އިބާއަކީ ރީތި ކުއްޖެކެވެ. އޭނާގެ ރީތިކަމުގެ ސަބަބުން އެތައް ފިރިހެންކުއްޖެއްގެ އަމާޒުފަތްގަނޑަކަށް ވެފައިވާ މަޝްހޫރު ކުއްޖެކެވެ. ލިބިފައިވާ ރީތިކަމެއްގެ ސަބަބުން އޭނާގެ ކިބައިގައި އިންތިހާއަށް ބޮޑާކަމާއި ކިބުރުވެރިކަންވެއެވެ. މުއްސަނދި އާއިލާއެއްގެ ކުއްޖެއްކަމުން އޭނާ ދިރިއުޅެމުންދަނީ ގަނޑުވަރެއްފަދަ ގެއެއްގައި ރަސްދަރިކަނބަލެއް ފަދައިންނެވެ. ފެޝަނަށް ލޯބިކުރާ ޒަމާނީ ކުއްޖެކެވެ. އިބާއަކީ ސްކޫލްގެ ގްރޭޑް ދިހައެއްގައި ތަޢުލީމު ހާސިލްކުރަމުންދާ ކުއްޖެކެވެ. ކިޔެވުމަށް އަރާހުރި ކުއްޖެއް ނަމަވެސް އޭނާގެ ކުލާހުގައި ކިޔަވަމުންދާ ސުހާއާއިމެދު އޭނާގެ ހިތުގައި ހަސަދަވެރިކަންވެއެވެ. އޭނާއަށްވުރެ ސުހާ ކިޔެވުމަށް މޮޅުވީތީއެވެ. […]
ދުވަސްތައް ހަލުވި ކަމާއެކު ފާއިތު ވެގެން ދިޔައިރު އަކިޔަސް އެވްލީންގެ ހުރިހާ ކަމަކަށް ވަރަށް ބޮޑު ފަރުވާތެރި ވިއެވެ. ޚިދުމަތްތެރި ފިރިއަކު ފަދައިން އަކިޔަސް ކޮންމެ ދުވަހަކު ހެނދުނު އެވްލީންއަށް ނާސްތާ ގެނެސްދެއެވެ. ގޭގައި މެއިޑުން ތިބި ކަމުގައި ވީނަމަވެސް އަކިޔަސް އެކަންތައް އަމިއްލައަށް ކުރުމުން އޭނައަށް ބުނަން ނޭގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދެއެވެ. ނޭގުމުގެ ތެރެއިންވެސް އަކިޔަސްގެ ހިތުން އެވްލީންއަށް ޖާގައެއް ވަނީ ދެވިފައެވެ. އެހެން ނޫންނަމަ ކަންކަމުގައި އެހާ ފަރުވާ ކުޑަ އަކިޔަސްގެ […]
އެލީސާ އެވްލީންއާއި ދިމާއަށް ލޯއަޅާލި އިރު އެދެލޮލުގައި ވިދަމުންދިޔަ ނަފްރަތުގެ ހުޅުކޮޅުތައް އެވްލީންއަށް ނިކަން ފަސޭހައިން ދެނެގަނެވުނެވެ. ބިރުވެރި ކަމުގެ ރާޅު ބާނީތަކެއް ހަށިގަނޑުގެ ހުރިހާ ނަރުތަކުގައި ދުވެލި ހިނދު ނޭގޭ ބިރުވެރިކަމެއް އެވްލީންގެ ހިތުގައި ބާރަކަށް ވިކައިގަތެވެ. ބޭއިހްތިޔާރުގައި އެވްލީންއަށް އަކިޔަސްގެ އަތުގައި ހިފަހައްޓާލެވުނެވެ. ” ލީން ކިހިނެއްވީ ؟ ” އަކިޔަސްއަށް އަހާލެވުނެވެ. ” އެލީސާ… ” އެވްލީން އަވަސް އަވަހަށް ބުނެލައިފިއެވެ. ” އޭނަ ވަރަށް ޖެލަސްވާނެ ލީންއާއެކު އަހަރެން ހުއްޓާ ފެނުނީމަ… […]
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔަ އެވެ. ވަގުތަކީ ހުރިހާކަމަކަށް ވެސް ޝިފާއަކަށްވާ ފަދައިން ލަސްލަހުން ނަމަވެސް ގޭތެރޭގެ ހާލަތު ހަމައަކަށް އެޅެމުން ދިޔަ އެވެ. ޒިވާންގެ ވަކިވެ ދިއުމުގެ ހަޤީޤަތާ ހުރިހާ އެންމެން ވެސް ކުރިމަތިލަމުން ދިޔައީ ކެތްތެރިކަމާއެކުގައެވެ. އެނާޒުކު ދަނޑިވަޅުގައި އާޢިލާގެ ހުރިހާ މެންބަރުންގެ ފަރާތުން ލިބެމުން އައި އޯގާތެރިކަމާއި ހިތްވަރުގެ ބަސްތަކުން ޒަހަމްވެފައިވި މާއީގެ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ލިބެމުން ދިޔަ އެވެ. ލިބެމުން ދިޔަ ލޯތްބާއި އޯގާތެރިކަމުން ހިތާމަތަކާއި ކެރިގެން ކުރިމަތިލާން މާއީ […]
