Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވީމޭ ސިއްރު ސިއްރުން (19

hattey Level 410 Stories100 Login100 Comments500 Login
August 31, 2018 5 Mins Read
13 Comments

އާހެނދުނަކަށް އަލިވިލިގެންދިއެވެ. ދާނިޝްއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑު އިވުމުންނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވާލަމުން އެނދު ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި އޮތް އޭނާގެ ފޯނަށް ބަލާލިއެވެ. އެހެނަސް އެއަށް ޖަވާބުދޭން ހިތް ނުރުހުންވުމުން އަނެއްކާވެސް ލޯމަރާލީ ކައިރީގައި އޮތް ބާލިސް މޭޭގައި ލައްކޮއްލަަމުންނެވެ. ރޭ ގިނަ ވަގުތު ނުނިދައި ހުރުމުގެ ސަބަބުން ދާނިޝްގެ ލޮލުގައި ރިއްސަމުން ދިޔައިރު އޭގެ އަސަރު ބޮލަށް ވެސް ކުރަމުން ދިއެވެ. ފޯނު ރިންގުވާ އަޑު މެދުނުކެނޑި ހުރުމުން އިތުރަށް އޭނާގެ ބޮލުގައި ރިއްސާލި ކަހަލައެވެ. އެހެންކަމުން ހިތާއި ދެކޮޅަށް ނަމަވެސް އެކަމަށް ޙައްލެއް ގެންނަން އެނދުން ތެދުވެ މޭޒުމަތިިން ފޯނު ނަގައި އޭގެ ސްކްރީންއަށް ނަޒަރު ހިންގާލިއެވެ. “ފަޔާޒް..!” ހިތާހިތުން ދާނިޝްއަށް ބުނެލެވުނެވެ. “މިގަޑީގަ…ކީއްބާވީ..؟” އެވަގުތު ފަޔާޒް ގުޅުމުން ދާނިޝްގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ފޯނު ހިފައިގެން އެނދުގައި އިށީންނަމުން އެ ސުވާލު ތަކަށް ޖަވާބު ހޯދާލަން ފޯނުގެެ ސްކްރީނުން ފެންނަން ހުރި ފެހިކުލައިގެ އަތްގަނޑަަށް އޮބާލިއެވެ. “ހަލޯ…ފަޔާޒް…ކިހިނެއްވީ..؟ހާދަ ނުވަގުތެއްގަ ތި ގުޅާލީ…” ކަންފަތުގައި ފޯނު ޖައްސާލުމަށްފަހު މޭޒުމަތީގައި ހުރިި ގަޑިއަށް ބަލާލަމުން ދާނިޝް ވާހަކަ ދައްކަން ފެށިއެވެ. އޭރު ގަޑިން ހަތެއް ޖަހައި ދިހައެއް ވަނީއެވެ. “މި އުޅެނީ ފުރަންވެގެން…މިހާރު މިހުރީ އެއަރޕޯޓްގަ… އަޒީލްއަށް އަހަރެންގެެ ސަލާން ބުނެދޭތި!” ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އެއްފަހަރާއި ކަހަލަ ގޮތަކަށް ފަޔާޒް ބުނެލިއެވެ. އަދިވެސް ފަޔާޒްގެ ކިޔެވުން ނުނިމޭތީ އޭނާއަށް ޖެހުނީ އަމިއްލަ ވަަތަން ދޫކޮށް އޭޭނާ ކިޔަވަން ހުންނަ ޤައުމަށް އެނބުރި ދާށެވެ. “ހާދަ އަވަހަކަށް ތި ދަނީ…ފަޔާޒް އައިތާ އަދި ހަފްތާއެއް ވެސް ވީކަމެއް ނޭނގެ…މިހާ އަވަހަށް ތި ދަނީ…” ފަޔާޒްގެ އެ ނިންމުމާއިމެދު ދާނިޝް ޝަކުވާ ކޮށްލިއެވެ. “ހަމަ ކުއްލިއަކަށް ދާން ޖެހިގެން މިދަނީ…އަދި ފަހުން ރަނގަޅު ވާނެ…އެކޮޅަށް ގޮސްފަ އަހަރެންް ގުޅާނަން…ދާނިޝްމެން ވެސް ވާނެ ޚަބަރެއް ވެލަން…” ދާނިޝް ކުރި ސުވާލަށް ޖަވާބު ދިނުމަށްފަހު ފަޔާޒް އޭނާގެ ފޯނު ކަންފަތާއި ދުރުކޮށްލީ ފަހަތުގައި ހުރި އޭނާގެ ބޭބެ އޭނާއަށް ގޮވާލުމުންނެވެ. އެހެންކަމުން ދެވަނަފަހަރަށް އަޒީލްއަށް ސަލާން ބުނެދިނުމަށް އެދުުމަށްފަހު ހިތްހެޔޮ ކުރުމަށް ދާނިޝްގާތު އެދެމުން ފޯނު ޖީބަށްލާފައި ބޭބެގެ އެދުމުގެ މަތިން ދަބަސް ރަނގަޅަށް ކޮނޑުގައި އަޅުވާާލާފައި ކުރިއަށް ފަޔާޒް ހިނގައިގަތީ އޭނާގެ މަންޒިލަށް ވާޞިލުވުުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަންތައްކޮށް ނިންމާލުުމަށެވެ. މޭޒުމަތީގައި ފޯނު ބާއްވައިފައި އަނެއްކާވެސް ދާނިޝް އެނދުގައި އޮށޯތެވެ. އިތުރަށް ނިދާނުލައި ސިކުނޑިއަށް ހަމަޖެހުމެއް ނުލިބޭނެކަން ޔަޤީންވާ ހާލުގައި ދާނިޝް އޭނާގެ ލޯ މަރާލިިއެވެ. އޭގެ ބައިގަޑީރު ފަހުން ފަޔާޒް އަރައި ހަމަޖެހިލި ފްލައިޓް ހަވާގެ ތެރެއަށް އުދުހިގަތެވެ.

