Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާނުލައި- 16ވަނަބައި

Anha Level 110 Stories100 Comments
September 18, 2018 8 Mins Read
20 Comments

އާލިމްމެންގެ ފަހަތުން އަލަން ނުކުމެގެންދިޔައީ އެންމެން ނުކުތުމުން ދޮރުތަޅުލާފައި އަންނަންވެގެންނެވެ.  ކޮޓަރީގައި އެކަނިވެފައި އިން ލާނާގެ ހާސްކަން ފަހަރަކށްވުރެއް ފަހަރެއް އިތުރުވަމުން ދިޔައިރު ހިތުގައި ނޭނގޭ ބިރުވެރިކަމެއް ވީ އުފެދިފައެވެ. މިރޭ ކަންތައްވީ ގޮތުން އަލަން  އެހެން އަދި ނުހުންނާނެކަން ލާނާއަށް އިނގެއެވެ. ހާސްވެގެން ލާނާ ކޮޓަރީގައި ދެކޮޅަށް ހިނގަހިނގައި ހުރީ ދެންކުރަންވީ ކަމެއް ނޭގިފައެވެ. ހަމަގައިމުވެސް މިތަނުން ނުއެއް ފިލޭނެއެވެ. އަލަންއާއި ޖެހޭނީ ހަމަ ކުރިމަތިލާށެވެ. ހާސްވެފައިހުރި ލާނާ ސިހުނީ ދޮރުތަޅުލުމަށްފަހު އައިސް ކޮޓަރިއަށްވަތް އަލަން ފެނުމުނެނެވެ. އެދެލޮލުން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އަލަން އެއައި ބާރުމިނުގައި އައިސް ލާނާގެ ކޯ މައްޗަށް ހޫނު އެތިފަހަރެއް ފިލުވައިލިއެވެ. އަރައިގަތް ދިލައިން ލާނާގެ މޫނު މައްޗަށް އަނދިރިވިހެންވެސް ހީވިއެވެ.

“ލާނާ ކައިރީ މަށަކަށް ނުބުނެވޭތަ އެ އިދާންއާއި ދުރުން އުޅޭށެކޭ.. މަ އިތުރަށް ރުޅިއަރުވާނެގޮތެއް ނޭނގިގެންތަ ތިއުޅޭނީ.. އެންމެ ފަހަރަކު ދެންއިތުރަށް އެކަހަލަ ކަމެއް ކުރިޔަސް މަގޭ ނުލަފާކަށް ތި ލާނާ މުހައްމަދު ހަސީނުއަށް ދައްކާލާނަން. މީހުން ކުރިމަތީގައި އަދި މާ މާތްމީހަކަށް ވެގެން އުޅެ އެންނު. ލާނާގެ ލަދު ކޮބާތަ މަގޭ އަންހެނުންނަށް ވެހުރެ ހިލޭ ފިރިހެނެއްގެ ގައިގައި އޮޅުލާކަށް..” ހަޅޭއްލަވައިގަންނަމުން ލާނާގެ އިސްތަށިގަނޑުގައި ހިފައި އަލަން އަނބުރައިލިއެވެ. އިދާންއާއި ލާނާ އެހައި ގާތްކޮށް ފެނުމުން އަލަންގެ ތަބީއަތުވަނީ މުޅިން ގޯސްވެފައެވެ. ކީއްވެކަމެއް ނޭނގެއެވެ. ލާނާ އެހެންމީހެއްގެ އަތުތެރޭގައި ވާތަން ފެނުމުން އަލަންގެ ހިތަށް ބުނަން ނޭނގޭ ކަހަލަ ގޮތެއްވަނީއެވެ. އެހިތަށް އުނދަގޫ ވަނީއެވެ. ލާނާދެކެ ލޯބިނުވާއިރު އެހެންމީހެއްގެ ކައިރީގފައި ހުރިތަން ފެނުމުން އަލަންގެ ހިތުގައި ރިއްސަނީ ކީއްވެބާވައެވެ. މިހުރިހައި ކަމަކާއި ވިސްނާވަރަކަށް އަލަންގެ ރުޅިދަނީ ގަދަވަމުންނެވެ. “އައްދޯއި އަލަން.. އަހަރެންނަށް ތަދުވެޔޭ…ހެޔޮނުވާނެ އަހަރެންނަށް ތިހެން ނަހަދަބަލަ.. އަލަން ތިހީކުރާ ގޮތަކަށް ނޫނޭ ކަންތައްވީއެއް.. އަހަރެން ބޭރުގައި ހުއްޓައި އިދީ އޭ އެތަނަށް އައީ..” އަޅާވޭނަށް ކެތްނުވެގެން ލާނާ ތެޅިގަތެވެ. ނަމަވެސް އަލަންގެ ކުރިމަތީގައި ދެރަވާން ބޭނުންނުވާތީ ނުރޯން ކެތްކޮށްގެން ހުރީއެވެ. “ކޮން ދޮގެއް ހަދާކަށް..ހަމަ އެ އިދާންއާއި ބައްދަލުކުރަންވެގެން ދޮގު ހަދާފަ ދިޔައީ.. އަނެއްކައި މަގޭ ކުރިމަތީގައި ދޮގު ހަދަން ފެށީ ދޯ..” ލާނާގެ އަނގަޔަށް ހިފައި ފިއްތާލަމުން އަލަން ހަޅޭއްލަވައިގަތެވެ. އަލަން ހީކުރީ ލާނާ އެހަދަނީ ދޮގުކަމަށެވެ. ފަހަރަކަށް ވުރެއް ފަހަރެއް އަލަން ދިޔައީ ލާނާގެ އިސްތަށިގަނޑުގައި ހިފައި ވާންކުރަމުންނެވެ. “އަލަން އަހަރެންނަށް ތަދުވެޔޭ.. އަހަރެން ދޮގެއް ނުހަދަމޭ… ހެޔޮނުވާނެ އަހަރެންނަށް ތިހެން ނަހަދަބަލަ. އަލަން ބުނިހައި ގޮތެއް ހަދައިގެން އަހަރެން މިއުޅެނީއެންނު..ކީއްވެތަ އަހަންނަށް ތިހެން ތިހަދަނީ..” ހަށިގަނޑުގައި އަޅަމުންދާ ވޭނަށް ކެތްނުވެގެން ލާނާ ރޯންފެށިއެވެ. ގިސްލަގިސްލާފައި ރޮމުން ލާނާ އޭނާގެ ކުށެއްނެތްކަން ކިޔައިދެމުން ގެންދިޔައިރު އަލަންގެ ރުޅިގަނޑުވެސް ދިޔައީ ފިނިވަމުންނެވެ. ލާނާ އެގޮތަށް ރޯތަން ފެނުމުން ހިތަށް އުނދަގޫވީއެވެ. އަލަން ވަގުތުން ލާނާގެ އިސްތަށިގަނޑުންނާއި އަނގައިން ދޫކޮށްލިއެވެ. “ހޫމ ދެން ހެވޭ.. އަހަރެން ތިވާހަކަތަކެއް ގަބޫލެއް ނުކުރާނަން.. ޕަޕީފޭސް އަދި ހަމަ ކަމެއްވާއިރަށް ވޯޓާރ ވޯކްސް އަރުވަން ފަށާނެ.. ތި ކްރޮކޮޑައިލް ޓިއާސް މަށަށް ދައްކާނެކަމެއްނެތް..” ހިތަށް އުނދަގޫވެފައި އަލަން ބުނެލިއެވެ. ނަމަވެސް ލާނާގެ ރުއިން ހުއްޓޭ ގޮތެއް ނުވިއެވެ. އަލަން މަޑުމަޑުން ލާނާގެ ދެލޯ ފޮހެދިނުމަށްފަހު ގައިގައި ބައްދާލިއެވެ. ނަމަވެސް ލާނާ ވަގުތުން އަލަންގެ އަތުތެރެއިން ވީއްލިގަތީ ނަޖިހެއްގައި ޖެހިގެން ދުރައްދާހެންނެވެ. މިކަމުން އަލަންގެ ރުޅިގަނޑު އިތުރަށް ހޭލިކަހަލައެވެ. “ބުނަންތަ ވާހަކައެއް. ލާނާ ކިތަންމެ ހިތްހަމަ ނުޖެހުނަސް އަހަރެން ލާނާ ގައިގަ އަތްލާނަން..ތީ މަގޭ އަންހެނުން.. އަހަރެން ރަނގަޅަށް ކަންތައް ކޮށްދޭން އުޅުނީމަ މާ ފޮނިބޮޑުވަންޏާ ދެން މާ ރީއްޗެއް ނުވާނެ.” ކިޔާނެ އެއްޗެއް ކިޔުމަށްފަހު އަލަން ތުވާލި ހިފައިގެން ފާހާނާއަށް ވަނެވެ.

