އެވްލީން އެތެރެއަށް ދާން ހިނގައިގަތުމާއެކު ރިހާނީއަށް ކައިރީގައި ހުރި ރެޑްވުޑް ގަހަށް ލެނގިލެވުނެވެ. ރިހާނީ އަވަސް އަވަހަށް އޭނަގެ ފޯނުނަގައި ޖުނެއިނާގެ ފޯނަށް ގުޅާލައިފިއެވެ. ހަތަރު ފަހަރު ގުޅުމުންވެސް ޖުނެއިނާ ފޯނެއް ނުނެގިއެވެ. ރިހާނީގެ ލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ކުއްލިޔަކަށެވެ. ފޯނު ނަގާ ހޫރާލެވުނު އިރު ރުޅިއައިސް ރިހާނީ އެތެރެއިން އަނދަމުން ދިޔައެވެ.

” އަހަރެން ކަލޭގެ ދިރިއުޅުން ބަރުބާދު ކޮށްލާނަން އެވްލީން… ” ރިހާނީ ދެދަތްޕިލް ޖައްސާ ބާރުކޮށްލިއެވެ. އެވަގުތު ހިޔާލަށް އަކިކަމެއްގެ ސަބަބުން ރިހާނީގެ ހުނުމުގެ އަޑުން ފަޒާ ގުގުމާލައިގެން ދިޔައެވެ.

” ޢީރާ… ” ރިހާނީ ހިނިގަނޑު އޮއްބައިލަމުން ބުނެލިއެވެ. އޭރު އެ ތުންފަތުގައި ކުޅެލަމުން ދިޔައީ ވިހަ ހިނިތުންވުމެކެވެ. ޒަވީންއާއި އެވްލީން ދުރުކުރުވަން ޢީރާގެ އެހީހޯދަން އޭނަ ބޭނުންވިއެވެ. ޢީރާ ޒަވީންދެކެ ދީވާނާ ދަރަޖައަކަށް ލޯބި ވާއިރު ޒަވީން އެހެން މީހެއްގެ ހައްޤެއްގެ ގޮތުގައި ހުންނަތަން ދެކެން ޢީރާއަށް ކެތްނުކުރުވޭނަކަން ޔަޤީނެވެ. ޒަވީން ހާސިލުކުރަން ޢީރާ އޭނަ ބުނާކަމެއް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އެބައޮތެވެ.

ރިހާނީ އޭނަ ހޫރާލި ފޯނު ބިންމަތިން ނެގިއިރު ފޯނުގެ ޑިސްޕްލޭ ވަނީ ތަޅައިގެން ގޮސްފައެވެ. ފޯނުގެ ޑިސްޕްލޭ ހަލާކުވުމުގެ ސަބަބުން ރިހާނީ ރުޅިއަންނަ ގޮތްވިއެވެ. ” ޑޭމިޓް… ” ރިހާނީ އަނގަޔަށް ވައްތަރެއް ޖައްސާލައިފިއެވެ. އައިސްފައި ހުރި ރުޅީގައި މިކުރެވުނީ ކިހާ ދެރަ ކަމެއް ހެއްޔެވެ ؟ ” ހުރިހާ ކަމެއް މިވަނީ އެވްލީންގެ ސަބަބުން… ފޯނުވެސް އެއޮތް ހަލާކުވީ… ހައު ކޭންއައި ޓޭކް ރިވެންޖް ނައު… ” ފޯނު ހިފައިގެން އެތެރެއަށް ވަންނަމުން ރިހާނީ ކުދިކިޔަމުން ދިޔައެވެ. މިރޭ އަކިޔަސް އައުމުން ފޯނެއް ގަންނަން ދާން ރިހާނީ ނިންމިއެވެ. ސިޓިންގް ރޫމްގައި އިނގިރޭސި ވާހަކަ ފޮތެއް ކިޔަން އިން އެވްލީން ފެނުމާއެކު ރިހާނީގެ ހިތުގައި އަނދަމުންދިޔަ ރުޅިވެރިކަމުގެ އަލިފާންގަނޑު ބޮޑުވެގެން ދިޔައެވެ. އައިސްފައި ހުރި ރުޅީގައި ރިހާނީ ސޯފާ ކައިރީގައި ހުރި ވާސް އަތުންޖަހާ ވައްޓާލައިފިއެވެ. ވާސް ތަޅައިގެން ދިޔަ އަޑަށް އެވްލީން ދިޔައީ ސިއްސައިގެންނެވެ.

އެވްލީންއާއި ދިމާއަށް ކަޅިއަޅާލުމަށްފަހު ބާރު ބާރަށް ހިނގާލާފައި ގޮސް ރިހާނީ ކޮޓަރިއަށް ވަނެވެ. އެވްލީން ވާހަކަ ފޮތް ސޯފާ މަތީގައި ބާއްވަމުން ތަޅައިގެން ގޮސްފައިވާ ވާސްގެ މުށި ކޮޅުތައް ހޮވަން ފެށިއެވެ. އެވްލީން މުށި ކޮޅުތައް ހޮވަމުން ދިޔައިރު ހާއްސަ ސަމާލުކަމެއް ދިނެވެ. ޒަވީން އަންނައިރު ހާނިކައެއް ވެގެން ޒަވީން ދެރަ ވާކަށް އޭނަ ބޭނުމެއް ނޫނެވެ. މިއަދުވެސް އަތް ފިހިގެން ދިއުމުގެ ސަބަބުން ޒަވީން ކަންބޮޑު ވިވަރު އޭނައަށް އިހްސާސް ކުރެވުނެވެ.

އެވްލީން މުށި ކޮޅުތައް ޑަސްޓް ބިނަށް އަޅާލުމަށްފަހު ގޮސް ސޯފާގައި އިށީނެވެ. ވާހަކަ ފޮތް ނަގައިގެން ކިޔަން ނުފެށެނީސް ފާމްހައުސްގެ ދޮރު ހުޅުވާލި އަޑަށް އެވްލީންއަށް ދޮރާއި ދިމާއަށް ބަލައިލެވުނެވެ. ” ޒޭވް… ” އެވްލީން ސޯފާ އިން ތެދުވެލިއެވެ. ” ބޭބް މަތިން މިސް ވާވަރުން ތަންކޮޅެއް އަވަހަށް މިއައީ… ވަޓް އާރ ޔޫ ޑުއިންގް… ” ޒަވީން ސޯފާއާއި އަރާހަމަކުރަމުން އެއްބުމަ އަރުވާލަމުން އަހާލައިފިއެވެ. ” ނަތިންގް… ވާހަކަ ފޮތެއް ކިޔާލަނީ. މިސްޑް ޔޫ ސޯ މަޗް ” އެވްލީން ހިނިތުންވެލަމުން ޒަވީންގެ ގައިގައި ބައްދާލިއެވެ.

” ވަޓްސް ދިސް ؟ ދަ ކްރޯނިކަލްސް އޮފް ނާރނިއާނަތަ ކިޔަނީ ؟ ” ޒަވީންއަށް ސޯފާމަތީގައި އޮތް ވާހަކަ ފޮތުގެ ނަން ފެނުމާއެކު އެފޮތް ނެގިއެވެ. ” އާނ… ބޯރިންގް ކަމުން… ޒޭވް ދިޔައީމަ ވުޑްސް ތެރެއަށް ނުކުތީމަވެސް ވުޑް ތެރޭގައި ހިނގާލާ ހިތެއް ނުވި ދެން ބުކް ޝެލްފް ހޯދަމުން ދަނިކޮށް ފެނުނު ފޮތެއްތީ….. ” އެވްލީން އަވަސް އަވަހަށް ބުނެލައިފިއެވެ. ޒަވީން ކުޑަ ކުދިން ކިޔާ ވާހަކައެކޭ ކިޔާފައި ދިމާކުރުމުން އެވްލީން ރަކިވިއެވެ. ” ޒޭވް… ” ރަކިވިވަރުން އެވްލީންގެ މޫނަށް ޗެރީ ކުލަ ވެރިވެގެން ދިޔައެވެ.

” ހޭއި… ހިނގާބަލަ ވަރަށް ރީތި ސަން ސެޓެއް މައުންޓެއިން ކައިރިއަށް ދިޔައީމަ ފެންނާނެ… ” ޒަވީން ގަޑި ބަލައިލިއެވެ. ” އޯކޭ… ވެއިޓް ހިޔާރ ، އަންނާނަން ޑްރެސް ޗޭންޖް ކޮށްލައިގެން… ” އެވްލީން ޒަވީންގެ އަތު ތެރެއިން ނުކުންނަމުން ސިޑީގެ ހަރުފަތައް ގިރާ ކޮށްލުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ. ކުޑަ އިރުކޮޅެއް ފަހުން އެވްލީންއަކީ މުށި ކުލައިގެ ފާރ ލައިން ކޯޓަކާއި ނޫކުލައިގެ ޖިންސެއް ލައިގެންނެވެ. ފާރ ލައިން ކޯޓުގެ މަތިން ހުދުކުލައިގެ ޝޯލްއެއްވެސް އަޅާފައި ވެއެވެ. ” ލީން ހާދަ ވަރަކަށް ތައްޔާރުވެގެން ދިއައީ ؟ ” ޒަވީން އެވްލީންއަށް ބަލައިލުމަށްފަހު ބުނެލައިފިއެވެ. ” ސްޓިލް ކެނޮޓް ފޮގޮޓް އެބައުޓް ދެޓް ޑޭ…. ޒޭވް ނެތްނަމަ މުޅިން ގަނޑުވީސް އެދުވަހު… ” އެވްލީން އަތަށް ކަޅުކުލައިގެ ވޫލް ގްލޯވްސް އަރުވާލިއެވެ. ” ލެޓްސް ގޯ… ” ދޮރުކައިރީގައިވާ ޑޯރ ކްލޮތް ހޭންގާ އިން ކަޅު ކުލައިގެ ޖެކެޓެއް ނަގަމުން ޒަވީން ބުނެލިއެވެ.

ޒަވީން ޖެކެޓް ލަމުން އެވްލީންއާއެކު ބޭރަށް ނުކުތެވެ. ހުދުކުލައިގެ ޓީޝާޓް މަތިން ޖެކެޓް ލާފައި ވުމުގެ ސަބަބުން ޒަވީން ހީވަނީ މޮޑެލެއް ހެންނެވެ. އެއްއަތް ގަދަ ނޫކުލައިގެ ޖިންސްގެ ޖީބަށް ކޮށްޕާލައިގެން އަނެއް އަތުން އެވްލީންގެ އުނަގަނޑުގައި ޒަވީން ވަނީ ހިފަހައްޓާލާފައެވެ. އިރުއޮއްސެމުން ދިޔަ ވަގުތަށް ވުމާއެކު އެކި ކަހަލަ ދޫނިތައް އުދުހޭ މަންޒަރުތައް ފެންނަމުން ދިޔައެވެ. ޗެރީ ބްލޮސަމް ގަހުން ތިރިއަށް ފައިބައިފައިވާ ގޮފިތަކުގައި ރޮބިން ތަކެއް ލަވަ ޖަހަމުން ދިޔައިރު ހާދަ ފުރިހަމައެވެ. ދޭތެރެއަކުން ޖެހިލާ ވައިރޯޅި ތަކާއެކު ގަހުގެ ގޮފިތައް ހެލިލާއިރު ރޮބިންގެ އަޑު ކުރިއަށްވުރެ ބާރުވެގެން ދެއެވެ. އަލިފާން ކުލައިގެ ވިލާތަލުން އުޑުމަތި ބަރާވެފައިވާއިރު ހީވަނީ އާޓިސްޓެއްގެ ރީތި ކުރެހުމެއް ހެންނެވެ.

