ހިތް އެދުނަސް… (14)
އިވެމުން ދިޔަ ވާހަކަ އިން ޒައިން ގެ ހިތަށް އެތަކެއް ޒަހަމެއް ލިބެމުން ދިޔައެވެ. މޭތެރޭގައި އޮތް ހިތަށް ތޫނު ހަންޖަރެއް ހަރައިލިޔަސް އެހާ ތަދުވާނޭކަމެއް ނޭނގެއެވެ. އިހްތިޔާރަކާ ނުމެލާ އަނގައިން ވޭނީ އާހް އެއް ބޭރުވެގެން ދިޔައެވެ. އިތުރަށް އެތަނުގައި ހުރުމުގެ ހިޔާލް ދޫކޮށްލުމަށްފަހު ހަލުވި ފިޔަވަޅުތަކުގައި ޒައިން މިސްކިތުން ބޭރަށް ދިޔައެވެ. އަތުގައި އޮތް ފޯން އެވަގުތު ރިންގް ވަމުން ދިޔަނަމަވެސް ޒައިން ފޯނަށް ބަލާލުމަށްފަހު ސައިލެންޓަށް ލަމުން ޖީބަށް ކޮށްޕައިލިއެވެ. ގުޅަނީ އީނާލް އެވެ. މިވަގުތު އޭނާ އީނާލް އާއި ވާހަކަ ދައްކާނޭ މޫޑެއް ނެތެވެ.
“ވައި” އީނާލް އާ މެދު ހިތުގައި ފުރަތަމަ ފަހަރަށް ޝަކުވާ އުފެދުނެވެ. އީނާލް އަށްޓަކައި އެ ހިތަށް ކުޑަނަމަވެސް ކިލަނބުކަމެއް އަތުވެއްޖެއެވެ. އެހެންނަމަވެސް އަދިވެސް އީނާލް ދެކެ އޭނާ ވަމުން ދިޔަ ލޯތްބަށް ކުޑަވެސް ބަދަލެތް ނާދެއެވެ.
އިވިގެން ދިޔަ ހަގީގަތް ބަދަލް ކުރަން ކިތަންމެ ބޭނުންވިޔަސް އެ ވާހަކަ ތައް އެ އަޑު އެހީ އީނާލް ގެ ބައްޕަގެ ދުލުންނެވެ. ހަމަގައިމުވެސް އީނާލް އޭނާ ދެކެ ހަގީގީ ލޯބި ވަންޏާ އެހެން މީހަކާ އެކު ޒަވާޖީ ހަޔާތެއް ފަށާކަށް އެއްބަހެއް ނުވާނެއެވެ. އަނެއްކާ އީނާލް އޭނޭ އާއެކު ފޭކް ކުޅިވަރެއް ކުޅެނީހެއްޔެވެ؟ އީނާލް އިންނަން އެއުޅެނީ އީނާލް އާއި އެއްފެންވަރެއްގެ މީހަކާއެވެ.
އަނެއްކާ އީނާލް ވެސް އޭނާ ނިކަމެތިވުމުން އޭނާގެ އިހްސާސް ތަކާ ކުޅެނީހެއްޔެވެ؟. ވަމުން ދިޔަ ދެރައާ އެއްވަރަށް ތަފާތު ސުވާލުތަށްވެސް ޒައިން ގެ ހިތަށް ވެރިވަމުން ދިޔައެވެ.
ގެއާ ދިމާލަށް މިސްރާބުހުރި ޒައިން ގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައީ އެކުވެރި އާސިފް ސައިކަލުގައި އައިސް މަޑުކޮށްލުމުންނެވެ. “އޭތް ބްރޯ ކޮންތާކަށް ގެއަށްތަ؟ މަންމަ ބުންޏޭ ޒައިން ގެންނަން މިއަދު… ފާޑެއްގެ ބޮނޑިބަތް ގަނޑެއް ކައްކައިގެން އުޅޭތީ… ހިނގާދަމާ” އާސިފް ބުނެލިއެވެ.
“މިއަދު ދެން ގެއަށް ދޯ ދާނީ” ޒައިން ހަމަޖެހެން މަސައްކަތް ކުރަމުން ޖަވާބުދިނެވެ. “އުހޫން… ތި ގޮތް ކަމަކު ނުދާނެ ހިނގާ މަގޭ ގެއަށް ހަމަ މިހާރު. މަ ޒައިން މަންމަ އަށް ގުޅާފަ ބުނެފާނަމޭ ހެހެ” އާސިފް ހީގަންނަމުން ބުނެލިއެވެ. “އަނެއްކާ އަހަރެމެން ގެއަށް ދަނިކޮށް ތި ހިތުގެ ރާނީވެސް ފެނިދާނެއެއްނު” އާސިފް އެއްލޯ މަރާލަމުން ޒައިން އާ ދިމާކޮށްލިއެވެ. އެހެންނަމަވެސް އެހެން ފަހަރު ފަހަރާ ތަފާތުކޮށް އާސިފް ގެ އެ ސަމާސާއިން ޒައިން އަށް އެއްވެސް ކަހަލަ ހިންހަމަޖެހުމެއް ނުލިބުނެވެ. އެހެނެއްކަމަކު އޭނާ ގެ ސިކުނޑީގައި ދެންމެ ނާޖިދު މެން ދެއްކި ވާޖަކަ ތައް ގުގުމަން ފެށިއެވެ.
