އާދައިގެ ވަރަކަށް ހިނގާލައިފައި ދިޔަ ދާނިޔަލް ގޮސް ހުއްޓިލީ އޭނާގެ ގޭ ކުރިމަތީގައެވެ. އާލިމާއާއި އެކު ހޭދަވި އުފާވެރި ވަގުތުކޮޅުތަށް އެތަނެއްގައި ފަސްއެޅި ފޮރުވިފައިވި ގޭ ކުރިމަތީގައެވެ. ތުއްތު އިރުއްސުރެ އުޅެ ބޮޑުވި ގޭ ކުރިމަތީގައެވެ. އެ ގޭ ފެނުމުން ދާނިޔަލްގެ ހިތަށް ތަފާތު އިޙުސާސްތަކެއް ކުރެވެމުން ދިޔައެވެ. ހިތުގެ އެންމެ ފުނާ ހަމައަށް ފުން އަސަރުތަކެއް ކުރަމުން ދިޔައެވެ. ގެޔަށް ޖެހިފައިވާ ލޯތްބެއްގެ ސަބަބުން ނުވަތަ މައިންބަފައިން މަތިން ހަނދާން ވުމުން ކަމަށްވެސް ވެދާނެއެވެ. ކޮންމެޔަކަސް […]
ވައިބަރ އިން އާލާ އޮންލައިންގައި އިނުމުން އަރީފް ލަސްތަކެއް ނުކޮށް އަލާގެ ނަންބަރަށް ގުޅާލިއެވެ. އަދި ހަލޯއޭ ބުނެލިއެވެ. “ކިހިނެތް ވި ދަރިފުޅާ؟” އަރީފް ނުހަނު އޯގާތެރިކަމާއެކު އަދި ވަރަށް ލޯބިން އަހާލިއެވެ. “ބައްޕާ.. އާލާ ރުފިޔާ ބޭނުންވެއްޖެ.. ވަރަށް ފަހުން ނިކުތް ބްރޭންޑެއްގެ މޭކަޕް ކުރާ ސާމާނު ގަންނަން ވެގެން.. އޭތި ވަރަށް ރަނގަޅުކަމަށް އަޅުގަނޑުގެ ރައްތެހިންވެސް ބުނި.. މަންމަ ބުންޏޭ އަދި އަޅުގަނޑު ބޭރަށްދަންޏާ އަބަދުވެސް ހުންނަން ވާނީ މޭކަޕްކޮށްގެން ވަރަށް ރީތިވެގެންނޯ.. އެހެންވެގެން […]
“ބައްޕާ. ފަހަރެއްގަވެސް އަޅުގަނޑު އެކަން ހަނދާނެއް ނުނެތޭ. އެކަން ހަނދާން ނައްތާލީ މިހިރަ ރަހުމުކުޑަ އަންހެނާ. އަޅުގަނޑު އަތުގަ ހެކި ނެތްނަމަ އަޅުގަނޑުވެސް އެކަން ގަބޫލު ނުކުރީމުސް. އެކަމަކު..” ދެން އަރްޒަން ބުނެލި ވާހަކަތަކުން ހާޝިމާގެ މޭ ނުބައި ގޮތަކަށް ގުޑައިގަތެވެ. އަރްޒަން އެދައްކަނީ ކޮން ހެއްކެއްގެ ވާހަކަ ހެއްޔެވެ؟ އެހެން ވެގެން ނުވާނެއެވެ. އެހާދިސާ އާއި ގުޅޭ އެއްވެސް ހެއްކެތް ނުއޮންނާނެކަން އޭނާއަށް ޔަގީނެވެ. ވާން މިއުޅޭ ގޮތަކާއި މެދުގައި ޔަގީންނުވެފައި ހުރި ހާޝިމާގެ ގައިން […]
އަލްޔާން މާދަމާ މާލެ އަންނަ ވާހަކަ ބުނުމުން އަދި ވަކި ކަމެއް ނުކޮށް މަޑުކުރުމަށް ބުނަމުން ޒިން ދިޔައީ މައިރީން ގެ ކޮޓަރިއަށެވެ. ތަޅު ނުލާ ހުރި ދޮރު މަޑުމަޑުން ހުޅުވާލުމާއެކު ޒިން ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުވެ އަނގަ ހުޅުވުނީ ކުރިމަތީން ފެންނަމުން ދިޔަ މަންޒަރު ގަބޫލު ކުރަން ދަތިވީމައެވެ. “ވަޓް ދަ ހެލް” ޒިން އަށް އެހެން ބުނެވުނީ އިޚްތިޔާރަކާ ނުލައެވެ. ޑްރެސިންޓޭބަލް ކުރިމަތީ އިށީދެލައިގެން ހުރި އިރު މައިރީން ގެ ނަޒަރު ހުއްޓިފައިވަނީ […]
ދެ ޖިންސުގެ ޒުވާނުން ފެނާއި ކުލަޖެހުމުގައި ހޭލަމޭލައަށް ދުވެ ނަގަނީއެވެ. މަގުމަތީގެ ވެލިގަނޑު އޮތީ އެކި ކުލަތަކުން ޖަރީވެފައެވެ. ދުވަހަކީ 1994 ވަނަ އަހަރުގެ އަޟުޙާ ޢީދު ދުވަހެވެ. އީދު ނަމާދުކޮށް ނިންމުމަށްފަހު ސައިބޮއެގެން ޔާނިއުވެސް ރައްޓެހިންނާއެކު ނުކުތީ ރަތާއި، ފެހިކުލަ އަޅާފައިވާ ފެން ފުޅިތަކާއި، ކުލަ ފުޅިތަކެއް ހިފައިގެން ރަށުގައި މިއަދު ކުޅޭ ފެންކުޅީގައި ބައިވެރިވުމަށެވެ. ކުއްލިއަކަށް ޔާނިއުގެ ގްރޫޕަށް ކުއްޖަކު ފެނިއްޖެއެވެ. “އޭ ޔާނިއު އެއްދަނީ ކުލަ ޖަހާލަން ރަނގަޅު ކުއްޖެއް” މަގުމަތީގައި ކުލަޖަހަން […]