އަލަން ފާހާނާއަށް ވަނުމުން ލާނާގެ ބަޑި ފަޅައިގެންދިޔަކަހަލައެވެ. ހުރިތަނަށް ތިރިވެފައި ލާނާއަށް އަޑުގެ ނެތްތަނަށް ރޯންފެށުނީ ހިތުގައި އަޅަމުންދިޔަ ވޭނަށް ކެތްނުވެގެންނެވެ. މުޅިއުމުރަށް އިދާން ގެއްލުނީއެވެ. އަލަތު ފިރިމީހާ ކުރަނީ އަނިޔާއެވެ. ކޮންފަދަ ބޭއިންސާފެއް ހެއްޔެވެ. ލާނާއަށް ހަމަ އުފަލެއް ލިބެން ނެތީހެއްޔެވެ. އޭނާގެ އެއްވެސް ކުށަކާނުލައި މިލިބެނީ ކޮންފަދަ އަނިޔާއެއް ހެއްޔެވެ. އިށީނދެ އިނދެގެން ލާނާ ރޮމުންގެންދިޔައިރު މުޅި ކޮޓަރިތެރޭގައިވަނީ އެވޭނީ ގިސްލުމުގެ އަޑު ހަރުލައިފައެވެ. މަންޒަރު ފެންނަ ކޮންމެ މީހެއްގެ ހިތަށްވެސް އަސަރުކުރާނެއެވެ. ފާހާނަތެރޭގައި ފެންވަރަންހުރި އަލަންގެ ބޮލަށްވެސް ދިޔައީ އުނދަގޫވަމުންނެވެ. ލާނާ އެގޮތަށް ރޯކަށް އޭނާ ބޭނުމެއް ނޫނެވެ. އަލަން ފެންވަރައިގެން ނުކުތްއިރުވެސް ލާނާ ހަމައިނީ އެހެންނެވެ. “ދެން ވެއްޖެއެންނު ތިކަމެއް ހުއްޓަން. ފަށައިފިއްޔާ ނިންމަނީއެއް ނޫނޭ. ” އަޑަށް ބާރުލަމުން އަލަން އެހެންބުނީ ލާނާގެ ރުއިން ހުއްޓޭތޯއެވެ. ވިއީވެސް އެހެންނެވެ. އަލަންގެ އަޑުއިވިފައި ލާނާ ވަގުތުން ހުއްޓައިލިއެވެ. ނަމަވެސް ހުއްޓުމެއްނެތި ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. މިކަމަށް އެއްވެސް ފަރުވާލެއްނެތި އަލަން އެދިޔަގޮތަށް ނިދަން އޮށޯތީ ވަރުބަލިވެފައި ހުރިވަރު ބޮޑުކަމުންނެވެ. ލާނާވެސް އިންތަނުން ތެދުވެ ގޮސް އޭނާގެ ފޮށި ހުޅުވާލައި ތުވާއްޔާއި ހެދުމެއް ނެގުމަށްފަހު ފާހާނައަށް ދާން ހިނގައިގަތީ ތާޒާވެލުމުގެ ބޭނުމުގައެވެ. ގެއަށް އައުމުގެ ކުރިން ފާހިރާ ހުރީ ލާނާގެ ބައެއް ހެދުންތައް ފޮއްޓަށްއަޅައި އެގެޔަށް ފޮނުވާފައެވެ. އަދި އައު އެޕާރޓްމެންޓަށް ބަދަލުވާތީ އާސިމާވެސް ހުރީ އަލަންގެ ބައެއް އަންނައުނުތައް އެބަޔަށް ގެނެސްފައެވެ.

ފާހާނަގައި ފެންވަރަން ހުރިއިރުވެސް ލާނާގެ ލޮލުން ކަރުނަހިކޭ ކަމަކަށް ނުވިއެވެ. މާގަނޑުދަށުގައި އެތައްއިރެއް ވަންދެން ހުރެ ރޮއެހިތްފުރޭވަރު ވުމުން ލާނާ ނުކުތްއިރު އަލަން އޮތީ އެނދުގައި ހަމަޖެހިލައިގެން ނިދާފައެވެ. ފެންހިއްކައިލުމަށްފަހު ލާނާ އައިސް ސޯފާގައި ނިދަން އޮށޯވެލީ އަލަންގެ ކައިރީގައި އޮންނަން ބޭނުންނުވާތީއެވެ. އެހެންނޫނަސް އަލަންގެ ގޮތް އިނގެނީއެއް ނޫނެވެ. އެނދުގައި އޮންނަނިކޮށް އެކަމާވެސް ރުޅިއައިސްދާނެއެވެ.  ސޯފާގެ ކުޝަންއެއް ބޯދަށަށް ލައްވައިލަމުން ލާނާ އޮށޯވެލައި ދެލޯމަރައިލީ ނިދޭތޯވެ. ނަމަވެސް ދެލޯ މެރުމުންވެސް ސިފަވަނީ އިދާންގެ ސޫރައެވެ. ދެރަވެފައި ލާނާގެ ކައިރީ އާދޭސްކުރި ގޮތެވެ. ލާނާގެ ދެލޯ ފުރިގެން ބަންޑުންވާން ނެގީ ސިކުންތުކޮޅެވެ. މިއީ އެންމެ ދުވަހެއްގެ ހާލެވެ. ކުރިއަށްއޮތް ދުވަސްތަކުގައި އުޅެންޖެހޭނީ ކިހިނެއްބާވައެވެ.

އާދުވަހަކަށް އިރުއަރައިގެންއައީ އެކިމީހުންގެ ހަޔާތުގައި އެކި ކުލަ ޖައްސަމުންނެވެ. އިރު އޭގެ ވާޖިބު އަދާކުރުމުގައި އަވަދިނެތި އުޅޭއިރު ދުވަހަކީ އުޑުމަތި ސާފު ރީތި ދުވަހެކެވެ. އިރުގެ ދޯދިތަކުން ފަޒާ ބަބުޅަމުން ދިޔައިރު މީހަކު އަޖާއިބުވާހައި ޗާލެވެ. ނިދިފައިއޮތް އަލަންއަށް ހޭލެވުނީ ކުޑަދޮރުން ފުރޭނިގެންއަންނަ އިރުގެ ދޯދިތައް ލޮލަށް އެޅެންފެށުމުންނެވެ. ކަންނެތްގޮތަކަށް ލޯހުޅުވައިލުމަށްފަހު އަލަން ކައިރި ބަލައިލީ ލާނާ އޮތްތޯއެވެ. ނަމަވެސް އެނދުގައި ލާނާ ނެތްކަން އިނގުމުން އަލަންގެ ނިދިފިލައި ފުންމައިގެން ތެދުވެވުނެވެ. އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ސޯފާގައި ކުރުގެޅިގެން ނިދާފައި އޮތް ލާނާއެވެ. ހުދުކުލައިގެ އަތްކުރު ޓީޝާޓަކާއި އަޅިކުލައިގެ ހަރުވާޅެއް ލައިގެން އޮތް ލާނާ ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ހިނދުކޮޅަކަށް ނަމަވެސް އަލަންއަށް ހުއްޓިފައި ބަލަން އިނދެވުނެވެ. ނަމަވެސް އަނެއްކައިވެސް ދެބުމަ ގޮށްޖެހުނީ ލާނާ ވަކިން ނިދަން އޮތުމުންނެވެ. ހުރިހައި ކަމަކުން އުޅޭނީ ރުޅިއަރުވާށޭ އަލަންގެ ހިތަށް އެރިއެވެ. އެނދުމަތީގައި އިރުކޮޅަކު ވިސްނަން އިނުމަށްފަހު އަލަން ބަދިގެއަށްގޮސް ކުޑަ ޖަގެއް ހިފައިގެން ފެންވަރަން ވަނެވެ. ފެންވަރައި ނިންމައި ފާހާނާއިން ނުކުތްއިރު އޭނާ އަތުގައި ހަމަ އެ ކުޑަ ޖަގުއޮތެވެ. މަޑު ހިނގުމެއްގައި އަލަންގޮސް ސޯފާގައި ނިދާފައިއޮތް ލާނާގެ ބޮލާއި ދިމާލަށް ހުއްޓިލިއެވެ. “އާހް މަންމާ…” ނިދިފައި އޮތް ލާނާ ސިއްސައިގެންގޮސް ކޮޅަށްޖެހުނީ ފެން އެއްޗެއް މޫނަށް އަޅައިލުމުންނެވެ. އަމިއްލަ ނޭވާ ހަމައަކަށް އަޅުވަމުން ފެންކަޅިވެފައި ލާނާ ކުރިމައްޗަށް ބަލައިލިއެވެ. އޭރު ދެބުމަ ގާތްކޮށްގެން އަލަން ކުރިމަތީގައި ހުރިތަން ފެނުމުން ލާނާގެ މޫނުގެ ކުލަ އޮއްސުނެވެ.

“ބަލާނެކަމެއްނެތް.. ކީއްކުރަން ސޯފާގައި ނިދަން އޮންނަނީ.. މީގެ ފަހުން އޮންނަންޖެހޭނި އެނދުގައި.. އިވިއްޖެތަ.. އަހަރެން އަންހެނުން ޖެހޭނި އަހަރެން ކައިރީ ނިދަން އޮންނަން…. ދެންވެސް ބަލަން ނީނދެ މަށަށް ސައިހަދަން ދޭބަލަ.. ބަނޑުހައި ވެއްޖޭ…” ރުޅި އައިސްފައި އަލަން މިހެން ބުނުމުން ލާނާގެ ލޭކެކިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ. ” އަހަރެން ބޭނުންތާކު ނިދަން އޮންނާނި.. އަލަން ނުޖެހޭނެ ދޯ އަހަރެން ނިދާފައޮއްވައި މޫނަށް ފެން އަޅާކަށް.. ކިރިޔައޭ ނޭވާހާސްނުވީ..” ނުރުހިފައި ލާނާ މިހެން ބުނުމަށްފަހު ފާހާނާއަށް ގޮސް ތަޅުލިއެވެ. މިކަމުން އަލަންގެ ލޭ އިތުރަށް ކެކިގަތެވެ. ލާނާއަށް ރަނގަޅު ބޮނޑިއެއް ދޭނަމޭ އަލަންގެ ހިތަށްއެރިއެވެ.