ދެފަރާތަށް ބޯ ހޫރާލެވުނީ އެ ހިޔާލް ތަކުން މިންޖުވުމަށެވެ. ޒައިން އާސިފް ގެ ސައިކަލު މައްޗަށް އަރާ އިށީނެވެ. “ދެން ހިނގާ” ޒައިން ބުނެލިއެވެ. ޒައިން ގެ ހަރަކާތް ތައް ހުރިގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަމުގައި އާސިފް އަށް ގަބޫލް ކުރެވުނެވެ. އެހެންނަމަވެސް މިވަގުތު އޭނާ އެއްވެސް ވާހަކަ އެއް އަހަން ގަސްތެއްނުކުރިއެވެ.
އާސިފް މެން ގެއަށް ގޮސް ކައި ހަދައިގެން ޒައިން އާއި އާސިފް ނުކުމެލީ އާސިފް މެން ގޭގެ ގޯތިތެރޭގައި ހުރި ބަނބުކެޔޮ ގަހުގައި އެލުވާފައި ހުރި އުނދޯލިތަކަށެވެ. އީށިޏދެ ހަމަޖެހިލަމުން އާސިފް ޒައިން އަށް ފުން ނަޒަރެއް ދިނެވެ. “ޒައިން ދެން ކިޔައިދީބަލަ… ކިހިނެތް ވީ؟” އާސިފް އަހާލިއެވެ.
“ހޫމް ކީކޭ” ހިޔާލް ތަކަށް ގެއްލިފައި އޮތް ޒައިން ސިއްސައިގެން ގޮސް ސުވާލްކުރިއެވެ. “ވެގެން ތިއުޅޭ ގޮތެއް ކިޔައިދީބަލާށޭ… އަނެއްކާ އީނާލް އާއި މައްސަލައެއް ޖެހުނީތަ؟” އާސިފް ސުވާލުކުރިއެވެ.
“ނޫން. ނޫން” ޒައިން ޖަވާބު ދީ ނިމުނުތަނާ އޭނާގެ ފޯން އަނެއްކާވެސް ރިންގް ވިއެވެ. އޭނާ ފޯން ނަގާ ބަލާލިއެވެ. ސްކްރީނަށް އަރާފައިވާ އީނާލް ގެ ނަން ފެނުމާއެކު ޒައިން ގެ މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލް ވެގެން ދިޔައެވެ. “ކާކު؟ އީނާލް” އާސިފް ޔަގީން ކަމާއެކު ބުނެލިއެވެ.
ޒައިން ވެސް މިފަހަރު އާސިފް އަށް ސިއްރު ކުރުމެއްނެތި އީނާލް އޭ ބުނެލިއެވެ.
“ފޯން ނުނަގަނީތަ… ތި ނަގާބަލަ” އެއްފަހަރު ރިންގެފައި ފޯން ކަނޑާލުމުން ދެވަނަ ފަހަރުވެސް އީނާލް ގުޅުމާއެކު އާސިފް ބުނެލިއެވެ.
“އަހަރެންނަކަށް ނޭނގޭ ވީ ކަމެއް… އެކަމަކު އީނާލް އަކީ ވަރަށް ރަނގަޅު ކުއްޖެއް. އަހަރެން ބޭނުން ތި ދެމީހުންގެ ދެމެދު އޮތް މައްސަލައެއް ވިއްޔާ ހައްލު ކުރަން” އާސިފް ބުނެލިއެވެ. ޒައިން ވަރަށް ވިސްނަން އިނދުމަށްފަހު ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ.
އަދި ވާހަކަ ނުދައްކާ މަޑު ކޮށްލިއެވެ. “ޒައިން ކީއްވެތަ އަހަރެން ގުޅުމުން ފޯން ނުނަގަނީ… ކޮންމެ ފަހަރަކު ބިޒީ ކޮށްލަނީ ކީއްވެތަ؟” އީނާލް ގެ އަޑުގައިވަނީ މަޑު މޮޅިކަމެވެ. “ބިޒީ ވިއްޔާ ބިޒީ އޭ ވެސް ބުނެލިނަމަ” އީނާލް ގެ އަޑަށް ވެރިވެފައިވާ ހިމޭން ކަމުން ޒައިން އަށް ވެސް އުނދަގޫ ވަމުން ދިޔައެވެ.
