Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވީމޭ މަ ކައިރީގާ (7)

Ninnu Level 210 Stories
September 19, 2018 4 Mins Read
11 Comments

އިތުރަށް ވާހަކަ ދައްކަންވެސް ބޭނުންނުވި ކަހަލައެވެ. އޭނާ ވަރުބަލި ވެއްޖެއެވެ. ރުހާނީ ކައިރިއަށް އައީ ހިޔާލު ބަދަލު ވެދާނެތީއެވެ. އެއްވެސް ކޮލުގައި ފިރުމާލަމުން އައްރާދު އެތަނުން ނިކުންނަން ހިނގައިގަތެވެ. އޭނާ އެތަނަށް ކުރަންއައި ކަންތައްވެސް ހަނދާންވެސް ނެތްފަދައެވެ. އެންމެ ފަހަރަކު ނަމަވެސް ރުހާނީ ކައިރީގައި އޭނާގެ ހިތުގައި އުތުރި އަރަމުންދިޔަ ކަންތައް ކިޔާ ދެވޭނެ ނަމައޭ ހިތަށް އަރަމުންދިޔައެވެ.

“ރޫހީ ބުނީމެއްނު އަންނާށޭ.. ކި.. ކިޔާ” އައްރާދު ކުރިއަށް ނުގެންދެވުމުން ހުއްޓާލާފައި ކުރިއަށް ހިނގައި ގަނެފިއެވެ. އައްރާދު ބުނަން އުޅުނު އެއްޗެއް ރުހާނީއަށް ވިސްނުނުފަދައެވެ. އައްރާދުގެ ފަހަތުން ހިނގައިގަތް ރުހާނީ ތަންކޮޅެއް ބާރަށް އައިސް އައްރާދުގެ އަތުގައި ހިފަހައްޓާލަން މަސައްކަތް ކުރިއެވެ. ނަމަވެސް އެތެރެއިން އާރާގެ ރުއިމުގެ އަޑު އިވުމުން އޭނާ އަނެއްކޮޅަށް ބަލާލިއެވެ.

އޭނާއަށް ދާނެކޮޅެއް ނުވިސްނުނެވެ. އާރާގެ ރުއިމުގެ އަޑު ބާރުވުމުން އޭނާ އެދިމާއަށް ހިނގައިގަތެވެ. ރުހާނީއަށް އޭނާ ދާންވީ މަގު ވިސްނުނު ފަދައެވެ. އާރާގެ އުރުގައި ޖަހާލަމުން އޭނާ ތެދުވެ ހިންދަމާލިއެވެ. އޭނާ ކުޑަކުޑަ އާރާގެނެސް މޭގައި ޖައްސާލިއެވެ.

*****

2 އަަހަރު ކުރި

ރުހާނީ ވަރުބަލި ވުމުން އައްރާދު ރުހާނީގެ ފައިދަށަށް އަތް ޖަހާލަމުން އޭނާގެ އަތްމައްޗަށް ރުހާނީ އުފުލާލިއެވެ. އަދި ސިޑިން އަރައިގެންދިޔަ ގޮތުނ ހީވަނީ ލުއި ފަތެއް ހެންނެވެ. އެނދުގައި ރުހާނީ ބާއްވާލުމަށްފަހު އައްރާދު ކުއިލްޓް ރުހާނިގެ ގައިމަތީގައި އަޅާލިއެވެ. ރުއިމުގެ ސަބަބުން ވަރުބަލިވެފައި ހުރި ރުހާނީއަށް ވަގުތުން ނިދިއްޖެއެވެ. ކުޑަދޮރު ކައިރީގައި ކޮޅަށްހުރި އައްރާދުގެ ހިތުގައި އުތުރި އަރަމުން ދިޔައީ އޭނާގެ ކުޑައިރުގެ ހަނދާންތަކެވެ. ރުހާނީ އެޅޭގޮތް ފެނުމުން އޭނާ ހަނދާން ކުރަން ބޭނުން ނުވިއަސް އެނހަދާންތައް އާވެއެވެ. މަންމައާއިއެކު އިންޑިއާއަށް އޭނާ ބަދަލުވީ ބޭނުން ވެގެނެއް ނޫނެވެ. ބައްޕަ ދެވަނަ މީހަކާއި އިނދެގެން ގެއަށް ގެނައުމުންނެވެ. މިލްސިއާ ކިތަންމެ އައްރާދަށް ހެޔޮ ނަމަވެސް މަންމައަށް އެމަންޒަރު ބަލާކަށް ބޭނުވިއެވެ. އޭނަގެ މަންމަގެ ހިތަކަށް އެކަމެއް ތަހައްމަލެއް ނުކުރެވުނެވެ.

