Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ބުނާށެ ލޯބި ނުވަނީހޭ 05

Blackpearl Level 210 Stories100 Comments100 Login
September 18, 2018 7 Mins Read
30 Comments

ކަރުނުން ތެމިގެންދިޔަ ދެ ލޯ ފުހެލާފައި ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ޔާނާ ތެދުވިއެވެ. އޭނާގޮސް އިށީނީ ރާޔާގެ ކުރިމަތީ މުށިގަނޑުމަތީގައެވެ. ރާޔާގެ ދެއަތުގައި ޔާނާގެ ދެއަތުން ހިފާލައިފައި އެދެއަތުގައި ބޮސްދިނެވެ.

” މަންމި ހުއްޓަ ކީއްކުރާ ބައްޕިއެއްތަ ބޭބީ.. ދެމީހުންނަށް ވާވަރަށް މަންމި ލޯބިދެމޭ.. ރާއްކޮއަށް ބައްޕިއެއް ބޭނުންނުވާ ވަރަށް އަދިވެސް މަންމި ލޯބިދޭނަމޭ އިނގޭ..” ޔާނާގެ ވާހަކަތައް އަޑުއަހާފައި އައިރާ ގާތަށް ރުޅިއައެވެ.

” ކޮންމެ ކުއްޖެއްގެވެސް ބައްޕިއެއް ހުންނާނެ އިނގޭ ބޭބީ.. ރާއްކޮގެ ބައްޕިވެސް ވަރަށް އަވަހަށް ރާއްކޮގެ ކައިރިއަށް އަންނާނެ.. ދޮންތި ގެންނާނަން ރާއްކޮގެ ބައްޕި.. އޯކޭއެއްނު ދޯ..އަވަހަށް ދޭ ބޭގް ރޫމަށް ލާފަ އަންނަން.. ބިގް ގާރލް އެކޭ މީ ދޯ..” އައިރާ ބުނެލިއެވެ.

” އިރާ ރާއްކޮގެ ބައްޕައެއް ނުހުންނާނެ.. އެއީ ހަމައެކަނި އަހަރެންގެ ދަރިއެއް.. ” ރާޔާ ގޮސް ކޮޓަރިއަށް ވަނުމުން ޔާނާ ބުނެލިއެވެ. އޭނާ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ.

” ދަރިންނަށް ބޭނުންވަނީ ހަމައެކަނި މަންމަގެ ލޯތްބެއްނޫނޭ ޔަންނު.. އެވަރު ޔަންނުއަށް ވިސްނޭނެ ކަންނޭންގެ.. ދަރިއަކަށް މަންމަ ނޫނީ ބައްޕަ އެއިން އެކެއްގެ ލޯބިން ފުދޭނަމަ އަހަރުމެން ދެމީހުން އެކީގައި އެއްގެއެއްގައި އުޅެ ބޮޑުވުމުގެ ޗާންސެއް ނުލިބުނީސް ކަންނޭންގެ.. ޔަންނުއަށް ބައްޕައެއްގެ ލޯބި ބޭނުންވި ގޮަތަށް ރާއްކޮއަށްވެސް ބައްޕަގެ ލޯބި ބޭނުންވާނޭ.. އަހަންނަށް ފެންނަނީ ރާއްކޮއަށްޓަކައި ނަމަވެސް ރާދިންއަށް އެއީ އޭނަގެ ދަރިއެއްކަން އެންގުން..” އައިރާ އަނެއްކާވެސް ޔާނާއަށް ވިސްނައިދޭން އުޅުނެވެ.

” އަހަރެންދެކެ ނުވާ ލޯތްބެއް އަހަރެންގެ ދަރިފުޅު ދެކެ އޭނަވާނެތަ އިރާ.. ބުނެއެއްނު ގަަހަށްނެތް ކުލުނެއް ފަތަކަށްވެސް ނޯންނާނޭ.. އަހަރެން ނޫޅެން އަހަރެންގެ ދަރިފުޅަށް ބައްޕައެއްގެ ލޯބިދޭށޭ ކިޔާފަ އޭނަ ކައިރިއަށް ގޮސް ސަލާން ޖަހާކަށް..” ޔާނާ އެހެން ބުނެފައި ތެދުވެގެން ގޮސް ކޮޓަރިއަށްވަނެވެ.

ހަވީރުގެ ވަގުތެވެ. ރާޔާ ރީތިކޮއްގެން ގެނެސް ސޯފާގައި ބައިންދައިފައި ޔާނާ ދިޔައީ ރީތިވެލާށެވެ. އައިރާވެސް ރީތިވެގެން ނިކުތީ ހަމަ އެވަގުތުއެވެ. ހެލޯ ޕްރިންސެސްއޭ ގޮވާލަމުން އޭނާ ރާޔާ ކައިރީގައި އިށީނެވެ.

” ދޮންތީ.. ރާއްކޮގެ ބައްޕިވެސް ވާން އަންކަލްހެން ތިއްތިވާނެތަ.. ރާއްކޮ ބޭނުމީ އެކަހަލަ ތިއްތި ބައްޕިއެއް..” ކުޑަ ކުޑަ ރާޔާ ބުނެލިއެވެ. އައިރާ ހިނިތުންވެލައިފައި ރާއްކޮގެ ބައްޕި އެއައްވުރެ ތިއްތިވާނެ ކަމަށް ބުނެލިއެވެ.
ޝަރްވާންއާއި ޝައުން ގެޔަށް އައުމުން އެންމެން އެކުގައި ދިޔައީ ރަސްފަންނަށެވެ.