“އީނާލް… އަހަރެން ވަރަށް ބިޒީ މިގަޑީގަ ފަހުން ގުޅާނީ ދޯ ވާހަކަ ދައްކަން” ޒައިން އީނާލް އޭ ކިޔާފައި ވާހަކަ ދެއްކުމާއެކު އީނާލް އަށް ހިސާބެއްގެ ހައިރާން ކަމެއް ލިބިގެން ދިޔައެވެ. އެހެންނަމަވެސް ޒައިން އެ ގޮތަށް އެ ވާހަކަ ދެއްކީ ނުހަނު ބިޒީ ކޮށް އުޅޭތީ ކަމުގައި ނިންމަމުން އޭނާ ހިންހަމަ ޖައްސާލިއެވެ.
ދުވަހުގެ ބޮޑުބައި ޒައިން ހޭދަކުރީ އީނާލް އަށް ގުޅާވެސް ނުލައެވެ. އީނާލް ދެ ފަހަރަކު ގުޅުމުން ވެސް ބިޒީ އޭ ބުނެ ޒައިން ފޯން ބޭއްވީއެވެ. އެކަމުން އީނާލް ގެ ހިތަށް ތަދުވެފައި ވީނަމަވެސް އޭނާ ބެލީ ގުޅާ ކޮންމެ ފަހަރަކު ވެސް ޒައިން އާ ހަމަޖެހިގެން ވާހަކަ ދައްކައިލެވޭތޯއެވެ.
މަޣްރިބް ނަމާދުން ފައިބައިގެން އަޔާން ގެއަށް ގޮސް ވަނެވެ. އޭނާ ކޮޓަރިއާ ދިމާލަށް މަޑު ފިޔަވަޅުތަކުގައި މިސްރާބުޖެހީ މަލަކް ގެ ހިޔާލުގައި ހުރެއެވެ. ކުރިއަށް ހަދާނެ ގޮތަކާ މެދު ސިކުޑީގައި އެކި އެކި ކަންތައް ރާވަމުން ދިޔަ އަޔާން އަށް ސިހުން ގެނުވީ ސާމިރާގެ އަޑަށެވެ.
“އީނާލް އެހެން ފިރިހެން ކުއްޖަކާއެކު ފެނުނިއްޔޭ…ކޮންތާކުން؟” ހައިރާންކަން އެކުލެވިގެން ވީ އަޑަކުން ސާމިރާ ނާޖިދު އާ ސުވާލުކޮށްލިއެވެ. ދެމީހުން ވާހަކަ ދައްކަމުން ދިޔައީ ކޮޓަރީގައި ތިބެގެން ކަމަށް ވެފައި ގޭތެރޭގައި ވި އާދަޔާ ހިލާފް ހަމަހިމޭން ކަމުން އަޔާން އަށް އަޑު އިވުނީއެވެ. އަޑު އަންނަނީ ކިރިއަ ކިރިޔާ ކަމަށް ވުމާއެކު އަޔާން ދޮރު ކައިރިއަށް ހުއްޓިލާ ކަންފަތް ދިއްކޮށްލާ ރަނގަޅަށް އޭނާގެ ދެ ކަންފަތް ހުޅުވާލިއެވެ. “އެވެސް އިނގޭތަ ކާކާ ކަން… މިރަށުގަ ގޮތެއް ފޮތެއް ނެތިގެން އުޅޭ ފިރިހެނަކާ… ހަމަގައިމުވެސް އަހަރެން ބޭނުމެއް ނުވޭ އީނާލް އެހާ ދަށް ފެންވަރުގެ މީހަކާ އެކު އުޅޭކަށް… އަހަރެންގެ އީނާލް އަކީ ކިޔަވައިގެން ހުރި މޮޅު ކުއްޖެއް… ގުޅެން ވެސް ޖެހޭނީ އެ ފެންވަރުގެ މީހަކާ ނޫންތަ؟. ” ނާޖިދު ވާހަކަ ދެއްކިއެވެ. ދެމީހުންގެ ވާހަކަތަކަށް ކަންފަތް ދީގެން ހުރި އަޔާންގެ ނިތަށް ރޫތަށް ގިނަވެގެންދ ދިޔައެވެ.
“އަނެއްކާ ކާކާތަ؟ އަޔާން ކުރި ކަހަލަ ކަމެއް ކުރަނީތަ އީނާލް ވެސް… ” ސާމިރާ ގެ އަޑުގައި ހިސާބެއްގެ ޖެހިލުން ވުމެއް ހުރިހެން އަޔާން އަށް ހީވިއެވެ. އޭނާ ބޮލުގެ ތެރެއަށް އަތް މަހާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ދެފަރާތަށް ބޯ ހޫރާލީ މައްސަލައަކީ ކޮބާ ހެއްޔޭ ބުނާފަދައަކުންނެވެ. އެހެން ވިއްޔާ އޭނާ އާއި މަލަކް އާއި ދުރުކުރުވީ އޭނާގެ މަންމަ އާއި ބައްޕަ ހެއްޔެވެ؟. އެކަމުގެ އަޑީގައި ވަނީ އޭނާގެ އަމިއްލަ މައިންބަފައިންގެ ދެއަތް ހެއްޔެވެ؟. އަމިއްލަ ބައްޕަ އާއި މަންމަ އާ ދެމެދު ޝަކުވާ އުފެދުނަސް އެ ދެމީހުންނާ ދެކޮޅަށް ޒުވާބުކޮށް އެއްޗެހި ކިޔާކަށް އަޔާން ބޭނުމެއްނުވެއެވެ. އަދިވެސް އޭނާ އަށް ނޭނގޭ އެތަކެއް ހަގީގަތް ތަކެއް އެބަވެއެވެ. އެ ހަގީގަތާ ހިސާބަށް ވާސިލް ވުމަށް ޓަކާ އޭނާ ގިރާކުރަން ޖެހޭ އުސްގަނޑުތައް ނުހަނު ގިނައެވެ.
