ވަރަށް ދިގު މުއްދަތަކަށް ވާހަކަ މެދުކަނޑާލަން ޖެހުނީތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެން… މިވޭތުވިޔެ ދިޔަ ދުވަސްތަކުގައި އަޅުގަނޑުގެ ހާލަތު ހުރި ގޮތުން ވާހަކައިގެ ކޮންމެ އެޕިސޯޑެއް ބަރާބަރަށް ކިޔުން ތެރިންނާ ހަމައަށް ގެނެސްދޭން ނުކުޅެދިފައިވާތީ އެއްކޮށް ހަމައަކަށް އެޅުމުން ވާހަކަ އެއްކޮށް ކިޔުންތެރިންނާ ހަމައަށް ފޯރުކޮށް ދިނުމަށް އަޅުގަނޑު ނިންމައިފިން.. ކުރިންވެސް ވާހަކައަށް ސަމާލުކަން ލިބުން ވަރަށް މިފަހަރުވެސް ކިޔުންތެރިންގެ ކިބައިން ފެންނާނެ ކަމަށް އުންމީދު ކުރަން… “އައިރީން” މިވާހަކަ ވަރަށް އަވަހަށް އަޅުގަނޑު މިސައިޓަށް އަނެއްކާވެސް އަޕްލޯޑް ކުރަން ފަށާނަން.. އަދިވެސް އެއްފަހަރު ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެން…
“އަހަރެނަށް ކިޔަނީ ފަރީދާ.” ފަރީދާ އަމިއްލައަށް ތަޢާރަފް ވެލިއެވެ.”ނަޢީމާ…އެހީވެދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ..” “އަހަރެން އައިރީން ގޮވައިން ހުރިއިރު އަހާލިން ބައްޕަ ކޮބާހޭ، ބުނީ ނިދާފަ އޭ، ބައްޕަ އަށް ނުގުޅައްޗޭ ، ބައްޕަ ވަރަށް ގޯހޭ، އަބަދު މަންމަ ރޮއްވަނީއޭ.. އިނގޭ މީ ނަޢީމާ ޒާތީ ކަމެއްކަން،އެކަމު އެހާ ވަރުގެ ކުއްޖެ ދޮގު ނުހަދާނެ ކަން އަހަރެން ހިތް ގަބޫލު ކުރޭ. އިނގޭ އަދި ދިމާވިތާ 24ގަޑި އިރު ހަމަ ނުވާކަން ވެސް. އިތުބާރު ކުރަން […]
ވަރަށް ވިސްނައިފާ އައިރީނަށްޓަކައި ދެވަނަ ކައިވެންޏެއް ކުރަން އަހަރެން ވިސްނީމެވެ. “މަންމަ ރަނގަޅު މީހެއް ހޯދާ…އަހަރެންގެ އެއްވެސް މައްސަލައެއް ނެތް…އެކަން އަހަރެން ބޭނުމީ އައިރީނަށް އަޅާލާނެ މީހެއް…އަމިއްލަ ދަރިއެއް ފަދައިން ލޯބިދޭނެ މީހެއް…” އަހަރެންގެ ވާހަކަތަކުން މަންމަގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ހީވާކަހަލައެވެ. މަންމަ އެއުޅެނީ މާކުރިންވެސް މީހަކު ހޯދައިންނެވެ. “ސަމީހުއާއި އިންނަން ވީއެއްނު…އޭނަ އައިރީނަށް ވަރަށް ރަނގަޅުވާނެ…ކުރިޔާ ބަލާފަ ކިހާ ބަދަލް ވެއްޖެ؟”މަންމަގެ ބަސްތަކުން އަހަރެން ހުރީ ގަބޫލު ކުރަންވެސް ދަތި ވެފައެވެ.”ނޫން މަންމާ….އަހަރެން ބޭނުމެއް […]
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. އަރީން ސަމީރާގެ ބެލުމުގެ ދަށުގައި ހުއްޓަސް އަބަދުހެން އުޅެނީ އަހަރެމެން ގޭގައެވެ. މިކަމާ އަހަރެންގެ އިތިރުން އާއިލާ އެންމެންވެސް ތިބެނީ ވަރަށް ހިތްހަމަ ޖެހިފައެވެ. އައިރީނަށާއި އަރީނަށް 1 އަހަރު ވީ ދުވަސް ފާހަނގަ ކޮށްލެވުނީ ވަރަށް ކުލަގަދަ ކޮށެވެ. އެރޭ ޕާޓީ ނިންމާލުމުން އައިރީން ނިންދަވާފައި އަހަރެން ދިޔައީ ޓެރެހަށެވެ. ހިއްކަން އަޅުވާފަ ހުރި އެއްޗިހި ނެގުމުގެ ބޭނުމުގައެވެ. އަހަރެން ސިހުނީ ފަހަތުން މީހަކު އަހަރެން ގައިގަ ބައްދާލުމުންނެވެ. އަހަރެން […]