****************************

އޮފީސް ނިންމާލައިފައި ރާދިންއާއި ޝަމީލް ދިޔައީ ކޮފީއަކަށެވެ. ގްލޯރިއާ ޖީންސް ކެފޭއަށް ދިޔައިރު އެތަން އޮތީ ފުލްކޮށެވެ. އެހެން ކަމުން އެތަނުން މޭޒެއް ހުސްވަންދެން ދެމީހުން ދިޔައީ ރަސްފަންނަށެވެ. ” އަހަރެން އަންނާނަަން ސިގިރޭޓެއް ގަނެލައިގެން.. ރާދް މިތާ މަޑުކޮއްލާ އިނގޭ..” ޝަމީލް ބުނެލިއެވެ. ރާދިން އޯކޭއޭ ބުނުމުން އޭނާ ދިޔައެވެ.

އާދައިގެމަތިން މިއަދުވެސް ރަސްފަންނުގައި ވަރަށް މީހުން ގިނައެވެ. ކުޑަކުދިންތަކެއް ކުޅޭ ތަނަށް ބަލަން އިން ރާދިންގެ ލޮލުގައި އަޅައިގަތީ އެކަނި ބޯޅައެއް ހިފައިގެން ކުޅެމުން ދިޔަ އަންހެން ކުއްޖެކެވެ. އާއެެކެެވެ. އެއީ މީގެ މަހެއްހާ ދުވަސް ކުރިން ކާރެއްގެ ތެރެއިން ފެނުނު ކުއްޖާއެވެ. ބޭއިހްތިޔާރުގައި ރާދިންއަށް އެކުއްޖާގެ ކައިރިއަށް ދެވުނެވެ. ތަންކޮޅެއް ކައިރީގައި އެކުއްޖާގެ ހަރަކާތްތަކަށް ބަލަންއިން ރާދިންގެ މޫނުމަތީގައި ހިނިތުންވުމެއްވިއެވެ.

ރާޔާ ކުޅެންއިން ބޯޅަގޮސް ޖެހުނީ އެތާ ކައިރީގައި އިން މީހެއްގެ ގައިގައެވެ. މަޑު ހިނގުމެއްގައި ރާޔާގޮސް އެމީހާގެ ކުރިމަތީގައި މަޑުކޮއްލާފައި ސޮރީއޭ ބުނެލިއެވެ.

” ކޮއްކޮ އެކަނިތަ ތިއުޅެނީ..ކޮބާ ކޮއްކޮގެ މަންމިމެން..ތިހެން އެކަނި އުޅެނިކޮއް ކޮއްކޮއަށް އަނިޔަލެއް ވެދާނެއެއްނު” ރާޔާ އަތަށް ބޯޅަދެމުން ރާދިން އަހައިލިއެވެ.

” ރާއްކޮ މަންމިމެން އެބަ ތިއްބޭ މިތާގެ..ރާއްކޮ މީ މިހާރު ބިގް ގާރލްއެކޭ.. މަންމި ބުނީ މިތަނުން ދުރަށް ނުގޮސް ކުޅެން އިންނާށޭ.. މަންމިގެ ބަސްއަހާ ކުއްޖެކޭ މީ.. ރާއްކޮ ދުރަކަށް ނުދާނަމޭ..ބޭބެވެސް މަންމިއާއި އެކީތަ އައިސްގެން ތިއުޅެނީ..” ތުއްތު ރާޔާ އެހެން ބުނެލި ގޮތުން ރާދިން ގާތަށް ހިނިއައެވެ.

” ނޫނޭ.. ބޭބެ މީ މިހާރު ބިގް ބޯއީ އެކޭ.. މަންމި ނުލާވެސް ބޭބެއަށް ނިކުމެވޭނެއޭ.. ” ރާޔާގެ ނޭފަތުގައި ހިފައިލަމުން ރާދިން ބުނެލިއެވެ. ” ކުޑަ ކުޑަ ޔާނާއެއް.. އެކަމް ޔާނާގެ އެހުންނަ ބޮޑާ ކަމެއްނެތް.. މި ނުވާނެ އެއަންހެނާގެ ދަރިއަކަށް ގައިމުވެސް..” ރާދިން ހިތާހިތުން ބުނެލިއެވެ.

ރާޔައަށް އައިސްކުރީމް ގަނެގެން އައި ޝަރްވާންއަށް ފެނުނީ ރާޔާ ފިރިހެނެއް ކައިރީ ހުއްޓައެވެ. ރާދިން ހުރީ ފުރަގަސްދީގެން ކަމުން އޭނާއަކަށް ރާދިންއެއް ނުފެނުނެވެ.ނުދަންނަ މީހުންނާއި ވާހަކަ ނުދެއްކުމަށް ބުނީމަވެސް ރާއްކޮ ވާހަކަ ދައްކަނީއޭ ހިތައި އަވަހަށް ރާޔާ އެތަނުން ގެންދަން ދިޔައެވެ.

“ރާއްކޯ ބުނީމެއްނު އެތަނުން ދުރަށް ނުގޮސް ކުޅެން ހުންނާށޭ.. މަންމިއަށް އިނގިއްޖިއްޔަ ރުޅިއަންނާނެ އިނގޭ.. އަވަހަށް ހިނގާދާން..” ޝަރްވާން އެހެން ބުނެފައި ރާޔާ އުރައިލިއެވެ.

