Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނާށެ ލޯބި ނުވަނީހޭ (18)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 19, 2018 7 Mins Read
41 Comments

“މައްސަލައެއް ނެތް. އަހަރެން ބުނެފާނަން.” ކޮނޑު އަރުވައިލަމުން ޒާވިލް ބުނެލިއެވެ. މިކަމުގައި އޮތީ ހަމައެކަނި އޭނާގެ ކުށެއް ނޫނެވެ. ވީއިރު އޭގެ އަދަބު ހަމައެކަނި އޭނާއަށް ލިބޭކަށް ޒާވިލް ބޭނުމެއް ނުވެއެވެ. “ޔޫލީ މަރައިލީ.. ކަލޭގެ.. ބޮޑުދައިތައާ އޭނާގެ ދަރި ނިޝްޔާ.” ޒާވިލްގެ ޖުމުލަ އަރްޒަންއަށް އިވުނީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. ގަބޫލު ނުކުރެވިފައި ހަޅޭލަވައި ގަންނަމުން އަރްޒަންއަށް ދެފަރާތަށް ބޯހޫރުވައިލެވުނު އިރު ޔަނާލްއަަށްވެސް އަނގަމަތީގައި އަތްއަޅައިލަމުން އަރްޒަންއަށް ބަލައިލެވުނެވެ. ދުވެފައި އައިސް އެގޭގެ ދޮރުމައްޗަށް މަޑުކޮށްލި ނިޝްޔާވެސް އިވުނު ވާހަކަތަކާއެކު ހުރި ތަނަށް ގަނޑުވިކަހަލައެވެ. ފަހަރެއްގައިވެސް ޒާވިލް އެހެން ބުނެފާނޭ އޭނާ ހިތަށްވެސް ނާރައެވެ.

ދެލޯބޮޑުވެފައިހުރި ނިޝްޔާ ލަސްލަހުން ފަހަތަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ދިޔައެވެ. އެމީހުންނަށް އޭނާ ނުފެނުނުކަން ނަސީބޭ ނިޝްޔާގެ ހިތަށް އެރިއެވެ. އެވަގުތަކީ އެވާހަކަ ދައްކަން އެންމެ އެކަށޭނަ ވަގުތެއް ނޫނެވެ. ގެއަށް ދިއުމަށްފަހު އަރްޒަން ސުވާލުކުރުމުން ދޭނެ ރަނގަޅު ޖަވާބަކާއި މެދުގައި ވިސްނަން ހިތަށް އަރުވައިލަމުން ނިޝްޔާ ގޮސް ލިފްޓަށް އެރިއެވެ. ޔަނާލްއާ ދެކޮޅަށް އޭނާ އުފުލި ހަތިޔާރު ފަހަރެއްގައިވެސް އޭނާގެ މެޔާއި އަމާޒު ވެދާނެ ކަމަކަށް ނިޝްޔާ ހިއެއް ނުކުރެއެވެ.

ކާރުގައި ގެއާ ދިމާއަށް ދުއްވަމުންދިޔަ ނިޝްޔާ އަދިވެސް އިނީ ޝޮކެއްގައެވެ. އަރްޒަން އެވާހަކަތައް ގަބޫލުކުރާނެބާވައެވެ؟ ނޫނެކެވެ. އޭނާގެ ބޮޑުދައިތައާއި ނިޝްޔާއަށް އަރްޒަން އިތުބާރު ކުރާނެކަން ޔަގީނެވެ. ޒާވިލް އެހެން ބުންޏެއްކަމަކު އޭނާގެ އަތުގައި އެކަމާއި ދެކޮޅަށް ދެއްކޭނެ ހެއްކެތް ނެތްކަން ނިޝްޔާއަށް އެނގެއެވެ. ވީއިރު ހަގީގަތުގައި އޭނާ އެހައި ކަންބޮޑުވާންވީ ސަބަބެއް ނެތެވެ. އެހެނަސް… ތަންކޮޅެއް ލަހުން އެތަނަށް ދެވުނުކަން ނަސީބެވެ. އެހެންނޫންނަމަ ނުވިސްނައި ހުއްޓައި އެފަދަ ހަމަލައާއަކުން އޭނާއަށް ރެކެވޭނެ ގޮތެއް ނުވީސްކަން ގައިމެވެ.

ގަބުވެފައި ހުރި އަރްޒަންއަށް ބަލަހައްޓައިގެން ޒާވިލް ހުރީ ހެވިފައެވެ. އަރްޒަން ވާހަކަ ދައްކާނޭ އިރެއްގެ އިންތިޒާރުގައެވެ. ޔަނާލްވެސް އިރުއިރުކޮޅާ އަރްޒަންގެ ހުދުވެފައި ހުރި މޫނަށް ނަޒަރު ހިންގައިލަނީ ކަންބޮޑުވެފައި ހުރެއެވެ. ނިޝްޔާ އަކީ ނުބައި އަންހެނެއްކަން އޭނާ ދަނެއެވެ. އެހެނަސް ދުވަހަކުވެސް ކުށެއް ނެތް މީހެއްގެ ފުރާނަ އެފަދަ ރަހުމުކުޑަ ގޮތަކަށް ދުއްވައިލައިފާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ.

“އަދިވެސް ކަލެއަކަށް ގަބޫލެއް ނުކުރެވޭދޯ.” އަރްޒަން ވާހަކަ ނުދައްކައި ގިނައިރުވާން ފެށުމުން ޒާވިލް ބުނެލިއެވެ. “ތިހެން ބުނެލާ ކޮންމެ ކޮންމެ ވާހަކައެއް ގަބޫލެއް ނުކުރެވޭނެ. އަހަރެންނަށް ކިހިނެއް އިނގެނީ ކަލޭ ތިހަދީ ދޮގު ނޫން ކަމެއްވެސް.” ނިތަށް ރޫއަރުވައިލަމުން އަރްޒަން ޖަވާބުދިނެވެ. “އަހަރެން ދޮގެއް ނުހަދަން. އެއްވެސް ހެއްކެތްނެތި އަހަރެންވެސް މިވަރުގެ ބޮޑު އިލްޒާމެއް މީހެއްގެ ބޮލުގައެއް ނުއަޅުވާނެ ދޯ. އަހަރެންވެސްމީ އެވަރުގެ ބޮޑު މޮޔައެއްނޫން.” އަނެއްކާވެސް ޒާވިލް ބުނެލިއެވެ.

