އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 17
ސާރާގޮސް ޝާމިންގެއަށް ވަތްގޮތަށް ފުރަތަމަވެސް އެހީ ހައްވައްތަގެ ވާހަކައެވެ. ޝާމިން ބުނި ގޮތުން އަދި ދެ ދުވަހެއް ވަރު ވާނެއެވެ. “އަޅެ, ހައްވައްތަ އައި ކަމަށް މިއަދު ލަހުންވެސް މިއައީ, އަރުޝް ތެދުވަން ވާ އިރަށް ސައިބޯނެ އެއްޗެއް….. ސާރާއަށް ބުނެވުނީ ކީކޭ ކަން އެނގުމާއެކު އިސްޖަހާލިއެވެ.
“އަރުޝް ތެދުވަން ވާއިރަށް އެއްޗެއް ނުހެދި ދާނެތީ ތިހާ ކަންބޮޑުވިއްޔޯ, ނުތެދުވެ އޮތީ ހަމީދު, ތިޔަ އަރުޝް ކަންނޭނގެ ފަތިހު ބަންގި ގޮވީވެސް, ފަތިހު މުނާޖާ ކޮނޑު އަޅައިގެން ތެދުވެ އެހެންމީހުންވެސް ނިދިޔަ ނުދިނޭ, އެވަރުގެ މީހެއްގެ ވާހަކަ ތިދައްކަނީ” ޝާމިން ދިމާކުރުމުން ސާރާ ރަނގަޅަށްވެސް ލަދުގަތެވެ.
“އޭ ބްރޯ, އަހަރެންގެ އަންހެނުންނާ ދިމާނުކުރޭ, އެއީ ވަރަށް ލަދު ރަކި ކުއްޖެއް” އަރުޝް އައިސް ސާރާގެ ކޮނޑަށް އަތްވައްޓާލުމުން ސާރާ އިތުރަށް ލަދުގަތެވެ. އެހެން ކަމުން އަތް ނަށްޓުވާލުމަށް ފަހު ގޮސް ބަދިގެއަށް ވަނެވެ. ސާރާ ވަނުމުން ދެމީހުން ހޭންފެށިއެވެ. އިރުކޮޅެއް ނުވެ ދޮރު ހުޅުވުމަށްފަހު ވަތް މީހާއަށް ޝާމިން އާއި އަރުޝްގެ ނަޒަރު ހުއްޓުނެވެ.
ވަދެގެން އައިމީހާ އައިސް ޝާމިންމެންގެ ކުރިމައްޗަށް ހުއްޓުނެވެ. “ކޮބާ މަންމަ, އެބައުޅޭތަ” އާފިޔާގެ ސުވާލަށް ޝާމިން, މަންމަ އަންނާނީ ދެދުވަސް ފަހުން ކަމަށް ބުނުމުން އާފިޔާ އެހެންހޭ ކިޔައި ހިނގައިގަތެވެ. އެހެންނަމަވެސް އަރުޝް ފެނުމާއެކު, މަޑުޖެހިލިއެވެ.
އެކޮއެ, ކިހިނެއް, އަދިވެސް އެކަނި ބޭރަށް ގޮސް އުޅެނިކޮށް މަގު އޮޅޭތަ” އާފިޔާގެ އެ ސުވާލުން އަރުޝް ހިނިގަނޑެއް ޖަހާލިއެވެ. ޝާމިން ހުރީ މިވަނީ ކީއްކަން ނޭނގިފައެވެ. ” އެކޮއެ ދެން މިގެއާ އެހާ ރައްޓެހި ކުއްޖެއް ވީމަ ދައްތަމެން ގެޔަށްވެސް ވަދެލަން ރަނގަޅުދޯ”އާފިޔާ އެހެން ބުނުމުން އަރުޝް ވަރަށް އަވަހަށް ދާނެ ކަމަށް ބުންޏެވެ. އަރުޝްގެ ޖަވާބުން އާފިޔާ ހިނިތުން ވުމެއް ހަދިޔާ ކުރުމަށްފަހު ނުކުމެގެން ދިޔައެވެ.
“ކަލޯ, ހާދަ ކުރިއަކަށް ޖައްސާލީ, އެހާ އަވަހަށް މައިޓު ސެޓް ކޮއްލީ, ނުވެސް ބުނެ, ވަލީ ހޯދަން އަަވަހަށް ދޭ, ދައުވަތު އެ އޮތީ ދީފަ, ތިޔަ އޮތީ އަޅާ ދަމާފައެއްނު” ޝާމިން އަރުޝްގެ ކޮނޑުގައި ބޮނޑިއެއް އަޅަމުން ބުނެލިއެވެ.
“އޭ, ތިކަހަލަ އެއްޗެހި ނުކިޔާ, އަހަރެން ނޫޅެމޭ އޭނަގެ ދަރިޔާ ހިތާވެގެންނެއް, އަހަރެން ލޯބިވަނީ ސާރާ ދެކެ, ހަމަ އެކަނި ސާރާދެކެ” އަރުޝް އެހެން ބުނުމާއެކު ޝާމިންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
ދެން ތިބުނީ, ސާރާގެ ކައިވެންޏަށް ވަލީ ހޯދަންވެސް ނުދާނަމޭތަ, ދެން ކާކުގެ ދަރިއަކާ ހިތާވެގެންނޯ ތިއުޅެނީ, ސާރާ އޭނަގެ ދަރިއަކަށް ނުވެ ދެެން ކާކުގެ ދަރިއަކަށް ބާ ވާނީ” ޝާމިން އަރުޝްގެ އަތުގައި ހިފައިގެން ގޮސް ޖޯލިފަތީގައި އިށީންނަމުން ބުނެލިއެެވެ.
“އާނ.. އަހަރެން ކީއްކުރަން އޭނަ ކައިރިއަށް ދާން……….. ވީ… ” އަރުޝް ވަރަށް ލަސްލަހުން އެތަން ކޮޅު ފުރިހަމަ ކޮއްލީ އެއްޗެއް ފަހުމް ވީ ފަދަ އަކުންނެވެ. ކުއްލިއަކަށް އަރުޝް ވަޓް އޭ ކިޔާ ޖޯލި ފަތިން ކޮޅަށް ތެދުވީ އެއްޗެއް ހެރުނީމަ ތެދުވާހާ ބާރުމިނުގައެވެ.
“ޝާމިން ތިބުނީ ދެންމެ އެއައީ ސާރާގެ މަންމައޭތަ, އޯ މައި ގޯޑް, ކީއްވެ ކުރިން ނުބުނީ” އަރުޝް ޝާމިންގެ ކުރިމަތީ ހުއްޓެމުން ބުނެލިއެވެ. ” އަހަރެންނަށް ކިހިނެއް އެނގެނީ ނޭނގޭ ކަމެއް, ދެން އެ އޮތީ އެނގިފަތާ, އަވަހަށް މައިޓް ރުއްސަން މުގޯލި އަޅަން ފަށާ” ޝާމިން އެހެން ބުނުމުން އަރުޝް ހިނިގަޑެއް ޖަހާލުމަށްފަހު ފޮނި ވާހަކަ ނުދައްކާށޭ ބުނެ ޝާމިންގެ ގައިގައި ވިކައިގަތެވެ. ޝާމިން ވެސް އަރުޝްގެ ކޮލުގައި ހިފާލީ ކުޑަކުއްޖެއްގެ ކޮލުގައި ހިފާލާހެންނެެވެ.
*****************************************
“ކީކޭ ހަފީ” ރިންގްވަމުން ދިޔަ ފޯނު ނަގާ ކަންފަތުގައި ޖައްސަމުން އަރީޝާ އަހާލިއެވެ.
“ކީކޭހޭ, ހަނދާން ނެތީދޯ, އަހަރެން ބުނީމެއްނު އަރުޝް މާލެ އައިމަ މިގެއަށް އަންނަން, އެކަަމަކު ނާންނަ މެންނު، ކުރިން ދުވަހު ދެކުނިން އަރުޝް, އެހެންވެ ކޮބާތޯ ބަލާލީ, ލަސްކުރި ވަރަކަށް ބޭނުންވާ ކަންތަށް ބޮއްސުންލައިގެން ދާނީ” ހަފީޒާގެ އެ ޖުމްލައިން އަރީޝާގެ ދެލޯ ބޮޑުވިއެވެ. ހިތާ ހިތުން އަރުޝް ހަމަ މާލެ އައީބާއޭ ސުވާލު ކުރެވުނެވެ. ހަފީޒާގެ ކުރިމަތީ އޭނަގެ އަގު ވެއްޓެން ބޭނުން ނުވާތީ އަރީޝާ ވާހަކަ އެއް ހަދާލިއެވެ.
“ހޫމް, ހަނދާން އެބަހުރި, ކިހިނެއް ހަނދާން ނެތޭނީ, އަހަރެން އަރޫ ކައިރީ ބުނީމަ ބުނީ ހަމަޖެހިލައިގެން ދާނަމޭ, ތަންކޮޅެއް ބުރަކޮށޭ މިއުޅެނީ, އޭނަވެސް ހުރީ ދާން ބޭނުންވެފަ, އެހެންވެ ދެން އަހަރެން ބުނީ މަސައްކަތް ނިންމާލާފަ ދިޔަޔަސް ލަހެއް ނުވާނޭ،” އަރީޝާ އަމިއްލަ މީހާގެ އަގު ހިފެހެއްޓުމަށްޓަކައި އަމިއްލަ ދަރިޔާ ބެހޭގޮތުން ދޮގު މައުލޫމާތެއް ދޭން ޖެހިލުމެއް ނުވާކަން އެ ބުުނުމުންވެސް ހާމަވިއެވެ. އަދި މިކަމުން އެ ކުޅެވުނީ ކިތަށް މީހުންގެ ދިރިއުޅުމަކާ ކަމެއް ވިސްނާވެސް ނުލިއެވެ.
“އަހަރެން އެބަ ފޮނުވަން އިނގޭ އަރޫގެ ނަމްބަރު, ހައިފާއަށް ދީފަ ބުނޭ, ވާހަކަ ދައްކާށޭ, އަނެއްކާ ހައިފާ ހުސްތަ? ” އަރީޝާގެ އެ ސުވާލުން ހަފީޒާއަށް ތެޅިގަނެވުނެވެ. ދާހިތްލަން ވެސް ފެށީ އެއެއް މިއެއް ބަލާފައެއް ނޫނެވެ.
“އަރީ, ހަމަޖެހީ, ތިކަމުގަ އެއްވެސް މައްސަލަ އެއް ނުޖެހޭނެ, ހައިފާ ހުސްކޮއް ހުރީ” ހަފީޒާ އޭނާގެ އަޑު ހަމަޔަކަށް އަޅުވަމުން ބުނެލިއެވެ. ހަފީޒާ އެހެން ބުނުމާއެކު އޯކޭ އޭ ކިޔައި އަރީޝާ ފޯނު ބޭއްވިއެވެ. އެވަގުތަކީ ހަފީޒާގެ ދަރި ހައިފާ ހަފީޒާގެ ކޮޓަރިއަށް ވަތް ވަގުތެވެ.
ހައިފާ ލާފައި ހުރީ ކަޅު ލޭސް ފޮތީގެ އުޅަބޮއްޓާއި ހަމައަށް ހުރި އަތް ދިގު ޓޮޕެކެވެ. އަޑިން ލާފައިވަނީ ކަޅު ކުލައިގެ ޓިއުބް ކޮޅެކެެވެ. އަތެއްނެތް އެ ޓިއުބް ކޮޅު މެއާ ހިސާބުން ފެށިގެން ހުރީ ފޫޅާ ހަމައަށެެވެ. ދޮން ބައްޓެއް ކަހަލަ ދޮން ހަން އެއްވެސް ހުރަހެއް ނެތި އޮތީ ހާމަކޮއް ފެންނަންށެވެ. ތިރިން ލާފަ ހުރި ޖިންސް ފައި ފަލަ މަސްގަނޑާ ދިމާލުން ވީދިފަ ކަހަލަ ގޮތަކަށް ހުއްޓެވެ. މައިމީހާގެ ކުރިމަތީ ރޯ އޮރިއާމުން އުޅެ, މަގުމަތީ ހިލޭ މީހުންގެ ކުރިމަތީ އެގޮތަށް އުޅޭ އިރުވެސް ހައިފާގެ މައިންބަފައިންނަށް އެކަން މަނާ ނުކުރެވުން އެއީ ހައިފާގެ ކުރިމަގަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަން ނޭނގެނީބާއެވެ.
“މަންމާ, ދީބަލަ, ޓޫ ތައުޡަން ރުފިޔާ” ކަނާއަތުގެ ޝާހާދަތް އިނގިއްޔާ, މެދު އިނގިލި ހިއްލާލަމުން ހައިފާ ބުންޏެވެ.
” ޓޫ ތައުޡަން ރުފިޔާ އޭ ނުކިޔައި މި ނަމްބަރ އެހަށް ނޯޓްކޮއްބަލަ” ހަފީޒާގެ އެ އަމުރުން ހައިފާގެ މޫނަށް ވައްތަރު ޖައްސާލިއެވެ. އަދި ހައިފާ ހަފީޒާއަށް ބަލާލީ ކާކުގެ ނަމްބަރެއްހޭ އަހާލާ ފަދަ ގޮތަކަށެވެ.
