Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާނުލައި- 11ވަނަބައި

Anha Level 110 Stories100 Comments
August 31, 2018 7 Mins Read
23 Comments

“އައިކާ..” އެ އަންހެންކުއްޖާ ދިޔަދިމާއަށް ބަލަމުން އެ ޒުވާނާ ތަކުރާރު ކޮށްލިއެވެ.

“ދަރިފުޅާ އާލިމް.” އެރައިވަލް ގޭޓުން ނުކުމެގެންއައި ޒުވާނާފެނި އާސިމާ ގޮވައިލިއެވެ. ވަށައިގެންވާ މާހައުލަށް ނަޒަރުހިންގައިލަމުން އާލިމް އަޑުއައި ދިމާލަށް ބަލައިލިއެވެ. އެވަގުތު ދުރުގައި ހުއްޓިލައިގެންތިބި އޭނާގެ މަންމައާއި ބައްޕައާއި ދެކޮއްކޮ ފެނުނެވެ. އާލިމް އައުމާއެކު އަލަންއާއި އާލާ ވަގުތުން އޮޅުލައިގަތެވެ. “ބޭބޭ. ހާދަ މިސްވިއޭ” އާލާ އުފަލުންހުރެ ބުނެލިއެވެ. “އައި މިސްޑް ޔޫ އޯލް ޓޫ.” އާލިމްވެސް އުފަލުންހުރެ ބުންޏެވެ. އާލާއާއި އަލަންއަށްފަހު އާލިމް އައިސް ޝާކިރުއާއި އާސިމާ ގައިގައި ބައްދާލިއެވެ. “މަންމަ މަތިން ވަރަށް ހަނދާންވި” އާސިމާ ގައިގައި ބައްދާލަމުން އާލިމް ބުންޏެވެ. “އެހެމް… ބައްޕަ މަތިން ނުވޭ ދޯ ހަނދާނެއް. ” ކަރުކެހިލަމުން ޝާކިރު ސަމާސާކޮށްލިއެވެ. ޝާކިރުގެ ވާހަކައިވި އެންމެން އެކީގައި ހޭންފެށިއެވެ.

*********************

ގ.ވިނާގައި ދިޔައީ މެންދުރު ކެއުމަށް އިންސާފު ކުރެވެމުންނެވެ. އެކިބާވަތްތަކުގެ ކާތަކެތިން މޭޒުމަތިވަނީ ފުރާލެވިފައެވެ. ދުވަހުގެ މެންދުރު ކެއުން ހާއްސަކޮށްފައިވަނީ އާލިމްއަށެވެ. ހުރިހައި ކާއެއްޗެއް ތައްޔާރުކުރީ އާލިމްއަށް އެންމެ މީރުވާނެހައި އެއްޗަކަށް ބަލައިގެންނެވެ. ޒަމާންގަނޑަކަށްފަހު ގޭގެ އެންމެންއެކީގައި އެއް ސުފުރާއެއްގެ މަތިން ކެވޭތީ އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. “ކޮބާ ދަރިފުޅާ. ވަޒީފާ ކަންތައް ކިހިނެއްއޮތީ؟” ފްރައިޑް ރައިސް ސަމްސަލެއް އަނގަޔަށްލަމުން އާލިމްއަށް އިޝާރާތްކޮށް ޝާކިރު ސުވާލުކޮށްލިއެވެ. “މާދަންނޫން އަނެއް ދުވަހުން ނުކުންނަން ޖެހެނީ. 8 ޖަހާއިރަށް އަންނާށޭ ބުނީ ފުރަތަމަ ދުވަހު..” އާލިމް އުފަލުން އިނދެ ބުންޏެވެ. ޑޮކްޓަރަކަށްވުމަކީ އާލިމް އަބަދުވެސް ދެކެމުންއައި ހުވަފެނެކެވެ. މިއަދު އެ ހުވަފެން ހަގީގަތަކަށް ވީއެވެ. “މިހާރު ލައިސެންސް ކަންތައް ހަމަޖެހުނީތަ ދަރިފުޅާ.” އާސިމާ އަހައިލިއެވެ. “ޔޭސް އެކަން ހަމަޖެހިއްޖެ މިހާރު. މިއީ މިހާރު އޮފިޝަލީ ޑރ ޔޫނުސް އާލިމް ޝާކިރު.” ދެއަތް ހޫރާފައި އާލިމް ބުނިގޮތުން އެންމެން ހޭންފެށިއެވެ.

