އެވްލީން… 19
އަކިޔަސް އެވްލީންއާއި ދިމާއަށް ނަޒަރު ހުއްޓާލުމާއެކު އެވްލީންގެ ފައިން ވާގިދޫވެގެން ގޮސް ސްނޯ މައްޗަށް ވެއްޓުނެވެ. ” ކެއާރފުލް ގާރލް… ” އަކިޔަސް ބަރާކަށް ހިނގާލާފައި އައިސް އެވްލީންގެ އަތުގައި ހިފަހައްޓާލުމަށްފަހު ތެދުވާން އެހީވެދިނެވެ. އެވްލީން ރަކިވެގެންގޮސް އެމޫނުހީވަނީ ރަތް ފަރުދާތަކުން ފޮރުވޭލެވިފައި ވާހެންނެވެ. އެވްލީން ތެދުވެ ބިންމައްޗަށް ވެއްޓިފައިވާ ކޮޓަން ހެޓް ނެގިއެވެ. އަކިޔަސްގެ ފަހަތުން ގޮސް އެވްލީން ކާރަށް އެރިއިރު އޭނަގެ ދެއަތް ވަނީ ޖޯޑު ކޮށްލެވިފައެވެ.
މަޑު ދުވެއްޔެގައި ކާރު ދުއްވަމުން ދިޔައިރު ތިރިކޮށްލާފައިވާ ކާރުގެ ކުޑަދޮރުގެ ލޫވާއިން ވަންނަމުން ދިޔަ ވައިރޯޅިތަކުގެ ސަބަބުން ހަށިގަނޑުގައި މަޑު ތުރުތުރު ލުމެއް އުފެދިފައިވެއެވެ. އެވްލީން އަކިޔަސްގެ މޫނުން ނަޒަރު ވަކިކޮށްލުމަށްފަހު ބޭރަށް ނަޒަރު ހުއްޓާލިއެވެ. ހިތުގެ ތެޅުން އިންތިހާއަށް ބާރުވެފައި ވާއިރު ކާރު ތެރެއަށް ފެތުރިފައިވާ ސެންޓްގެ މީރު ވަހުންވެސް އެވްލީންގެ ހިތް ބަންޑުންވަހާ ވިއެވެ. އަކިޔަސްގެ ކޮންމެ ހަރަކާތައެއްގައި އެވާ ޖާދޫއެއްގެ ސަބަބުން އޭނަގެ ހިތާއި ސިކުނޑީގައި ރަނގަޅަށް ވެސް އަކިޔަސް ކުޅެލައިފިއެވެ.
ކާރުގެ ތެރެއަށް ވެރިވެފައިވާ މަރުފަދަ ހަމަހިމޭން ކަމުގެ ސަބަބުން އަކިޔަސްއަށް އުގަދޫވާން ފެށުމާއެކު އޭނަ ” ޑޯންޓް ސްޓޮޕް ދަ މިޔުޒިކް ” ލަވަ ޕްލޭއި ކޮށްލައިފިއެވެ. އެވްލީންއަށް ކުޑަކޮށް ސިހިފައި އަކިޔަސްއާއި ދިމާއަށް ނަޒަރު ހުއްޓާލިއެވެ. އޮޅުމެއްގެ ތެރޭން ވެސް އަކިޔަސް ޕްލޭއި ކޮށްލީ އޭނައަށް އެންމެ ރީތި އެއް ލަވައެވެ.
އަކިޔަސް އެވްލީންއާއި ދިމާއަށް ނަޒަރު ހިންގާލިތަނާ ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. އަކިޔަސްގެ އަޅިކުލައިގެ ދެލޮލުގައިވާ ރީތި ވިދުވަރުތަކުން އެވްލީންގެ ހިތުގައި ވާރުގަދަ ތޫފާނެއް އުފައްދާލައިފިއެވެ. އަކިޔަސް ވެސް ޙައިރާންކަމާއެކު އެވްލީންގެ މޫނަށް ބަލައިލުމަށްފަހު އޭނަގެ ނަޒަރު އެހެން ދިމާއަކަށް އަނބުރާލިއެވެ. އޭރު އެމޫނުގެ ކުރަވަރު ރުޅިވެރިކަމަށް ބަދަލުވެފައި ވާކަން އެވްލީންއަށް ފާހަގަވެގެން ދިޔައެވެ.
” ވޯޓާރ ކްރިސްޓަލް ” ގޭޓުން އެތެރެއަށް ކާރު ވަދެގެން ދިޔައިރު ފިނިމޫސުމަށް ވުމުގެ ސަބަބުން ގޭގެ ބަގީޗާ ވަނީ ފަޅުވެފައެވެ. ޓިއުލިޕް މާތައް ސްނޯގެ ތެރެއިން ފޮޅެމުން ދިޔައިރު ހީވަނީ ރަތް ރޫބީސްތަކެއް ހުދުކުލައިގެ ފަރުދާތަކެއްގެ މައްޗަށް އުކާލެވިފައި ވާހެންނެވެ. ހިތްގައިމު ރީތި އަޑަކުން ފަޒާގެ ހީމެންކަން މުގުރާލަމުން ދިޔައިރު ސްނޯއިން ގަނޑުވަރެއް ފަދަ ” ވޯޓާރ ކްލިސްޓަލް ” ގޭގެ ފުރާޅު ހުދުކޮށްލާފައި ވުމުގެ ސަބަބުން ގެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައި ވާހެން ހީވެއެވެ. ޕޯޓިކޯ ކައިރީގައި ސެފްރޯން މާތަކެއް ފޮޅިފައި ވާއިރު ލުއި މީރުވަހެއް ފަޒާގެ ތެރޭގައި އަތްގަދަ ކުރަމުން ދިޔައެވެ. އަކިޔަސް ކާރު ޕާކް ކޮށްލުމާއެކު އަކިޔަސްގެ ފަހަތުން އެވްލީން ކާރުން ފޭބިއެވެ.
އަކިޔަސް މެއިޑަކަށް ގޮވާފައި އެވްލީންގެ ސާމާނުތައް އެވްލީން ހުރުމަށް ހަމަޖެހިފައިވާ ކޮޓަރިއަށް ލުމަށް ބުނެފައި ކަންނެތް ހިނގުމެއްގައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެވްލީންގެ ހިތުގައި އެވަގުތު ތޫނު ރިހުމެއް އުފައްދާލައިފިއެވެ. އަކިޔަސް އެކުވެރިކޮށް އުޅެފައި ކުއްލިޔަކަށް އޭނަގެ މިޒާޖު ބަދަލުވެގެން ދިޔުމުން އެވްލީން ހުރީ ދެރަވެފައެވެ. އެހާ ދިގު ދަތުރެއް ކޮށްފައި އައިރުވެސް އަކިޔަސް އޭނައާއި އަނގައިން ވެސް ނުބުންޏެވެ. އަކިޔަސް އެތެރެއަށް ވަދެގެން ދިއުމާއެކު އެވްލީން މާޔޫސްކަމުން ފުރިގެންވާ މޫނަކާއެކު އެތެރެއަށް ވަންނަން ހިނގައިގަތެވެ.
އެވްލީން ލިވިންގް ރޫމަށް ނަޒަރު ހިންގާލިތާނާ ހަލުވި ފިޔަވަޅު ތަކެއްގައި އޭނައާއި ދިމާއަށް ހިނގާލާފައި އަންނަ ޒަރާ ފެނުމާއެކު އެވްލީން ގަދަކަމުން ހިނިތުންވެލިއެވެ. އަކިޔަސް ފަރުވާކުޑަ ގޮތަކަށް ސޯފާގައި އޮށޯވެލައިގެން ފޯނާއި ކުޅެމުން ދިޔައިރު އެވްލީން ހޯދަން ދާންޖެހުމުގެ ސަބަބުން އެކުވެރިން ތަކަކާއެކު ދާންއުޅުނު ޓްރިޕެއް ކެންސަލް ކުރަން ޖެހުމުގެ ސަބަބުން އޭނަގެ މޫޑު ވަނީ ޚަރާބުވެފައެވެ.