” ޝަރްވާން.. ތީ ޝަރްވާން ދޯ..” ފަހަތުގައި ހުރި މީހާ އޭނާގެ ނަމުން ގޮވައިލީމައި ޝަރްވާން އެނބުރި ބަލައިލިއިރު ކުރިމަތީގައި ހުރި ރާދިން ފެނިފައި އޭނާ ކުޑަކޮއް ޖެހިލުންވާ ގޮތްވިއެވެ. ރާދިންއަށް ރާޔާ ފެނުނީތީއެވެ.

” ނޭންގުނުތަ މީ ކާކު ކަމެއް.. ރާދިންއެއް މީ.. ޝަމީލްގެ ބެސްޓްފުރެންޑް.. ތީ ޝަރްވާންގެ ދަރިއެއްތަ. ޝަމީލް ނުބުނޭ ޝަރްވާން މީހަކާއި އިން ވާހަކައެއްވެސް..” ރާދިން ބުނެލިއެވެ.

” ޔާ މީ އަހަރެންގެ ދަރިފުޅު.. ޝަމީލްއަކަށް ނޭންގޭނެ އަހަރެން މީހަކާއި އިންކަމެއްވެސް.. ދަރިއަކު ހުންނަ ކަމެއްވެސް.. މިވަގުތު ގޮސްލީއޭ.. ރާއްކޮ މަންމި އެބަ އުޅޭ ރާއްކޮ ނުފެނިގެން.. ފަހުން ދިމާވާނެއެއްނު އަދި..” ޝަރްވާން ބެލީ ވީހާވެސް އަވަހަކަށް ރާޔާ ގޮވައިގެން އެތަނުން ދެވޭތޯއެވެ.

ޝަރްވާން ދިޔަ ދިމާލަށް ބަލަންެެއިން ރާދިންއަށް އިތުރު ހައިރާންކަމެއް ލިބުނީ އޭނާގޮސް ދުރުގައި ހުރި އައިރާ ކައިރީގައި މަޑުކޮއްލުމުންނެވެ. ހަމަގައިމުވެސް ޝަރްވާނަކީ އައިރާގެ ފިރިމީހާ ނޫންކަން އޭނާއަށް އިނގެއެވެ.އަދި އެއީ އައިރާގެ ދަރިއެއް ނޫންކަންވެސް އޭނާއަށް އިނގެއެވެ.އެހެންވިއްޔާ ޝަރްވާނާއި އައިރާއާއި އޮތީ ކޮންގުޅުމެއް ހެއްޔެވެ. އޭނާގެ ހިތައްއެރި އެއްޗަކުން އެކަން ޔަގީން ކުރަންވެގެން އޭނާ އެމީހުންނާއި ކައިރިއަށް ދާން ހިނގައިގަތެވެ. ރާދިންގެ ފިޔަވަޅުތަށް މަޑުޖެހުނީ އެތަނަށް އައިސް ހުއްޓުނު ޝައުންއާއި ޔާނާ ފެނިފައެވެ. 4 އަހަރު ފަހުން ޔާނާ ފެނުމުން އެހިތައް ބަޔާންކުރަން ދަތި ގޮތްތަކެއް ވެގެން ދިޔައެވެ. ދެވަނަ ސިކުންތުގައި އެހިތުގައި ޔާނާއަށްޓަކައިވާ ނަފްރަތު އެތައް ގުނައަކަށް އިތުރު ވެގެން ދިޔައީ ރާޔާއަކީ ޔާނާއާއި ޝަރްވާންގެ ދަރިއެކޭ ހިތައްއެރުމުންނެވެ.

” ކެހިވެރި އަންހެނާ.. އަހަރެން މުޅި ދިރިއުޅުން މަތިން ފޫހިކުރުވާފައި ގޮސް ހާދަ އުފަލުގައޭ ދޯ ތިއުޅެނީ.. ތިކަހަލަ އަންހެނަކާއި ހެދިތަ އަހަރެން އަދިވެސް މީހަކާއި ނީންދެ މިހުންނަނީ.. އަހަރެންގެ މިހިތް މިހުރިހާ ދުވަހު އިންތިޒާރު ކުރަމުން މިދަނީ އެހެން މީހެއްގެ ހައްގަކަށްތަ.. ސިޓް.. ޔޫ އާރ އަ ފޫލް ރާދިން.. ” އެވާހަކަތައްވީ ރާދިންގެ ހިތުގައިއެވެ. ޝަމީލްއަށް އިންތިޒާރު ކުރުމެއްނެތި ރާދިން ގެޔަށް ދިޔައީ އެކަނިވެލަން ބޭނުންވާތީއެވެ.

*************************

ގެޔަށްވަތް ރާދިން ހަލުވިކޮށް ހިނގައިފައި ކޮޓަރިއަށް ދިޔައީ ޔަސީރާ ގޮވަގޮވައި ހުއްޓައެވެ. ރާދިންއަށް ކަމެއް ވެއްޖެކަން އިނގޭތީ އޭނާ އަވަހަށް ރާދިންގެ ފަހަތުން ދިޔައެވެ.