ކައިނިމިގެން އެންމެން ސޯފާގައި ތިބީ ވާހަކަދައްކާށެވެ. “ކޮބާ އަލަން ކޮންއިރަކު މެރީ ކުރަނީ؟ އަދި ފަހަރި ލޮލަށްވެސް ނުފެނޭ. ކޮންއިރަކުން މީޓް ކުރުވާނި؟” އާލިމް އެއްލޯ މަރާލަމުން އަލަންއާއި ސުވާލުކޮށްލިއެވެ. “ހެހެ.. މާދަން ގެންދާނަން އެގެޔަށް. އަދި ހަނދާން ނެތިފައޭ މިހުރީ. މާދަން ރަންކިޔަން ދާންޖެހޭނެ. ބޭބެ އައިމަ ދާން މަޑުކުރީ. މާދަންރޭ ރަންކިޔުންއޮތީ.” އަލަން ލަދުގަންނަގޮތް ދައްކަމުން ޕްލޭންއޮތް ގޮތް ކިޔައިދިނެވެ. “ދަރިފުޅާ އަލަން. ބައްޕަމެން ބޭނުމީ ރަންކިޔުންވެސް ކުލަގަދަކޮށް ފާހަގަ ކުރަން. ބައްޕަ އޮންނާނެ މިހާރު ހޮޓެލް ޕްލާޒާގެ ޓެރަސް އެއްކޮށް ހިފާފައި. އާލާއަށް އިނގޭނި ތީމްއެއް.” ޝާކިރު އޭނާ ބޭނުންވާގޮތް ހާމަކުރިއެވެ. ޝާކިރުގެ ނިންމުމާއި އަލަންފިޔަވައި އެންމެންވެސް ވަރަށް ހިތްހަމަޖެހުނެވެ. މިކައިވެނި އެހާ ކުލަގަދަކޮށް ކުރާކަށް އަލަން ބޭނުމެއްނޫނެވެ. ލާނާއަށްޓަކައި އެހައިބޮޑު ހަރަދެއްކުރަން ބޭނުންނެތީއެވެ. އެހެންނަމަވެސް އެއީ ނުވާނެ ކަމެއްކަން ހުދު އަލަންއަށް އިނގެއެވެ. ވާނީވެސް އެހެންތާއެވެ. މާލޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާގެ ހަގު ފިރިހެންދަރީގެ ކައިވެންޏެވެ. އަނެއްކޮޅުން ހަމަ އެހައި ކުރީ ސަފުން ގުނައިލެވޭ ވިޔަފާރިވެރިޔާ ހަސީނުގެ ހުރި ހަމައެކަނި ދަރިއެވެ. އެހެންކަމުން މިކައިވެނި ވެގެންދާނީ މާލޭގައި އެންމެ ކުލަގަދަކޮށް ކުރެވޭ އެއް ކައިވެންޏަށެވެ. ވެޑިންގް ޕްލޭނިންގް ކަންތައް ކުރިއަށް ގެންދަނީ އާލާގެ ބެލުމުގެ ދަށުންނެވެ. ތީމްއާއި ކުލަ ކަނޑައަޅަނީވެސް އާލާއެވެ. “ރަންކިޔުން އޮންނާނި މާދަމާ ރޭ 9 ޖަހާއިރު. ތީމް އަކީ ރެޑްކާރޕެޓް.. ޔޫ ކޭން ވެއަރ އެނީތިންގް. އެކަމަކު އޮފިޝަލް ރެޑްކާރޕެޓްއާއި ގުޅޭ ހެދުމަކަށް ވާންވާނެ. ޑެކަރޭޝަންވެސް ހުންނާނި ތީމްއާއި އެއްގޮތަށް. ދޮންބެ ޔޫ ޑޯންޓް ހޭވް ޓު ޑޫ އެނީތިންގް.” އާލާ ރަންކިޔުން ރޭވިފައި ވާގޮތް އެންމެންނަށް ކިޔައިދެމުން ގެންދިޔައެވެ. އަލަން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރެޑްކާރޕެޓްއަކީވެސް ތީމްއެއް ހެއްޔެވެ. އާލާއަށް ކަމެއްކުރަން ހަވާލުކޮށްފިނަމަ ވާނީ މިވަރެވެ. އަލަންއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުން ބޯ ކަހަމުންގޮސް ކޮޓަރިއަށް ވަނެވެ.

ސޯފާގައި ވާހަކަ ދައްކަން އިނުމަށްފަހު އާލިމް ކޮޓަރިއަށް އައީ ވަރުބަލިވެފައި ހުރުމުން ނިދާލާށެވެ. ނަމަވެސް ލޯ މަރާ ކޮންމެ ފަހަރަކު ލޯ ކުރިމައްޗަށް ސިފަވެގެންދަނީ އައިކާގެ މައުސޫމު މޫނެވެ. އާލިމްއަށް ބަލަންހުރި ގޮތެވެ. މިއީ މީގެކުރިން އާލިމްއަށް ވީ ގޮތެއް ނޫނެވެ. މެލޭޝިޔާގައި ކިޔަވަންހުރިއިރު ވަރަށް އަންހެން ކުދިންނާއި އާލިމްއަށް ދިމާވެފައި އެބަ ހުއްޓެވެ. ނަމަވެސް އާލިމްގެ ނިދި ހަރާބުކޮށްލި މިއީ ފުރަތަމަ އަންހެން ކުއްޖާއެވެ. އައިކާ އަދި ފެންނާނެ ނަމައެވެ. ނަމަވެސް މި ބޮޑު މާލެއިން އައިކާ ހޯދާނީ ވަކި ކިހިނެއް ހެއްޔެވެ.؟