މޯޅިއަކަށް ދެމެލި ރުހާނީ ފެނުމުން އޭނާ އެދިމާލަށް ހިނގައިގަތެވެ. ކައިރީގައި ހުރި ގޮނޑި ދަމާލަމުން ރުހާނީގެ މޫނައި ދިމާލށް އައްރާދު ގުދުވެލިއެވެ. އަދި ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން އޭނާ ބަލާލީ އަދިވެސް ގިސްލެވެމުން ދިޔަ ރުހާނީގެ މޫނަށެވެ. ހިންދިރުވާލަމުން އައްރާދު ގޮނޑީ ބުރަކަށި ޖައްސާލިއެވެ. މުއްކަވާލެވިފައި އޮތް ދެއަތް ކަކޫމަތީގައި ބާއްވާލަމުން އޭނާ ފޯނަށް އައިސްފައިވާ ޔަލާގެ މެސެޖަށް ބަލާލިއެވެ.

“ރޫހީ.. އައި ޑޯންޓް ވޯންޓް ޑޫ ދިސް ޓު ޔޫ..” ފޯނު ނިއްވާލާފައި ކުޑަ މޭޒުމަތީގައި ބާއްވާލަމުން އައްރާދު ގޮނޑިން ތެދުވެއްޖެއެވެ. އޭނާއަށް އެހެން ކިތަންމެ އިރަކުވެސް އިނދެވި ދާނެއެވެ. ގަމީސް ބާލަމުން ކޮނޑުގައި އަޅުވާލާފައި ބެލްކަންޏަށް ނިކުމެ ބެލްކަނީގައި އަތްއަޅުވާލަމުން ތިރިއަށް ބަލާލިއެވެ. އެރީތި މޫނު ހިވަނީ ހިލައިގައި މީހަކު ކުރަހައި ނަގާފައިވާ ބައްޓަމެއްހެންނެވެ. އެހާވެސް ފުރިހަމައެވެ.

 

ހެނދުނު ހޭލެވުނު ރުހާނީ ވާޅަށް ދެމިލަމުން ތެދުވަން ހިފާލިއެވެ. ކުއްލިއަކަށް އެހަށިގަނޑަށް ހަރުކަމެއް އައީ އޭނާގެ ހަނިގނޑު ވަށާލެވިފައިވާ އައްރާދުގެ ވަރުގަދަ ދެއަތުންނެވެ. ކުއްލިއަކަށް އިއްޔެ ވީ ކަންތަކުގެ ކަންތައް މަތިން ހަނދާންވިއެވެ. އޭނާއަށް ނިދުނީ ކިހާއިރަކު ކަން ހަނދާންވުމުން ރުހާނީ ގަނޑނ ބަލާލިއެވެ. އަދި ހައެއް ޖެހީއެވެ. މަޑުމަޑުން އައްރާދު އަތް ނައްޓުވާލަން ރުހާނީ މަސައްކަތް ކުރަމުން ދިޔައީ ވަރަށްވެސް ބަލައިގެންނެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ހަށިގަނޑު ގެނެސް އައްރާދުގެ މޭގައި ޖައްސާލުމުން ރުހާނީ ދެލޯ ބޮޑު ކޮއްލަމުން އައްރާދު އާއި ދިމާލަށް ބަލާލިއެވެ. ފަނޑު އަލީގައި އައްރާދު ލޯ ހުޅުވާލައިގެން އޮތްތަން ފެނުމުން ރުހާނީ މެއަށް ފިނިވެގެން ދިޔައެވެ.

