ހާސިލް ވުމަށް އެދި ހިތް ރޮނީ 20
ހަމަ އެބާރުމިނުގާ އީން ގެންގޮސް އެތާހުރި ރުކެއްގައި ޖައްސާލަމުން އަލްޔާން އޭނާޔާ ގާތްވެލިއިރު ޖެހެމުން ދިޔަ ބާރު ވައިރޯޅިއަށްވެސް އެދޭތެރެއަށް ވަދެވޭނެ ޖާގައެއް ނެތްކަހަލައެވެ.” ކޮބާތަ އީން ގެ މައްސަލައަކީ..ލޯބިވޭ. ލޯބިވޭ.. ލޯބިވޭ..ހަމަ ވަރަށް ލޯބިވޭ.. މިހާ ވަރަށް ބުނާ އިރުވެސް ކީއްވެތަ ގަބޫލް ނުކުރެވެނީ..ކިހިނެތް ހެދީމަތަ ގަބޫލް ކުރާނީ..އިތުބާރު ކުރާނީ…އެމެސެޖަށް އީން އަށް އިތުބާރު ކުރެވުނު އިރު އަހަރެން މިކުރާ ކަންތަކުން..އީން ކުރިމަތީ ހުރެ މިދައްކާ ވާހަކަޔަށް އިތުބާރު ނުކުރެވެނީ ކީއްވެ؟؟ މިހިރީ އީން އަށް ޓަކާ އަމިއްލަ މައިންބަފައިން ދޫކޮށްފަ އައިސް..އަހަރެންގެ ބައްޕަ އީން އާ އަހަރެން ދުރުކުރުވަން ބޭނުންވުމަކީ އަހަރެންގެ ކުށެއްތަ؟؟…ބަލަ ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް އަހަންނަށް އިނގޭ އީން އަހަރެން ދެކެ ލޯބިވާކަން ..ދެން ކީއްވެތަ ގޮތް ދޫނުކުރަން އުޅެނީ..ކީއްކުރީމަ ވީކަންތަކަށް އަހަންނަށް މާފުކުރާނީ..ކިހާވަރަކަށް އާދޭސް ކުރަންވީ…ބުނެބަލަ ޕްލީޒް ހެޔޮނުވާނެ..މިހިތަށް ތިހާ އަނިޔާ ނުދީބަލަ” އަލްޔާން ހަމަ އެހުރިގޮތަށް ދެކަކޫމައްޗައް ތިރިވިއެވެ. އޭރު އެދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެންފެށިއެވެ. ހިތަށް ކޮށްފައިވީ އަސަރުން ފިރިހެނަކު ކަމުގާ ވިޔަސް ކެތްކުރަން ދަތިވެ އަލްޔާން އަށް ގިސްލެވެން ފެށުނެވެ.
**************
އެއާއެކު އީން ގެ އުނގަނޑުގައި ބައްދާލަމުން އަލްޔާން އޭނާގެ މޫނު އީންގެ ބަނޑުގައި ޖައްސާ ފޮރުވިއެވެ. “އަސްލުވެސް ވަރަށް ލޯބިވޭ އީން ..އީން ގެ ލޯބި ނުލިބިއްޖެނަމަ އަހަރެން މަރުވެދާނެ..އައިކާންޓް ލިވް ވިދައުޓް ޔޫ…” ގަދަކަމުން ހަރުކޮށްގެން ގެންގުޅުނު އީން ގެ ހިތަށް ކެތް ކުރެވުނީ އެހާހިސާބަށެވެ.ވިރިގެން ދިޔަ ގަނޑުފެންކޮޅެއް ފަދައިން ތިރިވެ އަލްޔާން ގެ ކަނދުރާގައި އަތް އަޅުވަމުން ބައްދާލިއިރު އީން އަށްވެސް ރޮވުނެވެ.ގަސްތަކުގެ ފަތްތަށް ހެލިލާ އަޑު ނޫން އެހެން އަޑެއް ނެތް އެ ހަމަހިމޭން މާހައުލަށް އިރު ގަނޑެއް ވަންދެން ފެތުރިފައިވީ އީން ގެ ގިސްލުމުގެ އަޑެވެ. އަލްޔާން އީން ގައިން ދޫކޮށްލަމުން އެމޫނުގައި ހުރި ކަރުނަތަށް ފޮހެލަދިނީ ނުލާހިކު ލޯބިންނެވެ.މިވީ ހުރިހާ ދުވަސްތަކުގައިވެސް އީން ރުޅިކަމަށް ހެދިގެން އުޅުނަސް އަލްޔާން ދެކެ ލޯބިވާކަން އޭނާ އަށް އެގެއެވެ. އެހެން ނަމަވެސް އެހާވަރަށް މަޑުކުރަން އެދުމުންވެސް މަޑުނުކޮށް އޭނާގެ ލޯތްބާމެދު ޝައްކު ކުރީތީ އަލްޔާން ޝަކުވާ ކުރިއެވެ.”އައިމް ސޮރީ..ކަންދިމާ ވީ ގޮތުން އަސްލު ވަރަށް ހާރޓް ވި..އެހާ ދުވަހު އަލްޔާން ނުފެނި ހުރެފަ ފެނުނު ވަގުތު ހެޕީކޮށް ހުރުމާ..ފޯން ބިޒީ ކުރުމާ..މެސެޖް..އަދި ނުވިތާކަށް ބައްޕަ ގެ ޖޮބް..އައި ވޯޒް ކޮންފިއުޒްޑް…އެންޑް…” އިސްދަށަށް ޖަހާލައިގެން އީން ހުރީ ހަގީގަތުގައިވެސް އަލްޔާން އާ ހަތަރު ކަޅި ހަމަ ކުރަން ނުކެރުނީމައެވެ. އަލްޔާން ގެ ތެދުވެރި ލޯތްބާމެދު ޝައްކު ކުރެވުނީތީ އީން ދެރަވިއެވެ. އެވަގުތު އީން ގެ ދަތްދޮޅީގައި ހިފާލަމުން އަލްޔާން އޭނާޔާ ހަތަރުކަޅި ހަމަކޮށްލިއެވެ. ރޭގަނޑުގެ އެކަނު އަނދިރިކަމުގެ ތެރެއިންވެސް އީން ގެ ދޮން މޫނު ދިއްލިފައި ހުރީ ހަނދެއް ފަދައިންނެވެ. އިރުކޮޅެއްވަންދެން އަލްޔާން އަށް އީން ގެ އެރީތި މޫނަށް ބަލަން ހުރެވުނެވެ. “އީން ..އަހަރެން މިބުނާ ވާހަކަ އަބަދުވެސް ހަނދާން ކުރައްޗޭ…ހާލަތު ކޮންމެ ގޮތަކަސް ބަދަލް ވި ކަމުގަ ވިޔަސް ހަމަހޭގަ ހުރެގެން އަހަރެން ދުވަހަކުވެސް އީން ދޫކޮއްފަ ނުދާނަން..އަހަރެންގެ ލޯތްބަތް އިތުބާރު ކުރައްޗޭ އަބަދުވެސް..މިހިތުން ތިނަން އަދި ތި ލޯބި ސޫރަ ނުފޮހެވޭނެ ދުވަހަކުވެސް..