*****************************

ކޮޓަރީގައި ލެޕްޓޮޕުން ފިލްމެއް ބަލައިން ލާނާ ފޯނަށް ބަލައިލީ ރިންގުވާން ފެށުމުންނެވެ. އެއްވެސް މީހަކާއި ވާހަކަ ދައްކާހިތް ނެތުމުން ފޯނު ނަގާކަށް ލާނާ ބޭނުމެއްނުވިއެވެ. ނަމަވެސް ހުއްޓާނުލައި 3 ވަނަ ފަހަރަށް ގުޅަން ފެށުމުން ލާނާ އައި ރުޅީގައި ފޯނު ނަގައި ބަލައިލިއެވެ. ގުޅަނީ އަލަންއެވެ. ލާނާ ހިންދިރުވައިލިއެވެ. ކަންތަކާ ޖެހުނީއެވެ. އަނެއްކައި މިޖެހުނީ އަލަންގެ ލެކްޗަރު އަޑުއަހާށެވެ. ލާނާ ފޯނުނެގުމާއިއެކު ހީވީ ބޮމެއް ގޮވިހެންނެވެ. “ކީއްވެތަ ފޯނު ނުނެގިގެން ތިއުޅެނީ. ކަންފަތް ބީރީތަ ރިންގުވާ އަޑު ނީވެނީ.” އަލަން ރުޅިއައިސްފައި ފެށިއެވެ. “ތިއީ މީހަކު ވާހަކަ ދައްކާ ހިތްވާނެ މީހެއްތަ ރިންގުވާއިރަށް ފޯނު ނަގަން.” ލާނާ ފޫހިވެފައި ބުންޏެވެ. “މާ ގަދަވާން އުޅޭނެ ކަމެއްނެތް. މަގޭ ކުރިމަތީގަ އެއްޗެހި ބުނަންޏާ މާ ރީއްޗެއް ނުވާނެ. އަހަރެން މިގުޅީ ލާނާއާއި މާފޮޅުވާކަށް ނޫން. މަންމަ ބުނި މިރޭ ލާނާ މިގެއަށް ގެންނަން. 8.30 ތައްޔާރުވެގެން ހުންނާތި. އަހަރެން ދާނަން ބަލައި.” އަލަންގެ ލޭ ކެކިފައި ބުނިގޮތުން ލާނާގެ ފޫހިކަން އިތުރުވިއެވެ. އަބަދު ހުންނަނީ ރުޅިއައިއްސައެވެ. ގޭގައި އުޅޭ އިރުވެސް އެންމެންނަށް ހަޅޭއްލަވާނީ ކަންނޭނގެއެވެ. ލާނާއަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަލަން ފޯނު ކަނޑައިލިއެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ލާނާ ލެޕްޓޮޕް ލައްޕައިލުމަށްފަހު ތައްޔާރުވާން ދިޔައެވެ.

ގަޑިން ބަރާބަރު 8.30 ވީރު އަލަން ހުރީ ކާރުގައި ލާނާ ބަލައި އައިހެވެ. ކޮޓަރިން ތައްޔާރުވެގެން ނުކުންނަމުން ލާނާ އަލަންއަށް ގުޅާލިއެވެ. “ތިރީގައި މިހުރީ ކަމަނާގެ އިންތިޒާރުގައި. ޖަހާނެ ފުށެއް ޖެހުނިއްޔާ ދެން ފައިބަންވީއެންނު ދޯ.” އަލަން ފޫހިވެފައި ބުންޏެވެ. އަންހެންވެރިން ގޮވައިގެން ތަނަކަށް ދަންޏާ ވާނީ މިކަހަލަ ގޮތެކެވެ. ލާނާ ފޯނު ބޭއްވުމަށްފަހު ފާހިރާ ކައިރީ ދަނީކަމަށްބުނެ ނުކުތެވެ. ތިރިއަށް ފޭބި ލާނާ ފެނި އަލަންގެ ދެބުމަ ގޮށްޖެހުނެވެ. ހުދުކުލައިގެ އޮފްޝޯލްޑާރ ކްރޮޕް ޓޮޕަކާއި ހައި ވެއިސްޓެޑް ނޫކުލައިގެ ޖީންސެއް ލައިގެން ހުންނައިރު ލާނާ ވަރަށް ހިތްގައިމެވެ. ލައިގެންހުރި ޓޮޕްކޮޅުން އެ ދޮން ބަނޑު ފޮރުވެނީ ކިރިޔާއެވެ.  އެ ބުޅި އިސްތަށިގަނޑު ދޫކޮށްލައިފައި ހުރުމުން ވަކިން ރީތިކަމަށް ދައްކައެވެ. ލުއިލުއި މޭކަޕެއްކޮށްފައި ހުރުމުން މޫނަށް ފުރިހަމަކަމެއް ގެނެސްދެއެވެ. ޔަގީނެވެ. ލާނާ ފެންނަ ކޮންމެ މީހަކު މޮޔަވާނެއެވެ. ކީއްވެކަމެއް ނޭނގެއެވެ. އެހެންމީހުންނަށް ލާނާގެ ރީތިކަން ފެންނާނެކަން އިނގޭތީ އަލަންގެ ހިތުގައި ރިއްސައިލިއެވެ. ލާނާއަކީ އަލަންގެ ހައްގެކޭ ހިތަށް އަރަނީ ކީއްވެކަމެއް ނޭނގެއެވެ. މިހިތުގައި އާ ވިންދެއް ޖަހާކަމުގެ އިހުސާސްވަނީ ކީއްވެހެއްޔެވެ.؟

