Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤުދީރު?(އެއްވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
October 27, 2018 4 Mins Read
17 Comments

މުޅި މާހަލުގައި ވަނީ ފިނިކަމެވެ. ފިނިކަމުން ހީވަނީ ދުންފިނި ހިފާފައިވާހެނެވެ. މާހައުލު ފެންނަނީ ފުސްކޮށެވެ. މަޑުމަޑު ދާނެއްގައި ނިދާލައިފައި އޮތް ނަވާންއަށް އެއްވަރަކަށްވެސް ފިނި ނުވާކަހަލައެވެ. ކޮޓަރީގެ އޭސީ އެންމެ ގަދަކޮށްލައިގެން އަރާމުކޮށް ނިދާލައިފައި އޮތްއިރު މާހައުލުގެ ފިނިކަން އިހުސާސް ނުވާފަދައެވެ. ބަންގީގެއަޑައެކު ފޮރުޅިލާފައި ލޯހުޅުވާލަމުން އަވަހަށް ގޮސްފާހަނަޔަށްވެނެވެ. ފަތިސް ނަމާދުކޮށްލައިގެން ކޮފީއެއް ހިފައިގެން ނަވާން ނިކުމެލީ ގޯތިތެރެއަށެވެ. ގޯތިތެރޭގައި ވަނީ އެކިކުލަކުލައިގެ ހިތްގައިމު ތަފާތު މާ އިންދާ ފުރާލާފައެވެ. ބަހާރުގެއަށް ހަމަ ހަގީގަތުގައިވެސް ހީވަނީ ބާހާރުމޫސުމެއް އައިސްފައިވާހެނެވެ.

“އަހަރެންގެ ހިތަށް އެނގުންވެލިއެވެ. އެޒުވާނާފެނުމުންނެވެ. އެ ހިތްގައިމު ހިނިތުންވުން ހިތްތައް ކަތިލާފައެވެ. ހަމުގެ ކުލަ އަތްޔެވެ. ފުރިހަމަ ބުމައަކާ ކަޅުކަންގަދަ ވިދުންހުރި ލޮލެކެވެ. އަޑީނޭންގޭހާ ފުން ލޮލެކެވެ. ކަސްރަތީ، ބައިމަތިފުޅާ، އިސްކޮޅުން ދިގު ހަށިގަނޑެކެވެ. ކަޅު، ފަން، ލޯބި އިސްތަށިކޮޅެކެވެ. އެޒުވާނާ އަހަންނަށް ބަލާލުމަށް ފަހު ހިނިތުންވެލިއެވެ. އެވަގުތު ދެކޮލަށް އެޅުނު އަޑިކޮޅު އަހަރެންގެ ހިތް ފަތަކޮށްލިއެވެ. ހަމަ ހީވަނީ ހިޔާލީ ވާހަކައަކުން ނިކުމެ ހުރި ޝާހީ އަމީރެއް ހެނެވެ..”

ނަވާންގެ ލުއި ހިނިތުންވުމުގެ އަޑު ފަޒާގެ ތެރެއަށް އިވިލައިގެން ދިޔައެވެ. “ސާބަހޭ ދޮންތާ..އަހަރެން މީފިރިހެން ކުއްޖަކަސް އަހަރެންވެސް ލަދު ގަނެއޭ!” ހުނުމުގެ ތެރެއިން ނަވާން ބުނެލިއެވެ.”އަޅެ ދޮންތަ ނަވާންއަށް ތައުރީފެއް ނުކުރަމޭ.. އެއީ ދޮންތަގެ އާ ވާހަކައިގެ ތަންކޮޅެކޭ…ހަހަހަ..ދެން މައި ހޭންޑްސަމް ބްރޯ ސިފަކޮށްފައޭ އެއީ..މިފަހަރު ވާހަކައަށް ލީ ހަމަ ތިހެން، ވާން ގޮތަށް ހުންނަ ބޯއި އެއް.” ނުވާ ބުނެލިއެވެ. އެދެބެއިންގެ އުމުރުގައި ހުންނާނީ ތިންއަހަރުގެ ތަފާތެވެ. ނަވާން އަށް އުމުރުން ސައްބީސް އަހަރެވެ. ނުވާއަށް މިއަހަރު ވާނީ އުމުރުން ނަވާވިހެވެ.