ދަންވަރުގެ ވަގުތެވެ. އައިރާއަށް ހޭލެވުނީގޭ ފޯނު ރިންގުވާ އަޑަށެވެ. އިރުކޮޅަކަށް ފަހު އިވުނީ މަންމަގެ ހަޅޭކުގެ އަޑެވެ. އައިރާ އަވަހަށް ކޮޓަރިން ނުކުތެވެ. ކޮޓަރިން ނުކުމެވުމާއެކެ ފެނުނީ ވެއްޓިފައި އޮތް މަންމަ އެވެ. އައިރާ ބާރަށް މަންމަ އަށް ގޮވަން ފެށިއެވެ. މަންމަގެ ހޭވެރިކަމެއް ނެތެވެ. ގޭގަ ބައްޕަ އެއްވެސް ނެތެވެ. އައިރާ މަންމަ އަށް ގޮވާ އަޑަށް އެންމެ ހަނގު ކޮއްކޮ އާރާ ވެސް ހޭލައިގެން ރޯން ފަށައިފިއެވެ. އައިރާ އަށް މަންމަ ދޫ ކޮށްލާފަ […]
ހަނދުވަރުގެ އަލީގައި މޫދުގެ ލޮނުގަނޑު ފެންނަލެއް ފުރިހަަމައެވެ. ކަޅު ކުލައިގެ ސާލެއް އޮޅާލެވިފައި ފަދަ އުޑުމަތީގައި ކުދި ކުދި ތަރިތަށް ބަބުޅަމުން ދިޔަކަމުގައިވިޔަސް ތަރިތަކުގެ އަލިކަމަށް ގޮންޖަހަމުން ހަނދު އޭގެ މަޤާމަށް އިސްވެގަތެވެ. މުޅި ފަޒާ އޭގެ އަލިން އަލިކުރަމުންނެވެ. ނަމަވެސް އިންޒާރެއް ދިނުމެއްނެތި ކަޅު ވިލާތަކުން އުޑުމަތި ބަނަކޮށްލިއެވެ. ނިކަމެތި ކަމާއެކު ހަނދުވެސް ވިލާގަނޑު ފަރުދާއަކަށް ހަދާލިއެވެ. ޖަހާލި ކުއްލި ހޮނު ގުގުރިއާއެކު ވާރޭގެ ކެރިގަނޑެއް އޮއްސާލިއެވެ. ފިނި ރޭގަނޑުގެ އަރާމުކަން އިތުރުކޮށްދެމުންނެވެ. ބިންމަތީގައި ހުރި […]
“އަމްރު…” ދޮރުމަތިން އިވުނު އަޑުން ދެމީހުންނަށް ތެޅިގަނެފައި ތެދުވެއްޖެއެވެ. ތިރިއަށް ބަލަންހުރި ނިކަތު ހެނދުން ރީތި ކޮއްލަމުން އަމްރުއަށް ލޯބޮޑު ކޮއްލިއެވެ. އަދި ކުރިމަތީގައި ހުރި މިހާއަށް ބަލާލިއެވެ. ވަގުތުން އެމީހާ ފަހަތަށް ޖެހިލައިފިއެވެ. މީހަކު ސިންގާއެއް ފެނުނަސް އެވަރު ނުވާނެއެވެ. “ތަޝްކީލް…” ތެޅެމުން ދިޔަ ހިތާއެކު ބޭއިޙްތިޔާރުގައި އީމާނާއަށް ބުނެލެވުނެވެ. އީމާނާ އެހެން ބުނުމާއެކު އަމްރު ބުމައަރުވާލައިފިއެވެ. 19 ޖެނުއަރީ 1996 ތަޝްކީލް މަޑުކޮއްލައިގެން އިނީ ގޭގެ ދޮރުމަތީގައި ކޮޅަށެވެ. ކޮނޑުމަތީގައި ދިހަދުވަހުގެ ކުޑަކުޑަ ރުކާޔަތާއި […]
ހޮނިހިރު ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އޭރު އަދި 8ވެސް ނުޖަހައެވެ. މަލާކްގެ އެދުމުގެ މަތިން އެހާ ހެނދުނާވެސް އަފާއާއި މާޒް އޭނާއެކު ރަށުގެ ޖެޓީ ފަރާތުން ގެސްޓް ހައުސްތަކާ ދިމާލަށް މޫދަށްއައިސްއުޅެއެވެ. “މީނަ ކަޅުވެދާނެތީ އަރެމެން މިޖެހެނީ ޗުއްޓީދުވަސް ދުހުގެ ނިދިވެސް ނަގާލާފަ މީނަ އާއެކީ އަންނަން ދޯ އަފާ؟!” މާޒް ހުއްޓާލުމެއްނެތި މަލާކާ ދިމާކިރަމުން ދިޔައެވެ. މާޒްގެ ވާހަކަތަކަށް ރައްދު ދިނުމެއްނެތި މަލާކް ދިޔައީ އޭނާގެ އައިފޯނުން ‘ހެސްކިޔާފަ’ފޮޓޯ ނަގަމުންނެވެ. އެމަންޒަރުތަކާއި ވަގުތުތައް ހިތުގަޔާއި ފޯނުގައި […]
އިރު އޭގެ ވާޖިބު އަދާކުރަމުން ދުނިޔެއަށް އޭގެ ރަން ދޯދިތައް ފޯރުވަމުން ދެއެވެ. މިއަދުވެސް އަވްލީން އަތްމަތި އަވަސްކޮށްލައިގެން އުޅެނީ ސްކޫލަށް ދާން ޖެހޭ ގަޑި ކުޑަތަން ވެފައި ހުރުމުންނެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. އަވަލީންއަށް ފަތިހު ތެދުވެ ގޭތެރެ ސާފުކޮށް ސައިހަދާ ކަންތައް ކުރުމަށް ފަހު ސްކޫލަށް ގަޑިއަށް ދެވެނީ ހަމަ ކިޔިރަ ކިރިޔާއެވެ. ކިތެއްމެ ލަހުން ތެދުވެވުނު ނަމަވެސް ސައިހަދައިކަންތައް ނުކޮށް ސްކޫލަށް ގޮސްފި ނަމަ އަވްލީން ގެ ދޮންމަންމަ ޔާސިރާ […]