ކަންބޮޑުވެފައި އަރްޒަން ފޯނަށް ބަލައިލިއެވެ. އޭނާއަށް ޔަނާލަށް ގުޅުނު އަދަދެއްވެސް މިހާރު ނޭނގެއެވެ. މިވީ ދުވަސްކޮޅު ތެރޭގައި އޭނާ ގުޅުމުން އެއްފަހަރުވެސް ޔަނާލް ފޯނު ނުނަގާފައެއް ނެތެވެ. ޔަނާލްއަށް ކޮންމެވެސް ކަމެއްވީކަމުގެ އިންޒާރު އޭނާގެ ސިކުނޑިން ދޭން ފެށުމުން އަރްޒަންއަށް އަތުގައިއޮތް ފޯނަށް ބާރުކޮށްލެވުނެވެ. ދޮރުބޮޑަށް ހުޅުވައިލަމުން ޒާވިލް އެތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ. އެއާއެކު ޔަނާލްއަށްވެސް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނީ ބޭއިޚްތިޔާރުގައެވެ. ޔަނާލްގެ އެހަރަކާތުން ޒާވިލްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެތެރެއަށް ވަނުމަށްފަހު ދޮރު ލައްޕައި […]
އާދުވަހަކަށް އިރު އެރި އިރު ފަޒާގައި ހިފާފައިވަނީ ތެތް ފިނިކަމެކެވެ. ގުދުރަތީކަމުގެ ދެވަަނައެއް ނުވާ ފުރިހަމަ މަންޒަރު އިރު އެރުމުގެ ނިޝާންތަކެއް ގޮތުގައި އުޑުމަތިން ދައްކުވައިދިނެވެ. ފަތިސް ނަމާދުގެ ބަންދި ގޮވިތާ ހަތަރު ގަޑިއިރުވެސް ނުވަނީސް މުޅި ރަށުތެރޭގައި ގުގުމާލީ ތަކުބީރުގެ އަޑެވެ. އާދޭހެވެ. މިއަދަކީ ބަރަކާތްތެރި އަޟުހާ ޢީދު ދުވަހެވެ. މިސްކިތްތަށް ފުރިބާރުވެފައިވާއިރު މަގުމަތީގައިވެސް މުސައްލަ އަޅައިގެން ތިބި މީހުން މަދެއް ނޫނެވެ. ދިވެހިންގެ އެއްބައިވަންތަކާމާއި އަޙްވަންތަކަން ކޮންމެ ހަރަކާތަކުންވެސް ރަމްޒުކޮށްދެއެވެ. ނަމާދު ނިންމާލަމުން މިސްކިތުން […]
“ފަރީދާ އައިސް ކީ މިއަދު ހެނދުނު އެ ސަމީރާމެން ގޭގަ އަޑެއް ހުއްޓޯ…. އެގޭގަ މެދަށް ހުރޭނުން ދޯ ގޮޔެއް….. އާލާ ދޯ އެ މަންޖެއަށް ކިޔަނީ….. އެ ސަމީރާ އެ އުޅެނީ އެ މަންޖެ އެއްކަލަ މުއްސަނދި ނަސީރާއި ދެވަންށޯ… މީހަކު އަޅެ އަޖައިބެއް ނުވާނެ…. އުމުރުގެ ގޮތުންވެސް ވިއްސަކަށް އަހަރު ބޮޑުވާނެ ތޯއްޗެ އެ ނަސީރު….” އެމީހާ ދައްކަމުންދިޔަ ވާހަކަ އަޑު އަހަން ހުރި ވިޝާލްގެ ދުނިޔެ އެނބުރިގަތް ފަދައެވެ. އާލާ އުޅޭނެ ހާލު […]
ތުއްޕުޅު އިރު أمّ المؤمنين السّيّدة عائشة رضى اللّـه عنــها އުފަންވެވަޑައިގެން، ބޮޑުފުޅުވަމުން އައީ މާތް ވެގެންވާ މައްކާގައެވެ. ދުނިޔެމަތީގައި އެންމެ ފުރަތަމަ މާތް ﷲ އަށް އަޅުކަން ކުރުމަށްޓަކައި ބިނާކުރެވުނު ކަޢުބާގެ ކައިރީގައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، މައްކާއަކީ ހަނަފަސް ބިމެކެވެ. ވަށައިގެން ފެންނަން ހުންނަނީ ބޮޑެތި ބިޔަ ފަރުބަދަތަކެވެ. ގަސްރުއް ފެންނަންހުރީ ދާދިމަދުންނެވެ. ނަތީޖާއެއްގެ ގޮތުން މައްކާގެ އާބުހަވާއަކީ، ފެންމަދު ވައިގެ ތެތްކަމެއްނެތް ޖައްވެކެވެ. އެފަދަ މާހައުލެއްގައި ދިރިއުޅޭތަކެއްޗާއި އިންސާނުންގެ ހެދިބޮޑުވުމުގައި ފިނިތަންތަނުގައި ދިރިއުޅޭތަކެއްޗާއި އިންސާނުންނާއި […]
ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށްފަހު ދާނިޔަލް އާއި ސައިފް ވެސް ދެމީހުންގެ ކޮޓަރިއަށް ދިޔައެވެ. ދާނިޔަލް ކޮޓަރިއަށް ވަތް ގޮތަށް މިސްރާބު ޖެހީ ފާޚާނާއަށެވެ. އެއީ ފެންވަރާލައި ތާޒާވެލުމަށެވެ. ކުރިން އައި ގޮތަށް އޭނާ ފެން ނުވެރީ މަޣްރިބް ނަމާދު ވަގުތު ޖެހުމުންނެވެ. އިޝާ ނަމާދަށް ބަންގި ގޮވަން ވާއިރަށް ފެން ވަރާ ތައްޔާރު ވެވޭތޯ ދާނިޔަލް ބެލިއެވެ. “ރުކާ.. އާދެބަލަ ފިޒިކްސް ނޯޓްސްތައް ހިފައިގެން.. އެބަ ހީވޭ އެއް ނޯޓް މަދުވާހެން..” އާލާ އޭނާގެ ކޮޓަރީގެ […]
