ލޯތްބަކީ 10
އަޔާން ހީވަނީ ކޯކުން ފެންވަރާލައިގެން ހުރިހެންނެވެ. ޝައިރާ ގާތަށްއައީ އަމަށަކު ހިންޏެއްނޫނެވެ. ބިނދި ބިނދިފާ ހުނުންނޫންކަމެއް ޝައިރާއަކަށް ނުކުރެވުނެވެ. ޝައިރާ އެކަހަލަ ކަމެއް ކޮއްފާނެއޭ ހިތަށްވެސް ނާރާތީ ސިކުންތުކޮޅަކަށް އަޔާންހުރީ ހަމަބުނާނެ އެއްޗެއްވެސް ނޭނގި އެތަނަށްޖެހި ތަނބެންހެން ގުޑިލާންވެސް ނޭނގިފައެވެ. ދެވަނަސިކުންތުގައި ހީހީހުރި ޝައިރާގެ އަތުގާހިފާ ލަތްކެއްޖަހާލިއިރަށް ޝައިރާހުރީ އަޔާންގެއަތުތެރޭ ގުޑިވެސްނުލެވޭވަރަށް ހައްޔަރުކޮއްލާފައެވެ. ތެޅިގަނެގެންކަމަކުވެސް ދުރުވަންވެސް ނޭނގިފާ ޝައިރާއަށް ބަލަންހުރެވުނީ އަދި ދުވަހަކުވެސް ފިރެހެނަކާ އެހާގާތްވެފާނުވާތީއެވެ. އެހެންކަމުން ޝައިރާގެ ހިތްތެޅިގަތީ އޮބިނޯންނަވަރަށެވެ. ކުޑަވަގުތު ކޮޅަކަށް ނަމަވެސް އަޔާންގެ އެފުން ދެލޮލުގެތެރަށް ޝައިރާ ގެނބިގެންދިޔައެވެ. އަޔާންއަށް ވެސް ލޯބިވާ މީހަކު އެހާކައިރީގަ ހުރުމުން އެކި ކަހަލަ ހިޔާލުން މީހާގެ ހުރިހާ ހިއްސެއް ހޭލައްވާލާފިއެވެ. އެ ތުނި ތުންފަތުގާ ލޯބިކޮއްލަން ހިތްއެދިގޮވާންފެށުމުން އަމިއްލަ އިހްސާސްތައް ކޮންޓްރޯލްއިން ނައްޓަފާނެކަމުގެ ބިރަށް އަވަސްއަވަހަށް ޝައިރާ ދުރުކޮއްލުމަށްފަހު ދިޔައީ ގެޔަށެވެ. ޝައިރާ ހީކުރީ އަޔާން އެގޮތަށްކަންތައްކުރީ އަޔާންގެ ބޮލަށްއެޅި ކޯކުތައް ޝައިރާގެ ހެދުމުގާ އުނގުޅަން ގަސްތުކޮއްގެން ކަމަށެވެ. ހަޤީޤަތުގަވެސް ޝައިރާގެ ހެދުން ހަޑިވުމުން އެހެންހީވެދާނެއެވެ. އެހެންކަމުން ދެން ފެންނަފަހަރަކުން އެޔަށްވުރެ މޮޅު ލަނޑެއްދޭން ސިކުޑިތެރޭ ރޭވުމެއް ރާވާލިއެވެ. އެހާ ބަސްއަހާ މަޑުމައިތިރި ކުއްޖެއް އަޔާންއާއި ޖެހުންފަހުން މިވަނީ މުޅިން އިދިކޮޅަށް ބަދަލުވެފައެވެ.