ލާނާ އައުމުން ދިއުމަށްޓަކައި ދެމީހުން ކާރަށްއެރިއެވެ. ކާރަށް އަރައި ހަމަޖެހިލުމަށްފަހު އަލަން ލާނާއަށް ބަލައިލިއެވެ. “އަލަމާރި ފުރެންދެން ހެދުން އޮތްއިރު ތިނޫން އެއްޗެއް ލާން ނޭނގުނީތަ. މަގޭ މަންމަ ކައިރިއަށޭ މިދަނީ.” އަލަން ދެބުމަ ގޮށްޖެހިފައި ބުންޏެވެ. “ކިހިނެއްވީ. އަލަންއަށް މައްސަލައަކަށް ވަނީ. މަންމައަކަށް ނުވާނެ.” ލާނާ މިހެން ބުނުމާއިއެކު އަލަންގެ ރުޅި އިތުރަށް ގަދަވިއެވެ. ބަލާކަށް ނުހުރެ އަލަން ލާނާގެ އަނގަމަތީގައި ހިފިއެވެ. “ހަބަރުދާރު. އަހަރެންނަށް މައްސަލައަކަށްވީމަ މިބުނީ. މަގޭ އަންހެނުންނަށް ލެވޭނި މަ ބުނާ އެއްޗެއް.” އަލަން ހަޅޭއްލަވައިގަތެވެ. ލާނާ ވަގުތުން އަލަންގެ އަތުގައި ބާރަށް ދަތްއެޅިއެވެ. “ލާނަން. އަލަން ކިތަންމެ ރުޅިއަޔަސް އަހަރެން ބޭނުން އެއްޗެއް ލާނި. އިވިއްޖެތަ. ” ލާނާ ބަދަލުގައި ބުންޏެވެ. މިހިތްވަރު ލާނާއަށް ލިބުނީ ކިހިނެއްކަމެއް ހުދު ލާނާއަކަށްވެސް ނޭނގެއެވެ. ލާނާގެ މިއަމަލުން އަލަންއަށް ސިހިފައި ބަލަން އިނދެވުނީއެވެ. ރުޅިއައިސްގެން ކަމެއްކުރަން ހިތަށްއެރި ނަމަވެސް ތަނުގެ ނާޒުކުކަމުން ނުކުރީއެވެ. މިކަމުގެ އަދަބު ލާނާއަށް އަދި ލިބޭނެއެވެ. އަލަން ބާރު ބާރަށް ކާރު ދުއްވައިލިއެވެ.

ކާރު ޕާކު ކުރުމަށްފަހު ލާނާ ގޮވައިގެން އަލަން މައްޗަށް އެރިއެވެ. ގެއަށްވަތް ލާނާއާއި އަލަންފެނި އާސިމާގެ މޫނުމަތި އުޖާލާވިއެވެ. “އަހާނ ދަރިފުޅުމެން އައީތަ. އާދޭ އިށީނދޭ. ދަރިފުޅާ އަލަން. ދޭބަލަ ބޭބެ ގޮވައިގެން އަންނަން. ލާލާ ނުފެނިގެން ބޭބެ އުޅުނެންނު. ” ލާނާގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަމުން އާސިމާ ވާހަކަ ދެއްކިއެވެ.  “މަ..މަންމަ.. ކަމަކުތަ މިރޭ އަންނަން ބުނީ. “ނުކެރިފައި އިނދެ ލާނާ ސުވާލުކުރިއެވެ. “އާނ. މާދަންރޭ އޮންނަ ރަންކިޔުމަށް ލާލާގެ ހެދުން ފަހަންވެގެން. މަންމަ އަމިއްލައަށް ލާލާގެ ހެދުން ފަހަން ބޭނުމީ. އެހެންވެ އަލަންކައިރީ ބުނީ ދަރިފުޅު ގޮވައިގެން އަންނަން މިންނަގަންވެގެން. ” އާސިމާގެ ވާހަކަ އިވިފައި ލާނާ އަށް ވާނުވާ އޮޅުނެވެ. ރަންކިޔަން ގޭގައި އެހައި ވަރުން ހެދުން ފަހައިގެން ލަނީ ކީއްކުރަންތޯ ލާނާ ސުވާލުކުރިއެވެ. އާސިމާ ހީކުރީ ލާނާއަށް ރަންކިޔަން ހަފްލާއެއް ބާއްވާކަން އެނގިފައިއޮތްކަމަށެވެ. ލާނާއަށް ނޭނގުމުން ރަންކިޔުން ރޭވިފައިއޮތްގޮތުގެ ކުރު ހުލާސާއެއް އާސިމާ ދިނެވެ. އާސިމާގެ ވާހަކަ އިވިފައި ލާނާގެ މޭނުބައިވި ކަހަލައެވެ. މިއީ އާދައިގެ ގޮތަކަށް ދާނެ ކައިވެންޏެއް ނޫންކަން ލާނާއަށް އިނގުނެވެ. ލާނާގެ ގައިން މިން ނެގުމަށްފަހު އާސިމާ ދިޔައީ ހެދުމުގެ ޑިޒައިންތައް ލާނާއަށް ދައްކަމުންނެވެ.

“ވާއު. އަހަރުމެންނަށް މިހައި ރީތި ފަހަރިއެއް ލިބެން އުޅޭކަމެއް ނޭނގެ ކުރިންނެއް.” ކައިރީގައި ހުއްޓިގެންހުރެ އާލިމް ވާހަކަ ދެއްކުމުން ލާނާ ސިހިފައި ބަލައިލިއެވެ. “ހާއި. އައިއެމް އާލިމް. މައްސަލައެއްނެތް އާލިމް ކިޔަސް. ބޭބެ ކިޔަސް އޯކޭ ހަމަ. ކީކޭތަ ފަހަރިއަށް ކިޔަންވީ.” އާލިމް ހެވިފައި ސަލާމަށް އަތްދިއްކޮށްލިއެވެ. “ހާއި. ލާނާ. ލާލާ ކިޔަސް މައްސަލައެއްނެތް. ” ލަދުންއޮޅެމުން ލާނާ ބުނިގޮތުން އަލަން ގާތަށް ހިނިއައެވެ. އޭރު ލާނާގެ މޫނަށްހުރީ ލަދުންގޮސް ޖަންބުކުލަ އަރައިފައެވެ. “އޯކޭ. ލާލާ. ވަރަށް ބޯހަރު ވާނެ އިނގޭ އަލަން. މާ އުނދަގޫ ކުރަންޏާ ބޭބެ ކައިރީ ބުނޭ. އޭރަށް ސައިޒު ކުރާނަން.” އާލިމްގެ އެންމެންނާއި ގުޅޭ މިޒާޖުފެނި ލާނާގެ ހާސްކަންފިލައި ހަމަޖެހުނެވެ. އަލަންއާއި އާލިމް ހާދަ ތަފާތެވެ. އާލިމްގެ އެއްވެސް ބޮޑާކަމެއް ނެތެވެ. އެންމެންނާއި ގުޅެއެވެ. ދެންހުރީ އޭގެ އިދިކޮޅެވެ. ބޮޑާކަމުގެވެސް އިންތިހާއޭ ލާނާގެ ހިތަށް އެރިއެވެ. އަމިއްލައަށް އަމިއްލަ މީހާ ފެނިފައެވެ. އާލިމްއާއި ޖެހިގެންއިން އަލަންފެނި ލާނާ ތުންއަނބުރައިލިއެވެ.