ދެކުދިންނަކީ އެކަކު އަނެކަކާ ގުޅޭ ދެކުދިންނެވެ. ނުވާގެ ފިރިމީހާގެ މަރަށްފަހު އޭނާގެ ހުރިހާކަމެއް ބަލަމުން އަންނަނީ ނަވާންއެވެ. “މިގެވެސް ލާންވީ ކަންނޭންގެ ވާހަކައަށް .. މަށަށް މިގެ ވަރަށް ރީތި. މިތިންބުރީގެ އިމާރާތް ހީވަނީ ކުޑަވަރެއްގެ ގަނޑުވަރެއްހެން. ވާން ވީނު ދޮންތައަށް ވާން ގެ ފްލޯ ދީފަ ތިރިއަށް އަންނަން.” ނުވާ އެތާހުރި އުދޯއްޔެގައި އިށީންނަމުން ބުނެލިއެވެ. “ނޯނޯނޯ…ތިކަމެއް ނުވާނެ. އަހަރެން އެންމެ ބޭނުންވީ އެންމެ މަތި. މަންމަމެން އެބައި ނުދިން. ބުނީ އެއީ އެކަކަށްވެސް ނޫނޯ..ސޯ މިހާރު އަހަރެން މިއުޅޭ ބައި ނުލިބޭނެ. ދޮންތަ ދޭބަލަ ގްރައުންޑް ފްލޯއަށް. މަންމަމެންވެސް ނޫޅޭނު މިހާރު.”  ނަވާން ވައްތަރެއް ޖައްސާލުމަށްފަހު ދެކޮޅު ހެދިއެވެ. ނުވާވެސް އެ އިންގޮތަށް އިނދެ ތުންދަމާލިއެވެ. ނަވާން ގާތަށް ހިނިއައެވެ. “ހޭނެކަމެއް ނެތޭ…މިދަނީ އޮފީހަށް. ވާން ޑިއުޓީ ނެތީތަ؟ ހީކުރީ މީ ފުރަތަމަ ދުވަސްކަމަށް. ފުރަތަމަ ދުވަހުވެސް ގަޑިޖެހިގެން ދާން ދޯ ތިހުންނަނީ..” އެޔާއެކު ނަވާން ފުންމައިގެން ތެދުވިއެވެ. އަދި ކޮފީތަށި ނުވާއަތަށް ދެމުން ދުވެފައި އެތެރެއަށް ވެދެގެން ދިޔައެވެ.

“އާހް..މި ޓައީ ތަ؟؟ ނޫނީ އޭތި ތަ؟” ކުވައިޝިން އަލާމާރިން ފަހަރަކު ޓައީ އެއް ނަގަމުން ގަމީހުގައި ޖައްސަމުން ދިޔައެވެ. ލައިގެން ހުރި ހުދުކުލައިގެ ގަމީހާއެއްކޮށް އެންމެ ފަހުން އޭނާ އެޅީ ކަޅު ޓައީއެކެވެ. ހިތްހަމަޖެހޭވަރަށް ތައްޔާރުވެވުމުން ކުވައިޝިން ލޯގަނޑު ބަލާލިއެވެ. ކަޅުކަންގަދަ ފަން އިސްތަށިކޮޅު ވަނީ މައްޗަށް ހިއްލާލާފައެވެ. އިސްކޮޅުން ދިގު، ބައިމަތިމުޅާ ހަށިގަނޑާ އެ ގަމީސް ވަރަށް ގުޅެއެވެ. ކަޅުކަންގަދަ ދެލޯހަނިކޮށްލަމުން އޭނާ ހީލިއެވެ. އެވަގުތު ކުވައިޝިންގެ ދެކޮލަށް އެޅުނު އަޑިކޮޅު ފެނުމުން އެ ދޮންމޫނުގައިވި ހިނިތުންވުން ފުންފެގެން ދިޔައެވެ.