ކޮޓަރިން ނިކުމެގެން އައިސް ބަދިގެއަށް ރީޝާ ވަންއިރު ޒުލޭޚާ އުޅެނީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައިއެވެ. ހެނދުނު ހެނދުނާ ބަދިގެއަށް ވަދެ ކެއްކުމުގައި މަސްއޫލުވެެގެން އުޅުމަކީ ޒުލޭޚާގެ އާދައަަކަށް ވެފައި ވާއިރު އެކަން އޭނާ ކުރަނީ ހިތްހަމަ ޖެހިލައިގެންް ހުރެއެވެ. މިއަދުވެސް ނިކަން އަވަހަށް ބަދިގެއަށް ވަދެ ރޮށިފިހެެ ނިންްމާލިއެވެ. “ހާދަ މީރު ވަހެއް އެބައަރައޭ…ކޯއްޗެއްތަ މަންމަ ތައްޔާރު ތިކުރަނީ…؟” މޮޅިވެތިކަމެއް ނުވާ ތާޒާކަން މޫނުމަތީގައި ފާޅުވާން ހުރި ހާލުގައި ޒުލޭޚާގެ ކައިރިއަށް ޖެހިލަމުން ރީޝާ އަހާލިއެވެ. ރޮށިފިހެ ނިންމާލުމަށްފަހު ޒުލޭޚާ އުޅުނީ ބަރަބޯ ރިހަ ކައްކަން އުދައިގެންނެވެ. ޒުލޭޚާ ކައްކާ އެއްޗެހި މީރުކަމަށް އަބަދުވެސް ރީޝާ ދަޢުވާ ކުރެއެވެ. އެކަމަށް އަބަދުވެސް ރީޝާ އޭނާގެ މަންމައަށް ތަޢުރީފު ވެސް ކުރެއެވެ. “ބަރަބޯ ރިހަތަ…؟ މަންމަ އަދިވެސް ހަނދާން އެބަހުރި ދޯ އަހަންނަށް އެންމެ ކަމުދަަނީ ބަރަބޯރިހަކަން…” އުދުން މަތީގައި ހުރި ރިހަތެލިން ދުވަމުން އައި މީރުވަސް ނޯށުން އެރެއަށް ދަމާލަމުން ރީޝާ ބުނެލިއެވެ. “އާނ…ދަރިފުޅަށް ކަމުދާ އެއްޗެހި މަންމަގެ ހަނދާނުގަ އެބަހުރި…ދަރިފުޅު ނެތް އިރުވެސް ކޮންމެ ދުވަހަކު ބަދިގެއަށް ވަދެފަ މަންމަގެ ހިތުގަ އޮންނަނީ ދަރިފުޅަށް މީރު އެއްޗެެހި ހަދަން… އެކަމަކު…ކޮއްކޮއަށް މިކަހަލަ ރިހަ ކަމުނުދާތީ ކޮންމެެސް އެހެން އެއްޗެއް ހަދަނީ…މަންމަ ޖެހޭނީ މިއަދު ކޮއްކޮ ގާތު ކޮންމެެސް ބަހަނާއެއް ދައްކަން…އެހެންނޫނީ ޝަކުވާ ކުރާނެ..” ރީޝާ ބުނި ބަހަށް އެއްބަސް ވަމުން ހިނިތުން ވުމަކާއިއެކު ޒުލޭޚާ ވާހަކަ ދައްކަަން ފެށިއެވެ. “ކޮބާ ހަނާޝް…އެސޮރު އެއްޗެއް ކައިފިތަ…؟” ބޮކިޖަހަމުން ކެކިގަތް ރިހަތެލިން ބޯތައްޓަކަށް ރިހަފޮދެއްް އަޅާލަމުން ހަނާޝްގެ ވާހަކަ ޒުލޭޚާ އަހާލިއެވެ. “އާނ…ވަރަށް ފަސޭހަކަމާއިއެކުު ކާއެއްޗެއް ދެވިއްޖެ…މިއައީ ކޮއްކޮގެ ކައިރީގައި ބަހައްޓާފަ…” ޒުލޭޚާކުރި ސުވާލަށް ރީޝާ ޖަވާބުދިނެވެ. “ހަނާޝް އައިފަހުން ކޮއްކޮ އެހުންނަނީ ވަރަށް އުފަލުން…ކޮއްކޮ ބޭނުންވަނީ އަބަދުވެސް އެސޮރުގެ ކައިރީގަ ހުންނަން… ހަނާޝްދެކެ ކޮއްކޮވެސް ހާދަ ލޯތްބެއް ވެޔޭ..” ކާމޭޒުމަތީގައި ރިހަ ބޯތަށި ބަހައްޓާލަމުން, ހަނާޝްގެ ސަބަބުން ރައީޝް ވެސް ހުރީ ނުހަނު ހިތްހަމަ ޖެހިފައި ކަމަށް ޒުލޭޚާ ބުންޏެވެ. އެއިރު ރޮށިތަށި ހުރީ މޭޒުމައްޗަށް އަރުވައިފައެވެ. “އާނ… މިހާރު ދެން ކޮއްކޮ ވެސް އެކަނިވެގެން ފޫހިވެގެން އުޅޭކަށް ނުޖެހޭނެއެއްނު…” މޭޒުދޮށުގައި ހުރި ގޮނޑިއެއް ދަމާލުމަށްފަހު އޭގައި އިށީންނަމުން ރީޝާ ބުނެލިއެވެ. ބަނޑުހައި ވެފައި ހުރުމުގެ ސަބަބުން ރީޝާ ގަސްތު ކުރީ ލަސްނުކޮށް ސައިބޯށެވެ. އެކަން ޒުލޭޚާ ރަނގަޅަށް ދެނެގަތެވެ. އެހެންކަމުން, އައިސްއަލަމާރިން ފެންފުޅިއެއް ނަގައި ބިއްލޫރި ތައްޓަަކަށް ފެންއެޅުމަށްފަހު ރީޝާގެ ކައިރީގައި ބަހައްޓާލިއެވެ. ރީޝާ ސައިބޯންފެށީ އޭގެ ފަހުގައެވެ.