ހެދުން ފެހުމަށް މިންދިނުމަށްފަހު ލާނާ ގެޔަށްއައީ އަލަންއާއި އެކީގައެވެ. އައި މަގުމަތީގައި މާގިނަ ވާހަކައެއް ނުދެކެވެއެވެ. ގެއަށް އައިސް އެއްޗެހި ބަދަލުކޮށްލުމަށްފަހު ލާނާ ނިދަން އޮށޯވެލިއެވެ. މާދަމާއަކީ ބޮޑުދުވަހެކެވެ. އެހެންމީހެއްގެ ހައްގަކަށް ވުމަށްޓަކައި ރަންކިޔޭދުވަހެވެ. މިއީ ލާނާވެސް ދެކެން ބޭނުންވި ދުވަހެކެވެ. ނަމަވެސް އިދާންގެ އަނބަކަތް ވުމައްޓަކައެވެ. ތަގުދީރުގެ ނިންމުން ކިހައި ހެއްވާހެއްޔެވެ. ލާނާ ބޯ އަޅައިގެންއޮތް ބާލިސް ތެމެމުންދިޔައީ ލޮލުން ވެއްޓެމުންދިޔަ ހޫނު ކަރުނައިންނެވެ. އިދާންގެ ހަބަރެއް ނުވިޔަސް އެހަނދާން ނުވާ އެންމެ ދުވަހެއްވެސް ލާނާއަކަށް ނުދެއެވެ. ފޯނުންނާއި ލެޕްޓޮޕުން އަބަދުހެން ބެލެނީ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތަކެވެ. ފޯނު ނެގޭ ކޮންމެ ފަހަރަކު ކިޔެނީ ދެމީހުންގެ ކޮންވަޒޭޝަންތަކެވެ. ކިތަންމެ ފަހަރަކު ފޯނުނަގައި ގުޅާލަން ހިތަށް އަރައެވެ. އެއަޑު އަހާލައި ހިތުންނެވެ. ހާލު ބަލައިލާ ހިތުންނެވެ. އިދާންގެ ހަނދާންވާ ކޮންމެފަހަރަކު ލާނާއަށް ރޮވެއެވެ. ކޮންމެ ގޮތެއްވިނަމަވެސް ލާނާ ބޭނުންވަނީ އިދާން އުފަލުގައި ހެޔޮ ސަލާމަތުން ހުންނާށެވެ.

‘ހެޔޮހާލުގައި ކަލާ ތިހެން، ހިނިތުންވެފައި ހުރޭ’

ލާނާއަށް ނިދުނީވެސް ރޯންއޮއްވައެވެ.

***************************

ގަޑިން ރޭގަނޑު 8 ޖެހީއެވެ. ރަންކިޔަން ދިޔުމަށްޓަކައި ލާނާ ތައްޔާރުވަމުން ދިޔައެވެ. ހިތުގައި ގާ ގަނޑެއް ބާއްވައިގެންނެވެ. ފެންވަރައިގެން ލާނާ އިނީ ރެޝްމާ ހެދުން އިސްތިރިކޮށްގެން ގެންނަންދެންނެވެ. އެއީ އާސިމާ ފަހައިދިން ހެދުމެވެ. ހެދުންފަހައި ނިންމުމަށްފަހު އާސިމާގެ އެދުމުގެމަތިން އެހެދުން ގެނެސްދިނީ އާލިމްއެވެ. ރެޝްމާ އިސްތިރިކޮށްގެން ހެދުން ގެނެސްދިނުމުން ލާނާ އެހެދުންލިއެވެ. އެއީ ފަޔާއި ހަމަޔަށް ފަހާފައިވާ އަތްދިގު މެކްސީއެކެވެ. މެރޫންކުލައިގެ އެ މެކްސީ ވަނީ ލާނާގެ ގަޔަށް ފިޓްކޮށް ފަހާފައެވެ. ލާނާގެ އެ ދޮން ހަށިގަނޑާ އެހެދުން ވަރަށްގުޅެއެވެ. ލުއި މޭކަޕެއްކޮށްލުމަށްފަހު ލާނާ ބޮލުގެ މެދަށް ހުޅިއެއް ޖަހައިލިއެވެ. ކަންފަތާއި ދިމާލުން ކުޑަ އިސްތަށިކޮޅެއް ވައްޓާލައިފައި އިނުމުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ލާނާ ފަހުފަހަރަށް ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލަމުން ގަޔަށް ސެންޓު ބުރުވައިލިއެވެ. އަދި މެރޫން ކުލައިގެ ހައިހީލްއަށް އަރަމުން ކޮޓަރިންނުކުތެވެ.