ސައިވެސް ނުބޮއެ އޭނާ ބޫޓަށް އަރާ ތައްޔާރުވެގެން ގެއިން ނިކުތީ ލޮލުގައި އަވިއައިނު އަޅާލަމުންނެވެ. ހުޅުމާލޭގެ މަގުތަށް މަތިން އެވަގުތު މާގިނަ ބައެއް ނުފެނުނުކަމުގައި ވީނަމަވެސް ފެންނަ ކޮންމެ މީހަކުވެސް ދިޔައީ ކުވައިޝިންއަށް ބަލަމުންނެވެ. އޭނާގެ ރީތިކަމުންނެވެ. އެފަދަ ރީތި، ފުރިހަމަ ޒުވާނަކު އެކަނިމާއެކަނީ ހެނދުނުގެ އެވަގުތުގައި ހިނގާލައިފައި ދާތީ ބަލަމުންދާ މީހުންވެސް މަދެއް ނޫނެވެ. އެބެލުންތަކުން އުނދަގޫވެފައިހުރި ކުވައިޝިން އޭނާގެ މަންޒިލާހަމައަށް އާދެވުމާއެކު ހީލިއެވެ. އަދި ހިތްއަވަސްކަމާއެކު އެތެރެއަށް ވަދެގެންދިޔައެވެ.

ލައިފްލައިން ހޮސްޕިޓަލްގެ ދޮރުމަށްޗަށް މަޑުކޮށްލި ކާރުން ފޭބި ނަވާންގެ ހިތްނެގިނެގިފައި ޖެހެމުން ދިޔައެވެ. ނަމަވެސް އެކަން ހިނިތުންވުމަކުން އޭނާ ހުރީ ފޮރުވާލައިގެނެވެ. ކާރު ޕާކުކޮށްލުމަށްފަހު ނަވާން އެތެރެއަށްވެދެގެން ދިޔައެވެ. ހޮސްޕިޓަލުގެ ތެރެއިން ނަވާންއާ ބައްދަލު ކުރީ ހޮސްޕިޓަލުގެ ޗެއާރމަން ތަސްލީމް ހަމީދެވެ. “އާހް!.. ޑޮކްޓަރ ނަވާން ޒުބައިރް..ވަރަށް އުފާވެއްޖެ..މިކޮޅަށް ހިންގަވާ.” ތަސްލީމް ސަލާމްކޮށްލަމުން ނަވާން ގޮވައިގެން ކޮންފަރެންސް ރޫމަށްވަނެވެ. އެވަގުތު ނަވާންގެ ކަޅި ހުއްޓުނީ އޭނާއަށް ބަލަންއިން ކުވައިޝިންއަށެވެ. ދެމީހުންނަށް އެކަކު އަނެކަކަށް ބަލަން ތިބެވުނެވެ. އެގޮތުގައި ތިބުމަށްފަހު ދެމީހުންވެސް މޫނުއަނބުރާލިއެވެ. ނަވާންވެސް ގޮސް ގޮނޑީގައި އިށިނެވެ.

“އައްސަލާމު އަލައިކުމް..” އިވިގެން ދިޔައީ ފުރިހަމަ އަޑެކެވެ. ނަވާންއަށް ވަގުތުން އެނބުރެވުނެވެ. އަޑު އައި ދިމާލަށެވެ. “އަމް..ކަހީޝާ..” އެންމެންތައް ބަލަން ފެށުމުން އޭނާ އިސްޖަހާލަމުން ބުނެލިއެވެ. އެވަގުތު ތަސްލީމް ހީލަމުން ގޮވާލިއެވެ. “ޑޮކްޓަރ ކަހީޝާ..އަވަހަށް ވަންނާވާ..” ކަހީޝާ އަވަސްއަވަހަށް ބޯޖަހާލަމުން ގޮސް ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއްގައި އިށީނެވެ. ނަވާންގެ ލޮލުގައި އެވަގުތު އަޅައިގަތީ އެއްމިޔަކަނުން ހީލައިގެން ކަހީޝާއަށް ބަލަމުން ދިޔަ ކުވައިޝިންއަށެވެ. ނަވާން ލޯހަނިކޮށްލިއެވެ.