” ޑިއާރ އައެމް ސޯ ސޭޑް އެބައުޓް ވަޓް ހެޕެންޑް… ” ޒަރާ އެވްލީންގެ ގައިގައި ބައްދާލައިފިއެވެ. ޒަރާގެ އަޑުގައިވަނީ އޯގާވެރިކަމެވެ. ” އާންޓް… ބިސްނެސްގައި އަޕް އެންޑް ޑައުސްތައް އަންނާނެ… ” އެވްލީން އޭނަގެ އަޑުން ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް ބައްޕަމެން ފުރައިގެން ދިއުމުން އެވްލީންއަށް އިހްސާސް ވަމުން ދިޔައީ އެކަނި ވެރިކަމެވެ.
” ލީން ދެން ދެރަވެގެން ނޫޅޭތި… ވީއާރ އީވެން ޔޯރ ފެމިލީ… ” ޒަރާ އެވްލީންގެ އިސްތަށިގަނޑުގައި ފީރުމާލިއެވެ. އެވްލީން ހިނިތުންވުމަކާއެކު ޒަރާގެ ފަހަތުން ގޮސް ސޯފާއާއި އަރާހަމަވުމާއެކު އަކިޔަސް ބާރަކަށް ހިނގާލާފައި ކޮރިޑޯރ ހުރަސްކޮށްލާފައި އޭނަގެ ކޮޓަރިއަށް ވަނެވެ. އެވްލީންއަށް އަކިޔަސް ލޮލުގެ ކޮޅަށް ގޮސް ގެއްލެންދެން ބަލަހައްޓައިގެން ހުރެވުނެވެ.
” ލީން ސިޓް… ” ޒަރާ ސޯފާގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. އެވްލީން ސޯފާގައި އިށީނުމާއެކު ޒަރާ އެވްލީން ހަދަމުންދިޔަ ކޯހާ ބެހޭގޮތުން ސުވާލުކުރިއެވެ.
ޒަރާގެ ވާހަކަތަކުން އެވްލީންގެ ހިތަަށް ފިނިކަން ގެނެސްދިނެވެ. އޭނަ ހަދަމުންދިޔަ ކޯސް އަކިޔަސް ވެސް ހަދާކަމަށާއި އެވްލީން ޔުނިވާރސިޓީއަށް ގެންގޮސްދީ ގެއަށް ލައިދޭނީ އަކިޔަސް ކަން ޒަރާ ބުނުމުން އެހިތުގައި ދުވެލީ ފޮނި ރާޅުބާނީ ތަކެކެވެ. ” ލީން ފޯކަސް އޮން ޔޯރ ސްޓަޑީސް، ލެޓް އެވްރީ ތިންގް ގޯ… އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅު ވެދާނެ… ” ޒަރާ ސޯފާއިން ތެދުވެލިއެވެ.
” ލޫސީ…. ޝޯ އެވްލީން ހާރ ރޫމް… ” ޒަރާ ސިޑިއާއި އަރާހަމަކުރަމުން މެއިޑަކަށް ގޮވާލީ ބާރަކަށެވެ. ޒަރާގެ އަޑަށް ލޫސީ ބާރުބާރަށް ހިގާލާފައި އައިސް ލިވިންގް ރޫމަށް ނުކުތެވެ. ” ކަމް ވިތްމީ މޭމް… ” ލޫސީ ސޯފާ ކުރިމައްޗަށް ހުއްޓިލަމުން އަދަބު ވެރިކަމާއެކު ވާހަކަ ދެއްކިއެވެ. ލޫސީގެ ފަހަތުން އެވްލީން ހިނގައިގަތީ ގޭގެ ފަސްޓް ފްލޯރގައި ހުންނަ ކޮޓަރިއަކާއި ދިމާއަށެވެ. ލޫސީ އެކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެއްވެސް އެއްޗެއް ބޭނުންތޯ އަހާލައިފިއެވެ. އެވްލީން ނޫނެކޭ ބުނުމަށްފަހު ކޮޓަރިއަށް ވަނެވެ.
ކޮޓަރި ބޮޑުކަމުން އެވްލީންއަށް ކޮޓަރިއަށް ފުންނަޒަރެއް ހިންގާލެވުނެވެ. އެއަށްފަހު ލުއި ފިޔަވަޅު ތަކެއްގައި ގޮސް ކާޓެއިންތައް ކަހާލުމަށްފަހު ކުޑަދޮރުތައް ހުޅުވާލިއެވެ. ކުޑަދޮރުން ވަދެގެންއައި ފިނި ވައިރޯޅި ތަކާއެކު އެހަށިގަނޑުގު ރޫރޫއަޅައިގެން ދިޔަ ވަގުތު އެވްލީން އަވަސް އަވަހަށް ކުޑަދޮރުތައް ލައްޕާލައިފިއެވެ. ދެއަތް ޖޯޑުކޮށްލައިގެން ހުރެ އެވްލީން އެނދުގައި އިށީނުމާއެކު އެނދުގެ މަޑުކަން އިހްސާސް ވެގެން ދިޔައެވެ. މެރިގެންދިޔަ އެވްލީންގެ މުށިކުލައިގެ ދެލޮލުގެ ތެރޭން އަކިޔަސްގެ ރީތި ސޫރަ ކުރެހިގެން ދިއުމާއެކު އެވްލީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކުއްލިޔަކަށް މީހަކު ކޮޓަރީގެ ދޮރުގައި ޓަކި ދިނުމުން އެވްލީން ދިޔައީ ސިއްސައިގެންނެވެ. ހިތުގެ ތެޅުން ބާރު ވެފައި ވާއިރު މޭގަނޑު ފަޅާލާފައި ހިތް ނުކުމެދާނެހެން ހީވިއެވެ. އެވްލީން ދޮރު ހުޅުވާލިއިރު އޭނަ ޕެކްކުރި ފޮށިގަނޑުތައް ހިފައިގެން ދެ މެއިޑަކު އައިސް ތިއްބެވެ. އެވްލީން އެބަހައްޓަން ވީތަން ބުނުމާއެކު އެމީހުން އެބަހައްޓާފައި ހިނގައްޖެއެވެ.
* * *
ހަވީރުގެ ވަގުތެވެ. އެވްލީން ކަޅާއި ހުދުކުލައިގެ ކޯޓަކާއި ނޫކުލައިގެ ލެޖިންޖްސްއެއް ލައިގެން ބަގީޗާ ތެރޭގައި ހިނގަމުންދިޔައިރު ހީވަނީ ޕަރީއެއް ހެންނެވެ. ކަޅުކުލައިގެ އޯލްޑް ގްރިންގޯ ބޫޓްގެ ސަބަބުން އެވްލީންގެ އިސްކޮޅު ގިދުކަމަށް ދައްކައެވެ. ފިނިވުމުގެ ސަބަބުން ކޯތާފަތަށް ރަތްކުލަ ވެރިވެފައި ވާއިރު ތުންފަތް ރަތްކަމުން ލީވަނީ ލޭކޮޅެއް ހެންނެވެ. ދަތް އަޅައިފިނަމަވެސް ދެންމެ ދެންމެއަކު ލޭފައިބައި ގަންނާނެހެން ހީވެއެވެ. ވައިރޯޅި ތަކާއެކު ސަމާސާ ކުރަންދިޔަ އެދިގު އިސްތަށިގަނޑުން ބައެއް މޫނަށް ފައިބައިފައި ވުމުގެ ސަބަބުން އެވްލީންގެ ރީތިކަން އިތުރަށް ހާމަކޮށްދެއެވެ.
