ކުރިމަތީގައި ހުރި ލޯގަނޑުން އިޝްމާ އޭނާގެ އަމިއްލަ ނަފްސާ ދިމާއަށް ބަލާލިއެވެ. އަމިއްލަ ސޫރަ ލޯގަނޑުން ފެނުނު ހިނދު ރަކި ހިނިތުންވުމެއް އޭނާގެ ތުންފަތްމަތީގައި ދުވެލިއެވެ. އޭނާ ރީތިކޮށްފައި ހުރިލެއް ފުރިހަމަކަމުން ހިތާހިތުން މާނީއާއި އިސްރާއަށް ތައުރީފުކޮށްލެވުނެވެ. ޕީޗްކުލައިގެ ކައިވެނި ހެދުމުގައި ހުރި އިޝްމާއާ ކޮށްފައި ހުރި ލުއި މޭކަޕު ނުހަނު ގުޅެއެވެ. ޝޯލް އަޅުވައިފައިވެސް އެހާމެ ރީތި ކޮށެވެ. އިޝްމާއެކޭ އެއްފަދައިން ނަވްޔާވެސް ހުރީ ޕީޗްކުލައިގެ ކައިވެނި ހެދުމުގައެވެ. ނަވްޔާއާ ގުޅޭ ގޮތަށް އޭނާގެ މޭކަޕް […]
“ކަމެތް ނުވޭ…ދެން އީން އިންލެތް ލޯބި ކަމުން މި ލޯ ދުރަށް ނުލެވުނީ ތި ދިމާލުން” މިކްޔަން ސަމާސާ ގޮތަކަށް އެއްލޯ މަރާލަމުން ބުނެލިއެވެ. އީނާލް ދެފަރާތަށް ބޯ ހޫރާލަމުން އަނެއްކާވެސް ކުޑަ ދޮރުން ބޭރަށް ނަޒަރު ހުއްޓައިލިއެވެ. މިކްޔަން ގެ ވާހަކައަށް އޭނާ މާ ބޮޑު ސަމާލް ކަމެއް ނުދިނެވެ. ޑިއުޓީ ނިންމާލާފައި އިނާލް ދިޔައިރު ނާޖިދު އާއި ސާމިރާ އާއި ދެމީހުން ސޯފާގައި ތިއްބެވެ. އޭރު ރޭގަނޑު އަށެއް ޖަހާ ބޮޑު ވެއްޖެއެވެ. “އީނާލް […]
ކެބިންގެ އެންމެ އެތެރޭގައި ހުދުކުލައިގެ ކަބަޑުތަކާއެކު ބަލި މީހުން ބަލަން ޚާއްސަ އެނދެއް ބަހައްޓައިފައި ހުއްޓެވެ. ފާރުތަކުގައި މަޑު އަޅިކުލައެއް ލައިފައި ވުމުން ވަރަށްވެސް ފުރިހަމައެވެ. ރާއްޖޭގެ އެހެން ހޮސްޕިޓަލުތަކާއި މިތަނާއި ވަރަށްވެސް ތަފާތެވެ. ހުރިހާ ކަމެއްވެސް ހުރީ ޑޮކްޓަރުންގެ އިތުރުން ބަލިމީހުންނަށްވެސް ފަސޭހަވާނެ ފަދައިންނެވެ. އޭނާގެ ކެބިންގެ ކޮންމެ ކަމެއްވެސް ދާނިޔަލްއަށް ވަރަށް ކަމުދިޔައެވެ. އެހެން ކަމުން ގޮނޑީގައި ހަމަޖެހިލުމަށްފަހު ފޯނު ނަގައި އެ ހުޅުވާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާ އިނީ ފޯނަށް ގެއްލި […]
ހިތުގެ ހިނގުން އަވަސްވެ އަތް ފައި ފިނިވިކަމުގެ އިހުސާސެއް އައިލީންއަށް ކުރެވުނެވެ. ޔޫހާން އައިލީންގެ ދަތްދޮޅީގައި ހިފައި ކައިރިކޮށްލި ވަގުތު އައިލީންއަށް ބޭއިހްތިޔާރުގައި ދެލޯ މަރާލެވުނެވެ. އެއާއެކު ޔޫހާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޔޫހާން ނުހަނު ލޮއެބާއެކު މަޑުމަޑުން އައިލީންގެ އެރީތި ދެލޮލުގައި ބޮސްދިނެވެ. އެހިނދު އައިލީންގެ ތުންފަތަށްވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ” ޔޫ ހޭވް ބިއުޓިފުލް އައިސް… ” އައިލީން އާއި ދުރުވެލުމަށްފަހު އެ ރީތި ދެލޮލަށް ނަޒަރު ހުއްޓާލަމުން ޔޫހާާން ބުނެލިއެވެ. […]