ހޮސްޕިޓަލުގެ އިސްބޭފުޅުންނާ ބޯޑުމެންބަރުން އައުމާއެކު ބައްދަލުވުން ފެށުނެވެ. “އެންމެ ބޭފުޅުންނަށްވެސް އެނގިލައްވާނެފަދައިން މިއީ ބޮޑު މީޓީންގްއެއް. މި މީޓިން ބާއްވަން އަޅުގަނޑު ނިންމީ މި ހޮސްޕިޓަލަށް އަލަށް ގުޅުނު ދެބޭފުޅުން ތައާރަފުކޮށް ބޯޑަށް ބަދަލުތަކެއް ގެނައުމަށް. މިއީ ކުރިންވެސް އަޅުގަނޑުމެން އެންމެފަހުގެ މީޓިންގްގަވެސް ދައްކާފައިވާ ވާހަކައެއް ކަމުން އަޅުގަނޑު މި ބައްދަލުވުން އިތުރަށް ދިގުކުރަން ނުވިސްނާތީ މިއަދުގެ އެޖެންޑާއަށް ޖެހިލާނަން. އަޅުގަނޑުގެ ވާތްފަރާތުން މިއީ ޑޮކްޓަރ ނަވާން ޒުބައިރު. ވެސްކިއުލާރ ސާޖަން އެއް. ޑޮކްޓަރ ނަވާން އަކީ ލަންޑަން އަދި ޔޫކޭގެ އިތުރުން އިންޑިއާގަވެސް ކާމިޔާބު ސަރޖަރީތަކެއް ކުރެއްވުމުގައި ޝާމިލުވެފައިވާ ގާބިލު ޑޮކްޓަރެއް. ދެން ކަނާތްފަރާތުން މިއީ ޑޮކްޓަރ އަހްމަދު ކުވައިޝިން ނަޒީމް. ޑޮކްޓަރ ކުވައިޝިން އަކީ ކާޑިއެކް ސަރޖަންއެއް. ތަޖުރިބާހުރި މޮޅު އަދި ކާމިޔާބު ބޮޑެތި އޮޕަރޭޝަންތަކެއް ގައި ބައިވެރިވެފައިވާ ޒުވާން ޑޮކްޓަރެއް. އެންމެ ފާހަގަ ކޮށްލެވެނީ ދާދިފަހުން ކާމިޔާބު ކަމާއެކު ލަންޑަންގައި ކުރި ސެޕްޓަލް މަޔެކްޓޮމީ ގައި އަމަލީ ގޮތުން ބައިވެރިވެ ކާމިޔާބުކަމާއެކު ނިންމާލާފައިވާކަން.”

ނަވާން އަދި ކުވައިޝިންއަށް ފަހުރުވެރިކަމާއެކު ބަލާލަމުން ތަސްލީމް ވާހަކަދެއްކިއެވެ. އަދި ދެކުދިންގެ މޮޅު ކަމަށް ތައުރީފުކޮށްލިއެވެ. ކުވައިޝިން ބަލާލީ ނަވާންއަށެވެ. ހެވިފައި ހުރި ނަވާންއަށް ރަނގަޅަށް ބަލާލިއެވެ. “ފޮނި މީހެއް. ހީވެސް ނުލާ އެހުންނަނީ..ޔަގީން މުއްސަނދި މީހެއްގެ ދަރިއެއްކަން..ހަމަ މަށާ އެއްގޮތަށް ބޯހަދާފަ..ވައްތަރެއްވެސް ނޫން މަށަކާ..” ކުވައިޝިން ހިތާހިތުން ނަވާންއަށް ކުދިކިޔަމުން ދިޔައެވެ. ނަވާންވެސް ކުވައިޝިން އަށް ބަލާލިއެވެ. އޭރު ކުވައިޝިން ހުރީ ޖީބަށް އަތްޖަހާލައިގެނެވެ. “މާ ސްމާރޓް ވާން..ހަމަ އަހަރެން ޖީބަށް އަތްޖަހައިން ހުރީމަ..ސްމާރޓްނަމަވެސް ރަނގަޅޭ..ލޮލް” ނަވާން އަމިއްލަ އަމިއްލަ ވާހަކަ ދައްކާލިއެވެ.