” ދަރިފުޅާ އޮފީހުގައި ހިތްހަމަނުޖެހޭ ކަމެއް ހިނގީތަ..” ޔަސީރާ ރާދިންގެ ކޮޓަރިއަށް ވަތްއިރު އޭނާ ކޮޓަރިތެރޭގައި ހުރި އެއްޗެހި އުކަނީއެވެ. އެެއީ ރާދިން މީގެ ކުރިން އުޅުނު ގޮތަކަށް ނުވާތީ ޔަސީރާ ކުޑަކޮއް ޖެހިލުންވާ ގޮތްވިއެވެ.

” މަންމަ ބޭނުންތަ އެއަންހެނާ ދެކެން..” ރުޅިގަނޑު ކޮންޓްރޯލް ކުރަމުން ރާދިން އަހައިލިއެވެ.

” ޔާނާ.. ދަރިފުޅު ތިދައްކަނީ މަގޭ ޔާނާގެ ވާހަކަތަ.. ރާދްއަށް އެނގޭތަ އެމަންޖެ ވީތަނެއް.. އޭނަ ރަގަނޅުތަ..ރާދްއާއި ދިމާވީތަ.” ޔަސީރާ ހުރިހާ ސުވާލެއް އެއްފަހަރާކޮއްލިއެވެ. އޭރު އެދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.

“އަހަންނަށް އެނގިއްޖެ އޭނަ އުޅޭ ތަނެއް.. މަންމަ އަމިއްލައަށް ގޮސް އޭނަ ރަގަނޅު ތޯ ބަލާ.. އަހަރެން ނޫޅެން އޭނަ ރަގަނޅު ތޯ ބަލާކަށްވެސް.. ކުރިންވެސް ބުނިހެން މަންމަ އޭނައާއި ވާހަކަ ދެއްކިޔަސް އަހަންނަށް އޯކޭ..” ރާދިން ބުނެލިއެވެ.

*************************

ރޭގަނޑުގެ ވަގުތެވެ. ރާޔާ ނިންދައިލުމައްފަހު ޔާނާ ނިކުތީ ސިޓިންރޫމަށެވެ. އައިރާއާއި ދެމީހުން އެކިއެކި ވާހަކައިގައި ތިއްބައި މީހަކު ބެލް އަޅައިލިއެވެ. އަހަރެން ބަލައިލާނަމޭ ބުނެ ޔާނާ ސޯފައިން ތެދުވެގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައިން ޔަސީރާ ފެނިފައި ޔާނާ ދިޔައީ ސިއްސައިގެންނެވެ. ޔާނާ މަންމާއޭ ގޮވައިލި އަޑަށް އައިރާވެސް ދޮރުމައްޗަށް އައެވެ. އޭނާއަށްވީ ޔާނާއަށް ވީގޮތެވެ.

” އަހަރެން ހިތައަރާ އަހަންނަށް ކޮން ކުށެއްބާއޭ ކުރެވުނީ ތިދެކުދިން ތިގޮތަށް އަހަންނަށް ސަޒާދޭކަށް..” ދޮރުން އެތަރެއަށް ވަންނަމުން ޔަސީރާ ބުނެލިއެވެ. ކުއްވެރިއެއް ފަދައިން އިސްޖަހައިގެން ޔާނާ އިނެވެ.

” 4 އަހަރު ވަންދެން އެއްވެސް ހަބަރެއްނުވެ އުޅުނުއިރު އަޅެ މިމަންމަގެ ހިތުގަ ރިއްސާނެވަރު ޔާނާއަށް ހަމަ ނޭންގެނީތަ.. މަންމަ އުޅުނު ހާލު އައިރާއަށް ހަމަ ރަގަނޅެއް އެނގޭނެ.. އެވަރުންވެސް މަންމަ ކައިރީ ޔާނާ ވީތަނެއް ބުނެލަން އައިރާގެ ތިހިތަކަށް ނާރާތަ.. ޔާނާއަކީ އަބަދުވެސް ބޯހަރު ކުއްޖެއްކަން އެނގޭ އެކަމަކު އަހަރެން ހީކުރީ އައިރާއަކީ ހަރުދަނާ ހެޔޮ ވިސްނޭ ދަރިއެއްކަމަށް.. ރާދް ކަހަލަ ރަގަނޅު ބައިވެރިއަކު ވަކި ޔާނާއަށް ލިބޭނެތަ.. އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލައަށް ބޭނުންވެގެން ކުރި ކައިވެންޏެއް ރޫޅާލައިފައި ތިގޮތަށް ފިލަން ޖެހުނު ސަބަބެއް އަހަންނަށް ބުނެލީބަލަ ޔާނާ.. ވެދާނެ ޔާނާ ރާދްމަތިން ފޫހިވެގެން އޭނައާއި ދުރަށް ދާން ބޭނުންވީ ކަމައްވެސް.. އެކަމަކު އަޅެ ޔާނާ ހަމަ މިމަންމަމަތިން ހަނދާންނުވަނީ ތަ.. މިމަންމަ ދެރަވާނެ ވަރާއި ވިސްނާނެވަރު ހަމަ ނުވިސްނެނީތަ.. މަޔަކު ދުނިޔޭގަ ހުރިކަން އަޅެ ހަނދާންވޭތަ ޔާނާ..” ފަހަރަކު މީހަކާއި ދިމާއަށް އެނބުރި އެއްޗެހި ކިޔަމުން ދިޔަ ޔަސީރާއަށް ގިސްލެވެމުން ދިޔައެވެ.

