Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 42

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
September 19, 2018 13 Mins Read
13 Comments

ސައިޑް ކަބަޑު މަތީގައި އިން ސޯނާ ގަޑިން އެލާމްވާ އަޑަށް ނިދާފައި އޮތް ޔޫހާންއަށް ހޭލެވުނެވެ. އޭނާ ސޯނާ ގަޑި އޮފްކޮށްލުމަށްފަހު ކަންނެއްކަމާއެކު ދެލޯ ހުޅުވާލަމުން މޯޅިއަކަށް ދެމިލިއެވެ. އެނދުން ތެދުވެ ފެންވަރާ ތާޒާވެލުމަށްފަހު ޔޫހާން ފާޚާނާއަށް ވަނެވެ. ފެންވަރާއިގެން ނިކުމެ އަލަމާރިން މުށި ކުލައިގެ އަތް ކުރު ޓީޝާޓަކާއި ކަޅު ކުލައިގެ ސްކިނީއެއް ލިއެވެ. ފަތިހުގެ މި ވަގުތުގައިވެސް ޔޫހާންގެ މޫނު މަތިން ފެންނަމުން ދަނީ ތާޒާކަމެވެ. ޑްރެސިން ޓޭބަލް ކުރިމަތީގައި އިސްތަށިގަނޑު ސްޓައިލްކުރަން ހުއްޓާ ފަތިސް ނަމާދުގެ ބަންގީގެ މޫރިތި އާޔަތްތަކުގެ އަޑު ޔޫހާންގެ ކަންފަތުގައި ޖެހުމާއެކު އޭނަގެ ހަރަކާތްތައް އަވަސްކޮށްލުމަށްފަހު ގަޔަށް ސެންޓު ބުރުވާލަމުން ކޮޓަރިން ނިކުތެވެ.

ޔޫހާން ކޮޓަރިން ނިކުންއިރު ޖެހިގެން ހުރި ކޮޓަރިން ޔުމާންވެސް ނިކުންނަނީއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ހިނިތުންވުމެއް ރައްދުކުރުމަށްފަހު އެކުގައި ސިޑިން ފޭބިއެވެ. އަދި ގެއިން ނިކުމެ ޖަމާޢަތަށް މިސްކިތަށް ދިއުމަށް ހިނގައިގަތެވެ. ފަތިސް ވަގުތު ކަމުން މަގުމަތި ފެންނަނީ ވަރަށް އަމާންކޮށެވެ. މިސްކިތް ހުރީ ގެއާއި މާދުރު ނޫން ހިސާބެއްގައި ކަމުން ދެމީހުންވެސް ކުރިއަށް ދިޔައީ އާދައިގެ ހިނގުމެއްގައެވެ.

މިސްކިތުން ޔޫހާންއަށް ޔައިޝްގެ އިތުރުން އިފާން ފެނުމުން ދެމީހުނަށްވެސް ހިނިތުންވުމެއް ރައްދުކުރިއެވެ. ފަތިސް ނަމާދުކޮށްގެން ތިން ޒުވާނުންވެސް މިސްކިތުން ފޭބީ އެކުއެކީގައެވެ. ތިން ޒުވާނުންގެވެސް މަންޒިލަކަަށްވީ ޔޫހާންގެ ގެއެވެ. ޔައިޝް އާއި އިފާން ގޮސް ބަގީޗާގެ ތެރޭގައި ހުރި ކޮފީ ޓޭބަލް ކައިރީގައި ހުރި ހުދު ކުލައިގެ ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ. އެތަން ވަނީ ވާރޭ ވެހުނަސް ތިބެވޭނެ ފަދައިން ހިޔާކޮށްފައެވެ. އެދެމީހުން އެތައި މަޑުކޮށްލިއިރު ޔޫހާން ގޮސް ވަދުނީ ގެއަށެވެ.

ގެއަށް ވަދެ ޔޫހާން މިސްރާބުޖެހީ ބަދިގެއަށެވެ. ބަދިގޭ ދޮރުމައްޗަށް އެރިއިރު ކޮފީއެއް ތައްޔާރުކުރުމުގައި މީޝާ ހަރާކާތްތެރިވަމުން ދިޔައެވެ. އޭރު އޭނާ ހުރީ އާއްމުކޮށްވެސް އޭނަ ލައިއުޅޭ ކަހަލަ ކަޅު ކުލައިގެ ގަޔަށް ދޫ ހެދުމަކާއި ގޭގައި އުޅޭއިރު އަޅާ ކަހަލަ ކުޑަ ވަށް ބުރުގަލެއް އަޅާއިގެންނެވެ. ” ދޮންބެދައްތާ… ތިން ކޮފީ ރެޑީކޮށްލަދީބާ… ގާޑެންއަށް ގެނެސްދެއްޗޭ…” ބަދިގެ ދޮރުމަތީގައި ހުރެ ޔޫހާން ބުނެލިއެވެ. ”ހޫމް… ދޮންބެގެ މި ކޮފީ ރެޑީކޮށްލާފަ ވަރަށް އަވަހަށް ރެޑީކޮށްލަދޭނަން އިނގޭ… ” ހިތްހެޔޮ ހިނިތުންވުމެއް ރައްދުކުރަމުން މީޝާ ބުނެލިއެވެ. އެއާއެކު ޔޫހާންވެސް ހިނިތުންވެލަމުން އެންމެ ރަނގަޅު ކަމުގައި ބުނެ ޔައިޝްމެންގެ ގާތަށް ދިއުމަށް ހިނގައިގަތެވެ.

އައިލީން އާއި ޝައުނާ ފަތިސް ނަމާދުކޮށް ނިމުނު އިރުވެސް ރިފްޝާ އޮތީ ގަދަ ނިދީގައެވެ. ހުދު ކުލައިގެ ވަށް ދޮޅި އާއި ކަޅު ކުލައިގެ އިސްޓާކީން މުސައްލަ ތެރެއަށް ލައި އޮޅާލުމަށްފަހު ތެދުވެލި އައިލީންއަށް ގަދަ ނިދީގައި އޮތް ރިފްޝާ ފެނުމުން ދެފަރާތަށް ބޯ ހޫރުވާލިއެވެ. މުސައްލަ ކޮޓަރީގެ އެއްފަރާތުގައި ހުރި ކަބަޑު މަތީގައި ބޭއްވުމަށްފަހު އައިލީން ގޮސް ރިފްޝާ ނިދާފައި އޮތް އެނދު ކައިރީގައި ހުއްޓިލިއެވެ. ހަރަން ބަދެލައިގެން ހުރެ ރިފްޝާގެ މޫނަށް ނަޒަރު ހުއްޓާލަމުން އައިލީން ކުސްތަޅާލިއެވެ. ޝައުނާވެސް އޭނަގެ މުސައްލަ ކަބަޑު މަތީގައި ބޭއްވުމަށްފަހު ރިފްޝާގެ އެނދު ކައިރިއަށް މިސްރާބު ޖެހިއެވެ. އަދި އައިލީން ގާތު މަޑުމަޑުން މިފަހަރު ރަނގަޅަށް ނިދިޔަ ދޭނަމޭ ބުނެ ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒު ކައިރިއަށް ހިނގައިގަތެވެ. ޝައުނާ ގޮސް ބިއްލޫރި މޭޒު މަތީގައި އިން ފެން ޖަގު ނަގައި އެތަނުގައި އިން ބިއްލޫރި ތައްޓަށް ފެން އެޅިއެވެ. އަދި އެތަށި ހިފައިގެން ރިފްޝާ ނިދާފައި އޮތް އެނދު ކައިރިއަށް ގޮސް އޭނަގެ މޫނަށް ފެންތަށި އޮއްސާލިއެވެ. އެއާއެކު ސިހިފައި ދެލޯ ބޮޑުކޮށްލަމުން ރިފްޝާ ތެދުވިއެވެ. މަންޒަރު ބަލަން ހުރި އައިލީންގެ ހިނިގަނޑު ވަގުތުން ފަޅާއިގެން ދިޔައެވެ. ” ނަމާދުކުރަން ތެދުވާށޭ ރިފޫ… މިހާރު ގޮވާތާ ކިހާ އިރެއް… މަށާ އައިލީ އާ ނަމާދުކޮށް ނިމުންއިރުވެސް އަދިވެސް ތިއޮތީ ގަދަ ނިދީގަ… ނައު ގެޓް އަޕް… ” ރުޅި އައިސްފައި ކަމަށް ހެދެމުން ޝައުނާ ވަރަށް ބާރަށް ބުނެލިއެވެ. އޭރުވެސް އައިލީން ދިޔައީ ހުއްޓުމެއްނެތި ހެމުންނެވެ. ރިފްޝާ ތުންކޮޅު ހަދާލަމުން އެނދުން ތެދުވެ ފާޚާނާއަށް ވަނެވެ. އެއާއެކު އައިލީން އާއި ޝައުނާާ ހެމުން ހެމުން ކޮޓަރިން ނިކުމެ ބަދިގެއަށް މިސްރާބުޖެހިއެވެ. ދެމީހުންވެސް ބަދިގެއަށް ގޮސް ކޮފީއެއް ހެދުމަށް އަވަސްވެގަތެވެ. ހަފްތާ ބަންދު ނިމި އާދިއްތަ ދުވަސްކަމުން ފަތިސް ނަމާދަށްފަހު ނިދާ ޚިޔާލެއް އެމީހުން ނުކުރިއެވެ.

ޔޫހާން އާއި އޭނަގެ އެކުވެރިން ވާހަކަ ދައްކަން ތިއްބާ މީޝާ ޓްރޭއަކަށް ތިން ކޮފީ މަގު ލައިގެން އެމީހުންގެ ގާތަށް އަންނަ ތަން ފެނި ތިން މީހުންގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. މީޝާ އައިސް ކޮންމެ މީހަކަށްވެސް ހިނިތުންވެލަމުން ކޮފީ މަގެއް ދިއްކޮށްލިއެވެ. ”ހާދަ ދުވަސްފަހުންނޭ މީޝް ދައްތަ އަތުން ކޮފީއެއް މި ލިބުނީ… ” ހިނިތުންވެފައި އިނދެ މީޝާއަށް ބަލާއިލަމުން އިފާން ބުނެލިއެވެ. ” ފާން މެން ނާންނަނީ އެއްނު މީޝް ދައްތަ ތައްޔާރުކުރާ ކޮފީ ބޯން… ” މީޝާވެސް އެމީހުންގެ ވާހަކައިގައި ބައިވެރިވުމުގެ ގޮތުން ބުނެލިއެވެ. ” މި ޔޫން އެއް ނުބުނެޔޭ އަންނާކަށް… ދެން ކހިނެއްތަ އާދެވޭނީ…” ޔޫހާންއަށް ބަލައިލަމުން ޔައިޝް އެހެން ބުނުމާއެކު މީޝާ ހޭންފެށިއެވެ. ” އަހަރެން ބުނީމަ ނޫނީ ދުވަހަކުވެސް މިގެއަކަށް ޔައި އެއް ނުވަދޭ ވިއްޔަ ދޯ… ” މޫނަށް ވައްތަރެއް ޖައްސާލަމުން ޔޫހާން އެހެން ބުނުމާއެކު އެންމެން އެކު އެކީގައި ހީނގަތެވެ. މީޝާ އިފާންމެން ގާތު ގިނަ ގިނައިން އެގެއަށް އައުމަށް ބުނުމަށްފަހު ދަނީކަމުގައި ބުނެ ގޭތެރެއަށް ވަންނަން މިސްރާބު ޖެހިއެވެ.

” މިއަދު ހެނދުނު ސައިބޯ ގަޑީގަ ބައްޕަ އާ އެވާހަކަ ދައްކަން މި ގަސްތުކުރަނީ… ބައްޕަ އާ ވާހަކަ ދައްކާފަ ލަސްކުރާކަށް ބޭނުމެއްނޫން… އަވަހަށް ކައިވެނި ކުރަން ބޭނުމީ… ” ކޮފީ މަގުން އެތި ފޮދެއް ބޯލަމުން ޔޫހާން ބުނެލިއެވެ. ”ގްރޭޓް… އެންމެން އެއްކޮށް ދޯ ޕާޓީ ބާއްވާނީ… ސަޅިވާނެ އޭރުން… ” އިފާން ވަރަށް ފޯރީގައި އެހެން ބުނެލުމާއެކު ޔައިޝް އާއި ޔޫހާންވެސް ލުއި ހުނުމަކާއެކު ބޯ ޖަހާލިއެވެ. އެގޮތުގައި ތިބެ ކޮފީ ބޮއެގެން އިފާން އާއި ޔައިޝް އެމީހުންގެ ގެއަށް ދިއުމަށް ޔޫހާންގެ ގެއިން ނުކުތުމާއެކު ޔޫހާންވެސް އޭނަގެ ގެއަށް ވަނުމަށް ހިނގައިގަތެވެ.

ރިފްޝާވެސް ނަމާދުކޮށްގެން ކޮފީއެއް ބޯލުމަށް ކޮޓަރިން ނިކުތެވެ. އޭރު އައިލީން ހުރީ އޭނައަށް ކޮފީއެއް ތައްޔާރުކޮށްދީފައެވެ. ރިފްޝާ ކޮޓަރިން ނިކުތުމާއެކު ޝައުނާ ތައްޔާރުވާން ކަމުގައި ބުނެ ކޮޓަރިއަށް ވަނެވެ. އައިލީންވެސް ކޮފީ ބޮއެ ނިމުމުން އިރުކޮޅަކު ރިފްޝާ އާއި ވާހަކަ ދައްކާލަން އިނުމަށްފަހު ތައްޔާރުވުމަށް ކޮޓަރިއަށް ދިޔައެވެ.

ޑްރެސިން ޓޭބަލްގެ ކުރިމަތީގައި ހުރެ އައިލީން އޭނަގެ ދިގު ފަން އިސްތަށިގަނޑުގައި ފުނާ އަޅަމުން ދިޔައެވެ. ލައިފައިވި އޮރެންޖު ކުލައިގެ އަތް ދިގު މަތިކޮޅާއި ހަމަ އެކުލައިގެ ފައިތިލަ އާއި ހަމައަށް އަންނަ ފުޅާ ދިގު ސްކާޓްގައި އައިލީން ފެންނަލެއް ވަރަށް ޗާލެވެ. އޮރެންޖު ކުލައިގެ އެ މަތިކޮޅުގައި ރަން ކުލައިން މާމަލުގެ ކުރެހުން ހިމެނިފައިވުމުން އިތުރަށް ރީތިކޮށްދެއެވެ. މޫނު މަތީގައި ލުއި މޭކަޕެއް ކޮށްލުމަށްފަހު އަލަމާރިން އޮރެންޖު ކުލައިގެ ތުނި ސްކާފެއް ނަގައި ރީތި ގޮތަކަށް ކަރުގައި އަޅާލިއެވެ. އަދި ގަޔަށް ސެންޓު ޖަހާލުމަށްފަހު އެނދު މަތީގައި އޮތް އޭނަގެ އަތް ދަބަސް ނަގައި ބޭނުންވާ ހުރިހާ އެއްޗެއް ހަމަތޯ ބަލާލިއެވެ. ދަބަހުގައި ހުރިހާ އެއްޗެއް ހަމައަށް ހުރުމުން އައިލީން ދަބަސް ހިފައިގެން ކޮޓަރިން ނިކުމެ ސިޓިން ރޫމު ސޯފާގައި އިށީނެވެ. ޝައުނާ އާއި ރިފްޝާ ތައްޔާރުވެގެން ނިކުންނަންދެން އައިލީން ސޯފާގައި މަޑުކޮށްލައިގެން އިނެވެ. އޭރު އާޝިޔާ ޒައުލްއަށް ކިރު ތައްޓެއް ގިރަން ކާމޭޒު ކައިރީގައި ހުއްޓެވެ.

އެންމެން ތައްޔާރުވުމުން އެމީހެއްގެ ވަޒީފާއަށް ދިއުމަށް އެކުއެކީގައި ތިން މީހުން ގެއިން ނިކުތެވެ. ހަފްތާ ބަންދު ނިމި ސުކޫލުތަކާއި އޮފީސްތައް ހުޅުވާ ދުވަސްކަމުން މަގުމަތި ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. ކުރިން ގެއިން ނިކުމެވުނުކަން ނަސީބެކޭ ތިން މީހުންގެ ހިތަށްވެސް އެރިއެވެ. އެންމެންވެސް ބަލަނީ އަވަހަށް އެމީހެއްގެ މަންޒިލަށް ވާސިލްވެވޭތޯއެވެ.

ސޯފާގައި އިށީންދެގެން ކަޅު ކުލައިގެ އިސްޓާކީނަކަށް އަރަން އިން ޔޫހާން ފާރުގައި ހަރުކުރެވިފައިވި ގަޑިއަށް ނަޒަރެއް ދިނެވެ. އޭރު ގަޑިން ހަތްގަޑި ތިރީސްވިއެވެ. އިސްޓާކީނަށް އަރާ ނިމުމުން އެނދު މަތީގައި އޮތް އޭނަގެ ރިހި ކުލައިގެ ގަޑި އަތަށް ހެޔޮވަރު ކުރަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ކަނޑު ނޫ ކުލައިގެ އަތް ދިގު ގަމީހަކާއެކު ކަޅު ކުލައިގެ ފަޓުލޫނުގައި ޔޫހާން ހުރިއިރު ކަރުގައި ވަނީ ކަޅު ކުލައިގެ ހިމަ ޓައިއެއް އަޅާފައެވެ. ބޮލުގެ އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައިވުމުން އިތުރަށް ފުރިހަމަކޮށްދެއެވެ. މަޑު ހިނގުމެއްގައި ސިޑިން ފައިބައިގެން ގޮސް ޔޫހާން ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލަމުން އިށީނެވެ. އޭރު ޔާސިރުގެ އިތުރުން ޔުމާންވެސް ނާސްތާކުރުމައިގެން ކުރިއަށް ދިޔައެވެ. ކައިރީގައި އަފީފާގެ އިތުރުން މީޝާ އެމީހުންގެ ޚިދުމަތުގައި ތިއްބެވެ. ޔޫހާން އައިސް އިށީނުމުން އަފީފާ އޭނައަށްވެސް ތަށިތައް ކައިރިކޮށްދެން ފެށިއެވެ.

ނާސްތާ ކުރަމުން ދިޔައިރު ޔޫހާންއަށް އިރުއިރުކޮޅުން ޔާސިރުގެ މޫނަށް ބަލައިލެވެއެވެ. އެންމެ ފަހުން ކޮންމެ ގޮތެއް ހަދާފައިވެސް ވާހަކަ ދައްކަން ނިންމިއެވެ. ” ބައްޕާ… އަޅުގަނޑު ވާހަކައެއް ދައްކާލަން ބޭނުން… ” ޔޫހާން ޔާސިރުގެ މޫނަށް ބަލަހައްޓާއިގެން އިނދެ ބުނެލިއެވެ. ” ބުނެބަލަ ދަރިފުޅާ… ކޮންވާހަކައެއް… ބައްޕަވެސް އެބަ އޮތޭ ދަރިފުޅާ ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެފަ… ފުރަތަމަ ދަރިފުޅު ބުނޭ… ” ހިނިތުންވެލަމުން ޔާސިރުވެސް ބުނެލިއެވެ. ” ބައްޕާ… އަޅުގަނޑު ކައިވެނިކުރަން ބޭނުން… އަޅުގަނޑަށް ހިތްހަމަޖެހޭ ކުއްޖެއް ލިބިއްޖެ… ” އުފާވެރި މޫނަކާއެކު ޔޫހާން ބުނެލިއެވެ. އޭރު އެންމެންގެ މޫނު މަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމެވެ. ” އެހެންތަ… ބައްޕައަށް ހާދަ ހީވެޔޭ ދަރިފުޅު ހިތްހަމަޖެހޭ ކުއްޖަކީ ނައުރީން ހެން… ” ފުޅާ ހިނިތުންވުމަކާއެކު ޔާސިރު ބުނެލި އެއްޗަކުން އޭނަ ފިޔަވައި އެހެން އެންމެންގެ ތުންފަތުގައިވި ހިިނިތުންވުން ފިލައިގެން ދިޔައެވެ. އެ އެންމެނަށްވެސް ލިބިގެން ދިޔައީ ހައިރާންކަމެވެ. ”ބައްޕާ… އެކުއްޖަކީ ނައުރީންއެއް ނޫން… އަޅުގަނޑު މިބުނާ ކުއްޖަކީ އައިލީން… ނައުރީން އަކީ ހަމަ އެކަނި އަޅުގަނޑުގެ ރަހުމަތްތެރިއެއް… އެހެން ނަޒަރަކުން ނުދެކެން… އަޅުގަނޑު ބޭނުން ވަނީ އައިލީން އާ ކައިވެނިކުރަން… ” ޔޫހާން ޔާސިރުއަށް އޮޅުންފިލުވައިދިނުމުގެ ގޮތުން ވާހަކަ ދެއްކިއެވެ. ޔޫހާންގެ ވާހަކަތައް އަޑުއިވުނު ޔާސިރުގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. ” ތިކަމެއް ނުވާނެ… ޔޫހާން އިންނަން ޖެހޭނީ ނައުރީން އާ… ރޭގަ އަހަރެން ނަސީރު އާ މިކަމާ ބެހޭގޮތުން ވާހަކަ ދެއްކިން… ނަސީރުވެސް ބޭނުންވަނީ ނައުރީންގެ ކައިވެނި ޔޫހާން އާ ކުރުވަން… އަހަރެން މާކުރިންސުރެވެސް ބޭނުންވެފަ ހުރީ ޔޫހާންގެ ކައިވެނި ނައުރީން އާ ކުރުވަން… ނަސީރު އަހަރެންނަށް އެކޮށްދިން ކަންތައް ދުވަހަކުވެސް އަހަރެންގެ ހިތަކުން ފިލައިގެނެއް ނުދާނެ… ނަސީރު އަހަރެންގެ ކައިރި އެ އެދުނީ އެންމެ ކަމަކަށް… އެއީ ޔޫހާންގެ ކައިވެނި ނައުރީން އާ ކުުރުވުން… މިކައިވެނި ކުރެވިއްޖެނަމަ އަހަރެމެންގެ މި ވިޔަފާރިއަށްވެސް ކިހާ ފައިދާ ވާނެ… ޔޫހާން ކައިވެނިކުރަން ޖެހޭނީ ހަމަ ނައުރީން އާ… ” ހިތްހަމަނުޖެހިފައިހުރެ ޔާސިރު ބުނެލިއެވެ. ” އެކަމަކު ބައްޕާ އަޅުގަނޑު ލޯބިވަނީ ނައުރީން ދެކެއެއް ނޫނޭ… އަޅުގަނޑު ލޯބިނުވާ މީހަކާއެކު ކައިވެނިކޮށްގެން އުޅޭނީ ކިހިނެއް… އަޅުގަނޑުވެސް ގަބޫލުކުރަމޭ ނަސީރުބެ އެވެދިން އެހީއަކީ ވަރަށް ބޮޑު އެހީއެއްކަން… އެކަން ފަހަރެއްގައިވެސް އަޅުގަނޑު ހަނދާންނައްތައެއް ނުލަން… އެކަމަކު އޭގެ މާނައެއް ނޫން ދޯ އެއީ ނައުރީން އާއި ކައިވެނިކުރާށޭ… ” ޔޫހާން އޭނަގެ ބައްޕައަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ”ކޮން އެކަމަކުއެއް… ބައްޕަ މިބުނީނު ޔޫހާން އިންނަންޖެހޭނީ ނައުރީން އާއޭ… ކައިވެނިކޮށްގެން އުޅުނީމަ ދެކުދިންނަށްވެސް އުފަލުގަ އުޅެވޭނެ… ޔޫހާން އާ ނައުރީންގެ ކައިވެނި މިހާރު މިވަނީ ހަމަޖައްސާފަ… އެހެންވީމަ އެކަމަކަށް އެއްވެސް ބަދަލެއް ނާންނާނެ… ޔޫހާން އިންނަންޖެހޭނީ ހަމަ ނައުރީންއާ… އެއީ ބައްޕަގެ ފަހުގެ ނިންމުން… ” ޔޫހާންއަށް ބަލަހައްޓާއިގެން ހުރެ ހަރުކަށިކަމާއެކު ޔާސިރު އެހެން ބުނެލުމަށްފަހު ފުރިހަމައަށް ނާސްތާވެސް ކުރުމެއްނެތި ދާން ހިނގައިގަތެވެ. ”ތިހެންވީއިރު ބައްޕަވެސް އަޅުގަނޑުގެ ފަހު ނިންމުން އަޑުއަހާލަމާ… ބައްޕައަށް މިއަދު އަޅުގަނޑުގެ އުފަލަށްވުރެ އެހެން ކަންތައްތައް މުހިއްމުވީމަ ވަރަށް ދެރަވެއްޖެ… ހިތަކަށް ނާރާ ބައްޕަ މިގުޅުމަށް ނުރުހުންވާނެއެކޭ… އަޅުގަނޑު ޔަގީންކުރިން ބައްޕަ އަޅުގަނޑުގެ މި ގުޅުމަށް އެއްބަސްވާނެކަމަށް… ވަރަށް އުއްމީދާއެކު ބައްޕަ ގާތު މިވާހަކަ މިދެއްކީ… އެކަމަކު… އެކަމަކު އަޅުގަނޑު ހުރިހާ އުއްމީދެއް ފުނޑުފުނޑުވީ… ނައުރީންއަކާ އަޅުގަނޑު ކައިވެންޏެއް ނުކުރާނަން… ނައުރީންއަކީ ހަމައެކަނި ރައްޓެއްސެއް… އެހެން ނަޒަރަކުން ނައުރީންއެއް ނުދެކެން ދުވަހަކުވެސް… އަޅުގަނޑު އައިލީން ނޫން އެހެން އެއްވެސް ކުއްޖަކާ ކައިވެންޏެއް ނުކުރާނަން… އެއީ ކޮންމެ މީހަކު ބުނިކަމުގައިވިޔަސް… މީ އަޅުގަނޑުގެ ފަހުގެ ނިންމުން… ” ޔޫހާންގެ އަޑަށް ޔާސިރު ފިޔަވަޅުތައް މަޑުޖައްސާލުމަށްފަހު މަޑުކޮށްލިއެވެ. އެހެނަސް ފަސްއެނބުރި ބަލައެއް ނުލައެވެ. ޔޫހާންވެސް އޭނަގެ ފަހުބަސް އިއްވާލުމަށްފަހު އެހެން މީހަކަށް އިތުރު އެއްޗެކޭ ބުނާނެ ފުރުސަތު ނުދީ ގެއިން ނިކުންނަން ހިނގައިގަތެވެ. އަފީފާގެ އިތުރުން ޔުމާން ގޮވުމުންވެސް އަޅާލުމެއްނެތި ޔޫހާން ދިޔައީއެވެ. ޔާސިރުވެސް އެއްވެސް އެއްޗެކޭ ބުނުމެއްނެތި ހިތްހަމަ ނުޖެހިފައިހުރެ ގެއިން ނިކުންނަން ހިނގައިގަތެވެ.

ކާމޭޒު ކައިރީ ހުރި ތިން މީހުންވެސް ހުރީ ދެންމެ ހިނގާދިޔަ ހާދިސާ ގަބޫލުނުކުރެވިފައެވެ. ގަބޫލުކުރެވޭނީވެސް ކހިނެއް ހެއްޔެވެ؟ މީގެ ކުރިން ދުވަހަކުވެސް ދެބަފައިން އެގޮތަށް ދެބަސްވެފައެއް ނުވެއެވެ. އެކަކު އަނެކަކާ ނުރުހުންވެ ވާހަކަ ދައްކާފައެއްވެސް ނުވެއެވެ. ދާދި ދެންމެއަކު ކަންތައް ވެދިޔަ ގޮތުން ކޮންމެ މީހެއްގެ ހިތްވެސް ވަނީ ނުތަނަވަސްވެފައެވެ. ހިތުގައި ވަނީ ބިރުވެރިކަމެއް އުފެދިފައެވެ. ކަންތައްވެގެން މިިދިޔައީ އެންމެންވެސް ހީކުރި ގޮތާއި ޚިލާފަށެވެ.

” ދެން ކިހިނެއް ހަދާނީ ދަރިފުޅާ ޔުމާން… ” ކަންބޮޑުވެފައިވި ނަޒަރަކުން ޔުމާންއަށް ބަލައިލަމުން އަފީފާ ބުނެލިއެވެ. ” މަންމާ… ކަންބޮޑުނުވޭ… މިވަގުތު ބައްޕަ އާ ޔޫން ދެމީހުން ވެސް ރުޅިއައިސްފަ ހުރީމަ އެހެން އެވީ… ދެމީހުންވެސް ރުޅި މަޑުވީމަ އަޅުގަނޑު ވާހަކަ ދައްކާނަން… އިނގޭ… މަންމަ ހާސްނުވޭ… މިގަޑީގަ މިދަނީ އޮފީހަށް… ގެއަށް އައިއްސަ ބައްޕަ އާ އަދި ޔޫން އާ ވާހަކަ ދައްކާނަން… ” އަފީފާއަށް ބަލަހައްޓާއިގެން ހުރެ ޔުމާން އެހެން ބުނެލިއެވެ. އަދި މީޝާއަށް ބަލައިލުމަށްފަހު ލޮލުން އަފީފާއަށް އިޝާރާތްކޮށްލިއެވެ. އެއާއެކު ޔުމާން އެ ބުނީ ކީކޭކަން މީޝާ އަށް އިނގުނެވެ. މީޝާވެސް ހިނިތުންވެލަމުން ބޯޖަހާލުމާއެކު ޔުމާން އޮފީހަށް ދިއުމަށްޓަކައި އަވަސްވެގަތެވެ. ” މަންމާ… ހާސްނުވޭ… މާން ބައްޕާ އާ ޔޫން އާ ފަހުން ވާހަކަ ދައްކާނަމޭ ބުންޏެއްނު… އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އިންޝާ ﷲ… ” އަފީގާގެ ގާތަށް ގޮސް އޭނަގެ ކޮނޑުގައި އަތް ބާއްވާލަމުން މީޝާ ބުނެލިއެވެ. އެއާއެކު އަފީފާވެސް ލުއި ހިނިތުންވުމަކާއެކު ބޯ ޖަހާލަމުން އޭނަގެ ކޮނޑު މަތީގައި ބާއްވާފައި އޮތް މީޝާގެ އަތުގެ މަތީގައި އޭނަގެ އަތް ބާއްވާލިއެވެ.

ޕާކިން އޭރިއާގައި ކާރު ޕާކުކޮށްލުމަށްފަހު ފަޓުލޫނުގެ އެއް ޖީބަށް އަތް ޖަހާއިލަގެން ހުރެ ބާރު ހިނގުމެއްގައި އޮފީސްތެރެއަށް ވަދެގެން ދިޔަ ޔޫހާންއަށް ގިނަ މުއައްޒަފުންގެ ނަޒަރު ވަނީ ހުއްޓިފައެވެ. ޔޫހާންގެ މޫނު މަތިން ހިތްހަމަނުޖެހިފައި ހުރި އަސަރުތައް ވަރަށް ރަނގަޅަށް ފާޅުވަމުން ދިޔައެވެ. މީގެ ކުރިން ދުވަހަކުވެސް ޔޫހާން އެފަދައިން ހިތްހަމަނުޖެހިފައި ހުއްޓާ ނުފެންނާތީ ހުރިހާ އެންމެންވެސް ތިބީ ހައިރާންވެފައެވެ. މީގެ ކުރިން ޔޫހާން އަބަދުވެސް އެމީހުނާއި ބައްދަލުކުރަނީ ރީތި ހިނިތުންވުމަކާ އެކުގައެވެ. ” ޔޫހާން ސަރ ހާދަ ރުޅި އައިއްސަހެން ހީވެޔޭ ދޯ… ބަޓް ރުޅި އައިއްސަ ހުންނައިރުވެސް ހީ ލުކްސް ސޯ ހޭންޑްސަމް… ހާދަ ސަޅިއޭ… ” އެ އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ އަންހެން މުވައްޒަފަކު ޖެހިގެން އިން އަންހެން ކުއްޖާގެ ގާތު ބުނެލުމާއެކެ އެ ކުއްޖާވެސް ޔޫހާންއަށް ތަޢުރީފުކޮށްލިއެވެ.

ޔޫހާން އެދިޔަ ގޮތަށް އޭނަގެ ކެބިންއަށް ވަނެވެ. މޭޒު ކައިރީ އިން ގޮނޑީގައި އިށީންނަމުން ޔޫހާން އޭނަގެ އަތް ފަން އިސްތަށިގަނޑުގެ ތެރެއަށް މަހާލިއެވެ. އޭނައަށް ބަލައިލުމުންވެސް ކަމަކާ ފިކުރު ބޮޑުވެފައިވާކަން އިނގިގެން ދާނެއެވެ. ކަންތައް ވެދިޔަ ގޮތުން ޔޫހާންގެ ހިތް ވަނީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ބައްޕަ އޭނަ އާއި އައިލީންގެ ގުޅުމަށް ނުރުހުންވެދާނެކަމަކަށް އެއްވެސް ވަރަކަށް ހީކުރެވިފައެއް ނުވެއެވެ. އަދި އަމުދުން އޭނައަށް ނާންގާ ބައްޕަ އޭނަގެ ކައިވެނި ބައްޕަ ބޭނުންވާފަދަ ކުއްޖަކާ ހަމަޖައްސާފާނެޔޭ ޔޫހާންގެ ހިތަށްވެސް ނާރައެވެ. ވިސްނާ ވިސްނާ ޔޫހާން އިނީ ބޯ ފަޅާއިގެންދާން ކައިރިވެފައެވެ. ވިސްނި ވަރަކަށް އޭނަގެ ބޮލުގެ ރިހުން ދިޔައީ އިރެއް އިރަކަށް ގަދަވަމުންނެވެ. އައިލީންއަށް މިކަން އިނގިއްޖިއްޔާ އަދި ވާނީ ކިހިނެއް ހެއްޔެވެ؟ އައިލީންގެ ހިތަށް ހާދަ އަސަރުކުރާނެއެވެ. އެކަމަކު ކޮންމެ ގޮތެއްވިޔަސް އައިލީންގެ ގާތު ބައްޕަ ނުގަބޫލުކަން ހާމަކުރަން ޖެހޭނެއެވެ. މިފަދަ ވިސްނުންތަކެއްގައި އިން ޔޫހާން ޖީބުގައި އޮތް ފޯނު ނަގައި އައިލީންއަށް ގުޅަން އުޅުނެވެ. އެހެނަސް ދެވަނަ ސިކުންތުގައި ޚިޔާާލު ބަދަލުވީ އައިލީން މިވަގުތު އުޅޭނީ ސުކޫލުގައި ކިޔަވައިދެންކަން ހަނދާންވުމުންނެވެ. އެހެންކަމުން ގުޅާލުމުގެ ބަދަލުގައި މެސެޖެއް ކޮށްލިއެވެ. މެސެޖު ކޮށްލުމަށްފަހު ޔޫހާން އޭނަ މިއަދު ކުރަން ހަމަޖެހިފައިވި މަސައްކަތްތައް ކުރެވޭތޯ ބެލިއެވެ. އެހެނަސް މިއަދު ގޭގައި ހިނގާ ދިޔަ ހާދިސާގެ ސަބަބުންނާއި ބޮލުގައި ރިއްސަމުން ދިޔަވަރުން މަސައްކަތައް ސަމާލުކަން ދިނުންވީ އުނދަގޫކަމަކަށެވެ.

ޔުމާންވެސް އަވަސް ހިނގުމެއްގައި އޮފީސް ތެރެއަށް ވަދެގެން ދިޔައެވެ. އޭނާ އެދިޔަ ގޮތަށް ގޮސް ޔޫހާންގެ ކެބިންގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނެވެ. މީހަކު އެތެރެއަށް ވަދުން ހެން ހީވުމުން ދޮރާއި ދިމާލަށް ޔޫހާން ބަލައިލިއެވެ. ބަލާއިލިއިރު ޔުމާން ހުރި ތަން ފެނުމުން ޔޫހާާން ފުންނޭވައެއް ދޫކޮށްލިއެވެ. ” ދޮންބެ… ބައްޕަ އަހަރެން ނުގަބޫލުގަ އަހަރެންގެ ކައިވެނި ހަމަޖައްސައިގެން ނުވާނެ އެއްނު… ދޮންބެއަށް ވެސް އެނގެއްނު އަހަރެން ބޭނުންވަނީ އައިލީކަން… ދޮންބެ ކީއްވެތަ އޭރު އެއްޗެކޭ ނުބުނީ… ” ޔުމާން އައިސް ކައިރީގައި ހުއްޓުމާއެކު ޔޫހާން ޝަކުވާކޮށްލިއެވެ. ” ރިލޭކްސް ޔޫން…ދޮންބެއަށް އެނގެޔޭ ޔޫން ބޭނުންވަނީ އައިލީކަން… ބައްޕަ ކަންތައް އެކުރީކީވެސް ރަނގަޅަކަށް ނޫން… ދޮންބެ ގަބޫލުކުރަން އެކަންވެސް… އޭރު ދޮންބެ އެއްޗެކޭ ނުބުނީ ރަނގަޅަކަށް… އެގަޑީގަ ބައްޕައަށް ވިސްނައިދޭން އުޅުނަސް އެކަން ނުވާނެތީ ދޮންބެ އަޅާނުލީ… ބައްޕަ ހުރީ ވަރަށް ރުޅިއައިއްސައެއްނު… ބައްޕަ އޯކޭ ވީމަ ދޮންބެ ބައްޕައާ ވާހަކަ ދައްކާނަން އިނގޭ.. ޔޫން ހާސްނުވޭ އިނގޭ… ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އަދި އިންޝާ ﷲ… އޯކޭ… ” ޔޫހާންގެ ކޮނޑުގައި އަތް ބާއްވާލަމުން ޔުމާން އޭނަގެ ކޮއްކޮއަށް ހިތްވަރުދިނެވެ. ޔޫހާންވެސް ޔުމާންގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި ޔުމާންގެ ގައިގައި ކުޑަކޮށް ބައްދާލަމުން ޝުކުރު އަދާކުރިއެވެ. ޔުމާން ވެސް ހިނިތުންވެލަމުން ޔޫހާންގެ ގައިގައި ބައްދާލިއެވެ. އަދި ދެން އޮފީހުގެ މަސައްކަތައިގެން ކުރިއަށް ދާށޭ ބުނެ ޔުމާންވެސް އޭނަގެ ކެބިންއަށް ދިޔައެވެ. ޔުމާން ދިޔުމާއެކު އެހެނިހެން ޚިޔާލުތަކުން ދުރުވެ މަސައްކަތަށް ސަމާލުކަން ދެވޭތޯ ބަލަމުން ޔޫހާން އޭނަގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