ސަހީމް ބަލަން ހުރީ ޝައްކުގެ ނަޒަރަކުންނެވެ. އަހަރެން ބޯދެފަރާތައް ހޫރުވާލީ ސަހީމް ހިތަށް އެރި އެއްޗެއް އެނގޭ ހާލުއެވެ. ދެން ފެނުނީ ސަހީމް އަހަރެން ގޮސް އެނދުމަތީ ބަހައްޓާލި ތަނެވެ.”އައިމް ސޮރީ…އިނގޭ އެގޮތަށް ރިއެކްޓް ކިރެވުނީމަ ނަމާ ތިހުރީ ހާޓް ވެފަ ކަން…އެކަމް ނަމާ ނަމަވެސް އެހެން ވާނެ އެއްނު ދޯ…އަންޑަސްޓޭންޑްވޭ ދޯ…އެކަމް ވާނެ ޑޮކަށް ދައްކަން…މިގުޅަނީ ފެމިލީ ޑޮކަށް…” ސަހީމް އަޑުގައިވީ އޯގާތެރިކަމެވެ. އަހަރެންވެސް އެއީ މާބޮޑު ކަމެއްނޫނޭ ބުނެ ސަހީމް ހަމައަކަށް އަޅުވާލީމެވެ.ނަމަވެސް އޭނަ […]
އަހަރެން އިނީ ވާހަކަ ފޮތެއް ކިޔަން ބެލްކަނީގައެވެ. މަންމަ އަދި ބައްޕަވެސް ގޭގަ ނެތުމުން އަހަރެން ފޫހި ވެގެން ގޮސް ހަލާކުވާ ވަރުވިއެވެ. ފޯނު ރިންގުވި އަޑަށް ބަލައިލި އިރު ސަހީމެވެ. އަހަރެން ފޯނަށް ޖަވާބު ދިނީ ލުއި ހިނިތުން ވުމަކާއި އެކުއެވެ. ހަމައެވަގުތު ބެލް ޖެހި އަޑަށް ސަހީމް ކައިރި މަޑުކޮށްލުމަށް އެދި އަހަރެން އަވަސްވެގަތީ ދޮރު ހުޅުވާށެވެ. ކުރިމަތީ ހުރި ހާޝިދު ފެނި އަހަރެން ހިތުގައި ސުވާލު އުފެދުނެވެ. ހާޝިދު މިއިން ދުވަހަކުވެސް އެގޮތަށް […]
އަހަންނަށް ސަހީމްދެކެ ލޯބިވެވުނީބާއޭ އަނެއްކާވެސް އަހަރެންގެ ހިތަށް އެރިއެވެ. ނުވާންވީ ސަބަބެއް ނެތެވެ. އަންހެން ކުދިން ބޭނުންވާ ހުރިހާ ސިފައެއް ސަހީމްގެ ކިބައިގައި އެބަހުއްޓެވެ. އަހަރެންނަށް ހިނިތުންވެވުނީ ބޭއިޙްތިޔާރުގައެވެ. ނަމަވެސް އެސްފިޔަޖަހާލާ ހިނދުކޮޅެއްގެ ތެރޭ އަހަރެންގެ ހިނިތުންވުން ފަނޑުވީ އިރުކޮޅެއް ކުރިން ސަހީމް ބުނި އެއްޗެއް ހަނދާން ވެގެންނެވެ. ސަހީމް ލޯބިވަނީ ކާކުދެކެބާއެވެ. އަހަރެން ހިތުގައި އުފެދެމުން ދިޔަ ހައިޖާނުގަނޑު ނޭނގޭ ހާލު ސަހީމް ބުނެލިއެވެ. “އަނެއްކާ ނަމާއަށް ލޯބިވެވުނީތަ؟؟” އަހަރެން އަވަސްއަވަހަށް ދެފަރާތަށް ބޯހުރުވާލީ ނޫނެކޭ […]
ހަމަ އެވަގުތު އަހަރެން ފައިދަށުގައި އޮތް އެއްޗެއްގައި އަޅައިގަނެގެން ނުވެއްޓުނީ ކިރިޔާއެވެ. އަހަރެން ރުޅިވެރި ނަޒަރަކުން ކައިރި ހުރި ޒުވާނާ އާއި ދިމާލަށް ބަލައިލީމެވެ. އެ ޒުވާނާއަށް އަހަރެން ހުރިހެން ހީވެސް ނުވާފަދައެވެ.”ވަޓް ދަ….ކިހިނެއް ވެގެންތަ ތިއުޅެނީ؟؟؟ އަހަރެން މިތާ އުޅޭތީ އުދަނގޫ ވިއްޔާ ރީއްޗަށް ބުނެބަލަ…” އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގަތެވެ. އެޒުވާނާ އެއިން ގޮތަށް އިނދެ އަހަރެންނާ ދިމާލަށް ބަލައިލަމުން ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ. އެ ހިނިތުންވުން ފެނި އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ގައިގެ […]
“ސޮރީ ގަބޫލު ކުރާނީ ޝަރުތެއްގެ މަތިން..” ލީވާން އެހުރި ގޮތަށް ހުރެ ބުނެލިއެވެ.”އައިރީނަށް ދެލޯ ބޮޑުކޮށްފައި ބަލައިލެވުނީ ކުއްލިއަކަށެވެ.”އަނެއްކާ މިމީހާގަނޑު އަހަރެންް ލައްވާ ކީއްކުރަން ހިތުލައިގެން އެހުރީ؟؟” އައިރީން ހިތާހިތުން ބުނެލިއެވެ. “ލުކް މިސްޓާ…އަހަރެން މިތަނަށް މިއައީ ތިމީހާގެ ޝަރުތުތައް އަޑުއަހާ އެކަން ކޮށްދޭކަށް ނޫން…މާޢަފް ކުރުމާ ނުކުރުމާ އެއީ ތިމީހާގެ ކަމެއް…އަހަރެން ކޮންމެހެން ސޮރީ ބުނީވެސް ތިމީހާގެ ރަނގަޅު ކަމަކުން އެހެންނޫނީ ރީތި ކަމުންނާ މުއްސަނދި ކަމަކުންވެސް ނޫން…އެރޭ އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން […]