” ނަޢު, ކިތަންމެ ރުޅި އަޔަސް ހެޔޮ، އަދި ސާރާއަކީ މީހެއްގެ ހައްގަކަށް ވިޔަސް އަހަރެންގެ މައްސަލައެއްނެތް, ސާރާއެއީ މީހެއްގެ ހައްގެއްކަމުން ލިބޭ ހިތާމަ އަހަރެން ބަރުދާސްތު ކޮއްފާނަން, އެކަމް ސާރާއަށް ގެއްލުމެއް ލިބޭ ތަން ދެކޭކަށް ކެތެއް ނުވާނެ, އަހަރެންގެ ހިތް ސާރާއާ ދޭތެރޭ ކޮންމެ ނަޒަރަކުން ދެކުނަސް ސާރާއަށް ގެއްލުމެއް ވިޔަކަ ނުދޭނަން، ނަޢުހާ ކޮންމެސް ގޮތަކުން އަހަރެންގެ ބާރުގެ ދަށަށް ގެންނަންވީ, އެހެންނޫނީ, އޭނަ ކޮންމެ ފަދަ ކަމެއް ވެސް ކޮއްފާނެ” ފަޒީލް […]
އަޔާންއަށް އަވަސްއަވަހަށް ފޯނުބަލާލެވުނީ އެއީ ޝައިރާގެ މެެސެޖަކަށްވާނެ ނަމައޭ ހިތާއެވެ. ނަމަވެސް ނުދަންނަ ނަންބަރަަަަަކުން ވައިބާރއިން އައިސްް އިން އެއްޗެކެވެ. ފޯނުންް ވައިފައި ޖެއްސިފައިނުމުން މެސެޖްއައީއެވެ. ޝަައިރާގެ މެސެޖަކަށް ނުވުމުން މާޔޫސްކަމާއިއެކު ނަމަވެސް މެސެޖްހުޅުވާލިއެވެ. އަޔާންގެ ދެލޯ ބޮޑުކޮށްލެވުނީ ގަބޫލުނުކުރެވިގެނެވެ. ހިތަށް ތަދުވިވަރުން ދެލޮލުން ކަރުނަފާއްދާލިއެވެ. ހީވަނީ ލަގޮޑިވެސް ފިތޭހެންނެވެ. ހިންދިރުވާލަންވެސް ދަތިވިއެވެ. “ޝަައި އެއީ އެހެން އުޅޭނެ ކުއްޖެއްނޫން. އެމީހާ އެހުރީ ޝަައިގެ އަތުގަ ހިފާގެން. އެކަމަކު ދެވަނަ ފޮޓޯގަ ޝަައިި ކީއްވެ އެމީހަކާ ވާހަކަދައްކަން […]
އޮމާންކޮށް އޮތް ކަނޑުގެ ލޮނުގަނޑު ކަފަމުން އައި ލާންޗެއް ރަށުގެ ބަނދަރާ ކައިރިކޮށްފިއެވެ. އެ ވަގުތު އެ ލާންޗުން ފޭބީ ޒުވާން ފިރިހެން ކުއްޖެކެވެ. އިސްކޮޅުން ދިގު ބާމަތި ފުޅާ ޒުވާނެކެވެ. މާ ދިގުނޫން ފަން އިސްތަށިގަނޑު ވަނީ ރީތިކޮށް ސްޓައިލް ކޮށްލާފައެވެ. އޭނަ ލާފައިވާ ބްރޭންޑެޑް ގަމީހާއި ސްކިނީ ޖީންސް، އޭނާއަށް ލިބިފައިވާ މާ ދޮންނޫން ހަމުގެ ކުލަޔާ ނުހަނު ގުޅެއެވެ. ލޮލުގައި އަޅާފައިވާ ރޭބަން އަވިއައިނު ނެގުމަށްފަހު، އަޅި ކުލައިގެ ލެންސް ލައްވާފައިވާ އެރީތި […]
” ސިސް … ” ތަށި ތަޅައިގެންގޮސް ލިވިންގް ރޫމްގައި ޖަހާފައިވާ މަޑު ފެލި ކުލައިގެ މާބްލް މައްޗަށް ވެރިގެން ދިއުމާއެކު ޒަވީންއަށް ބުނެލެވުނެވެ. ” ޒޭވް ނުވެސް ބުނެ އައީމަ ވާނީ މިހެންނު… ” ރިހާނީ ހާސްކަމާއި ރުޅިވެރިކަން ފޮރުވަމުން ހިނިތުންވެލިއެވެ. ނަމަވެސް އެވްލީން ފެނުމާއެކު އޭނައަށް އެކަން ކާމިޔާބު ކުރެވޭ ގޮތެއްނުވިއެވެ. ” ކޮބާ މޯމް… ؟ ” ޒަވީން މިފަހަރު ސުވާލު ކޮށްލީ އަކިޔަސް އާއެވެ. ނަމަވެސް އަކިޔަސް ޒަވީންގެ އެސުވާލަށް ޖަވާބެއް […]
ކުރިމަތީގައި ހުރި ލޯގަނޑުން އަހަރެންގެ އަމިއްލަ ސޫރަ ފެނުމާއެކު އެއީ ހަމަ އަހަރެންތޯ ގަބޫލު ނުކުރެވިފައި އިނދެވުނެވެ. އަހަރެންގެ ސިފައަށް އެހާ ބޮޑު ބަދަލެއްއައި ކިހިނެއްވެގެންތޯ ހިތާހިތުން ސުވާލުކުރެވުނެވެ. އަހަންނައި އައިސްފައިވަނީ އާދައިގެ ބަދަލެއް ނޫންކަން ލޯގަނޑުން ފެންނަމުން ދިޔަ އަހަރެންގެ އަމިއްލަ ސޫރައިން އެނގިގެން ދިޔައެވެ. “އައިނާ” އަހަރެންގެ ފުރަގަހުން އިވުނު ބަރު އަޑުގެ ސަބަބުން އަހަރެންގެ ހިތަށް ލޮޅުމެއް އެރިހެން ހީވިއެވެ. އަހަރެން މަޑު މަޑުން ފަހަތަށް އެނބުރުނީމެވެ. ކުރިމަތިން ފެނިގެން ދިޔަ ސޫރައިން […]
