިޔޭގައިވެސް ހުރި އެންމެ ރަނގަޅު މަންމައޭ ބުނެލީ އުފަލުން ހުރެއެވެ. އާލިމާވެސް ހިނިތުންވެލީ އުފާވެފައި ހުރެއެވެ. ކާރުގައި ގެޔަށް އައިސް ވަތް އަރީފް ކާރު ގަރާޖުގައި ބޭއްވުމަށްފަހު […]
ތުރުތުރުއަޅަމުންދިޔަ ހާލު ފަހަތަށް ބަލާލި ޔަނާލްގެ އަނގައިން މަޑު އާހެއް ނުކުމެގެންދިޔައެވެ. އެވަގުތު ބަލާކަށްނުހުރެ އެމީހާ ބެލްޓް ޔަނާލްއާއި ދިމާއަށް މަޅައިލިއެވެ. ނޫނެކޭ ކިޔައި ޔަނާލްއަށް އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެވުނެވެ. ** ** ** ސިއްސައިގެން ގޮސްފައި ޔަނާލަށް ބާރަށް ހަޅޭލަވައި ގަންނަމުން ފުންމައިގެން ތެދުވެވުނެވެ. އޭރު މުޅިމީހާ ހުރީ ދާހިއްލައި ފޯވެފައެވެ. ފަނޑު އަލިކަމެއް ވެރިވެފައިވާ ކޮޓަރިއަށް ވަށައިގެން ޔަނާލް ބަލައިލީ އެއްވެސް މީހެއްގެ ހިލަމެއްވޭތޯއެވެ. މަޑުތުރުތުރެއް ހަށިގަނޑުގައި އުފެދިފައިވީ ނަމަވެސް އެނދުން ތެދުވެ ޔަނާލް […]
ނިޝްޔާގެ އަތުގައި ނުޖެހުމަށް ދުވަމުން ކާކޮޓަރިން ނުކުތް އައިކްގެ ހުނުމުގެ އަޑުވަނީ މުޅިގޭގައި ހަރުލައިފައެވެ. ފަހަތުން ނިޝްޔާވެސް ހެމުން ނުކުތީ އައިކް ހިފެހެއްޓުމުގެ ގޮތުންނެވެ. އެމަންޒަރުބަލަން ކާކޮޓަރީގެ ދޮރުމަތީގައި ހާޝިމާވެސް ހިނިތުންވެފައި ހުއްޓެވެ. ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މާބޮޑެތި ކަންތައްތަކެއް ބަދަލުނުވިނަމަވެސް އެމީހުންގެ ދިރިއުޅުން މިހާރުވަނީ ކުރިއެކޭ އެއްގޮތަށް އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމަކަށް ބަދަލުވެފައެވެ. އައިކްގެ ކަންތައް ގިނަވަގުތު ކޮށްދެނީ ހާޝިމާއެވެ. އެހެނަސް ނިޝްޔާ ގޭގައި އުޅޭ ވަގުތެއްނަމަ ހާޝިމާއަށް ނުޖައްސާ އައިކްގެ ކަންތައް […]
ޔޫހާން ދެ ލޯ މަރާލަމުން އިތުރަށް އައިލީން އޭނަގެ މެޔާއިލާ ބޮނޑިކޮށްލިއެވެ. އައިލީން ގިސްލަ ގިސްލާފައި ރޮމުން ދިޔަ ގޮތުން ޔޫހާންގެ ހިތަށް ދިޔައީ ވަރަށް އަސަރުކުރަމުންނެވެ. ” ޔޫހާން… އައިމް… އައިމް ސޮރީ… އަހަރެން… އަހަރެން ހުރީ ޔޫހާން ގާތު… ހުރިހާ… ހުރިހާ ވާހަކައްވެސް ބުނަން… އެކަމަކު… އެކަމަކު ދިނާޖު… ދިނާޖު ބުނީ ޔޫހާން ގާތު… އޮޅުވައިލައިގެން ވާހަކަތައް ދައްކާނަމޯ… އޭނަ ގުޅީމަ ފޯނުވެސް ނަގަންޖެހޭނެ އޭ ދިނާޖު… ބުނި… އެހެންނޫނީ އޭނަ ޔޫހާން ގާތު […]
