އެންމެ ނިދި ގަދަވީ ވަގުތު މަންމައައިސް ގޮވަން ފެށިއެވެ. ދަންވަރު ހޭލާއެޅުފައި ނިދަން ޖައްސާލި ވަގުތު އެގޮވީ ސްކޫލަށް ދާށެވެ. އެނދުން ނުތެދުވަނީސް ނުހުއްޓާނެކަން އެނގޭތީވެ ކަންނެއް ކަމާއެކު އެނދުން ތެދުވެގެން ފާާޚާނައަށް ވަނީމެވެ. ހަމައެކަނި ދަތް އުނގުޅައިގެން ފާޚާނައިން ނިކުމެ ޔުނީފޯމްލާ ތައްޔާރުވީމެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓުނު ވަގުތު ދިގުވެފަައި ހުރި އިސްތަށިގަނޑު ފެނުނެވެ. ޖެލްލައި ތަތްކޮށްގެން ދާހާ ވަގުތު ނެތުމުން އެހުރި ގޮތަށް ބަހައްޓާފައި ފޮތް ދަބަސް ހިފައިގެން ގެއިން ނުކުތީމެވެ. ކަންނެއް ހިނގުމެއްގައި […]
އަބަދަށްވެސް އަހަރެން ހިތްހެވެ. “ނާނީ” އަކީ އަހަރެން ލޯބީގެ ގޮތުން ގުޅުނު ބައިވެރިޔާއެވެ. އެ މީހަކަށް މިހިތުން އެންމެ މަތީ ޖާގަ ދެވުނު ޖިންސުއްލަތީފެވެ. ލޯބީގެ ދަރުބާރުގައި ރަނިކަަމާގެ މަޤާމު ދެވުނު ރާނީއެވެ. އުފަލުގެ ކޮޅެއް ނެތް ހާލު، ނާނީއާއެކު ލޯބީގެ ދަތުރު ފެށީމެވެ. ހިތް ހެޔޮ ކުއްޖެކެވެ. އެހާމެ އޯގާތެރިއެވެ. ލޯބިދީ މި ހިތް އުފަލުން ފުރުވާލައެވެ. އޭނާ އެންމެ ފުރަތަމަ ހުވާ ކޮށްފާ ބުނި ފަދައިންނެވެ. ދުވަހަކުވެސް ވަކިނުވާން ދެމީހުންވެސް ދިޔައީ ވައުދު ވަމުންނެވެ. […]
އެވްލީން ޖެޓީ ވަށާ ޖަހާފައިވާ ރެއިލިންގައި އަތް ވިއްދާލުމަށްފަހު މޫދަށް ނަޒަރު ހިންގާލުމުން އަކިޔަސް ވަޔާއެކު އެވްލީންގެ މޫނަށް ފައިބަމުން ދިޔަ އިސްތަށި ކޮޅުތައް އެއްފަރާތް ކޮށްލަ ދިނެވެ. ” ސަޗް އަ ބިއުޓިފުލް އޯޝަން… ލަންޑަން އިން ނުފެންނަހާ ރީތި ސީނެރީތަކެއް… ” އެވްލީން ހުވަފެނީ ގޮތަކަށް ބުންޏެވެ. ” ނޮޓް އީވެން ކްލޯޒް ޓު ޔޯރ ބިއުޓީ… ” އަކިޔަސް އެއްލޯ މަރައިލަމުން ހިނިތުންވެލިއެވެ. ކާރުއައީ މެންދުރު އެކެއް ޖަހަން ކައިރިވެފައި ހުއްޓާކަމަށް ވުމުން […]
ކޮންމެ މީހެއްގެ ހަޔާތުގައިވެސް އެކިއެކި ކަންތަށްތަކާ ދިމާވާނެއެވެ. ބައެއް ދުވަސްތަކަކީ ތިބާގެ ހަޔާތަށް ބަހާރުމޫސުން އައިސްފައިވާ ދުވަސްތަކަށް ވެދާނެއެވެ. އަދި އަނެއްބައި ދުވަސްތަކަކީ ތިބާގެ ހަޔާތް ކަޅުވިލާގަނޑަކުން ފޮރުވިފައިވާ ދުވަސްތަކަކަށްވެސް ވެދާނެއެވެ. ނަމަވެސް މި ދަނޑިވަޅު ތަކަކީ މުޅިން ހިތްވަރު އެލުވައިލާ ހުއްޓެންވީ ދަނޑިވަޅުތަކެއްނޫނެވެ. އޭގެ ބަދަލުގައި އާ ހިތްވަރެއްލައި ކުރިޔަށް ހިނގައިގަންނަންވީ ވަގުތެވެ. ދަރިންނަކީ މާތް ﷲ އަހަރުމެންނަށް ބަލަން ހަވާލުކޮށްފައިވާ އަމާނާތެކެވެ. އެކުދިންނަށް ފުރިހަމަ ރަށްކާތެރިކަން ފޯރުކޮށްދީ ހިމާޔަތް ކޮށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ […]