ކޮޓަރިން ނުކުތް ލާނާފެނި ފާހިރާއާއި ހަސީނުގެ ލޮލުން ކަރުނަހިލުނެވެ. އެދަރިފުޅު އެހައިވެސް ލޯތްބެވެ. ދަރިފުޅު ބޮޑުވެއްޖެކަމުގެ އިހުސާސް ހަސީނަށް ފުރަތަމަ ފަހަރަށް ކުރެވުނެވެ. “ބައްޕަގެ ލާލާ ހާދަ ރީއްޗޭ” ހަސީނު ލޯބިން ލާނާ ގައިގައި ބައްދާލިއެވެ. ފާހިރާވެސް ލާނާގެ ބޮލުގައި ފިރުމައިލިއެވެ. ވަގުތު ކުޑަތަންވާތީ ތިންމައިން ގެއިން ނުކުތީ ހޮޓެލް ޕްލާޒާއަށް ދިޔުމަށެވެ. ކާރުގޮސް މަޑުކޮށްލީ ހޮޓެލް ޕްލާޒާ ދޮރުމައްޗަށެވެ. އޭރު ޝާކިރުގެ އާއިލާ ވަންނަ ދޮރުގެ ކުރިމަތީގައި ލާނާގެ އިންތިޒާރުގައި ތިއްބެވެ. އަލަންގެ ދެ ލޯ ހޯދަމުން ދިޔައީ ލާނާއެވެ. އެންމެ ފުރަތަމަ ކާރުން ފޭބީ ހަސީނުއެވެ. ހަސީނު ފޭބުމަށްފަހު ފާހިރާ ފޭބިއެވެ. އެއަށްފަހު ހަސީނު އަތްދިއްކޮށްލީ ކާރުތެރޭގައި އިން ލާނާއަށެވެ. ހަސީނު ދިއްކޮށްލި އަތުގައި ހިފަމުން ލާނާ ކާރުން ފޭބިއެވެ. ކާރުން ފޭބި ލާނާ ފެނިފައި އާޝޯހުވެފައި އަލަންގެ އަނގަ ހުޅުވުނެވެ. މެރޫން ކުލައިގެ ގަޔަށް ފިޓްކޮށް ފަހާފައިހުރި  އަތްދިގު މެކްސީގައި ލާނާ ވަރަށް ރީއްޗެވެ. ހެދުމުގެ ތިރިން އިނީ ފައިފެންނާނެހެން ކަކުލާއި ހަމަޔަށް ފަޅާލައިފައެވެ. އެހެންކަމުން އެދޮންފައި އޮތީ ފެންނާށެވެ. ލުއި މޭކަޕަކާއި އެކު ބޮލުގެ މެދަށް ހުޅިއެއް ޖަހާފައި އިނުމުން ރީތިކަން އިތުރުކޮށްދެއެވެ. “އަނގަޔަށް މެއްސެއް ވަދެފާނެ.” އާލިމް ގަސްތުގައި އަލަންއާއި ދިމާކޮށްލިއެވެ. “ވާއު. ޝީ އިސް ދަ މޮސްޓް ބިއުޓިފުލް އޮފް އޯލް. އޭމް އައި ރައިޓް؟” އާޝޯހުވެފައި އަލަން އެހިގޮތުން އާލާއާއި އާލިމް އެއްފަހަރައި ހޭންފެށިއެވެ. ދެމީހުންގެ ހުނުމުގެ އަޑުއިވި އަލަންއަށް ހަމަ ބިމަށް ފޭބުނެވެ. އޭރު އާލާއާއި އާލިމް ތިބީ ހީހީފައި އަލަންއަށް ބަލާށެވެ. “ވާއު. ދޮންބެ އިން ލަވް.” އާލާވެސް އަލަންއާއި ދިމާކޮށްލިއެވެ. އަލަން ނުވާކަމަށް ހެދެމުން އެހެން ދިމާލަކަށް މޫނު އަނބުރައިލިއެވެ.

ހޮޓަލަށް ވަންނަދޮރާ ދިމާލުގައި އޮތީ ރެޑްކާރޕެޓް އަޅައިފައެވެ. ފަރިހިނގުމުގައި ބައްޕަގެ އަތުގައި ހިފައިގެން އައި ލާނާގެ ލޮލުގައި ހުއްޓިލައިގެންހުރި އަލަން އަޅައިގަތެވެ. ކޯޓު ފަޓުލޫނުގައި އަލަން ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. އަލަންއާއި ޖެހިގެން ހުރި އާލިމްވެސް ހުރީ ކޯޓާއި ފަޓުލޫނުގައެވެ. އާލާހުރީ ނޫކުލައިގެ މެކްސީއެއްގައެވެ. އެންމެންވެސް މިރޭ ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ހަސީނުގެ އަތުގައި ހިފައިގެންހުރެ ލާނާ އެތެރެއަށް ވަންނަން ދިޔައެވެ. ހޮޓެލްގެ އެންމެ މަތީ ޓެރަސް ވަނީ ރަންކިޔުމުގެ ހަފްލާއަށް ހާއްސަކުރެވިފައެވެ. މުޅިތަންވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައެވެ. މާމަލުންނާއި ބޮކިފަތިން މުޅިތަންވަނީ ޖަރީކުރެވިފައެވެ. ރަންކިޔުމަށްޓަކައި އެކަމަށް ހާއްސަކުރެވިފައިވާ މޭޒުދޮށުގައި އެންމެން އިށީނެވެ. ހެކިވެރިޔަކަށްތިބީ ހުޒާމްއާއި ޝާކިރުގެ އެކުވެރިއެކެވެ.