އަފްރީންއާއި އަފްރާ ޓެރަހުގައި އަނގަތަޅަން ތިއްބެވެ. އަރްޝާދާއި އައްޒާމްވެސް ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. އަފްރީން ވަނީ އަރްޝާދަށް ހަގީގަތް ކިޔާދީފައެވެ. ހަގީގަތް އެނގުމުން އަރްޝާދް ވަނީ އަފްރާއާއި އައްޒާމްގެ ކިބައިން މާފަށް އެދިފައެވެ. އެ ދުވަހަށް ފަހު އައްޒާމާއި އަރްޝާދްގެ ކުރީގެ އެކުވެރިކަން ވަނީ އިޔާދަވެފައެވެ. “ސަޕްރައިޒް” އެންމެންގެ ނަޒަރު ދޮރާ ދިމާއަށް ހުއްޓުނީ އާރާޝްގެ އަޑު އިވުމުންނެވެ. އާރާޝް ފެނުމުން އަފްރާއަށް އިން ތަނުން ތެދުވެވުނެވެ. އަފްރީނަށްވެސް ވީ ހަމަ އެވަރެވެ. އާރާޝް ދިޔަ ގޮތަށް […]
މެންދުރުއްސުރެ އުޑުމަތި ބައްދަމުންއައި ބޯކަޅު ވިލާތަކުން ވާރޭ އޮއްސައިގަތީ ކުއްލިއަކަށެވެ. އިރެއް އިރަކަށް ޖެހެމުންދިޔަ ވައިރޯޅިވެސް ދިޔައީ ބާރުވަމުންނެވެ. ހީވަނީ ގަސްތައްވެސް މުލުން ލުހެލައިފާނެހެންނެވެ. މުޅި ދުނިޔެ ކަޅު ސާލެއް އޮޅައިލައިގެން އޮތް ފަދައެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ އަނދިރިކަމެވެ. ވެހެމުންދިޔަ ބޯވާރޭގަނޑުގެ ތެރޭގައި ހުއްޓުންއަރައިފައި ސަހަރާގެ ތެރޭގައި އެކަނި އަރްޒަން ހުރީ އެތަނުންދާން ބޭނުންނުވެފައެވެ. ދާނީވެސް ކިހިނަކުންހެއްޔެވެ؟ ދާދި ދެންމެއަކު ކަށުކަމާކެމީގެ ކަންތައް ނިންމައިލުމަށްފަހު ބިމުގެ ތެރެއަށްލައި ފަސްއެލެވުނީ އޭނާގެ އަލަތު ލޯތްބެވެ. އުފަލާއި […]
“ތިއްތަައަށް އިނގޭތަ އަސްލު ސްޓޯރީ؟” އަހަން ނާހަން ހުރެފައި އާރާޝް އެހިއެވެ. އަފްރީން އާއެކޭ ބުނުމުގެ ގޮތުން ބޯޖެހިއެވެ. އަފްރާއާއި އަރްޝާދްގެ ލޯބީގެ ވާހަކަ ކިޔައިދިނުމަށް އާރާޝް އަފްރީން ގާތުން އެދުނެވެ. “ތިއްތަ ކިޔާދިނީމަ ކަމަކު ނުދާނެއްނު. ބައްޕަ ނޫނީ މަންމަ ގާތު އަހާ” “ނޯވޭ. ނުކެރޭނެ އަހާކަށް” އާރާޝް ވަގުތުން އިންކާރު ކުރިއެވެ. އާރާޝާއި މާނީ އާދެސްކުރުމުންވެސް އަފްރީން ނުކިޔާދިނެވެ. އޭނާ އެދުނީ އަފްރާ ނޫނީ އަރްޝާދު ގާތުން އެވާހަކަ ކިޔައިދިނުމަށް އެދުމަށެވެ. ******* އިވާން […]