ބޮޑެތި ފަރުބަދަ ތަކުގެ މަތިން އިރުގޮސް އޮބާލާ ރީތި މަންޒަރު ފެންމުން ދިޔައީ ތްރީޑީ ފިލްމެއްގެ މަންޒަރެއް ހެންނެވެ. ކައިރީގައިވާ ބޮޑު ކޯރުގެ ތެރޭގައި އިރުގެ ދަޅަތަކުން އޮރެންޖް ކުލައިގެ ސައިލެއް ފަތުރާލާފައި ވާއިރު އުދުހެމުންދިޔަ އަސްދޫނިތަކުން ޖައްވު ވަނީ ފުރާލާފައެވެ. ކަޅުކުލައިހެ ހިޔަނި ތަކެއްހެން ފެންނަމުން ދިޔައިރު ހާދަ ރީއްޗެވެ. ކައިރީގައިވާ ފޮރެސްޓްގެ ގަސްތަކުގެ ހިޔަނިތައް ކޯރުގެ ފެންގަނޑު ތެރޭގައި ނަށަމުންދިޔައެވެ. ގުނާ އަދަދު ނުކުރެވޭހާ ޤުދުރަތީ ރީތި މަންޒަރުތައް ފެންނަމުން ދިޔައިރު ހިތްތަކަށް ފިނިކަން ގެނެސްދޭނެކަން ޔަޤީނެވެ. ޒަވީން އެވްލީން އާއެކު ސްނޯއިން ފުރާލާފައިވާ ފަރުބަދަ މަތީގައި އިށީންއިރު ސްނޯގެ ތެރެއަށް ގެނބިގެން ދިޔަ ފަދަ އިހްސާސްތަކެއް ކުރެވިގެންދިޔައެވެ. ޖެހެމުންދިޔަ ފިނި ވައިރޯޅި ތަކާއެކު ހަަށިގަނޑު ރޫރޫއަޅައިގެން ދާފަހަރުވެސް އާދެއެވެ.

” ސްނޯ މޭންއެއް ހަދާލަނީތަ ؟ ” އެވްލީން ސްނޯއާ ކުޅެމުން ދިޔަ މަންޒަރު ފެނުމާއެކު ޒަވީން އަހާލައިފިއެވެ. އެވްލީން އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމަށްފަހު ސްނޯމޭން ހެދުމުގައި މަސްއޫލުވިއެވެ. ” ކެރޮޓް އެންޑް ޓޮމާޓޯ ހިފައިގެން އައިނަމަ ޑިކަރޭޓް ކުރަން… ” ލާނެއް ރާގަކަށް ޒަވީން ބުނެލައިފިއެވެ. އަދި އަތުން ކުޑަ ސްނޯބޯލް އެއް ހެދުމަށްފަހު އެވްލީންއާއި ދިމައަށް ފޮނުވާލިއެވެ. ” ޒޭވް… ” ސްނޯބޯލް ގޮސް އެވްލީންގެ ކޯތާފަތުގައި ޖެހުމާއެކު އެތިކޮޅުތަކަށް ބުރައިގެން ދިޔައެވެ. ” ސޮރީ ލީން… ” ޒަވީން އެވްލީންގެ ކޮލުގައި ހިފާލިއެވެ.

އަކިޔަސް އަންނާނެ އިރެއްގެ އިންތިޒާރުގައި ވަގުތުތައް ގުނަމުންދިޔަ ރިހާނީގެ އިންތިޒާރަށް ނިމުމެއް އައީ ރޭގަނޑު އަށެއްޖަހަން ކައިރިވެފައި ވަނިކޮށެވެ. އެހާ ލަހުން އަކިޔަސް އައުމުން ރިހާނީ ހުރީ ހިތްހަމަ ނުޖެހިފައެވެ. ޒަވީން އެހާ އަވަހަށް އައިއިރު އަކިޔަސް އަށްވެސް އާދެވެން ވާނެއެވެ. ރިހާނީ ތުންކޮޅު އޫކޮށްލައިގެން އަކިޔަސްގެ ފަހަތުންގޮސް ކޮޓަރިއަށް ވަނެވެ.

” ހާދަ ލަހުން އާދެވުނީ ؟ ޒޭވް ގެއަށް އައިސްފިތާ ކޮން އިރެއް، ޒޭވް ވެސް ދިޔައީ ތިއެކުވެރިއަކާ ބައްދަލުކުރަން. ” ރިހާނީ އަކިޔަސްގެ ކުރިމައްޗަށް ހުއްޓިލުމަށްފަހު ރޮވިފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ. ހަޤީޤަތުގައި ވެސް އަކިޔަސްގެ އެހުންނަ ފަރުވާކުޑަ މިޒާޖުގެ ސަބަބުން ރިހާނީގެ ހިތަށް އެތަށް ޒަހަމްތަކެއް ލިބެއެވެ. ” ނައު ވަޓް… ޒޭވް ތަންކޮޅެއް އަވަހަށް ގެއަށް އަންނަން ބޭނުންވާތީ އައީ… ” ކަންނެތް ހިނގުމެއްގައި އަކިޔަސް ގޮސް އެނދުގައި އިށީންނަމުން އޭސީގެ ރީމޯޓް ނަގާ ޓެމްޕެރޭޗާރ މަތި ކޮށްލައިފިއެވެ. އެހާ ފިނި އިރުވެސް ރިހާނީ އޭސީގެ ޓެމްޕެރޭޗާރ ދައްކޮށްލައިގެން އެއުޅެނީ ޖެއްސުމަކަށެވެ. ” އައި ނޯ ދެޓް ޔޫ ޑޯންޓް ކެއާރ އެބައުޓް މީ… އެކަމަކު ކިޔާއަށް އަހަރެންގެ ފީލިންގްސް ތަކަށް ވެލޫ ކުރެވިދާނެއެއްނު…. ” ރިހާނީ އައިސް އެނދުގައި އިށީންނަމުން އަކިޔަސްގެ އަތުގައި ހިފާލައިފިއެވެ. އޭރު އެކަޅުކުލައިގެ ދެލޯ ފޫދުއްވާލުމަށްފަހު ކަރުނަތައް ފައިބައިގަތެވެ. ފޯނުމަތިން ވާހަކަ ދައްކަން ރިހާނީ ހަނދާން ނެތުނެވެ. އެވަގުތު އޭނަ ބޭނުންވީ އަކިޔަސް އާއި އޭނަގެ ކައިވެނީގެ ގުޅުން ރަނގަޅު ކުރުމަށެވެ. މިހާރުވެސް ކައިވެނީގެ ވާފަތް ކެނޑެން ވަނީ ނުހަނު ކައިރިވެފައެވެ.

ރިހާނީގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތިކިތަކުން ފުރަތަމަ ފަހަރަށް އަކިޔަސްގެ ހިތުގައި ހަމްދަރުދީގެ ވިންދުތަކެއް ޖަހާލައިފިއެވެ. ވޭތުވެގެން ދިޔަ ހަތަރު އަހަރު ތެރޭގައި ރިހާނީ ހާދަ ވަރަކަށް ރޮއި ހެދިއެވެ. އޭނަގެ ލޯތްބަށް އާދޭސް ކުރިއެވެ. ނަމަވެސް އޭނަގެ ހިލަ ހިތަށް ރިހާނީއާއި މެދު ދުވަހަކުވެސް ހަމްދަރުދީ ނުއުފެދެއެވެ. ” ރިނީ ސޮޓޮޕް ކްރައިންގް…. ” އަކިޔަސް ރިހާނީގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަދިނެވެ. އަކިޔަސްގެ އަތުގެ އިނގިލަތައް ރިހާނީގެ ކޯތާފަތުގައި ބީހިގެން ދިއުމާއެކު ރިހާނީއަށް ދެލޯމަރާލެވުނެވެ. އޭރު އެލޮލުން ފައިބަމުން ދިޔަ ކަރުނަތިކިތައް ހުއްޓުމަކަށް އައިސް ފިއެވެ. އަކިޔަސް ކުޑަ އިރުކޮޅެއް ވަންދެން ރިހާނީއާއި ވާހަކަ ދައްކާލުމަށްފަހު ފޯނެއް އައިސްގެން ހިނގައިގަތީ ކޮޓަރިން ބޭރަށް ނުކުތުމަށެވެ.

” ޝިޓް… ފޮގޮޓް ޓު ޓޯކް އެބައުޓް ދަ ފޯން… ” ސޯފާމަތީގައި އޮތް ފޯނު ފެނުމާއެކު ރިހާނީ ، އޭނަގެ ބުޅި އިސްތަށިގަނޑުގައި އަތްފުނާ އަޅާލައިފިއެވެ. އަކިޔަސް ކޯލް ނިންމާލުމަށްފަހު ކޮޓަރިއަށް ވަން އިރު ރިހާނީ އިނީ ސޯފާގައި އިށީންދެލައިގެންނެވެ. ” ފޯނު ހަލާކު ވީތަ ؟ ” އަކިޔަސް ގަމީސްގެ ގޮށްތައް ނައްޓަމުން ގޮސް ގަމީސް ބޭލުމަށްފަހު ދާވަށިގަނޑަށް ލިއެވެ. ” ހޫމްމް.. މިއަދު ފޯނު ބިންމައްޗަށް ވެއްޓުނީ… ” އެވަގުތު އެވްލީން މަތިން ހަނދާން ވުމާއެކު ރިހާނީގެ މޫނުގެ ކުލަވަރު ބަދަލު ވެގެން ދިޔައެވެ. ” ރިނީވެސް ކެއާރ ލެސްވީމަ… ” އަކިޔަސް ތުވާލި ނަގަމުން މިސްރާބު ޖެހީ ފާޚަނާއާއި ދިމާއަށެވެ. ” ކިޔާ… ހިނގާބަލަ މިރޭ ފޯނެއް ގަންނަން ދާން… ” ރިހާނީ އަކިޔަސްގެ ފަހަތުން ގޮސް އަކިޔަސްގެ ކަސްރަތީ ހަށިގަނޑުގައި ބައްދާލައިފިއެވެ. ރިހާނީގެ ބީހުންތަކުން އުނދަގޫވި ނަމަވެސް މިފަހަރު އަކިޔަސް ރިހާނީ ދުރުކުރާކަށް ނޫޅުނެވެ. ” ޓުމޯރޯ ވީކޭން ގޯ… ” އަކިޔަސް ބުނެލިއެވެ. ” އޯކޭ… ” ރިހާނީ ފޯނު މިވަގުތު ބޭނުންވި ކަމުގައި ވީނަމަވެސް އިތުރަށް އެއްވެސް އެއްޗެކޭ ބުނަން އޭނަ ބޭނުން ނުވިއެވެ.

ޖެހިގެން އައި ދުވަހު މެންދުރު އަކިޔަސް ރިހާނީ ގޮވައިގެން ގޮސް ފޯނެއް ގަނެގެން އައެވެ. ރޭއްސުރެ ރިހާނީއާއި އަކިޔަސްއާ ދެމެދު ގާތްގުޅުމެއް އުފެދެން ވަނީ ފަށާފައެވެ. އެކަމުގެ ސަބަބުން މިހާރު ރިހާނީ ހުންނަނީ ވަރަށް އުފަލުންނެވެ. ދުވަހަކުވެސް އެހާ ބޮޑު އުފަލެއް ލިބުނު ހެނެއް ހިޔެއް ނުވެއެވެ. ރިހާނީ ސިޓިންގް ރޫމްގެ ސޯފާގައި އިށީންނަމުން ފޯނު އަޅާފައިވާ ފޮށި ކަނޑާލިއެވެ.

” ސިސް ނިއު ފޯނެއް ގަތީ ދޯ ؟ ” ސިޓިންގް ރޫމަށް ނިކުތް ޒަވީންއަށް ރިހާނީ ފެނުމާއެކު އަހާލިއެވެ. ” ޔާ ފޯން ހަލާކުވީމަ މިއަދު ނިއު ފޯނެއް ގަތީ… ” ރިހާނީ ސިމް ލައްވަމުން ހިނިތުންވުމަކާއެކު ބުނެލިއެވެ. އެވަގުތު ކޮފީ މަގެއް ހިފައިގެން އައި އެވްލީން ފެނުމާއެކު ރިހާނީ ވައި ރޯޅިއެއްހާ ބާރު މިނުގައި ގޮސް ކޮޓަރިއަށް ވަނެވެ. އެވްލީންގެ ސޫރަވެސް ދެކެން އޭނަ ބޭނުމެއް ނޫނެވެ.