ފާހާނާއަށްވަތް ލާނާގެ މޫޑު މިއަދު ކުރިއަށްވުރެން ރަނގަޅެވެ. ނިދުމުގެ ކުރިން ހިތްފުރޭވަރަށް ރޯލެވުނީ ކަންނޭނގެއެވެ. އެހެންކަމުން ހިތަށްވަނީ ކުޑަވަރެއްގެ ލުޔެއް ލިބިފައިހެން ހީވެއެވެ. ފާހާނާއަށް ވަނުމަށްފަހު މޫނުދޮވެ ނިމުމުން ލާނާ ބޭނުންވީ ފެންވަރައިލާށެވެ. ލައިގެންހުރި ހަރުވާޅު ބޭލުމަށްފަހު ހެދުން އަޅުވާއެތީގައި އަޅުވައިލިއެވެ. ޓީޝާޓު ބޭލުމަށްޓަކައި ހިފައިލި ވަގުތު ފާހާނާގެ ތަޅުގައި ހިފައި އަނބުރާލުމުން ލާނާ ސިހިފައި ބަލައިލިއެވެ. “ހެލޯ ވައިފީ.. އެކަނިތަ ފެންވަރަނީ..” ތަޅުދަނޑިން ދޮރުހުޅުވައި އެތެރެއަށް އެވަނީ އަލަން އެވެ. “ވަޓް ދަ ހެލް އަލަން.. ގެޓް އައުޓް..ނައު..” ހަމައެކަނި ޓީޝާޓު ކޮޅުގައި ހުރި ލާނާ ލަދުން ދެފައިގައި އަތްއަޅައިލީ ހިތުން އަލަންއަށް ނުފެންނާނޭ ކަމަށެވެ. މިކަންވީ އަލަންއަށް ލިބުން އިތުރު ހިތްވަރަކަށެވެ. އަލަން އެދިޔަގޮތަށްގޮސް ލާނާގެ ދެއަތުގައި ހިފައި ފާހާނާގެ ފާރުގައި ޖައްސައި ތަތްކޮށްލިއެވެ. “ޝޫޝް.. މާބާރަށް ވާހަކަ ނުދައްކާ.. ޔޫ އާރ މައި ވައިފް.. އައިކޭން ޑޫ އެނީތިންގް ނައު.. ހަނދާންވޭތަ އަހަރެން ބުނީމެންނު އަހަރެންގެ މީހަކަށްވީމަ ތިހެން ދުރެއް ނުކުރެވޭނޭ.. ” އަލަން މަސްތީ ރާއްގެގައި ބުނިނަމަވެސް އެއަޑުގައި ވީ ހަރުކަށިކަމެވެ. ލާނާއަށް ހިނދުކޮޅަކަށް ނަމަވެސް ގަދަ ދެއްކުނެވެ. އަލަން އޭނާ ދޫކޮށްލާނެ ކަމަށެވެ. “ގަދަ ދައްކާނެ ކަމެއްނެތް.. މަގޭ އަތުން އަނިޔާއެއްވާން ތިއުޅެނީ.” އަލަން އިތުރަށް ލާނާ ހައްޔަރުކޮށްލިއެވެ. ވާން މިއުޅެނީ ކީއްކަން ރޭކައިލުމުން ލާނާ ހާސްވާންފެށިއެވެ. ހާސްވީވަރުން ލާނާއަށް ތުންފަތުގައި ދަތްއަޅައިލެވުނީ އެކަން އަލަންއަށް ފާހަގަވާނެ ކަމަކަށް ނޫނެވެ. ލޭކުލައަރާފައިހުރި ލާނާގެ ތުންފަތްފެނުމުން އަލަންގެ ކެތްތެރިކަން ކޮޅުންލިއެވެ. މަސްތީ އޮއެވަރުގައިޖެހި އަލަންގެ އަމިއްލަ ނަފްސު ކޮންޓްރޯލުން ނެއްޓިއެވެ. އިތުރަށް ކެތްނުވުމުން ލާނާގެ ތުންފަތުގައި އަލަން ބޮސްދޭންފެށީ ފެންބޮވައިގަނެފައިއޮތް ސިންގާއެއް ހެންނެވެ. އެ ހަށިގަނޑުގެ އެކިދިމަދިމާލުގައި އަތްހިންގަމުން ބޮސްދެމުން ދިޔައިރު ފެންކަޅިވެފައިވާ ލާނާގެ މޫނު އަލަންއަކަށް ފާހަގައެއް ނުވެއެވެ. އަލަން މަޑުމަޑުން ލާނާގެ އެ ތުނި ހަށިގަނޑު އުފުއްލާލައިގެން ގެންގޮސް އެނދުގައި ބާއްވައިލިއެވެ.

ކުއިލްޓުން ގައި ފޮރުވާލަމުން ލާނާ އަނެއްފަރާތަށް މޫނު އަނބުރައިލީ އަލަންއަށް ފެނިދާނެތީއެވެ. އަލަންއާއިއެކީ އެހޭދަވީ ވަގުތުކޮޅުގައި އަލަން ކިތަންމެ އޯގާތެރިކޮށް އުޅުނަސް އޭގައި އެއްވެސް ލޯތްބެއް ނެތްކަން ލާނާއަށް އިނގެއެވެ. ލޯފުރި ބަންޑުންވެގެންއައި ހޫނު ކަރުނަތަކުން ބާލިސް ތެންމަމުން ދިޔައިރު ލާނާ އޮތީ ވިސްނަންވީ ކޮންއެއްޗެއްކަން ނޭނގިފައެވެ. މިކަމައި އޭނާ ދެރަވެގެންނުވާނެއެވެ. ކޮންމެ ގޮތަކަށް ކަންތައްވިޔަސް އެއީ އޭނާގެ ހަލާލު ފިރިމީހާއެވެ. ލާނާއާއި އެކީ ވަގުތު ހޭދަކުރުމުގެ ހައްގު އަލަންއަށް ލިބިގެންވެއެވެ. ނަމަވެސް ހިތަށް އެކަމުންވީ އުނދގޫއެވެ. ދެލޯ ފޮހެލަމުން ލާނާ އަލަން ކޮބައިތޯ ބަލައިލިއެވެ. ވެފައިވާ ވަރުބައްޔާއި އެކީ އަލަން ނިދިފައި އޮތެވެ. ލާނާ އަވަސް އަވަހަށް ބިންމަތީގައިއޮތް އޭނާގެ ޓީޝާޓު ބޮލަށް މަހައިލަމުން ފާހާނާއަށް ދުވެފައިގޮސް ވަނެވެ. މާގަނޑުދަށުގައި އެތައް އިރެއްވަންދެން ގަޔަށް ފެންއަޅަން ހުރުމަށްފަހު ލާނާ ނުކުތީ ހިތްވުރޭވަރުވުމުންނެވެ. އޭރު ރޮއެރޮއެ މީހޭގެ ދެލޯހުރީ ރަތްވެ ދުޅަވެފައެވެ. ފެނަވަރައިގެން ނުކުތްއިރު އަލަންއޮތީ ހޭލާ ލާނާއަށް ބަލާށެވެ.  ގަތްލަދުން ލާނާ ވަގުތުން މޫނު އަނެއްފަރާތަށް އަނބުރައިލީ އަލަންގެ މޫނަށް ނުބަލަންވެގެންނެވެ. “މާ ތުއިވާނެ ކަމެއްނެތް.. މަށަށް ސައިހަދާބަލަ ދެންވެސް.. ” ރުޅިއައިސް ކަމަށް ހެދެމުން އަލަން މިހެން ބުނިނަމަވެސް އެހިތްވަނީ އުފަލުން ފޮޅިފައެވެ. އެންމެފަހުން އޭނާއަށް ލާނާ ހާސިލްވީއެވެ..