ނަމާދު ކޮއްލައިގެން މުސައްލަ މަތީގައި އިން ރުހާނީ ސިހުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. ދޮޅި ބޮލާއި ވަކި ކޮއްލަމުން އޭނާ ފަހަތަށް އެނބުރިލިއެވެ. އޭރު ދޮރުމަތީގައި އައްރާދުއާއި މިލްސިއާ ހުރިތަން ފެނުމުން އަވަހަށް ތެދުވެ ބުރުގާ އަޅާލިއެވެ. ކުޑައިރުން ފަށައިގެންވެސް މަންމައެއްހެން މިލްސިއާވެސް އައީ އޭނާގެ ކަންތައް ކޮއްދެމުންނެވެ. ބޮޑުކޮށް ހީލައިގެން އިން މިލްސިއާ އައިސް ރުހާނީގެ ބޮލުގައި ފިރުމާލަމުން ތިރިއަށް ކާން އައުމަށް ބުނެލިއެވެ. އެހެން ބުނެފައި މިލްސިއާ ދިއުމުން އައްރާދު ދޮރުކަނީގައި ލެގި […]
ދާނިޔަލްގެ ލޮލުން ކަރުނަ ނީރާލީ އިޚްތިޔާރުން ބޭރުގައެވެ. އެތަން ފެނި އަރީފް ދާނިޔަލް ގައިގައި ބައްދާލިއެވެ. ދާނިޔަލްވެސް އުފަލާއެކު އަރީފްއަށް ޝުކުރު އަދާކުރީ އޭނާގެ ޙަޔާތަށް އެފަދަ ރަނގަޅު މީހަކު އައުމުން ﷲއަށް ޙަމްދުކުރާ ހާލުއެވެ. “ދެން ދޭ އަވަހަށް.. މިހާރު ޗެކިން ވާ ގަޑި އެ ޖެހެނީ..” އަރީފް ދާނިޔަލް އާއި ދުރުވެލަމުން ބުނެލިއެވެ. އެހިނދު ވަދާޢީ ސަލާމް ކޮށްލުމަށްފަހު ދާނިޔަލްވެސް އެތެރެއަށް ވަދެގެން ދިޔައެވެ. ފުރަތަމަ ފަހަރަށްވުމުން ދާނިޔަލްއަށް ކޮންމެވެސް ވަރެއްގެ ދަތިތަކާއި ކުރިމަތިލާން […]
” އައި ނިއު އިޓް ޑޭޑް… އަޅުގަނޑަށް އޭރުވެސް އެނގޭ ޑޭޑް އަޅުގަނޑު ބުނާ ކަމެއް ކޮށްދޭނެކަން… އަޅުގަނޑުގެ އުފަލަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް ޑޭޑް ފަސްނުޖެހޭނެކަން… ” ނައުރީން އޭނަގެ ބައްޕަގެ ގައިން ދޫކޮށްލުމަށްފަހު ހިނިތުންވެފައިހުރެ ނަސީރުގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. އޭއާއެކު ނަސީރުވެސް ހިނިތުންވެލަމުން ނައުރީންގެ ކޮލުގައި ފިރުމާލިއެވެ. އަދި ނައުރީންގެ އުފަލަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް ހުރި ކަމުގައި ބުނެލިއެވެ. ނަސީރު އެހެން ބުނުމާއެކު ނައުރީންގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެެވެ. […]
ގަޑިން 8:30 ވީއިރު ޝައިރާގެ ހިތްހީވަނީ ނެގިނެގިފާ ޖެހޭހެންނެވެ. އެހެންނުވާވަރެއްވެސް ނޫނެވެ. ޝައިރާ އެ ރީތިވަނީ ރާއިލްއަށްފަހު ފުރަތަމަ ފަހަރަށް ޝައިރާގެ ހިތުން ޖާގަހޯދި ކުއްޖާއާއި ބައްދަލުކޮށްލަން ދިޔުމަށެވެ. ކަޅުކުލައިގެ އަބާޔާއަކާއިއެކު މެރޫންކުލައިގެ ޝޯލްއެއް އޮޅާލައިގެން މަޑު މަޑު ފިޔާތޮށިކުލައިގެ ލިޕްސްޓިކްކޮޅެއް އުނގުޅާލުމުން ޝައިރާ ހިތްހަމަޖެހޭވަރުވިއެވެ. ކިތަންމެ ކުޑަގޮތަކަށް ތައްޔާރުވެލިނަމަވެސް ޝައިރާއަކީ ރީތިކުދިންތަކުގެ ތެރެއިން ހޮވާލެވޭވަރުގެ ކުއްޖެކެވެ. “މަންމާ…. ވަރަށް އަވަހަށް ރައްޓެހިކުއްޖަކު ކައިރިޔަށް ގޮސްލާފަ އެބައަންނަން އިނގޭ. މާލަހެއްނުވާނެ.” ޝައިރާއަކީ އެއްއިރަކުވެސް މަންމަކައިރި ބުނެފަނޫނީ އެއްވެސް […]