އޮމާންކޮށް އޮތް ކަނޑުގެ ލޮނުގަނޑު ކަފަމުން އައި ލާންޗެއް ރަށުގެ ބަނދަރާ ކައިރިކޮށްފިއެވެ. އެވަގުތު އެ ލާންޗުންފޭބީ ޒުވާން ފިރެހެން ކުއްޖެކެވެ. އިސްކޮޅުން ދިގު، ބާމަތިފުޅާ ޒުވާނެކެވެ. މާ ދިގު ނޫން ފަން އިސްތަށިގަނޑު ވަނީ ރީތިކޮށް ސަޓައިލް ކޮށްލާފައެވެ. އޭނާ ލާފައިވާ ބްރޭންޑެޑް ގަމީހާއި ސްކީނީ ޖީންސް، އޭނާއަށް ލިބިފައިވާ މާ ދޮން ނޫން ހަމުގެ ކުލަޔާ ނުހަނު ގުޅެއެވެ. ލޮލުގައި އަޅާފައިވާ ރޭބަން އަވިއައިނު ނެގުމަށް ފަހު، ނޫ ކުލައިގެ ލެންސް ލައްވާފައިވާ އެ […]
އައިރާގެ ކައިވެނީގެ ކަންތައްތައް އަނީސާއްތަ ކުރަމުންދަނީ ވަރަށް ފޯރީގައެވެ. ރަޝާދުވީ ރާއްޖޭން ބޭރުގައެވެެ. އަނީސާއްތަ ބުނާގޮތުން ރަޝާދު ދިޔައީ ކައިވެންޏަށް ބޭނުންވާ ތަކެތި ގަންނަަން ބެންކޮކަށެވެ. އައިރާއަށް އަބަދު ވިސްނެނީ އޭނާއަށް ދިމާވެފައިވާ މަޖުބޫރީ ހާލަތާއި މެދުގައެވެ. މަންމަގެ ހާލަކީވެސް މިއެވެ. ލޯބިވާ ދަރިފުޅު ގޮތް ނޭނގޭ މީހެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ހިތައްކެތްވާވަރުގެ ކަމަކަށް ނުވެެއެވެ. **** ހަވީރުގެ ވަގުތެވެ. އައިރާ ހުރީ ގޭ ކައިރީގައެވެ. އާރާ ފޫހިވެގެން ރޯވަރުންނެވެ. ކުރިމައްޗަށް ހުއްޓާލީ ސައިކަލެކެވެ. “ހެލޯ އައިރާ” […]
މަޑު މަަޑުން އޭނާގެ ދެފައި ހަރަކާތް ކުރަން ފެށިއެވެ. އެފުށް މި ފުށަށް ޖެހިިފައިވާ އޭނާގެ ކޮޓަރިތެރެއަށް ބަލަމުން މަޑު ހިނގުމެއްގައި ގޮސް ދޮރުލުޅުވާލިއެވެ. އޭރު އެތާދޮރުމަތީ މާކަނައެއްގެ ތުންގަޑެއްހެން ތުން ހަދައިގެން އޭނާގެ އެކުވެރި އިރާޝް ހުއްޓެވެ. ”ބްރޯ! ކަލެއެކޭ ތަތްކަންގަދަ އަންހެނެކޭ ތަފާތެއްނެތެއްނު؟ޓަކިދޭތާ 1 ގަޑި އިރު ވާފަހުން ވިއްޔާ ދޮރުހުޅުވޭވަރު ތިވަނީ. ކީއްތަ ތިކުރަނީ ކޮޓަރި ތަޅުލައިގެން؟…”އޭނާ ހަމަ ދޮރު ހުޅުވާލުމާއެކު އިރާޝް ޝަކުވާގޯނި އޮއްސަާލިއެވެ. ”ސާބަސް ކަލެއަށް…. ކޮޓަރިއަށް ތިވަރު ނޭރުވިއަސް ވެދާނެ ދޯ !”ޝިވަން އިސްތަށިގަނޑު ގެ ތެރެއަށް އަތް މަހަާލިއެވެ. ” އޭ ޝިވަން މަ މި ވާހަކަ ދައްކަނީ ކަލެއާ އޭ މިހިރަ ހަތަރު ފާރަކާ ނޫނޭ” އިރާޝް ހަޅޭއްލަވައިގަތެވެ. އެެ… މަށާ ތަ؟”