އިތުރަށް މަޑުކުރުމެއްނެތި އަޔާން ކޮޓަރިއަށް ހިނގައިގަތީ ދެންމެ ސާމިރާ ބުނި ޖުމްލައިން އޭނާ އަށް ލިބުނު ނުތަނަވަސްކަމަކުންނެވެ. ހުންނަން ބޭނުންވިޔަސް އެވަގުތު އެތަނުގައި މަޑުކުރަން އަޔާން ބޭނުންނުވީ އަންނަ ރުޅީގައި ދޮރުހުޅުވާ ހަޅޭއްލަވައިގަނެވިދާނެއެވެ. އަދި އޭނާ ކެތް ކުރަން ޖެހޭނެއެވެ.
އެހެންނަމަވެސް ކުޑަ ދުވަސްކޮޅަކަށެވެ. އީނާލް ގެ ދިރިއުޅުމާ ބެހޭ ގޮތުން އޭނާ އަށް އެނގުން ވަރަށް މުހިންމެވެ. އީނާލް އާއި އެ ބުނާ ކުއްޖަކާ ދުރުކުރުވައިފިނަމަ އީނާލް އަށް ވެސް ލިބޭނީ ވޭނެވެ. ލޯބިވާ މީހަކާ ދުރަށް ދިޔުމުން ކުރެވޭ އިހްސާސް އޭނާ އަށް ވުރެ ބޮޑަށް ވަކިން އެނގޭނީ ކާކަށްހެއްޔެވެ؟.
އަޔާން ތަހައްމަލް ކުރި ފަދަ ވޭނެއް އީނާލް ކުރާކަށް އޭނާގެ ހިތެއް ދުވަހަކުވެސް ނޭދެއެވެ. އެއަށް ވުރެ ބޮޑަށް އޭނާ ހުރި ހަމަ އެކަނި އަންހެން ކޮއްކޮ ދެކެ ލޯބިވެއެވެ. އެހެން ނަމަވެސް ކުރިއަށް ދިޔުމައްޓަކާ އީނާލް ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ކާކާ ކަން އެނގުން ނުހަނު މުހިންމެވެ. އެހެންކަމަށް ވުމާއެކު އަޔާން ނިންމީ ވީހާވެސް އަވަހަކަށް އީނާލް އާއި ވާހަކަ ދެއްކުމަށެވެ.
ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އީނާލް ގެ ނަޒަރު ހުއްޓިފައިވަނީ ފޯނަށެވެ. އުދާސްކަމާ ވަރުބަލިކަން އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައެވެ. އިރު އިރު ކޮޅަކާ ލާ ފުންނޭވާއިންނާ ހުއްޓިލާ އުނަގަނޑުގައި އަތް ވިއްދާލާ ގޮތުން އޭނާ އެ ހުރީ ކަމަކާ ވަރަށް ފިކުރުބޮޑުވެފައިކަން ދެނެގެންނާކަށް އުނދަގުލެއް ނުވެއެވެ.
އީނާލް ސިހުނީ ފޯން ރިންގްވުމުންނެވެ. ތެޅި ތެޅި އޮތް ހިތަކާއެކު އޭނާ ފޯން ގެ ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ. އަރާފައިވާ ޒައިން ގެ ނަމާއެކު ލަސްކުރުމެއްނެތި އީނާލް ފޯން ނެގުމާއެކު ހަލޯ އޭ ކިޔައިލައިފިއެވެ.
“އީނާލް އަހަރެންނާ ތި ކުރަނީ ސަމާސާ އެއްކަމަށް ވަންޏާ ތިކަން ހުއްޓާލާ… އެއީ އަހަރެން ހަމަ ހަގީގަތުގައިވެސް އީނާލް ދެކެ ލޯބިވަން…” ފުރަތަމަވެސް ވާހަކަ ދެއްކީ ޒައިންއެވެ. ޒައިން ދައްކަމުން ދިޔަ ވާހަކައިން ނަގަންވީ ކޮން މާނައެއްކަމެއް އީނާލް އަކަށް ނޭނގުނެވެ. އަދި ޒައިން އެފަދަ ގޮތަކަށް އޭނާ އާއި ވާހަކަ ދައްކަން ވީ ސަބަބަކީ ކޮބައިކަމެއްވެސް އީނާލް އަކަށް ނޭނގުނެވެ.