ނެވާ”އަތް ގެންގޮސް ހިތާ ދިމާލުން މޭމަތީގާ ޖައްސާލަމުން ޔަގީން ކަމާއެކު އަލްޔާން ބުނެލިއެވެ. އާއެކޭ ބުނުމުގެ ގޮތުން އީން ބޯ ޖަހާލީ އަލްޔާން ގެ ލޯތްބަތް ފުރިހަމަ އިތުބާރު ކުރާނެކަމުގެ ޔަގީން ކަން ދެމުންނެވެ.ހިތަށް ލިބުނު ހަމަޖެހުމާއެކު އަލްޔާން އަނެއްކާވެސް އީން ގެ ގައިގައި ބައްދާލަމުން ނިތުގައި ބޮސްދިނެވެ. އެވަގުތު އެދެހިތުންވެސް ކުރެވުނު ދުއާއަކީ މުޅި އުމުރަށް މިގޮތުގައި އެކީގައި ލެއްވުމެވެ. “ހިނގާބަލަ ދާން ދެން..ބިރުވެސް ގަނޭ އެބަ ވަލުތެރޭގަ..” އަލްޔާން ދުރުކުރުވަމުން އީން ދެލޯ ބޮޑުކޮށްގެން ހުރެ ވަށައިގެން ހޯދާލިއެވެ.”ހެހެ..އަހަރެން ހުއްޓާ އީން ކޮންކަމަކާ ބިރު ގަންނަންވީ..އެކަމް ލެޓްސް ގޯ އޭބުނަމުން ލުއި ފަތެއް ނަގާހެން އީން ނަގާ ދެތަތްދަނޑި މައްޗައްލައިގެން އަލްޔާން ހިނގައިގަތެވެ. “އަލްޔާން..ވަޓް އާ ޔޫ ޑުއިންގް..” އަލްޔާން އެހެން ހަދާފާނެ ކަމަށް ވިސްނައިގެން ނެތް އީން އަށް ސިހުން ލިބި ކުޑަކޮށް ހަޅޭއްވެސް ލެވުނެވެ. “ނަތިން… މިތަނަށް ގެނައި އިރު ފަޔަށް ތަދުވާތީ އުޅުނީމެއްނު..ސޯ ގެންދާ އިރު ތަދު ނުވާކަހަލަ ގޮތަކަށް ގެންދަން ކަމަށްް..އާނ އެކަމް ދެން ތިހެން ހަޅޭއްލައްވަންޏާ ނާންނަންޖެހޭ މަޚްލޫގުން ވެސް ފަހަތުން އަޅުވާލަފާނެ އިނގޭ..” އަލްޔާން އެހެން ބުނުމުން އީން ބިރުން ފިތްކަނޑައިގެން ނުދިޔައީ ކިރިޔާއެވެ. ލޯމަރާ ބާރުކޮށްލަމުން ދެއަަށް އަލްޔާން ގެ ކަނދުރާގައި ވަށާލަމުން މޭގައި ބޯޖައްސާލިއެވެ. އިތުރަށް އެންމެ އަޑެއްލައްވާލަން ކީއްކުރަން ނޭވާއެއްލާން ވެސް އީން އޮތީ ނުކެރިފައެވެ.އީން ބިރުން އޮތްކަން އެނގުމުން އަލްޔާން އަށް މަޖާވިއެވެ. ސްކޫލް އާ ހިސާބަށް އާދެވުމުން އަލްޔާން ކުޑަކޮށް ކަރުކެހިލިއެވެ. އެވަގުތު އީން ލޯހުޅުވާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.”އަޅޭ ..އަސްލު ހަމަ ބިރުން ނޭވާވެސް ނުލާތަ އޮތީ..ހެހެހެ..ބިރުގެންފަ ހުންނަ އިރުވެސް ހާދާ ރީއްޗޭ..”ދެމީހުންގެ ހަތަރުކަޅި ހަމަވެފައިވީ އެވަގުތު އަލްޔާން ގެ ހިތަށް ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ލިބެމުން ދިޔައެވެ. އަލްޔާން ހެވިފައި ހުރިތަން ފެނުމުން އީން ކުޑަކޮށް ނުރުހުންވެފައި ތުންދަމާލިއެވެ.”ހަހް..ސޯ ފްލާރޓީ..ރުޅި އަޔަސް ބުނާނެ އީން ހާދަ ރީއްޗޭ..ބިރުގަތަސް ހާދަ ރީއްޗޭ..ދެރަވިޔަސް ހާދަ ރީއްޗޭ..” އީން އަނެއް ފަރާތަށް މޫނު އަނބުރާލުމުން އަލްޔާން ވެސް އޭނާގެ މޫނު އެދިމާލަށް ގެންދިޔައެވެ.އީން ގެ ފިނި ކޯތާފަތުގައި ތުންފަތް ޖައްސަމުން އަލްޔާން ލޯ މަރާލިއެވެ.”ފްލާރޓެއް ނޫން އިނގޭ ދޫނި..އަސްލުވެސް އަހަރެން ކީއްކުރާނީ..އީން ހަމަ ކޮންމެ އެކްސްެޕްރެޝަނެއްގަ ހުއްޓަސް އަހަންނަށް ހަމަ ރީތީއޭ..އައިމް ސޯ މޭޑްލީ އިން ލަވް ވިތް ޔޫ” އަލްޔާން ގެ ހޫނު ނެވާ އިހްސާސް ވުމުން އީން ގެ ހިތުގެ ވިންދު އަވަސް ވާން ފެށިއެވެ.ލޯ ހުޅުވާލަމުން އަލްޔާން ގެ މޫނަށްް ބަލާލެވުނެވެ. އެވަގުތު އެދެލޮލުން ފެނުނު ލޯބީގެ ޖަޒްބާތުގެ ތެރެއަށް ޢަރަގުވާން ހިތް އެދެމުން ދިޔައެވެ. ކުއްލިއަކަށް ކުރިމަތީން މޫނަށް އެޅެންފެށި ލައިޓް އާއެކު ސިހިފައި އަލްޔާން އީން ގައި ދޫކުރަމުން ބިންމަތީގައި ބެހެއްޓިއެވެ. އީން ވެސް އަވަސް އަވަހަށް ޝޯލް ރަނގަޅު ކޮށްލީ ކަންބޮޑުވެފައި ހުރެއެވެ.ހައިބީމް އަޅުވާފައި ހުރުމުން ސީދާ ކާކުކަން ނޭގުނު ނަމަވެސް އެއީ ސައިކަލެއްގެ ލައިޓް ކަން އަލްޔާން އަށް ޔަގީންވިއެވެ. އެއް އަތް މޫނާ ދިމާލަށް ދިއްކުރަމުން އަނެއް އަތުން އީން ގެއަތުގާ ހިފާގެން އަލްޔާން އެދިމާލަށް ހިނގާގަތްތަނާ ސައިކަލް އަނބުރާލާފައި ބާުރު ސްޕީޑެއްގާ ދުއްވާލިއެވެ. އެކަމަކު އޭގައި ދެމީހުން ތިިބިކަން އަލްޔާން އަށް އެނގުނެވެ.އަދި އެދެމީހުން އަލްޔާން މެންނަށް ބަލަން ތިބި ކަމަށް ލަފާ ކުރެވުމުން އޭނާގެ ހިތުގައި އިންޒާރުގެ ސިގްނަލް ހިނގާލިއެވެ.އެހެން ނަމަވެސް އީން ކަންބޮނޑުވާނެ ކަން އިނގޭތީ އެއްޗެކޭ ނުބުނެއެވެ.