“ކޮބާ ހެކި؟” އިރުކޮޅަކު ޒާވިލްއާ ދިމާއަށް ބަލަން ހުރުމަށްފަހު އަރްޒަން މަޑުމަޑުން އަހައިލިއެވެ. އެއާއެކު ޒާވިލް އޭނާ ހިފަހައްޓައިގެން ހުރި މީހާގެ އަތުން ސަލާމަތްވާން ތެޅިގަތެވެ. އެމީހާއަށް ޒާވިލް ދޫކޮށްލުމަށް އިޝާރާތް ކޮށްލަމުން އަރްޒަން އައިސް ޒާވިލްގެ ކުރިމައްޗަށް މަޑުކޮށްލިއެވެ.

އެމީހަކު އޭނާ ދޫކޮށްލުމާއެކު ޒާވިލް އޭނާގެ ޖީބަށް އަތްލަމުން ފޯނު ނެގިއެވެ. އެވަގުތު މިސްވެފައިހުރި ނިޝްޔާގެ ބައިވަރު ކޯލު ތަކެއްވެސް އޭނާއަށް ފެނުނެވެ. އެކަމަށް އެއްވެސް ސަމާލުކަމެއް ދިނުމެއްނެތި ޒާވިލް އޭނާ ބޭނުންވާ ވީޑިއޯ ފޯނުން ހޯދައިލަމުން އޭތި ޕްލޭ ކޮށްލުމަށްފަހު އަރްޒަންއަށް ދިއްކޮށްލިއެވެ. “އެދުވަހު ނިޝްޔާ އަހަރެންނާ ބައްދަލުކޮށްފަ އެދުނީ ޔަނާލްއާ އަރްޒަން ދުރުކުރުވަން އޭނާއަށް އެހީވުމަށް. އޭނަ އަރްޒަންދެކެ ވަރަށް ލޯބިވާ ވާހަކަ ބުނި. އެގޮތަށް ވާހަކަ ދައްކަމުންގޮސް އޭނާއަށް އޮޅުމަކުން ބުނެވުނީ ޔޫލީ މަރާލީވެސް އަރްޒަން ހޯދުމުގެ ބޭނުމުގައޭ. އަހަރެން ހިތަށް އެރި އެވަގުތު އެމައުލޫމާތަކީ އޭނާ އާއެކު މަސައްކަތް ކުރަން ހަދައިގެން އަހަރެން ބެދޭގޮތްވިއަސް އޭނާ އާ ދެކޮޅަށް ބޭނުން ކުރެވޭނެ މައުލޫމާތެކޭ. އެހެންވެ އެވާހަކަ އޭނާ ފެށިގެން ކިޔާދެންވާއިރަށް އަހަރެން ވަރަށް ސިއްރުން ވީޑިއޯއަށްލީ. ނިޝްޔާ އަކަށް ނުވެސް އިނގޭނެ ތިއިން އެއްވެސް ކަމެއް. އަރްޒަން ތީތި ރަނގަޅަށް އަޑުއަހާ. އޭރަށް އެނގޭނެ އަހަރެންގެ ބަހުގެ ތެދުކަން.” އަރްޒަން ފޯނުގައި ހިފުމުން ޒާވިލް ކިޔައިދިނެވެ. އިވުނު ވާހަކަތައް ގަބޫލުނުކުރެވިފައިހުރި އަރްޒަން ފޯނުން ފެންނަމުންދިޔަ ވީޑިއޯއަށް އޭނާގެ ސަމާލުކަން ހުއްޓައިލިއެވެ.