“ޔޫ މައި ވައިފް އާ ދަ މޯސްޓް ބިއުޓިފުލް ކްރިއޭޗަރ…” ރުހާނީގެ ނޭފަތު ކުރީގައި ތުންފަތް ޖައްސާލަމުން އައްރާޑު ބުނެލިއެވެ. ރުހާނީއަށް ހަނދާނެ ގޮތެއް ނޭނގުމުން ލޯމަރައި ތަގުޅި ކޮއްލައިގެން އޮތީއެވެ.

“ސޮރީ.. އިއްޔެ މާބޮޑަށް މެލޮޑޮރެމެޓިން ވީމަ…” ރުހާނީ އައްރާދުގެ މޭގައި އަތް ޖައްސާލަމުން ދުރަށް ޖެހިލަން މަސައްކަތް ކޮއްލިއެވެ. އައްރާދު ރުހާނީ ގައިން ދޫކޮށްލަމުން ސީލިންގަށް ބަލާލިއެވެ.

“ރޫހީ އޯ.ކޭ އެނދުގައި ނިދިއަސް… އައި ވޮންޓް ޓަޗް ޔޫ… އަންލެސް އިޓްސް ޗިލީ އިން ހިއަރ..” އައްރާދު އެކޮލުން ހީލަމުން އަނެއްފަރާތަށް އެނބުރުނެވެ. ރުހާނީގެ ގައި ހުރިހާ ލެއެއް އެއްފަހަރާ އޭނާގެ މޫނަށް ޖަމާވި ކަހަލައެވެ. އަވަހަށް އެނދުން ތެދުވަމުން އޭނާ އަވަހަށް ބޭރަށް ނިކުންނަން ހިނގައި ގަނެއްޖެއެވެ.

“އަމް ފައިން އޮން ދަ ކައުޗް..” ފުރަގަސްދީގެން ހުރި ތުވާލިނެގި ރުހާނީ ބުނެލިއެވެ. އޭނާ އެތަނުގައު މަޑުކޮށްފިނަމަ ފައިން ވާގިވެސް ދޫވެދާނެއެވެ.

“އޯ.ކޭ އެކަމް.. ރޫހީ އެތަނުގައި އޮންނަންޏާ އަހަރެންވެސް އެތަނާ އެބަ ލައިކްވޭ..” އައްރާދު ފަހަތުން އައިސް ރުހާނީގެ ފުރަގަހުގައި ހުއްޓެމުން ރުހާނީގެ ކޮނޑުމަތިން އަތް ގެނެސް އޭނާގެ ތުވާލި ނަގައިގެން ރުހާނީއަށްވުރެ ކުރިން ފާހާނާއަށް ވަދެއްޖެއެވެ. ގުޑިލަންވެސް ނޭނގުހުރި ރުހާނީ ދޮރު ލެއްޕުނުތަނާއި ދިމާލަށް ބަލާށެވެ. އައްރާދު އެހެން ކޮއްލާ ކުދި ކޮންމެ ގޯނާއަކީ އޭނާގެ ހިތާއި ސިކުނޑިއާއި ހަމައަށް ފޯރާ އެއްޗެކެވެ.

ރާމިޒު ތިރީގައި މަޑުކޮއްލައިގެން ހުރީ ރުހާނީއާއި އައްރާދު ތިރިއަށް ފައިބައިގެން އަންނަން ދެނެވެ. އޭނާ ބޭނުންވަނީ އައްރާދުއާއި ރުހާނީ ގާތްވުމެވެ. އޭނާއާއި ސުހޭލާއާއި ދެމެދުގައިވި ކަހަލަ ކަންތަކެއް އޭނާގެ ދަރިފުޅުގެ ދިރިއުޅުމަށް ވާކަށް ބޭނުމެއް ނުވެއެވެ. ކޮލެޖަށް ދާން ތައްޔާރުވި ރުހާނީ މިއަދު ލައިގެން ހުރީ މަޑުއަޅި ކުލައިގެ ހެދުމަކާއި ރަތް ބުރުގަލެކެވެ. އައްރާދު މޭޒުމަތީގައި އޮތް ރުހާނީގެ ދަބަސް ނަގައި ދުރުގައި ހުރި ރުހާނީއަށް އެއްލުމުން ހުޝިޔާރު ކަމާއެކު އޭގާއި ރުޙާނީ ހިފިއެވެ. ދެމީހުން އެކީގައިހެން ސިޑިން ފައިބައިގެން އައެވެ. ކުރިމަތިން ފެނުނު މީހެއްގެ ސަބަބުން ރުހާނީގެ ފައި ސިޑީގައި ތަތްލި ފަދައެވެ. އެމަންޒަރު ފެނުނު އައްރާދު ރުހާނީގެ އަތުގައި ހިފާލަމުން ކުރިއަށް ހިނގައިގަތެވެ. އިސްޖަހައިގެން އިން ރުހާނީ އެންމެ ފަހަރަކުވެސް އިސްއުފުލާ ބަލާނުލައެވެ. މޭޒުމަތިން ބިސްގަނޑެއް ނެގުމަށްފަހުވެސް އޭނގެން އެތިކޮޅެއްގައިވެސް އަތް ނުލައެވެ. އެކަން ހަމައެކަނި ފާހަގަވީ ރާމިޒަށް އެކަންޏެއް ނޫނޭވެ. ދުރުގައި ސިބަތު މޫނަށް ނުބައި ހިނިތުންވުމެއް ވެރިކޮށްގެން އިނީ އޭނާ ބޭނުންވާގޮތް ވެދާނެ ކަމުގެ އުންމީދުގައެވެ.

 

ރާމިޒު އެހެން އިނދެފައި ކަރުކެހިލުމުން އައްރާދު ނުރުހުންވެފައި ރާމިޒުގެ މޫނަށް ބަލާލިއެވެ. ހީވަނީ ދެންމެ ދެންމެ އައިސް މޭޒުގެ އަނެއްފަރާތުގައި އިށީނދެގެންއިން ފިރިހެންކުއްޖާގެ ކަރުގައި ހިފައިދާނެ ހެންނެވެ. އެކަން އެނދުނު ރާމިޒު ހީލީ އޭނާއާއި ރިޔާޒުގެ ރޭވުމަށް މިހާރުއްސުރެ ކުލަޖެހެމުން އަންނާތީއެވެ.

” ރާދު.. މީ ބައްފަގެ އަލަށް ހަޔަރ ކުރި އާކިޓެކްޓްއެއް.. ޒަޔާޏް ކިޔަނީ.. މާލޭގައި މިހާރު މވަގުތަށް ހުރި އެންމެ ވަރުގަދަ މީހުންގެ ތެރެއިން މީހެއްމީ..” އެހެން ބުނަމުން ރާމިޒު ޒަޔާންގެ ކޮނޑުގައި ޖަހާލިއެވެ. ޒަޔާނަށް ރާމިޒުމެންގެ ޕްލޭން ނޭނގުނު ނަމަވެސް ރާމިޒު އޭނާ ކުންފުންޏަށް ގެނައީ މަސައްކަތްވެސް ކުރުވުމުގެ މަޤްސަދުގައެވެ.

“ހައި…” ރުހާނީއަށް ބަލަހައްޓައިގެން އިނުމަށްފަހު އެންމެފަހުން ޒަޔާން ބުނެލިއެވެ.

“ހައި.. ދިސް އިޒް މައި ވައިފް ރުހީ..” އައްރާދު އެހެން ބުނުމުން ރުހާނީ ޒަޔާނަށް ބަލާލަމުން ގަދަކަމުން ހީލިއެވެ. ހީވާނީ މީހަކު ފަހަތުގައި ވަޅި ޖައްސައިގެން މަޖުބޫރު ކުރި ހެންނެވެ.

“ރުހާނީ…” އައްރާދު ބުނި އެއްޗެއް ރަނގަޅު ކޮއްލި ޒަޔާންގެ ތުންފަތުގައިވީ މައުނަވީ ހިނިތުންވުމެކެވެ. ޒަޔާން އެބުނި އެއްޗެއް އައްރާދަށް ވިސްނުނެވެ. އެކަމުން އިތުރަށް އުނދަގޫވި އައްރާދު އެންމެ ފަހުން ގޮނޑި ތަންކޮޅެއް ބޮޑަށް ރުހާނީއާއި ކައިރިއަށް ޖައްސާލަމުން ރުހާނީއަށް ބަލާލިއެވެ.

