މޭޒު ކައިރީ ތިބި ހަތަރު ފިރިހެނުން ދެލޯ ބޮޑު ވެފައި ބުދުތަކެއްހެން ތިބީއެވެ. “ގޯޝް އިޒް ޝީ ސިކް..” ނާއިންގެ ތުންފަތް ކުޑަކޮށް ހަރަކާތްކޮށްލިއެވެ. “އާން ދެތިން ދުވަސް ވެއްޖެ ބޯއަބުރާފަ ހޮޑުލާތާ..” ފެންފުޅިން ތައްޓަށް ފެންއަޅަމުން ޝާމިން ބުނެލިއެވެ. “އިޒް ޝީ ޕްރެގް..” ނީޝަމްއަށް ޝައްކުވިއެވެ. އޭނާ ބުނެލި އެތީގެ ސަބަބުން މޭޒު ކައިރީ ތިބި އެންމެންގެ ހައިރާންކަން ދެގުނަ ވިއެވެ. ކޯ ދޮވެލަމުން ޝިޔާވެސް އެދިމާލަށް ބަލާލިއެވެ. އޭނާވެސް ހުރީ ހައިރާންވެފައެެވެ. ************************************* މުޅި […]
އާދުވަހަކަށް އިރު އެރި އިރު ފަޒާގައި ހިފާފައިވަނީ ތެތް ފިނިކަމެކެވެ. ގުދުރަތީކަމުގެ ދެވަަނައެއް ނުވާ ފުރިހަމަ މަންޒަރު އިރު އެރުމުގެ ނިޝާންތަކެއް ގޮތުގައި އުޑުމަތިން ދައްކުވައިދިނެވެ. ފަތިސް ނަމާދުގެ ބަންދި ގޮވިތާ ހަތަރު ގަޑިއިރުވެސް ނުވަނީސް މުޅި ރަށުތެރޭގައި ގުގުމާލީ ތަކުބީރުގެ އަޑެވެ. އާދޭހެވެ. މިއަދަކީ ބަރަކާތްތެރި އަޟުހާ ޢީދު ދުވަހެވެ. މިސްކިތްތަށް ފުރިބާރުވެފައިވާއިރު މަގުމަތީގައިވެސް މުސައްލަ އަޅައިގެން ތިބި މީހުން މަދެއް ނޫނެވެ. ދިވެހިންގެ އެއްބައިވަންތަކާމާއި އަޙްވަންތަކަން ކޮންމެ ހަރަކާތަކުންވެސް ރަމްޒުކޮށްދެއެވެ. ނަމާދު ނިންމާލަމުން މިސްކިތުން […]
އާދުވަހަކަށް އިރު އެރި އިރުު ފަޒާގައި ހިފާފައި ވަނީ ތެތްފިނިކަމެވެ. ގުދުރަތީކަމުގެ ދެވަނައެއްނުވާ ފުރިހަމަ މަންޒަރެއް އިރު އެރުމުގެ ނިޝާންތަކެއް ގޮތުގައި އުޑުމަތިން ދައްކުވައިދިނެވެ. ފަތިސް ނަމާދުގެ ބަންގި ގޮވިތާ ހަތަރު ގަޑިއިރުވެސް ހަމަ ނުވަނީސް މުޅި ރަށު ތެރޭގައި ގުގުމާލީ ތަކުބީރުގެ އަޑެވެ. އާދޭހެވެ. މިއަދަކީ ބަރަކާތްތެރި އަޟްހާ ޢީދު ދުވަހެވެ. މިސްކިތްތަށް ފުރި ބާރުވަނީ މަގުމަތީގައިވެސް މުސައްލަ އަޅައިގެން ތިބި މީހުންގެ އަދަދު މަދެއް ނޫނެވެ. ދިވެހިންގެ އެއްބައިވަންތަކަމާއި އަޙުވަންތަކަން ކޮންމެ ހަރަކާތަކުންވެސް ރަމްޒުކޮށްދެއެވެ. […]
އާރޓިފިޝަލް ބީޗުގެ ވެލިގަނޑު މަތީގައި އެޅެމުން ދިޔަ އަމިއްލަ ފިޔަވަޅުތަކަށް ބަލަމުން އަހަރެން ކުރިޔަށް ދިޔައީމެވެ. ގޮތް ހުސްވެ އެކަނިވެރިވެފައިވާ މީހެއް ފަދައިންނެވެ. ހަޔާތުގެ ހިތި ސަފުހާތަކުގެ ތެރެއަށް ގެނބެމުން ދިޔަ ވަރަކަށް ލޮލުގައި ފުރި ބާރުވެފައިވާ ކަރުނަތަށް ކޯތާފަތްމަތީގައި ބީހެން ފެށިއެވެ. ރޭގަނޑުގެ އެ ހިތްފަސޭހަ ވަގުތު ހަށިގަނޑުގައި ބީހެމުން ދިޔަ ފިނި ރޯޅިތަކަށް ވުރެ އެ ކަރުނަތަކުގެ ބީހުން މާ އަރާމެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ހިތްގައިމު އަޑަށްވުރެ އަހަރެންގެ އަމިއްލަ ގިސްލުމުގެ […]