” އަހަރެން ހީކުރި ފަދަ ދަރިންނަކަށް ތިއިން އެއް ކުއްޖަކަށްވެސް ނުވެވުނު.. ތިދެކުދިންނަށް މިއަދު މަންމަ މީ އެއްވެސް މީހަކަށް ނުވިއެއްނު.. ” ޔަސީރާ ބުނެލިއެވެ.

“މަންމާ މިކަމުގައި އިރާގެ އެއްވެސް ކުށެށް ނެތް.. އިރާއަށްވެސް އަހަރެން އުޅޭ ތަނެއް އެނގުނީ ވަރަށް ފަހުން.. އަހަރެން މާލެ އައި ދުވަހުވެސް އިރާ މަންމައަށަ ގުޅަން އުޅުނު.. އަހަރެން ވަރަށް އާދޭސް ކޮއްގެން އޭނަ މަންމައަށް އަހަރެން މިތާ އުޅޭކަން ނާންގާ އެހުންނަނީ..މަންމަ މަތިން ހަނދާންނުވާތީއެއް ނޫން ދުރުގައި އުޅުނީއެއް.. މަންމަ ތިބުނިހެން ދުރަށް ދާން ބޭނުން ވީ ރާދިންއާއި.. މަންމަ ބުނެބަލަ.. މަންމައަށް އަހަރެން އުޅޭ ތަނެއް އެނގެންނާ ރާދިންއަށް ނޭންގި ހުންނާނެތަ.. އަހަންނަށް ވަކި ފަސޭހަވާނެތަ މަންމައާއި ދުރުގައި އުޅެން..” އެންމެފަހު ޖުމްލަ ނިންމާލި އިރު ޔާނާގެ އަޑު ކުރެހިގެން ދިޔައެވެ.

ޔަސީރާ އަނެއްކާވެސް ޔާނާއާއި ދިމާއަށް އެއްޗެހި ކިޔަން ފެށިއެވެ. މިފަހަރު އޭނާ ވާހަކަ ދެއްކީ ތަންކޮޅެއް ބާރަށެވެ. ރާދިންގެ ރަގަނޅު ވާހަކަވެސް އިރުއިރުކޮޅާއި ބުނެލައެވެ. ކޮޓަރީގައި ނިދިފައި އޮތް ރާޔާއަށް ހޭލެވުނީ ގޭތެރޭ އަޑުގަދަ ވެގެނެވެ. ރޮމުން ދެލޮލުގައި އަތް އުގަޅަމުން ކޮޓަރިން ނިކުތެވެ.

“މަންމީ.. ރާއްކޮ ބުނީމެއްނު ރާއްކޮއަށް ނިދުނަސް ރާއްކޮ އެކަނި ބާއްވާފަ ނުނިކުންނާށޭ.. މަންމި ބުނީމެއްނު ނުނިކުންނާނަމޭ.. ކީއްވެ ދޮގުހެދީ..” ޔާނާ ކައިރިއަށް އައިސް އޭނާގެ އަތުގައި ހިފައިލަމުން ރާޔާ ޝަކުވާކުރަން ފެށިއެވެ. ރާޔާ ފެނިފައި ޔަސީރާއަށް ހީވީ ޔާނާ ކުޑައިރުގައި ފެނުނުހެންނެވެ. ޔާނާގެ ކުއްޖެއް ހުންނަކަން އެނގުމުން ޔަސީރާ ވަރަށް ހައިރާންވިއެވެ. އަދި ދެރަވެސްވިއެވެ. މާމަ ދަރިއަކު ދުނިޔޭގައި ހުރިއިރު މިހާތަނަށް އެކުއްޖާ ފެނިފައި ނުވާތީއެވެ. ރާދިން ބުނެލި އެއްޗެއްވެސް އެވަގުތު އޭނާ ހަނދާންވެގެން ދިޔައެވެ. މަޖަލަކަށް ނަމަވެސް ރާދިން އެބުނެވުނީ ތެދެކެވެ. އޭނައަށް މާމަ ކިޔާ ކުއްޖަކު ދުނިޔޭގައި އެބަހުއްޓެވެ.

” ޔާނާ އިތުރު ކައިވެންޏެއްވެސް ކުރީތަ.. މަންމަ މީ ހަމަ އެއްވެސް މީހަކަށް ނުވި ދޯ ޔާނާއަކަށް.. ” ޔަސީރާ ބުނެލިއެވެ.

” ރާއްކޮ މީ ރާއްކޮގެ މާމަ އިނގޭ.. ” ޔާނާ ރާޔާގާތުގައި އެހެން ބުނުމުން ރާޔާ ބުނެލީ އެއީ އޭނަގެ މާމަނޫން ކަމަށާއި މާމަވީ ރަށުގައި ކަމަށެވެ.

” ދޫނީ މީ ރާއްކޮގެ އަސްލު މާމައޭ..” ޔާނާ އެހެން ބުުނެލިއެވެ. ޔަސީރާ ކުރިޔަށް ޖެހިލައިފައި ތިރިވެ ރާޔާގެ ނިތުގައި ބޮސްދިނެވެ. އެއައްފަހު އެގެއިން ނިކުމެގެން ދިޔައެވެ.

” ޔަންނު އަހަރެން އޭރުވެސް ބުނީމެއްނު މަންމަ ކައިރީ ބުނަން ހިނގާށޭ.. ހާދަ ދެރަވެފައޭ މަންމަ އެހުރީ.. ” އައިރާގެ  ފެންކަޅިވެފައިވާ ދެ ލޮލުން ކަރަނައިގެ ރޮނގު ތިރިއަށް ދެމިގެންދިޔައެވެ.