“ފާޑަކަށް ބަލާނެ ކަމެއް ނެތް, މީ އަރުޝްގެ ނަމްބަރ, އޭނަޔަށް ގުޅުން ބަދަހި ކޮއްގެން ކައިވެނި ކުރެވޭތޯ ބަލަންވީ, އެ ގޭގެ ރާނީއަކަށް ވާންވީ, ތިޔަ ހިތާވެގެން އުޅޭ މީހަކަށް ނުކެރޭ ހައިފާއަށް އެއްޗެއް ދޭން, ދެން ކީއްކުރަން ތިޔަ އުޅެނީ, އެ އަރީޝާގެ އަތުގަ ނެތީ ކޯއްޗެއް, ހައިފާ އެގެއަށް ގޮސް ރަސްކަން ކުރަންވީނު, ކޮންމެ އަތަކަށް ނޯކަރެއް ލިބޭނެ, ވަޒީފާއަށް ނުދިޔަޔަސް ރުފިޔާ ލިބޭނެ” ހަފީޒާގެ ވާހަކަތަކުން ހައިފާ ތުން ދަމާލިއެވެ.
“ދެން މަންމަވެސް ދޯ, މަންމައަށް ރަނގަޅަށް އެނގޭނެ ރަޒީން ދެކެ އަހަރެން ލޯބިވާ ވަރު, ދެން ކިހިނެއް, ކޮންމެ ދުވަހަކުވެސް މަަަންމަ އެހެން އެބަކިޔައޭ އަހަރެން ނޫނެކޭ ބުނާއިރުވެސް, ގެއަށް ވަންނަ ކޮންމެ ފަހަރަކު ތި ނޫން ވާހަކައެއް ދައްކަބަލަ, މި ފާއިތުވި މަހެއްހާ ދުވަސްތެރޭ ތި ނޫން ވާހަކައެއް ދެއްކުންތަ, ހައިފާ ހިސާބަކަށް ހިތްހަމަ ނުޖެހިފަ ހުރެ ބުނެލިއެވެ.
” ބުނަން ބޭކާރު ވާހަކަ ހުއްޓާލާފަ އަޑުއަހާ, މިޒަމާނުގަ ތިި ބުނާ ލޯބި އެއީ ވާ އެއްޗެއް ނޫން, މިޒަމާނުގަ ލޯބިވާނީ ފައިސާ ދެކެ, ހައިފާ ފައިސާ ހޯދަން އަންނަނީވެސް އިރުކޮޅަކާ އަހަރެން ކައިރިއަށް، އެކަމް އަހަރެން ބުނާ ގޮތެއް ހަދައިގެން ވާކަށް ނެތް, ފައިސާ ނެތިއްޔާ ދިރިއުޅުމެއް ނޫޅެވޭނެ” ފަހަކަށް ވުރެ ފަހަރެއް ހަފީޒާގެ އަޑު ދިޔައީ ބާރުވަމުންނެވެ.
” އަހަރެން ބުނާ ފަހުގެ ބަސް މީ, ތިބުނާ ރަޒީނުއާ އެއްކޮއް ތިޔަ ކުޅޭ ކުޅިގަނޑު ހުއްޓާލާ، އަހަރެން ބުނާ ގޮތް ހަދާ, ހައިފާ ގަބޫލް ކަމަށް އަހަރެން އޮންނާނީ ބުނެފަ, އެހެންވީމާ ބޭކާރު ވާހަކަ ނުދައްކާ, އަހަރެން ވިއްޔާ އަހަރެން, ތިބުނާ ރަޒީނު ވިއްޔާ ރަޒީނު” ހަފީޒާ އެހެން ބުނުމަށްފަހު ރުޅި ވެރިކަމާއެކު ދޮރު ގައިގަ ހުރި ބާރަކަށް ޖެހުމަށްފަހު ކޮޓަރިން ނުކުތެވެ. ހައިފާ ގޮތްހުސްވެފައިވާ މީހެއް ފަދައިން އެނދު މަތީ އިށީނެވެ.