ސްނޯގެ ތެރޭން ފަޅާފައިވާ ރަތް ކުލައިގެ ޓިއުލިޕް މާގަސްތައް ކައިރިއަށް ހުއްޓިލަމުން އެވްލީން އެރަތް ރޫބީގެ ދޫލައަށް ބަލައިލިއެވެ. ” ބިއުޓިފުލް… ” އެވްލީން ޓިއުލިޕް މަލެއް ބިންނަމުން އޭގައިވާ ސްނޯ ސާފުކޮށްލިއެވެ. އެވްލީން އެމާގެނެސް ނޭފަތުގައި ޖައްސާލުމާއެކު ދުވި ލުއި މީރުވަހުން އެވްލީންއަށް ލޯމަރާލެވުނެވެ. ކުޑައިރުކޮޅެއް ފަހުން އެވްލީން ލޯހުޅުވާލިއިރު އަކިޔަސް އޭނައާއި ދިމާއަށް ބަހައްޓައިގެން ހުރި މަންޒަރު ފެނުމުން އެވްލީންއަށް ބާރަކަށް ހަޅޭއްލަވައި ގަނެވުނެވެ. އެވްލީންގެ ހުރިހާ ހިއްސުތަކެއް ގަނޑުވެގެން ދިޔަ ހިނދު ހިފަހައްޓާލައިގެން ހުރި މާވެސް އަތުން ދޫވެގެން ވެއްޓުނެވެ. ” ގޯސްޓް… ” އެވްލީން ހީކުރީ އޭނައަށް ޖިންނިއެއް ފެނުނީ ކަމަށެވެ. ބިރުންގޮސް ހިތުގެ ތެޅުން އަވަސް ވެފައިވާއިރު ހަމަހިމޭންކަން ވެރިވެފައިވާ މާހައުލުގެ ތެރޭގައި މަޑުމަޑުން ނަމަަވެސް އެއަޑު ގުގުމާލައެވެ.
” ހާދަ ވަރަކަށް ބިރު ގަތީ ؟ އައެމް ނޮޓް އެ ގޯސްޓް… ” އަކިޔަސް ހިނިތުންވުމަކާއެކު ވާހަކަ ދައްކަން ފެށުމުން އެވްލީން ހުރީ ދެލޯބޮޑު ކޮށްލައިގެންނެވެ. އަކިޔަސް ކުއްލިޔަކަށް އޭނައާއި އެހާ އެކުވެރިކޮށް ވާހަަކަ ދެއްކުމުން ޤަބޫލުކުރަން ދަތިވީއެވެ. މިއަދު އޭނައާއި އަނގައިންވެސް ނުބުނެ ހުރެ އޭނަ ފެންނަ ތަނަކަށްވެސް ނައިސްހުރެ ވާހަކަ ދެއްކުމުން އެވްލީން ހުރީ ކުޑަ ޝޮކެއްގައެވެ. ” ހާދަ ވަރަކަށް ސަޕްރައިޒްވެފަ ތިހުރީ ؟ މިއަދު ފްރެންޑުންނާއެކު ދާން އޮތް ޓްރިޕެއް ކެންސަލްވީމަ މޫޑް އޮފްވެފަ ހުރީ… އެހެންވެ ވާހަކަ ދައްކާ ހިތެއްވެސް ނުވި… ބަޓް ނައު އެވްރީ ތިންގް އިސް ފައިން ، އޯކޭތަ އަހަރެން ލީން ކިޔަސް ؟ ” އަކިޔަސް އެއްބުމަ އަރުވާލަމުން ވާހަކަ ދެއްކިއެވެ. ” އޭސް ޔޫ ވިޝް… ” އެވްލީންއަށް ދުލުން އެންމެ ލަފްޒެއްވެސް ބޭރުކުރަންވީ ބޮޑު ވޭނަކަށެވެ. ކިތަންމެ ވަރަކަށް ދޫ ހަރަކާތް ކުރަން ބޭނުންވި ކަމުގައި ވީނަމަވެސް ދޫހަރަކާތެއް ނުކުރިއެވެ. ދުލުގައި ނުފެންނަ އަތަކުން ހިފަހައްޓާލާފައި ވާހެންވެސް ހީވިއެވެ.
” މޯމް ބުނި ލީންވެސް ހަދަނީ އަހަރެން ހަދާ ކޯހޭ… އިސް އިޓް ޓްރޫ ؟ ” އަކިޔަސް ކައިރީގައިވާ ގަހަށް ލެނގިލިއެވެ.. އެވަގުތު އަކިޔަސްގެ ރީތިކަމަށް ހިތާހިތުން އެވްލީންއަށް ތައުރީފު ކޮށްލެވުނެވެ. ފެހިކުލައިގެ ޓީޝާޓަކާއި ގަދަ ނޫކުލައިގެ ޖިންސެއް ލައިގެން ޓީޝާޓް މަތިން އަކިޔަސް ވަނީ ސްކާފެއް އަޅާފައެވެ. ގަހަށް ލެނގިލައިގެން ހަށަން ބަދެލައިގެން ހުރިއިރު އެބާރުގަދަ މުލައްދަނޑީގެ ބޮޑުބައެއް ހާމަވަމުން ދިޔައެވެ.
” ޔާހ އިޓްއިސް ޓްރޫ… ” މުޅިތަނަށް ވެެރިވެގެން ދިޔަ ހަމަހިމޭންކަން އެވްލީންގެ އަޑުން މުގުރިގެން ދިޔައެވެ. އަކިޔަސްގެ މިޒާޖު ބަދަލު ވުމުން އަދިވެސް އެވްލީންއަށް އެކަން ޤަބޫލުކުރަން ދަތިވިއެވެ. އަކިޔަސް މިހާރު ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ ގާތް އެކުވެރިއަކާއި ވާހަކަ ދައްކާހެންނެވެ.
” ހޭއި. އަދިވެސް ޔަޤީން ނުކުރެވިގެން ދޯ ތިއުޅޭނީ ؟ އައިކޭން ޕިންޗް ޔޫ އިފް ޔޫ ވޯންޓް…. ” އެވްލީންގެ މޫނަށް އަރާފައިބަމުންދިޔަ ކުލަވަރުތައް އަކިޔަސް ވަރަށް ފަސޭހައިން ދެނެގެންފިއެވެ. އެވްލީންއަށް އާނ އެކޭ ބުނުމުގެ ގޮތުން ބޭއިހްތިޔާރުގައި ބޯޖަހާލެވުނެވެ.
އަކިޔަސް އެވްލީންގެ ކޮލުގައި ބާރަށް ހީފާލުމާއެކު އެވްލީންއަށް ހަޅޭއްލަވައި ގަނެވުނެވެ. ” އޯހް ގޯޑް… ލީންގެ ތި ސްކްރީމްކުރާ ވޮލިއުމް ބާރުކަން… ކާޓޫން ކެރެންޓާއަކަށް އަޑުއަޅަން ޕާފެކްޓަވާނެ… ” އަކިޔަސް ކަންފަތުގައި އަތްއަޅަމުން ސަމާސާ ރާގެއްގައި ބުންޏެވެ. އަކިޔަސްގެ ޖުމުލައިން އެވްލީންގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލައިފިއެވެ. ހުވަފެނެއް ނޫންކަން އެނގުމުން އެވްލީންގެ ހިތަށް ފިނިކަން ގެނެސްދިނެވެ. އެހިތުގެ މައްޗަށް ކުރިހޯދާފައިވާ މާޔޫސްކަން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އުފާވެރިކަމަށް ބަދަލުވެގެން ދިޔައެވެ. އެވްލީން ހިތާހިތުން ހެއްދެވި ފަރާތަށް އެއުފާވެރިކަން ދާއިމަށް ދެމިގެން ދިއުމަށް ދުޢާކުރެވުނު އަދަދެއްވެސް ނޭގުނެވެ.
” ނީޑް ޓު ގޯ.. ” ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމާއެކު އަކިޔަސް ހިނގައިގަތީ ޕާކް ކޮށްފައިވާ ކާރާއި ދިމާއަށެވެ. އަކިޔަސް ގޮސް ކާރަށް އަރަން ދެން އެވްލީންއަށް ބަލަހައްޓައިގެން ހުރެވުނެވެ. އަކިޔަސް އޭނަގެ ހިތާއި ރަނގަޅަށް ވެސް ކުޅެލައިފިއެވެ. ރީތި ފިރިހެން ކުދިން އޭނަގެ ފަސްފަހަތުން އުޅުނަސް އަކިޔަސްހާ ރީތި ކުއްޖަކާއި އަދި މިހާތަނަށް ދިމަލެއް ނުވެއެވެ.
* * *
އެވްލީން ފަތިހު ހޭލައިގެން ފަތިސް ނަމާދު ކޮށްލައިގެން އޭނަ ދިއައީ ބަދިގެއާއި ދިމާއަށެވެ. ފަތިސްގަޑި ވަކިން ގަދަޔަށް ފިނިވުމުގެ ސަބަބުން ހޫނު ކޮފީއެއް ބޯލަން އޭނަ ބޭނުންވިއެވެ. މަތިމަތިން ދެހެދުން ލައިގެން ހުރި އިރުވެސް އެވްލީންއަށް ފިނިކަން އިސްސާސް ކުރެވެމުން ދިޔައެވެ. ލިވިންގް ރޫމް ގައިވާ ފަޔާޕްލޭސްގައި އަނދަމުންދިޔަ އަލިފާނުގެ ސަބަބުން މުޅިތަނަށް ފަނޑު އަލިކަމެއް ވެރިވެފައި ވެއެވެ. ލިވިންގް ރޫމް ތެރޭގައި ހިޔަނިތައް ނަށަމުން ދިޔައިރު ހީވަނީ ފުރޭތަތަކެއް ހެންނެވެ.
އެވްލީން ލިވިންގް ރޫމަށް ނަޒަރު ހިންގާލުމަށްފަހު ބިދިގެއަށް ވަނެވެ. އޭރު ރީތި ސޮފްޓް މިޔުޒިކެއްގެ އަޑު މެދުކެނޑުމެއް ނެތި އިވެމުން ދިޔައެވެ.
ކޮފީއެއް ތައްޔާރު ކޮށްލައިގެން އެވްލީން ކޮފީ މަގު ހިފައިގެން ގޮސް ފަޔާޕްލޭސް ކައިރީގައި ބަހައްޓާފައިވާ ރޮކިންގް ޗެއާރއެއްގައި އިށީނެވެ. އެވްލީން ކޮފީ ކޯވަރެއް ބޮއިލަމުން އަލިފާން ގަނޑަށް ނަޒަރު ހިންގާލިތަނާ ގޭގެ މައިދޮރު ހުޅުވުނު އަޑަށް އޭނަ ދިޔައީ ސިއްސައިގެންނެވެ. ތެޅިތެޅި އޮތް ހިތަކާއެކު އެވްލީން ދޮރާއި ދިމާއަށް ބަލައިލުވަގުތު ބިލާލްއާއި އަކިޔަސް ފެނުމުން އެވްލީންއަށް ހަމެޖެހުމުގެ ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލެވުނެވެ. ” ލީން މިގަޑީގަ ތެދުވެގެން ކީއްތިކުރަނީ ؟ ” ބިލާލް ޙައިރާންކަމާއެކު ސުވާލު ކުރިއެވެ. ” ފަތިސް ނަމާދު ކޮށްލައިގެން ބޭރަށް ނުކުމެލީ… ” އެވްލީން އަދަބު ވެރިކަމާއެކު ބުނެލިއެވެ. އޭރު އޭނަގެ އަޑުވަނީ ފިނިވެފައެވެ. ލިވިންގް ރޫމަށް ފެތުރިފައިވާ ފަނޑުއަލިކަމުގެ ތެރޭން އަކިޔަސް ފެންނަމުން ދިޔަގޮތް ނުހަނު ރީއްޗެވެ. ބިލާލް އެވްލީންގެ އިސްތަށިގަނޑގައި ފިރުމާލަމުން ހިނގައިގަތީ އެލެވޭޓާރ އާއި ދިމާއަށެވެ.
” ޑްރިންކިންގް ކޮފީ ؟ ” އަކިޔަސް ސޯފާގައި އިށީންނަމުން އެވްލީންއާއި ދިމާއަށް ނަޒަރު ހުއްޓާލިއެވެ. ” ހޫ.. މް..މްމް… ” އެވްލީންގެ އަޑުގައި ތުރުތުރު ލުމެއް އެކުލެވިގެން ވިއެވެ. ” ބޭރު ވަރަށް ފިނި… ފަތިސް ނަމާދު ކޮށްލައިގެން އައިއިރު ގަނޑު ނުހިފީ ކިރިޔާ ، ޑިޑް ޔޫ ކޮމްޕްލީޓް އޯލް ދަ އެސައިންމެންޓްސް… ” އަކިޔަސް އޭނަ ލައިގެން ހުރި ޖެކެޓް ބޭލުމަށްފަހު ސޯފާމަތީގައި ބޭއްވިއެވެ. ” ހުރިހާ އެސައިންމެންޓެއް ނިންމާފަ ހުންނާނީ… ” އެވްލީން ކޮފީ ކޯވަރެއް އަވަސް އަވަހަށް ބޯލިތަނާ ދޫފިހިގެން ދިޔައެވެ. ” ޓެސްޓް ބަޑްސް ބާންވީ ދޯ ؟ ” އެވްލީން އަނގަޔަށް ޖެއްސި ވައްތަރަކުން އަކިޔަސް އަހާލައިފިއެވެ. އެވްލީން އަވަސް އަވަހަށް ބޯޖަހާލިއެވެ. ” ޔޫ ކޭން އީޓް އައިސް ކްރީމް… އޭރުން ޕެއިން ކުޑަކޮށް ކޮންޓްރޯލް ކޮށްލެވޭނެ… ” އަކިޔަސް ހިނިތުންވުމަކާއެކު ބުނެލިއެވެ. އެވްލީން އަވަސް އަވަހަށް ކޮފީތަށި ހިފައިގެން ބަދިގެއާއި ދިމާއަށް ހިނގައިގަތީ ދުލުގައި އުފެދެމުން ދިޔަ ރިހުމެއްގެ ސަބަބުން ލޮލަށް ކަރުނަ ޖަމާވާން ފެށުމުންްނެވެ. އަކިޔަސްއަށް އެކަރުނަ ތިކިތައް ދައްކަން އޭނަ ބޭނުމެއް ނޫނެވެ.
ކުޑަ އިރުކޮޅެއް ފަހުން އެވްލީން އައީ އައިސްކްރީމް ތަށްޓެއް ހިފައިގެންނެވެ. ” ނައު ފީލިންގް ބެޓާރ… ” އެވްލީން އައިސް ކްރީމް ކޮޅެއް ކާލައިފިއެވެ. ” ޔޫ އާރ މޯސްޓް ވެލްކަމް… ” އަކިޔަސް އެއްބުމަ އަރާވަލަމުން ބުނެލިއެވެ. އަލިފާނުގެ ދަޅަތައް އެރީތި ދެލޮލަށް އެޅިފައި ވުމާއެކު އެލޮލުގެ ވިދުވަރު ވަނީ އިތުރު ކޮށްދީފައެވެ. އެވްލީން އެފުން ކަނޑެއްފަދަ ރީތި ދެލޮލުގެ ތެރެއަށް ގެނބިގެން ދިޔައެވެ.
” ހޭއި ކޭން ޔޫ ހެލްޕް ވިތް މައި އެސައިންމެންޓް ؟ އަދި ސިވިލް ލޯރ އާބެހޭގޮތުން ހަދަން ދިން އެސައިންމެންޓް ނުނިމިގެން މިއުޅެނީ…. ” އަކިޔަސް އަހާލައިފިއެވެ. އެވްލީން އެހީވާނެ ބުނުމާއެކު އަކިޔަސް ކޮޓަރިއަށް ގޮސް އައީ އޭނަ ހަދަން ފަށާފައިވާ އެސައިންމެންޓް ހިފައިގެންނެވެ.