ކޮފީގެ މީރުވަހުން ސިޓިންގް ރޫމްގައި ވަނީ މީރުވަހެއް ހަރުލައްވާލާފައެވެ. އެވްލީން ސޯފާގައި އިށީންނަމުން ޒަވީންއަށް ކޮފީ މަގު ދިއްކޮށްލައިފިއެވެ. އޭރު އެއިން އަރަމުން ދިޔަ އާވި ފަޒާގެ ތެރެއަށް އަރައިގެން ގޮސް ފޭދިގެން ދެއެވެ. ޒަވީން ކޮފީ މަގުގައި ހިފަހައްޓާލަމުން ޓީވީ އޮން ކޮށްލައިފިއެވެ. ” އޯލް މޯސްޓް ފޮގޮޓް ޓު ވޮޗް ފާސްޓް އެންޑް ފިއުރިއަސް ” ޒަވީން ކޮފީ ކޯވަރަކުން ކަރުތެރެ ތެތްމާލިއެވެ.

ޒަވީން ލެޕްޓޮޕް ހިފައިގެން އައިސް އުނގުގައި ބަހައްޓަމުން ފާސްޓް އެންޑް ފިއުރިއަސް ޖައްސާލައިފިއެވެ. އެވްލީން އެފިލްމް ބަލަމުން ދިޔައިރު ފޫހިވެގެން ގޮސް މަރުވާވަރު ވިއެވެ. އެތައް ފަހަރު ފިލްމް ސްޓޮޕް ކޮށްލަންވެސް އެވްލީން ބޭނުންވިއެވެ. ނަމަވެސް ޒަވީން ނުހަނު ފޯޯރިއާއެކު ބަލަމުން ދިއުމުގެ ސަބަބުން އެވްލީންއަށް އެވަރު ހިތްވަރެއްވެސް ނުލިބުނެވެ. ޒަވީންއަށް ޓަކައި އޭނަ ކެތްކޮށްލައިގެން ފިލްމް ބަލަން މަސައްކަތް ކުރަމުން ދިޔައެވެ.

ރިހާނީ ޢީރާގެ ނަންބަރަށް ޑައިލް ކޮށްލުމަށްފަހު ދެކޮޅަށް ހިނގަން ފެއްޓިއެވެ. ދެފަހަރަކު ރިންގް ވީތަނާ ޢީރާ ފޯނު ނެގިއެވެ.

” ރިނީ.. ހާދަ ދުވަހަކަށްފަހު ތިގުޅީ. އެނީތިންގް ސްޕެޝަލް ؟ ” ޢީރާގެ އަޑުގައި ޚައިރާންކަން އެކުލެވިގެންވިއެވެ. ” ހޭވް އަ ގްރޭޓް ސަޕްރައިސް ފޯރ ޔޫ ޢީރް. ” ރިހާނީ އުފާވެރި ރާގެއްގައި ބުންޏެވެ. ” ޒޭވް އައީތަ ؟ ” ޢީރާއަށް އަހޭލެވުނެވެ. ” އާނ.. ޒޭވް އައިސްފި. މިހާރު ހަތަރު ދުވަސް ވަރު ވެދާނެ…. ” ރިހާނީގެ ޖުމްލައިން ޢީރާއަށް އުފަލުންގޮސް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ރިހާނީގެ ތުންފަތުފައި ކުޅެނީ ވިހަ ހިނިތުންވުމެކެވެ.

” ޢީރް ދެން އަވަހަށް އަންނައްޗޭ އިނގޭ ، މިހާރު މިތިބީ އުވެލްގައި. މިރޭ ލަންޑަންއަށް ދާން… ” ރިހާނީގެ ޖުމުލަ ފުރިހަމަ ނުވަނީސް ޢީރާ މާދަމާ އަންނާނެ ކަމަށް ބުނެ ފޯނު ބޭއްވިއެވެ. ޢީރާ އުފާވެފައި ހުރި ވަރު އޭނަ ވާހަކަ ދެއްކުމުގެ ރާގުން ކޮންމެ މީހަކަށް ވެސް އިހްސާސް ކުރެވޭނެއެވެ.

” ޕުއާރ ޢީރް… މާދަމާ ނޭގޭ ޓޯނޭޑޯއެއް ކަމެއް ޢީރްގެ ލައިފްއަށް އަންނާނީ… ” ރިހާނީ ބުނެލިއެވެ.

ކަޅު ސައިލެއްގެ މަތީގައި ކުދި ޖަވާހިރުތަކެއްހެން ތަރިތައް ވިދާ ބަބުޅަމުން ދިޔައިރު އުޑުގައި ދައުރު ކުރަމުން ދިޔަ ކޮޅިތަކުން ތަރިތައް ވަށާލައެވެ. މިރޭ ދުންތަރިތައް ވެސް ފެންނަލެއް އާދަޔާ ހިލާފަށް ގިނައެވެ. އިރުއިރު ކޮޅާ ފެންނަމުން ދިޔަ ދުންތަރީގެ ސަބަބުން އެވްލީން ހުރީ އުޑަށް ނަޒަރު ހުއްޓާލައިގެންނެވެ. ލުއި ވައިރޯޅި ތަކާއެކު އިވެމުންދިޔަ ނާނާގެ އަޑު ވަނީ މުޅި ހިސާބުގައި ގުގުމާލާފައެވެ.

” ކޮބާ ރެޑީތަ ؟ ” ޒަވީން ކާރުގެ ތަޅުދަނޑި ޝަހާދަތް އިނގިލީގައި އަޅުވާލައިގެން އެއަނބުރަމުން އައިސް އެވްލީން ކައިރިއަށް ހުއްޓުނެވެ. އެވްލީންއަށް އެއަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. އޭނަ ޝައުގު ވެރިކަމާއެކު ފެންނަމުން ދިޔަ ދުންތަރިތައް ބަލަމުން ދިޔައެވެ.

” އިޓްސް އަ މީޓިއޯ ޝަވާރ ނައިޓް… ” ޒަވީންގެ އަޑަށް އެވްލީން ސިހިފައި ޒަވީންއާއި ދިމާއަށް ބަލައިލިއެވެ. ގަދަ ފެހި ކުލައިގެ އަތްދިގު ޓީޝާޓަކާއި ހުދުކުލައިގެ ޖިންސެއް ލައިގެން ހުރިއިރު ޒަވީން ވަރަށް ސްމާޓެވެ. ” ޒޭވް ، ޔޫ ގޭވް މީއަ މިނީ ހާޓް އެޓޭކް… ” އެވްލީން ޒަވީންގެ އަޅި ކުލައިގެ ލޮލަށް ނަޒަރު ހިންގާލިއެވެ. ” އޯހް… އިފް ސޯ އައެމް ރެޑީޓު ގިވް ސީޕީއާރް… ނޭވާލާން ޑިފިކަލްޓް ވާނަމަ ބުނައްޗޭ… ” ޒަވީންގެ ޖުމްލައިން އެވްލީން ޒަވީންގެ މޭމަތީގައި މަޑުމަޑުން ޖެހިއެވެ. ” ރިޕް ކޭޖްވެސް ބިންދައިގެން ގޮސްފި… ” އެވްލީންގެ އަތުގައި ހިފަހައްޓަމުން ޒަވީން އެވްލީން ގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ. ” ޒޭވް… މީހަކަށް ފެނިދާނެޔޭ… ” އެވްލީން ކަންބޮޑުވެފައިވާ ރާގަކަށް ބުނުމާއެކު ޒަވީން އެވްލީންއާއި ދުރަށް ޖެހިލިއެވެ.

ރިހާނީ އާއި އަކިޔަސް އެވަގުތު އައުމުން އެވްލީން އަވަސް އަވަހަށް ކާރުގެގެ ދޮރުފަތް ހުޅުވާލުމަށްފަހު ކާރަށް އަރާ ހަމަ ޖެހިލިއެވެ. ޒަވީންވެސް ކާރަށް އަރާ ކާރު ސްޓާޓް ކޮށްލިއެވެ. ރޭގަނޑު ވަގުތަށް ވުމާއެކު ދުރުދުރަށް ދާންދެން ފެންނަމުން ދިޔަ ބޮކިތަކުގެ ދޫލައިގެ ސަބަބުން އެވްލީންއަށް ދެލޯ ބޮޑުކޮށްލައިގެން ބޭރަށް ނަޒަރު ހިންގާލެވުނެވެ. މިރޭ ކޮންމެވެސް ފެސްޓިވަލްއެއް އޮތުމުގެ ސަބަބުން ސްކައި ލެންޓާން ތަކުން ފަޒާ ފުރާލާފައި ވާއިރު ހީވަނީ ޓެންގްލް ކާޓުނުން ފެންނަ ސްކައި ލެންޓާންގެ ރީތި މަންޒަރު ހަމަ ލޮލުން ބަލަލިލެވޭ ހެންނެވެ. ވަޔާއެކު ސްކައި ލެންޓާންތައް އޭގެ މަންޒިލާ ހަމައަށް ވާސިލުވަމުން ދިޔައިރު ހާދަ ފުރިހަމައެވެ. ވީޑިއޯ ކޮށްލައިގެން ވެސް ބަލަން ބޭނުންވާހާ އެމަންޒަރުތައް ރީއްޗެވެ.

ޓަވާރ ބްރިޖް މަތިން ކާރު ދުއްވަމުން ދިޔައިރު ލަންޑަން ފެންނަމުން ދިޔައީ ވަރަށް ހުވަފެނީ ގޮތަކަށެވެ. ބޮޑެތި އުސް އިމާރާތް ތަކުގައި ހަރުކުރެވިފައިވާ ބޮކިތައް ދިއްލާފައިވާއިރު ހީވަނީ ނިވިދިއްލޭ ބޮކިތައް ބިލްޑިންގް ވަށާ އޮޅާލެވިފައިވާ ހެންނެވެ. ބިލްޑިންގްތައް އުސްކަމުންނާއި ބޮޑުކަމުން އުޑުމަތި އެހާ ސާފުކޮށް ނުވެސް ފެނެއެވެ. އެވްލީން ކާރުގެ ކުޑަ ދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިންއިރު ރޭގަނޑު ލަންޑަން ފެންނަމުންދިޔަ ގޮތާއި މެދު އޭނަ އިނީ ހައިރާންވެފައެވެ.

” ވޯޓާރ ކްރިސްޓަލް ” ޕޯޓިކޯއަށް ކާރު މަޑު ކޮށްލުމާއެކު އެވްލީން ޒަވީންއާއެކު ގޮސް އެތެރެއަށް ވަނެވެ. އޭރު ރިހާނީއާއި އަކިޔަސްވެސް ފަހަތުން އާދެއެވެ. ޓޭން ކުލައިހެ ގަމީހަކާއި ކަޅު ކުލައިގެ ޖިންސެއް ލައިގެން ބެކްޕެކް އަޅުވާލައިގެ ހުރިއިރު އަކިޔަސް ވަރަށް ރީއްޗެވެ. ރިހާނީ އަކިޔަސްގެ ފަހަތުން ހިނގާލާފައި އައިއިރު ބުޅި އިސްތަށިކޮޅުތައް އަތުގެ އިނގިލިތަކަށް އޮޅާލައިގެން އޭނަ އިސްތަށިގަނޑާ ކުޅެމުން ދިޔައެވެ.

” ހާދަ އަވަހަކަށް ދަރިފުޅުމެން ތިއައީ ؟ ” ސޯފާގައި އިށީންދެލައިގެން އެކުވެރިއަކާ ވާހަކަ ދައްކަން އިން ޒަރާއަށް އަކިޔަސްމެން ފެނުމާއެކު އަހާލައިފިއެވެ. ” މޯމް.. އަވަސްތަ ؟ ” ޒަވީން ސޯފާގައި އިށީންނަމުން ބުނެލިއެވެ..

” މޯމް… ކޮބާތަ މޯމް ދޭން ބޭނުންވި ސަޕްރައިޒްއަކީ ؟ ” ޒަވީން ޒަރާގެ މޫނަށް ނަޒަރު ހިންގައިލަމުން އަހާލައިފިއެވެ. ޒަވީންގެ ސުވާލުން ޒަރާ ހާސްވާ ގޮތްވިއެވެ. ” ދެން މިހާރު އެސަޕްރައިޒް އެހާ އިމްޕޯޓެންޓްއެއް ނޫން… ޖަސްޓް ލެޓް އިޓް ގޯ… ” ޒަރާ އަވަސް އަވަހަށް ސޯފާއިން ދެތުވެލަމުން އެކުވެރިއާއާއެކު ހިނގައިގަތީ ގޭގެ ތިރީބައިގައި ހުންނަ ބޮޑު ލައިބްރަރީއާއި ދިމާއަށެވެ.