“މިހާރު އަނެއްކާ ކިހިނެއްވީ…؟ ކޮންކަމާ ހިތްހަމަ ނުޖެހިފަ ތިހުރީ…؟” ނިދައި ހޭލިގޮތަށް ފޯނުގައި ހުރެ އަޒީލް ވާހަކަ ދައްކަމުން ދިޔައީ ޝިފްނާ އާއެވެ. ޝިފްނާގެ އަޑު އައިގޮތުން ހިތްހަމަ ނުޖެެހިފައި ހުރިކަން އަޒީލްއަށް ފާހަގަ ކުރެވުނެވެ. “މީހަކު އެއްޗެކޭ ބުނީތަ..؟ ނޫނީ…” ޝިފްނާ ހިމޭނުން ހުރުމުން އަޒީލްގެ ހިތުުގެ ތެޅުން އަވަސްވާން ފެށިއެވެ. އަނެއްކާ މިއަދު ޝިފްނާއަށް ލިބުނީ ކޮން ޚަބަރެއް ބާއޭ އޭނާގެ ހިތަށްއެރިއެެެވެ. “ނޭނގެ ކީއްވެ ކަމެއް…އެކަމަކު…އަޒީލްގެ ވާހަކަތައް މާޝާމެން ޤަބޫލެއް ނުކުރޭ…އަހަރެން އެމީހުން ގާތު އަޒީލް ބުނިގޮތަަށް, ނުހާއާއި އަޒީލްއާއި އެއްވެސް ގުޅުމެއް ނޯންނަކަމަށް ބުނިން…އެކަމަކު…އަޒީލް ހެދީ ހުސް ދޮގުކަމަށް އެމީހުން ބުނި…އަޒީލް އަހަންނަށް އޮޅުވާލީއޭ ބުނި…އެވަގުތު މަށަށް ވީގޮތެއްް ވެސް ނޭނގެ… ރުޅިއައިސްގެން އެމީހުންނާ ދިިމާއަށް އެއްޗެހި ކިޔާލެެވުނު…ދުވަހަކުވެސް ވާހަކަ ނުދައްްކާނެކަމަށް ބުނިން…އެކަމަކު…މިހާރު ވަރަށް ދެރަ އެބަވޭ… ރުޅިއައިސްގެން އެމީހުންނާއި ދިމާއަށް ކިޔުނު އެއްޗެއްވެސް އަހަންނަކަށް ނޭނގެ…މަށަށް މާއަވަހަށް ރުޅި އިސްކުރެެވުނީ…މިހާރު ހިތަށް އެބަ އަރާ އެގޮތަށް ކަންތައް ނުކުރެވުނު ނަމައޭ… އެކަމަކު…” ކަންވީގޮތް ޝިފްނާ އަޒީލްއަށް ކިޔައިދިނެވެ. އަޒީލް ބުނި ފަދައިން އަޒީލްއާއި ނުހާއާއި އެއްވެސް ގުޅުމެއް އެއްވެސް އިރެއްގައި ނުވާކަމަށް މާޝާމެން ގާތު ޝިފްނާ ބުނުމުން އެމީހުން އެކަމާއި ދެކޮޅުހެދިކަމަށް ޝިފްނާ ބުންޏެވެ. އަޒީލްއަށް ފުރިހަމަ އިތުބާރު އޮތްއިރު އެންމެގާތް އެކުވެރިޔާގެ ވާހަކަ ޤަބޫލް ކުރެވެން ނެތުމުން ޝިފްނާގެ ހިތް ނުތަނަވަސް ވެފައިވިއެވެ. އެކަން އޭނާގެ ހިނިތުންވުމެއް ނެތް މޫނުމަތިން ހާމަވާން ހުއްޓެވެ. ޝިފްނާމެންގެ ގުޅުމަށް މާޝާމެން ނުރުހެނީ ކީއްވެބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައީ އަޒީލްއާއި ބެހޭގޮތުން މާޝާމެން ދެއްކި ވާހަކަ އެއްވެސް ވަރަކަށް ޤަބޫލުު ނުކުރެވޭ ހާލުގައެވެ. ވާނީވެސް އެހެންތާއެވެ. ނިކަން ހުޝިޔާރު ކަމާއިއެކުު އަޒީލް ވަނީ މާޝާމެން ދެއްކި ވާހަކަ ދޮގުކޮށްފައެވެ. “އަޅާނުލާ…ފަހުން ހުރިހާކަމެއް ވެސް ރަނގަޅުވާނެ…” އަޒީލްގެ ޚިޔާލު ހުރީ އެކަހަލަ ގޮތަކަށެވެ. އިތުރަށް އެ މަޢުޟޫއަށް ވާހަކަދައްކަން ބުއްދިވެރިއެއް ނޫންްކަން ޔަަޤީންވާހާލު ޙަޤީޤަތް ޝިފްނާއަށް އެނގިދާނެތީ ބިރުވެރިކަން އަޒީލްގެ ހިތް ވަށާލި ހިނދު ކޮންމެެސް އެހެން ވާހަކައެއް ދައްކަންފެށިއެވެ. އޭރުވެސް ބާރުބާރަށް އަޒީލްގެ ހިތް ތެޅެމުންދިއެވެ.