“ޒައިން ކީއްވެ ތިހެން ތި ވާހަކަ ދައްކަނީ… އަހަރެން ހަމަ ހަގީގަތުގައިވެސް ލޯބިވާތީއޭ ބުނީ… ކީކުރަން އަހަރެން އޮޅުވާލަންވީ… ދޮގު ހަދަންވީ” އީނާލްއަށް މަޑުމަޑުން ބުނެވުނެވެ. އެ ހިތުގައި ރިހެމުން ދިޔައީ ޒައިން ގެ އަނގައިން ނުކުމެގެން ދާ ކޮންމެ ބަހަކީ އޭނާގެ ހިތުގައި ޒައިން އަށްޓަކައި ވާ ލޯއްބަށް ކުރާ މަލާމާތަކަށް ވީމައެވެ.
“ނޫނެކޭ ޒައިން ނޫނެކޭ… އަހަރެން ނޫޅެމޭ ޒައިން އާ ދުރަށް ދާކަށް” އީނާލް ގެ އަޑު ކުރެހިގެން ދިޔައެވެ. ލޮލުގެ ތެރެއަށް ބޮނޑިވެފައިވާ ކަރުނަތައް އޮހިގަތީ އެއްވެސް ހުއްޓުމެއް ނެތިއެވެ. “ދެން ކީއްވެ އީނާލް ގެ ބައްޕަ އީނާލް ގެ ކައިވެނި އެހެން މީހަކާ ހަމަޖެއްސިރުވެސް އަހަރެން ގާތު ނުބުނެވުނީ… އަހަރެން ގާތު އެންމެ ފަހު ވަގުތު ބުނެ އަހަރެންގެ ހިތް ހަލާކު ކޮށްލަންތަ؟ އާ… ބުނެބަލަ… ޖަވާބު ދީބަލަ” އީނާލް ގެ ކަރުތެރެ ބެދިފައިވުމާއެކު އެއްވެސް ބަހެއް ނުނިކުތެވެ. ކަރުތެރެ ހިނި ތުންފަތުގައ މަޑު ތުރުތުރެއް އުފެދުނު އީނާލް ގެ އަނގައިން އިރު އިރު ކޮޅަކާ ވޭނީ އާހް އެއް ބޭރު ވަމުން ދިޔައެވެ. ޒައިން އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ފޯން ކަނޑާލިއެވެ.
ލިބުނު ޝޮކާއެކު އީނާލް އަށް ހުރިތަނަށް ތިރިވެވުނީ ފޯން ގައި ބާރަށް ހިފައްޓާލަމުންނެވެ.
“ނޫން ޒައިން… ނޫން ނޫން…” ރޮމުން ރޮމުން ދިޔަ އީނާލް އަށް ހަމައެކަނި ކިޔެނީ ޒައިންގެނަމެވެ.
އީނާލް އާއި ވާހަކަ ދައްކަން ނިންމި އަޔާން ބޭނުންވީ މިހާރުން މިހާރަށް ވާހަކަ ދައްކާށެވެ. އެހެންކަމުން އޭނާ ގޮސް އީނާލް ގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމަށް ފަހު ތަޅު އަނބުރާލިއެވެ.
ދާދި ފަސޭހައިން ހުޅުވިގެން ދިޔަ ދޮރާ އެކު ކޮޓަރި ތެރެއިން ފެނުނު މަންޒަރުން އޭނާ އަށް އެދިމާލަށް ބާރު ފިޔަވަޅުތަކެއްގައި ހިނގައިގަނެވުނެވެ.
އިށީނދިގެން ދެފައި ގެ ކަކޫ ނަގާ މޭގައި ޖައްސާލައިގެން އިނދެ ރޮމުން ދިޔަ އީނާލް ފެނި ހިނދުކޮޅަކަށް އޭނާ ގެ ހިތް މަޑު ޖެހިލިހެން ހީވިއެވެ. “އީން… ވަޓް ހެޕެންޑް؟” އަޔާން އޯގާތެރިކަމާއެކު ސުވާލުކޮށްލަމުން އީނާލް އާއި އެއްހަމައެއްގައި އިށީނެވެ. އަދި އޭނާގެ އަތުން އީނާލް ގެ ބޮލުގައި ފިރުމާލިއެވެ.
މީހަކު އެއްޗެކޭ ކީތަ؟ ބުނެބަލަ…” އަޔާން ސުވާލުކުރުމުންވެސް އީނާލް ގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. “ތިވަރަށް ރޯކަށް ނުވާނެ އީން… ހުއްޓާލާފަ ކުޑަބެ ގާތުވެސް ބުނީމަ އެއްނު އެނގޭނީ ވީ ކީއްކަމެއްވެސް… ތެދުވޭ ދެން އަވަހަށް…” އަޔާން އީނާލް ގެ އަތުގައި ހިފާ ކޮޅަށް ނަގަން މަސައްކަތް ކުރަމުން ބުނެލިއެވެ.