* * *

ހެނދުނުގެ ވަގުތެވެ. ޒަވީން ފެންވަރަން ފާޚަނާއަށް ވަންއިރު އެވްލީން އޮލިމްޕިއަން ނޫކުލައިގެ ގަމީހެއް އިސްތިރި ކުރުމުގައި އުޅުނެވެ. މިއަދު ޒަވީން ޑިއުޓީއަށް ދާތީވެ އެވްލީން ހުރީ ފޫހިވާ ގޮތްވެފައެވެ. ހެނދުނު ދާގޮތަށް އާދެވޭނީ ހަވީރުކަމަށް ޒަވީންވަނީ ބުނެފައެވެ. އެވްލީން ގަމީސް އިސްތިރި ކޮށްލުމަށްފަހު އަލަމާރި ހުޅުވާލާފައި ގަމީހާއި ގުޅޭ ޓައީއެއް ނެގިއެވެ. ޒަވީން ފެންވަރާލައިގެން ނިކުތް އިރު އެޓިޓިއުޑް ބައި އަރްމާނީ އާފްޓާރޝޭވްގެ މީރުވަހުން އެވްލީންއަށް އެތެރެއަށް ނޭފަތް ދަމާލެވުނެވެ. އެއީ ކޮންފަދަ މީރުވަހެއް ހެއްޔެވެ. ހުރިހާ މާމެލާ މެލީގެ ވަސްވެސް ފަނޑުކޮށްލުމުގެ ބާރު އޭގައި އެބަހުއްޓެވެ.

ޒަވީން ގަމީސް ލުމާއެކު އެވްލީން އޭގެ ގޮށްތައް އަޅުވާލަ ދިނުމަށްފަހު ޓައީވެސް އަޅުވާލަ ދިނެވެ. ޒަވީން ހިނިތުންވުމަކާއެކު އެވްލީންއަށް ބަލަހައްޓައިހެން ހުރިއިރު އެވްލީން މައުސޫމް ކަމުން ފެންނަމުން ދިޔައީ ބުދެއްހެންނެވެ. ” އައެމް ގޮނަ މިސް ޔޫ… ” އެވްލީން ޒަވީންގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ” ލީން.. ބްރޭކް ގަޑީގަ އަންނާނަން… އެހެންނޫނަސް ފޯނުން ވާހަކަ ދެއްކޭނެއެއްނު… ” ޒަވީން އެވްލީންގެ ކޯތާފަތަށް ބޮސްދިނުމަށްފަހު ގޮސް މޭޒުމަތީގައި އޮތް ފައިލް ނެގިއެވެ. އެވަގުތު އެވްލީންގެ ހަނދާނައަށް އައީ ރޭގައި ޒަވީން އޭނައަށް ހަދިޔާއަކަށް ދިން ސޮނީ އެކްސްޕީރިއާ ޒެޑް މަތިންނެވެ.

” އައި ވިލް ކޯލް… ” ކާރާއި ދިމާއަށް ހިނގަމުން ޒަވީން ބުނެލިއެވެ.

” ޒޭވް… އައި މިސްޑް ޔޫ ސޯ މަޗް… ” އެވްލީން އެތެރެއަށް ދާން ނެގި ފިޔަވަޅު ހުއްޓުނީ ޢީރާގެ އަޑަށެވެ. އެވްލީން ފަސްއެނބުރި ބަލައިލިއިރު ފެނުނު މަންޒަރަކުން އެވްލީންއަށް ހީވީ އެތެރެހަށީގައި ނޭވާ ތާށިވީހެންނެވެ. ހިތުގެ ތެޅުންވެސް ކުޑައިރުކޮޅެއް ވަންދެން މަޑުޖެހިލި ހެން އެވްލީންއަށް އިހްސާސްވިއެވެ. ޢީރާ ޒަވީންގެ ގައިގައި ބައްދާލައިގެން ހުރި މަންޒަރު ބަލަން އެވްލީންއަށް ކެތެއް ނުކުރެވުނެވެ. އެމުށިކުލައިގެ ލޮލަށް ކަރުނަ ޖަމާ ވެގެން ދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ޒަވީންއަށް އެވްލީންގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތިކިތައް ފެނުނީ ކަންނޭގެއެވެ. ޒަވީން އީރާ އެހަށިގަނޑާ ދުރުކޮށްލިއެވެ. ” ޢީރް… ” ޢީރާގެ އެއަމަލުން ޒަވީން ހިތްހަމަ ނުޖެހުނެވެ.

” ޢީރާ ! ” އެވަގުތު ޕޯޓިކޯއަށް ނުކުތް ޒަރާއަށް ޢީރާ ފެނުމާއެކު ޢީރާއަށް ގޮވާލީ ތަންކޮޅެއް ބާރަށެވެ. ޒަރާގެ އަޑަށް ޢީރާ ދިޔައީ ސިއްސައިގެންނެވެ.

” ކަމް ވިތް މީ ޢީރާ… ” ޒަރާ ބާރަކަށް ހިނގާލާފައި އައިސް ޢީރާގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް އެތެރެއަށް ދާން ހިނގައިގަތެވެ. އީރާ ހުރީ ވާނުވާ ނޭގި ދެލޯ ބޮޑުކޮށްލައި ގެންނެވެ. ” ލީން ސްޓޮޕް ކްރައިން… އެއީ ފްރެންޑެއް… ” ޒަވީން ބާރު ފިޔަވަޅުތަކެއްގައި އައިސް އެވްލީން ކުރިމައްޗަށް ހުއްޓިލުމަށްފަހު އެވްލީންގެ ލޮލުން ފައިބަމުންދިޔަ ކަރުނަ ތިކިތައް ފޮހެލިއެވެ. ޒަވީންގެ ޖުމްލައިން އެވްލީންގެ ހިތަށް ފިނިކަން ގެނެސްދިނެވެ.

” ޢީރާ… ދެން ޒޭވް އާއި އެހާ ކައިރި ނުވާތި… ” ޒަރާ އޭނަގެ ކޮޓަރިއަށް ވަންނަމުން ޢީރާއާއި ވާހަކަ ދެއްކީ ރުޅިވެރި ރާގެއްގައެވެ. ޒަވީންއާއި އެވްލީންގެ ދެމެދުގައި މައްސަލަ ޖެހެން އޭނަ ބޭނުމެއް ނޫނެވެ. އެވްލީންއަށް އޭނަ އިތުބާރު ކުރަން ބޭނުންނުވި ކަމުގައި ވީނަމަވެސް ދަރިފުޅުގެ އުފަލަށް ހުރަސް އެޅެން އޭނަ އެއްވެސް ފުރުސަތެއް ނުދޭނެއެވެ. ” އާންޓް ވަޓް ހެޕެންޑް ޓުޔޫ ؟ އާންޓްވެސް އަހަންނާއި ޒޭވްގެ ގުޅުމަށް އެއްބަސް. އެކަމަކު އާންޓް ކުއްލިޔަކަށް ބަދަލުވެފަ ތިހުރީ… އެންޑް ހޫ ވޯސް ދެންޓް ގާރލް ؟ އަހަރެން އޭނަ ކުރިން މިގެއަކުން ނުދެކެން… ” ޢީރާ ޚައިރާންކަމާއެކު ސުވާލު ކުރިއެވެ. ” ޢީރް އައެމް ސޮރީ ޓު ސޭއި ދިސް… ޒޭވް އިސް މެރީޑް… ދެންމެ ފެނުނު އަންހެން ކުއްޖާއަކީ އެވްލީން ، ޒޭވްގެ ވައިފް… ޢީރް ޒޭވްއާއި ވީހާވެސް ދުރުން އުޅެން މަސައްކަތް ކުރާތި ! އަހަރެން ބޭނުމެއްނޫން ޒޭވްގެ އުފާވެރި ހަޔާތަށް ޢީރްގެ ހިޔަނި އެޅެން ! ” ޒަރާގެ ޖުމްލައިން ޢީރާއަށް ހީވީ އެއްވެސް ރަހުމެއްނެތި އެތައް ހާސް ތީރުތަކެއް އެހިތަށް ހަރޭލެވުނު ހެންނެވެ. ” ވަޓް… ” ރޮވިފައިވާ އަޑަކުން ޢީރާއަށް ބުނެލެވުނެވެ. ޒަރާގެ ޖުމްލަ އެކަންފަތުގައި ގުގުމާލަމުން ދިޔައިރު އެތެރެހަށީގެ ހުރިހާ ނާރުތައް ބުރިވެގެން ދިޔަ ފަދަ އިހްސާސްތައް ކުރެވެމުން ދިޔައެވެ. ބާރު ގަދަ އަތަކުން އިތުގައި ހިފަހައްޓާލާފައި ޗިސްކޮށްލިޔަސް މިހާރު ހިތުގައި އަޅަމުން ދިޔަ ވޭނަށްވުރެ ހާސްބައި ރަނގަޅު ވާނެއެވެ. ޒަރާ ކުރިން އޭނަ ބުނި ޖުމުލަ ދެވަނަ ފަހަރަށް ތަކުރާރު ކޮށްލުމަށްފަހު ޢީރާ ގޮވައިގެން ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު ޒަރާގެ ކޮޓަރީގެ ބޭރުގައި ހުރިހާ ވާހަކައެއް އަޑުއަހަން ހުރި ރިހާނީ އަވަސް އަވަހަށް ކައިރީގައި ހުރި ކޮޓަރިއަށް ވަދެ ފިލައިފިއެވެ. މިވީ ކިހިނެއް ހެއްޔެވެ ؟ އޭނަގެ ޕްލޭން މިދިޔައީ ފެނަށެވެ. ޒަރާ އެވްލީން ޤަބޫލުކުރުމުން ރިހާނީއަށް ހީވީ ހުރިހާ ދޮރެއް ބަންދުވީ ހެންނެވެ. ނަމަވެސް އޭނަ ބަލި ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

މެންދުރު ޒަވީން ގުޅާފައި އޭނަ ގޭގައި ބަހައްޓާފައި އައި ފައިލްތައް ގެނެސް ދިނުމަށް އަކިޔަސް ކައިރީގައި ބުނުމުން އަކިޔަސް އެފައިލްތައް ނަގަން ޒަވީންގެ ކޮޓަރިއަށް ދިޔައެވެ. އެވްލީން ފެންނަން ނެތުމުން އަކިޔަސް އަވަސް އަވަހަށް މޭޒުމަތީގައި ހުރި ފައިލްތައް ނަގައިގެން ނިކުންނަން ދިޔަ ވަގުތު ސޯފާގައި އަޅައިގަނެ ނުވެއްޓުނީ ހަމަކިރިޔާއެވެ. ނަމަވެސް އޭނަ އަތުގައި ހުރި ފައިލްތައް ބިންމައްޗަށް ވެއްޓުނެވެ. އަކިޔަސް ފައިލްތައް ނަގަން ގުދުވެލި ތަނާ އޭގައި ލިޔެފައިވާ ނަމެއްގެ ސަބަބުން އަކިޔަސްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” އެވްލީން މިފްޒާލް. ” އަކިޔަސްއަށް އޭގައި ލިޔެފައިވާ ޕޭޝަންޓްގެ ނަން ކިޔާލެވުނެވެ. އެއީ މެންޓަލް އިލްނެސް ރެކޯޑް ކޮށްފައިވާ ފައިލް އެކެވެ. އަކިޔަސް ޚައިރާން ކަމާއެކު އެފައިލް ހުޅުވާލި އިރު ހިތުގެ ތެޅުންވަނީ އަވަސް ވެފައެވެ.