އޭގެ ބައިގަޑީރު ފަހުން ފާޚާނާއަށް ވަދެ ރަނގަޅަށް ފެންވަރައިލައިގެން ނިކުމެ ސައިބޮއެ ނިންމާލުމަށްފަހު ގޭތެރޭގަައި ހުރި ގޮނޑިިއެއްގައިި އިށީންދެލައިގެން ޓީވީއިން ދައްކަމުންދިއަ ޕްރޮގްރާމަަކަށް ގެއްލިފައި އިން އޭނާގެ މަންމަގެ ކައިރީީގައި ކުޑައިރުކޮޅަކު މަޑުކޮށްލުމަަށްފަހު އަޒީލް ގެއިން ނިކުމެ އޭނާގެ ސައިކަލަަށް އަރައި ހަމަޖެހިލިއެވެ. އެއްގަޑި ބައިގައި ވާވު އަތޮޅުގެ ރަށަކަށް ދިއުމަށް ދަތުރެއް ރޭވިފައި ވާތީ އޭނާގެ މަންޒިލަށް ވާޞިލުވުމަށް ސައިކަލް ދުއްވާލިިއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. މަޑުމަޑުން ވައިރޯޅި ވާކަން އިޙްސާސްވާން ހުރިއިރު, މާޙައުލު ވަނީ ހަލަބޮލިވެފައެވެ. ނިކަން ރީއްޗަށް ނަލަހެދިގެން ދެޖިންސުގެ މީހުންނާއި ކުދިންތައް އެ ހިތްގައިމު މާޙައުލަަށް ޖަމާވެފައި ތިއްބެވެ. ބައެއް މީހުން އެތަނުގައި ބަހައްޓާފައި ހުރި ޖޯލިފަތިން ޖާގަ ހޯދަމުން ދިޔައިރު އަނެއްބައިމީހުން ޒާތަކަށް ހަދާފައި ހުރި ހަޓު ތަކުގެ ގޮނޑިިތަކުން ޖާގަ ހޯދިއެވެ. ފެތުރިފައި އޮތް ދޮންވެލިގަނޑުު މަތީގައި ކުޑަކުދިން ދުވެ ހަދަމުން ދިޔައީ އެއްކުއްޖަކު އަނެއް ކުއްޖެއްގެ އަތު ނުޖެހެން އުޅޭކަހަލަ ގޮތަކަށެވެ. ހަމައެހެންމެ އެ ހަރަކާތްތަކާއި އެ މަންޒަރުތައް ބައެއް މީހުންގެ ފޯނު ތަކުގައި ރައްކާ ކުރަމުން ގެންދިއެވެ. ރީޝާ ވެސް ހަޓެއްގެ ތެރޭގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އިނދެ ފެތުރިފައިވާ ދޮންވެލިގަނޑުު މަތީގައި މަޑުމަޑުން ހިނގަމުން ގެންދިއަ ރައީޝްއާއި ހަނާޝްގެ ހަރަކާތްތައް އޭނާގެ ފޯނުގައި ރައްކާކުރަމުން ގެންދިއެވެ. ހަނާޝްގެ އަތުގައި ހިފަހައްޓައިލަައިގެން ހުރެ ފަސްގަނޑުު މައްޗަށް ނުވެއްޓިި ހިނގުމަށް ހަނާޝްއަށް ރައީޝް އެހީތެރިވިއެވެ.