” ކަލޭގެ ރާނީ އުޅެނީ އެގޭ ސެކަނޑް ފްލޯރ ގަ” އީތަން އެގެއާ ދިމާލަށް އިޝާރާތް ކުރަމުން ބުނެލިއެވެ. “ވަރަށް ކައިރިއަށް އާދެވިއްޖެ އީން…. އައިވިލް މޭކް ޔު މައިން ސޫން” އަލްޔާން ހިނިތުންވެލާފައި އެގެއާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ތޭންކްސް ބްރޯ..ރިއަލީ …އައި އޯ ޔޫ ވަން” އަލްޔާން އުފާވެފައި ހުރި ވަރުން ކައިރީގައި ހުރި އީތަން ގައިގައި ކުޑަކޮށް ބައްދާލާފައި ބުނެލިއެވެ.” ހްމްމް.. ދެން އޯކޭ އޭ..މަ ދެކެ މާ ލޯބިވާ ކަމަށް ހެދޭނެ ކަމެއް ނެތް….އާނ އަދި ބުނަން.. ތި އައްޑޫ ދޮން ދީނި ގެ ފުރިހަމަ ނަމަކީ އައިޝަތު އީން އަޝްރަފް، އުމުރަކީ 19 އަހަރު ބައްޕަ އުޅެނީ ރިސޯޓެއްގެ ވަޒީފާގަ.. މަންމަ އާއި ފިރިހެން ކޮއްކޮ އުޅެނީ ރަށުގަ” އީތަން އޭނަ އެއްކުރި ހުރިހާ މައުލޫމާތެއް އެއްފަހަރާހެން ކިޔާދިނެވެ. ” “އައިޝަތު އީން އަޝްރަފް ވާއު.. ނަން ވެސް އެހާ ލޯބި” އެނަން ކިޔާލަމުން އަލްޔާން ހިނތުންވެލިއެވެ. “ހޭއި އައެމް ސޯ އިންޕްރެސްޑް…ކިހިނެތް ހޯދީ ތި ހުރިހާ މަލޫމާތެއް؟” ހައިރާން ކަމާއެކު އަލްޔާން އީތަން އާ ސުވާލު ކުރީ އޭނާ ހުރިހާ މައުލޫމާތު ހޯދިގޮތް އިނގެން ބޭނުންވާތީއެވެ. އެކަމަކު އީތަން ވަރަށް ފޮނިވެލާފައި ބަލަ މަށަކީ އިންޓެލް އޭޖެންޓެކޭ މަށަށް ނޭނގޭ މީހެއް ،ނުވަތަ ކަމެއް މި މާލެތެރެއަކު ނުހިނގާނެއޭ ބުންޏެވެ. ޝައުގު ވެރިކަމާއެކު ނޯޓްސް ލިޔަން އިން އީން ސިއްސުވާލީ އެއްކަލަ ނުދަންނަ ނަންބަރުން އަނެއްކާ ވެސް ގުޅަން ފެށުމުންނެވެ. އަޖާއިބެކެވެ. އޮޅިގެން މީހަކަށް ގުޅޭނީ ވެސް އެއްފަހަރު ދެފަހަރު ތާއެވެ. އިރު އެރީއްސުރެ މި މީހަކު ގެ ހަމަ ދެވަނަ ކަމެއް ނެތް ފަދައެވެ. އެހެން ކަމުން މި ފަހަރު