* * *
ހެނދުނު ނާސްތާއަށް ފަހު އެވްލީން ދިޔައީ އޭނަގެ ކޮޓަރިއަށެވެ. އެނދުމަތީގައި ބާއްވާފައި އޮތް ހޭންޑްބޭގް ނަގަމުން އެވްލީން ހިނގައިގަތީ ކޮޓަރިން ނުކުތުމަށެވެ. އެވްލީން ކޮޓަރީގެ ދޮރާއި އަރާހަމަވެފައި ހުއްޓާ ކުއްލިޔަކަށް އަކިޔަސް ދޮރުހުޅުވާލާފައި ވަނުމުން އެވްލީން ގޮސް ޖެހުނީ އަކިޔަސްގެ މޭމަތީގައެވެ. އެވްލީންގެ މުޅިހަށިގަނޑު ފިނިވެގެން ދިޔަވަގުތު އަކިޔަސްގެ ހަށިގަނޑުގެ ހޫނުކަން އިހްސާސް ވެގެން ދިޔަ ވަގުތު އެވްލީން އަވަސް އަވަހަށް އަކިޔަސްއާއި ދުރަށް ޖެހިލައިފިއެވެ. ” ސޮރީ… ” އެވްލީންއަށް ހޭންޑްބޭގްގައި ހިފާބާރު ކޮށްލެވުނެވެ. ” އަހަރެން ދޯ އަސްލު ސޮރީ ބުނަން ޖެހެނީ… އިޓް ވޯސްމައި ފޯލްޓް… ” އަކިޔަސް ޖިންސްގެ ޖީބަށް އަތް ކޮށްޕާލަމުން ވާހަކަ ދެއްކިއެވެ.
އެވްލީން އަކިޔަސްގެ ފަހަތުން ގޮސް ކާރަށް އަރައި ހަމަޖެހިލިއެވެ. އަކިޔަސް ކާރު ސްޓާޓް ކޮށްލަމުން އޭނަ އަޅުވާލައިގެން ހުރި ބެކްޕެކް ކާރު ފަހަތު ސީޓުގައި ބޭއްވިއެވެ. ކެމްބްރިޖް ޔުނިވާރސިޓީއާއި ހަމައަށް ދެވެންދެން އެވްލީންއާއި އަކިޔަސްއާ ދެމެދު އެކިއެކި ވާހަކަތައް ދެކެވުނެވެ. ޔުނިވާރސިޓީގެ ގޭޓުން ކާރު އެތެރެއަށް ވަދެގެން ދިޔައިރު ގިނަ އަދަދެެއްގެ ކުދިންތަކެއް ހޭލަމޭލަވަމުން ދިޔައެވެ.
” ޑޭމިޓް… ” ޕާކިންގް ޒޯނުގައި ކާރު ޕާކް ކޮށްލުމާއެކު އަކިޔަސް ކާރުގެ ހުންގާނުގައި ބާރަކަށް ހިފަހައްޓާލިއެވެ. އޭރު އެދިމާއަށް ހިނގާލާފައި އަންނަމުން ދިޔަ އަންހެން ކުއްޖާ ފެނުމުން އެވްލީންއަށް ޙައިރާންކަމެއް ލިބުނެވެ. އެކުއްޖާ އައިސް ކާރުގެ ދޮރު ހުޅުވާލައިފިއެވެ.
” އެލީސާ… ” އަކިޔަސް ގަދަކަމުން ހިނިތުންވެލިއެވެ. އެލީސާގެ މަޑު ރީނދޫ ކުލައަކަށްދާ އިސްތަށިގަނޑުން އޭނައަކީ ބޭރު ކުއްޖެއްކަން އަންގައިދެއެވެ. ގަދަ ނޫކުލައިގެ ލޮލާއި ދިގު އެސްފިޔަތަކުން އެލީސާގެ ރީތިކަން އިތުރުކުރުވާފައި ވެއެވެ. އެދޮން ހަށިގަނޑު ފިޔާތޯށި ކުލައިގެ ބޮޑު ކޯޓެއްގެ ތެރޭން ފެންނައިރު ހީވަނީ އެމެރިކަން މޮޑެލެއް ހެންނެވެ.
” ހޫ ދަ ** އިސް ދިސް ؟ ” އެލީސާ އިނގިރޭސި ބަހުން ވާހަކަ ދެއްކިއެވެ. އޭނަގެ އަޑުން ހިތްހަމަނުޖެހިފައިވާކަން އެނގެއެވެ.
” ލީން ، މައި ފްރެންޑް… ” އަކިޔަސް އެވްލީންއާއި ދިމާއަށް ބަލައިލަމުން ބުންޏެވެ.
” ފަހުން ވާހަކަ ދައްކާލާނަން.. މިއޮތީ ދެން ބޮޑު ކަމަކާ ދިމާވެފަ… ” އަކިޔަސް އެވްލީންއަށް އަޑު އިވޭވަރަށް މަޑުން ބުނެލިއެވެ. އެވްލީން އަކިޔަސްއަށް ޕްލާސްޓިކް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ކާރުން ފޭބިއެވެ. އޭރު އެވްލީންގެ ހިތުގައި ނޭގޭ ރިހުމެއް އުފެދިފައި ވެއެވެ. ހިތުގައި މީހަކު ބާރަކަށް ހިފާ ޗިސްކޮށްލި ހެންވެސް އޭނައަށް އިހްސާސްވިއެވެ. އެލީސާ އެވްލީންއާއި ދިމާއަށް ކަޅި އަޅާލައިގެން ހުރިއިރު އެލޮލުން އަލިފާން ކަނި ބުރާހާ ވެއެވެ.
ހަވީރު ވާންވީ އިރަށް ހުރިހާ ކްލާހެއް ނިންމާލުމަށްފަހު އެވްލީން އޭނަގެ އެކުވެރިއެއް ކަމުގައިވާ އީމާއާއެކު ދިޔައީ ޔުނިވާރސިޓީ ކައިރީގައިވާ ލޭކްއާއި ދިމާއަށެވެ. ލޭކް ކައިރީގައިވާ ސްނޯވީ މެސްޕިލަސް ގަސްތަކުގެ ހިޔަނި ލޭކްގެ ފެންގަނޑު ތެރޭގައި ނަށަމުން ދިޔައިރު ވަރަށް ފުރިހަމައެވެ. ޓްރާންސްޕޭރެންޓް ގްލާސް ކޮޅެއްހެން ލޭކް ފެންނަމުން ދިޔައިރު ލޭކްގެ ފެންގަނޑުވަނީ ހިސާބަކަށް ގަނޑު ހިފާފައެވެ. ” ލީން… މިހާރު ކަންކަން ސީކްރެޓްވެސް ކުރަން ފެށީތަ ؟ ” އީމާ ސްނޯވީ މެސްޕިލަސް ގަހުގެ ގޮފިގަނޑުތަކާއި ކުޅެލަމުން އަހާލައިފިއެވެ. އީމާއަކީ ދިވެހި ކުއްޖަކަށް ވުމާއެކު އެވްލީންއާއި އީމާއާ ދެމެދު ގާތް އެކުވެރިކަން އުފެދިފައިވެއެވެ. ” އީމް… ވަޓް އާރ ޔޫ ޓޯކިންގް އެބައުޓް ؟ ” އެވްލީން ސްނޯމަތީގައި އިށީނެވެ. ” ޔޯރ ބޯއި ފްރެންޑް … ” އީމާގެ ޖުމުލައިން އެވްލީން ސިހުނެވެ. ” އީމް… އަހަރެންގެ ބޯއިފްރެންޑެއް ނުހުރޭ… ” އެވްލީން އަވަސް އަވަހަށް ބުނެލިއެވެ.