“އަހަރެންގެ އުމުރުން ފުރާވަރަށް އެޅީއްސުރެވެސް އަހަރެންނަށް ލޯބި ވެވުނީ ހަމަ އެންމެ މީހެއްދެކެ. އެއީ އަރްޒަން. އަހަރެން ހުރީ ކޮންމެ ގޮތެއް ހަދާފަ ނަމަވެސް އޭނާގެ ލޯބި ހާސިލްކުރަން ނިންމައިގެން. އަހަރެން އެކަމަށްޓަކާ ނުކުރަނީ ކޮން ކަމެއް؟ ނުވަނީ ކޮން ގުރުބާނީއެއް. އޭނާގެ ކުރިމަތީގައި އަބަދުވެސް ރީތިވެ ހުރުމަށް އަހަރެން ސަމާލުކަން ދެން. އެކަމަކު އަހަރެންގެ އެއްވެސް މަސައްކަތެއް ކާމިޔާބުވާ ގޮތެއް ނުވި. އަރްޒަން ދެކެނީ އަހަރެންމީ އަބަދުވެސް އޭނާގެ ކޮއްކޮއެއް ގޮތުގަ. އެނޫން ނަޒަރަކުން އޭނާ އެއްފަހަރުވެސް އަހަރެންނާ ދިމާއަށް ބަލައިލަން ހިތަށްވެސް ނާރުވާ. ކިތައްރޭ އަހަރެން މިލޮލުން ކަރުނަ އޮހޮރަމުން ނިދީ. އެކަމަކު އެއަރްޒަންގެ ހިތަށް ހަމަ އެއްވެސް އެއްޗެއް ނޭރި. އަހަރެންގެ ހުރިހާ އުއްމީދެއް ފުނޑު ފުނޑުވީ އަރްޒަން ޔޫލީއާ ރަށްޓެހިވީ ދުވަހު. އެދެމީހުން ދުރުކުރެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރިން. އެކަމަކު އެކަމެއް ނުވި. ކައިވެނިކޮށްގެން ޔޫލީ ގެއަށް އައީއްސުރެ އަހަރެން އޭނާއަށް ނަފުރަތު ކުރަން. ޔޫލީއާ މެދު ހަސަދަ ވެރިވޭ. އަހަރެންގެ މިހުރިހާ ކަމެއް އެނގޭ ހަމައެކަނި މީހަކީ މަންމަ. މަންމަވެސް ބޭނުންވީ އަހަރެން އަރްޒަންއާ ދެވަން. ކޮންމެ ގޮތަކުން ނަމަވެސް ޔޫލީ އަރްޒަންގެ ދިރިއުޅުމުން ފައްސާލާފަ އަހަރެންނަށް އަހަރެންގެ ލޯބި ކާމިޔާބު ކޮށްދެން. އެދުވަހަށްފަހު އަރްޒަން ގޭގައި ނޫޅޭ ގަޑީ އަހަރުމެން ދެމައިން ޔޫލީއަށް އެކި ވަރުގެ ގޯނާ ކުރަން. އެކަމަކު އެއަންހެންކުއްޖާ އެއްވެސް ކަމަކާ ޝަކުވާ ކުރާތަނެއް އަހަރެން ނުދެކެން. އަހަރެންނަކަށް ހިއެއްނުވޭ އޭނަ މިއިން އެއްވެސް ވާހަކައެއް އަރްޒަން ގާތުގަވެސް ބުނިހެނެއް. އެކިގޮތްގޮތުން ގޯނާ ކުރީމަވެސް އޭނަ ގެއިން އަމިއްލައަށް ނުކުމެގެންދާ ޚިޔާލެއް ނުކުރި. ވަރެއްގެ އަންހެނެއް އެއީ. އެހާވަރު ކުރީމަވެސް ދާކަށް ނޭނގުނު ވިއްޔަ. ވަރަށް ފޫހިވޭ. އެހެން އުޅެނިކޮށް އޭނާ ބަނޑުބޮޑުކަން އަހަރެމެންނަށް އިނގުނީ. އަހަރެންނަށް ނޭނގުނު ހުރެވުނުތަންވެސް. އޭގެފަހުން އަހަރެންގެ މަންމަ ދިން ޚިޔާލެއް އެއީ. އޭނާ ވިހާދުވަހު މަރާލަން. އެޚިޔާލު އަހަރެންނަށްވެސް ވަރަށް ކަމުދިޔަ. އެއީ އޭރު އަހަރެމެންނަށް ޔަގީންވެފަ އޮތީ އަހަރެމެން ކޮންމެ ގޮތެއް ހެދިއަސް އޭނަ އަރްޒަންގެ ދިރިއުޅުމުން ދުރަށް ނުދާނެކަން. އަނެއްކާ ވިހެއުމުގެ ތެރޭގަ މަރުވުމުން ހީވާނެ ދޯ އަސްލު މަރެކޭ. ހެހެހެ. އެހެންވެ އެދުވަހު އޭނާ ވިއްސުމުގެ ކަންތަކާ ހަވާލުވެހުރި އެންމެ އިސް ޑޮކްޓަރަށް ފައިސާގެ ދަޅަ ދައްކައިގެން އަހަރެމެން އެކަން ކުރީ. އަސްލު އެކަމުގަ އެންމެ އިސްކޮށްހުރީ މަންމަ. އަހަރެން މަންމަ ބުނާ ބައެއްކަންތައް މަންމަ އަށް ކޮށްދިނީ. މިވާހަކަ އެއްވެސް މީހެއް ގާތުގަ ނުބުނައްޗޭ. ޒާވިލް ގާތުބެސް މިބުނީ އަސްލު ޒާވިލްއަށް އަހަރެން ވަރަށް އިތުބާރު ކުރާތީ. ހެހެހެ.” 

އެވީޑިއޯ ކޮޅު ނިމުނު އިރު އަރްޒަން ހުރީ ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރައިފައެވެ. އެވަރުގެ ބޮޑު ދެރައެެއް ތިމާ އެންމެ ގާތްކޮށް ދެކުނު މީހުންގެ ފަރާތުން ލިބުމުން ހިތަށް އަސަރު ނުކުރާނީ ކާކުގެ ހެއްޔެވެ؟ ގަބޫލުކުރަން ދަތިވިއެއްކަމަކު ހަގީގަތް އެވަނީ އޭނާގެ ކުރިމަތީގައެވެ. އޭނާ މައެއްގެ ގޮތުގައި ދެކުނު މީހަކާއި އަމިއްލަ ކޮއްކޮއެއްގެ ގޮތުގައި ދެކުނު މީހެއް އޭނާގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހައިލީއެވެ. ޔޫލީގެ ވަކިވުމަށްފަހު އަރްޒަން އުޅުނު ހިތްދަތިހާލުވެސް އެމީހުނަށް ނުފެންނަނީ ހެއްޔެވެ؟ އެއްވެސް ކުށެއްނެތި ތުއްތު ތުއްތު ފުރާނައެއް މައިމީހާ އާއި ވަކިވެގެން ދާނެކަންވެސް އެމީހުނަށް ނުވިސްނުނީހެއްޔެވެ؟ އަރްޒަންއަށް ބުމަގޮށް ޖަހައިލަމުން އަތްމުށްކަވައިލެވުނެވެ. ކޮންފަދަ އަނިޔާވެރި ބައެއް ހެއްޔެވެ؟ އެވަރުގެ ބައަކަށް އޭނާގެ ހަޔާތުންވެސް ޖާގައެއް ނެތެވެ.

“މިހާރު ޔަގީން ވެއްޖެއެއްނު. އަދި ބުނަން. އަހަރެން ހަގީގަތުގަ މިތަނަށް އައީވެސް ނިޝްޔާ އަހަރެން ފޮނުވައިގެން. އޭނާއަށް އެހީވުމުގެ ގޮތުން. މިހުރިހާ ކަމެއްގެ ފަހަތުގަވެސް ހުރި މީހަކީ ނިޝްޔާ.” ޒާވިލް ފާޑަކަށް އަރްޒަންއަށް ބަލައިލަމުން އިތުރުކޮށްލިއެވެ. ދެފަރާތަށް ބޯހޫރުވައިލަމުން އަރްޒަން އެވީޑިއޯ ކޮޅު އޭނާގެ ފޯނަށް ފޮނުވިއެވެ. އޭރުވެސް ޒާވިލް އާއި ޔަނާލް އެހުރިގޮތަށް ހުއްޓެވެ. ޔަނާލް ވެސް ހުރީ އިވުނު ވާހަކަތަކުން އަޖައިބުވެފައެވެ. ނިޝްޔާ އަކީ އޭނާ ހީކުރިވަރަށް ވުރެވެސް ނުބައި އަންހެނެއްތާއެވެ.

ކުއްލިއަކަށް އެގޭތެރެއަށް ވަތް ޕޮލިހުން ފެނިފައި ޒާވިލްގެ އިތުރުން ޔަނާލްއާއި އަރްޒަންވެސް ހައަރާންވެ ސުވާލު އުފެދިފައި އެމީހުނަށް ބަލައިލިއެވެ. “އަހަރެން ޕޮލިހުންނަށް ގުޅީ. އޭނާ ކުރި ކުށުގެ އަދަބު އޭނާއަށް ލިބެންވާނެ.” ޒާވިލްގެ ފަހަތުގައި ހުރިމީހާ އެހެން ބުނުމުން ބޯޖަހައިލަމުން ޝުކުރުވެރި ކަމުގެ ނަޒަރަކުން އަރްޒަން އެމީހާއަށް ބަލައިލިއެވެ. “އަރްޒަން ނޫން. އަރްޒަން ބުނީމެއްނު އަހަރެން ދިޔަ ދޭނަމޭ.” ހާސްވެފައިހުރި ޒާވިލް އަވަސް އަވަހަށް ބުނެލިއެވެ. “އަހަރެން އެއްފަހަރުވެސް އެެހެން ނުބުނަން. އެހެން ނޫނަސް ކަލެއަކީ ހަގީގަތުގަ ޔަނާގެ ކުށްވެރިއެއް. ކަލެއަށް ހަދާނެ ގޮތެއް އެނގޭނީ ޔަނާއަށް. އަހަރެން އެކަމުގެ ފުރިހަމަ ބާރު ޔަނާއަށް ދީފިން.” ހިތްދަތި ގޮތަކަށް ޔަނާލްއަށް ބަލައިލި އަރްޒަން ބުނެލިއެވެ. ޔަނާލްއަށް އެއަޑު އިވިފައި އަރްޒަންގެ މޫނަށް ބަލައިލަމުން ޒާވިލްއަށް ބަލައިލެވުނެވެ.

“ޔަނޫ.. އަހަރެން.” ޒާވިލް އަމިއްލަ ދިފާއުގައި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ފެންކަޅިވެފައިހުރި ޔަނާލް ޒާވިލްއާ ދިމާއަށް ހިނގައިގަތުމުން އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ޒާވިލްގެ ކުރިމައްޗަށް ހުއްޓިލަމުން ޔަނާލް އޭނާގެ އަތުގައި ހުރި ބާރެއް ލައިފައި ޒާވިލްގެ ކަންކަށިމައްޗަށް ހޫނު ހަމަލާއެއް ދިނެވެ. ވީތަދާއެކު ޒާވިލްއަށް މަޑުމަޑުން އެހިސާބުގައި އަތްކާތައިލެވުނެވެ. “ޒާވިލްގެ ކޮންމެ އަނިޔާއަކަށް އަހަރެން ކެތްކުރިން. ދުވަހަކު ޝަކުވާއެއް ނުކުރަން. ކަލޭ އަހަރެންގެ ދިިރިއުޅުން ނަރަކައަކަށް ހަދައިލުމުންވެސް އެކަމަށްވެސް އަހަރެން ކެތްތެރިވިން. އަހަރެންގެ.. އެއްވެސް ކުށެއްނެތި.. ކިތަށް އަނިޔާ މިހިތަށް ދިނިން.. އެއިން ކޮންމެ ކަމަކަށް.. އަހަ.. އަހަރެންނަށް މައާފު ދެވިދާނެ.. އެކަމަކު.. މިރޭ ކަލޭ އަހަރެންނަށް ދޭން އުޅުނު ރަހުމު ކުޑަ އަނިޔާއަކަށް އަހަރެންނަކަށް މައާފެއް ނުކުރެވޭނެ. އަހަރެންގެ ބޮލުގަ އެޅުވި އެނުބައި އިލްޒާމަކަށް މައާފެއް ނުދެވޭނެ. ކަލެއަށް ހައްގު އަދަބު ލިބެން އަހަރެން ބޭނުން.” ޔަނާލްގެ ވާހަކަ ނިމުނުއިރު އަރްޒަންގެ ތުންފަތް މައްޗަށްވަނީ ފަނޑު ހިނިތުންވުމެއް ވެރިވެފައެވެ. އެހެނަސް ޒާވިލްގެ މޫނު ލަދުން އިސްޖެހިގެން ދިޔައެވެ. ޔަނާލްގެ ވާހަކަތަކާ ދެކޮޅު ހަދާނެހައި ހިތްވަރެއް އޭނާގެ ކިބައިގައެއް ނެތެވެ. އޭނާ އެކަމާއި ދެކޮޅު ހަދާނީވެސް ވަކި ކޮންދުލަކުން ހެއްޔެވެ؟

ޔަނާލްގެ ނިންމުން އަޑުއިވުމާއެކު ޕޮލިހުންގެ މީހަކު އައިސް ޒާވިލް ހައްޔަރު ކުރިއެވެ. ގަދަހަދަން ނުކެރިފައި އޭނާއަށް އެހުރިގޮތަށް ހުރެވުނީއެވެ. އެވަގުތު އަރްޒަން އެތަނުން އިސްކޮށްހުރި މީހާއާ ގާތްވެލުމަށްފަހު ޒާވިލްގެ ފޯނުގައިއިން ވީޑިއޯ ދައްކަމުން ކޮންމެވެސް ވާހަކަތަކެއް ދެއްކިއެވެ. އަރްޒަންގެ ވާހަކަތަކާ އެމީހާ އެއްބަސްވާކަން ހާމަވަމުން ދިޔައީ ދޭތެރެ ދޭތެރެއިން ބޯޖަހައިލާ ގޮތުންނެވެ. އެމީހުން ޒާވިލް ގޮވައިގެން އެގެއިން ނުކުތުމާއެކު އަރްޒަން އޭނާއަށް އެހީވެދިން މީހާއަށް ޝުކުރުވެރިވިއެވެ. އެމީހާވެސް ހިނިތުންވެލަމުން އަރްޒަންގެ ކޮނޑުގައި މަޑުމަޑުން ޖަހައިލުމަށްފަހު އެގެއިން ނުކުތެވެ.

ޔަނާލްއާ އެކު އެކަނިވުމުން އަރްޒަން ޔަނާލް ގާތަށް ޖެހިލަމުން އޭނާގެ އަތުގައި ހިފައި ގެނެސް ކުޑަކޮށް ބައްދައިލިއެވެ. “ޔަނާ. ނިޝްޔާއާ ބޮޑުދައިތަގެ އެނުބާ އަމަލަށް އެމީހުނަށްވެސް ޝަޒާ ލިބެން ވާނު. އަހަރެން މިދަނީ ގެއަށްދާން. ޕޮލިހުންވެސް އަހަރެންނާއެކު ދާނެ. ޔަނާވެސް ހިނގާ. މިރޭ އެއްގޮތަކަށްވެސް ޔަނާ މިތަނުގަ އެކަނި ހުންނާކަށް އަހަރެން ބޭނުމެއް ނުވޭ. ގޭގެ ދޮރުވެސް އެހުރީ ހަލާކުވެފަ. ދެން އެތަން ހެދޭނީވެސް މާދަމައިން.” ޔަނާލްގެ ކޮލުގައި ފިރުމައިލަމުން އަރްޒަން ބުނެލިއެވެ. އެއްވެސް ދެކޮޅު ހެދުމެއްނެތި ޔަނާލް ބޯޖަހައިލިއެވެ. އަރްޒަންގެ ފަހަތުން ގެއިން ނުކުމެ އޭނާގެ ކާރަށް އަރައި ހަމަޖެހިލުމާއެކު އަރްޒަން ކާރު ދުއްވައިލިއެވެ. އެމީހުންގެ ފަހަތުން ޕޮލިސް ޖިޕްވެސް ދުއްވައިލިއެވެ.

ކާރު ދުއްވަންއިން އަރްޒަންއަށް އިރުއިރުކޮޅާ އަތް މުށްކަވައިލެވެއެވެ. ނިޝްޔާ ދައްކައިފައިހުރި ވާހަކަތައް އެސިކުނޑީގައި އެނބުރެމުން ދިޔައެވެ. އޭނާ ދުވަހަކުވެސް އޭނާގެ އުފާތަށް ފޭރިގަތް އެނުލަފާ ކުށްވެރިންނަކަށް މައާފެއް ނުކުރާނެއެވެ.

ގެއަށްވަތް އަރްޒަންގެ ފަހަތުން ޔަނާލްވެސް ވަނެވެ. ރޭގަނޑުގެ ެވަގުތުކަމުން ގޭތެރެއަށް ވެރިވެފައިވީ ހަމަހިމޭންކަމެވެ. ފަނޑު އަލިކަމެއް ވެރިވެފައިއޮތް ސިޓިންގް ރޫމް ދައްކަނީ ހުވަފެނީ ގޮތަކަށެވެ. ޔަނާލްއަށް އެކި ދިމަދިމާއަށް ނަޒަރު ހިންގައިލެވުނެވެ.

ހާޝިމާ ގޮވައިގެން ކޮޓަރީގައިހުރި ނިޝްޔާ ހާސްވެފައި ހުރީ ވެގެން އުޅޭގޮތް ހާޝިމާ ގާތުގައި ބުނާނެގޮތެއް ނުވިސްނިގެންނެވެ. “ދަރިފުޅާ ހެޔޮނުވާނެ ތިވެގެން އުޅޭގޮތެއް ނިކަން ބުނެބަލަ. މިހާރު މަންމަވެސް ހާސްވަން ފަށާފި.” ދެކޮޅަށް ހިނގަމުންދިޔަ ނިޝްޔާއަށް ބަލަން އިން ހާޝިމާ ހިތްހަމަނުޖެހިފައި ބުނެލިއެވެ. ނިޝްޔާ ކިހިނެއްވެގެން އުޅޭ ރެއެއްބާވައޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ.

“ބޮޑުދައިތާ” ކުއްލިއަކަށް އޭނާގެ ނަމުން އަރްޒަން ހަޅޭލަވައިގަތް އަޑުއިވިފައި އޭނާ ދިޔައީ ސިއްސައިގެންނެވެ. ހައިރާންކަމާއެކު އަވަސް އަވަހަށް އިންތަނުން ތެދުވަމުން އެކޮޓަރިން ނުކުންނަން ހާޝިމާ ހިނގައިގަތެވެ. “ނޫން މަންނާ ނުދޭ. ޔަގީން އަރްޒަން އެވާހަކަތައް ގަބޫލުކުރީކަން.” ހިތްއަވަސްވެފައިހުރި ނިޝްޔާ ހާޝިމާގެ އަތުގައި ބާރަށް ހިފަހައްޓަމުން ބުނެލިއެވެ. “ކޮންކަމެއްތަ؟ އަރްޒަން އެހާ ބާރަށް ގޮވާނީ ކޮންމެވެސް ބޮޑުކަމެއް ވެގެން. ދެންވެސް ހިނގާބަލަ.” ނިޝްޔާގެ ވާހަކަތައް އަޑުއެހުމެއްނެތި ހާޝިމާ ނިޝްޔާގެ އަތުގައި ހިފަމުން ދޮރު ހުޅުވައިލުމަށްފަހު ނުކުތެވެ. އަދި ހަރުފަތަތައް ގިރާކުރަމުން އަވަސް ހިނގުމެއްގައި ފައިބަން ދިމާކޮށްލިއެވެ. އެހެނަސް ފަސްޖެހިފައި ތިރީގައިހުރި އަރްޒަންއާއި ޔަނާލްއަށް ބަލަހައްޓައިގެން ނިޝްޔާއަށް ހުރެވުނީއެވެ. ވާންމިއުޅެނީ ކިހިނެއްކަން އޭނާއަށް އިހުސާސުވާ ކަހަލައެވެ. އަރްޒަންގެ އަޑަށް ޝިހާމުވެސް އޭނާގެ ކޮޓަރިން ނުކުމެގެން ތިރިއަށް އައެވެ.

“ދަރިފުޅާ ކިހިނެއްވީ؟ މީ ކޮންކުއްޖެއް؟” ޝިހާމު އައިސް އެތަނުގައި ހުއްޓިލަމުން އަހައިލިއެވެ. އެއްްވެސް ޖަވާބެއް ދިނުމެއްނެތި ރުޅިވެރި ނަޒަރަކުން އޭނާ ބަލައިލީ އެމީހުންގެ ގާތަށް އައި ހާޝިމާ އަށެވެ. “ތެދެއް ދަރިފުޅާ. މީ ކޮންކުއްޖެއް؟ އަނެއްކާ ޔަނާލް ތަ؟” ނިޝްޔާ ދައްކައިފައިވާ ވާހަކަތަކެއް ހަނދާން ކޮށްލަމުން ހާޝިމާ އަހައިލިއެވެ. “ކަލެއަކަށް ނެތް އަހަރެންނާ ދިމާއަށް ދަރިފުޅު ކިއުމުގެ ހައްގެއް.” އަރްޒަންގެ އަޑު މުޅި އެތަނުގައި ގުގުމައިގެން ދިޔައެވެ. ދެލޯބޮޑުކޮށްލަމުން ގަބޫލު ނުކުރެވިފައި ހާޝިމާއަށް އަރްޒަންއަށް ބަލައިލެވުނެވެ. މިނޫނީ ދުވަހަކުވެސް އަރްޒަން އޭނާ އާއި އެފަދަ އިހުތިރާމު ކުޑަ ގޮތަކަށް ވާހަކަ ދައްކާފައެއް ނުވެއެވެ.

“އަރްޒަން. ބަލަ އެއީ އަރްޒަންގެ ބޮޑުދައިތައޭ. ކޮންގޮތަކަށް ތިވާހަކަ ދައްކަނީ؟” އަރްޒަންގެ ރާގު ހުރިގޮތުން ހިތްހަމަ ނުޖެހިފައި ޝިހާމު ބުނެލިއެވެ. “އެވަރު އޭނަ ނުވިސްނިއިރު އަހަރެން ކީކުރަން ވިސްނަންވީ؟” އަނެއްކާވެސް އަރްޒަން ބުނެލިއެވެ. “އަރްޒަން. ރުޅި މަޑުކޮށްފަ ތިވެގެން އުޅޭގޮތެއް ބުނެބަލަ.” ޝިހާމުގެ އަޑުވެސް ބާރުވެގެން ދިޔައެވެ.

“ތެދެއް އަރްޒަން. ބުނެބަލަ. ބޮޑު ދައިތައަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟” ހިތުޖެހިފައި ކަމަށް ހެދެމުން ހާޝިމާ އަހައިލިއެވެ. “އާން. ވަރަށް ބޮޑުކަމެއް. ނިކަން އަމިއްލަ ނަފުސާ ސުވާލުކޮށްލަބަލަ އަހަރެންނަށް ދެރައެއްދޭން އެއްވެސް ކަމެއް ކުރެވުނުތޯ؟” ޝަހާދަތް އިނގިލި ހާޝިމާއާއި ދިމާއަށް ދިއްކޮށްލަމުން އަރްޒަން ހަޅޭލަވައިގަތެވެ. “ކިހިނެއްތަ ވެގެން މިއުޅެނީ؟” ވާނުވާ ނޭނގިފައިހުރި ޝިހާމު އަނެއްކާވެސް އަހައިލިއެވެ. “މިހިރަ އަންހެނާއާއި އޭނާގެ ދަރި ކުރެން އަހާބަލަ ބައްޕާ. އެމީހުންނަކީ އަހަރެން ހީކުރިފަދަ ބައަކަށް ނުވި. އެއީ އެއަށްވުރެ މާ ނުބައި އަމިއްލަ އެދުން ބޮޑު ބައެއް.” ރުޅިން ތުރުތުރު އަޅަމުންދިޔަ އަރްޒަން އަނެއްކާވެސް ހަޅޭލަވައިގަތެވެ.

“އަރްޒަން ތިފަދަ އެއްޗެއް ބުނަން ހެޔޮވެސްނުވާނެ. ބޮޑުދައިތަ ދުވަހަކުވެސް އަރްޒަންއަކާ ނިޝްޔާއަކާ ތަފާތުކޮށްފައެއް ނުއޮންނާނެ. ކިހާ ލޯބިން އަރްޒަން ގެންގުޅުނީ. އައިކްދެކެވެސް ބޮޑުދައިތަ ލޯބިވަނީ އަމިއްލަ ދަރިއަކު ފަދައިން. އެދަރިފުޅުގެ މަންމަ ނެތްކަމުގެ އިހުސާސު ވިޔަކަ ނުދެން. ބޮޑުދައިތައަކަށް ނޭނގެ ބޮޑުދައިތައަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއްކަމެއް. އެކަމަކު ގޯސްކޮށް ކަމެއް ކުރެވިފަ ވާނަމަ މައާފަށް އެދެން.” ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަމުން އިސްޖެހިފައި ހާޝިމާ ބުނެލިއެވެ.

“އާން ނޭނގޭނެ. ތިކަހަލަ މީހަކު ބޭނުމެއްނުވާނެ އަމިއްލަ ކުށްތައްމަތިން ހަނދާން ކުރާކަށްވެސް. އަދި ވަރަށް ހެޔޮމީހަކަށްވެގެން ބުނެފިއެއްނު އައިކް ދެކެ ލޯބިވެސްވަނީ އަމިއްލަ ދަރިއަކު ފަދައިންނޭ. މަންމަ ނެތް ކަމުގެ އިހުސާސު ވިއަކަ ނުދެމޭ. ބަލަ ކަލޭ އައިކްދެކެވީ ލޯބި ކޮބާ ކަލޭ އޭނާގެ މަންމަ އެއްވެސް ކުށެއްނެތި މަރާލިއިރު؟ ކޮބާހޭ؟ މިއަދު ކަލެއަކަށް ނެތް ތިދުލުން އައިކްގެ ނަން ގަތުމުގެ ހައްގެއްވެސް. އޭނާގެ މަންމަ މަރާލާފަ ކަލޭއަކަަށް ނުބުނެވޭނެ އައިކް ދެކެ އަމިއްލަ ދަރިއަކު ފަދައިން ލޯބިވާ ވާވަހަކައެއް. ކަލޭގެ އޮތީ އަމިއްލަ އެދުން. ތީ އަހަރެންގެވެސް އަދި އައިކްގެވެސް  ކުށްވެރިއެއް.” އަރްޒަންގެ ވާހަކައިން ދެލޯބޮޑުކޮށްލަމުން ދެފަރާތަށް ބޯހޫރުވައިލައިފައި ހާޝިމާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ސިޑިމަތީގައިހުރި ނިޝްޔާއަަށްވެސް ދެލޯމަރައިލަމުން ތުންފަތުގައި ބާރަށް ދައިގަނެވުނެވެ.

“އަރްޒަން. ހުއްޓާލާ. ކޮންފަދަ ބޮޑު އިލްޒާމެއް. ކަލެއަށް ތިވަރުގެ ނުބާ އިލްޒާމެއް އޭނަ ބޮލުގަ އަޅުވަން ކެރުނީވެސް ކިހިނަކުން؟ ބަލަ އެއީ ކަލޭ މަޔަކާ ނުލާ ބަލައި ބޮޑުކުރި މީހާއޭ. އެވަރުވެސް ކަލޭ ހަނދާން ނެތުނީތަ؟” އައި ރުޅިއާއެކު ޝިހާމު އަރްޒަންއާ ދިމާއަަށް ހަޅޭލަވައިގަތެވެ. އަރްޒަން އެހެން ބުނަންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އެހެނަސް އޭނާގެ ކޮއްކޮ އެފަދަ އަމަލެއް ނުކުރާނެކަން ޝިހާމަށް ޔަގީންވެއެވެ.

“ބައްޕާ. ފަހަރެއްގަވެސް އަޅުގަނޑު އެކަން ހަނދާނެއް ނުނެތޭ. އެކަން ހަނދާން ނައްތާލީ މިހިރަ ރަހުމުކުޑަ އަންހެނާ. އަޅުގަނޑު އަތުގަ ހެކި ނެތްނަމަ އަޅުގަނޑުވެސް އެކަން ގަބޫލު ނުކުރީމުސް. އެކަމަކު..” ދެން އަރްޒަން ބުނެލި ވާހަކަތަކުން ހާޝިމާގެ މޭ ނުބައި ގޮތަކަށް ގުޑައިގަތެވެ. އަރްޒަން އެދައްކަނީ ކޮން ހެއްކެއްގެ ވާހަކަ ހެއްޔެވެ؟ އެހެން ވެގެން ނުވާނެއެވެ. އެހާދިސާ އާއި ގުޅޭ އެއްވެސް ހެއްކެތް ނުއޮންނާނެކަން އޭނާއަށް ޔަގީނެވެ. ވާން މިއުޅޭ ގޮތަކާއި މެދުގައި ޔަގީންނުވެފައި ހުރި ހާޝިމާގެ ގައިން ދާހިށްލަން ފެށީ ހިތަށް ވަންނަމުންދިޔަ ބިރުވެެރިކަމުންނެވެ. ނިޝްޔާއަށްވެސް އަރްޒަންގެ ވާހަކަތަކުން ހިންދިރުވައިލެވުނެވެ. އެމީހުން އެހައިވަރުން ފަސްއަޅައި ފޮރުވައިލި ހަގީގަތެއް އަރްޒަންއަށް އެނގެންވީ ކީއްވެހެއްޔެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ވީމޭ މަ ކައިރީގާ (7)

Next

ސޫރަ ތިއޭ -4

Next
September 19, 2018

ސޫރަ ތިއޭ -4

Previews
September 19, 2018

ވީމޭ މަ ކައިރީގާ (7)

41 Comments!

  1. Nau says:
    September 19, 2018 at 12:50 pm

    Salaam all.. So here is the nxt part.. Hope u all like this part too. Let me knw the mistakes n enjoy reading all.. I guess dhn onnaany lst part.. So in sha allah maadhan reyga nxt part upkohlaanan.. Kyp waiting.. Have a v v nice day.. Love u all my dears❤?

  2. Shaya says:
    September 19, 2018 at 12:57 pm

    Masha allah..varah furihama!!!

    1. Nau says:
      September 19, 2018 at 1:04 pm

      Thanks my dear❤

  3. Booobu says:
    September 19, 2018 at 1:00 pm

    Woooooowwww, waiting for the next part curiously, you’re so great love

    1. Nau says:
      September 19, 2018 at 1:04 pm

      Awwn thanks alot love❤

  4. Blue? says:
    September 19, 2018 at 1:02 pm

    Me first dhw?

    1. Nau says:
      September 19, 2018 at 1:05 pm

      Mifahru third dhw dear. Hehe?

  5. samm says:
    September 19, 2018 at 1:13 pm

    wooow, vrh salhi mi part vx,,, finally,, nishyaa n eyna mom aa zaavil ge faraathun salaamaiii v dhw..nau thy haadha molhu kujjekey stry liyan, nau mi haaru mi stry nimen thr miulhenii? ehaa avahah nuninnmahche nge…..nau mihaaru bali okkayy thr?? love yuh n ur stry,…nxt part vrh kiyaahithun mi huryy……….waitinggggggg

  6. annoying reader says:
    September 19, 2018 at 1:18 pm

    poor nishya maa gadda vefa ulhenikoh landeh libijje eh nu. finally yanal and arzan can live happily. love the whole story. waiting for the next part

  7. Samaa says:
    September 19, 2018 at 1:39 pm

    Varah reethi❤❤❤

  8. Xuam says:
    September 19, 2018 at 1:44 pm

    Wow….. varah varah varah reethi……

  9. Hudher says:
    September 19, 2018 at 1:46 pm

    Maadha allah nau dear….v v v v v v rythi….whn next ????????? luv u more ???❤❤

    1. Hudher says:
      September 19, 2018 at 8:26 pm

      maasha*

  10. ? Unknown ? says:
    September 19, 2018 at 1:57 pm

    Wowwww. Vvv nice. Can’t wait for next part. Avahah up kohdhyba

  11. Shazoo says:
    September 19, 2018 at 2:02 pm

    Masha Allah .dear v v rythi.

  12. Twinkle says:
    September 19, 2018 at 2:11 pm

    V v salhi
    Alhe adhi miadhu 1 part up vaane tha?? V kiyaa hithun mihury

  13. shannu says:
    September 19, 2018 at 2:15 pm

    Alhey haadha goahey dhw emeehun.. story kuriah gendhaaleh furihama kamun hama bunaane ehchehves neyngey.. hama kosvaahaavey.. thy molhu vaahaka liyun therieh.. sifakurumah ves furihama kamun hama bunaane ehcheh neyngey.. Luv u

  14. Nahu says:
    September 19, 2018 at 2:24 pm

    Alhey haadha dhigu inthixaare k nau…kiyaahithun mihaaruvx keiivany ehnoon…haadha reeiichey mi story. ..Perfect ? dhn knme gotheh viyas maadhamaa reah keii kuranthaa jeheynee …nau varh molhu vaahaka liyan ..maashaa allah..love your stories nau❤anyway curiously waiting for the next part..

  15. Lotus says:
    September 19, 2018 at 2:41 pm

    Wow vvv salhi but feeling little sad that this wonderful story is going to end soon. Hehe
    Waiting for the nxt part ???

  16. R says:
    September 19, 2018 at 2:44 pm

    Yes yes mivanee ragalha. Kuvverinnah haggu adhabu liben jeheyne

  17. nunnu says:
    September 19, 2018 at 4:21 pm

    just wow hama… varah reethi emeehunnah landu libunu goiii… i jst love this

  18. zeek says:
    September 19, 2018 at 5:01 pm

    OMG hama bunaane ekahcheh ves neiiiiiiii….. vrh habeys …. ?????❤❤❤❤❤❤curiously waiting 4 nxt part…. mihaathanah kiyunu enme salhi stry kane myy … ????thankxx nauu ….keep it up… luv yuh??????

  19. Maya says:
    September 19, 2018 at 6:09 pm

    OMG.. Finally emyhun bust vy e hithi gothakah dhw ?????????hebe.. Ma gahdaa vanyaa vaany thihen..?????? So arzan and yanaal can live happily????☺️☺️☺️☺️☺️… Avahah arzan ge dad ah e video dhahkaa?????… BTW vvvvv reethi MashaAllah ????????????waiting vvv Curiously fir thr nxt part… Haadha haadha haadha haadha haadha reehcheyy…. Sifakurun hama obines to the Max.. Alhe bau sis ananvy ehnu olevel ga maya ge story liyedhen..??????????????????? Im sure eyrun maya ah full libeyne stiry in..??????????? Heeheh just kidding ingey sis????????.. Lwbi vwy hessss??????????????????????????a

    1. Maya says:
      September 19, 2018 at 6:10 pm

      Nau**

    2. Maya says:
      September 19, 2018 at 6:10 pm

      Nau sis*

  20. Naai says:
    September 19, 2018 at 7:30 pm

    Adhi vaahaka nunimmaba..pls.. in love with the story..??

  21. Boss says:
    September 19, 2018 at 9:04 pm

    then gennan vee biruveri vaahaka eh nau..
    think about this nau

  22. Hazu says:
    September 19, 2018 at 9:36 pm

    Wow story is very nice?????thee yaasmeen Ali Zahir dhatha tha?❤❤❤❤❤❤❤❤❤❤❤❤❤

  23. Shaashaa says:
    September 20, 2018 at 10:14 am

    Omj haadha reehchey mipart next part vex mihaa reethivaanekamah ummeedhu kuran

  24. samm says:
    September 20, 2018 at 12:26 pm

    nau khba 19th part waitin

  25. SM says:
    September 20, 2018 at 1:18 pm

    nau whn nxt part??? vrh wait kuran eb, genesdhy ba avahah

  26. Anonymous says:
    September 20, 2018 at 1:40 pm

    Nau kobaa tha next part????

  27. SPRM says:
    September 20, 2018 at 2:07 pm

    nau khba nxt part??? still waitinggggg

  28. Samee says:
    September 20, 2018 at 2:14 pm

    Alhey kobaathr next prt… Can’t wait.. Ava’s koh dheebala plz plz nau

  29. kaishal says:
    September 20, 2018 at 2:23 pm

    KOBBA NEXT PART

  30. zeek says:
    September 20, 2018 at 2:42 pm

    Nauu bunefa ebaaneynun mirey up kohlaanameyy so patientlyy wait readers….

  31. samm says:
    September 20, 2018 at 2:55 pm

    ohhh ehn dhw evy samm akh neynge nau ehn bunefa inn kameh…n thnx zeek ekan buneladhunyma

  32. samm says:
    September 20, 2018 at 8:19 pm

    nau khba 19th part??? vrh wait kuran eba plxxx avahah e part genesdhybr

  33. Samushahtha says:
    September 20, 2018 at 8:43 pm

    NAU dharifulhoooo
    Dhoooooneeeeee
    Keevve reply nukuranee
    Mirey up kollaanntha vvvreethi inthizaaruga minee dhoonee

  34. Nau says:
    September 20, 2018 at 9:05 pm

    Thank u sooo much everyone.. Sry vaki vakin rep nukurevunyma.. I was bxy.. Sry v bodah all?.. Btw thanks alot really. Love u guys sooooooo much.. ❤?❤

  35. Nivuu says:
    September 21, 2018 at 7:22 pm

    Wow… Maahaa allha nice stroy nau?????❤️????????????❣️❣️❣️❣️❣️waiting next part,…..

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ (ފަހުބައިި)←


All Right Reserved!