ބްރޭކް ގަޑި ލިބުމާއެކު ސައިބުއިމަށްޓަކައި ގެއަށް ދިޔުމަށް އައިލީން އާއި ރިފްޝާ އަވަސްވެގަތެވެ. އަތް ދަބަސް ތެރޭގައި އޮތް ފޯނު ނަގައި ބަލައިލިއިރު ޔޫހާންގެ މެސެޖެއް ލިބިފައިވުމުން އައިލީން އަވަސް އަވަހަށް މެސެޖު ކިޔާލިއެވެ. މެސެޖުގައި ބްރޭކް ގަޑި ޖެހުމުން ބައްދަލުކުރުމަށް އޭނަގެ އޮފީހަށް އައުމަށް އެދި ބުނެފައި އޮތުމުން އައިލީން ހައިރާންވިއެވެ. ކުއްލިއަކަށް މިފަދަ ގަޑިއެއްގައި ބައްދަލުކުރަން ބުނުމުން އައިލީންގެ ހިތުގައި ސުވާލު އުފެދިގެން ދިޔައެވެ. ރިފްޝާ ގާތު އެވާހަކަ ބުނެ އަވަހަށް ޓެކްސީއެއްގައި ޔޫހާންގެ އޮފީހަށް ދިއުމަށް މިސްރާބުޖެހިއެވެ. ޓެކްސީ ދުއްވާލުމާއެކު އައިލީން ޔޫހާންއަށް ގުޅާ އެބަދަން ކަމުގައި ބުނެލިއެވެ.

ޝައުނާ އޭނަގެ އޮފީސް ދޮރުމަތީގައި މަޑުކޮށްލައިގެން ހުރީ ރިފްޝާ އާއި އައިލީންގެ އިންތިޒާރުގައެވެ. އެދެމީހުންގެ އިންތިޒާރުގައި ހުރި ޝައުނާ ހައިރާންވީ ރިފްޝާ އެކަނި އަންނަތަން ފެނުމުންނެވެ. ” ކޮބާ އައިލީ… ” ރިފްޝާ އައިސް ކުރިމަތީ ހުއްޓިލުމާއެކު ސުވާލުން ފުރިގެންވީ ނަޒަރެއް ދެމުން ޝައުނާ އަހާލިއެވެ. ”އައިލީ ދިޔައީ ޔޫންގެ އޮފީހަށް… ޔޫން ބައްދަލުކުރުމަށް އެ އޮފީހަށް އަންނާށޭ ކިޔާފަ މެސެޖުކޮށްފަ އޮތީ… އެހެންވެ ދިޔައީ… ނޭނގެ ކީއްވެ ކަމެއް… ” ޖަވާބުގައި ރިފްޝާ ބުނެލިއެވެ. ދެމީހުންވެސް ދެން އަވަހަށް މިސްރާާބުޖެހީ ގެއަށް ސައިބޯން ދިއުމަށެވެ.

އައިލީން ޓެކްސީއިން ފޭބިއިރު ޔޫހާން އޭނަގެ އިންތިޒާރުގައި ހުއްޓެވެ. އައިލީން ޓެކްސީއިން ފޭބުމަށްފަހު ޑްރައިވަރަށް ފައިސާ ދެއްކިއެވެ. އަދި ޔޫހާންގެ ގާތަށް ދިއުމަށް ހިނގައިގަތެވެ. އައިލީން އައިސް ޔޫހާންގެ ކުރިމަތީ ހުއްޓިލުމާއެކު ޔޫހާން އައިލީންގެ އަތުގައި ހިފައިގެން އޮފީސް އިމާރާތުގެ ފުރަގަހުގައި އޮތް ބަގީޗާގެ ތެރެއަށް ދިއުމަށް ހިނގައިތެވެ. ޔޫހާންގެ އެ އަމަލުން އައިލީންގެ ހިތުގައި އުފެދިފައިވި ސުވާލުތައް އިތުރުވެގެން ދިޔައެވެ. އައިލީން ކެނޑިނޭޅި ޔޫހާން ގާތު ވީކިހިނެއްތޯ ސުވާލުކުރަމުން ދިޔަ ނަމަވެސް ޔޫހާންގެ ފަރާތުން ވަކި ޖަވާބެއް ނުލިބުނެވެ. އެކަމުން އައިލީންގެ ހިތުގައިވި ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ.

ބަގީޗާ ތެރޭގައި ގިނައިން ހެދިފައިވި ސައިމާ ގަސްތަކެއްގެ ފަހަތުގައި ޔޫހާން އައިލީން ގޮވައިގެން އައިސް މަޑުކޮށްލިއެވެ. ފެހި ކުލައިގެ ފަތްތަކުގެ ތެރެއިން ފޮޅިފައިވި ރަތް ކުލައިގެ ސައިމާތައް ފެންނަން ހުރިއިރު ބަލާލަން ކިތަންމެހާވެސް ހިތްގައިމެވެ. ” ޔޫހާން… ކިހިނެއްވީތަ… ކުއްލިއަކަށް މިގަޑީގަ އޮފީހުން ބައްލުކުރަން ބުނީ ކިހިނެއްވީތަ ޔޫހާން… އެއްވެސް ޖަވާާބެއްނުދީ ތިހެން ހުރީމަ މިހާރު ހިތް ބިރުގަންނަން ފަށާއިފި… ޕްލީޒް ޔޫހާން ބުނެބަލަ… ކިހިނެއްތަ ވީ… ” ޔޫހާން އައިސް ސައިމާގަހުގެ ކައިރީގައި ހުއްޓުމުން ކަންބޮޑުވެފައިހުރެ އައިލީން ބުނެލިއެވެ. ” އައިލީ… ވަރަށް ބޮޑު ވާހަކައެއް ބުނަން މިގަޑީގަ އަންނަން ބުނީ… އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް ކަނުލާ އަޑުއަހައްޗޭ… ” ޔޫހާން އައިލީންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އައިލީންގެ އެ ކަޅުކަންގަދަ ކަޅިއެއް ލިބިފައިވި ބޮޑު ދެލޮލާއި ހަތަރު ކަޅި ހަމަކޮށްލަމުން ބުނެލިއެވެ. އައިލީންވެސް އޭނަގެ މޫނުގައި ހިފަހައްޓާފައިވި ޔޫހާންގެ އަތުގައި ހިފަހައްޓާލަމުން ބޯޖަހާލިއެވެ. ” އައިލީ… އަހަރެންގެ ބައްޕަ އަހަރެމެންގެ… އަހަރެމެންގެ މިގުޅުމަކަށް ގަބޫލެއް ނޫން… ބައްޕަ ވަނީ އަހަރެންގެ ކައިވެނި ނައުރީން އާ ކުރުމަށް ހަމަޖައްސާފަ… ” ޔޫހާން ބުނެލި ވާހަކަތަކުގެ ސަބަބުން އައިލީންގެ ދެލޯ ދިޔައީ ބޮޑުވެގެން ދިޔައިރު އޭނަގެ މޫނުގައި ހިފަހައްޓާފައިވި ޔޫހާންގެ އަތުން ދޫކޮށްލަމުން އައިލީންއަށް ދެފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އޭރު އެ ރީތި ދެލޮލަށް ވަނީ ތާޒާ ކަރުނަތައް ޖަމާވެފައެވެ. އެއްވެސް އިޚުތިޔާރެއްނެތި އައިލީންގެ ލިލުން ފޭބި ކަރުނަތައް ފެނި ޔޫހާންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ” އައިލީ… ނޯ އައިލީ… ޑޯންޓް ކްރައި… އަދި ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ އިންޝާ ﷲ… ޔޫ އާ އޮންލީ މައިން އެން އައިމް އޮންލީ ޔުއާސް… ޕްލީޒް ޑޯންޓް ކްރައި…” އައިލީންގެ އަތުގައި ހިފާ ކައިރިއަށް ގެނެސް އައިލީންގެ ލޮލުން އޮހޮރުނު ކަރުނަތައް ނުހަނު ލޮއެބާއެކު ފޮހެލާއިދެމުން ޔޫހާން ބުނެލިއެވެ. ”ޔޫހާން… ދެން… ދެން ކިހިނެއް ހަދާނީ… ޔޫހާންގެ ބައްޕަ… ބައްޕަ ނުގަބޫލިއްޔާ އަހަރެމެން ދެ މީހުން… ” ޔޫހާންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެ އައިލީން ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. އެހެނަސް ވަކި ހިސާބަކުން ވާހަކަ މެދުކެނޑުނީ ޔޫހާން އޭނަގެ ތުންފަތުފައި ޝަހާދަތް އިނގިލި ޖައްސާލަމުން ދެފަރާތަށް މަޑުމަޑުން ބޯ ހޫރުވާލުމުންނެވެ.