” ސީރިއަސްލީ ؟ ދެން މިއަދު ލީންއައީ ކާކާއެކުތަ ؟ ” އީމާ ހެވިފައި ހުރެ ވާހަކަ ދެއްކިއެވެ. ” އޯހް… ދެޓް ވޯސް އަ ފްރެންޑް… ” އެވްލީން ހިނިތުންވުމަކާއެކު ބުނެލިއެވެ. އެވަގުތު އެދިމާއަށް ހިނގާލާފައި އައި އަކިޔަސް ފެނުމާއެކު އެވްލީންއަށް ތެދުވެވުނު ގޮތެއްވެސް ނޭގުނެވެ. ” ލީން ގެއްލުނީ ކަމަށް އަހަރެން ހީކުރީ… ހާދަ ވަރަކަށް ހޯދައި ފީމޭ… މޯމް އެބަގުޅާ ލީން ނައިސްގެން.. ” އަކިޔަސް އެވްލީން ކުރިމައްޗަށް ހުއްޓިލަމުން ބުނެލިއެވެ. އީމާ އެވްލީންގެ ކަންފަތް ދޮށުގައި މަޑުމަޑުން އެއްޗެއް ބުނެލުމަށްފަހު ބާރަކަށް ދުވެލާފައި ގޮއްސިއެވެ. ” ހިނގާ އަވަހަށް ދާން… ” އަކިޔަސް ކާރުގެ ތަޅުދަނޑި ނަގަމުން ބުނެލިއެވެ.
* * *
” ނަސީބެއް މިއަދު ލީން ގޮވައިގެން މިއަދު އާދެވުނުކަން… އެލީސާއާ ބްރޭކްއަޕް ވެއްޖެ…. ޝީ ވޯސް އަ ޕެއިން އިން މައި އޭސް… ” ކާރު ދުއްވާލަމުން އަކިޔަސް އުފާވެރި ރާގެއްގައި ވާހަކަ ދެއްކިއެވެ. އަކިޔަސްގެ މޫނަށް ބަލައިފިނަމަ އޭނަ އުފާވެފައިވާ މިންވަރު ކޮންމެ މީހަކަށްވެސް އެނގޭހާ ވެއެވެ. އަކިޔަސްގެ ޖުމުލައިން އެވްލީންއަށް އަކިޔަސްއާއި ދިމާއަށް ބަލައިލެވުނެވެ. އޭރު އެހިތުގައި އުފެދިފައިވާ ތޫފާންތަކަށް ނިމުމެއް ގެނެސްދީފިއެވެ. ” ތޭންކްސް ލީން…. ” އެވްލީންއަށް ބަހެއް ނުބުނެވެނީސް އަކިޔަސް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
އެވްލީންމެން އަންނާނެ އިރެއްގެ އިންތިޒާރުގައި ލިވިންގް ރޫމްގެ ސޯފާގައި އިށީންދެލައިގެން މެގަޒިންއެއް ކިޔަން އިން ޒަރާގެ އިންތިޒާރުގެ ނިމުން އައީ އެތެރެއަށް ވަދެގެންއައި އަކިޔަސްއާއި އެވްލީން ފެނުމާއެކުއެވެ. ސަމާސާ ވާހަކައެއް ދައްކަމުން ދެކުދިންވެސް ހިނގާލާފައި އައިއިރު ހީވަނީ ރީތި ޖޯޑެއް ހެންނެވެ. އެހާވެސް ގުޅެއެވެ. ޒަރާއަށް ކުޑައިރުކޮޅެއް ވަންދެން އަކިޔަސްއާއި އެވްލީންއަށް ބަލަހައްޓައިގެން އިނދެވުނެވެ.
” މޯމް… ސޮރީ އިގޭ އެހާ ލަހުން އާދެވުނީމަ… ކީއްކުރާނީ ލީން ނުފެނިގެން މުޅި ޔުނިވާރސިޓީ ހޯދާ ނިމުނު ފަހުން ލީން ފެނުނީ… ކުޑަކޮށް ބިރުވެސް ގެންފަ ހުރީ ލީން ކިޑްނޭޕް ކުރީކަމަށް ހީކޮށް… ” އަކިޔަސް ސޯފާއާއި އަރާހަމަކުރަމުން ލާނެއް ރާގެއްގައި ވާހަކަ ދެއްކުމުން އެވްލީންގެ މޫނު ރަތްވެގެން ދިޔައެވެ. ” ނަސީބެއްނު ކިޔާއަށް ފެނުނުކަން ލޭޒީވީމަ މޯމް ހީކުރީ ލީން ބަހައްޓާފަ ކަމަށް އަންނާނީ.. މައި ލޭޒީ ބޯއި… ” ޒަރާ ސޯފާއިން ތެދުވެލަމުން އަކިޔަސްގެ ފަން އިސްތަށިގަނޑުގައި ފިރުމާލިއެވެ. އެގަދަ ކަޅުކުލައިގެ ފަން އިސްތަށިގަނޑުން އަކިޔަސްގެ ރީތިކަމަށް އިތުރު ދިރުމެއް ގެނެސްދެއެވެ.
” މޯމް ބުނާކަމަކަށް ރިފުޒް ނުކުރަމެއްނު ދުވަހަކު އެންޑް މިހާރު ރެސްޕޮންސިބިލިޓީއެއް ދިނުމުން ލޭޒީކަންވެސް ކެނޑޭނެ…. ” އަކިޔަސް ހިނިތުންވުމަކާއެކު ވާހަކަ ދެއްކިއެވެ. ” އޯލް މޯސްޓް ފޮގޮޓް… ލީން އާންޓް މިއުޅެނީ ސްކޮޓިޝް ފްރެންޑެއްގެ ވެޑިންއަކަށް ސްކޮޓްލޭންޑަށް ދާންވެގެން… ލީންވެސް ގޮވައިގެން ދާން އުޅުނީ ބަޓް ލީންގެ ކިޔެވުން ކުރިއަށް ދާތީވެ ލީން ބަހައްޓާފަ ދާން މިޖެހެނީ… ސޯ ކިޔާ ޖެހޭނެ މޯމް އެންޑް ޑޭޑް އަންނަންދެން ލީންގެ ހުރިހާ ރެސްޕޮންސިބިލިޓީއެއް ނަގަން.. މޯމް ދެރަވާ ކަހަލަ ކަމެއް ނުކުރައްޗޭ… ” ޒަރާ އެވްލީންއާއި ދިމާއަށް ބަލައިލަމުން ބުންޏެވެ. ” ޑޭޑް އިސް އޯލްސޯ ގޮއިންގް ވިތް ޔޫ ؟ ” ޒަރާގެ ޖުމްލަ އަޑުއިވުމާއެކު އަކިޔަސްއަށް އަހާލެވުނެވެ. އޭރު އެވްލީން ހުރީ އަކިޔަސްއާއި ދިމާއަށް ބަލަހައްޓައި ގެންނެވެ.
” ޔަޕް ޑޭޑް އިސް އޯލްސޯ ގޮއިންގް… ލީން ހާދަ މަޑުން ތިހުރީ… އާރ ޔޫ ހެޕީ ވިތްދަ ޑިސިޝަން ؟ ” އެވްލީން އެއްވެސް ވާހަކައެއް ނުދައްކާ މަޑުން ހުންނަން ފެށުމުން ޒަރާ އަހާލައިފިއެވެ. ” ބައްޕައާ ވާހަކަ ދައްކާލަން ޖެހޭނީ… ” އެވްލީންގެ އަޑުގައި ތުރުތުރު ލުމެއް އެކުލެވިގެން ވިއެވެ. އަކިޔަސް އާއެކު އުޅެން ރަނުގެ ފުރުސަތެއް ލިބުނަސް ބައްޕައާއި މަޝްވަރާ ނުކޮށް އޭނައަށް އެއްވެސް ގޮތެއް ނިންމާކަށް ނުކެރޭނެއެވެ. އަނެއްކޮޅުން އަކިޔަސްއަކީ ފިރިހެނެކެވެ. އޭނައަށް އަކިޔަސްއަށް އިތުބާރު ކުރެވުނަސް ބައްޕައަށް އަކިޔަސްއަށް އިތުބާރު ނުކުރެވި ހިނގައިދާނެއެވެ.