 

ބަދިގޭގައި ކައްކަންއައި ލާނާހުރީ ހަދާނެ ގޮއްހުސްވެފައެވެ. އެގެއަށް އަންނަންވާއިރާށް ހުރިހައި އެއްޗެއް އާސިމާމެން ހަމަކޮށްދީފައި ހުއްޓަސް ލާނާއަށް މާ ރަނގަޅަކަށް ކައްކާކަށް ނޭނގެއެވެ. ހުރިހަމައެކަނި އަންހެންދަރި ކަމުން ފާހިރާއާއި ހަސީނު ލާނާ ގެންގުޅެފައިވަނީ ރާނީއެއް ހެންނެވެ. ގޭގައި ވަރަށް މަދުންނޫނީ ލާނާއެއް ނުކައްކައެވެ. އެންމެފަހުން ކެއްކިދުވަހެއް ހަނދާނެއްވެސް ނެތެވެ. ފްރިޖް ހުޅުވައިލުމަށްފަހު ދެތިން ބިސްނަގައި ލާނާ ބިސްގަނޑެއް އެޅޭތޯއުޅުނެވެ. ފިޔަލާއި މިރުހާއި އެއްޗެހިކޮށައި އެއްކުރުމަށްފަހު ތަވާއަށް އަޅައި ފިހެލިއެވެ. އެއަށްފަހު ކަބަޑު ހާވައިގެން ފެނުން ނަޓެއްލާ ފުޅިއަކާއި ޕާނެއްނަގައި މޭޒުމަތީގައި ބެހެއްޓިއެވެ. ކައިރީގައި ކޮފީ ތައްޓެއް ހަދައި ބަހައްޓަނިކޮށް ދޮރުހުޅުވާފައި އަލަން ނުކުމެގެން އައެވެ. “މޯނިންގް ޕަޕީފޭސް..” ކޮޓަރިން ނުކުމެގެންއައި އަލަންއަށް ޖެއްސުމެއް ނުކޮށްލައި ނުހުރެވުނެވެ. ކާން އިށީނުމަށްފަހު އަލަން ބިސްގަނޑުން އެތިކޮޅެއް ނަގައި ކާލުމާއެކު ނިތަށް ރޫއަރައިގެން ދިޔައެވެ. އިރުކޮޅެއްނުވެ އިންތަނުން ތެދުވެގެންގޮސް ޑަސްޓްބިންއަށް ބިސްގަޑުލަމުން އަލަން ލާނާއަށް ލޯއަޅައިލީ ނުރައްކާގޮތަކަށެވެ. “މަ ކާން ހަދާށޭ ބުނީމަ ޖެއްސުމަށް ދޯ ތިއުޅެނީ.. ލޮނުރަހަ ނޫން ރަހައެއް ނުލައޭ އޭގައި. މަގޭ އަތުން އަދި ބޮނޑިއެއް ބޯނެ ލާނާ..” ތަށި ސިންކަށް ލުމަށް ފަހު އަލަން ހަޅޭއްލަވައިގަތުމަށްފަހު ނުކުމެގެން ދިޔައެވެ. ލާނާއަށް ހުރިތައި ހުރެވުނީއެވެ. އެހައި މަސައްކަތުން ސައި ހެދީމައިވެސް އަލަންއަށް އިނގުނީ އެވެސް ޑަސްޓްބިންއަށް އަޅާށެވެ. ލާނާގެ ހިތުގައި ޖެހުނެވެ.

**************

ކޮޓަރީގައިއޮތް އިދާންއޮތީ ފުންވިސްނުމަކަށް ގެއްލިފައެވެ. ބޮލުގައި އަދިވެސް އެނބުރެމުންދިޔައީ ލާނާގެ އެވިހަގަދަ ބަސްތަކެވެ. ލާނާ އަސްލުވެސް އަލަންދެކެ ލޯބިވަނީ ހެއްޔެވެ. އިދާން އެޔެއް ބަލަން ބޭނުމެވެ. “ލާނާ މުހައްމަދު ހަސީނު.. އަހަރެންވެސް ބަލާނަން ލާނާއަށް އުފަލުގައި އުޅެވޭތޯ.. ލާނާ ޖެހޭނީ މަށަށް ހަގީގަތް ކިޔައިދޭން. އެހެންނޫނީ ތިހެން އަދި އުޅުނަކަ ނުދޭނަން.” އިދާން އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައިރު އެ ދެލޮލުގައި ނުރައްކާގޮތެއް ހުއްޓެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު އިދާން ފޯނުނަގައި އާލިމްއަށް ގުޅައިގެން ވާހަކަ ދައްކަން އިނުމަށްފަހު ފޯނުބޭއްވިއިރު އިދާންގެ ތުންފަތުގައިވީ ނުލަފާ ހިނިތުންވުމެކެވެ.

***********

ޓެރަހުގެ ސޯފާގައި އެއްލާފައިއޮތް  އާލިމް ދިޔައީ ހުއްޓުމެއްނެތި ފޯނުން ފޭސްބުކް ހާވަމުންނެވެ. ބަލާބެލުމަށް ހީވަނީ  އެއްޗެއް ނުފެނިގެން އުޅޭހެންނެވެ. “ޑޭމްއިޓް އައިކާ.. ކީއްވެތަ ސާރޗް ކުރީމަވެސް ނުފެންނަނީ.. ” އައިކާގެ ޕްރޮފައިލް ފެނޭތޯ ހާވަމުންދިޔަ އާލިމްގެ ހިއްވަރު އެލޭހެން ހީވިއެވެ. “އައިކާ…އައި ކާ…އައިކާ އައި… ވެއިޓް. އިދާންގެ ފުރިހަމަ ނަމަކީވެސް އިދާން ޝަރީފް… އެހެންވީމަ އައިކާ ޝަރީފް ކަންނޭނގެ ކިޔާނީ. އެހެން ޖަހާފަ ސާރޗްކުރަން ވެއްޖެ..” އާލިމް އަމިއްލަ އަމިއްލައަށް ވާހަކަ ދައްކަމުން ދިޔައެވެ. އެންމެފަހު ފަހަރަށް ކަމަށް އައިކާ ޝަރީފް ޖަހާފައި ސާރޗްކޮށްލިއެވެ. “ޔޭސް. ޔެސް…ފައިނަލީ..” އެންމެ ފުރަތަމަ ފެންނަންއިން އައިކާގެ ޕްރޮފައިލް ފެނުމުން އާލިމްއަށް އުފަލުން ފުންމައިލެވުނެވެ.  އަވަހަށް ފްރެންޑް ރިކުއެސްޓް ފޮނުވައިލީ އައިކާ އޮންލައިންގައި އިންނާނެ ކަމަކަށް ނޫނެވެ. ނަމަވެސް އެވަގުތުވީ އައިކާ ފޯނުހިފައިގެން ފޭސްބުކް ހާވަންއޮތް ވަގުތަކަށެވެ. ‘އާލިމް ޝާކިރުގެ’ ނަމުގައި ފްރެންޑް ރިކުއެސްޓެއް އައުމުން އެއީ ކާކުތޯ އައިކާ ބަލައިލިއެވެ. އެވަގުތު ފެނުން އާލިމްގެ ފޮޓޯއިން އައިކާގެ ހިތުގެ ވިންދު އަވަސްވިއެވެ. އާލިމް ހަމަ އޭނާއަށް ރިކުއެސްޓް ފޮނުވީއެވެ. އެކްސެޕްޓް ކުރަންވީ ބާވައެވެ. ކުޑައިރުކޮޅަކު ވިސްނަން އިނުމަށްފަހު އައިކާ އެކްސެޕްޓަށް ފިއްތައިލިއެވެ. އާލިމް ހީވަނީ އައިކާ އެކްސެޕްޓު ނުކޮށްގެން އިންހެންނެވެ. އެކްސެޕްޓް ކުރިތާ ދެވަނަ ސިކުންތުގައި ހައި ޖަހައިފިއެވެ. މިކަމާ އައިކާގެ ހިތްއުފަލުން ނަށައިލިއިރު އަންނަންއޮތް ތޫފާނުގެ ހިލަމެއްވެސް އެހިތަކަށް ނުވެއެވެ. އިރުކޮޅަކު ވާހަކަ ދައްކައިލުމަށްފަހު އާލިމް އެދުނީ ބައްދަލު ކޮށްލުމަށެވެ. އައިކާ ވިސްނާލުމަށްފަހު ދާން އެއްބަސްވީ އާލިމް ދެކޭހިތްވެފައިހުރިވަރު ބޮޑުކަމުންނެވެ. ބަލައި އަންނާނެ ގަޑިޔާއި އެއްޗެހި ބުނެފައި އާލިމް އޮފްލައިންވެލިއެވެ. އައިކާ އުފަލުން ފޯނުމޭގައި ޖައްސައިލިއިރު އެހިތުގެ ވިންދުވަނީ އަވަސްވެފައެވެ.