ޒީކް ތެދުވިއެވެ. މަޑުމަޑުން ހިނގާލާފައި ކޮޓަރިން ނުކުތްއިރު މައިދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. ޒީކްގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދިގެން ދިޔައެވެ. މާބޮޑަށް ފިނިވާން ފެށިހެންވެސް ހީވިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ޓަކިޖަހާލާނެ ވަގުތަކަށް އިންތިޒާރުކޮށްލެވުނެވެ. އަނެއްކާވެސް ޓަކިޖަހާލި އަޑު އިވުނެވެ. މިފަހަރު އެއަޑު ކުރިއަށްވުރެ ބާރެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވާލުމާއިއެކު ޒީކްއަށް ލިބުނީ ހައިރާންކަމެކެވެ. ******** ދާއިން ގޮސް އެރީ ފަޅުގެއެއްގެ ތެރޭގައި ހުރި ނިކަ ގަހަކަށެވެ. މީހުން އުޅޭ ސަރަހައްދާއި ފުދޭވަރަކަށް […]
ކޮރިޑޯގެ ސީލިންގްގައި ހަރުކުރެވިފައިވާ ވިކްޓޯރިއަން ޗާންދެލިއާގެ އަލި ކޮރީޑޯއަށް ފެތުރިފައިވުމުގެ ސަބަބުން ކޮރިޑޯވަނީ އުޖާލާ ކޮށްލާފައެވެ. ކޮރީޑޯގެ ފާރުގައި މަޑު ފެހި ކުލައެއް ލާފައިވާއިރު ފާރުގެ ފަޅުކަން ފިލުވާލާފައިވަނީ ފްރޭމްތަކާއި އެކިކަހަލަ ޑިޒައިންތަކުގެ ވޯލް ލައިޓް ތަކުންނެވެ. ކޮންމެ ކުރެހުމަކަށް ނަޒަރު ހިންގާލިކަމުގައި ވީނަމަވެސް އާޓިސްޓުންގެ މޮޅުކަން ހާމަވެގެންދެއެވެ. އެކުރެހުންތައް އެހާ ރީތިވެފައި ހިތްދަމައިގަންނަ ގޮތެއް ހުއްޓެވެ. ” ހިއާ ޔޫގޯ ސާރ… ” ޓެރެސްއަށް ދާން ހުންނަ ސިޑިއާ އަރާހަމަވުމާއެކު ވެއިޓާރ އަވަސް އަވަހަށް ބުނެލިއެވެ. […]
ދަތުރު ނިންމާލުމަށްފަހު ގެއަށް އައިސް ފެންވަރައިލައިގެން ނިކުމެ ޑްރެސިންގ ޓޭބަލް ކުރިމަތީގައި ހުރެ ބޮލުގައި ފުނާއަޅަމުން ގެންދިޔައިރު އެ ދަތުރުގައި ހިނގައިދިޔަ ބައެއްް ކަންތައްތައް ރީޝާގެ ކުރިމަތިން ސިފަވަމުންދިއެވެ. ހަޤީޤަަތް ނޭނގޭޭ އިންސާނަކަށް އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިތުބާރު ކުރެވި ހީސަމާސާކޮށް ހެދުނީތީ ޚުދު ރީޝާވެސް ހައިރާންވިއެވެ. އެއީ ކީއްވެ ކުރެވުނު ކަމެއްބާއޭ ހިތަށްއެރިއިރު އޭގެ ސަބަބުން ނިކުމެދާނެެ ނަތީޖާ އަކާއިމެދު ރީޝާގެ ހިތުގައި ސުވާލު އުފެދުނެވެ. ފުން ޚިޔާލުތަކަކަށް ގެއްލިފައި ހުއްޓައި ކުއްލިއަކަށް ރީޝާގެ […]
މާޒީގައި ތިންހަތަރު ކުދިންނާއި ލޯބީގެ ގޮތުން ގުޅެވިފައިވީ ނަމަވެސް ނުމާލް އާ ދިމާވިފަހުން ވިޝްނާއަށް މި ކުރެވެނީ މުޅިން ތަފާތު އިޙްސާސްތަކެކެވެ. ދެމީހުން ދިމާވިތާ މާގިނަދުވަހެއް ނުވިކަމުގައި ވިއަސް ވިޝްނާގެ ހިތުގައި ނުމާލް އަށްޓަކައި ވަރަށް ބޮޑު ގަދަރެއް ދެވިފައިވެ އެވެ. ނުމާލްގެ ހުންނަ މަޑުމައިރި ސަކަ މިޒާޖަކީ ވިޝްނާ އަށް ނުމާލް ކަމުދިޔަ އެއް ސަބަބެވެ. އަދި އޭނާގެ އޯގާތެރިކަމާއި ކެތްތެރިކަމަކީ ވިޝްނާގެ ހިތް އޭނާއަށް ލެބުމަށް މަޖުބޫރުކުރުވި ކަމެކެވެ. އަދި ދީނީ ގޮތުން ދުވަހަކުވެސް […]