ތަށި ދޮންނަން ހުރި އާތިފާ ސިއްސައިގެން ދިޔައީ ވަރަށް ބާރަށް ދޮރު ޖެހުނު އަޑަށެވެ. އަވަސް އަވަހަށް ކުރަން ހުރި ކަންތަށް ހުއްޓާލުމަށްފަހު އަތް ދޮވެލައިގެން ސިޓިންގްރޫމަށް ނިކުތް އިރު އަރީޝާ ސޯފާގައި އިންގޮތް ފެނިފައި އާތިފާގެ ހިތް ނުބައި ގޮތަކަށް ތެޅުނެވެ. ކޮންމެސް ކަމެއްވެއްޖެ ކަން ވަގުތުން އާތިފާއަށް އެނގުނެވެ. އެހެންކަމުން މަޑު ހިނގުމެއްގައި ގޮސް އަރީޝާގެ ކުރިމައްޗަށް ހުއްޓުނެވެ.
“ކީއްވެ އަރުޝް އައި ވާހަކަ ނުބުނީ, އަހަރެން މީ އަރުޝްގެ އެއްވެސް މީހަކަށް ނުވަނީތަ, އަރުޝްވެސް ގުޅާނުލި, މިހާރު އޭނަ ކޮބާާ؟. އަރީޝާގެ ސުވާލު ތަކުން އާތިފާގެ ސިކުނޑި ސުމަކަށް ދިޔައެވެ. އަރުޝް ނެތް ކަން އެނގިއްޖެނަމަ އަދި ރުޅި އަންނާނެ ވަރު އިހްސާސް ކޮއްލެވުނެެވެ. އާތިފާގެ ދުލަށް ބުނާނެ އެއްވެސް ބަހެއް ލަފްޒެއް ނައުމުން ހިމޭންކަން އިހްތިޔާރު ކުރެވުނެެވެ.
“އަޅެ, ފަހެ އަހަރެން މިވާހަކަ ދައްކަނީ އާތިފާއަކާ ނޫންތަ, ކީއްވެތަ އެއްޗެކޭ ނުބުނެ ތި ހުންނަނީ, އަރުޝް އައިސްގެން އުޅޭކަންވެސް އަހަރެންނަށް މި އެނގުނީ ރައްޓެއްސެއްގެ ފަރާތުން, އަހަރެން މީ އޭނަގެ މަންމައެއް ނޫންތަ, ވާހަކަ ދައްކަބަލަ, ނޫނީ މިގެއަށް އައިއިރު މި ވާހަކަ ދައްކާ ބަސް ނޭނގުނު ގޮތަށް މިހާރު ހަނދާން ނެތުނީތަ”އަރީޝާގެ ރުޅިވެރި ބަހުގެ ހަމަލާއެއް އާތިފާއަށް ފޮނުވާލިއެވެ.
“ނޫން ދައްތާ, އަހަރެންނަށް ދިވެހި ބަސް ރަނގަޅަށް މިހާރު އެނގޭ, އަރޫ ކުރިން ދުވަހު އައި, އަހަރެން ދައްތައަށް ވެސް ގުޅިން, ފޯނު ނިވާލާފަ އޮތީ, އަރޫ ވެސް އެހި ދައްތަ ކޮބާތޯ، އޭނަވެސް ގުޅި ދައްތަ ފޯނު ނިވާލާފަ އޮތީ, އެެންމެ ފަހަރަކު ގެއިން ކެއީވެސް” އާތިފާ ވަރަށް ބިރުން ހުރެ ދެއަތް މޮޑެލަމުން އިސްޖަހާއިގެން ހުރެބުނެލިއެވެ.
“ދެން އެހެންވިއްޔާ މިހާރު ކޮބާ؟ އަރީޝާގެ އެ ސުވާލުން އާތިފާ އިސްއުފުލާ ބަލާލިއެވެ. އަރީޝާ ޖަވާބެއްގެ އިންތިޒާރުގައި އާތިފާއަށް ބަލަހައްޓައިގެން އިނެެވެ.
“ކު.. ކު..ރިން ދުވަހު ގެއަށް އައީ ދަ..ދަ.. ދަބަހެއް ހިފައިގެން, ބުނީ އަނެއްކާވެސް ފުރަންށޭ މިދަނީ, އަހަރެން ވާހަކަ ދައްކަ ދައްކާ އޮއްވާ ލަސްވެޔޭ ބުނެ ދިޔައީ” އާތިފާ އުނދަގުލާ އެކު ފުރިހަމަ ކުރި ޖުމްލައިން އަރީޝާ އިން ތަނުން ކޮޅަށް ތެދުވިއެވެ.