ގޭގެ ބެލް އެޅިއަޑަށް އާލާ ދޮރުހުޅުވައިލިއެވެ. ކުރިމަތީގައި ހެވިފައިހުރި އިދާން ފެނުމުން އާލާގެ ބަސްހުއްޓުން ކަހަލައެވެ. ކަޅިވެސް ޖަހާނުލައި ބަލަހައްޓައިގެން އާލާއަށް ހުރެވުނީއެވެ. “އެހެމް..” އާލާ ބަލަންހުރިގޮތުން އިދާން ކަރުކެހިލިއެވެ. “އަ.. އާދޭ އެތެރެއަށް.. ބޭބެވީ ކޮޓަރީގައި.” ސިހިފައި އާލާ ބުނެލިއެވެ. އިދާން އިތުރު އެއްޗެކޭ ނުބުނެ އެތެރެއަށްވަދެ ސޯފާގައި އިށީންނަމުން މުޅިގޭތެރެއަށް ނަޒަރުހިންގައިލިއެވެ. މުޅިގެއިންވެސް ފެންނަނީ އެންމެފަހުގެ ޒަމާނީ އެއްޗެއްސެވެ. ކޮންމެ ދިމާލަކުންވެސް ފެންނަނީ މުއްސަނދިކަމެވެ. މިއީ އިދާން މިގެއަށްއައި ފުރަތަމަ ފަހަރެވެ. އެހެންކަމުން އިދާން އިނީ ކުޑަކޮށް އާވެފައެވެ. އިދާން ދެކޮޅު ހޯދައިލީ ލާނާގެ ހިލަމެއްވޭތޯއެވެ. “އައްދެ.. ކޮންއެއްޗެއް ހޯދަނީތަ މޭން..” ސޯފާގައި އިށީންނަމުން އާލިމް ސުވާލުކޮށްލިއެވެ. އިދާން އެއްޗެއް ނޫންކަމަށް ބުނެ ވާހަކައޮޅުވައިލިއެވެ. “ހާދަ ކުއްލިއަކަށް ގުޅާފަ އަންނަންބުނީ.. އަނެއްކައި ކަމެއްވީތަ..” އިދާން ކުއްލިއަކަށް ގުޅާފައި އަންނަންވެގެން ގޭގެ އެޑްރެސް އެހުމުން އާލިމް އަހައިލިއެވެ. “މި ހަމަ ގޭގައި އެކަނި އޮންނަން ވައިވެގެން ލީމޯ މޫނުދެކިލަންވެގެން އައީ.. ކޮބާތަ މިގޭ ނިއުލީ ވެޑްސް..؟” ނުވާކަމަށް ހެދެމުން އިދާން އަހައިލިއެވެ. ނިއުލީ ވެޑްސްއޭ ބުނިއިރު އެހިތަށް އުނދަގޫވިއަސް މިހާރު އިދާން އެކަމަށް އާދަވެއްޖެއެވެ. “އަލަންއާއި ލާލާ އުޅެނި އެންމެ މަތީގައި. ބައްޕަމެން ވެޑިންގް ގިފްޓަށްދިނީ އެންމެމަތީ އެޕާރޓްމަންޓް. މަވެސް ވަރަށް ވައިވެގެން މިއުޅެނީ. ހިނގާ ޕީއެސް ކުޅެންދާން އެބަޔަށް..” އާލިމް ހިޔާލެއްދިނެވެ. އިދާން ކުޑައިރުކޮޅަކު ބަހަނާ ދެއްކުމަށްފަހު އެއްބަސްވީ އޭނާގެ ޕްލޭނާއި އެއްގޮތަށް ކަންތައްވަމުން ދާތީއެވެ.

ގޭގެ ބެލްއަޅައިލިއަޑަށް ލާނާގޮސް ދޮރުހުޅުވައިލިއިރު ކުރިމަތީގައި ހެވިފައިހުރި އާލިމްއާއި އިދާންފެނި މޫނު ހުދުވެގެން ދިޔައެވެ. “ކާކުތަ އައީ..” ބެލްއެޅިއަޑަށް ކޮޓަރިން ނުކުންނަމުން އަލަން އަހައިލިއެވެ. އެވަގުތު ޕީއެސް ހިފައިގެން ހެވިފައި އެތެރެއަށްވަތް އާލިމްއާއި އިދާންފެނި އަލަންގެ ނިތަށް ރޫއަރައިގެން ދިޔައެވެ. “ބޭބެ އޭ.. ސާބަސް.. އަދިވެސް ހިތްފުރޭވަރު ނުވަނީތަ ދެމީހުންނަށް..ސޮރީ އިނގޭ އުނދަގޫ ކުރެވުނިއްޔާ..އަސްލު އިދީއާއި ބޭބެއާއި ފޫހިވެގެން އަލަންއާއިއެކީ ޕީއެސް ކުޅެން މިއައީ..ހިނގާބަލަ ޓޯނަމެންޓްއެއް ފަށަން…”އާލިމްއާއި އިދާން ސޯފާގައި ހަމަޖެހިލިއެވެ. އަލަންގެ ރުޅިގަނޑު ހިންދަމުން ސޯފާގައި ޖައްސައިލީ ލާނާއަށް އެތެރެއަށް ދިއުމަށް އިޝާރާތްކުރަމުންނެވެ. އާލިމްއެއައީ ހަގީގަތުގައިވެސް ފޫހިވެގެންނެވެ. ނަމަވެސް އިދާންއެއައީ ލާނާގެ މޫނުބަލަންކަން އަލަންއަށް އިނގުނެވެ. އަލަން އެތެރެއަށް ދާންބުނުމުން ލާނާ ވަގުތުން ދިޔައީ އިދާންގެ ކުރިމަތީގައި ހުންނަން ބޭނުންނުވާތީއެވެ.