“މީޓިންގް އައިގެން ކުރިއަށް ދާއިރު ދެން އޮތީ ތިދެކުދިންނަށް ބޯޑުގެ މެންބަރުން ތައާރަފް ކޮށްދިނުން. މިއީ ޑޮކްޓަރުންގެ ތެރެއިން އިންޗާޖުން ގޮތަށް ނަގާފައިވާ ޑޮކްޓަރުން ތަކެއް. އެންމެ ފުރަތަމަ އޮޕްތާރމަލް ޑިޕާރޓްމަންޓް ޑޮކްޓަރ ރިޒްނާ. އިމާރޖެންސީ ޑިޕާރޓްމަންޓް ޑޮކްޓަރ ދުންޔާ. ޖެނެރަލް ވާރޑް އެންޑް ޑާރމެޓޮލޮޖީ ޑޮކްޓަރ ހިޝާމް. އީ.އެ.ން.ޓީ ޑޮކްޓަރ ސުރައިލް. އޮޕަރޭޝަން އެންޑް އެނެސްތެޓިކް ޑިޕާރޓްމަންޓް ޑޮކްޓަރ ވިލްދާން. ނިއުރޮލޮޖީ އެންޑް ސައިކޮލޮޖިސްޓް ޝިހާމާ. ޕީޑީއެޓްރިކް އެންޑް ގައިނޮކޮލޮޖީ ޑޮކްޓަރ ހަމްޒާ. ލެބް އިންޗާރޖް ޑޮކްޓަރ އީލާފް. ދެން އޮތީ ތިދެކުދިން..އަޅުގަނޑުމެން ނިންމީ ސަރޖަރީ އެން ކާޑިއޯވެސްކިއުލަރ ޑިޕާޓްމަންޓްއަށް ދެކުދިން އެއްކޮށް ހަމަޖެއްސުމަށް. މަރުހަބާ ޑޮކްޓަރ ކުވައިޝިން އަދި ޑޮކްޓަރ ނަވާން.. އަދި ފަހުގެ ބައްދަލުވުމެއްގަ ހިއްސާދާރުންނާ ސީ.އީ.އޯ ތިދެކުދިންނާ ބައްދަލުކުރައްވާނެ. މިހިސާބުން މީޓިންގް ނިމުނީ.”

ނަވާން އަދި ކުވައިޝިން އެންމެނާ ސަލާމްކޮށް ކޮންފަރެން ރޫމްއިން ނިކުތީ އެކުއެކީގައެވެ. “ޑޮކްޓަރ ކުވައިޝިން..އަޅުގަނޑަކީ ޑޮކްޓަރ ކަހީޝާ..ޖެނެރަލް ޕްރެކްޓިސް ޑޮކްޓަރ އެއް. އަޅުގަނޑުގެ މިއަދުގެ ޓާސްކްއަކީ ޑޮކްޓަރ އަށް ޑޮކްޓަރގެ އޮފީސް ދެއްކުމާއެކު ހޮސްޕިޓަލް ދައްކާލުން. ހިންގަވާ..” ހަމައެވަގުތެވެ. “ޑޮކްޓަރ ނަވާން…އަޅުގަނޑަކީ ޑޮކްޓަރ ޒަހާރާ. އަޅުގަނޑަކީވެސް ޖެނެރަލް ޕްރެކްޓިސް ޑޮކްޓަރ އެއް..އަޅުގަނޑުގެ މަސައްކަތަކީ ޑޮކްޓަރއަށް މި ހޮސްޕިޓަލް އަދި އޮފީސް ދައްކާލުން..ހިންގަވާ.”