” އައިލީ… އަހަރެން އަދި އިންޝާ ﷲ ހުރިހާ ކަމެއްވެސް އަދި ރަނގަޅުކުރާނަން… އަހަރެން ވާހަކަ ދައްކާނަމޭ އަދި ބައްޕައާ… ދޮންބެވެސް ވާހަކަ ދައްކާނަމޭ ބުނި އަދި ބައްޕައާ… ބައްޕަ ތަންކޮޅެއް ހަމަޖެހިފަ ހުންނައިރަކުން ވާހަކަ ދެއްކީމަ ބައްޕައަށް ވިސްނޭނެ… މަންމައާ ދޮންބެއާ ދޮންބެދައްތައާ އެންމެންވެސް އަހަރެމެން ދެމީހުނަށް ސަޕޯޓްކުރާނެ… ދޭ އޯލް އާ ވިތް އަސް… އަދި ނައުވެސް އެބަހުއްޓެއްނު… ނައުއަށް އިނގޭނެ އެއްނު އަހަރެން ލޯބިވަނީ އައިލީދެކެކަން… އަހަރެމެން ދެމީހުން އުޅެނީ ރައްޓެހިވެގެންކަންވެސް ނައުއަށް އިނގޭނެއެއްނު… ނައު އާ އަހަންނަކީ ހަމައެކަނި ފްރެންޑްސް… ދުވަހަކުވެސް އަހަރެން ނައުއަކަށް އެހެން ނަޒަރަކުން ނުދެކެން… ހަމަ އެގޮތަށް ނައުވެސް އަހަންނާ ދޭތެރޭ އެފަދަ މަޒަރަކުން ނުދެކޭނެއެއްނު… އެހެންވީމަ ނައުވެސް ބޭނުމެއްނުވާނެއެއްނު މިކައިވެނި ކުރާކަށް… އަހަރެމެން ދެމީހުން ނައުއާ ވާހަކަ ދައްކައިގެން މިކަން ހައްލުކުރެވިދާނެ… އައިލީ ޕްލީޒް ޑޯންޓް ވޮރީ… އެން ޑޯންޓް ގިވް އަޕް… އައި ނީޑް ޔުއާ ސަޕޯޓް… އައިލީގެ ސަޕޯޓްއާއެކު ހުރިހާ ކަމެއްވެސް އަހަންނަށް ހައްލުުރެވޭނެ އިންޝާ ﷲ… އައިލީ އަހަންނާ އެކުގަވާނަމަ ﷲ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް އަދި ރަނގަޅުވާނެ… ” އައިލީންގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ ޔޫހާން ވާހަކަ ދެއްކިއެވެ. ” އިންޝާ ﷲ އަދި ޔޫހާންގެ ބައްޕަ އަހަރެމެން މިގުޅުމަށް ގަބޫލުވާނެ… އަދި ހުރިހާ ކަމެެއްވެސް ރަނގަޅުވާނެ އިންޝާ ﷲ… އައިމް އޯލްވޭސް ވިތް ޔޫ… ލަވް ޔޫ ސޯ މަޗް ޔޫހާން… ” ޔޫހާން ދެއްކި ވާހަކަތައް ވިސްނި ހިތުގައި އުއްމީދު އާލާވުމުން އައިލީން ލުއި ހިނިތުންވުމަކާއެކު އެހެން ބުނެލުމަށްފަހު އޭނަގެ މޫނުގައި ހިފަހައްޓާފައިވި ޔޫހާންގެ އަތުގައި މަޑުމަޑުން ބޮސްދިނެވެ. ” ލަވް ޔޫ ޓޫ މައި ޕްރިޓީ ގާލް… ” ޔޫހާންވެސް ހިނިތުންވެލާފައި އެހެން ބުނެ އައިލީންގެ ނިއްކުރީގައި ބޮސްދިނެވެ. ” ޖަސްޓް ޕްރޮމިސް މީ އައިލީ ދެޓް ޔޫ ވޮންޓް ގޯ އަވޭ ފްރޮމް މީ… ދުވަހަކުވެސް އަހަންނާ ދުރަށް ނުދައްޗޭ… އައި ކާންޓް ލިވް ވިތައުޓް ޔޫ… އައިލީ އާ ނުލާ އަހަރެން އުޅެއްވެއްްޖެނަމަ އުޅެންޖެހޭނީ ވަރަށް ވޭންދެނިވި ދިރިއުޅުމެއް… ހިތާމަތަކުން ފުރިފައިވި ދިރިއުޅުމެއް… ސޯ ޕްލީޒް ނޯ މޭޓާ ވަޓް ހެޕެންސް ޑޯންޓް ގޯ އަވޭ ފްރޮމް މީ… ކޯޒް އައި ލަވް ޔޫ ސޯ މަޗް މައި ގާލް… ލަވް ޔޫ ސޯ މަޗް… ”  އައިލީންގެ މޫނުގައި އެއްއަތުން ފިރުމާލަމުން ޔޫހާން ބުނެލިއެވެ. ” އައި ވޮންޓް އިންޝާ ﷲ… ޔޫހާންއާ ދުރަކަށް ނުދާނަން އިންޝާ ﷲ… އަހަންނަށްވެސް ޔޫހާން އާ ނުލާ އުފާވެރި ދިރިއުޅުމެއް ނޫޅެވޭނެ… ކޯޒް އައި ލަވް ޔޫ ޓޫ… ” އައިލީންވެސް ލޮއެބާއެކު އެހެން ބުނެލަމުން ޔޫހާންގެ މޭގެ ތެރޭގައި ފޮރުވެލިއެވެ. ލޮއެބާއެކު ޔޫހާން އޭނަގެ ދެއަތުން އައިލީންގެ ގައިގައި ވަށާލަމުން ދެ ލޯ މަރާލިއެވެ.

އެދެ މީހުންނަށް ނުފެންނާނޭހެން އެތަނުގައި ހުރި ގަސްތަކެއްގެ ނިވަލުގައި ހުރި ޔާސިރުގެ މޫނު މަތިން ފެންނަމުން ދަނީ އިންތިހާއަށް ރުޅިވެރިކަމެވެ. އައިލީން އާއި ޔޫހާން ދެއްކި ހުރިހާ ވާހަކައެއްވެސް ޔާސިރުއަށް ވަރަށް ރީތިކޮށް އަޑުއިވުނެވެ. ހުރިހާ މަންޒަރެއްވެސް ފެނުނެވެ. ޔާސިރު ބަގީޗާއަށް އައީ ކުޑަ ނަމަވެސް ލުއެއް އޭނގެ ސިކުނޑިއަށް ލިބޭތޯއެވެ. އޭނާ ބަގީޗާގައި ހަރަކާތްތެރިވަމުން ދަނިކޮށް ޔޫހާން އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން އަންނަތަން ފެނުމުން އެކުއްޖަކީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަން އޮތުމުގެ ސަބަބުން އޭނާ އެތާއިހުރި ގަސްތަކެއްގެ ނިވަލަށް ވަނީއެވެ. ފެނުނު މަންޒަރުތަކުންނާއި އިވުނު ވާހަކަތަކުގެ ސަބަބުން ޔޫހާން އެބުނާ އައިލީން އަކީ އެއީ ކަން ޔާސިރުއަށް އެނގުނެވެ. އައިލީން ފެނުމާއެކު ކޮންމެވެސް ތަނަކުން އޭނައަށް ފެނުނުހެން ހީވުމާއެކު އޭނަގެ ސިކުނޑިއަށް ބާރުލަމުން ހަނދާންކުރަން މަސައްކަތްކުރި ނަނަވެސް ހަނދާނަށް އަންނަ ގޮތެއް ނުވިއެވެ. އޭނަގެ ނިންމުމަކަށް ޔޫހާން ދެކޮޅު ހެދީ ޔާސިރު ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ފަހަރެއްގައިވެސް ޔޫހާން އޭނަގެ އެދުމަކަށް ފުރަގަސްދީފާނެ ކަމަކަށް ހިތަށްވެސް ނާރައެވެ.

ދެމީހުންވެސް އެކަކު އަނެކަކާ ދުރުވެލުމަށްފަހު ބްރޭކް ގަޑި ނިމެން ކައިރިވާތީ އަވަސް އަވަހަށް އެތަނުން ނިކުމެ ކައިރީގައި ހުރި ރެސްޓޯރެންޓްއަކަށް ވަނދެ އަވަސް އަވަހަށް އެއްޗެއް ކާލައިގެން ވަޒީފާއަށް އަނބުރާއަށް ދިޔައެވެ. ދެމީހުންވެސް ވަޒީފާއަށް އަނބުރާ ދިޔައީ މިރޭ ދެމީހުންވެގެން ނައުރީން އާއި ބައްދަލުކުރަން ނިންމައިގެންނެވެ.