“އެކަނިތަ…؟” ކުޑައިރުކޮޅެެއް ކުރިން ރީޝާ ނެގި ފޮޓޯ ތަކަށް ކަޅިޖަހައި ނުލައި ބަލަން ހުއްޓައި އިނާޔާ އައިސް ރީޝާގެ ކޮނޑުގައި ހިފާލިިއެވެ. “އިނާ ވެސް މިތާނގަތަ…؟” އިނާޔާ ފެނުމުން ލުއި ހިނިތުންވުުމެއް ރީޝާގެ މޫނުމައްޗަށް ވެރިވިއެވެ. “އާނ…ކޮއްކޮ އާދޭސް ކުރާވަރަކުން މިއައީ…” އެތަނުން ހުސް ގޮނޑިިއެއްގައި އިށީންނަމުން އިނާޔާ ބުނެލިއެވެ “އިނާ މިއަދު އޮފީހަކަށް ވެސް ނުދަންތަ…؟” ހައިރާން ވެފައި ރީޝާ އަހާލިއެވެ. “ހުމް…އިއްޔެ ވެސް މިއަދުވެސް ސަލާން ބުނީ…ގޭތެރޭގެ ހާލަތު މިވަގުތު އެހާ ރަނގަޅެއް ނޫން…” ހަޓުގައި ހުރި ވަށް މޭޒުމަތީގައި އަތް ބާއްވާލަމުން އިނާޔާ ބުނެލިއެވެ. “އިއްޔެ ހެނދުނު ހަމަ ކުއްލިއަކަށް މަންމަ ބަލިވެއްޖެ… މަންމަގެ ފައިގެ ހުޅުތަކުގަ ރިއްސާވަރުން ރަނގަޅަށް ނުވެސް ހިނގޭ…ދޮންބެގެ އަންހެނުން ސަމާ ވެސް ވިހައިގެން އަދި މުޅިއަކުން ގަދައެއް ނުވޭ…މީގެ ހަތަރު ދުވަސް ކުރިން ބައްޕަ ގޮވައިގެން ދޮންބެ ވީ އައްޑޫއަށް ގޮސް…އަދިވެސް ބައްޕަގެ ހާލަތު ރަނގަޅެއް ނުވޭ…ވަރަށް ހިތްނުތަނަވަސް ދުވަސްކޮޅެއް މީ…އެހެންވެ ރީޝާ ކައިރިއަށް ވެސް ނުދެވިގެން މިއުޅެނީ…” ޢާއިލާގެ ހާލަތު ހުރިގޮތް ކުޑަގޮތަކަށް އިނާޔާ ރީޝާއަށް ބުނެދިނެވެ. “އިނާ ބައްޕައަށް ކިހިނެއްވީ…؟” އެއްވެސް މަޢުޟޫމާތެއް ލިބިފައި ނުވާހާލުގައި އިނާޔާގެ ބައްޕަ ހަސަނަށް ވީގޮތް ރީޝާ އަހާލިއެވެ. “މިދޭތެރެއަކުން ބައްޕަައަށް ވަރަށް އާދަޔާ ޚިލާފު ގޮތްތަކެއް ވާންފެށި…އެކަނި ހުރެގެން ކޮންމެެސް ކަހަލަ ވާހަކަ ތަކެއް ދައްކާފަ އަމިއްލައަށް ރުޅިގަދަވަަނީ…ދެން ގޭތެރޭގަަ ހުންނަ އެއްޗެހި ހަލާކުކޮޮށް ނުވިތާކަށް އަމިއްލަ އަށް މަރުވާން ވެސް އުޅުނު…ދެރެއަކު ދަންވަރު ގެއިން ވެސް ނިކުމެއްޖެ…ބައްޕައަށް އައި ބަދަލު އިބްރާހިމްބެ ގާތު މަންމަ ބުނީމަ އިބްރާހީމްްބެ ބުނީ ބައްޕަައާާއި ޖިންނި އަވަލީކަމަށް ޝައްކު ކުރެވެޔޭ…އެހެންވެ އަވަހަށް އިބްރާހީމްްބެއަށް ދައްކާލަން އެ ރަށަށް ދިޔައީ…އިބްރާހީމްްބެ އަކީ އެކަހަލަ ކަންކަމުން މީހުން ސަލާމަތް ކުރަން ވަރަށް މޮޅު މީހެއް…އަނެއްހެން ބުނާނަމަ ފަންޑިތަ ހަދާން ވަރަށް މޮޅު މީހެއް…އަނެއްކޮޅުން އެއީ ބައްޕަގެ ގާތް ރައްޓެއްސެއް…” ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ކަންވީގޮތް އިނާޔާ ރީޝާއާއި ޙިއްޞާކޮށްލިއެވެ. ނޭނގި ހުއްޓައި އިނާޔާގެ ބައްޕައަށް އައި ބަދަލުތައް ވަރަށް ތަފުސީލުކޮށް އިނާޔާ ރީޝާއަށް ކިޔައިދިނެވެ. “ދެރަނުވޭ…ﷲ އިރާދަކުރެއްވިިއްޔާ ހުރިހާކަމެއް ވެސް ރަނގަޅުވާނެ…އިނާގެ ބައްޕަ ވެސް މަންމަ ވެސް ރަނގަޅުވާނެ…” އިނާޔާގެ އަތުގައި ހިފާލަމުން ރީޝާ ބުނެލިއެވެ. ރީޝާގެ ދުލުގައި ވީ ހިތްވަރު ދިނުމާއި ހަމްދަރުދީގެ ބަސްތަކެވެ. ގޯސްވެފައިވާ އިނާޔާގެ ޢާއިލާގެ ހާލަތު ﷲގެ ހެޔޮ ރަޙުމަތާާއިއެކު ރަނގަޅުވާނެކަމަށް ބުނެ އިނާޔާއަށް ހިތްވަރުދީ ކެތްތެރި ވުމަށް ނަޞޭޙަތްތެރިވިިއެވެ. އެކަން ހިނިތުންވުމާާއިއެކު ހެޔޮހިތުން އިނާޔާ ބަލައިގަތެެވެ.

