“މައްސަލައެއް ނެތް. އަހަރެން ބުނެފާނަން.” ކޮނޑު އަރުވައިލަމުން ޒާވިލް ބުނެލިއެވެ. މިކަމުގައި އޮތީ ހަމައެކަނި އޭނާގެ ކުށެއް ނޫނެވެ. ވީއިރު އޭގެ އަދަބު ހަމައެކަނި އޭނާއަށް ލިބޭކަށް ޒާވިލް ބޭނުމެއް ނުވެއެވެ. “ޔޫލީ މަރައިލީ.. ކަލޭގެ.. ބޮޑުދައިތައާ އޭނާގެ ދަރި ނިޝްޔާ.” ޒާވިލްގެ ޖުމުލަ އަރްޒަންއަށް އިވުނީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. ގަބޫލު ނުކުރެވިފައި ހަޅޭލަވައި ގަންނަމުން އަރްޒަންއަށް ދެފަރާތަށް ބޯހޫރުވައިލެވުނު އިރު ޔަނާލްއަަށްވެސް އަނގަމަތީގައި އަތްއަޅައިލަމުން އަރްޒަންއަށް ބަލައިލެވުނެވެ. ދުވެފައި އައިސް އެގޭގެ ދޮރުމައްޗަށް މަޑުކޮށްލި ނިޝްޔާވެސް […]
އިތުރަށް ވާހަކަ ދައްކަންވެސް ބޭނުންނުވި ކަހަލައެވެ. އޭނާ ވަރުބަލި ވެއްޖެއެވެ. ރުހާނީ ކައިރިއަށް އައީ ހިޔާލު ބަދަލު ވެދާނެތީއެވެ. އެއްވެސް ކޮލުގައި ފިރުމާލަމުން އައްރާދު އެތަނުން ނިކުންނަން ހިނގައިގަތެވެ. އޭނާ އެތަނަށް ކުރަންއައި ކަންތައްވެސް ހަނދާންވެސް ނެތްފަދައެވެ. އެންމެ ފަހަރަކު ނަމަވެސް ރުހާނީ ކައިރީގައި އޭނާގެ ހިތުގައި އުތުރި އަރަމުންދިޔަ ކަންތައް ކިޔާ ދެވޭނެ ނަމައޭ ހިތަށް އަރަމުންދިޔައެވެ. “ރޫހީ ބުނީމެއްނު އަންނާށޭ.. ކި.. ކިޔާ” އައްރާދު ކުރިއަށް ނުގެންދެވުމުން ހުއްޓާލާފައި ކުރިއަށް ހިނގައި ގަނެފިއެވެ. އައްރާދު […]
ސައިޑް ކަބަޑު މަތީގައި އިން ސޯނާ ގަޑިން އެލާމްވާ އަޑަށް ނިދާފައި އޮތް ޔޫހާންއަށް ހޭލެވުނެވެ. އޭނާ ސޯނާ ގަޑި އޮފްކޮށްލުމަށްފަހު ކަންނެއްކަމާއެކު ދެލޯ ހުޅުވާލަމުން މޯޅިއަކަށް ދެމިލިއެވެ. އެނދުން ތެދުވެ ފެންވަރާ ތާޒާވެލުމަށްފަހު ޔޫހާން ފާޚާނާއަށް ވަނެވެ. ފެންވަރާއިގެން ނިކުމެ އަލަމާރިން މުށި ކުލައިގެ އަތް ކުރު ޓީޝާޓަކާއި ކަޅު ކުލައިގެ ސްކިނީއެއް ލިއެވެ. ފަތިހުގެ މި ވަގުތުގައިވެސް ޔޫހާންގެ މޫނު މަތިން ފެންނަމުން ދަނީ ތާޒާކަމެވެ. ޑްރެސިން ޓޭބަލް ކުރިމަތީގައި އިސްތަށިގަނޑު ސްޓައިލްކުރަން ހުއްޓާ […]
އެންދުކޮޅުގައި ބާލީހެއް ލައްކުރުމަަށްފަހު އޭގައި ލެނގިލީމެވެ. އަދި އެނދުމަތީގައި އޮތް ބުލޫޓޫތު ސްޕީކާރ ފޯނާ ގުޅާލުމަށްފަހު ލަވައެއް ޖަހާލީމެވެ. ބެކްގުރައުންޑަށް ލަވަ ލައިފަ އަަހަރެން ކުރަން އުޅު ކަންތަކާއިގެން މަސްޢޫލު ވީމެވެ. ? ދުނިޔެއީ ދައުރުވާ އެއްޗެއްމެ ބަދަލު ހަމަވާނޭ ދިރިއުޅުން ކޮއްމެ ސިކުންތަކުމެ ބަދަލު ހަމަވާނޭ ދިވެހި ފިލްމު “ބޮސް” ގެ އެ މަޑުމައިތިރި ލަވަ އިވެމުން ދެއެވެ. މިއަދަކީ އަހަރެންގެ ހަޔާތުގައި ކަމެއް ނިއްމާލާނެ ދުވަހެވެ. އާއެކެވެ. ކުރަމުން އައި އިންތިޒާރަށް ނިމުމެއް ގެންނަ […]
