ނާއިލް ވިހަ ހިނިތުންވުމަކާއެކު އައިރާ ގޮސް އޮބާލަންދެން ބަލަން ހުއްޓެވެ. އައިރާ ގެޔަށް ދިޔަގޮތަށް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ލޮލުން އަންނަމުންދާ ކަރުނަތައް ހިފެހެއްޓޭތޯ އޭނާ ވަރަށް މަސައްކަތް ކުރިއެވެ. މިހުރިހާ ދުވަހު ބިނާ ކުރަމުން އައި ހިޔާލީގަނޑުވަރު ހިނދު ކޮޅެއްގެތެރޭގައި ވެއްޓި ފުޑުފުޑުވީއެވެ. އޭނާ އަށް ކުރެވުނީ ކުށްހީއެކެވެ. އައިރާގެ ހިތައް އަރަމުން ދިޔައެވެ. އެހެން ކުދިންނާ ވާހަކަ ނުދައްކާއިރު އަރީން ވަކި އޭނާއާ ވާހަކަ ދައްކާނެހެއްޔެެވެ. އޭނާގެ ހިތް މިއަދު އޭނާއަށް ކެހިދީފިއެވެ. ހިތް […]
މުޅި މާހަލުގައި ވަނީ ފިނިކަމެވެ. ފިނިކަމުން ހީވަނީ ދުންފިނި ހިފާފައިވާހެނެވެ. މާހައުލު ފެންނަނީ ފުސްކޮށެވެ. މަޑުމަޑު ދާނެއްގައި ނިދާލައިފައި އޮތް ނަވާންއަށް އެއްވަރަކަށްވެސް ފިނި ނުވާކަހަލައެވެ. ކޮޓަރީގެ އޭސީ އެންމެ ގަދަކޮށްލައިގެން އަރާމުކޮށް ނިދާލައިފައި އޮތްއިރު މާހައުލުގެ ފިނިކަން އިހުސާސް ނުވާފަދައެވެ. ބަންގީގެއަޑައެކު ފޮރުޅިލާފައި ލޯހުޅުވާލަމުން އަވަހަށް ގޮސްފާހަނަޔަށްވެނެވެ. ފަތިސް ނަމާދުކޮށްލައިގެން ކޮފީއެއް ހިފައިގެން ނަވާން ނިކުމެލީ ގޯތިތެރެއަށެވެ. ގޯތިތެރޭގައި ވަނީ އެކިކުލަކުލައިގެ ހިތްގައިމު ތަފާތު މާ އިންދާ ފުރާލާފައެވެ. ބަހާރުގެއަށް ހަމަ ހަގީގަތުގައިވެސް ހީވަނީ ބާހާރުމޫސުމެއް […]
އިވެމުން ދިޔަ ވާހަކަ އިން ޒައިން ގެ ހިތަށް އެތަކެއް ޒަހަމެއް ލިބެމުން ދިޔައެވެ. މޭތެރޭގައި އޮތް ހިތަށް ތޫނު ހަންޖަރެއް ހަރައިލިޔަސް އެހާ ތަދުވާނޭކަމެއް ނޭނގެއެވެ. އިހްތިޔާރަކާ ނުމެލާ އަނގައިން ވޭނީ އާހް އެއް ބޭރުވެގެން ދިޔައެވެ. އިތުރަށް އެތަނުގައި ހުރުމުގެ ހިޔާލް ދޫކޮށްލުމަށްފަހު ހަލުވި ފިޔަވަޅުތަކުގައި ޒައިން މިސްކިތުން ބޭރަށް ދިޔައެވެ. އަތުގައި އޮތް ފޯން އެވަގުތު ރިންގް ވަމުން ދިޔަނަމަވެސް ޒައިން ފޯނަށް ބަލާލުމަށްފަހު ސައިލެންޓަށް ލަމުން ޖީބަށް ކޮށްޕައިލިއެވެ. ގުޅަނީ އީނާލް […]
ހަމަ އެބާރުމިނުގާ އީން ގެންގޮސް އެތާހުރި ރުކެއްގައި ޖައްސާލަމުން އަލްޔާން އޭނާޔާ ގާތްވެލިއިރު ޖެހެމުން ދިޔަ ބާރު ވައިރޯޅިއަށްވެސް އެދޭތެރެއަށް ވަދެވޭނެ ޖާގައެއް ނެތްކަހަލައެވެ.” ކޮބާތަ އީން ގެ މައްސަލައަކީ..ލޯބިވޭ. ލޯބިވޭ.. ލޯބިވޭ..ހަމަ ވަރަށް ލޯބިވޭ.. މިހާ ވަރަށް ބުނާ އިރުވެސް ކީއްވެތަ ގަބޫލް ނުކުރެވެނީ..ކިހިނެތް ހެދީމަތަ ގަބޫލް ކުރާނީ..އިތުބާރު ކުރާނީ…އެމެސެޖަށް އީން އަށް އިތުބާރު ކުރެވުނު އިރު އަހަރެން މިކުރާ ކަންތަކުން..އީން ކުރިމަތީ ހުރެ މިދައްކާ ވާހަކަޔަށް އިތުބާރު ނުކުރެވެނީ ކީއްވެ؟؟ މިހިރީ އީން އަށް […]