ދޮރު ހުޅުވައިލިއިރު ފެނުން މަންޒަރުން އަލަންއަށް ހުރިތަނަށް ގަނޑުވެފައި ހުރެވުނީއެވެ. “އޭތް….” އަޑުގެ ނެތްތަނަށް އަލަން ހަޅޭއްލަވައިގަތްއިރު މުޅިމީހާ ރުޅިއައިސްގެން ތުރުތުރު އަޅައެވެ. ފަހަތުން އިވުނު އަލަންގެ ހަޅޭކުގެ އަޑަށް ސިހިފައި އިދާންއާއި ލާނާއަށް އެއްފަހަރައި ބަލައިލެވުނެވެ. އޭރު އިދާންހުރީ ލާނާގެ ދެއަތުގައި ހިފައި ގަޔާއި ކައިރިކޮށްގެން ކަމުން އެދެމެދުގައި ކައިވަތެއްހައި ޖާގަވެސް ނެތެވެ. އަލަންގެ ހަޅޭކާއިއެކު ލާނާ ބިރުން ތެޅިގަނެފައި އިދާންގެ އަތް ފޮޅުވައިލިއެވެ. ކުއްލިއަކަށް މުޅިމީހާ ދާހިއްލައިފޯވާންފެށިއިރު އޭސީގެ ފިނިކަމުގެ އިހުސާސްވެސް ނުވާކަހަލައެވެ. އަލަންގެ […]
ގަބުވެފައި އާލާއަށް ހުރެވުނީ ރޯން ކީއްކުރަން ގުޑިލަންވެސް ނޭނގިފައެވެ. ސަމީރާ އެ ގޮތަށް އެ ކަންތައް ކުރަނީ އޭނަގެ ކޮންކުށެއް އޮވެގެންބާއޭ އާލާގެ ހިތައް އަރަމުންދިޔައެވެ. ވިޝާލް ނޫން އިތުރު މީހަކާއިއެކު އުޅެން އޭނައަށް ކެތްވާނެ ހެއްޔެވެ؟ ލޯ ފޮހެލަމުން އާލާ ކޮޓަރިން ނިކުންނަން ހިނގައިގަތީ ބަނޑުހައިވެފައި ހުރިވަރުން ފެންފޮދެއް ނަމަވެސް ބޯލެވޭތޯއެވެ. އާލާއަށް ރަނގަޅަށް ނުނިކުމެވެނީސް ސަމީރާގެ ޒީލަގަދަ އަޑުއިވުނެވެ. “އާހިލްއަށް ކިހިނެތް ވެގެންތަ ތި އުޅެނީ….؟ މިއަކީ ކަލެއަކާ ބެހޭ ކަމެއް ނޫނޭ….. މަށަށް […]
” ވަޓް ދަ ހެލް.. މީ ކާކު ފޮނުވި އެއްޗެއް.. ޔަގީން އަހަންނާއި ރާދްއާއި ޖައްސަން އުޅޭ މީހެއްކަން.. ރާދް އަހަރެން ދެކެ ލޯބިވާވަރު އަހަންނަށް އިނގޭ.. ދެމަފިރިން ދޭތެރަށް ވަންނަން އުޅުނަސް މީދެން ބޮޑުވަރު..” ޔާނާ އަމިއްލަ މީހާއާއި ވާހަކަ ދެއްކިއެވެ. ނަމަވެސް އޭރުވެސް އޭނައަށް ބެލެނީ އަތުގައި އޮތް ޕެން ޑުރައިވްއަށެވެ. އޭގައި ވާއެއްޗެއް ބަލަން ބޭނުންވާ ކަހަލައެވެ. އިރުކޮޅަކު ވިސްނަން ހުރެފައި ދުވެފައިގޮސް ސިޑިން އަރައި އޭނާގެ ކޮޓަރިއަށް ވަނެވެ. ލެޕްޓޮޕް ނަގައި […]
އިސްރާއާއި އަހުސަމް ތިރިއަށް ފޭބިއިރު އާލާ އުޅުނީ ހެނދުނުގެ ނާސްތާ ތައްޔާރުކޮށެވެ. އިސްރާ އަވަސްވެގަތީ އާލާއަށް އެހީވެދޭން ދާށެވެ. “އަނހާ ދަރިފުޅިމެން ހޭލީތަ؟ މަންމަ މިއުޅެނީ އިސްރާމެން އަނަންވާއިރަށް ރަނގަޅު އެއްޗެއް ތައްޔާރު ކުރެވޭތޯ. ޝަހޫ ބުނި އިސްރާ ވަރަށް ނުކަޔޯ. މިގެއަށް އައިސަ ނުކައެއް ނޫޅެވޭނެ އެނގޭ” އާލާ އުޅުނީ ފަތްމަސްހުނި ހަދަން ފިޔާ ކޮށައެވެ. އިސްރާވެސް އާލާއަށް އެހީވެދިނުމުގެ ގޮތުން ފަތްކޮށަން ފެށިއެވެ. “މަންމާ އަންކޮ ނުހޭލަނީތަ؟” ގޮނޑިއަށް ވެއްޓިގަންނަމުން އަހުސަމް އަހާލިއެވެ. “އާން […]
“ޒައިން” ހިޔާލް ތަކުން ނުކުތް އީނާލް ގެ ދުލުން ބޭރުވި ލަފްޒާއެކު އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު އިނާލް ވިސްނާލިއެވެ. އޭނާ އެ ނަންބަރަށް މެސެޖް ކޮށް ޒައިން ތޯ އަހަން ވީ ހެއްޔެވެ؟. އެހެންނަމަވެސް ޒައިން އަށް އެ ނަންބަރު ލިބޭނީ ކިހިނެތްތޯ އޭނާ އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. އެއަށް ފަހު ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރެފައި ވަރަށް ވިސްނާލުމަށް ފަހު އޭނާ އެ ނަންބަރަށް މެސެޖެއް […]