ޝިވަން ސިއްސައިގެން ގޮސް ވާހަކަ ދެއްކިއެވެ. ”އާނ… ކަލެޔާ… އޭ ތިއެއް ނޫނޭ…. ހިނގަަަާަަ މަށާ އެއްކޮށް ކޮފީ އަކަށް އަރަން.” އިރާޝް އަށް އެކުވެރިޔާގެ ހާލު ވިސްނި އިހްސާސް ކުރެވެއެވެ. ކިތަންމެ ކުޑަ ކަމަކާވެސް ޝިވަން އަށް އެވަރު އަރުވާފާނެއެވެ. ދެންމެ ވެސް ރުޅިގަދަވެގެން އެ އުޅެނީ ިއޭނާގެ މަންމަގެ އެކުވެރި އެއް ވިހައިގެން އޭނާ އަށް ގޮވާލުމަށް މަންމަ އާއި ބައްޕަ އޭނާ އަށް ގޮވާލަން ދަމުން އޭނާ އާައި ކޮމްޕެނީގެ މީޓިން އެށް ފުރިހަމަ ކޮއްދިނުމަށް އެދުމުންނެވެ. އޭނާ ރުޅި އައިސްފިއްޔާ ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ ކަމުގެ ބިރަށް އިރާޝް އަށް ގުޅާފައި އޭނާ ކޮބާތޯ ބަލާލުމަށް އެދުނެވެ. ޝިވަން ރީތި ވެލައިގެން ނިކުއިތް އިރު އިރާޝް އިނީ ސޯފާގައި ފުންވިސްނުމަކަށް ގެއްލިފައެވެ.” ބޮރޯ! އޭ ކޮންވިސްނުމެއްގައި؟ އަނެއްކާ ބިޓު ކެޓީތަ؟”ޝިވަން ސަމާސާ ރާަކަށް ބުނެލިއެވެ. ”އާނ….. އެހެންޔަ މަ ވިއްޔާ މިއުޅެނީ ބިޓު ގޮވައިގެން ބުރު ތަޅަން…ހޫން ދެން ހިނގާ އަވަހަށް ދާން” އިރާޝް ސޯފާއިން ތެދުވަމުން ބުނެލިއެވެ. ދެ އެކުވެރިން ގެއިން ނިކުމެގެން ގޮސް އިރާޝް ގެ ސައިކަލަށް އަރާ ދުއްވާލިއެވެ. ދެއެކުވެރިންގެ މެދުގައިވަނީ މަރު ފަދަ ހިމޭން ކަމެކެވެ.
“ލީން ދެރަވާނެތީ އޭ އަސްލު މަ އެއް ވަނަ ނުހޯދަނީ. އެއީ ލީން އަށް ސްޕެޝަލްކޮށްފަ އިންނަ ޕްލޭސް އެއް. އެނީވޭސް!! މިފަހަރު އަސްލުވެސް ހަމަ އުނދަގޫ އިނގޭ. ދެން ބަލަމާ ދޯ ވާނެ ގޮތެއް ވެސް” ވާހަކައިގައި ތިބެ އަވްލީންގެ ގެއާ ހަމައަށް އާދެވުމުން ދެ އެކުވެރިން ވަކިވިއެވެ. 3 މަސް ފަސް އަމީނިއްޔާ ސްކޫލްގެ ގޯތިތެރެ ވަނީ ދަރިވަރުންނާއި ބެލެނިވެރިންނުން ފުރާލެވިފައެވެ. ކޮންމެ މިހެން ވެސް އިންތިޒާރު ކުރަމުން ދިޔައީ އެންމެ ފަހުން […]
އަނދިރި ކޮޓަރިތެރެއިން އިވެމުން ދިޔައީ އަންހެން ކުއްޖެއްގެ މަޑު ގިސްލުމުގެ އަޑެވެ. ވޭނުން ފުރިފައިވާ އެ ގިސްލުން އަޑު އިވޭ ކޮންމެ މީހަކަށްވެސް އަސަރު ކުރާނެކަން ގައިމެވެ. ފެން ލައިޓުން އެޅެމުން ދިޔަ އަލިފިޔަވައި އިތުރު އައްޔެއް އެ ކޮތަރިތެރޭގައި ނުވެއެވެ. ކޮޓަރީގެ ކަނުގައި ލެނގިގަނެގެން ކަކުލުގައި ބޯ ޖައްސާލައިގެން އިން އަންހެން ކުއްޖާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. ކޮޓަރީގެ ބޭރުގައި ހިނގާ ކަންތަކުގެ އަޑު ވަރަށް ސާފުކޮށް އޭނާއަށް އިވެއެވެ. “އޭ ބުރޯ..ކޮބާ ކިހިނެތް ކިިހިނެތް..” […]