**************
އޭގެ ފަހުން ހަފްތާއެއް ފާއިތުވެ ދިޔައިރު އަލްޔާން އާއި އީން ގިނަ ވަގުތުހެން އުޅުނީ އެކުގައެވެ. އަލްކާ މެންގެއަށް ކަމަށް ބުނެ ނޫންނަމަ އާދީ ގޮވައިގެން ބޭރަށް ކަމަށް ބުނެ އީން ދަނީ އަލްޔާން އާ ބައްދަލުކުރުމަށެވެ.ކޮންމެ ރެއަކުވެސް ހަނދުވަރުގެ ރީތި އަލީގައި އަތާ އަތް ގުޅައިގެން ތިބެ ދުވަހަކުވެސް ވަކިނުވުމަށް އަލްޔާން އާއި އީން އެތަކެއް ވައުދުވިއެވެ. ދިގު ޙަރީފް މޫސުމަކަށް ފަހު ދެލޯބިވެރީންގެ ހަޔާތަށް އައި އެބަހާރު މޫސުމުގައި ދެމީހުން އެކުއެކީ އެކި ކުލަކުލައިގެ މާތަށް ފޮޅުވީ އެއީ ދުވަަކުވެސް މިލައި މޯޅި ނުވާނެ މާތަކެއް ކަން އެކަަކު އަނެކަކަށް ޔަގީން ކޮށްދެމުންނެވެ. ފާއިތުވަމުން ދިޔަ ދުވަސް ތަކާއެކު އީން ގެ މިޒާޖަށް އަންނަމުން ދިޔަ ބަދަލް އެންމެ ފުރަތަމަ ވެސް ފާހަގަ ކުރެވުނީ އޭނާގެ ބައްޕައަށެވެ. އަލްޔާން ރަށުގައި ހުރިކަން އެނގުމާވެސް އެކުގައި ލަހެއް ނުވެ އަޝްރަފް ގެ ސުވާލުތަކާވެސް އީން އަށް ކުރިމަތިލާން ޖެހުނެވެ.
“އެހާ ނިކަމެތިކޮށް އީން އާ ދޭތެރޭ ކަންތަށް ކުރުމުން ވެސް ދަރިފުޅު ބޭނުންވަނީ ހަމަ އެ އަލްޔާން އާ ގުޅިގެން އުޅެންތަ؟ ކިހިނެތް ތަ ދަރިފުޅު ހުރިހާކަމެއް އެހާ އަވަހަށް ހަނދާން ނެތުނީ؟؟އެކެހިވެރިކަމުން އީން ސަލާމަތް ކުރުމަށް ބައްޕަ ދަރިފުޅު ރަށަށް ގެނައީ..އެކަމަކު އަނެއްކާ ވެސް ތި އުޅެނީ ހެއްލިގެން…ބައްޕަ އެއްގޮތަކަށް ވެސް ތި ގުޅުމާ ގަބޫލެއް ނޫން..އޭނައަށް އަންގާ ހަަމަ މިހާރު މިރަށުން ފުރައިގެން ދާން!!” އަޝްރަފް ގެނިންމުން އަޑުއިވުމުން އީން ދެރަވިއެވެ. އެހެނަސް އަލްޔާން އެނާ ދެކެ ވަނީ ހަގީގީ ލޯބި ކަން ބައްޕަ އަށް ހާމަކޮށްދޭން ދެވަނަ ފުރުސަތަކަށް އެދެން އީން ބޭނުން ވިއެވެ.”ބައްޕާ..އަލްޔާން އަކީ ކެހިވެރިއެއް ނޫން..އެންމެ ފަހަރަކު ބައްޕަ އަލްޔާން އާ ބައްދަލު ކޮށްބަލަ..ހުރިހާ ކަމެއް ދޫކޮށްފަ އަލްޔާން މިރަށަށް އައީ އަހަންނަށްޓަކާ..”ދެވަނަ ފަހަރަށް އަލްޔާން އާ ބައްދަކު ކުރުމަށް އެދުމުން ސާފު ބަހުން އަޝްރަފް އެކަމަށް އިންކާރު ކުރިއެވެ. “ބައްޕާ ޕްލީޒް..އެންމެ ފަހު ފަހަރު ..ޕްލީޒް..އަހަންނަށް މެސެޖް ކުރީ އަލްޔާން އެއް ނޫން..އެއީ އޭނާ ބައްޕަ އަހަރުމެން ދުރުކުރުވަން ކުރިކަމެއް..އަލްޔާން އަހަރެން ދެކެ ލޯބި ނުވާނަމަ އެގޮތަަށް މައިން ބަފައިންނާ،އަމިއްލަ ރަށާ ވަޒަނާ ގެދޮރު ދޫކޮށްފަ ބީރައްޓެހި ރަށަކަށް އަންނާނެތަ؟؟..ބައްޕަ އަލްޔާން ދައްކާ ވާހަކަ އަޑުއަހާބަލަ އެންމެ ފަހަރަކު ޕްލީޒް” ހުއްޓުމެއްނެތި އީން ކުރަމުން ދިޔަ އާދޭސްތަކަށް އަޝްރަފް އެންމެ ފަހުން އެއްބަސްވިއެވެ. ” ހޫނ..ބުނޭ މާދަންރޭ މިގެއަށް އަންނަން..އެކަމަކު އޭގެ ކުރީން އީން ދެން އޭނަޔާ ބައްދަލުކުރަން ގޮސްގެން ނުވާނެ” ރުޅި އައިސްގެން ހުރެ ނަމަވެސް ބައްޕަ އަލްޔާން އާ ބައްދަލުކުރަން ގަބޫލް ވުމުން އީން ވަރަށް އުފާވިއެވެ. އެހެން ކަމުން އަވަހަށް ކޮޓަރިއަށް ގޮސް އަލްޔާން އަށް ގުޅައި އެވާހަކަ ބުންޏެވެ.”އަސްލުވެސްތަ؟..އޯކޭ ސޯ މާދަންރޭ ދާނަން ތިގެއަށް..އެކަމް ނޭނގޭ ކީއްވެކަމެއް ނާރވަސް ވޭ އެބަ!” މާލޭގައި ހުރި އިރު ކަންތަށް ވީ ގޮތުން އީން ބައްޕަ އާ ބައްދަލުކުރަން އަލްޔާން ކުޑަކޮށް ޖެހިލުންވި ނަމަވެސް އީން ހާސިލްކުރުމަށްފަތަން ޖެހުނު ކޮންމެ ކަނޑެއްގައި ވެސް ފަތަން އަލްޔާން ހުރީ ތައްޔާރަށެވެ.”އޯކޭ..ސޯ ބްރޭސް ޔޯ ސެލްފް އެންޑް ގެޓް ރެޑީ..ސީ ޔޫ ޓުމޯރޯ ނައިޓް..” އަލްޔާން ނާރވަސް ވީ ވާހަކަ ބުނުމުން އީން އަށް މަޖާވިއެވެ.”އޭ މަޑުކޮށްބަލަ..ކީއްވެ ސީ ޔޫ ޓުމޯރޯ ނައިޓް ވީ..މިރޭ މީޓް ނުކުރަންތަ؟” އަލްޔާން އާ ބައްޕަ ގެ މީޓިން ގެ ކުރީން އަލްޔާން އާ ބައްދަލު ނުކުރުމަށް ބައްޕަ އަންގާފައިވާ ކަމަށް ބުނުމުން އަލްޔާން ދެރަވިއެވެ. “އެކީއްވެ؟ ތީގެ މާނައަކީ އޭގެ ކުރީން އަހަންނަށް އީން ނުފެންނާނެޔޭ ތަ؟ ނޯވޭ..އަހަރެން ހިތްވަރުވެސް އާވާނީ އެންމެ ފަހަރަކުވެސް އީން ފެނިލީމަ..ދާނަން މިރޭ” އަލްޔާން ޔަގީން ކަމާއެކު އެހެން ބުނުމުން އީން ބިރުގަތެވެ. “ދެން ނޫން ..އެހާ ވަރުން އަދި ބައްޕަ އެއްބަސް ކުރުވީވެސް މީޓް ކުރަން..ދެން އަނެއްކާ ސިއްރުން ދެމީހުން ބައްދަލް ކޮށްފިނަމަ ރުޅިއަންނާނެ..ޕްލީޒް ނާއްނައްޗޭ..ފޯނުން ހިތްވަރު ދޭނަމޭ” ބައްދަލު ކުރަން ނާންނަން ކިތަންމެ ވަރަކަށް އެދުނު ކަމުގަ ވިޔަސް އީން އާ މިރޭ ބައްދަލްކުރަން އަލްޔާން ބޭނުންވިއެވެ. އެހެން ކަމުން އިންތިޒާރު ކުރައްޗޭ ބުނެ ފޯން ބޭއްވިއެވެ.
*******
ރިޝްވާން ގެ ވައިބަރ މެސެޖާއެކު އަތްދަމާފައި ޒިން އަށް ފޯން އެއްލާލެވުނެވެ. ގޮނޑީގައި އިށީންނަމުން މޫނުގައި ދެއަތް އަޅާލިއެވެ. އެފޮޓޯތަށް ފެނުމުން ހީވީ ހިތް ފަޅާގެން ދަނީ ހެންނެވެ. ވަލީދުވެސް އޭނާ ވީ ވައުދު ހަނދާން ނައްތާލީ ތާއޭ ޒިން ގެ ހިތަށް އެރިއެވެ. ކޮންމެ ގޮތެއް ވިޔަސް އީން އާ އަލްޔާން ގާތް ވުން އެއީ ޒިން އަށް ހަޖަމް ކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. އެހެން ކަމުން ވީހާވެސް އަވަހަކަށް ރަށަށް ދެވޭތޯ ޒިން އުޅެގަތެވެ.
އަލްޔާން އާ އީން އަލްޔާން އާ ވާހަކަ ދެއްކިފަހުން އީން ގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނާ އަންނަ ތަނުން ބައްޕަ އަށް ފެނިއްޖެނަމަ ހުރިހާކަމެއް ނިމި ދެމީހުން ވަކިވާން އަންގަފާނެތީ އީން ކަންބޮޑުވިއެވެ. އެހެނަސް ހިތާހިތުން އަލްޔާން ދެކެލަން ވެސް ބޭނުންވިއެވެ. އިރުއޮއްސުނުފަހުން އީން އަށް ހުރެވެނީ އިރު އިރުކޮޅާ ސިޓިންރޫމަށް ނިކުމެލަނިކުމެލައެވެ.
“ހޫން…އެއްކަލަ ފެށީ..ދެން އެބުނީނު މާދަން ރޭ ބައްދަލްވާން..ކެތްތެރިވެބަލަ..ހަމަ މިރޭ ބައްދަލު ނުކުރިޔަސް ވެދާނެއެއްނު” ނިދަން އޮތް އީތަން އަށް ގޮވާ އަލްޔާން އާއެކީގަ އެގެއަށް ދާން އެދުމުން އޭނާ ރުޅިއައެވެ. އީތަން މޫނުގައި ބާލީސްއަޅައި އަނެއްފަރާތަށް އެނބުރުމުން އަލްޔާން ބާލީސްދަމައި އޭނައަށް އުނދަގޫ ކުރަންފެށިއެވެ.”ކެތްކުރި މީހާ ދޯ ފުޅަށް ބުޑުގަ އޮވެ މަރުވީވެސް..މަ ބޭނުމެއް ނޫން އެހެން ވާން…މާދަން ވެސް ނުފެންނާނެ އީން..ހިނގާބަލަ ދެން .ކަލޭ ހުންނާނީ ބޭރުގަޔޭ..ތެދުވެބަލަ” އަލްޔާން އުނދަގޫ ކުރަންފެށުމުން އީތަން ޕިސްޕިސް ލައްވަމުން ތެދުވެ އެނދުގައި އިށީނެވެ.” އާއެހެންވީމަ ކަލޭ ބޭނުންވަނީ ފުޅަށް ބުޑުގަ އޮވެ މަރުނުވެ ފުޅަށް މަތީން ފުއްމަން ދޯ؟؟ ވަރުގަދަ ކަމެއް..ހިނގާ..” ބާލީސް ނަގާ އަލްޔާން އާދިމާލަށް އެއްލާލަމުން އީތަން ހިނގައިގަތީ ފާހަނާ ދިމާލަށެވެ.”އާން މަޖެހޭ މިރޭ ފަތިހު ފުރަން ދާން..އެގެއަށް ވަންނަން އުޅެން ހަދައިގެން އެންމެ ފަހުން ޕޮލިހަށް ކަންނޭގެ ގެންދާނީ..” އަލްޔާން ވަކިޖަވާބެއް ނުދީ ހިނިގަނޑެއްޖަހާލަމުން އެނދުގައި އޮށޯތެވެ.
******
ގަޑިން އެގާރަ ޖަހާބޮޑުވާން ގާތްވިއިރުވެސް އީން އަކަށް ނުނިދުނެވެ. ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ އަލްޔާން އަންނާނެ ވާހަކަ ބުނެފަ އޮތީމައެވެ. ކުއްލިއަކަށް ފޯން ރިންގްވާން ފެށުމުން އަވަހަށް ނަގާ ބަލާލިއިރު ގުޅަނީ އަލްޔާން އެވެ. “ހޭއި..ދޮރު ނުހުޅުވޭނެތަ..ބޭރުގަ މިހިރީ..ދޮރުއަށި ތަޅުލާފަ ހުރީ..” ބުނީމެއްނު ނާއްނައްޗޭ..ނުކެރޭނެ ހުޅުވަން ދާކަށް…އެހެން ނޫނަސް ބައްޕަ އަތުގަ ތަޅުދަނޑިވީ” އާދީ ހޭލެވިދާނެތީ އީން ވާހަކަ ދެއްކީ މަޑުމަޑުންނެވެ. “އުހުނ..އީން ނުފެނި ގެއަށް ނުދާނަން..ނިކުމެބަލަ ގޯތިތެރެއަށް..” އަލްޔާން އެހެން ބުނުމަށް ފަހު ފޯން ބާއްވަމުން އީން މެންގޭ ބޭރު ފާރާ ދިމާލަށް ބަލާލިއެވެ.”ނޯވޭ..ޑޯންޓް ޓެލްމީ ތިއުޅެނީ ފާރުމަތީން ފުއްމާލާށޭ..” އީތަން ސައިކަލުން ފައިބައިގެން އައިސް އަލްޔާން ކައިރީ ހުއްޓިލިއެވެ. “ޔެސް..އައިމް ޑުއިން ދެޓް” ލާނެތް ގޮތަކަށް ހީލާފައި އެހެން ބުނަމުން ބަލާކަށްނުހުރެ އަލްޔާން ފުއްމައިގެން ގޮސް މާ އުސް ނޫން ފާރުގައި ހިފައި މައްޗައްއަރައި އެތެރެއަށް ފުއްމާލިއެވެ. އީތަން އަށް ލޯމަރާ ބާރުކޮށްލެވުނީ އެއްވެސް އަޑެއް އިވިދާނެތީއެވެ. އެކަމަކު މާބޮޑު އަޑެއް ނީވުމުން ފާރުކައިރިއަށް ޖެހިލާ ވައި އަޑުން ބްރޯ އޯކޭހޭ އަހާލިއެވެ. “އާނ..އޯކޭ”އަލްޔާން ވެސް މަޑުމަޑުން ޖަވާބުދެމުން ފޯން ނަގާ އަނެއްކާވެސް އީން އަށް ގުޅިއެވެ. އަލްޔާން ގުޅަން ފެށުމުން އީން ދެއަތަކަށް ބޯހޫރަމުން މަޑުމަޑުން ކޮޓަރިން ނިކުތީ ފޯން ސައިލެންޓަށް ލަމުންނެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް ތަޅުލާފައި ހުރި ސިޓިން ރޫމް ގެ ދޮރު ހުޅުވާ ބޭރަށް ދެމިގަތެވެ. އަނދިރިކަން ވެރިފައި އޮތް ގޯތިތެރެބަލާލުމުން އެއްވެސް ތަނެއް ނުފެންނާތީ އީން ގޮސް ބޮކި ދިއްލާލިއެވެ. ގަސްތަކުގެ ތެރެއިން ދިއްލިފައި ހުރި ފޯން ސްކްރީން ފެނުމުން އަލްޔާން އެތާ ހުރިކަން އީން އަށް ޔަގީންވިއެވެ.އެހެނަސް ހަމަ ދާންވީ ބާއޭ ހިތަށް އަރައި ގޭތެރެއަށް ނަޒަރެއް ހިންގާލަމުން އީން ތުންފަތުގައި ދަތް އަޅާލިއެވެ.އެންމެ ފަހުން ދެހިޔާލެއްގައި ހުރެމެ އިީން އެދިމާލަށް ދިޔައެވެ. ކުއްލިއަކަށް އީން ގެ އަނގަމަތީ އަތް އަޅަމުން އަތުގާހިފާ ގެނެސް އަލްޔާން އޭނާގެ މޭގާ ޖައްސާލިއެވެ. އެހަރާކާތުން ބިރުން ހުރި އީން އަށް ސިހުން ގެނުވި ނަމަވެސް އަލްޔާން ގައިގައި ބާރަށް ބައްދާލިއެވެ. “ބުނީމެއްނު އަންނާނަމޭ މިރޭ…އައި ލަވް ޔޫ” އަލްޔާން ހީލަމުން ދެއަތުން އީން ގެ ތުނި ހަށިގަނޑު ވަށާލިއެވެ.”ކިހިނެތް އެތެރެއަށް ވަނީ..” ފާރާ ދިމާލަށް ބަލަމުން އީން ސުވާލު ކުރީ އަލްޔާާން ފާރުމަތީން ފުއްމާލިކަމަށް ގަބޫލް ކުރަން ދަތިވީމައެވެ.”އެވާހަކަ ބާއްވާ..އާޔޫ ހެޕީ ޓު ސީ މީ” އަލްޔާން އިހުނަށް ވުރެވެސް އީން އާ ގާތްވެލިއެވެ. “އޮފްކޯޒް.ނީވޭތަ މިހިތް ތެޅޭ އަޑު..”ރަކި ހިނިތުންވުމަކާއެކު އީން އެހެން ބުނުމުން އަލްޔާން ހީލިއެވެ. އީން އެގޮތަށް ހިނިތުންވެލާތަން ފެނުމުން އޭނާގެ ހިތަށް ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް އަބަދުވެސް ލިބެއެވެ. “އިނގޭތަ ދެޓް ސްމައިލް އޮފް ޔޯރސް ފެނުނީމަ އަހަރެންގެ ހިތް ހީވަނީ ހަމަ ހިމޭން ރެސްޓަކަށް ދާހެން..ބުނެދޭން ނޭނގޭ އަސްލުކުރެވޭ އިހްސާސް..އައި ލަވް ޔޫ ސޯމަޗް” އެހާކައިރީގައި ހުރެ އިޝްގީ ނަޒަރަކުން މޫނަށް ބަލަން އަލްޔާން ހުރުމުން އީން އަށް އުނދަގޫ ވިއެވެ.”ހްމްމް..ނަސީބެއްނު އެރެސްޓަކަށް ނުދާކަން..ނުބަލަބަ ތިހާވަރަށް” އަލްޔާން ގެ ލޮލުގައި އަތް އަޅާމުން އީން ބުނެލިއެވެ.”ހެހެ..އަހަރެން އެރެސްޓަކަށް ގޮއްސިނަމަ އީން ކިހިނެތް ހަދާނީ” އެސުވާލުން އީންގެ ހިތަށް ފިނިވެގެން ދިޔައިރު ހިތްހަމަވެސް ނުޖެހުނެވެ. އެއާއެކު އަލްޔާންގެ ގަމީހުގެ ގިރުވާނުގާ ހިފާ ކައިރިއަށް ގެނެސް މޫނާއި މޫނު ޖައްސާލަމުން ލޯމަރާލިއެވެ.
“ތިކަހަލަ ވިޔާނުދާ ވާހަކަ ނުދައްކާ..އަހަންނަކަށް ނޭނގޭ އެކަހަލަ ދުވަހެއް އައިސްފިނަމަ ވާނެ ގޮތެއްވެސް” އީން ގެ ނޭވާގެ ހޫނުކަން އިހްސާސް ވުމުން އަލްޔާން އަށް އިޚްތިޔާރުން ބޭރުވެވެވި އެތުންފަތުގައި ބޮސްދެވުނެވެ.
އެވަގުތު ސިޓުންރޫމްގެ ބޮކި ދިއްލުމުން ދެމީހުން އެކީހެން ސިހިފައި ބަލާލެވުނެވެ. “ޝިޓް..ބައްޕަ..އަލްޔާން ކިހިނެތް ހަދާނީ؟..” ބައްޕަ ހިނގާފައި ބޭރަށް ނިކުންނަން އަންނަތަން ފެނުމުން އީން ގެ ހިތް ތެޅިގަތެވެ.”ޑޯންޓް ވޮރީ..ދޭބަލަ ޖޯލިފައްޗާ ދިމާލަށް..ބުނޭ ވައިޖައްސަން ނިކުމެލީއޭ..” އަލްޔާން އީން ކަންފަތް ދޮށުގައި ސިއްރު ސިއްރުން އެހެން ބުނެލުމުން އީން ދުވެފައި އެދިމާލަށް ދިޔައެވެ.ދެކޮޅު ހޯދަމުން ނިކުތް އަޝްރަފް އަށް އީން ފެނުމުން ހައިރާންކަން ލިބުނެވެ. “ދަރިފުޅާ…ކީއްކުރަނީ މިއޮތް ދަންވަރު” ބައްޕަ ގެ އަޑު އިވުމުން ސިހިފައި ކަމަށް ހެދެމުން އީން ބަލާލިއެވެ. “ކަމެއް ނުވޭ ބައްޕާ…ހަމަ ބޮ..ލުގަ ރިއްސާތީ..ވައި ޖައް..ސަން ނިކުމެލީ..” އީން އަޅައަޅައިގަންނަމުން ބުނެލިއެވެ. އީން އަކީ ދުވަހަކުވެސް އެހެން ބޭރަށް ނިކުންނަ ކުއްޖަކަށް ނުވުމުން އަޝްރަފް ފާޑަކަށް ބަލަހައްޓައިގެން ހުއްޓެވެ.ފާރުބުޑުގައި ހުރި އީތަން އަށް އަޝްރަފް ގެ އަޑު އިވުމާއެކު އަލްޔާން ބަސްޓް ވީ ކަމަށް ހިތާ ގުޅާލިއެވެ. ރިންގްވާން ފެށި ފޯނުގެ އަޑާއެކު އަޝްރަފް ބުމަގޮތްޖަހާލަމުން އެދިމާލަށް ހިނގައިގަތްތަނާ އީންއަވަސްއަވަހަށް ދުވެފައި އައިސް އަލްޔާން ގުޅަނީކަމަށް ބުނެލިއެވެ. ނަސީބަކުން އަލްޔާން ވެސް ފޯން ނިކަން އަވަހަށް ސައިލެންޓްއަށް ލިއެވެ. “ހޫނ..އޭނަޔަށް ގުޅައިގެން ދޯ ތި އިންނަނީ ގޮސް..މާގިނަ ވާހަކަ ދައްކާނެކަމެއް ނެތް..ދޭ ކޮޓަރިއަށް ނިދަން.”އީން ހަމަޖެހުމުގެ ނޭވާއެއް ލަމުން އަލްޔާން ހުރި ތަނާ ދިމާލަށް ބަލާލަމުން ގޮސް އެތެރެއަށް ވަނެވެ. އަޝްރަފް ވެސް ގޮސް ބޭރު ދޮރުގައި ހިފާ ތަޅުލާފައި ތޯ ހުރީ ޔަގީން ކޮށްފާ އައިސް ބޮކިނިވާލާފައި އެތެރެއަށް ވަނެވެ. “އައްދިޔޯއި” އަވަސްއަރުވާލާފައި ހުރެ ފާރުގެ އަނެއް ފަރާތް ބަލާނުލާ ފުއްމާލި އަލްޔާން ގޮސް އީތަން ގައިގައި ޖެހި ދެމީހުން އެއްފަހަރާ ވެއްޓުނެވެ. “ބަލ**..އެއްނ،މަަށަށް ކިހިނެތް އިނގޭނީ ކަލޭ މިތާ ބުޑުގަ ހުންނާނެކަމެއް…ނުވިތާކަށް ކީއްކުރަން މަށަށް ގުޅީ..ކިރިޔާނު ބަސްޓް ނުވީ؟؟” ވެއްޓިފާ އޮތް އީތަން ތެދުކުރަމުން އަލްޔާން ބުނެލިއެވެ.”ހޭބައްޔެއް ނުވާނެތަ މީހަކު..ކާކުތަ މަމިތަނަށް ގެނައީ..ބަލަ މަ ކިތަންމެ ހިއްކަސް ކަލޭ ދެލޮލުން ބަލާފަ ފުއްމި ނަމަ ފެންނާނެއެއްނު…”ގައިގަ ހުރި ވެލިތަށް ފޮޅަމުން ދެމީހުން އެކަކު އަނެކަަކަށް ކުދި ކިޔަމުން ގޮސް ސައިކަލަށް އަރާ ދުއްވާލިއެވެ.