އެވަގުތު އެމީހުންނާއި ދިމާއަށް ސަމީރާ އަންނަން ފެށުމުން އާލާ ބިރުން ރޫރޫ އަޅައިގަތެވެ. ސަމީރާ ހަދާނެ ގޮތެއް އެނގެނީކީ ނޫން ވިއްޔާއެވެ. ކޮންމެފަދަ ކަމެއްވެސް އޭނަ ކޮށްފާނެއެވެ. އާލާގެ މޫނުމަތިން ފެންނަމުންދިޔަ ބިރުވެރިކަމުން ވިޝާލްގެ ހިތުގައި ސުވާލު އުފެދުނެވެ. އައިގޮތަށް އައިސް އެންމެ ފުރަތަމަވެސް ސަމީރާ އޭނާގެ އަތުގެ ހޫނު ހަމަލާއެއް އާލާގެ ކޯ މައްޗަށް އަރުވައިލިއެވެ. އެވަގުތު އާލާގެ އަނގައިން ވޭނީ އާހެއް ބޭރުވިއެވެ. މަންޒަރު ބަލަންހުރި ވިޝާލްގެ ލަގޮނޑި ނުނުކުތީ ހަމަ ކިރިޔާއެވެ. ދެވަނަ […]
އާލިމްމެންގެ ފަހަތުން އަލަން ނުކުމެގެންދިޔައީ އެންމެން ނުކުތުމުން ދޮރުތަޅުލާފައި އަންނަންވެގެންނެވެ. ކޮޓަރީގައި އެކަނިވެފައި އިން ލާނާގެ ހާސްކަން ފަހަރަކށްވުރެއް ފަހަރެއް އިތުރުވަމުން ދިޔައިރު ހިތުގައި ނޭނގޭ ބިރުވެރިކަމެއް ވީ އުފެދިފައެވެ. މިރޭ ކަންތައްވީ ގޮތުން އަލަން އެހެން އަދި ނުހުންނާނެކަން ލާނާއަށް އިނގެއެވެ. ހާސްވެގެން ލާނާ ކޮޓަރީގައި ދެކޮޅަށް ހިނގަހިނގައި ހުރީ ދެންކުރަންވީ ކަމެއް ނޭގިފައެވެ. ހަމަގައިމުވެސް މިތަނުން ނުއެއް ފިލޭނެއެވެ. އަލަންއާއި ޖެހޭނީ ހަމަ ކުރިމަތިލާށެވެ. ހާސްވެފައިހުރި ލާނާ ސިހުނީ ދޮރުތަޅުލުމަށްފަހު އައިސް ކޮޓަރިއަށްވަތް އަލަން […]
ސާރާގޮސް ޝާމިންގެއަށް ވަތްގޮތަށް ފުރަތަމަވެސް އެހީ ހައްވައްތަގެ ވާހަކައެވެ. ޝާމިން ބުނި ގޮތުން އަދި ދެ ދުވަހެއް ވަރު ވާނެއެވެ. “އަޅެ, ހައްވައްތަ އައި ކަމަށް މިއަދު ލަހުންވެސް މިއައީ, އަރުޝް ތެދުވަން ވާ އިރަށް ސައިބޯނެ އެއްޗެއް….. ސާރާއަށް ބުނެވުނީ ކީކޭ ކަން އެނގުމާއެކު އިސްޖަހާލިއެވެ. “އަރުޝް ތެދުވަން ވާއިރަށް އެއްޗެއް ނުހެދި ދާނެތީ ތިހާ ކަންބޮޑުވިއްޔޯ, ނުތެދުވެ އޮތީ ހަމީދު, ތިޔަ އަރުޝް ކަންނޭނގެ ފަތިހު ބަންގި ގޮވީވެސް, ފަތިހު މުނާޖާ ކޮނޑު އަޅައިގެން […]
މޭޒު ކައިރީ ތިބި ހަތަރު ފިރިހެނުން ދެލޯ ބޮޑު ވެފައި ބުދުތަކެއްހެން ތިބީއެވެ. “ގޯޝް އިޒް ޝީ ސިކް..” ނާއިންގެ ތުންފަތް ކުޑަކޮށް ހަރަކާތްކޮށްލިއެވެ. “އާން ދެތިން ދުވަސް ވެއްޖެ ބޯއަބުރާފަ ހޮޑުލާތާ..” ފެންފުޅިން ތައްޓަށް ފެންއަޅަމުން ޝާމިން ބުނެލިއެވެ. “އިޒް ޝީ ޕްރެގް..” ނީޝަމްއަށް ޝައްކުވިއެވެ. އޭނާ ބުނެލި އެތީގެ ސަބަބުން މޭޒު ކައިރީ ތިބި އެންމެންގެ ހައިރާންކަން ދެގުނަ ވިއެވެ. ކޯ ދޮވެލަމުން ޝިޔާވެސް އެދިމާލަށް ބަލާލިއެވެ. އޭނާވެސް ހުރީ ހައިރާންވެފައެެވެ. ************************************* މުޅި […]
ކަރުނުން ތެމިގެންދިޔަ ދެ ލޯ ފުހެލާފައި ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ޔާނާ ތެދުވިއެވެ. އޭނާގޮސް އިށީނީ ރާޔާގެ ކުރިމަތީ މުށިގަނޑުމަތީގައެވެ. ރާޔާގެ ދެއަތުގައި ޔާނާގެ ދެއަތުން ހިފާލައިފައި އެދެއަތުގައި ބޮސްދިނެވެ. ” މަންމި ހުއްޓަ ކީއްކުރާ ބައްޕިއެއްތަ ބޭބީ.. ދެމީހުންނަށް ވާވަރަށް މަންމި ލޯބިދެމޭ.. ރާއްކޮއަށް ބައްޕިއެއް ބޭނުންނުވާ ވަރަށް އަދިވެސް މަންމި ލޯބިދޭނަމޭ އިނގޭ..” ޔާނާގެ ވާހަކަތައް އަޑުއަހާފައި އައިރާ ގާތަށް ރުޅިއައެވެ. ” ކޮންމެ ކުއްޖެއްގެވެސް ބައްޕިއެއް ހުންނާނެ އިނގޭ ބޭބީ.. ރާއްކޮގެ ބައްޕިވެސް […]