“ޒަޔާނަށް އެނގޭތަ އަހަރެމެންގެ ރޫހީ…” ރާމިޒު ނޭނގޭ ކަމަށް ހަދާލާފައި  ޝައުޤު ވެރިފައި އަހާލިއެވެ. އެސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒަޔާން ބަލާލީ ރުހާނީގެ މޫނަށެވެ.

“ރުހާނީ އެއީ ކަލާފަނު ރައްޓެއްސެއް…” ޒަޔާން އޭނާގެ ޖޫސްތަށީގައި ތުން ޖަހާލަމުން އައްރާދުގެ މޫނަށް ބަލާލިއެވެ. ޒަޔާންގެ ރީތި މުނުން ހިނދުކޮޅަކަށް ނަމަވެސް މޮޅުވި ކަމުގެ ނިޝާނެއް ފެނުނު ކަހަލައެވެ.

“ރޫހީ އޭރު އުޅުނީ ގްރޭޑް 9ގަ ދޯ..” ރުހާނީއަށް ދޯދެމުން ޒަޔާން ހިނިތުން ވެލިއެވެ. ރުހާނި ބީ ޖަހާލަމުން އައްރާދު މޫނަށް ބަލާލި އޭނާ އެތަނުން ބޭރަށް ގެންގޮސްދޭށޭ ބުނާ ފަދަގޮތަށެވެ.

“ބައްޕާ އަޅުގަނޑު މިދަނީ ރޫހީ ކޮލެޖަށްލާފަ އޮފީހަށް…” އެހެން ބުނަމުން އައްރާދު އެތަނުން ތެދުވެގެން އައިސް ރުހާނީގެ އަތުގައި ހިފައި ނަގަމުން އެންމެނަށް ހީލިއެވެ.

ދެމީހުން ކާރުގައި ތިބިއިރު އެކަކު އަނެކަކު އެއްފަހަރުވެސް ވާހަކަ ނުދައްކައެވެ. އައްރާދު މަގާއި ދިމާލަށް ބަލަހައްތޓައިގެން ހުރިއިރު އޭނާއަށް ސިފަވަމުން ދިޔާއީ ޒަޔާންގެ ހިނިތުންވެފައިވާ މޫނެވެ. ރުހާނީގެ އޮއްސިފައިވި މޫނަށް ބަލާލަމުން އަނެއްކާވެސް އައްރާދު މަގަށް ބަލާލިއެވެ. ރުހާނީ ކުއްލިއަކަށް އޭނާގެ އަތުގައި އޮތް ފޯނަށް ބަލާލަމުން އައްރާދުގެ މޫނަށް ބަލާލިއެވެ. އަދި ސުވާލެއް ކޮއްލަން ބޭނުމޭ ބުނުމުން އައްރާދު ބޯޖަހާލީ ހިނިތުންވަމުންނެވެ.

“ރާދުއަށް ކިތައް އަހަރު؟..” ރުހާނީ އެހެން އަހާލަމުން އައްރާދު ސިހުނެވެ. ރުހާނީއަށް އެވަރުވެސް ބުނެނުދޭކަން އެނގުމުން ދެރަވި އައްރާދު ރުހާނީގެ މޫނަށް ބަލާލަމުން ހިނިތުން ވެލިއެވެ.

“25…” އައްރާދފު އެހެން ބުނުމުން ރުހާނީ ދެލޯ ބޮޑޫ ކޮއްލިއެވެ. ރުހާނީ ހީކޮށްގެން ހުރީ އައްރާދަށް 23 އަހަރު ކަމަށެވެ.