އަކިޔަސް ފައިލްގެ ގަނޑުތައް އުކަމުން ދިޔައިރު އޭނަ ހުރީ އެއީ ތެދުކަން ޤަބޫލުކުރަން ދަތިވެފައެވެ. ” ނޮޓް ޕޮސިބްލް… ” އަކިޔަސް ދެލޯ ހަނިކޮށްލަމުން އެންމެފަހު ގަނޑުތަކަށް ނަޒަރު ހިިންގާލިއެވެ. އޭނަ އެއްގޮތަކަށްވެސް އޭގައިވާ މައުލޫމާތު ޤަބޫލުކުރަން ބޭނުން ނުވިއެވެ. އެވްލީންއަށް އެހާ ބޮޑު ކަމެއް ވިނަމަ ރިހާނީ އޭނަ ކައިރީގައި ބުނާނެއެވެ. ” ވަޓް އާރ ޔޫ ޑުއިންގް ހިޔާރ ؟ ” ކޮޓަރިއަށް ވަން އެވްލީންއަށް އަކިޔަސް ފެނުމާއެކު އެވްލީންގެ ފިޔަވަޅުތައް ގަނޑުވެގެން ދިޔައެވެ. މަޑު ފެހި ކުލައިގެ ޓީޝާޓަކާއި ގަދަ އަޅިކުލައިގެ ޖިންސެއްގައި ހުރިއިރު އަކިޔަސް ޒަވީންއާއި ހާދަ ވައްތަރެވެ. ފެހި ކުލައިގެ ޓީޝާޓް އަކިޔަސްގެ ކަސްރަތީ ހަށިގަނޑަށް ހިފާފައިވާއިރު ބޭނުންކޮށްގެން ހުރި އެސްކޭޕް ބައި ކެލްވިން ކްލައިންގެ މީރުވަސްވަނީ ކޮޓަރި ތެރެއަށް ފެތުރިފައެވެ.

އެވްލީންގެ އަޑަށް އަކިޔަސް ސިހިފައި އެވްލީންއާއި ދިމާއަށް ބަލައިލި އިރު އެއަޅި ކުލައިގެ ދެލޮލުގައިވާ ވިދުވަރުތަކުން އެވްލީންގެ ހިތް ރޫރޫއަޅައިގެން ދިޔައެވެ. ” މިފޭކް އެއްޗެހި ދައްކައިގެން ދޯ ޒޭވްގެ ހިތް އަތުލީ ؟ ” އަކިޔަސް އެފައިލް ހޫރާލައިފިއެވެ. ފައިލްގައިވާ ގަނޑުތައް ފަޒާ ތެރޭގައި މިނިވަން ކަމާއެކު އުދުހިލާފައި މާބްލްސް މައްޗަށް ވެއްޓުނެވެ.

” އަކިޔަސް އަހަރެން ބޭނުމެއްނޫން އަކިޔަސް މިކޮޓަރީގައި ހުންނަތަން އެހެން މީހަކަށް ފެންނަން… ޔޫ މޭއި ލީވް ނައު… ” އެވްލީން ހިތްވަރު ކޮށްލުމަށްފަހު ފުރަތަމަ ފަހަރަށް އަކިޔަސްއާއި ކުރިމަތި ލިއެވެ. އޭރު އެހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައިރު މޫތިތަކެއް ފަދައިން އެދޮން މޫނުގައި ދާތިކިތައް ވިދާބަބުޅަން ފެށިއެވެ. ” ދިސް އިސް މައި ހައުސް… އަހަންނަށް ބޭނުން ކަމެއް ކުރެވޭނެ… ހޫދަ ހެލް އާރ ޔޫ ޓު ޓެލް މީ ޓު ލީވް ދިސް ރޫމް ؟… އަހަރެން ޒޭވްއަށް ތިމައުސޫމް މޫނުގެ ފަހަތުގައި ފިލާހުރި އަންހެން ކުއްޖާ ދައްކާލައިފިނަމަ ޒޭވް އެވްލީން ދޫކޮށްލާނެ… ” އަކިޔަސް ވިދާލި ވިދުވަރެއްހާ ބާރުމިނުގައި އައިސް އެވްލީން އޭނައާއި ފާރާއި ދެމެދު ފިއްތާލައިފިއެވެ. އެވަގުތު އެވްލީންގެ ވޭނީ ހަޅޭއްކެއްގެ އަޑު ކޮޓަރި ތެރޭގައި ގުގުމާލައިފިއެވެ. އަކިޔަސް އެވްލީންގެ ކޮނޑުގައި ބާރަކަށް ހިފަހައްޓާލައިގެން ހުރިއިރު ހީވަނީ ކަށިތައްވެސް ބިންދައިގެން ހިނގައިދާނެ ހެންނެވެ. އެއްވެސް ހަމްދަރުދީ އެއްނެތި އަކިޔަސް އެވްލީންއަށް ވޭން ދެމުން ދިޔައެވެ.

” އަ..އަކިޔަސް… ” އެވްލީންއަށް ރޮވިފައިވާ އަޑަކުން ބުނެވުނެވެ. އެވްލީންގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތިކިތައް އޭގެ މަގާމް ދޫކޮށް ފައިބަމުން ދިޔައެވެ. އެވްލީންގެ އަޑު އެކަންފަތުގައި ގުގުމާލުމާއެކު އަކިޔަސްއަށް ވީގޮތެއް ނޭގުނެވެ. އެހިތާމަ ވެރިއަޑުން އެހިތުގައި ތޫނު ރިހުމެއް އުފައްދާލައިފިއެވެ. އަކިޔަސް އެވްލީންއާއި ދުރަށް ޖެހިލަމުން ރޮމުން ދިޔަ އެވްލީންގެ މޫނަށް ނަޒަރު ހިންގާލިއެވެ. އޭރު ކޮޓަރިއަށް ފެތުރިފައިވާ ހަމަހިމޭންކަން އެވްލީންގެ ގިސްލުމުގެ އަޑުން މުގުރަމުން ދިޔައެވެ. އެވްލީން މަޑުމަޑުން ތިރިވަމުންގޮސް މާބްލްސް މަތީގައި އިށީނެވެ. ބިރުންގޮސް އެވްލީން ތުރުތުރު އަޅަމުން ދިޔައެވެ.

” އައެމް ސޮރީ… ” އެލަފްޒުތައްވީ އަކިޔަސްގެ ހިތުގައެވެ. އޭނަގެ ހުންނަ ގޮތްދޫނުކުރާ މިޒާޖުގެ ސަބަބުން އެލަފުޒުތައް ދުލާހަމައަށް ނުފޯރިއެވެ. ނަމަވެސް އަކިޔަސްގެ ހިތުގައި ހަމްދަރުދީ އުފެދިގެން ދިޔައެވެ. ބަލިކަށި އަންހެން ކުއްޖަކަށް ، ފިރިހެނަކަށް ވެހުރެ އޭނަ މިކުރަނީ އަނިޔާއެވެ. އެވްލީން ކުރި ކުށަށް މާއާފް ދެވެން ނެތް ކަމުގައި ވީނަމަވެސް އެގޮތަށް އެވްލީންއާއި މެދު ކަންތައް ކުރުމުގެ އެއްވެސް ހައްޤެއް ނޯންނާނެއެވެ.

” އެވްލީން… ” އަކިޔަސް އެވްލީންގެ މޫނުގައި ހިފަހައްޓާލަމުން އެވްލީންއަށް ގޮވާލައިފިއެވެ. އެވްލީންއަށް އަކިޔަސްގެ އަތް ފޮޅުވާލެވުނީ ވިހަގަދަ ސޫއްޕެއް އެހަށިގަނޑުގައި ބީހުމުން ފޮޅުވާލެވޭހެންނެވެ.

” ސްޓޭ އަވޭއި ފްރޮމް މީ ! ” އެވްލީން އަކިޔަސްއާއި ދިމާއަށް ހަޅޭއްލަވައިގަތެވެ. އޭރު އެލޮން ފައިބަމުން ދިޔަ ކަރުނަ ތިކިތަކަށްވެސް ހުއްޓުމެއް އައިސްފިއެވެ. އަކިޔަސް އެވްލީންއާއި ދިމާއަށް ކަޅިއަޅާލި ހިނދު އެހިތުގައި އުފެދުނު ހަމްދަރުދީގެ މައްޗަށް އަނެއްކާވެސް ރުޅިވެރިކަން ކުރިހޯދައިފިއެވެ. ” އަކިޔަސް ހީނުކުރާތި އަހަރެން މަޑުން ހުންނަނީ އަހަންނަށް ކަމެއް ނުކުރެވޭތީ ކަމަށް ، އަހަރެން މިޢާއިލާގައި މައްސަލަ ޖެހެން ބޭނުން ނުވާތީ މަޑުން މިހުންނަނީ. އިޓް ޑަސްނޮޓް މީން ދެޓް އައި ވިލް ބެއާރ ވަޓް ޔޫއާރ ޑުއިންގް… އަހަންނަށް ވެސް ކެތްކުރެވޭނީ ވަކި ލިމިޓަކަށް، މިހާރު އަކިޔަސް އެލިމިޓް ކްރޮސް ކޮށްލައިފި… ” އެވްލީން ކަރުނަތައް ފޮހެލުމަށްފަހު ރުޅިވެރި ރާގެއްގައި ބުނެލައިފިއެވެ. މިހާރު އެމޫނުމަތިން ބިރުވެރިކަމުގެ އެއްވެސް އަސަރެއް ފެންނަން ނެތެވެ. އެމުށިކުލައިގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ. އެވްލީންއަށް އައި ބަދަލާމެދު އަކިޔަސް ހުރީ ކުޑަކޮށް ސިހިފައެވެ.

ޖިންސްގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމާއެކު އަކިޔަސް ފޯނު ނެގިއެވެ. ” ބްރޯ އަދިވެސް ފައިލް ނުފެންނަނީތަ ؟ ” އަކިޔަސް ފޯނު ނެގުމާއެކު ޒަވީން އަވަސް އަވަހަށް އަހާލައިފިއެވެ. ” ފައިލް ފެނިއްޖެ. ކަމިންގް އިން ޓެން މިނެޓްސް… ” އަކިޔަސް ފޯނު ބާއްވަމުން މާބްލް މަތީގައި ވަޔާއެކު އުދުހެމުން ދިޔަ ގަނޑުތައް ހޮވަން ފެއްޓިއެވެ.

” އިޓްސްނޮޓް އޯވާރ ޔެޓް ” އަކިޔަސް ކޮޓަރިން ނުކުންނަމުން ބުނެލި ޖުމުލައާއެކު އެވްލީން ރުޅިވެރި ނަޒަރަކުން އަކިޔަސްއާއި ދިމާއަށް ބަލައިލިއެވެ.

އެސްޓީ ތޯމަސް ހޮސްޕިޓަލަށް ކާރު މަޑުކޮށްލުމާއެކު އަކިޔަސް ކާރުން ފައިބަމުން އަވިއައިނުން އެއަޅިކުލައިގެ ދެލޯ ފޮރުވުމަށްފަހު ފައިލް ހިފައިގެން ހިނގައިގަތީ އެތެރެއަށް ވަނުމަށެވެ. އެކިކުލަ ކުލައިގެ މާގަސްތައް ޕޯޓިކޯ ކައިރީގައި އިންދާފައި ވާއިރު ގަސްތައް ވަނީ މާތަކުން ފުރާލާފައެވެ. ކާރޕެޓް ގްރާސްގެ ދޫލައިގެ ތެރޭން ގަބޯ ފައުންޓެއިން ފެންނަމުން ދިޔައިރު ބަލާ ފޫހިނުވާހާ ރީއްޗެވެ. ދެފަރާތަށް ފެން ބުރުއްސައިގެން ދާއިރު އިރުގެ ދަޅަތަކުން ބައެއްފަހަރު ރެއިންބޯވެސް އުފެދިގެންދެއެވެ. ލަންޑަން ޓަވާރ، ޕެލެސް އޮފް ވެސްޓްމިންސްޓާރ އަދި ރިވާރ ތޭމްސްގައި ދުއްވަމުން ދިޔަ ބޮޑެތި ސަފާރީތަކާއި ޝިޕްތައް ފެންނައިރު ހީވަނީ ހުވަފެނެއްގެ ތެރޭގައި އުޅެވޭހެންނެވެ. މޭޕްލް ، އޯކް އަދި ސްނޯވީ މެސްޕިލަސް ގަސްތަކުން ހޮސްޕިޓަލްގެ ބަގީޗާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

އަކިޔަސް ހިނގާލާފައި ގޮސް ގްރައުންޑް ފްލޯގައި ހުންނަ ސައިކޮލޮޖީ ޑިޕާޓްމެންޓްގެ ދޮރު ހުޅުވާލައިފިއެވެ. ” ކިޔާ… ހާދަ ދުވަހެއް ކޮށްލާފައޭ ތިފެނުނީ… ” އަކިޔަސް ފެނުމާއެކު ލިޔާޝް އައިސް އަކިޔަސްގެ ގައިގައި ބައްދާލައިފިއެވެ. ” ލަސްވީމަ ހީކުރީ ބްރޯ ނާންނާނެ ކަމަށް… ” ޒަވީން އައިސް އަކިޔަސް ކައިރިއަށް ހުއްޓުމާއެކު އަކިޔަސް ފައިލް ދިއްކޮށްލައިފިއެވެ. ” އެނީ ތިންގް ފޯރ ޔޫ ޒޭވް… ” ހިނިތުންވުމަކާއެކު އަކިޔަސް ޖިންސްގެ ޖީބަށް އަތްކޮށްޕާލަމުން ސޯފާގައި އިށީނެވެ. ” ލިޔާޝް ހޭވް އަ ލުކް… އަދި ލީން ފުލް މެޑިކަލް ޗެކްއަޕް އެއް ހައްދަން ވެސް އެބަޖެހޭ… ” ލަޔާޝް އަތަށް ފައިލް ދެމުން ޒަވީން ބުންޏެވެ.