ރޮމުން ދިޔަ އީނާލް ކަރުނަ ފޮހެމުން ތެދުވިއެވެ. އަޔާންގެ އެހީތެރިކަމާއެކު ގޮސް އެނދުގައި އިށީނުމާއެކު އަނެއްކާ ދެއަތުން މޫނު ފޮރުވާލިއެވެ.
“އިސް އިޓް އެބައުޓް ޔޯ މެރިއޭޖް އީން” އަޔާން ވިސްނަން އިނދެފައި ސުވާލުކޮށްލިއެވެ. އަޔާންގެ އެ ސުވާލުން އީނާލް ގެ ހަރަކާތް ތަކަށް ކުޑަ ނަމަވެސް ހުއްޓުމެއް އައިކަން އޭނާ ދެނެހުއްޓެވެ. އެހެންކަމުން އީނާލް އެ ރޮނީ އެކަމާ ގުޅޭ ސަބަބަކާ ލައިގެން ކަން އަޔާން ދެނެގަތެވެ.
އީނާލް ގެ ފޯނަށް މެސެޖެއް އައުމާއެކު އަޔާން ގެ ނަޒަރު މުށިތައް މަތީގައި އޮތް ފޯނަށް ހުއްޓުނެވެ. އޭނާ އެއްފަހަރު ފޯނަށް ބަލާލުމަށް ފަހު އަނެއްފަހަރު އީނާލް އަށް ބަލާލުމަށް ފަހު ގޮސް ފޯން ނެގިއެވެ. އަދި އީނާލް އާ ދިމާލަށް ފިޔަވަޅެއް އަޅާލީ އެ ފޯން އީނާލް އަތަށް ދިނުމުގެ ބޭނުމުގައެވެ.
އީނާލް އަތަށް ފޯން ދެމުން އަޔާން ދެންވެސް ވީ ގޮތަކާ މެދު ސުވާލުކުރިއެވެ.
“އައި ނޯ އީނާލް ތި ރޮނީ ބައްޕަ އީން ގެ ކައިވެނި އެހެން މީހަކާ ހަމަޖެއްސީމަކަމަށް… އައި ނޯ އީން އެހެން މީހެއް ދެކެ ލޯބިވާކަން ވެސް… އީން އެއްވެސް ކަމެއް ކުޑަބެ އަށް ސިއްރުކުރާކަށް ނުޖެހޭނެ… ލޯބިވާ މީހަކާ ވަކިވާން ޖެހުނީމަ ދެރަވެސް ވާނެ…” އަޔާން ވާހަކަދެއްކިއެވެ.
“އީން ބުނީމަ އެނގޭނީ… އީން ބޭނުންވޭތަ ބައްޕަ އެ ދައްކާ މީހަކާ އިންނަން… ބުނެބަލަ މި އެއް ނޫންތަ ތި ވެގެން އުޅޭ ގޮތަކީ” އަޔާން ވާހަކަ ދެއްކިއެވެ. އީނާލް ހަމަ އެކަނި ބޯ ޖަހާލީއެވެ.
“އީން ލުކް އެޓް މީ…” އަޔާން ބުނެލިއެވެ. “އީން ލުކް އެޓް މީ… އެއީ ކާކުކަން ބުނޭ ކުޑަބެ ގާތު.. އައި ވިލް ހެލްޕް ޔޫ… ވެގެން އުޅޭ ގޮތެއް ކިޔައިދީ” އަޔާން ފުރަތަމަ ފަހަރަށް ސުވާލުކުރުމުން އީނާލް ގެ ފަރާތުން ޖަވާބެއް ނުލިބުމާއެކު ދެވަނަ ފަހަރަށް ވެސް އަޔާން އީނާލް އާއި ވާހަކަ ދެއްކިއެވެ.
“ލުކް އީން… ވީ ގޮތެއް ބުނީމައޭ އީވެން އައި ވިލް ބީ އޭބަލް ޓް ހެލްޕް ޔޫ… ކުޑަބެ ބޭނުމެއް ނުވޭ އީން ތިހެން ރޯކަން… ހިތް ނޭދޭ މީހަކާ އެކު އިނދެގެން އެއްވެސް އުފާވެރިކަމެއް ނުލިބޭނެ… އިނގިހުރެ ކިހިނެއް އީން އެކަހަލަ މީހަކާ އެކު އުޅެން ދޫކޮށްލާނީ” އަޔާން ވިސްނޭ ހަރުދަނާ މީހެއް ފަދައިން ވާހަކަ ދެއްކިއެވެ. އޭނާ އީނާލް އަށް ނަސޭހަތް ތެރިވަމުން ދިޔައީ އޭނާ އަށް އަމިއްލައަށްވެސް ލިބިފައިވާ ތަޖުރިބާގެ މައްޗަށް ބިނާކޮށެވެ.
“ޒައިން” އިރުގަނޑަކަށްފަހު ރުއިން ހުއްޓާލުމާއެކު އީނާލް ގެ އަނގައިން ބޭރުވިއެވެ. “ޒައިން” އީނާލް ގެ ފަހަތުން ކަހަލަ ގޮތަކަށް އަޔާން ވެސް އެ ނަން ތަކުރާތު ކޮށްލިއެވެ. “ޒައިން… ” އީނާލް ދެވަނަ ފަހަރަށް ވެސް ބުނެލިއެވެ.