“ޔޭސް…ހަހާ… އަވަހަށް ކާންދޭން ރެޑީވޭ އަލަން….” ޓޯނަމެންޓްގެ ފަހު މެޗުކުޅެ ނިމުމުން އާލިމް ދިމާކޮށްލިއެވެ. ފައިނަލް މެޗުގައި ކުޅުނީ އަލަންއާއި އާލިމްއެވެ. އިދާން ކެޓީއެވެ. ހަގީގަތުގައި ގަސްތުގައި ބަލިވީއެވެ. އިދާން ބޭނުންވީ ޓޯނަމެންޓުން އަވަށް ކަޓައިގެން އެޕާރޓްމެންޓްތެރެ ރަނގަޅަށް ބަލައިލާށެވެ. ވަރަށް ވިސްނުމަށްފަހު އިދާންއަށް އޭނާގެ ޓާގެޓް ފެނުނެވެ. “އޭ ޓޮއިލެޓްއަށް ދާން ބޭނުން..” އާލިމް ފާހާނާއަށްދާން ބޭނުންވުމުން އަލަންގާތު ބުނެލިއެވެ. އާލިމް ގޮވައިގެން އަލަން ކޮޓަރިއަށް ދިޔައެވެ. މިކަހަލަ ވަގުތަކަށް ބަލަބަލައިހުރި އިދާން އޭނާގެ ފުރުސަތުގެ ބޭނުން ހިފައި ބޭރަށް ނުކުމެ ފައިވާން ނަގައި ފޮރުވިއެވެ. އަދި ސިޓިންގްރޫމުން ބެލްކަންޏަށް ނުކުމެވެންހުރި ދޮރުން އެދިމާލަށް ދެމިގަތެވެ. “ކޮބާ އިދީ..އިދީ..ކޮންތާކަށް އެދިޔައީ..” ކޮޓަރިން ނުކުތްއިރު އިދާން ފެންނަން ނެތުމުން އާލިމްއަށް ބުނެވުނެވެ. އަލަންވެސް ދެކޮޅު ހޯދައިލިއެވެ. ނަމަވެސް އިދާންގެ ހިލަމެއްވާން ނެތުމުން ބޯހުރައިލީ އުފާވެފައި ހުރެއެވެ. ފަހަރެއްގައި އިދާންއަށް ކެތްނުވެގެން ދިޔައީއެވެ. އަލަންގެ ތުންފަތާއި ކުޅެލީ ނުލަފާ ހިނިތުންވުމެކެވެ. “ވަރަށް ބަނޑުހައި.. ހިނގައިދާން.. ފައިބަމުން އިދީއަށް ގުޅާނީ…” ބަނޑުގައި އަތްހާކަމުން އާލިމް ބުނެލިއެވެ. އަލަންވެސް ބޯޖަހައިލަމުން ޓީޝާޓުލުމަށްޓަކައި ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށްވަތްއިރު ލާނާ ސޯފާގައި ފޯނާއި ކުޅެން އޮތެވެ. “އަހަރެން މިދަނީ ބޭރަށް. މަގޭ ކައިރީ އަހާފައިނޫނީ ބޭރަށް ގޮސްގެންނުވާނެ.. އަޑުއިވިއްޖެ..” ޓީޝާޓު ބޮލަށް މަހައިލަމުން އަލަން ހަރުކަށިކޮށް ބުނެލިއެވެ. ލާނާ ފޫހިގޮތަކަށް އަޅައިވެސް ނުލައި އޮތީއެވެ.

އަލަން ނުކުތުމުން އާލިމްއާއި ދެމީހުން އެކީގައި ނުކުތެވެ. ލިފްޓަށް އަރަމުން އާލިމް އިދާންއަށް ގުޅަންފެށިއެވެ. ނަމަވެސް އިދާން ފޯނެއްނުނަގައެވެ. ލިފްޓު އެންމެ ތިރިއަށް ހުއްޓުމުން ދެމީހުން އެކީގައި ތިރިއަށް ފޭބިއެވެ. މިވަގުތަށް ބަލަން ބެލްކަނީގައިހުރި އިދާން ވަގުތުން ލާނާއޮތް ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. ކޮޓަރީގެ ދޮރުހުޅުވާލައިފައި އެތެރެއަށްވަތް އިދާން ފެނުމުން ލާނާ ފުންމައިގެން ތެދުވީ ބިރެއްފެނިގެން ތެދުވާހެންނެވެ. “ވަޓް ދަ… އިދާން މިތާ ކީއްކުރަނީ… ” ހާސްވެފައިހުރިވަރުން ލާނާއަށް ވާހަކަ ދެއްކެނީވެސް ކިރިޔާއެވެ. އިދާން ދެބުމަގޮށްޖެހިފައި ލާނާއާއި ކައިރިވަމުން ދިޔައެވެ. “ދުރައްދޭ. އަހަރެންނާއި ކައިރި ނުވާތި.. އިދާން ޕްލީޒް.. އަލަންއަށް ފެނިދާނޭ… މިތަނުންދޭބަލަ..” ލާނާއަށް ބިރުންގޮސް ދޫވެސް އޮޅެންފެށިއެވެ. ނަމަވެސް އިދާންގެ ހިތަށް މިކަމުން އަސަރުކުރި ހެންނެއް ހިޔެއްނުވެއެވެ. ފަހަރަކަށްވުރެއް ފަހަރެއް ކައިރިވަމުންއައިސް އިދާން ލާނާގެ ދެއަތުގައި ހިފައި އޭނާގެ ގަޔާއި ކައިރިކޮށްލިއެވެ. “ކީއްވެ މަށަށް އޮޅުވާލީ..ހީކުރީ މަށަށް ދެރަދީފައި ލާނާއަށް އުފަލުގައި އުޅެވޭނެ ކަމައްތަ.. ނޫޅެވޭނެ. އުޅުނަކަނުވެސް ދޭނަން.. ކީއްވެ މަށަށް އެހެންހެދީ.. ބުނާށޭ..” އިދާން ރުޅިއައިސްފައި ހަޅޭއްލަވައިގަތުމުން ލާނާގެ ލޭކެކެންފެށިއެވެ. އިދާންގެ ކައިރިން ސަލާމަތްވެވޭތޯ މަސައްކަތްކުރަމުން ލާނާ ދިޔައެވެ.