މީ ކާކުތޯ ބަލަން އީން ޝައުގު ވެރި ވިއެވެ. ގޮނޑި މަތީގައި އޮތް ޝޯލް ނަގާ ބޮލުގައި އޮޅާލަމުން ފޯން ނަގާ ހެލޯ އޭ ބުނަމުން އީން ހިނގައިގަތީ ކޮޓަރިން ނިކުމެވެން ހުރި ބެލްކަންޏާ ދިމާލަށެވެ. “ހެލޯ…” އެކޮޅުން ޖަވާބެއް ނުދިނުމުން އަނެއްކާ ވެސް އީން ބުނެލިއެވެ. އަޅިކުލައިގެ ސްޓްރައިޕް ޓީޝާޓަކާ ޖިންސަކާ ލައިގެން ހުރި އީން ގެ ބޮލުގައި ގަދަ ފެހި ކުލައިގެ ޝޯލް ފަރުވާ ކުޑަ ގޮތަކަށް އޮޅާލާފައި ހުރި އިރު ކަރުގެ ތަންގަޑެއް ފެންނާން ހުއްޓެވެ. ރެއިިލިންގްސް ކައިރީގައި ހުއްޓިލައިގެން ހުރި އީން ކަންފަތުން ފޯން ނަގައި ސްކްރީން އަށް ބަލާލިއެވެ. ފޯން ނުއެއް ކެނޑެއެވެ. އެހެން ކަމުން އަނެއްކާވެސް “ހެލޯ” އޭ ބުނެލިއެވެ. އީން މެންގޭ މަގުގެ އަނެއް ފަރާތުގައި ހުރި ޕާރކިން ގަރާޖުގެ ފާރަށް ލެނގިލައިގެން ފޯން ކަންފަތުގައި ޖަހައިގެން ހުރި އަލްޔާން ގެ ދުލުން ބަސް ހުއްޓިފައިވާ ފަދައެވެ. ބެލްކަނީގައި ހުރި އީން ފެނި އަލްޔާން އަށް ބަލަން ހުރެވުނީ އާޝޯހުވެފައެވެ. “އަޖާއިބެއް!! ވާހަކަ ދައްކަން ބޭނުން ނުވާއިރު ކީއްކުރަން ތިހާ ވަރަށް ގުޅަނީ؟” އީން ގެ އަޑުން އަލްޔާން ސިއްސައިގެން ގޮސް ކުޑަކޮށް ކަރު ކެހިލާފައި ހެލޯ އޭ ބުންޏެވެ. އެއަޑު ކަންފަތުގައި ޖެހުމާއެކު ދަންނަ އަޑެއްހެން އީން އަށް ހީވިއެެވެ. އެކަމަކުވެސް ކާކުހޭ އަހާލީ ޔަގީން ނުވާތީއެވެ. ޖީބަށް އަތް ޖަހާލައިގެން ހުރި އަލްޔާން އެ ސުވާލަށް ޖަވާބު ނުދީ އިޝްގީ ގޮތަކަށް ބަލަން ހުރެ އީން މިހާރު ކިހިނެތް ހޭ އަހާލިއެވެ. އެއަޑުގައި ހިތް ދަމައިގަންނަ ފަދަ ޖާދޫއެއް ވާފަދައެވެ. ހާދަ ފިރިހެން އަޑެކޭ އީން ގެ ހިތަށް އެރިއެވެ. ކުޑައިރުކޮޅަކަށް އީން ވާހަކަ ނުދައްކާ މަޑުކޮށް ލިއެވެ. ހިތުގަ ސުވާލް އުފެދުނެވެ. އެހެން ކަމުންވަގުތުން އެ ސުވާލު ތައް ކުރަން ފެށިއެވެ. ” ކިހިނެތް ބަލިވެ ކަން އިނގުނީ؟ ތިއީ ކާކު؟ ނަންބަރ ހޯދީ ކިހިނެތް؟ ނަން އިނގުނީ ކިހިނެތް؟” އީން ހުރިހާ ސުވާލުތައް އެއްފަހަރާ ހެން […]