“ކުޑަބެ އަށް އެނގޭ” އަޔާން އޭނާ އަށް ޒައިން އަކީ ކާކުކަން އެނގޭ ކަން އަންގާލިއެވެ.
“ޒައިން ބުނީ އަހަރެން އެހެން މީހަކާ… އިންނަން… މީހަކާ އިންނަން އުޅޭ ވާހަކަ… އެކަމަކު ގޭ ތެރޭގަ ދެއްކި ވާހަކައެއް ޒައިން އަށްއެނގެން ވީ ގޮތެއް ނޭނގުނު… ” އީނާލް ވާހަކަ ދައްކަމުން ދިޔަ އިރުވެސް އެ އަޑު އައީ ކެނޑި ކެނޑިގެންނެވެ.
“ދެން ނުރޯތި އިނގޭ އީން… އީން ޒައިން އަށް ގުޅާފަ މިހާރު ވާހަކަ ދައްކާ… ބުނޭ އީން ބޭނުމޭ ބައްދަލުކުރަން… ވާހަކަ ދައްކަން ވެސް… އީން ދެކެ ހަގީގީ ލޯބި ވަންޏާ އެންމެ ފަހު ފަހަރަށް އީން ދައްކާ ވާހަކަ އަޑު އަހަން ޒައިން އަންނާނެ” އަޔާން ބުނެލިއެވެ.
“އިޓްސް ޔޯ ޓާރން އީން… އަމިއްލަ އަށްހިތް ވަރު ކޮށްގެން ކަންތައްތައް ވާނީ… ބައްޕަ އާއިވެސް ކުރިމަތިލާން ޖެހިދާނެ… އީން ބޭނުން ނޫނިއްޔާ ބުނަން ވާނެ އީން ބޭނުމެއް ނުވެޔޭ… އިސްލާމްދީނުގައިވެސް އަންހެން ދަރިން ގަދަކަމުން މީހުނާ އިނދުވުމެއް ނޯވޭ… ކައިވެނި ކުރެވެން ވާނީ އަންހެން ކުއްޖާގެވެސް ރުހުމުގަ…” އަޔާން ބުނެލިއެވެ.
އަޔާން އީނާލް އާއި އެއްކޮޅުގައި ހުރީތީ އީނާލް އަށް ކޮންމެވެސް ވަރެއްގެ ހިންހަމަޖެހުމެއް ލިބުނެވެ. ކަރުނަތަށް ފޮހެލުމާއެކު އީނާލް އަޔާން އާ ދިމާލަށް ބަލާލިއެވެ. އަޔާން ވެސް އިނާލް އާއި ދިމާލަށް ބަލާލަމުން ބޯ ޖަހާލީ ހިތްވަރު ކުރާށޭ ބުނާފަދައިންނެވެ.
“ދެން ނުރޯތި ބީ ބްރޭވް އިނގޭ” އަޔާން ބުނެލިއެވެ. އަދި އީނާލް ގެ ކޮޓަރިން ނުކުންނަން ހިނގައިގަތީ އީނާލް ޒައިން އަށް ގުޅަން ފުރުސަތު ދެމުންނެވެ.
އީނާލް ގުޅުމުގެ ކުރިން ފޯނަށް އައިސްފައި އިން މެސެޖް ކިޔާލިއެވެ. މިކްޔަން ގެ މެސެޖެކެވެ.
“އައި އެމް ސޯ އެކްސައިޓެޑް އެބައުޓް އަވަރ މެރިއޭޖް… ” ފޫހިވީވަރުން ފޯން އަތު ގެ ކޮޅަށް ހޫރާލަން ވެސް އީނާލް ގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ކެތްތެރިވަމުން އޭނާ ޒައިން ގެ ނަންބަރަށް ޑައިލް ކޮށްލިއެވެ.
ދެފަހަރަކު ރިންގް ވެލާއިރަށް ޒައިން ފޯން ނެގިއެވެ. އެއާއެކު އީނާލް ޒައިން އާއި ވާހަކަ ދައްކަން ފެށިއެވެ. “ޒައން ޕްލީޒް އެހަށް އަހަރެން ދައްކާ ވާހަކަ އަޑި އަހާބަލަ. ޕްލީޒް. އަހަރެން ޒައިން ދެކެ އޭ ލޯބިވަނީ… ޒައިން އާއި އޭ މެރީކުރަން ބޭނުންވަނީވެސް… ދެން ކީއްވެ؟” ތިހެން ތި ވާހަކަ ދައްކަނީ؟” އީނާލް ގެ އަޑުގައިވި ވޭން ޒައިން އަށް ވެސް ސިއްރެއްނުވިއެވެ. އެއްޗެކޭ ބުނަން އަނގަހުޅުވާލުމަށްފަހުވެސް ލައްޕާލަން މަޖުބޫރިވީ އީނާލް ގެ އަޑުގައި ވި އަސަރެވެ.