” ދިޔައިއްޔޭ, ކަލޭ ތީ ކީއްކުރާ މީހެއް, ކަލޭ މިތަނަށް ގެނައީ ރީތިކޮއް ހުންނާކަށް ނޫނޭ، ކަލޭ މިތަނަށް ގެނައީ އަރުޝް ބަލަން, އޭނަ ރަނގަޅަށް ނުބެލެންޏާ ކީއްކުރަން މިތާ ތި ހުންނަނީ, ހަފްތާއެއްގެ ތެރޭގައި އަރުޝް މިތަނަށް ގެނޭ، އެހެން ނޫނީ ރަށަށް ދާން ރެޑީވެގެން ހުރޭ’ މިހެން ބުނެ އަރީޝާ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ.
އަރީޝާގެ ކޮންމެ ޖުމްލައެއް ހީވީ އާތިފާގެ ހިތް ތޮރުފާލިހެންނެވެ. ހިފެހެއްޓުމެއްނެތި ލޮލުން ކަރުނަ އަންނަން ފެށުމުން ދުވެފަ ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖަހައި ދޮރުގައި ލެގިލިއެވެ.
“ދައްތަ ތިބުނީ އަހަރެން އަރުޝް ނުބަލައޭތަ, އަހަރެންނާ ދިމާލަށްތަ ތިބުނީ ނުބަލައޭ, އަރޫ އަށް އެއްމަސް ނުވަނީސް ދައްތަ އަރޫ ދޫކޮއްލާފަ ދާން ފެށީ, ވިޔަފާރި ކުރި އެރުވުން ނޫން ކަމެއް ދައްތަ ކުރިންތަ, ބޭބެ އާއި ދައްތަ އަށް އަރޫ އަށް ވުރެ ވިޔަފާރި މުހިންމުވީ, އެހާ ތުއްތު އިރުންސުރެ އަރޫ ބަލާބޮޑުކުރީ އަހަރެންކަން ދައްތައަށް ހަމަ ނޭނގެނީތަ, އަހަރެންގެ ނިދި ގެއްލުވާލާ، އަހަރެން އަމިއްލަ މީހާއަށް ނުވިސްނާ, އަރޫ އަށްޓަކައި ހޭދަ ކުރި އިރު ދައްތަ އަށް ހަމަ ނުވިސްނެނީތަ, އެ ދަރި ދައްތައަށް ބޭނުންވި ވަރެއް, ދޭހާ އަތްވަކާ, ވެހޭ ވާރެއެއްގަ ސްކޫލަށް ހިނގީ އަހަރެން, ދައްތަ ތީ އަރޫ އުފަންކުރި މީހާ ފިޔަވައި އިތުރު ކަމެއް ކޮއްދިނިންތަ, އަގު ބޮޑު ހެން ހީވާ ކުޅޭ އެއްޗެހި ގެނެސް ދިނަސް އެޔަކުން އަރޫއަށް އެއްވެސް އުފަލެއް ނުލިބޭކަން ނޭނގޭތަ, ދައްތަގެ ދަރި މިއަދު އެހެރީ ބޮޑުވެ ޒިންމާދާރު ވެފަ, ދުވަހަކުވެސް އަރޫގެ ނުބައި ވާހަކައެއް ނީވޭނެ, އެހެންވީމަ ރަނގަޅަކަށް ނޫންތަ ބެލުނީ”
އާތިފާ ހިތާ ދިމާލުގައި އަތް އަޅައިގެން ހުރެ ހިތުގެ އުދާސްތަކާއި ޝަކުވާތަށް ބޭރު ކުރީ ރޮމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




Nyc part dear…maasha allah…haadha lahakun thi up kolly…..??
Wow…. Haadha reehchey mihaaru mi story… Curiously waiting for the next… ???????????????
Thanx hudher. I know dear lasvaakan. Ekm kykuraany. Insha allah tomorrow night ga genesdheynan. Miss u alot all readers
Thank you so much naju❤??❤❤. Wait kuraathi ingey next partah
Dear all readers. Here 17th part. I hope hurihaa readers ah vess kamudhaane Kamah. Kiyaalaafa comment kohlahchey. Luv u all❤???
Alhe haadha haadha haadha reehcheyy ????????????????????bt i think kuru kanenge mi part ??????vv reethi MashaAllah avahah nxt part up kohdhehchey luv u???????????????????????????
omg.. vrh reethi.. curiously waiting for next part…
Koniruku next part update kodheynee ….