ގެޔަށް އައިސް ފެންވަރައިގެން އެންމެ ފުރަތަމަވެސް ޝައިރާއަށް ބަލާލެވުނީ އަޔާންގެ މެސެޖެއް ވައިބާރއިން އައިސްފާވޭތޯއެވެ. “އޭނަ ހަމަ އަސްލުގަވެސް ދެން ވާހަކަ ދައްކާނީ އޭނަ އެބުނާ ގޮތައް ހެދިއްޔާތަ؟ އެކަމަކު ވާހަކައެއް މަ ފަށާނީވެސް ކީކޭ ކިޔާފަތަ؟ ނޫން ނޫން އޭރަށް އޭނަ ހީކުރާނީ މަމިއުޅެނީ އޭނައާއި ހެދިކަމަށް. ފޮނިބޮޑު ސޮރެއްއެއީ. މިހާރުވެސް ހީކޮށްގެން ހުންނަނީ އެހެން. އެކަމަކުވެސް ހާދަފޫއްސޭ އެ އަނގަފަޅީގެ ހަބަރެއް ނުވާތީވެސް. އަޅެ ކީއްވެތަ މަށަށްމި އޭނައާއިމެދު މިވަރަކަށް ވިސްނެނީ؟ ހަމަ އަސްލުވެސް މަށަށް އޭނަ ކަމުދަނީތަ؟ ދެން ރާއިލްއޯ؟ ރާއިލްއާއި ވާހަކަނުދެއްކިޔަސް އަދި ބްރޭކްއަޕްއެއްވެސް ނުވަން. އެކަމަކު މީހުންބުނަނީ ލޯބިވެވޭނީ އެއްފަހަރުއޭ. ޔަގީނުންވެސް ރާއިލް ވަރަށް ކަމުގޮސްގެން ރައްޓެހިވީ. އެކަމަކު ރާއިލް ކަންތައްކުރިގޮތާމެދު މިހާރު ދެރައެއްނުވޭ އެކީއްވެ؟ މިހާރު ރާއިލްދެކެ ލޯބިނުވަނީތަ؟ އެހެންވީއިރު ރާއިލްދެކެވެވުނީ ލޯބިނޫންވިއްޔާ ދެން ލޯތްބަކީ ކޮބާ؟ އެކަމަކު އަޔާންއެއް ނުވެސްދެކެން ދުވަހަކުވެސް، ނުފެންނަ މީހުންދެކެވެސް ލޯބިވޭތަ؟ ހައްހައްހާ މަމޮޔަވީކަންނޭގެ. ބޮޑު ކަމެއް މިވެސް. މަށަށް އެމީހާގަނޑު ދުވަހަކު ނުފެންނައިރުވެސް މަށަށް ކިހިނެއް މިވަނީ.” އަޔާންގެ މެސެޖެއް ނެތުމުން ފޫހިވެފާ ޝައިރާ އަމިއްލަ ނަފްސާއި ވާހަކަދައްކަމުން ދިޔައީ ހަމަކުޑަކޮއްވެސް މިއަދު ދިމާވީ އަޔާންއާއިކަން ނޭނގި ހުރެއެވެ.
ޖެހިގެންއައި ދުވަހުވެސް ހެނދުނާ ޝައިރާއަށް ޖެއްސުންކޮއްލަން އަޔާންދިޔައެވެ. ނަަމަވެސް ފިހާރާގައި އެހެންކުއްޖަކު އިނުމުން މާޔޫސްކަމާއިއެކު ދާންއެނބުރިފަވެސް އެކުއްޖާކުރެން އަހާލާނަމޭހިތާ ޝައިރާ ކޮބާތޯ ސުވާލުކޮއްލުމުން އެނގުނީ މިއަދު ޝައިރާގެ ޑިއުޓީއިނީ ޢަޞުރުގެފަހުންކަމެވެ.