” ވެއިޓް އަ ސެކެންޑް… އެވްލީން ކުރިން މޮޔަވެފަތަ ހުރީ ؟ ” ޤަބޫލުކުރަން ބޭނުން ނުވި ކަމުގައި ވީނަމަވެސް އަކިޔަސްއަށް އަހާލެވުނެވެ. ” ވަޓްސް ދިސް. ޒޭވް ކީޕިންގް ސީކްރެޓްސް.. ޔާހ އެވްލީން ކުރިން ސަކަރާތް ވެފަ ހުރީ… ނޯ މެޑިކަލް ޓްރީޓްމެންޓް ވޯރކްޑް… ނޭގޭ ޒޭވް ކިހިނެއްކަމެއް އެވްލީން ރަނގަޅު ކުރީ… ” ސަމާސާ ރާގަކަށް ލިޔާޝް ބުނެލި ޖުމްލައިން އަކިޔަސް ސޯފާއިން ތެދުވެވުނެވެ.

” ބްރޯ ޔޫ އޯކޭ ؟ ” އަކިޔަސްއަށް އައި ބަދަލުތައް ފެނުމުން ޒަވީން ޙައިރާންކަމާއެކު ސުވާލު ކުރިއެވެ. ” އެވްލީންއަށް އެހާ ބޮޑު ކަމެއް ވިނަމަ ރިނީވެސް ދާނެ އެއްނު އެވްލީން ކައިރިއަށް… ” އަކިޔަސް ލިޔާޝް އަތުން ފައިލް އަތުލަމުން ދެވަނަ ފަހަރަށް އެއަށް ފުންނަޒަރެއް ހިންގާލިއެވެ. ” މޭއިބީ ރިނީ ޑޯންޓް ނޯ އެބައުޓް ދެޓް… ” ލިޔާޝް ޒަވީންއާއި އަކިޔަސްގެ މޫނަށް ނަޒަރު ހިންގާލުމަށްފަހު ބުންޏެވެ. އެވަގުތު ޖުނެއިނާގެ ވާހަކަ ބުނަން އުޅެފައިވެސް ޒަވީން އެވާހަކަ ބުނަން ފަސް ކޮށްލައިފިއެވެ. ރިހާނީއަށް އޭނަގެ މަންމަގެ ހަޤީޤަތް އެނގުމުން ޝޮކެއްވެސް ލިބިދާނެއެވެ.

” ދެން ތިކަމާމެދު ވާހަކަ ދައްކާނީ ފަހުން… މީޓިންގްއެއް އެޓެންޑް ކުރަން އެބަޖެހެއްނު.. ލެޓްސް ގޯ ޓު ދަ މީޓިންގް… ” ޒަވީން ހިނިތުންވުމަކާއެކު ވާހަކަ ދެއްކިއެވެ. ޒަވީންއާއި ލިޔާޝް ނުކުމެގެން ދިޔުމާއެކު އަކިޔަސް ފައިލްގެ ކޮޕީއެއް ނަގަން ޒެރޯގްރޮފީ ޕްރިންޓާރ އޮން ކޮށްލައިފިއެވެ. އޭރު އޭނަގެ ސިނުޑީގައި ވިކަމުން ދިޔައީ ރިހާނީ އެވްލީން ދިން ލެޓާ އެކޭ ކިޔާފައި އޭނައަށް ދިން ލެޓާ ލިބުނު ދުވަހެވެ. ހަނދާން ބަލިކަށި ނަމަވެސް އޭނައަށް އެލެޓާ ލިބުނު ދުވަސް ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެއެވެ. އަމިއްލަ ނަފްސަށް ވުރެ ބޮޑަށް އިތުބާރު ކުރި ކުއްޖާ އެހާ ބޮޑު ކެއްސެއް ދިނުމުން ހަނދާނުން ފޮހެލަން އުދަގޫވާނެއެވެ. އެލެޓާ ލިބުނު ދުވަހާއި އެވްލީން ކެލެފޯނިއާގެ ސިޓީ އޮފް ހޯޕް ނޭޝަނަލް މެޑިކަލް ސެންޓާރގެ ސައިކޮލޮޖިންޓަކަށް ދެއްކި ދުވަހާ ފުށުއެބައަރައެވެ.

އަކިޔަސް ޒެރޮކްސް ކޮޕީ ނެގި ފައިލް ހިފައިގެން ދާން އުޅުނު ވަގުތު އޭނަގެ ލޮލުގައި އަޅައިގަތީ އެވްލީންގެ ފުލް މެޑިކަލް ރިޕޯޓެވެ. އަކިޔަސް އެރިޕޯޓް ހުޅުވާލުމާއެކު އޭނައަށް ނޭގޭ އެތައް ކަމެއްގެ ހަޤީޤަތް ހާމަވެގެން ދިޔައެވެ.

* * *

ޕްލަމްޕް ގަސްތަކުގެ ކައިރީގައިވާ އުނދޯޔެއްގައި ޢީރާ އިށީންދެލައިގެން އިންއިރު މިނިވަންކަމާއެކު ދޫކޮށްލެވިފައިވާ ޢީރާގެ އިސްތަށިގަނޑު ވަޔާއެކު ސަމާސާ ކުރަމުން ދިޔައެވެ. ޕްލަމްޕް ގަސް ބަރާވެފައިވާ ހުދިކުލައިގެ މާތަށް އުނދޯލި ކައިރިއަށް ފައިބައިފައިވާއިރު ހީވަނީ ހުދުކުލައިގެ ސައިލުތަކެއް ކާޕެޓް ގްރާސްމަތީގައި އޮޅާލެވިފައިވާ ހެންނެވެ. އުނދޯލި ކައިރީގައި އިންދާފައިވާ ލެވެންޑާރ ގަސް ދަނބު ކުލައިގެ މާތަކުން ފުރާލާފައިވާއިރު ވައިރޯޅި ތަކާއެކު މީރު ވަހެއް ފަޒާގައި ހަރުލައްވަމުން ދިޔައެވެ. ބަގީޗާގައި މިނިވަންކަމާއެކު އުދުހެމުންދިޔަ ކޮކާތަކާއި ދޫނިތަކުން ހިތްތަކަށް އުފާވެރިކަން ގެނެސްދޭނެކަން ޔަޤީނެވެ. ނަމަވެސް ޢީރާގެ ހިތަށް އެޤުދުރަތީ މަންޒަރުތަކުން އެއްވެސް ފިނިކަމެއް ނުލިބުނެވެ. އެހިތުގައި އަޅަމުން ދިޔަ ވޭން ހޫނު ކަރުނައިގެ ސިފައިގައި ބޭރުވަމުން ދިޔައިރު ޢީރާގެ މޫނު ފެންނަ ކޮންމެ މީހެއްގެ ހިތް ކަތިލެވޭނެއެވެ. ގިނަ އިރު ރުއިމުގެ ސަބަބުން ނޭފަތް ރަތްވެފައި ވާއިރު ހީވަނީ ރަތްކުލައިން ނޭފަތް ޕެއިން ކޮށްފައިވާ ހެންނެވެ. ދޭތެރެއަކުން ޢީރާގެ ގިސްލުމުގެ އަޑުން ފަޒާގެ ހިމޭންކަން ތޮރުފާލައެވެ.

” ޢީރް އައި ފީލް ސޯ ސޭޑް ފޯރ ޔޫ… ” ރިހާނީ އުނދޯލީގައި އިށީންނަމުން ބުންޏެވެ.

” ރިނީ ދޭން ބޭނުންވި ސަޕްރައިޒަކީ މިއީދޯ ؟ އަހަރެންގެ ހިތް ހަލާކު ވުމުން ރިނީއަށް ކޮން އުފަލެއްތަ ލިބެނީ… ” ޢީރާ އުނދޯލިން ތެދުވެލިއެވެ. ޢީރާގެ ވާހަކަ ދެއްކުމުގެ ރާގު މުޅިންހެން ވަނީ ބަދަލުވެފައެވެ.

” އަހަރެން ޢީރް ދެކެނީ ކޮއްކޮއެއްގެ ގޮތުގައި ، އަހަރެން ޢީރްއަށް އެހާ ބޮޑު ދެރައެއް ދީފާނެކަމަށް ޢީރް ޚިޔާލަށްވެސް ގެނައީތީ އަހަރެން ދެރަވެއްޖެ. ޒޭވް މެރީ ކުރަން އުޅޭކަން ކުރިން އެނގުނުނަމަ އަހަރެން އެ މެރިއޭޖް ހުއްޓުވީމުސް… ބަޓް މިހާރު ވަގުތު ފާއިތު ވެއްޖެ. ބަޓް ދެއާރ އިސް ސްޓިލް އަ ވޭއި ޓު ބްރޭކް ދެޓް މެރިއޭޖް… ” ރިހާނީ އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. ރިހާނީގެ ޖުމުލައިން ޢީރާ ދެލޯ ބޮޑުކޮށްލުމަށްފަހު ރިހާނީއާއި ދިމާއަށް ބަލައިފިއެވެ. ” ރިނީ. އަހަރެން ބޭނުމެއްނޫން ޒޭވްގެ މެރިއޭޖް ރޫޅާލާކަށް… ” ޢީރާ ކުރިއަށް ދާން ހިނގައިގަތެވެ. ” އޭސް ޔޫ ވިޝް… އެކަމަކު ޢީރްއަށް ކެތް ވާނެތަ އެބިޗް ޒޭވް އާއެކު އުޅޭތަން ދެކެން… އިފް ދެޓް ބިޗް ގެޓްސް ޕްރެގްނެންޓް ފޯރ ޒޭވްސް ޗައިލްޑް ކޭން ޔޫ ބެއާރ ދެޓް ؟ ” ރިހާނީ ބޭނުންވީ ރަނގަޅަށްވެސް ޢީރާ އޭނަގެ މަޅީގައި ޖައްސާށެވެ. ” ނޫން.. ނޫން ” ޢީރާއަށް ބުނެވުނެވެ. އޭނައަށް ޒަވީންއާއި އެވްލީން އެކުގައި އުޅެތަން ދެކެން ކެތް ނުވާނެއެވެ. ނަމަވެސް ޒަވީންގެ ހިތަށް އަނިޔާ ދޭކަށްވެސް އޭނަ ބޭނުމެއް ނުވެއެވެ. ޢީރާއަށް ހީވީ ދާންވީ މަގެއް ނޭގޭ ތަނަކަށް ނިކުމެވުނު ހެންނެވެ. އޭނަ ރިހާނީ ދައްކާ މަގުން ގޮސްފިނަމަ ޒަވީން ހާސިލު ވެދާނެއެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއް ހެއްޔެވެ ؟ ކައިވެނި ކޮށްގެން ތިބޭ ދެމަފިރިންގެ ދޭތެރެއަށް ވަނުމުން ފާފައަކަށް އަރައި ނުގަނެވޭނެ ބާވައެވެ ؟

” ޢީރް ތިންކް އެބައުޓް އިޓް… އަދި މާލަހެއް ނުވޭ… ” ރިހާނީ ޢީރާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ފުން ވިސްނުމަކަށް ގެއްލިފައި ހުރި ޢީރާ ދިޔައީ ސިއްސައިގެންނެވެ. ” އައި ނީޑް ޓައިމް… ” ޢީރް އަހަރެން މިދެނީ އެޑްވައިސް އެއްކަމުގައި ބަލާތި… ޢީރް ވިސްނަން ވަގުތު ބޭނުންވެގެން އެވްލީންއާއި ޒޭވް ކައިރިވުން ނޫންކަމެއް ނުވާނެ… ” ރިހާނީ ޢީރާގެ ޖުމްލަ މެދުކަނޑާލައިފިއެވެ. ޢީރާ ރިހާނީގެ ވާހަކަތަކާ މެދު ވިސްނާލައިފިއެވެ. އޭނައަށް ޒަވީންގެ ހަޔާތަށް އަނބުރާ އާދެވެން އޮތްނަމަ އޭނަ މިހުރީ ކޮންމެ ކަމެއް ކުރަން ތައްޔާރަށެވެ. ނަމަވެސް ޒަރާ ދެއްކި ވާހަކަތައް މަތިންވެސް ހަނދާން ނައްތާލެވޭކަށް ނެތެވެ.