ޒާހާރާ މަޑުމަޑުން އައިސް ނަވާންއަށް އަދިވެސް އެއްފަހަރު ގޮވާލިއެވެ. ކަހީޝާ ދިޔަ ދިމާއަށް ގެއްލިފައި ހުރި ނަވާން އަށް ހޭވެރިކަން ވުމުން ހީލުމަށްފަހު ޒަހާރާގެ ފަހަތުން ހިނގައިގަތެވެ. ކަހީޝާ ކުވައިޝިން ގޮވައިގެން ދިޔުމުން ނަވާން ހުރީ ރުޅިގަދަވެފައެވެ. އެންމެ ހިތްހަމަނުޖެހުނީ އެކުގައި މަސައްކަތް ކުރަން ޖެހުމުންނެވެ. ކަހީޝާއާއެކު ދިޔައިރުވެސް ކުވައިޝިންގެ މޫނުމަތީގައިވި ލާނަތް ހިނިތުންވުން ހަނދާންވުމާއެކު ދަތްކުނޑިވިކާލަމުން ޒަހާރާ ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކުރިއެވެ.

“ޑޮކްޓަރ..ކިހިނެއްވީތޯ؟ އަޅުގަނޑު ކިޔައިދޭގޮތް ކަމުނުދަނީތޯ؟” ކަހީޝާ ކުވައިޝިން ބަލަހައްޓައިގެން ހުރުމުން އަހާލިއެވެ. ކުވައިޝިން ބޯހޫރާލިއެވެ. “މި ހިތަށް އަރަނީ މައި ގާރލް ހާދަ މޮޅޭ..އަސްލުވެސް…ދޮންބެ ވަރަށް ޕްރައުޑް ވޭ…އެކަމު ދެން ވަރަށް މަޖާ…އެންމެ ފަހުން ހަމަ ދޮންބެއަށް ރެސްޕެކްޓް ކުރަން ޖެހުނީނު..މިތާ ނުކެރޭނެ ގޮތްގޮތަށް އަމުރު ކުރާކަށް.ހަހަހަ…” ކަހީޝާ ލޯ އަޅާލިއެވެ. ހަގީގަތުގައި ދޮންބެގެ ސަބަބުން އެންމެ އުފާވަނީ އޭނާއެވެ. ނަމަވެސް ދުލުން އެއްބަސް ވާކަށް ބޭނުމެއްނުވިއެވެ. ކަހީޝާ މޫނަށް ގޮތެއް ހަދާލަމުން ގެއަށްގޮސް އޭގެ ބަދަލު ދޭނެކަމަށް ބުނެލިއެވެ. ކުވައިޝިން ހީލީ އޭނާގެ ކޮއްކޮގެ މައުސޫމު ކަމުންނެވެ. “އިނގޭތަ ކިރިޔާ ޑޮކްޓަރ ނަވާން ގާތަށް ނުދެވުނީ..ދޮންބެ ކަމަށް ހީކޮށް. ހާދަ ވައްތަރޭ ދެމީހުން..” އެވަގުތު ކުވައިޝިން މޫނު ހަދާލަމުން ވައްތަރު ނޫންކަމަށް ތަކުރާރުކޮށް ބުނެލިއެވެ. “އެހޭ…..ޖޭވީދޯ…އޭނަ ހާދަ ހޮޓޭ..ހަމަ ހީވަނީ ޕްރިންސް އެއްހެން..” ކުވައިޝިން އެއްޗެކޭ ބުނުމުގެ ކުރިން ކަހީޝާ އެތަނުން އަވަހަށް ދިޔައެވެ. އޭރު ކުވައިޝިން އަށް ހުރެވުނީ އޭނާގެ ކެބިންގެ ކުރިމަތީގައެވެ. ނަވާންވެސް އޭނާގެ ކެބިން ބަލާލުމަށްފަހު ނިކުތީ ހަމަ އެވަގުތުގައެވެ. “މަގޭ ކޮއްކޮ..މީނަ ރީތިވެގެން…އަހް!” ކުވައިޝިން ލޯއަޅާލިއެވެ. “ހަމަ ތާކުން އަންހެނެއް ފެންނައިރަށް މޮޔަވެފަ..ޗީޑި!” ނަވާންވެސް ރުޅިވެރިކަމާއެކު ހިތާހިތާ ކިޔާލިއެވެ. ދެމީހުންގެ ރުޅިވެރި ނަޒަރު އެކަކު އަނެކަކަށް ރައްދުކޮށްގެން ތިބި އިރު އެކަކުވެސް އަނގައިން ބުނާކަށް ބޭނުމެއް ނުވިއެވެ. ދުރު ބަލާލަމުން ދެމީހުންވެސް ރުޅިވެރި ކަމާއެކު ދެމީހުންނަށް ހާއްސަކުރެވިފައިވާ ކެބިންއަށް ވަނެވެ. މަންޒަރުބަލަން ހުރި ތަސްލީމް ބޮލުގައި އަތް ހިންގާލިއެވެ.