***************
ޖެހިގެން އައި ދުވަހު ހަވީރު ވާން ގާތްވިއިރު އަލްޔާން ފޫހިވެގެން ހަލާކުވާވަރުވިއެވެ. އީތަން ފުރައިގެންދާން ޖެހުމުން ނާއި އީން އާވެސް ބައްދަލު ނުވުމުން އަލްޔާން އެކަނި ވިއެވެ. ސައިކަލުގައި ލިންކްރޯޑްގައި ބުރެއް ޖަހާލަން ނިކުތީ ފޫހުފިލުވާލުމަށެވެ. ކުއްލިއަކަށް ފޯނެއް އަންނަން ފެށުމުން ސައިކަލު އެއްފަރާތުގައި މަޑުކޮށްލާފައި ބަލާލިއިރު ގުޅަނީ އީން އެވެ. “ކޮންތަނަކަށް ތިދަނީ މާރީތި ވެގެން..އެބަބަލާ މިތާ ތިބި ހުރިހާ އަންހެން ކުދީން..”މާވަރަކަށް ޖެލަސް ވެފައި ހުރެ އީން ވާހަކަ ދައްކަން ފެށުމުން އަލްޔާން އަށް މަޖާވިއެވެ “ހެހެހެ..ހަމަ އެހާ ރީތިތަ..ކޮންތާކު ތިހިރީ..ބުނީމެއްނު މިއަދު ގެއިން ނުނިކުމެވެޔޭ” ސައިކަލުމަތީގައި ހުރެފައި އަލްޔާން ވަށައިގެން ހޯދާލިއެވެ.އާދީ ފުޓްބޯލް ޕްރެކްޓިސް އަށް ސްޓެޑިއަމް އަށް ލާދޭން އައީ ކަމަށް ބުނެ އީން އަތް މައްޗައް ނަގަމުން މި ދިމާލަށް ބަލާބަލާށޭ ބުނެލިއެވެ. މަގުގެ އަނެއް ފަރާތުގައި ހުރި އަލްޔާން އަށް އީން ފެނުމުން ވީ އުފަލުން ހިނިތުން ވެލެވެނުނެވެ.ކަކުލާ ހަމައަށް އޮތް ހުދުކުލައިގެ ކުރުތާ އަކާ ސްކިނީ އަކާއެކު މަޑުރަތް ކުލައިގެ ޝޯލް އަލައިގެން ހުރި އީން އަށް ބަލަން ހުރެ “ހާދަ ރީއްޗޭ” ބުނަމުން އަލްޔާން ހިނގާގަތީ އީން އާ ދިމާލަށެވެ. އެއަޑު އިވުމުން ރަކި ގޮތަކަށް ހިނިތުން ވަމުން “ޔޫ ޓޫ އޭ” އީން ބުނެލިއެވެ. “އެހެންތަ…އައި ލަވް ޔޫ” އޭ ބުނެ ފޯން ކަންފަތުގައި ޖައްސައިގެން ހުރެ އަލްޔާން އީން އާދިމާލަށް ހިނގަމުން އައެވެ. ކުއްލިއަކަށް ފަހަތުން ބާރު ސްޕީޑްގައި ދުއްވާފައި އައި ކަޅުކުލައިގެ ފިޓް ކާރު އެދިޔަ ގޮތަށް ގޮސް ޖެއްސީ އަލްޔާން ގައިގައެވެ. ބިންމަތީން ހެލިގެން ވިއްސައިގެން ގޮސް ދިހަ ވަރަކަށް ފޫޓު ދުރުގައި ޖެހުނު އަލްޔާން ބާރުމިނުގައި ބިންމަތީގައި ފުރޮޅެމުން ދިޔައެވެ. އަލްޔާންގެ ފޯން ގޮސް އީން ކުރިމަތީގައި ޖެހުނު އިރު ދެލޯ ބޮޑުކޮށްގެން ގަނޑުވެފައި ހުރި ބުދެއްފަދައިން ބަލަހައްޓައިގެން އީން ހުއްޓެވެ. ފުރޮޅެމުން ގޮސް އަލްޔާން ހުއްޓުނީ އީން އާ ވިއްސަކަށް ފޫޓް ދުރުގައެވެ. ފިޓް ޖެހުމުން ވާކަހަލަ ގޮތަކަށް އަލްޔާން ގެ ހަށިގަނޑު ތެޅިތެޅިފައި ޖެހެމުން ދިޔައިރުު އަނގައިން ރަތްކުލައިގެ ލޭ ގަނޑުގަނޑަށް ފައިބަމުން ދިޔައެވެ.އެކުޑަކުޑަ ހިނދުކޮޅު ތެރޭ ވީނުވި އެއް އަލްޔާން އަކަށް ނޭގުނެވެ. ހަށިގަނޑަށް ތަދުގެ އިހްސާސެއްވެސް ނުވެއެވެ. ހަމައެކަނި ހީވީ މޭނުބައިކޮށް ހޮޑުލެވޭ ހެންނެވެ. ގަދަކަމުން ލޯ ހުޅުވާލިއިރު ފެނުނީ އޭނާގެ ހިތުގެ ވިންދުކަމުގައިވި ލޯބިވެރިޔާ އީން ފޯން ކަންފަތުގާ ޖަހައިގެން ބަލަހައްޓައިގެން ހުރިތަނެވެ. އީން ގެ ތަސްވީރު ލޯމަތީން ފުސްވަމުން އަނދިރި ވަމުން ދިޔައިރު އަލްޔާން އަށް ފެނުނީ އީން ވެއްޓެން ދިޔަ މަންޒަރެވެ. އީން ބިންމަތީގައި ޖެހިޔަ ނުދިނުމަށް ބޭނުން ވުމުން އެ ދިމާލަށް އަތް ހިއްލާލަން އަލްޔާން މަސައްކަތް ކުރިއެވެ. ހިއްލާލި އަތް ވެއްޓުނު އިރު އަލްޔާން ގެ ލޯމަތީން ހުރިހާ ތަނެއް އަނދިރިވެ ހަބަރު ހުސްވިއެވެ.