ރަންކިޔުން ނިމި އެންމެން ދިޔައީ ކެއުމައިގެން އަވަދިނެތިއެވެ. ލާނާ ރަންކީ 3010 ރުފިޔާއަށެވެ. އެއީ ކިހިނެއް ހާއްސަވީ އަދަދެއް ކަމެއްވެސް ނޭނގެއެވެ.ބޯ ހާސްވެފައި އިން ވަރުން އެގަޑީގައި ބޮލަށްއައި އަދަދެވެ. ރަންކިޔުމަށްފަހު އަލަންމެން ތިބީ ފޮޓޯ ނަގާށެވެ. އެވަގުތު ކޯކް ތައްޓެއް ބޯންއިން ލާނާއަށް އާލިމް ގޮވިއެވެ. “ލާލާ އާދޭ ކަޕުލް ފޮޓޯއެއް ނަގަން.” އާލިމްގެ އެދުމުގެ މަތިން ލާނާ އައިސް އަލަންގެ ކައިރީގައި ހުއްޓިލިއެވެ. ލާނާ އައުމުން އަލަން ވަގުތުން ލާނާގެ އުނަގަނޑުގައި އަތްއަޅުވައިލިއެވެ.މިކަމުން އުނދަގޫވިނަމަވެސް ލާނާ އެއްޗެއް ނުބުނެ ހުރީ އާލިމް ހުރީމައެވެ. ލާނާއަށް ބަލާފައި އިތުރު ކަމެއް އަލަންއަކަށް ނުވެއެވެ. މިކަންތައް ފާހަގަ ވުމުން އާލިމް ފޮޓޯގްރަފާރ ލައްވައި ފޮޓޯއެއްނެގިއެވެ. ފޮޓޯއަށް ފްލޭޝްކެނޑުންއިރު ލާނާހުރީ ހެވިފައެވެ. ނަމަވެސް އަލަންހުރީ އާޝޯހުވެފައި ލާނާގެ މޫނަށް ބަލާށެވެ. އެހެންކަމުން އާލިމްއަށް މި ފޮޓޯ ވަރަށް ރޮމޭންޓިކްވިއެވެ. ވާވަރަށް ފޮޓޯ ނަގައި ނިމުމުން ލާނާ ވަގުތުން އަލަންގެ އަތް ފޮޅުވައިލިއެވެ. “އައްދޭ.. ހާދަ ވަރެއް ތިވަނީ. “އަލަން ބޭނުންވީ ލާނާ ރުޅިއަރުވައިލާށެވެ. “ގައިގަ އަތްނުލާ ހުރެބަލަ. އަދިވެސް ކުރެވޭވަރު ކުޑައީތަ. ވަރަށް ފޫހިވޭ” މީހުންނަށް ނޭނގޭނެހެން ލާނާ ބުންޏެވެ. އަލަން ގާތަށް އައީ ނުލަފާ ހިންޏެކެވެ. “ކިތަންމެ ފޫހިވިޔަސް މި ފޫހި މީހައާއި އިންނަން ރަންކިޔާފަ ތިޔައީ.” އަލަން އިތުރަށް ލާނާ ރުޅިއަރުވައިލިއެވެ. އަލަންއާއި ދިމާލަށް ލޯ އަޅާލަމުން ލާނާ ދާން ހިނގައިގަތެވެ.

ހަފްލާގެ ބާކީއޮތްބައިވެސް ދިޔައީ މިކަހަލަ ގޮތަކަށެވެ. އެންމެން ކައިގެން އާއިލީ ފޮޓޯ ނެގުމުގައެވެ. އަލަންއަށް ކުރެވުންހައި ޖެއްސުމެއް ލާނާއަށް ކުރިއެވެ. އެންމެން އެކީ ހީތް ސަކަރާތްޖެހިއެވެ. 11 ޖަހަން ކައިރިވުމުން ހަފްލާ ކުރުކޮށްލުމަށްފަހު އެންމެން ގެޔަށް ދިޔައެވެ.

*****************************

“ދަރިފުޅާ ސައިނުބޮއެތަ ދަނީ ޑިއުޓީއަށް.” އަވަސްއަރުވާލައިފައި ބޫޓަށް އަރަމުންދިޔަ އާލިމްއަށް އިޝާރާތްކޮށް އާސިމާ އަހައިލިއެވެ. އޭރު ގަޑިން ހެނދުނު 7.40 ވީއެވެ. އަށެއް ޖެހުމުގެ ކުރިން އާލިމް ޑިއުޓިއަށް ދާން ޖެހޭނެއެވެ. މިއަދަކީ އާލިމް ޑިއުޓީއަށް ނުކުންނަ ފުރަތަމަ ދުވަހެވެ. “މަންމާ ގަޑިއެއް ނެތް. ފުރަތަމަ ދުވަހުވެސް ގަޑި ކަންނޭނގެ ޖެހޭނި. ދެން ދަނީ.” ސައިބޯނެ ގަޑި ނެތުމުން އާލިމް އަވަހަށް ގެއިން ނުކުތެވެ. ގަރާޖުން ކާރު ނެރެންއުޅެފިނަމަ ގިނައިރުވާނެތީ އާލިމް ނިންމީ ސައިކަލުގައި ދާށެވެ. ހެނދުނު ވަގުތު ކަމުން ޓްރެފިކްގެ އުނދަގުލެއް ނުޖެހި ލަހެއްނުވެ އޭޑީކޭއަށް ފޯރިއެވެ. އޭރު އަދި ގަޑި ޖެހެން 10 މިނަޓް ހުއްޓެވެ. ސައިކަލު ޕާރކު ކުރުމަށްފަހު ދުވެފައި ކަހަލަ ގޮތަކަށް އާލިމް ދިޔައީ ޕަންޗްއިން ކުރާށެވެ. އެވަގުތު އޭޑީކޭ ތެރެއަށް ވަދެގެންއައި އާލިމް މީހެއްގެ ގައިގައި ލައިގަތެވެ. އެމީހާއަށް ބަލައިލުމުން އާލިމްއަށް އެއީ އޭޑީކޭގެ ސްޓާފެއްކަން އިނގުނީ ސްޓާފެއްކަން އަންގައިދޭ ކާޑު ކަރުގައި އޮތީމައެވެ. “އައި އެމް ރިއަލީ ސޮރީ. އައި އެމް ޑރ.އާލިމް. ޕަންޗްއިން ކުރަން ދަނީ ކޮންތަނަކަށްކަން ބުނެދީފާނަންތަ” އާލިމް މާފަށް އެދެމުން އަހައިލިއެވެ. “އިޓްސް އޯކޭ. ހާއި. އައި އެމް ޑރ.އިދާން. ނައިސް ޓު މީޓް ޔޫ.”