ވަޒީފާއިން ނިންމިގެން ގެއަށް ދިޔަ މަގުމަތީގައި އައިލީން ޔޫހާންގެ ބައްޕަ އެމީހުންގެ ގުޅުމަށް ނުގަބޫލުކަމާއި ޔޫހާންގެ ކައިވެނި ނައުރީން އާއި ހަމަޖެހިފައވާކަން ހާމަކުރިއެވެ. އަދި ކުރިއަށް އެމީހުން ކަންތައް ކުރަން ވިސްނާފައިވާ ގޮތްވެސް އޭނަގެ އެންމެ ގާތް ދެއެކުވެރިންނާއި ހިއްސާކުރިއެވެ. ޝައުނާ އާއި ރިފްޝާވެސް އައިލީންއަށް ހިތްވަރުދީ އެދެމީހުންގެ ސަޕޯޓް އަބަދުވެސް އައިލީންމެނަށް ލިބޭނެކަމަށް ބުނެލިއެވެ. ގެއަށް އައި އިރު ސިޓިން ރޫމު ސޯފާގައި އާފިޔާމެން ތިބިތަން ފެނުމުން ގެއަށް ވަދުނު ރިފްޝާއަށް ލިބިގެން ދިޔައީ ބަޔާންކުރަންދަތި އުފަލެކެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އާފިޔާގެ ގައިގައި ބައްދާލިއެވެ. އޭރު ދެމީހުންގެ ލޮލަށްވެސް ވަނީ އުފާވެރިކަމުގެ ކަރުނަ ޖަމާވެފައެވެ. އެންމެން އެކުގައި ކައިގެން އިރުކޮޅަކު ވާހަކަ ދައްކާލަން ތިބެލުމަށްފަހު ތިން ކުދިންވެސް ކޮޓަރިއަށް ވަނީ ފެންވަރާ އަޞްރު ނަމާދުކޮށްލުމުގެ ބޭނުމުގައެވެ.

ގެއަށް ދިޔަ ގޮތަށް ޔޫހާން ވަދުނީ ކޮޓަރިއަށެވެ. ޔައިޝް އާއި އިފާންއަށް ގެ އިތުރުން ލިޝާންއަށް ގުޅާ ކޮންފަރެންސްގައި ތިބެ ކަންތައްވެގެން އުޅޭ ގޮތް ކިޔައިދިނެވެ. ތިން އެކުވެރިންވެސް ހިތްވަރު ލައިދިނެވެ. އަދި އެމީހުންގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމަށް ބުންޏެވެ. އިރުކޮޅެއްވީ ތަނާ މަންމަ ގޮވަން ފެށުމުން ޔޫހާން ދޮރު ހުޅުވިއެވެ. ” ދަރިފުޅާ… އާދޭ ކާން… ދަރިފުޅު އައިމަ ކާން މަންމަވެސް މިހުރީ.. އާދޭ އަވަހަށް… ” ޔޫހާާން ދޮރު ހުޅުވާާލުމާއެކު އަފީފާ ބުނެލިއެވެ. ފަހުން ގުޅާނެކަމަށް ބުނެ ފޯނު ބޭއްވުމަށްފަހު ކަރުގައި އޮތް ޓައި ނަގައި އެނދު މައްޗަށް އެއްލާލުމަށްފަހު ބެގީ ނައްޓުވާލަމުން ޔޫހާން ކޮޓަރިން ނިކުތެވެ. ”ދަރިފުޅާ… ބައްޕަ އާ ވާހަކަ ދެއްކީމަ ރަނގަޅުވާނެ ހުރިހާ ކަމެއްވެސް… ދަރިފުޅު ހަމަޖެހިގެން މަޑުމައިތިރިކަމާއެކު ބައްޕަ އާ ވާހަކަ ދައްކާލާ ފަހުން… މަންމަވެސް ބައްޕަ އާ އެކަމާ ބެހޭގޮތުން އަދި ވާހަކަ ދާނަން އިންޝާ ﷲ… އޭރުން ބައްޕައަށް ވިސްނޭނެ އަދި… ކޮންމެވެސް މިއަދު ގޮތަށް ދެބަސްނުވާތި… ރީތިކޮށް ވާހަކަ ދައްކާނީ… ” ކެއުމައިގެން ކުރިއަށް ދިޔަ ޔޫހާންއަށް ބަލައިލަމުން އަފީފާ ބުނެލިއެވެ. އެއާއެކު ޔޫހާން ބޯޖަހާލިއެވެ. އިރުކޮޅެއްނުވެ މީޝާގެ އިތުރުން ޔުމާންވެސް ކެއުމުގައި ބައިވެރިވިއެވެ. އެމީހުންވެސް އައިސް އެކަމާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ. އެންމެންވެސް އުއްމީދުކޮށްގެން ހުރީ ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ ކަމަށެވެ.

ކައިގެން ގޮސް ޔޫހާން ނައުރީންއަށް ގުޅާ މިރޭ ބައްދަލުކުރަން ބޭނުންވާކަމުގައި ބުނެލިއެވެ. އަންނަންވީ ތަނާއި ގަޑި ބުނުމަށްފަހު ޔޫހާން ފޯނު ކަނޑާލިއެވެ. އެއަށްފަހު ފެންވަރާ ތާޒާވެލުމަށް ފާޚާނާއަށް ވަނެވެ.

ފޯނާއި ދިމާލަށް ބަލަހައްޓާއިގެން ހުރި ނައުރީންގެ ތުންފަތުގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. ޔޫހާން ބައްދަލުކުރަން ބޭނުންވަނީ ކޮންކަމަކާއި ބެހޭގޮތުން ވާހަކަދައްކަންކަން ނައުރީންއަށް ހަމަ ރަނގަޅަށް އިނގެއެވެ. އޭނަ ހުރީ އެކަމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ” ސީ ޔޫ ޓު ނައިޓް މައި ހޭންޑްސަމް… ” ފޯނުން ފެންނަމުން ދިޔަ ޔޫހާާންގެ ފޮޓޮއަކަށް ނަޒަރު ހުއްޓާލައިގެން ހުރެ ނައުރީން ބުނެލިއެވެ. އޭރުވެސް އެ މޫނު މަތިން ފެންނަނީ މަކަރުވެރިކަމެވެ.

ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. އުޑު މަތީގައި ވިދާ ބަބުޅަމުން ދިޔަ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން ބެލްކަނީގައި ވިސްނުމަކަށް ގެއްލިފައި ހުރި އައިލީން ސިހުނީ ފަހަތުން މީހަކު އޭނަގެ ކޮނޑުގައި އަތްލުމުންނެވެ. އަވަސް އަވަހަށް ލޮލުން އައިސްފައިވި ކަރުނަތައް ފޮހެލުމަށްފަހު ގަދަކަމުން ހިނިތުންވެލަމުން ފަސްއެނބުރި ބަލާއިލިއިރު ކުރިމަތީގައި ހުރީ އާޝިޔާއެވެ. އައިލީންގެ ރަތްވެފައި ދެލޮލާލި ތެމިފައިވި އެސްފިޔަތައް ފެނުމުން އައިލީން ރޮނީކަން ޔަގީންވިއެވެ. ”އައިލީ… އެހާ އަވަހަށް ގިވް އަޕް ނުކުރޭ… ނައުރީން އާ ވާހަކަ ދައްކައިގެންވެސް ތިކަން ހަމަޖެއްސިދާނެއެއްނު ދޯ… އަދި ޔޫހާާންގެ ފެމެލީގެ އެހެން އެންމެންވެސް އެބަތިއްބެއްނު… އައިލީ ހާސްނުވޭ… ހުރިހާ ކަމެއްްވެސް ދާނީ ރަނގަޅަށް އިންޝާ ﷲ… ” އައިލީންގެ ބޮލުގައި ފިރުމާލަމުން އާޝިޔާ ވާހަކަ ދެއްކިއެވެ. އައިލީން ގަދަކަމުން ހިނިތުންވެލިއެވެ. އަދި ޔޫހާާން އަންނަންވާއިރަށް ތައްޔާރުވާން ދަނީ ކަމުގައި ބުނެ ކޮޓަރިއަށް ދިޔައެވެ.

ގަޑިން ބަރާބަރު އަށެއް ޖެހިއިރު އިފާން ހުރީ އައިލީންމެންގެ ގޭގައެވެ. ރިފްޝާ އޭނަގެ މަންމަމެން އައި ވާާހަކަ ބުނުމުން އިފާން އެމީހުނާއި ބައްދަލުކުރަން ބޭނުންވީއެވެ. ސިޓިން ރޫމުގައި އައިލީން ފިޔަވައި އެންމެން ތިއްބެވެ. އިފާާން އާއި ބައްދަލުކޮށްލެވި ވާހަކަ ދައްކާާލެވުމުން އެއީ ނުހަނު ރަނގަޅު ކުއްޖެއްކަން އާފިޔާއަށްވެސް އިނގިގެން ދިޔައެވެ. ރިފްޝާގެ އެކުޑަ އާއިލާގެ އެންމެނަށްވެސް އިފާން ވަރަށް ކަމުދިޔައެވެ. އިފާންގެ ފަރާތުން އެމީހުނަށް ފެނިގެން ދިޔައީ ހިތްހެޔޮކަމާއި ގާތްކަމެވެ.

ޑްރެސިން ޓޭބަލް ކުރި މަތީގައި ހުރެ ނައުރީން ފަރި ބަލަމުން ދިޔައެވެ. ދަނބު ކުލައިގެ އަތް ދިގު ގަޔަށް ބާރު ޓޮޕްކޮޅަކާއި ކަޅު ކުލައިގެ ސްކިނީގައި ހުރިއިރު މޫނުގައި ވަނީ ގަދަ މޭކަޕެއްކޮށްފައެވެ. އޭނަގެ ރާޅު ބާނި އިސްތަށިގަނޑު ވަނީ މައްޗަށް ނަގައި ރީތި ގޮތަކަށް ހުޅިއެއްޖަހާލާފައެވެ. ގަޔަށް ސެންޓު ޖަހާލުމަށްފަހު އަލަމާރީގެ ތިރީ ވަތްގަނޑު ހުޅުވާލުމަށްފަހު އޭނައަށް ކަޅު ކުލައިގެ ހައި ހީލްއެއް ނަގައި އެއަށް އެރުމަށްފަހު ކޮޓަރިން ނިކުތެވެ.

ކާރުގައި މަޑުކޮށްލައިގެން އިން ޔޫހާންގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައީ އޭނަ އާއި ޖެހިގެން އިން ސީޓުގައި އިށީން އައިލީން ފެނިފައެވެ. ގަދަ ނޫ ކުލައިގެ އަތް ދިގު މަތިކޮޅަކާއި ހަމައެކުލައިގެ ސްކާޓެއް ލައިފާވީއިރު ކަރުގައި އާދައިގެ މަތިން ގަދަ ނޫ ކުލައިގެ ސްކާފެއް ވަރަށް ރީތިކޮށް އަޅާފާއިވެއެވެ. އައިލީން ލައިފައިވި މަތިކޮޅުގައި ގަދަ ނޫ ކުލައިގެ ލޭސްފޮތި ބޭނުންކޮށްފައިވުމުން ވަރަށް ރީތިކަމަށް ދައްކައެވެ. ދެއަތުގައި ހަމައެކަނި ލޭސްފޮތި ބޭނުންކޮށްފައިވުމުން އެދޮން އަތާ ނުހަނު ގުޅެއެވެ. މޫނުގައި ކޮށްފައިވި ލުއި މޭކަޕްގެ ސަބަބުން އައިލީންގެ ރީތިކަން އިތުރުކޮށްދެއެވެ. އެ ރީތި ދެލޮލުގައިވި ވިދުމުންނާއި ތުންފަތުގައިވި ހިނިތުންވުމުން އެ ލޯބި މޫނަށް ބަލާ ފޫހިނުވާނެކަން ގައިމެވެ. ” ޔޫހާން… ލެޓްސް ގޯ… މިހާރު ނައުރީން ހުންނާނެ ލަސްވެފަ… ވާހަކަ ދައްކާ ދައްކާވެސް ވަރުބަލިވެއްޖެ މިހާރު… ކިހިނެއްވެފަތަ ތިއިނީ… ” ޔޫހާންގެ އަތުގައި ހިފައި ކޮށްޓާލަމުން އައިލީން ބުނެލިއެވެ. އެއާއެކު ޔޫހާންއަށް ހަމަބިމަށް އާދެވުނެވެ. ” އައިލީގެ ކަންތަކެއްނު… އެހާ ރީތިވެލައިގެން އައިސް ތިހެން އިންނައިރު ތި ލޯބި މޫނަށް ނޫނީ ނުބެލޭ… ހިތް އެދެނީ އަބަދުވެސް ތި ލޯބި މޫނަށް ބަލަހައްޓާއިގެން އިންނަން… ” ޔޫހާންގެ ތަޢުރީފުގެ ބަސްތަކުން އައިލީންގެ ދޮން ކޯތާފަތަށް ޖަންބުކުލަ ވެރިވިއިރު އެ ރީތި ތުންފަތަށް ލަދު ރަކި ހިނިތުންވުމެއްވެރިވިއެވެ. ކަޅި ޖަހާ ނުލާ ޔޫހާން އޭނަގެ މޫނަށް ބަލަން އިނުމުން އައިލީން ލަދުން އިސްޖަހާލިއެވެ. ” އައިލީ ލަދުގަތީމަ މާ ލޯބި… ” އައިލީންގެ ކަންފަތް ކައިރީ ޔޫހާން އެހެން ބުނެލިގޮތުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. އިސްއުފުލާލި އައިލީންގެ މޫނު ޔޫހާންގެ މޫނުގައި ނުޖެހުނީ ކިރިޔާއެވެ. ދެމީހުންގެ ލޮލާއި ލޯ ސީދާާވި ވަގުތު ދެހިތުގައިވެސް ޖަޒުބާތުތައް އުފެދިގެންދިޔައެވެ. ހިތުގެ ހިނގުން އަވަސްވެ އަތްފައި ފިނިވެގެން ދިޔަ ކަމުގެ އިހުސާސް އައިލީންއަށް ކުރެވިގެންދިޔައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

އެއްމެ މެސެޖަކުން

Next

ޓޫރިޒަމް ޒޯން ކޮބާ؟

Next
September 19, 2018

ޓޫރިޒަމް ޒޯން ކޮބާ؟

Previews
September 19, 2018

އެއްމެ މެސެޖަކުން

13 Comments!

  1. Ifoo ifoo says:
    September 19, 2018 at 7:09 am

    Salaam dear readers ❤️❤️❤️??????… Here is the next part ???… Mi part v long vaane ???… It’s more than 3200 words ???… Hope all will like this part too ???… If there is any mistakes please point out that for me so that I can improve ???… Thankyou so much dear readers ifoo ah thidhey support ah ❤️❤️❤️???… Love you all ???❤️❤️❤️?????????… Next part In Sha Allah Saturday ga ???… Keep waiting dear readers ❤️❤️❤️??????…

  2. Ria says:
    September 19, 2018 at 8:49 am

    Dhen alhe haadha kadaeyy .Foohi dhen mivahaka.

  3. Mixuhan says:
    September 19, 2018 at 8:53 am

    Alhey haadha reeiichey..curiously waiting for the next part ifoo..❤

  4. Faimu says:
    September 19, 2018 at 10:53 am

    Reethi vrh nge.. masha allah.. pls aily ah dhera gotheh nahadhahchay dhn anna part ga ?????????? naurreenn dhww foohi vaa myheh ???? saturday ga thankolheh dhigu koh genesdheythi nge.. ? pls pls aily ah dhera gotheh via nudheythi next part ge fahu vaguthu ???? waitin waitin…. love frm me

  5. Tinker says:
    September 19, 2018 at 10:59 am

    Story vrh rythi…. avahah up kohla dhehcy dear???

  6. Hudher says:
    September 19, 2018 at 1:37 pm

    Maasha allah……..mi part vx v v v v rythi. luv u 2 dear???????

  7. Naju says:
    September 19, 2018 at 2:11 pm

    Wow ??? Ifoo mi partvx vvvvvvvvvvv rythi ingey ❤❤❤?????? … Superb ??? … Thank you Ifoo mi part dhigukoh genasdhinyma ????????? … I found two mistakes… Ehthankolhuga iny yoohaan fenvaraa thaazaavelan anehkaa faahaanayah fenvaran vai vaahaka n anehthankolhu ga iny yoohaan n ailee dhehki vaahaka yoohaange dad ah fenunu vaahaka… Ifoo mistakes faahaga kohdheachey bunyma ingey mee faahaga kohfa.. I hope hiyy bura nukuraane kamah… As usual mi part vx hama vvvvvvvvvvv nice n interesting ????????? … Keep up the good work dear ????????? … Aslu mihaaru dhn mivy gothun v sad vefa mihury ailee n yoon ge relation aa yoonge dad gaboolu nuvyma n I think naureen ge dad majubooru kuryhen yoon ge dad ah … Ehaa loabi couples eh dhurunukurahchey Ifoo… Plxxxxxxxxx ailee n yoon marry kuruvabr… ?????????? Curiously waiting for the next ????????? … Next kiyaa hithun mihaaru hurevenykinoon vaanegotheh nengeythy… Lots of love from naju ????????? … ??????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  8. Shai says:
    September 19, 2018 at 5:24 pm

    Abadhu laa hedhumuga leys fothi beynunkohfa mihen liyaathy kada. Laa hedhun thah thafaathu kohlabala. Konme faharaku bodu thiri akaa karuga scarf eh maalhaa.. e jumla thah konme part eh ga aily discribe kohdhey iru annaathy ehaa ehaa best eh noon ingey. Ekam vaahaka vrh salhi. Keep it up

  9. Maya says:
    September 19, 2018 at 5:55 pm

    Alhe e 2 myhun dhurunukuracheyyy..?????? Alhe yoon ge dad aha haadha nuvisne ey dhw so sad…. ??????????????i hate u for ever naureen ??????????????????????????????????bt story vv reethi ifooo.. Lurv u???????????????

  10. Maaya says:
    September 19, 2018 at 7:49 pm

    Ifoo.. Hws u dear?? Mi part vx varah reethi..❤❤ Waiting for the next parts… Keep up the good work dear.. Ur nw my favourite… Luv u??❤❤

  11. Mal says:
    September 19, 2018 at 8:20 pm

    Salaam ifoo darling?????????how’s u???? ?????alhey dhn yoon ge dad ves dhw…???i hate u naureen…???????and last part sifa kohfheefa in goiy v nyc…?????❤❤❤❤❤❤v rythi mi part ves…?????kuryge comment ga ifoo Mal aky one of the best reader ey buniima v happi vi…????????dhn avahah ailee and yoon ah hamajehilaigen ulheveyne gotheh hadhaabala ifoo,.?????????lot’s of love❤❤❤❤❤❤❤❤

  12. Shaa says:
    September 19, 2018 at 8:30 pm

    Woww story vrh loabi❤ maashaa Allah ????dhn yoon he dad ves dhw he shld know that it won’t be fair n yoon ge feelings ah vx at least visnaalanjeheyne dhww…naureen kanthakey?????????vrh foohi ve naureen dheke.??myhunge dheythere ah vannan ulheythyve???????naureen jealous vany ??j for jealous???????
    Btw gud work ifoo dear..???❤❤ love yuh so much ifoo sis ?????.

  13. Sheryn says:
    September 21, 2018 at 6:29 am

    Mash Allah ???? vaahka varah varah reethi. Waiting for the next part. Ifoo ah story liyumugaa kuri erumaa faagathikan dhehvaashi ameen ?
    I love this story. Kiyanun dhaairu hama heevani nanazaru lolah fehnahen? waiting waiting for the next

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 43←


All Right Reserved!