” އައިމް ސޯ ސޮރީ އިރާ.. އަހަންނަށް މަންމައާއި ދޭތެރޭ ވިސްނަންޖެހޭ ވަރަށް ވިސްނައިނުލެވުނީ.. ރާދިންގެ ކަންތައްމީ.. އަހަރެން ދުވަހަކުވެސް އެފިރިހެނާއަށް މާފެއްނުކުރާނަން.. ” އެހެން ބުނެފައި ރާޔާ ގޮވައިގެން ޔާނާވަނީ އޭނާގެ ކޮޓަރިއަށެވެ.

ކޮފީއަކަށް ގޮސްފައި ގެޔަށް އައިސްވަތް ޝައުންއާއި ޝަރްވާނުގެ ލޮލުގައި އަޅައިގަތީ ސޯފާގައި އިށީންދެގެން އިން އައިރާއެވެ. އޭރު އޭނާ އިނީ ރޯށެވެ.

” މިހާރު ކީއްވެ އިރާ ތިރޮނީ.. ބުރޯ ރާއްކޮއަށްވުރެ މަގޭ އަންހެނުން ކުޑަވާނެ.. އަބަދު އިންނާނީ ރޮއެރޮއެ.. އަސްލު އެވާ އެއްޗެެއް އިނގޭތަ.. ކުރިން ޔަންނު ދިޔަ ދުވަސްކޮޅު އަބަދު ރޯތީ މަށަށް ބުނެވުނީ އިރާ ރޯއިރު ވަރަށް ރީއްޗޭ.. ތިގޮތަށް ދެން އަބަދު ނުރޮއެނަސް އަހަންނަށް އިރާ ރީއްޗޭ..” ޝައުން ބެލީ އައިރާ ހެއްވާލެވޭތޯއެވެ.

” ހޫނ.. ޝައުންނޫން މީހަކު ނަމަ މިހާރު އުޅޭނީ އަންހެނުން ރޮނީ ކީއްވެތޯ ބަލަން .. ވެގެން އުޅޭ ގޮތެއް ބަލާފަ ދޯ ހުއްޓުވޭތޯ އުޅޭނީ.. އަހަރުމެން ނެތިސް ގޭތެރޭގައި ކަމެއް ހިނގީތަ އަނެއްކާ.. ކޮބާ ޔާނާ.. އެހެންނާ މިގަޑީގައި ހިންދީ ޑުރާމާ ބަލަން އިންނަ މީހެއްނު އެއީ..” ޝަރްވާން އަހައިލިއެވެ. އައިރާ ޝައުންމެންނަށް ވީގޮތް ކިޔައިދިނެވެ.

” ވަރަށް ދެރަގޮތެއް ތިވީ.. އަހަރުމެން ހުރީ ޔަންނު މުޅިން ހަމައަކަށް އެޅުމުން މަންމަ ގާތު ބުނަންކަމަށް.. ކިހިނެއް މަންމައަށް އެނގުނީ ޔަންނު މިގޭގައި ހުރިކަން..” ޝައުން އެހެން ބުނުމުން އައިރާ ބުނީ މަންމައަށް އެނގުނު ގޮތެއް އޭނާއަށް ނޭންގޭކަަމަށެވެ.

” އަހަންނަށް އެނގޭ ދައްތައަށް އެނގުނު ގޮތެއް..” ޝަރްވާން އެހެން ބުނުމުން ޝައުންއާއި އައިރާ އެއްފަހަރާ ކިހިނެއްހޭ އަހައިލިއެވެ.

” އަހަރެން މިހުރީ އަދި މިވާހަކަ ޔާނާ ގާތު ނުބުނަންކަމަށް.. ހަވީރު ރަސްފަންނަށް ގޮސްގެން އުޅުނު އިރު ރާއްކޮ މީހާކާއި ވާހަކަ ދައްކަން އިންތަން ފެނިގެން ގޮސް ބަލައިލިއިރު ރާދިން އެތާގައި ހުރީ.. ރާދިން ހީކުރީ ރާއްކޮ އެއީ އަހަރެންގެ ދަރިއެއްކަމަށް.. އެހީމަ އަހަރެންވެސް ބުނިން އަހަރެންގެ ދަރިއެކޭ މީ.. ވެދާނެ އޭނައަށް ފަހުން ޔާނާ ފެނުނީ ކަމަށް..” ޝަރްވާން ކިޔައިދިނެވެ.

” އޯ ގޯޑް.. ރާދިންއަށް އެއީ އޭނަގެ ދަރިއެއްކަން އިނގޭ ދުވަހުވާނީ ކިހިނެއްބާ.. ޔަންނުއަށް ހާދަ ނުވިސްނެޔޭ.. ރާދިން ހާދަ ކަޑަވާނޭ ޔަންނު ފެނުނީމަ.. އަހަންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ ޔަންނު ދެއްކި ވާހަކައެއް.. ” އައިރާ ބުނެލިއެވެ. ދެން އެވާހަކަ ނުދެއްކުމަށް ޝައުން ބުނުލިއެވެ.

*************************

ކޮޓަރިތެރެ އެއްކޮއް އަދިރިކޮއްލައިގެން ރާދިން އިނީ އެނދު ކައިރީ ތިރީގައި އިށީންދެލައިގެންނެވެ. ކޮޓަރި ތެރޭގެ ހަމަހިމޭންކަން ނަގައިލަމުން ދިޔައީ އޭނާގެ ފޯނުން ޖަހައިފައިވާ ހިންދީ ލަވައެވެ.