“ޒައިން އަހަރެން ދެކެ ލޯބި ވަންޏާ އެންމެ ފަހަރަކު އަހަރެންނާ ބައްދަލުކޮށް އަހަރެން ދައްކާ ވާހަކަ އަޑު އަހާނެ” އީނާލް ދެންވެސް ހިތްވަރު ކޮށްފައި ވާހަކަ ދެއްކިއެވެ.
“ޒައިން ޕްލީޒް” ކެތްތެރިކަން ކޮޅުން ލުމާއެކު އީނާލް އަށް ރޮވުނީއެވެ. މިހުރިހާ އިރު ވި އިރުވެސް އީނާލް ބުނި އެއްވެސް ވާހަކައަކަށް ޒައިން ރައްދެއް ނުދިނެވެ.
“ޒައިން ޕްލީޒް… އެންމެ ފަހު ފަހަރަށް ވިޔަސް އަހަރެން ދައްކާ ވާހަކަ އަޑު އަހާ ފާނަންތަ؟.” އީނާލް ވަހަކަ ދެއްކިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.








Assalaam Alaikum.
kobaa hurihaa kiyun therin kihinetha? wahat do u think will hpn next? will Zain trust her or not? and what do u think ayan will do next?
thankyou for all the love ingey guys. it really means a lot to me.
much loves
himi
JAZAKUMULLAH KHAIRAN.:)
Yeyy me first dhw.. vvvvvv habbu story luv it ????????????????????❤❤❤❤ ur the best himi
Thanks dear. V ufaavehjje. Much loves. It means a lot. ???
Vrh reethi.ekam haadha kurey
Thanks dear. Much loves. It means a lot. ???
Sorry dear. Had a bixi day.
vvv Reethi.Eakamu haada kurey.Waiting waiting dear
Thanks dear means a lot. Had a bixi dear. Much loves. ???
Mi part vx v v v reethi Hi Mi ❤️❤️❤️?????????????????????… Hama superb ???❤️❤️❤️… Alhey dhn kihineh baa vaanee??? Zain trust kuraane baa eenaal ah??? ???… Ayaan kihineh baa hadhaanee dhen??? ???… Pinky ah heevany zain dhaanehenn eenaal aa meet kuran n I think he will trust her ???… Ayaan won’t let anything wrong happen to eenaal ???… He will support her ???… Some typing mistakes eba huri ingey bt story as usual hama v v v reethi ❤️❤️❤️??????… Keep it up ??????❤️❤️❤️… Much loves from pinky ❤️❤️❤️??????????????????…
Hehe. Hingaa dw balamaa dhen vaane gothah. Kuree syories gavves pinky ge guess thah v accurate dw. Mi faharu vaane gotheh balamaa. Thankyou for ur support and love. Much loves. ???
Wow ??? Himi mi partvx v v v nice n emotional ??????… I love it ??????… Naju ah hyvany zain eenal ah trust kuraane hen n ayaanvx edhekudhin gulhun varugadha kuraane hen ??????… mihaaru vx v curious vehje next part ah ??????… keep up the good work himi ??????… curiously waiting for the next ??????… much loves ??????????????????????????????????????⭐⭐⭐⭐⭐⭐
Thanks naju. Ge comment akah v inthixaar kurevey thi colourful comment ah. It means a lot. Time huri gothun himi ah long reply eh morey kureven nethy thy maafah edhen. Much loves. It means a lot. ???
when next part vara reethi story
Hehe. It means alot. Aslu kuree dw mi part. Btw thankyou so much. Much loves. ???
Masha Allah mi storyves vvvv reethi mis u haimi dhooni waiting next part…………….
Hehe. Thanks dear. V ufaavey thidhey support ah. Hw i missed yuh. Thankyou so much xaaan dear. It means a lot. ???
varah reethi story but eenalge father haadha bad ey
dhn mioh fadha modern zamaanuga eii haadha old fashion kamekey
kudhinge nuruhumuga kaiveni kuruvun
aslu eenaal gevx fault dhw dad ah respect kuraavarunney kiyaafa bahehnubune iny thats not fair dhw
if she dont ant then she should say dhw
but knme gotheh viyas kanve nimijje heheh
want*
mi partvx varah loabi
ly n miss u
waiting for the next part
Eenaal ge dad hama goahi. Himi ves gabool kuran. Hehe. Much loves ingey. V ufaavey thidhey support ah. ???
Maashaa Allah Mi Part Ves Varah Reethi Hi Mi Dhooni…. Waiting For Next Part
Salaam dear. So happy to see the comment. Sorry for the late reply. WiFi massala jehigen ulheythy login vaan v undhagoo. Mirey net librynama up kohla dheynan. In Sha Allah. Thanks for the support. Much loves. ???
Himi kobaa thr next part …. avahan up kndhybaa …. whn next part
Thanks dear. So happy to see the comment. Himi ah net libeynama mirey up kohla dheynan. In Sha Allah. ???