ނުނިމޭ…

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ހިތް އެދުނަސް… (14)

Next

މަންޒިލް ތިއޭ މިހިތް އެދޭ (2)

Next
October 27, 2018

މަންޒިލް ތިއޭ މިހިތް އެދޭ (2)

Previews
October 27, 2018

ހިތް އެދުނަސް… (14)

17 Comments!

  1. imagination ?? says:
    October 27, 2018 at 7:36 pm

    hey everyone..here is the first part of the story…also iyyaga up nukurevuni vaahakayah kuda badhalu thakeh gennan vegen..mihaaru trailer aa kudakoh thafaathuvaane dhekudhinge dhaairaa..hope mi bai kamudhiya kamah..next part on tuesday <3

  2. NODDY says:
    October 27, 2018 at 7:55 pm

    hama obi
    Curiously waiting ☺☺☺

    1. imagination ?? says:
      October 27, 2018 at 9:36 pm

      Ayy… Thanks ❤️

  3. Shaya says:
    October 27, 2018 at 8:15 pm

    Love it!! Me first tha

    1. imagination ?? says:
      October 27, 2018 at 8:47 pm

      Haha.. Yess. First.. ♥️
      Thank you ? ?

    2. imagination ?? says:
      October 27, 2018 at 9:36 pm

      Woops.. Looks like you got second ❤️

    3. Shaya says:
      October 27, 2018 at 9:47 pm

      Ya second dhw mifaharu

  4. umm says:
    October 27, 2018 at 11:51 pm

    Vr Thafaathu inge dear

    1. imagination ?? says:
      October 28, 2018 at 2:05 pm

      Awnn.. Thanks ❤️

  5. Stry Kiyaa Man says:
    October 28, 2018 at 12:07 pm

    Masha allah vvv reethi…
    Keep it up seyma…. kondhuvas thaku ga stry up vaany….mifaharu stry ga heevany funny baivex bodu vaanehen…hah.
    Waiting 4 nw part..
    -salaam- have a nice day.
    ??????

    1. imagination ?? says:
      October 28, 2018 at 2:06 pm

      Thanks ❤️ ❤️.. Yesyes.. Majaa vaane kommes varakah. Hahah. friday, Saturday and Tuesday. U too, have a good day

  6. unique says:
    October 31, 2018 at 1:58 pm

    varah majaa…
    love this story hoping to see next part
    curiously waiting for the next part
    thinking about whats gonna hppn next
    unique ah image v edhemeehun bulhaahen koalheythan hahah…. but its cute love it

  7. imagination ?? says:
    October 31, 2018 at 10:31 pm

    I am sorry to say but due to certain reasons, the next part would be on Friday. I am really very sorry about this

  8. jinya says:
    November 2, 2018 at 8:20 pm

    wow.cover pic vvv reethi. i hope mi story ge aneh part veehaa vs avahah up kohdheyne kamah.
    Are you an army????????

  9. Stry Kiyaa Man says:
    November 3, 2018 at 11:14 am

    Heyy seyma. Dear kba nw parts.miadhu 2 part upkohla dhen viyy ehnu.

  10. Riyaa says:
    November 11, 2018 at 10:39 am

    Kobaa next part????

  11. It's me says:
    March 9, 2019 at 2:07 pm

    Next part Plxxxxxxxxxxxxxxxx

Comments are closed.



All Right Reserved!