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hattey

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ލޯތްބަކީ 10

Next

އިންތިޒާރު 10

Next
August 31, 2018

އިންތިޒާރު 10

Previews
August 31, 2018

ލޯތްބަކީ 10

13 Comments!

  1. GI says:
    August 31, 2018 at 7:08 am

    Haadha kurey

    1. hattey says:
      September 1, 2018 at 8:03 am

      Sorry…

  2. Maya says:
    August 31, 2018 at 3:15 pm

    After a long time.. Hattey kihineh thr.? Haadha dhuvaheh kohfa ey thi up kuri… Bt reethii.. Thankolheh avahah up kohdhehchey plyxx…. ??????

    1. hattey says:
      September 1, 2018 at 11:45 am

      Yeah….hama ok…thank you…?

  3. Hudher says:
    August 31, 2018 at 4:39 pm

    mi part vx v v v v habeys maasha allah whn next part eiii thedheh thankolheh avas koh up kolla dhey thi. luv your stry

    1. hattey says:
      September 1, 2018 at 11:46 am

      Thankss..??…ok…

  4. Maii? says:
    August 31, 2018 at 8:14 pm

    Haatteyy…. haadha dhuvaheh kohlaafa eyy thi up kohlii… vrh reethi mi part ves… ekam ehaa dhigu inthizaareh nukuru vahcheyy…. luv ya❤❤❤

    1. hattey says:
      September 1, 2018 at 11:47 am

      Oh sorry…thanks…ok noted…??

  5. Azuna says:
    August 31, 2018 at 10:48 pm

    V reethi but maa lahun update vany

    1. hattey says:
      September 1, 2018 at 11:50 am

      Thanks….next part avahah up kohleveytho balaanan…

  6. Ainth says:
    September 4, 2018 at 11:36 am

    Mi part ainthakah ehaa reethikamakah nubelevunu faharuga vedhaane aneh part upkollevunu lay thankolheh lasveemakamahves ekamakuves ok

  7. molhey says:
    September 14, 2018 at 7:00 pm

    kobaatha next part…….e part thankolheh avahah up kollaabaa!!!!!

  8. Yaaaa says:
    October 2, 2018 at 12:01 pm

    Kee vgnn tha 14,15,16,17,18 nufennany
    13 ninmaafa dhnn fenuny part 19

Comments are closed.

Next Episodeލޯބި ވީމޭ ސިއްރު ސިއްރުން (20←


All Right Reserved!