ތިރިއަށްފޭބި އަލަން ޖީބަށް އަތްޖަހައިލީ ހުޒާމަށް މެސެޖެއްކުރަން ފޯނު ނެގުމުގެ ބޭނުމުގައެވެ. ޖީބުގައި ފޯނު ނެތުމުން އަލަން އަދިއެއްފަހަރު އަނެއްޖީބު ބަލައިލިއެވެ. އެވަގުތު ކޮޓަރީގައި ފޯނު ޗާޖަށް ޖަހާފައި އައި ހަނދާންވިއެވެ. “ބޭބެ.. އަހަރެން އެބައަންނަން ފޯނު ހިފައިގެން.. ބާއްވާފަ މިއާދެވުނީ ކޮޓަރީގައި.. ” ލިފްޓާއި ދިމާލަށް މިސްރާބު ޖަހަމުން އަލަން ހިނގައިގަތެވެ. ލިފްޓަށްއަރައި ދިހަވަނަބުރިއަށް ފިއްތައިލުމަށްފަހު އަލަން މަޑުކޮށްލައިގެން ހުއްޓެވެ. ދިހަވަނަބުރިއަށް ލިފްޓު ހުޅުވުމުން އަލަން ނުކުމުގެންއައިސް ތަޅުދަނޑި ޖެހުމަށްފަހު އެތެރެއަށް ވަދެލިއެވެ. އޭރު ކޮޓަރި ތެރެއިން ވާހަކަ ދައްކާއަޑު އިވެމުންދިޔައެވެ. އަލަން ހީކުރީ ލާނާ ފޯނުން މީހަކަށް ގުޅައިގެން އޮތްއަޑުކަމަށެވެ. ފޯނު ކޮޓަރީގައި ޗާޖަށް ޖަހާފައި އޮތުމުން އަލަންގޮސ ކޮޓަރީގެ ދޮރުހުޅުވައިލިއެވެ. ދޮރު ހުޅުވައިލިއިރު ފެނުން މަންޒަރުން އަލަންއަށް ހުރިތަނަށް ގަނޑުވެފައި ހުރެވުނީއެވެ. “އޭތް….” އަޑުގެ ނެތްތަނަށް އަލަން ހަޅޭއްލަވައިގަތްއިރު މުޅިމީހާ ރުޅިއައިސްގެން ތުރުތުރު އަޅައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anha

Level 110 Stories100 Comments

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 17

Next

އިންތިޒާރު 17

Next
September 18, 2018

އިންތިޒާރު 17

Previews
September 18, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 17

20 Comments!

  1. Hudher says:
    September 18, 2018 at 8:47 pm

    Maasha allah dear..v v v rythi…whn next

    1. Anha says:
      September 19, 2018 at 2:18 am

      Thankyou dear. Insha allah next part on friday?

  2. Naaanu says:
    September 18, 2018 at 10:07 pm

    vvvv reeethi mi part… whn next part

    1. Anha says:
      September 19, 2018 at 2:19 am

      Thankyou naanu. Next part on friday..?

  3. ??? says:
    September 18, 2018 at 10:14 pm

    Alheyy… e idhaan fakyrah hadhaane gothehvx neyngey…. next part avahah up kohdhehchey…. luv yah❤

    1. Anha says:
      September 19, 2018 at 2:20 am

      Thankyou dear. Hingaa dhw balaalan idhaan ah vaa gotheh.. next part on friday. Loves?❤

  4. Cherry? says:
    September 18, 2018 at 11:17 pm

    Oh no what will happen nxt yageen alan balme kuraane laalaa kan neyge laalaa fakeerah hadhaalaane gotheyves??? anyways waiting for the upcoming part and nxt part avaha up koh dheychey❤???

    1. Anha says:
      September 19, 2018 at 2:21 am

      Thankyou cherry.. hingaa dhw alan anna rulheega hadhaa gotheh ves balan.. next part on friday.. loves?❤

  5. Naa says:
    September 18, 2018 at 11:36 pm

    Nice story ❤️

    1. Anha says:
      September 19, 2018 at 2:22 am

      Thankyou dear❤

  6. Ree says:
    September 19, 2018 at 1:46 am

    .Dhen idhan vess mifaharu kada koh kanthah kuree. meehehge anbeh laala akee
    Foohi idhan dhenn

    1. Anha says:
      September 19, 2018 at 2:24 am

      Hehe dhw ree.. idhaan miburu kanthah kuri goii anha ah ves kamaku nudhey.. hingaa dhw balan dhen vaa gotheh??

  7. Anha says:
    September 19, 2018 at 2:18 am

    Salaam everyone.. so heres the 16th part.. hope you all will like this part too. Let me knw what you all think of this part.. insha allah next part on friday.. thankyou for all the love and support. Loves❤?

  8. Maya says:
    September 19, 2018 at 5:15 pm

    Suhboooooo dhen kihineh baa vaany. ???????????????eyga vs laalaa nubai kuraany.. Nenge ekujja ah hadhaane gotheh ves.. ???????????Alhe idhaan ves dhen kada mifaharu thi ulhun goih???????????????… Bt story is awesome ?????????avahah nxt part up kohdhehchey luv u ???????????

    1. Anha says:
      September 19, 2018 at 8:12 pm

      Thankyou maya.. hingaa dhw laalaa ah vaa gotheh balan.. anha ahves idhaan kanthah kuri goii rangalheh nun mifaharu.. next part on friday.. loves?❤

  9. kala123 says:
    September 19, 2018 at 9:11 pm

    It is hard to believe this is your first story! You appear to be in full bloom. What a wonder! All
    the best!

    1. Anha says:
      September 21, 2018 at 5:22 am

      Thankyou so much dear.. i used to write stories when i was in school.. ?

  10. Shaashaa says:
    September 20, 2018 at 10:44 am

    V.reethi mipartvex next part vex mihaa reethivaanekamah ummeedhukuran

    1. Anha says:
      September 21, 2018 at 5:23 am

      Thankyou shaashaa.. ??

  11. Anha says:
    September 21, 2018 at 5:24 am

    Hello everyone. 17th part is uploaded. Once the admin approves you can see it. Loves❤

Comments are closed.

Next Episodeކުށަކާނުލައި- 17ވަނަބައި←


All Right Reserved!