” ލީންގެ ޕޭރެންޓުންނާ ވާހަކަ ދައްކާލާފަ ޑިސިޝަން ފައިނަލް ކުރީ… ” ޒަރާގެ ޖުމްލައިން އެވްލީންގެ ހިތް އުފަލުން ނަށައިގެން ދިޔައެވެ. ބޭއިހްތިޔާރުގައި އެވްލީންއަށް އަކިޔަސްއާއި ދިމާއަށް ބަލައިލެވުނު ވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ” ކިލާރ ސްމައިލް އެންޑް އައިސް… ” އެވްލީންއަށް ހިތާހިތުން ބުނެލެވުނެވެ. ހަޤީޤަތުގައިވެސް އެއަޅި ކުލައިގެ ދެލޮލުގައި ހިޕްނޮޓައިސް ކުރުމުގެ ބާރެއް އެބަހުއްޓެވެ. އެހެން ނޫންނަމަ އޭނަވެސް ސިކުންތެއްގެ ތެރޭގައި އެދެލޮލުގެ ތެރެއަށް އަރަގުވެގެން ނުދާނެއެވެ.
” ސޯ އޭސް އެވްރީ ތިންގް އިސް ފައިނަލައިޒްޑް… ދެން މިރޭ ޝޮޕިންގް ކޮށްލަން ދާނީ ، ލީން އެއިޓްއަށް ރެޑީވެގެން ހުންނައްޗޭ ، ލީން ގޮވައިގެން ދިއުމުން އާންޓްއަށް އީސީވާނެ ދޯ އެއްޗެހި ޗޫސްކުރަން… ” ޒަރާ މެގެޒިން ނަގައިގެން ހިނގައިގަތީ ލައިބްރަރީއާއި ދިމާއަށެވެ. ” ދެން ލޭޒީކަން މުޅިން ކަނޑުވާލަން ދޯ މިވީ… ލީންގެ ބޮޑީގާޑަކަށް ވާން ވިއްޔާ މިޖެހުނީ… ” އަކިޔަސް އެއް ލޯމަރައިލަމުން ލާނެއް ރާގެއްގައި ބުނެލާފައި ސޯފާގައި އިށީން ގޮތަކުން ވެސް އެވްލީންގެ ހިތުގައި ވަރުދަގަ އުސްރާޅުތަކެއް ނަގާ ބިންދާލައިފިއެވެ. އަކިޔަސް އާއެކު އެއް ދުވަހުވެސް އުޅެން ޖެހިއްޖެނަމަ އޭނަ މޮޔަ ވެދާނެއެވެ. އަކިޔަސް ފެންނަ ތަންތަނަށް ވީހާވެސް މަދުން ނުކުމެ އުޅުމަށް އެވަގުތު އޭނަގެ ހިތް މަޝްވަރާ ދިނެވެ.
” ބޮޑީގާޑަކަށް ނުވިޔަސް ރަނގަޅު ވާނެ… ކިޔާ މިގޭގައި ހުންނަނަމަ ދެއާރ ވިލްބީ ނޯ ޓެންޝަން ފޯރ މީ… ” އެވްލީން ތެޅިތެޅި އޮތް ހިތަކާއެކު ވާހަކަ ދެއްކިއިރު އެދޮން މޫނުގައި ދާތިކިތައް މޫތިތަކެއްހެން ވިދަން ފެށިއެވެ.
” އޭސް ޔޫ ވިޝް ! ” އަކިޔަސް ފޯނުނަގައި އެއިން ގޭމެއް ކުޅެން ފެށިއެވެ. އެވްލީން ބާރު ފިޔަވަޅު ތަކެއްގައި ކޮޓަރިއާއި ދިމާއަށް ހިނގައިގަތީ ހިތުގައި އުފެދެމުން ދިޔަ ހައިޖާނަށް ނިމުމެއް ގެނައުމަށެވެ. ” ހޭއި ލީން… ތޭންކްސް އިނގޭ އެސައިންމެންޓް ނިންމާލަ ދިނީމަ… ” ހިނގަމުންދިޔަ އެވްލީންގެ ފިޔަވަޅުތަކުގައި ކަސްތަޅު އެޅިގެން ދިޔައީ އަކިޔަސްގެ އަޑުންނެވެ. އެވްލީން ފަސްއެނބުރި ބަލައިލަމުން އަކިޔަސްއަށް ހިނިތުންވުމެއް ހަދިޔާކޮށްފައި ދިޔައީ ބަހެއް ބުނަން ދޫހަރަކާތެއް ނުކުރުމުންނެވެ.
ރޭގަނޑު އެވްލީން ފިހާރަޔަށް ދާން ތައްޔާރު ވެލައިގެން ނުކުތް އިރު ޒަރާ ބިލާލް އަދި އަކިޔަސް ލިވިންގް ރޫމްގައިވާ ސޯފާގައި އިށީންދެލައިގެން ވާހަދައްކަން ތިއްބެވެ. ފަޔާޕްލޭސްގައި އަނދަމުންދިޔަ އަލިފާން ގަނޑުގެ ސަބަބުން މާހައުލުގެ ފިނި ހޫނުމިން ވަނީ އެއްވަރެއްގައި ހިފަހައްޓާލާފައެވެ. ޖޭސްމީން އުށްބައްތި ތަކެއް ރޯކޮށްލާފައި ވާއިރު ލިވިންގް ރޫމްގައި ހަރުކުރެވިފައިވާ ބޮޑު ސިލްވާރ ކްރިސްޓަލް ޗާންދެލިއާއި ވޯލް ލައިޓްތައް ވަނީ ނިއްވާލާފައެވެ. އުށްބައްތީގެ ހުޅުކޮޅު ތަކުގެ އެހީގައި ހިޔަނިތައް ނަށަމުން ދިޔައިރު ބޭރުން އިވެމުންދިޔަ ނާނާގެ މިޔުޒިކީ އަޑަށް ހިޔަނިތައް މިނިވަން ކަމާއެކު ނަށަމުން ދާހެން ހީވެއެވެ. އެވްލީން ފެނުމާއެކު ޒަރާ އަތުގެ އިޝާރާތުން އައުމަށް ބުންޏެވެ. އެވްލީން ލުއި ފިޔަވަޅު ތަކެއްގައި އަކިޔަސްއާއި ޖެހިގެން އިށީންއިރު މުޅި މީހާވަނީ ފިނިވެފައެވެ.
ޒަރާމެންގެ ވާހަކަ ތަކުން އަކިޔަސްގެ އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮއެއް ހުންކަން ވެސް އެވްލީންއަށް އެނގިގެން ދިޔައެވެ. ހަރވާރޑް ޔުނިވާރސިޓީގައި އޭނަ ކިޔަވަމުން ދާކަމަށާއި ކުރިއަށް އޮތް އަހަރުގައި ލަންޑަނަށް އަންނާނެކަން ވެސް އެނގުނެވެ. އެވާހަކަ ތަކުގެ ތެރޭން ޒަރާ އެވްލީންއަށް އޭނައާއި ބިލާލްއާއި ދިމާވީ ގޮތްވެސް ކިޔައި ދިނެވެ.
އިންގްލޭންޑަށް އޭނަ ކުރި ދަތުރެއްގައި ބިލާލްއާއި ބައްދަލުވެގެން ދެމީހުން ކައިވެނި ކުރާ ހިސާބަށް ގޮސްފައި ބިލާލް ބޭރު ކުއްޖަކަށް ވާތީ އާއިލާ މީހުން ކައިވެންޏާ ދެކޮޅު ހެދުމުން ޒަރާ އާއިލާއައި ދެކޮޅަށް ބިލާލްއާއި ކައިވެނި ކުރިވާހަކަ ބުނިއިރު ޒަރާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. އެވަގުތު ” ލޯބި ” މިލަފްޒުގެ ބާރުދަގަކަން އެވްލީންއަށް އަންދާޒާ ކޮށްލެވުނެވެ.