ޢިޝާނަމާދު ނިމިގެން ފިހާރަހުޅުވަން ޝައިރާ ދިޔައީ ވީހާވެސް އަލިމަގުތައް ބަލަމުންނެވެ. އެންމެ ކުޑައިރުއްސުރެންވެސް ޝައިރާ އަނދިރިކަންދެކެ ބިރުގަނެއެވެ. އެކީއްވެ ކަމެއް ނޭނގެއެވެ. ޝައިރާ ރޭގަނޑު ޑިއުޓީއަށް ނިކުތް ފުރަތަމަ ރޭކަމުން އެކަނިދާންޖެހުމުން ހުރީ ހިތްނުތަނަވަސްވެ ބިރުގަނެފައެވެ. އަދި ޝައިރާގެ ގެއާއި ފިހާރަޔާވެސް ފުދޭވަރެއްގެ ދުރުމިނެއްހުއްޓެވެ. މަންމަ ޝައިރާއާއިއެކު އަންނަންއުޅުމުން ދެކޮޅުހެދީވެސް ހިތާއިދެކޮޅަށެވެ. އެއީ މަންމައުޅޭލެއް ބިޒީކަމުން ރޭވާއިރު ހުންނަނީ ވަރުބަލިވެގެން ނިދިބޮލުކައިފައެވެ. ނޭނގިހުރެ އަޔާންމެން ގޭދޮރުމަތިން އެކަނިމާއެކަނި ދިޔަ ޝައިރާ، އަޔާންގެ ލޮލުގާ އަޅާގަތީ ގޭއެތެރޭގާހުރި ޖޯލިފަތީގައި މަންމަ ކާންހަދާފާ ގޮވާންދެން އިންތިޒާރުގައިއޮއްވައެވެ. މިފަހަރު ޝައިރާއަށް ލަނޑެއްދޭނަމޭހިތާ އަވަހަށް ފަސްފަހަތުން ދާންހިނގައިގަތެވެ. ޝައިރާގެ ފަހަތުން މީހަކު އަންނަކަން އެނގެން މާގިނައިރެއްވެސް ނުވިއެވެ. ޝައިރާގެ ފަސްފަހަތުންކަން އެމީހަކު އެއަންނަނީ ޔަގީންވުމުން ބިރުން މީހާ ތުރުތުރުލާ ދާހިތްލާ ފޯވެއްޖެއެވެ. ކާކުތޯ ބަލާނެހާ ހިތްވަރެއްވެސް ނެތުމުން ފަޔަށްލެވުންހާ ބާރެއްލާފާ ދުއްވައިގަތީއެވެ. ފިހާރަޔާ ހިސާބަށް އާދެވުނުއިރު ޝައިރާހުރީ މާނޭވާލެވި، ވަރުބަލިވެފައެވެ. ފިހާރަހުޅުވާ ބޮކިތައްދިއްލާ އަލިކޮއްލިހާއިރުން ހެމުންހެމުން އަޔާންއައިސް އެފިހާރަޔަށްވަނެވެ. ޝައިރާއިނީ ވާނުވާނޭނގިފައެވެ.
“އަޅެ މަމިހިކުރަނީ މިމަންޖެ މަގޭކުރިމަތީ މާގަޓުވެފައުޅޭތީ ބިރޭކިޔާއެއްޗެއް ނުވެސް އެނގޭނެކަމަށް. އެކަމަކުވާ ޖިންނިއެއްފެނިގެންތަ ރޯޑްރަނާއަށްވުރެވެސް ބާރަށްދުވެފަތިއައީ. ކުޑަމިނުން ފަސްއެނބުރިބަލާލަންވެސް ހިތައްނޭރިދޯ. ހިތައްއެރިޔަސް ބަލާލާހާ ގަޓެއްނެތްދޯ. ބަލާލަބަލަ މީހާއަށްވެފާއިންވަރު. ދާހިއްލާ ފޯވެފައިންވަރުން ހީވަނީ ތެޔޮބޮއްޔެއްހެން. އަވަހަށް ކަޑަނުވާން ދެންބުނޭތިމަންނައަށް އެނގޭ މަ ކަން ތީނަ ފަހަތުންއައީ އެހެންވެ ފިލަންށޭ ދުވެފައައީ. އެކަމަކު މަށަށްއެނގޭ ފިހާރަޔައްކަން ތިއަންނަނީ އެހެންވީމާ ފިލާކަށްނުވެސް ޖެހޭނެއެއްނު. މިފަހަރު އޮޅުވައެއްނުލެވޭނެ. ތިހުރީ ހަމަބިރުން.” އަޔާންއަށް ހެވޭވަރުން ރަނގަޅައް ވާހަކަވެސް ނުދެއްކެއެވެ. ޝައިރާއަށް ވީގޮތްއޮޅުންފިލުމުން އަޔާންބުނިހެން ކަޑަނުވާކަމައް ހަދާލިއެވެ. “މަށައް އެނގޭ ހަމަ ތިމީހާގަނޑުކަން އަންނަނީ މަގޭފަހަތުން. ޖިންނިއެއްނޫން އިންސިއެއް އުޅެނީ މަށާ އަވަލާގެން. ތެޔޮބޮއްޔެއްހެން އިންކަމެއްނޭނގެ މަގޭ ފަހަތުން ތިދުވަނީ އަދިވެސް ކަލޭ. މަ ދުވެފައަޔަސް، ކޮރެފައަޔަސް އަދި ފިރުކިފައަޔަސް ކީއް. މަގޭ ދެފަޔެއްނުމީ. ހެވެންނު ބިރުގަތަސް. އެހެންނޫނަސް މަބިރުގަތަސް ނުގަތަސް ތިމީހާގަނޑައް ކީއް. ” އަޔާންއަށް ޝައިރާހުރީ ބިރުންކަން އެނގުނަސްވެސް ޝައިރާ އަދިވެސް މަސައްކަތްކުރީ އަޔާންއަށް އޮޅުވާލެވޭތޯއެވެ. “ކޮންމެ ގޮތަކައް އިނަސް ވަރަށްލޯބި. ބިރުގަންނަންޔާ އާދެ ހަގްއެއްދޭންން” އަޔާން އެއްލޯ މަރާލާފަ އެބުނެލިއެއްޗެކުން ޝައިރާއަށް ހަމަރަނގަޅައްވެސް ލަދުން އިސްދަށަށްޖަހާލެވުނެވެ. އަޔާން ކުއްލިއަކަށް އެހެންބުނީވެސް ޝައިރާ ލަދުގަންނަވާލާށެވެ. އެކަން މާ ރަނގަޅައްވެސް ކާމިޔާބުވެއްޖެއެވެ. އަޔާން ހެމުންހެމުން ދިޔައީ ބަނޑުހައިވެފަހުރީމަޔާއިވެސްއެކު ކާންވެގެން ގެޔަށްދާށެވެ. “މިމީހާއަށް ވަރުގަދަ ލަނޑެއް ނުދެވުނިއްޔާ މަށަކައް ޝައިރާއެއް ނުކިޔާނެ” ޝައިރާ ހިތާހިތާކިޔާލިއެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.



????? haha e 2 myhn ulhey gothn hama heehee halaaku vejje.. anyway stry vv habeys maasha allah.. whn nxt??
Thankyou. Hahahaa aan dhw… bte Naash ge comment ah intizaaruves kurevey abadhuhen kuraathy hehehe. Next part maadhan or aneh dhuvahun up kohladheynan ??
nd me first dhw… yayyy
Yap ur first. Congrats…
Alhey naash dhooni first dhw and im second dhww.. E 2 moya ulhey gothun vv maja???????????… Heehee chas????… Haha vv salhi mi part ves as usual.. ???❤️????????
Thankyou sooo much. ??? yes ur secound. Den faharakun first hoadhahchey ? thikudhinge support libeythy ey asluga vaahaka liyaa hihvanyves ??
maasha allah v v v v v v v habeys mi part vx. next part thankolheh dhigu kolla dhehchey ingey dhonthiiii luv your stry.
Thankyou ?? yap will try ingey dear ??
Yeah. Your welcome… i am third dhw hehe……..
Yeah ur third. Next time first hoadhaalaathi ??
Hahaha… eoh ulhey dhemyhunneh dhw… hyhy halaaku… stry is wonderful masha allah??? keep it up dear???
Thankyou. ????
Vvvvv rythi ekam haadha kurukonnn ehaa kiyaa hithunn huhtaa enimuniii
Thankyou soooo much ?