ސޯޗްތާ ހޫ ކި ވޯ ކިތްނި މާސޫމް ތޭ
ސޯޗްތާ ހޫ ކި ވޯ ކިތްނި މާސޫމް ތޭ
ކައެސެ ކަޔާ ހޯގައީ ދޭކްތޭ ދޭކްތޭ
ސޯޗްތާ ހޫ ކި ވޯ ކިތްނި މާސޫމް ތޭ
ކައެސެ ކަޔާ ހޯގައީ ދޭކްތޭ ދޭކްތޭ

ސޯޗްތާ ހޫ ކި ވޯ ކިތްނި މާސޫމް ތޭ
ސޯޗްތާ ހޫ ކި ވޯ ކިތްނި މާސޫމް ތޭ
ކައެސެ ކަޔާ ހޯގައީ ދޭކްތޭ ދޭކްތޭ

ވޯ ޖޮކެހެތޭތީ ބިޗްޅޭންގޭ ނާ ހަމް ކަބީ
ވޯ ޖޮކެހެތޭތީ ބިޗްޅޭންގޭ ނާ ހަމް ކަބީ

އަލްވިދާ ހޯގައީ ދޭކްތޭ ދޭކްތޭ
ސޯޗްތާ ހޫ…

އާތިފް އަސްލަމް ކިޔައިފައިވާ އެލަވައިގެ އަޑުދަށުން ރާދިން އެތަންކޮޅު ކިޔައިލިއެވެ. މާޒީގެ ހަނދާންތައް އޭނާއަށް އުދަނގޫކުރަމުން ދިޔައެވެ. ޔާނާއަށް ލަވަ ކިޔައިދޭ ހަނދާންވުމުން ލަވަ ނިންވާލަންވެސް ހިތައް އެރިއެވެ. ނަމަވެސް އެލަވައަކީ ޔާނާގެ ބޭވަފާތެރިކަން މަތިން ހަނދާންކޮއްދީ އޭނާދެކެ ފޫހިކުރުވާނެ ލަވައެކޭ ހިތައި އަޑުއަހަން އިނީއެވެ. އިރުއިރުކޮޅާ ލަވަ ހުއްޓެއެވެ. ރާދިންއަށް ކޯލްއަންނާތީއެވެ. ފޯނު ބަލައިވެސް ނުލައި އެއިންނަނީ ގުޅާ މީހަކު ރަގަނޅަށް އެނގިހުރެއެވެ. ޝަމީލްނޫން މީހަކު އޭނައަކަށް ނުގުޅާނެއޭ ހިތައެވެ.

” ރާދިން ކޮއްކޯ ކީއްވެތަ ފޯނު ނަގައި ތިއުޅެނީ.. ބައްޕަ ބުނި މީހާރު ވަރަށް ގުޅައިފީމޭ.. ވަރަށް އަވަހަށް އޭޑީކޭއަށް ދެބަލަ.. މަންމަ އެކްސިޑެންޓްވެގެން ގެންގޮސްފި.. ބައްޕަވެސް އޮފީހުގައި ހުރެފައި އެކޮޅަށް ގޮސްފި މިހާރު..” ލިބުނު ހަބަރާއި އެކު ރާދިންއަށް އިންތަނުން ތެދުވުނު ގޮތްވެސް ނޭންގުނެވެ. ފޯނުނަގައި ބަލައިލިއިރު ޝަމިލްގެ 5 މިސްކޯލާއި ބައްޕަގެ 8 މިސްކޯލު އިނެވެ.

“ސިޓް.. ދޭވްދާސްހެން ނޫޅެ ތަންކޮޅެއް ޒިންމާދާރުވެބަލަ ރާދިން..” ރާދިންއަށް އޭނާގެ އަމިއްލަ ނަފްސަށް މަލާމާތްކޮއްލެވުނެވެ. އެއައްފަހު އޭނާ އަވަސްވެގަތީ އޭޑީކޭއަށް ދިޔުމަށެވެ.

**********************
އައިރާ ރޮމުން ދިން ހަބަރަކުން ޔާނާއަށް ތެޅިގަނެވުނެވެ. ދުވެފައި ކަހަލަ ގޮތަކުށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އިރުކޮޅަކުން ނިކުތީ ނިދަންލައިގެއި ހުރި އެއްޗެހި ބަދަލުކޮއްގެންނެވެ. ދެމީހުން އެކީގައި ނިކުމެ ބެލީ ޓެކްސީއެއް ލިބޭތޯއެވެ. ލަސްވާތީ ޔާނާ ގެޔަށްވަދެ ޝަރްވާން ކައިރީގައި ޑްރޮޕެއް ދިނުމައް އެދުނެވެ. ޝައުންވެސް އެމީހުންނާއި އެކު ދާންބޭނުންވި ނަމަވެސް ރާއްކޮ އެކަނި ގޭގައި ބާއްވަން ޖެހޭތީ އޭނާ މަޑުކުރީ ރާޔާ ކައިރީގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Blackpearl

Level 210 Stories100 Comments100 Login

A girl who read to kill her boredom and write to entertain others ?? [email protected]

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ (17)

Next

މިހިތް ކޮށްލީ ދީވާނާ 2

Next
September 18, 2018

މިހިތް ކޮށްލީ ދީވާނާ 2

Previews
September 18, 2018

ބުނާށެ ލޯބި ނުވަނީހޭ (17)

30 Comments!

  1. Hudher says:
    September 18, 2018 at 8:34 pm

    Nyc part dear….maasha allah..whn next..luv yahh??