“ކޮއްޗެއް ކިޔެވީ؟” އައްރާދުއާއި ބެހޭގޮތުން އެނގެން ބޭނުންވެފައިހުރި ރުހާނީ ކުއްލިއަކަށް އެދިމާލަށް އެނބުރެމުން ކާރުގެ ސީޓުގައި ބޯއަޅާލިއެވެ. އަރިއަކަށް އިނުމުގެ ސަބަބުން އޭނާއަށް އައްރާދުގެ މޫނަށް އަރައި ފައިބަމުންދިޔަ ކުލަތަށް އެނގުނެވެ.

“ލެޓްސީ… އައި ފިނިސްޑް އޯލެވެލް ފްރޮމް ހިއަރ.. ލޯ ފައުންޑޭޝަން އެންޑް ޑިގްރީ ހެދީ އޮސްޓްރޭލިއަރ އިން.. އެންޑް މާސްޓަރސް ހެދީ މެލޭ އިން…” އައްރާދު އެހެން ބުނުމުން ރުހާނީގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ.

“ރޫހީ ތި ކިޔަވަނީ ބިޒްނަސް ދޯ…” އައްރާދު އެހެން ބުނުމުން ރުހާނީ ބޯޖަހާލިއެވެ. ރުހާނި ކުޑަކަމާއި ޅަކަމުން އައްރާދު ބިރުގަނެއެވެ.

“އައި ކޭންޓް ބިލީވް ޔުއަރ އަ ލޯޔަރ…” ރުހާނީ އެހެން ބުނަމުން އައްރާދުގެ މޫނަށް ބަލާލިއެވެ. އަދި ކުއްލިއަކަށް މޫނު ހަދާލއެވެ.

” މަންމަ ބުނި ރާދު އުޅުނީ އިންޑިއާގައޭ ދެން ކިހިނެއް އޯލެވެލް މިކޮޅުން ނިންމީ…” ރުހާނީ މޫނު ހަދާލަމުން ބުނެލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

ޓޫރިޒަމް ޒޯން ކޮބާ؟

Next

ބުނާށެ ލޯބި ނުވަނީހޭ (18)

Next
September 19, 2018

ބުނާށެ ލޯބި ނުވަނީހޭ (18)

Previews
September 19, 2018

ޓޫރިޒަމް ޒޯން ކޮބާ؟

11 Comments!

  1. Ninnu says:
    September 19, 2018 at 10:13 am

    guys… i will be only uploading on week days.. Thank you for your patience 🙂

  2. ? Unknown ? says:
    September 19, 2018 at 10:19 am

    Me first dhw. V nice

  3. Hhhh says:
    September 19, 2018 at 10:21 am

    Haadha mistake ginaey…. Huriha part ehga ves mivarah ove mistakes. Please proof read once haadha undhaguley kiyanves and foohive evarah mistakes hunnaathy. Typooos everywhere

    1. Ninnu says:
      September 19, 2018 at 10:27 am

      sorry. i totally understand your concern. from next part onwards i will check ☺️?. thank you

  4. Anha says:
    September 19, 2018 at 10:57 am

    V v reethi vaahaka.. but i think thankolheh kuru kanneyge parts thah .. ninnu adhi dhigu kohladheyn v ennu part thah. Waiting for the next part. Love this story❤

  5. Haa says:
    September 19, 2018 at 12:29 pm

    Vrh reethi??love the concept??

  6. Hawwor; says:
    September 19, 2018 at 12:55 pm

    Ninnu…plzzz cover pic change kohdhyba…….eyrun salhi vaane kanneyge…..

  7. Hudher says:
    September 19, 2018 at 1:40 pm

    Nice part dear….maadha allah…next part thankolheh dhigukolla dhehchey….luv yahh???

    1. corrected says:
      September 19, 2018 at 3:39 pm

      ** Masha Allah

  8. Hudher says:
    September 19, 2018 at 3:59 pm

    Thank u dear….luv yahh ???????

  9. Aish maaya says:
    September 19, 2018 at 4:50 pm

    Vv reethi mi story?? enme mahsalaeh othy..konme partehga ves writing mistake hunnakan faahaga kurevey…mikanthah rangalhukohlahchey dear❤❤❤

Comments are closed.

Next Episodeވީމޭ މަ ކައިރީގާ (8)←


All Right Reserved!