އަކިޔަސް އެވްލީންއާއި ދިމާއަށް ނަޒަރު ހުއްޓާލުމާއެކު އެވްލީންގެ ފައިން ވާގިދޫވެގެން ގޮސް ސްނޯ މައްޗަށް ވެއްޓުނެވެ. ” ކެއާރފުލް ގާރލް… ” އަކިޔަސް ބަރާކަށް ހިނގާލާފައި އައިސް އެވްލީންގެ އަތުގައި ހިފަހައްޓާލުމަށްފަހު ތެދުވާން އެހީވެދިނެވެ. އެވްލީން ރަކިވެގެންގޮސް އެމޫނުހީވަނީ ރަތް ފަރުދާތަކުން ފޮރުވޭލެވިފައި ވާހެންނެވެ. އެވްލީން ތެދުވެ ބިންމައްޗަށް ވެއްޓިފައިވާ ކޮޓަން ހެޓް ނެގިއެވެ. އަކިޔަސްގެ ފަހަތުން ގޮސް އެވްލީން ކާރަށް އެރިއިރު އޭނަގެ ދެއަތް ވަނީ ޖޯޑު ކޮށްލެވިފައެވެ. މަޑު ދުވެއްޔެގައި ކާރު ދުއްވަމުން ދިޔައިރު […]
އެވްލީން އެތެރެއަށް ދާން ހިނގައިގަތުމާއެކު ރިހާނީއަށް ކައިރީގައި ހުރި ރެޑްވުޑް ގަހަށް ލެނގިލެވުނެވެ. ރިހާނީ އަވަސް އަވަހަށް އޭނަގެ ފޯނުނަގައި ޖުނެއިނާގެ ފޯނަށް ގުޅާލައިފިއެވެ. ހަތަރު ފަހަރު ގުޅުމުންވެސް ޖުނެއިނާ ފޯނެއް ނުނެގިއެވެ. ރިހާނީގެ ލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ކުއްލިޔަކަށެވެ. ފޯނު ނަގާ ހޫރާލެވުނު އިރު ރުޅިއައިސް ރިހާނީ އެތެރެއިން އަނދަމުން ދިޔައެވެ. ” އަހަރެން ކަލޭގެ ދިރިއުޅުން ބަރުބާދު ކޮށްލާނަން އެވްލީން… ” ރިހާނީ ދެދަތްޕިލް ޖައްސާ ބާރުކޮށްލިއެވެ. އެވަގުތު ހިޔާލަށް އަކިކަމެއްގެ ސަބަބުން […]
އަވްލީން އަކީ އާދައިގެ އާއިލާއަކަަށްް ނިސްބަތްވާ ކުއްޖެކެވެ. ހަޔާތުގައި ދިމާވި އަޑިގުޑަންތައް ކެއްތިކަމާއި އެކުު ކަޑައްތުކުރުމަށް ފަހު އެންމެ ކުޑައިރުއްސުރެ ޑޮކްޓަރަކަށް ވުމަށް ދެކެމުން އައި ހުވަފެނުގައި ކުލަޖައްސައެެވެ. ރާދިން އަކީ ‘ޑްރީމްް ކެއާ ހޮސްޕިޓަލް’ ގެ ވެރިފަރާާތް ކަމިގައިވާާ ރިޔާދުގެ ހުރި ހަމައެކަނިި ދަރިފުޅެވެ. ރާދިންއަށް އަވްލީން އެންމެ ފުރަތަމަ ފެނިލުމިންވެސް އަވްލީން ދެކެ ލޯބިވެވެއެވެ. އަދި އަވްލީންގެެ ލޯބި ހާސިލްކުރުމަށް އަތުކުރި އޮޅާލައެވެ. * މީ އަޅުގަނޑު މިި ސައިޓަށް ލިޔާ އެންމެ ފުރަތަަމަ […]
އަވަސްވެފައިވާ ހިތަކާއި އެކު މެސެޖު ހުޅުވާލި ވިޝްނާގެ މޫނުގެ ކުލަވަރު އެއްކޮށް ބަދަލުވި އެވެ. މަޑު މުށިކުލަ އަކަށް ދާ ޝޯލްއަކުން ނިވާކޮށްފައިވާއިރު އެ ލޯބި މޫނާއި ވަރަށް ގުޅެ އެވެ. ނަމަވެސް އެމޫނުމަތިން މިހާރު ފެންނަމުން އެދަނީ ފޫހިކަމާއި މާޔޫސްކަމެވެ. މިހުރިހާ ކަމެއްގެ އަސްލަކީ ދެންމެ އޭނާއަށް ލިބުނު މެސެޖެވެ. ލިބުނު ޚަބަރުން ފޯނުން ނަޒަރު ވަކިކޮށްލަން ހަނދާންނެތިފައި އިންދައި އެހެން މެސެޖެއް އައެވެ. ފޫހިވެފައި އިން ނަމަވެސް މިފަހަރުގެ މެސެޖު ހުޅުވާލުމުން ކުރިން ހުރި […]
މުޅި ހިސާބުގަނޑުގައިވަނީ ހަމަހިމޭންކަމެވެ. ކޮންމެވެސް ހިސާބަކުން ކާރެއްގެ ބަރުގަނު ނުވަތަ ސައިކަލެއްގެ ބަރުގޮނު އަޅާލާ އަޑު އިވިދާނެއެވެ. އެ ނޫން އެހެން އެއްވެސް އަޑެއް ނީވެއެވެ. އެއްބަޔަކަށް އެ ހަމަހިމޭންކަމުން ފަޅުކަން އިހްސާސް ކުރެވުނު ނަމަވެސް އަނެއްބަޔަކަށް އެފަދަ ހަމަހިމޭންކަންވަނީ ހިތުގެ ހަމަޖެހުން ކަމުގައެވެ. ނުސައިބާ އޮތީ އޭނާގެ ހަމަހިމޭން ކޮޓަރީގެ އެނދުގައި ހަމަޖެހިލައިގެން ފުން ވިސްނުމަކަށް ގެއްލިފައެވެ. “ކުރާނީ ކީއް ހެއްޔެވެ؟ ވިސްނައިދޭން ކުރާނެހާ މަސައްކަތެއް ކުރެވިއްޖެއެވެ. އެކަމަކު އެ އުޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. […]