” އެކަމަކު އާންޓް… ” ޢީރާގެ ޖުމްލައިން ރިހާނީ ތުން އުކޮށްލާފައި ޒަރާއާ ދިމާއަށް އެއްޗެކޭ ބުނެލައިފިއެވެ.

” މޯމްއަށް އެއްވެސް ކަމެއް ނޭގޭނެ… ” ރިހާނީ ޔަޤީންކަން ދިނެވެ.

*****

އަކިޔަސް ފަރުވާތެރި ކަމާއެކު މެޑިކަލް ރިޕޯޓްގައިވާ ޑީޓެއިލްސްތައް ކިޔާލުމާއެކު އޭނައަށް ކުޑަ ޝޮކެއް ލިބުނެވެ. ޤަބޫލުކުރަން ދަތިވިޔަސް އެއީ ހަޤީޤަތެވެ. އޭނައަށް ލެޓާ ލިބުމުގެ މާކުރިންވެސް އެވްލީން ނަފްސާނީ ބަލިމަޑުކަމެއް ކުރިމަތި ވެފައިވާކަން އެރިޕޯޓްގައި އެވަނީ ހާމައަށެވެ. އެވަގުތު އަކިޔަސްގެ ސިކުނޑިއަށް އެތަށް ސުވާލުތަކެއް ފުނިޖެހިގެން ދިޔައެވެ. އެވްލީން ރަނގަޅަށް ހުރެފައި ކުށްލިޔަކަށް އެފަދަ ކަމެއް ދީމާވީ ކިހިނެއް ބާވައެވެ ؟

އަކިޔަސް ޑިޕާޓްމެންޓްގެ ދޮރު ހުޅުވާލުމަށްފަހު ބާރަކަށް ހިނގާލާފައި ގޮސް ކާރަށް އެރިއެވެ. އޭނަގެ ސިކުނޑި ވާން ކުރަމުން ދިޔަ ސުވާލުތަކުގެ ޖަވާބު ރިހާނީގެ އަތުގައި ވާނެކަމަށް ތަކުރާރުކޮށް އޭނަގެ ޟަމީރު ބުނަމުންދިޔައެވެ. އެވްލީންއަށް އެހާ ބޮޑުކަމެއް ވިނަމަ ރިހާނީއަށް އެނގޭނެކަން ކަށަވަރެވެ.

” ވޯޓާރ ކްލިސްޓަލް ” ލިވިންގް ރޫމްއަށް އަކިޔަސް ވަދެގެން ދިޔައިރު ޒަރާ އާއި އެވްލީން ވާހަކަ ދައްކަން ސޯފާގައި އިށީންދެލައިގެން ތިއްބެވެ. އަކިޔަސް އެވްލީންއާއި ދިމާއަށް ތަފާތު ނަޒަރަކުން ބަލައިލުމަށްފަހު ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

” ކިޔާ ކޮންތަނަކުންތަ ތިއައީ ؟ ކިޔާ ކޭސްގެ އަޑުއެހުމަށްވެސް ނައިސްގެން ބިލާލް މިއަދު އެބަގުޅި… ” އަކިޔަސްގެ ފިޔަވަޅުތައް ހުއްޓުމަކަށް އައީ ޒަރާގެ ޖުމުލަ އިންނެވެ. އެވަގުތު މިއަދު ކޯޓަށް ދާން ޖެހޭކަން ހަނދާން ވިއެވެ. ” ސޮރީ މޯމް… ފޮގޮޓް އެބައުޓް ދެޓް… ” އަކިޔަސް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިފިއެވެ. އެވްލީން އަކިޔަސް ދެކެ ކިތަންމެ ފޫހިވިކަމުގައި ވީނަމަވެސް އަކިޔަސްގެ އެހުންނަ ފިރިހެންވަންތަ ކަމެއްގެ ސަބަބުން އޭނަގެ ހިތުގެ މައްޗަށް ގިނަފަހަރު އެއްވެސް ބާރެއް ނޯވެއެވެ. މިހާރުވެސް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން ހުރިއިރު ހީވަނީ މޮޑެލެއް ހެންނެވެ.

” ކިޔާ ލޯޔަރަކަށް ވެހުރެވެސް ތިހާ ކެއާރލެސް… މޭކް ޝުއާރ ދިސް އިސް ދަ ލާސްޓް ޓައިމް…. ” ޒަރާ ނުރުހުމުގެ ރާގަކަށް ބުނެލިއެވެ.

” ޔެސް މޯމް… ” އަކިޔަސް ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.

* * *

” ރިނީ ! ” ކޮޓަރިއަށް ވަންނަމުން ރިހާނީ ފެންނަން ނެތުމުން އަކިޔަސް ރިހާނީއަށް ގޮވާލައިފިއެވެ. ” ކަމިންގް… ” ރިހާނީގެ އަޑުއައީ ފާޚަނާއިންނެވެ. އަކިޔަސް އޭސީގެ ރިމޯޓް ނަގައި ޓެމްޕެރޭޗާރ ދައްކޮށްލަމުން އެނދުގައި އޮށޯތެވެ. އެވްލީންގެ ހަނދާންތަކުން އޭނައަށް އުނދަގޫ ކުރަން ފެށުމާއެކު އައި ރުޅީގައި ސައިޑް ޓޭބަލް މަތީގައި ހުރި ލޭމްޕް ނަގާ ހޫރާލައިފިއެވެ. ލޭމްޕް ބިންމަތީގައި ޖެހުނުއަޑަށް ރިހާނީ އަަވަސް އަވަހަށް ފާޚަނާއިން ނުކުތެވެ. އޭރު ރިހާނީގެ ހިތުގެ ތެޅުން ވަނީ ނުހަނު ބާރު ވެފައެވެ. ” ކިޔާ… ” ތަޅައިގެން ގޮސްފައިވާ ލޭމްޕަށް ބަލައިލުމަށްފަހު ރިހާނީ އަކިޔަސްގެ މޫނަށް ނަޒަރު ހިންގާލިއެވެ. ” ކީއްވެ ރިނީ ކުރިން ނުބުނީ އެވްލީން ސައިކޯވެފައި ހުރި ވާހަކަ… ” އަކިޔަސް ބާރަކަށް ހިނގާލާފައި އައިސް ރިހާނީގެ އަތުގައި ހިފަހައްޓާލިއެވެ.

” އައުޗް… ” އަކިޔަސް ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން ރިހާނީގެ ކަޅުކުލައިގެ ދެލޮލުން ކަރުނަ ހިލުނެވެ. ” ޑޭމިޓް.. އާންސްވާރ މައި ކުއެސްޝަން… ” އަކިޔަސް ދަތްކުނޑި ވިކާލަމުން ބާރަކަށް ބުނެލިއެވެ. ރިހާނީ އަކިޔަސްގެ މޫނަށް ނަޒަރު ހިންގާލުމާއެކު އެހިތުގެ ތެޅުން ކުރިއަށްވުރެ ބާރުވެގެން ދިޔައެވެ. ” އަ..އަހަންނަކަށް ނޭގޭ ކިޔާ ތިކިޔާއެއްޗެއް… ” ހާސްކަން ފޮރުވަމުން ރިހާނީ ވާހަކަ ދެއްކިއެވެ.

” ރިނީއަށް ނޭގި ނުދާނެ ، ހަތަރު އަހަރު ވަންދެން ރިނީގެ ސިސްއަށް އެހާ ބޮޑު ކަމެއް ދިމާވެގެން އުޅުނު އިރު ރިނީއަށް ނޭގި ނުދާނެ!… ” އަކިޔަސް ރުންކުރު ރާގެއްގައި ބުނެލިއެވެ.

” ކިޔާ އައި ސްވެއާރ ޓު ގޯޑް އައި ޑޯންޓް ނޯ އެބައުޓް ދެޓް… ކިޔާ ތިހެން ބުނީމަ މިއެނގުނީ ވެސް ސިސްއަށް އެފަދަ ކަމެއް ދިމާވިކަން” ރިހާނީ ރޮވިފައިވާ އަޑަކުން ބުނެލިއިރު އެތުންފަތުގައި މަޑު ތުރުތުރު ލުމެއް އުފެދިފައި ވެއެވެ. ރިހާނީގެ ޖުމުލަ އަޑު އިވުމާއެކު އަކިޔަސް ގޮސް އެނދުގައި އިށީނެވެ. ބިރުންގޮސް ރޫރޫއަޅަމުން ދިޔަ ރިހާނީއަށް ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށް ލެވުނެވެ. ހަޤީޤަތް ބޭޒާރު ވެދާނެ ކަމުގެ ބިރުން އެހިތުގައި ހައިޖާނެއް އުފައްދާލާފައިފިއެވެ. އެތައް އިރެއްވީފަހުން ވެސް އަކިޔަސް އިތުރު ސުވާލެއް ނުކުރުމުން ރިހާނީ ކޮޓަރިން ނުކުމެެގެން ދިޔައިރު އެވްލީން އެގެއިން ބޭރުކުރަން ވީހާވެސް އަވަހަކަށް މަސައްކަތް ފަށަން އޭނަ ހުރީ ބޭނުންވެފައެވެ.

އަކިޔަސް އެނދުގައި އޮށޯންނަމުން ދެލޯމަރާލައިފިއެވެ. މެރިގެން ދިޔަ އެސްފިޔަ ތަކުގެ ތެރޭން ސިފަ ވެގެން ދިޔައީ އެވްލީންގެ ރީތި ސޫރައެވެ. އޭނަ ފުރަތަމަ ފަހަރަށް ފެނުމުން އެވްލީން ހުއްޓުން އަރާފައި ހުރިގޮތެވެ. މައުސޫމް ކަމުން ފުރާލާފައިވާ އެމޫނު ސިފަވެގެން ދިޔައީ ރީތި ތަސްވީރެއް ފަދައިންނެވެ. އަކިޔަސް އެދުވަސްތައް މަތިން ހަނދާން ކުރަން ބޭނުން ނުވިޔަސް އެވްލީންއާއެކު ހޭދަކުރި އުފާވެރި ވަގުތު ތަކުގެ ސަބަބުން މަޑުމަޑުން އޭނަ މާޒީގެ ތެރެއަށް ގެނބެމުން ދިޔައެވެ. އަކިޔަސް ކުއްލިޔަކަށް ލޯހުޅުވާލިއިރު އެއަޅިކުލައިގެ ރީތި ދެލޮލުގައި ވިދަމުން ދިޔަ ކަރުނަ ތިކިތަކުން ހިތްތައް ފޫއަޅުވާލާނެއެވެ. ލޯކުރިމަތިން ރީތި ފިލްމެއްހެން މަޒީގެ ހުރިހާ ދުވަސްތަކެއް ފެންނަމުން ދިޔައިރު ފުރާނައަށް ވުރެ ބޮޑަށް ލޯބިވީ އަންހެން ކުއްޖާ އެހާ ބޮޑު ވޭނެއް ދީފަނެކަން ހިތަށް ގެންނަންވެސް ދައްޗެވެ.