******************
“އަލްޔާން!!!! އަލްޔާން ގެ ނަމުން ގޮވަމުން ބިރުވެރި ހުވަފެނަކުން ހޭލެވޭ ފަދައިން ކުއްލިއަކަށް ތެދުވަމުން އީން ވަށައިގެން ހޯދާލިއެވެ. އޭނާގެ ވަށައިގެން ތިބި އެތަކެއް މީހުންތަކުގެ ތެރެއިން ދެލޯ ބޮޑުކޮށްފައި އީން ހޯދަމުން ދިޔައީ އަލްޔާން ގެ ސޫރައެވެ. އޮވެވުނީ ހޮސްޕިޓަލް ގެ އެމެޖެންސީ ރޫމްގައި ކަން އެނގުމުން މިފެނުނީ ހުވަފެނެއް ނޫންކަން އީން އަށް ފަހުމް ވިއެވެ. އެއާއެކު ވަގުތުން އެނދުން ފުއްމާލައިގެން ތެދުވެ ބެލީ ޖެހިގެން ހުރި އެނދަށެވެ.އެ އެނދުގެ ވަށައިގެން ހޭލަމޭލައަށް ހުދު ޔުނިފޯރމްގައި ތިބި ނަރުހުންނާއި ޑޮކްޓަރުން ހަަރަކާތްތެރިވަމުން ދިޔައިރު އެދޭތެރެއިން އަލްޔާން ގެ މޫނު ފެނޭތޯ އީން އެދިމާލަށް ހިނގާގަތެވެ. އީން ގެ ގައިގައި ހިފެހެއްޓި ބައްޕަ އާ އަނެއް ދެމީހުން ގެ އަތް ފޮޅުވާލަމުން އެދިމާލަށް އީން ދުއްވާގަތެވެ. ގަޔަށް ލެވުނުހާބާރެއްލާފައި އެތާ ހުރި މީހާ ކޮއްޕާލާފައި ބަލާލީ އެނދުގައި އޮތް އަލްޔާން އާ ދިމާލަށެވެ. ލެއިން ފޯވެފައި އޮތް އަލްޔާން ގެ މޫނު ވަކި ކުރަންވެސް އީން އަށް ނޭގުނެވެ. މުޅި މޫނުގައި ހުސް ލޭ ހުރިއިރު ހުޅުވިފައި ހުރި އަނގަޔަށް ވަނީ އީޓީ ޓިއުބެއް ލައްވާފައެވެ.އެ ޓިއުބް ތެރެއިންވެސް ލޭ އަންނަމުން ދިޔައިރު އެލޭތަށް ހޮޅިއަކުން ދަމަމުން އެކަކު ދިޔައެވެ. ލައިގެން ހުރި ގަމީސް އިރާލާފައިވީ އިރު ހާމަޔަށް އޮތް އަލްޔާން ގެ މޭމަތީގައި ވަނީ ޗެސްޓް ލީޑްސް ގުޅާފައެވެ. މެޝިންތަކުން އެކި އެލާރމް ގެ އެކިއަޑުތަށް އިވެމުން ދިޔައިރު ދެއަތުން ގުޅާފައި ހުރި އައިވީތަށް ތަކަށް ފިއްތަމުން އެއްބަޔަކު ދިޔައެވެ. އަލްޔާން އެކްސިޑެންޓް ވީކަން އަދިވެސް އީން ގެ ސިކުނޑިއަށް ނަގައި ނުގަނެވޭ ކަހަލައެވެ.އެހުރިހާ މަންޒަރެއް ދެލޯބޮޑުކޮށްގެން ހުރެ ބަލަމުން ދިޔަ އީން ގެ ހިތަށް ވާނުވާވެސް ނޭނގޭއެވެ.ކުއްލިއަކަށް އޯކާ އަށް ދެމިފައި އެހުރިތަަނަށް ހޮޑުލެވެންފެށިއެވެ.ހަމައެވަގުތު އަޅައިގަތް މާ ވަރުގަދަ އެލާރމް އާއެކު “އިޓްސް އަ ކާޑިއެކް އެރެސްޓް” އޭ ކިޔާ އެކަކު ހަޅޭއްލަވައިގަތް އަޑު އީން އަށް އިވުނެވެ. އެއާއެކު އީން ގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ.ނެގިނެގިފައި ހިތް ޖެހެން ފެށިއިރު ހީވަނީ ބޭރުގައި އޮވެ ތެޅެން ފެށީ ހެންނެވެ.ބޯ އަނބުރާގަތުމާއެކު ބެލެންސް ނުވެ ބިންމައްޗައްވެއްޓެން ދިޔަ އީން އަލްޔާން އާ ދިމާލަށް އަށް ދިއްކުރުމުން ހަމައެކަނި ފިރުމާލެވުނީ ގަދަމުށިކުލައިގެ އެ ފަން އިސްތަށިގަނޑުގައެވެ……………………….
****************************************************************88
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.




Me first dhw?? Alhey So saddddd….waiting………
vv reethi.. alhe plz.. alyaan maraa nulache.. waiting for next part.. mi part ves v interesting
plzzzz save alyan
Heevany Hama assu hen…..kiyamun dhiya iru faadakah me ah vx thadhuvi…..rovijje Hama…..???
Ya. I was gonna say it
Me first dhw varah reethi mi part ves
Curiously waiting alyaan ah dhera gotheh nahadhaathi pls…
get well soon alyan. varah dheravejje
Ethan and alyaan ge bai v Maja….?????
Hehe
Alhey mihaalass nukurahchey dhen oiy part.. plsss.. V nice
Alhey hama rovijje???alhe noon alyaan maru nuvaathi… plz plz alyaan maraa nulahche… really curious for the nxt part???plz plz plzzz avahah up khdhehche… masha allah mi part vs hama habeys…
Hey anjal dear ??? magic eh hadhany tha??? I think I’m addicted to read this stry?????? luv u dear??????❤❤❤
Alhe alyaan arrest akah dhiayas maraanulaathi een fakeeru ves maruvedhaane
Alhey?haadha salhi hisaabakun nimmaaly…kn iraku next part ?
Alyaan maraaa nulahchey plx ??
Btw story v lobii ??
vvvvvv salhi
vvvvvvv reethi mi part ves??
love it????
kon irakun next part
Alhe keehthathi kury..abadhu ehgotheh vany..dhen edhemeehun gulhuvaafa mary kuruvaba..
?What is arrest
Can any1 tell me..plzz
Its an cardiac arrest…eyge sababun kulli gothakah heartga blood flow kuraagoi madhuve heart rangalhah pump vumah huras alhaane…so they maybe unconscious for some time n in extreme cases they may stop breathing too boring ??
alyaan n een forever together
Kobaa next part..kon irakun up kohdeny?