    1. Blackpearl says:
      September 18, 2018 at 8:41 pm

      Thank yuh so much Hudher dear ?❤
      Next part on thursday or friday ingey

  2. Hudher says:
    September 18, 2018 at 8:35 pm

    Nd me first dhw yahhhh

    1. Blackpearl says:
      September 18, 2018 at 8:42 pm

      Yeah yuh first dear ?

  3. Blackpearl says:
    September 18, 2018 at 8:40 pm

    Salaam everyone
    Here is the fifth part of the story
    Sorry kiyuntherintherin beynunvi gothah mi part dhigukosheh nulevunu..
    I hope yuh all will like it and yeah mistakes bunedhehchey ingey ???

  4. Ehleesha says:
    September 18, 2018 at 8:51 pm

    Mih vaahakah ah kiyaa name mih site gah up kuhraah ehn vaahaka ahkah vax kiyaa dhw. By the way mih part vax varah reethi.?

    1. Blackpearl says:
      September 18, 2018 at 9:02 pm

      Yes Ehleesha..Nauge bunaashe loabi nuvany aee..
      Glad to know yuh like this part ?
      Thank yuh ?

  5. Nunni says:
    September 18, 2018 at 9:00 pm

    Sharwan keekuran tha dhogu hedhee…. Foohi meeheh..

    1. Blackpearl says:
      September 18, 2018 at 9:04 pm

      kuriyah huri part thakun Sharwan dhogu hedhi sababu engigen dhaane dear ?

  6. Hidhaa says:
    September 18, 2018 at 9:44 pm

    Wow ❤❤❤

    1. Blackpearl says:
      September 19, 2018 at 12:14 pm

      Thank yuh Hidhaa ❤❤❤

  7. ytfgjk says:
    September 18, 2018 at 9:55 pm

    are from fuavhmulah? @Blackpearl

    1. Blackpearl says:
      September 18, 2018 at 10:09 pm

      No I am not from fuvahmulah dear

  8. Ana says:
    September 18, 2018 at 10:45 pm

    Sharwan kyhvebaa dhoguhedhy e? Maybe he likes Yaana.. Raadh haadha kada vaane ey dhw.. little Raaya is so cute.. Raadh ah hageegaiy avahah angahchey dear.. mi part vvvvv reethi.. waiting for the next part ❤❤❤❤

    1. Blackpearl says:
      September 19, 2018 at 12:16 pm

      Sharwan dhogu hedhi reason engigen dhaane dhn huri part thakun..
      Thank yuh Ana ❤

  9. Nashee says:
    September 19, 2018 at 12:20 am

    .Sharwan loabi vanee dho yaana dheke…….. Meehehge dhariyakai hawaaluve bappa aai dhurukurun kada dho sharwan

    1. Blackpearl says:
      September 19, 2018 at 12:18 pm

      Vedhaane hama Sharwaan Yaana dheke loabi vany kamahvx..

  10. Anonymous says:
    September 19, 2018 at 12:44 am

    Foto change nukurun edhen… mi sitega mi namuga ehen storyehves eba liyey dho! Ehenve.

    1. Blackpearl says:
      September 19, 2018 at 12:20 pm

      Oh dear..mi vaahaka aky alhugandu meege 6 varakah months kurin haadhisaa raavai cover pics thahvx hadhaafa in vaahaka eh.. story kuriyah dhaa varakah photovx change vamun dhaany.. Sorry ?

  11. Manje says:
    September 19, 2018 at 8:19 am

    Mi partvx hama habeys ❤❤
    When next part

    1. Blackpearl says:
      September 19, 2018 at 12:21 pm

      Thank yuh Manje ?

  12. Ninni says:
    September 19, 2018 at 9:02 am

    Wow amazing
    Next parr avas kohlahchey ingey please

    1. Blackpearl says:
      September 19, 2018 at 12:25 pm

      Thank yuh Ninni ?
      Next part maadhan or fridayga uo kohleveythw mi balany

  13. Queen ?? says:
    September 19, 2018 at 4:07 pm

    Varah varah reethi..keep it up dear ❤❤

    1. Blackpearl says:
      September 20, 2018 at 9:05 am

      Thank yuh dear ?

  14. Maya says:
    September 19, 2018 at 4:43 pm

    Vvvv habeys dear i love it ?????????first feshi iru ehaa interesting eh noon.. Bt now vvvvv reethi. MashaAllah ????????????????luv u beeeeg koh.. Nxt part avahah up kohdhehchey Darling ???????????????

    1. Blackpearl says:
      September 20, 2018 at 9:08 am

      Thank yuh so much Maya
      So glad to know that yuh like it now.. I will try my best to make it more interesting ingey ??
      Lym
      Next part varah avahah upkohladheynan Insha Allah ?

  15. Someone says:
    September 19, 2018 at 8:27 pm

    Mi partvx vvvv reethi.. when next part..

    1. Blackpearl says:
      September 20, 2018 at 9:09 am

      Thank yuh dear ?

  16. Ana says:
    September 20, 2018 at 2:55 pm

    When next part dear.. miadhu up kohladhyba please ??

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ 06←


All Right Reserved!