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anha

Level 110 Stories100 Comments

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 12

Next

ލޯތްބަކީ 10

Next
August 31, 2018

ލޯތްބަކީ 10

Previews
August 31, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 12

23 Comments!

  1. hamtii says:
    August 31, 2018 at 9:14 am

    amazing…keep it up
    wen next up kohdhey nii…avas kurachey…waitings

    1. hamtii says:
      August 31, 2018 at 9:15 am

      ma 1st dhw…yeyy

    2. Anha says:
      August 31, 2018 at 1:17 pm

      Yaay. Congrats on being the first.. thankyou hamtii. Next part on monday insha allah?

  2. almaa2004 says:
    August 31, 2018 at 10:52 am

    Alan ah lana dheke lwbi veveny dhw…….
    Nice story…. keep it up

  3. Eekko says:
    August 31, 2018 at 12:38 pm

    Maasha Allah varah reethi vaahaka.. Keep it up.. Am curious. Dhn vaane gotheh balaalaa hithun meeny.. Waiting for the next part.. Luv yur story❤❤❤❤❤❤❤

    1. Anha says:
      August 31, 2018 at 1:18 pm

      Thankyou eekko. Keep reading.. next part on monday insha allah?❤

  4. Anha says:
    August 31, 2018 at 1:14 pm

    Hello everyone. Heres the 11th part. Mi part ehn part thakah vuren dhigu vaane. ? let me know what you all think of this part. Insha allah next part on monday.. thankyou for the love and support?❤

  5. kala123 says:
    August 31, 2018 at 1:47 pm

    Beautiful prose.Emotions well expressed, if a bit melodramatic to my taste, at times.Congrats! I have not seen or read any of your previous stories. But judging from this story you are a talented writer.I wanted to leave these comments in Dhivehi as seems appropriate for a story written in our mother tongue. However, the design of this comments column make that a horribly hard task, typing right to left. Wish you all the best!

    1. Anha says:
      August 31, 2018 at 5:26 pm

      Thankyou so much dear. Yes this is my first story..?

  6. Cherry? says:
    August 31, 2018 at 4:51 pm

    Varah reethi mi part ves when nxt part if it is possible please upload next part as soon

    1. Anha says:
      August 31, 2018 at 5:27 pm

      Thankyou cherry.. awahah liyevuniyya upload kohdheynan ingey awahah? keep reading?

  7. Hudher says:
    August 31, 2018 at 5:27 pm

    maasha allah v v v reethi mi part. yeah dhigu v ma v v v kiyaalaahuthu kiyeyy. luv yah

    1. Anha says:
      August 31, 2018 at 7:07 pm

      Thankyou so much dear.. loves❤

  8. Hudher says:
    August 31, 2018 at 5:31 pm

    hey Anha sis how old r u hama ahlaay ehchekey hynukuraathi ingey luv your stry

    1. Anha says:
      August 31, 2018 at 7:09 pm

      Its okay dear.? im 23..?

  9. Hudher says:
    August 31, 2018 at 5:32 pm

    AHAALY*

  10. Hudher says:
    August 31, 2018 at 7:23 pm

    thank u…… your first stry ah balaafa mi stry hama habeys… luv u dear

    1. Anha says:
      September 1, 2018 at 12:33 am

      Once again, thankyou so much dear. Keep reading. Loves❤?

  11. Twinkle? says:
    August 31, 2018 at 8:55 pm

    OMG… aalim r idhy r dhw dhimaa vany… wow… amazing masha allah…???

    1. Anha says:
      September 1, 2018 at 12:32 am

      Thankyou dear twinkle.. next part on monday. Keep reading❤?

  12. Unknown girlll.. says:
    August 31, 2018 at 8:59 pm

    Mi part ves v reethi ,dhen bust vaany dhw hurihaakameh aalomah oops …cant wait luv ya ?❤?keep up the good work???

    1. Anha says:
      September 1, 2018 at 12:33 am

      Thankyou dear. Keep reading. Next part on monday.. loves❤?

  13. Naai says:
    September 2, 2018 at 8:23 pm

    Nice story..in love with the story..??❤️

Comments are closed.

Next Episodeކުށަކާނުލައި- 12ވަނަބައި←


All Right Reserved!