އައިރާ ރޮމުން ދިން ހަބަރަކުން ޔާނާއަށް ތެޅިގަނެވުނެވެ. ދުވެފައި ކަހަލަ ގޮތަކުށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އިރުކޮޅަކުން ނިކުތީ ނިދަންލައިގެއި ހުރި އެއްޗެހި ބަދަލުކޮއްގެންނެވެ. ދެމީހުން އެކީގައި ނިކުމެ ބެލީ ޓެކްސީއެއް ލިބޭތޯއެވެ. ލަސްވާތީ ޔާނާ ގެޔަށްވަދެ ޝަރްވާން ކައިރީގައި ޑްރޮޕެއް ދިނުމައް އެދުނެވެ. ޝައުންވެސް އެމީހުންނާއި އެކު ދާންބޭނުންވި ނަމަވެސް ރާއްކޮ އެކަނި ގޭގައި ބާއްވަން ޖެހޭތީ އޭނާ މަޑުކުރީ ރާޔާ ކައިރީގައެވެ. “މިތަނަށް އަހަރެންގެ މަންމަ ގެނެސްފިއޭ ބުނީމަ.. ކޭން އައި ސީ […]
“ދެޓް… 8 ނިންމާފައައީ ރާއްޖެ.. ބައްޕަ ކޮންމެހެން ބޭނުންވެއްޖެ އަހަރެން ގެންނަން.. ބުނީ ސެޓްފިކެޓް ރަނގަޅު ވާނެއެއް ނޫންހޭ އިންޑިއާއަށްވުރެ..” ދުރަށް އެނބުރުން އައްރާދު މޫނުގައި ކޮންމެވެސް ވަރެއްގެ ރިހުމެއްވިކަން ރުހާނީއަށް ފާހަގަ ކުރެވުނެވެ. އެބުނީ ހަޤީޤަތުގެ ދެބައި ކުޅަ އެއްބައިކަން ރުހާނީއަށް ޔަޤީންވިއެވެ. “އަމް ސޮރީ..” އައްރާދުގެ މޫނަށް ފިނިވުމުން އައްރާދު އެދިމާލަށް ބަލާލިއެވެ. ރުހާނީގެ އަތް އައްރާދުގެ ކޮލުގައި ޖައްސާލާފައިވާ ގޮތުން އެލޮލުގެ ރީތިކަން ރުހާނީއަށް ފާހަގަ ކުރެވުނެވެ. ކޮލެޖު ކުރިމައްޗަށް ކާރު ހުއްޓާލިއިރުވެސް […]
މާއިޒްގެ އިތުރުން އާރާޝްވެސް ފުރައިގެން ދިޔުމުން ގޭތެރެ ފަޅުވިއެވެ. އެކަނިވެރިކަން އެންމެ ބޮޑަށް އިހްސާސް ކުރެވުނީ މާނީއަށެވެ. ނައުޝާދްގެ ކުއްލި ނިންމުމުގެ ސަބަބުން ޝަހުދާއަށް ސިހުން ގެނުވިއެވެ. ދެ ހަފްތާ ތެރޭގައި އިސްރާ އަދި އަހުސަމްގެ ކައިވެނި ކުރުވަން ނައުޝާދް ނިންމިއެވެ. ފާޅުގައި އެކަމަށް ޝަހުދާ އިންކާރުކުރިއެވެ. އެހެނަސް އެކަމަށް ފަރުވާލެއް ނެތި ކައިވެނީގެ ކަންތަކާއިގެން ނައުޝާދް އުޅުނެވެ. އިސްރާ މާނީމެންނަށް ގުޅާފަ އެޚަބަރު ދިނުމުން އެކުދިންވެސް އެކަމާ އުފާކުރިއެވެ. “ކަލޭ ހާދަ ފޭކޭދޯ! ހަމަ އަހަރުން […]
ބައްޕަ ނިޔާވުމަށްފަހު ޒާޔާ ދިރިއުޅެމުންދިޔައީ އޭނާގެ ގޭގައި އެކަންޏެވެ. ތިރީ ފަންގިފިލާއާއި ،ފުރަތަމަ ފަންގިފިލާ ކުއްޔަށް ދީފައި ހުރުމުން ޒާޔާގެ ދިރިއުޅުމުގެ ކަންތައްތައް ކުރުމަކަށް ފައިސާގެ ތާށި ނުވިޔަސް މައިންބަފައިން ނުލާ އެކަނި ދިރިއުޅެން ޖެހުނީމައި ގޭތެރޭގައި ދިރުމެއްނެތެވެ. ނަމަވެސް އަތުން ފައިން ކަމެއް ނުކުރުވާ ބޮޑުކޮށްފައިވާ ދަރިއެކޭ ބަލާފައި ޒާޔާގެ އަތްމަތި ހިވާގިވެފައި ސާފްތާހިރެވެ. ގޭތެރޭގެ ކަންތައްތައް ކުރުމާއި ކެއްކުމަކީ މިހާރު އޭނާއަށް އެއްވެސް ކަމެއް ނޫނެވެ. އަމާން އާއި މާނީގެ އެހީތެރިކަމާއި އެކު ޒާޔާ […]