* * * * *

އެވްލީން ކެމްބްރިޖް ޔުނިވާރސިޓީގައި ބެޗެލާރ އޮފް ލޯރ ހަދަމުން ދިޔައިރު މިފްޒާލްގެ ބިޒްނަސްއަށް ލިބުނު ބޮޑު ގެއްލުމެއްގެ ސަބަބުން މިފްޒާލް ، ޖުނެއިނާ އަދި ރިހާނީ ރާއްޖެ ދާން ޖެހުނެވެ. އެވްލީން އެކަނި މިފްޒާލް ލަންޑަނުން ގަނެފައިވާ ގޭގައި ބަހައްޓާފައި ދާން އޭނަ ބޭނުން ނުވާތީ އެވްލީންއަށް ޖެހުނީ ބައްޕަގެ އެދުމުގެ މަތީން ” ވޯޓާރ ކްރިސްޓަލް ” ގައި ބައްޕަމެން އަންނަންދެން މަޑު ކުރާށެވެ. ފާއިތުވި މަދުދުވަސްކޮޅުގެ ތެރޭގައި ބިލާލްއަކީ މިފްޒާލްއާ ދެމެދު އުފެދުނު ރައްޓެހިކަމުގެ ސަބަބުން އެވްލީން ވަނީ ދެ ފަހަރަކު އެގެއަށް ގޮސްފައެވެ.

ފިނި މޫސުމަށް ވުމާއެކު ސްނޯ ސްޓޯމްތަކުގެ ސަބަބުން މިފްޒާލް މެންނަށް ޓިކެޓް ލިބުނީ ފަސް ދުވަސް ފަހުންނެވެ. އޭނަ ބަހައްޓާފައި ބައްޕަމެން ފުރާތީ އެވްލީން ދެރަވެސް ވިއެވެ.

” ބައްޕާ… އަހަރެންވެސް ގޮވައިގެން ދާން ވީއެއްނު ؟ … ” ގޭގެ ބޮޑު ފަޔާޕްލޭސް ކައިރީގައިވާ ވަށް ސޯފާގައި އިށީންނަމުން އެވްލީން ވާހަކަ ދެއްކީ މިފްޒާލް އާއެވެ. ރޭގަނޑު ވަގުތަށް ވުމާއެކު ޓެމްޕެރޭޗާރ ވަނީ ވަރަށް ދަށަށް ގޮސްފައެވެ. ޖުނެއިނާއާއި ރިހާނީ ސާމާން ޕެކްކުރުމުގައި އުޅެއެވެ. ” ލީން ގޮސްފިނަމަ ދެން ކޯސް ކޮމްޕްލީޓް ނުވާނެއެއްނު… ބިލާލްމެން ދަރިފުޅު ބަލާނެ އެމީހުންގެ ކުއްޖަކު ފަދައިން… ޒަރާ ވަރަށް ލައިކްވާނެ ގެއަށް އަންނަ މެހުމާނުން ދެކެ… ޝީވިލް ޓްރީޓް ޔޫ ލައިކް ހާރ އޯން ޑޯޓާރ.. ” މިފްޒާލް އެވްލީންގެ އިސްތަށިގަނޑުގައި ފިރުމަމުން އެވްލީންގެ ނިތަށް ބޮސްދިނެވެ. ” އެކަމަކު… ” ” ލީން ދޭއަވަހަށް ލީންގެ ސާމާންތައް ޕެކްކުރަން…. މަންމަމެން ޑައިރެކްޓްލީ އެއާޕޯޓަށް ދާން ޖެހޭތީވެ ދަރިފުޅު ބަލާ އަންނާނެ ޒަރާގެ ސަން… ސޯ ބީ ރެޑީ… ” ޖުނެއިނާ ސޯފާއާއި އަރާހަމަކުރަމުން އެވްލީންގެ ޖުމުލަ މެދުކަނޑާލިއެވެ.

އެވްލީން ސޯފާއިން ތެދުވެލަމުން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އޭރު އެރީތި ދެލޯ ފޫދުއްވާލުމަށްފަހު ކަރުނަ ތިކިތައް ފައިބަމުން ދިޔައެވެ.

” އައިވިލް މިސް ޔޫ އޯލް… ” އެވްލީން ފަސްއެނބުރި ބަލައިލަމުން ބުނެލިއެވެ.

ޖެހިގެން އައި ދުވަހު މިފްޒާލްމެން ފުރަން ދިއުމާއެކު އެވްލީން އެކަނި ވިއެވެ. އޭނަ ޕެކްކޮށްފައިވާ ފޮށިގަނޑުތައް އެކަނިމާއެކަނި ކޮޓަރިން ނެރުނު އިރު އެވްލީން ހުރީ މައިނޭވާ ލެވޭވަރު ވެފައެވެ. އެވަގުތު ކާރެއްގެ ބަރުގޮނުގެ އަޑު އިވުމުން އެވްލީން ގޮސް ދޮރު ހުޅުވާއިރު ވަޔާއެކު އުދުހިލާފައި އައި ސްނޯ އެމޫނުގައި ބޮސްދިނެވެ. ޕިންކް ކުލައިގެ ސްވެޓާގެ މަތިން ލައިގެން ހުރި ފާރ ކޯޓާއި ހުދުކުލައިގެ ޖިންސްގައި އެވްލީން ފެންނަމުން ދިޔަގޮތް ވަރަށް ރީއްޗެވެ. ކޮޓަން ހެޓަކުން އިސްތަށިގަނޑު ފޮރުވާލާފައި ވާއިރު ކަޅުކުލައިގެ ކޮޓަން ގްލޯވްސް އެދޮންއަތަށް އަރުވާފައި ވެއެވެ.

ކާރުން ފައިބައިގެން އައި ޒުވާނާ ފެނުމާއެކު އެވްލީންގެ ހިތުގެ ތެޅުން މަޑު ޖެހިލިއެވެ. އެސްފިޔަ ޖަހާލަންވެސް އެވްލީން ހަނދާން ނެތުނެވެ. ފެންނަމުން ދިޔައީ ހަޤީޤަތެއް ބާވައޭވެސް އެވްލީންގެ ހިތަށް އަރަމުން ދިޔައެވެ. މުށިކުލައިގެ ޓީޝާޓް މަތިން ކަޅު ކުލައިގެ ޖެކެޓެއް ލައިގެން ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ފިރިހެން ވަންތަ ހިނގުމެއްގައި އެއަންނަ ޒުވާނާ ހީވަނީ ހޮލީވުޑް ސެލެބްރިޓީއެއް ހެންނެވެ. ފަން އިސްތަށިގަނޑު މަތީގައި ސްނޯ ހަރުލަމުން ދިޔައިރު އެއަޅިކުލައިގެ ލޮލުން އެވްލީންގެ ހިތުގައި ވަރުގަދަ ސިހުރެއް ޖައްސާލައިފިއެވެ. އޭނަ ” ވޯޓާރ ކްރިސްޓަލް ” އަށް ދިޔަ ދެދުވަހުވެސް މި ޒުވާނާ ފެނިފައެއް ނުވެއެވެ. އަނެއްކާ ނުބައި ގެއަކަށް އާދެވުނީކަމަށް ވެދާނެއެވެ. ” ޔޫއާރ އެވްލީން ރައިޓް ؟ އައެމް އަކިޔަސް.. ” އެޒުވާނާ އެވްލީން ކުރިމައްޗަށް ހުއްޓިލަމުން ވާހަކަ ދެއްކިއެވެ. އެވްލީންގެ ކަންފަތުގައި ރީތި މިޔުޒިކެއްހެން އެއަޑު ގުގުމާލައިފިއެވެ. ކޮންފަދަ ރީތި އަޑެއް ހެއްޔެވެ ؟

” ހެލޯ ! ” އަކިޔަސް އެވްލީން ލޯކުރިމަތިން އަތް ހިންގާލުމާއެކު އެވްލީން ސިހިފައި ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ” ކީކޭ ؟ ” އެވްލީންއަށް އެލަފްޒުތައް ބޭރު ކުރެވުނީ ވަރަށް އުނދަގުލުންނެވެ. އަކިޔަސް ފެނުމުން އޭނައަށް މީގެކުރިން ކުރިމަތިނުވާ އެތައް އުނދަގުލެއް ކުރިމަތިވަމުން ދިޔައެވެ. ” އާރ ޔޫ އެވްލީން ؟ ” އަކިޔސް ރުންކުރު ރާގެއްގައި ބުނެލިއެވެ. އެވްލީން އާނ އެކޭ ބުނުމުގެ ގޮތުން އަވަސް އަވަހަށް ބޯޖަހާލިއެވެ.

އަކިޔަސް އެވްލީން ޕެކްކޮށްފައިވާ ފޮށިގަނޑުތައް އުފުއްލާލުމަށްފަހު ގޮސް ކާރުގެ ޑިކީއަށް އެރުވިއިރު އެވްލީން ހުރީ އާގަމަވެފައެވެ. އޭނައަށް އެންމެ ފޮށިގަނޑެއްވެސް އުފުއްލަން ބުރަކަށް ވިހިނދު އަކިޔަސް އެއުފުލާއިރު ހީވަނީ ބިންމަތިން ފަތެއެއް އުފުއްލާލެހެންނެވެ. އަކިޔަސް ހުރިހާ ފޮށިގަނޑުތައް އަރުވާލުމަށްފަހު ކާރަށް ލެނގިލިއެވެ. އެވްލީން ގޭގެ މައިދޮރު ތަޅުލަމުން ދުރުދުރަށް ދާންދެން ފަތުރާލާފައިވާ ސްނޯގެ ދޫލަމަތިން ހިނގަމުން ދިޔައިރު ވައިރޯޅިތަކާއެކު ގަސްތަކުގައި ހަރުލާފައިވާ ސްނޯ ފައިބައި ގަންނައިރު ބޫން އަޑަކުން ފަޒާ ގުގުމާލަ އެވެ. އެވްލީން ހިނގަމުން ދިޔައިރު ފައިއަރިއަޅާލައިގެން ވެއްޓިދާނެހެންވެސް ހީވަފަހަރު މަދެއްނޫނެވެ. އަކިޔަސް ކާރަން ލެނގިލައިގެން ހުރިއިރު ހާދަ ރީއްޗެވެ.

އަކިޔަސް އެވްލީންއާއި ދިމާއަށް ނަޒަރު ހުއްޓާލުމާއެކު އެވްލީންގެ ފައިން ވާގިދޫވެގެން ގޮސް ސްނޯ މައްޗަށް ވެއްޓުނެވެ. ” ކެއާރފުލް ގާރލް… ” އަކިޔަސް ބަރާކަށް ހިނގާލާފައި އައިސް އެވްލީންގެ އަތުގައި ހިފަހައްޓާލުމަށްފަހު ތެދުވާން އެހީވެދިނެވެ. އެވްލީން ރަކިވެގެންގޮސް އެމޫނުހީވަނީ ރަތް ފަރުދާތަކުން ފޮރުވާލެވިފައި ވާހެންނެވެ. އެވްލީން ތެދުވެ ބިންމައްޗަށް ވެއްޓިފައިވާ ކޮޓަން ހެޓް ނެގި އެވެ. އަކިޔަސްގެ ފަހަތުން ގޮސް އެވްލީން ކާރަށް އެރިއިރު އޭނަގެ ދެއަތް ވަނީ ޖޯޑު ކޮށްލެވިފަ އެވެ.

(ނުނިމޭ)

41

8 Comments

 1. Zeish

  October 27, 2018 at 1:35 pm

  wow me first dhw

 2. Mutha/ S.Hithadhoo

  October 27, 2018 at 1:37 pm

  Upcoming episodes will majorly focus on Evelyn and Akiyas’s past and all the mysteries behind the unfortunate fate of Evelyn and Akiyas

 3. Nau

  October 27, 2018 at 1:39 pm

  Me second nyc waiting for next part

 4. Zeish

  October 27, 2018 at 2:05 pm

  varah salhi mi part ves
  Aslu e letter aky rihaany liyunu ehcheh dhw

 5. Anonymous

  October 27, 2018 at 2:16 pm

  Mireyyy thankolheh avahah up kohdhybala puleeeeexuuu

 6. Mal

  October 27, 2018 at 2:20 pm

  So curious about that.. story is just amazing. Wonder what will happen when he will know about the truth..

 7. Hajja

  October 27, 2018 at 2:23 pm

  Vv reethi mi story.. avahah up kohdhehchey next.. pleassss

 8. Twinkle

  October 27, 2018 at 2:36 pm

  Nice but plx leen n zeyv dhuru nukurahche ?❤️

Comments are closed.