ޒަރާ ހެވިލާފައި ހުރެ އޭނަގެ ދެފިރިހެން ކުދިންނަށް ވެސް ލިބިފައިވަނީ ބިލާލްގެ އަޅިކުލައިގެ ދެލޯކަމަށާއި ، ދެކުދިންނަކީ ވެސް ބިލާލްގެ ކޮޕީއެއް ކަމަށް ބުންޏެވެ.
” މޯމް ދެން ޕާސްޓްގައި އުޅެނިކޮށް ދަންވެދާނެ… މިހާރު ޝޮޕިންގް ކެންސަލް ކުރީ ދޯ ؟ ” އަކިޔަސް އަހާލައިފިއެވެ. ” މޯމްއަށް އެނގެޔޭ ކިޔާ ބޯރިންގް ވޭނެކަން ކުރިން ވެސް… ނޫނޭ ، ޝޮޕިންގްއަށް ދާން ވެގެން މިއުޅެނީ… ” ޒަރާ ސޯފާއިން ތެދުވެލަމުން ޑްރައިވަރަކަށް ގޮވާލައިފިއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ޑްރައިވާރ އައިސް ޒަރާ ކުރިމައްޗަށް ހުއްޓުނެވެ. ” ވެއާރ އިސް ދި ކީސް ؟ ” ޒަރާ އޭނަގެ އަތަށް ލެދާރ ގްލޯވް އަރުވާލިއެވެ. ޑްރައިވާރ އަވަސް އަވަހަށް ކާރުގެ ތަޅުދަނޑި ނަގާ ޒަރާ އަތަށް ދިއްކޮށްލައިފިއެވެ. ” މޯމް ތަ ކާރު ދުއްވަނީ… ” ޒަރާ ތަޅުދަނޑި އަތުލުމާއެކު އަކިޔަސް ޙައިރާންކަމާއެކު ބުނެލިއެވެ. ” ދެން މޯމްއަކީ މުސްކުޅިއެއް ނޫނޭ… އައިކޭން ޑްރައިވް ދަ ކާރ… ” ޒަރާ އޭނަގެ ހޭންޑް ބޭގުން ފޯނު ނަގަމުން ވާހަކަ ދެއްކިއެވެ. ރޫބީސް ، އެމެރަލްޑް އަދި ޖަވާހިރުން ފަރުމާ ކުރެވިފައިވާ ގަހަނާތަކުން ޒަރާގެ ކަނދުރާ ، ކަންފަތް އަދި އަތް ފަޅު ފިލުވާލާފައި ވާއިރު ޝާހީ ގޮތެއް ހުއްޓެވެ. އަދި ހަމައެއާއެކު ލައިގެން ހުރި އަގު ބޮޑު ޑިޒައިނާރ ހެދުމާއި ހައި ހީލްސް ފައިވާނުގައި ޒަރާއަށް ބަލާފައި ޒުވާން ދެކުދިންގެ މަންމައެކޭ ބުނަން ދަތިވާނެއެވެ. ” ހޭވްއަ ސޭފް ޖާރނީ… ” ބިލާލް ޒަރާއަށް ބަލައިލަމުން ބުނެލިއެވެ. ޒަރާ ހިނިތުންވުމަކާއެކު ލުއި ފިޔަވަޅު ތަކެއްގައި މިސްރާބު ޖެހީ ޕޯޓިކޯއާއި ދިމާއަށެވެ. އޭރު އެވްލީންވެސް ޒަރާގެ ފަހަތުން ހިނގާލާފައި އާދެއެވެ.
ދުން ފިނީގެ ސަބަބުން މުޅި ތަން ހުދުކޮށްލާފައި ވުމުގެ ސަބަބުން ފިނިކަމުން ހީވަނީ ޖްރިޖެއްގެ ތެރޭގައި އުޅޭވޭހެންނެވެ. ނަސީބަކުން ދެ ސްވެޓާރއާއި ބޮޑު ކޯޓެއް ލައިގެން ހުރުމުގެ ސަބަބުން އެވްލީންއަށް އެހާބޮޑަށް ފިނީގެ އަސަރެއް ނުކުރިއެވެ. އެވްލީން ދެއަތް ޖޯޑު ކޮށްލައިގެން ކާރާއި ދިމާއަށް ހިނގަމުން ދިޔައިރު ނޭވާ ލާއިރު ބޮޑު ދުންގަނޑެއް ފަޒާގެ ތެރެއަށް ފެތުރިގެން ދެއެވެ. ބަގީޗާގެ ގަސްތަކުގައި ނިވިދިއްލޭ ބޮކިތައް ހަރުކޮށްފައި ވުމުން ހާދަ ފުރިހަމައެވެ. ދުންފިނީގެ ތެރެއިން ބޮކިތައް ނިވިފައި ދިއްލިގެންދާ މަންޒަރު އެވްލީންގެ ޝައުގުވެރިކަން ހޯދިއެވެ.
*****
މާކް އެންޑް ސްޕެންސާރގެ ޖުވެލަރީ ވިއްކާ ބަޔަށް ޒަރާއާއި އެވްލީން ވަންއިރު އެތާނގައި އެހާ ގިނަބަޔަކު ނެތެވެ. ޒަރާ ލޯތަރަތަރަ ޖަހައިގެން ދާވަރުގެ ޖަވާހިރުން ފުރާލާފައިވާ ފަށެއް ނަގަމުން އެވްލީންއަށް ގޮވާލައިފިއެވެ. އެވްލީން ޒަރާ ކުރިމައްޗަށް ހުއްޓުމާއެކު ޒަރާ އެފަށް ނަގާ އެވްލީންގެ ކަނދުރާގައި ޖައްސާލިއެވެ. ” ބިއުޓިފުލް… ” ޒަރާ އެވްލީންއަށް ފުން ނަޒަރެއް ހިންގާލަމުން ބުނެލިއެވެ. ” ވީއާރ ބައިގް ދިސް… ” ސޭލް އެސިސްޓެންޓަކަށް ގޮވާފައި ޒަރާ ބުނެލައިފިއެވެ. ” އާންޓް… އަހަރެން އަތުގަ ހުންނާނެ ޖުވެލަރީސްތައް… ” ލީން އާންޓް ދޭ ގިފްޓެއްގެ ގޮތުގައި އޭތި އެކްސެޕްޓް ކޮށްލާ… ” ޒަރާ އަނގޮޓިތަކެއް ބަލަމުން އެވްލީންގެ ޖުމްލަ މެދުކަނޑާލިއެވެ.
ޝޮޕިންގް ނިންމާލާފައި ގެއަށް އާދެވުނު އިރު ދަންވެސް ވެއްޖެއެވެ. ޒަރާ އޭނަ އެވްލީންއަށް ގަނެދިން ސާމާންތައް އަޅާފައިވާ ބޮޑެތި ކޮތަޅުތައް ދިއްކޮށްލަމުން ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާއަށެވެ. ޒަރާގެ ހިތްހެޔޮކަން ފެނި އެވްލީންގެ ހިތަށް ބަޔާން ނުކުރެވޭހާ ބޮޑު އުފަލެއް ލިބުނެވެ. ޖުނެއިނާގެ ފަރާތުން ނުލިބޭ ލޯތްބާއި އަޅާލުން ހިލޭމީހެއްގެ ފަރާތުން އެބަލިބެއެވެ. އެވްލީން ކޮތަޅުތައް ހިފައިގެން ކޮޓަރިއާއި ދިމާއަށް ދާން ހިނގައިގަތް ވަގުތު އޭނަގޮސް ޖެހުނީ އަކިޔަސްގެ މޭމަތީގައެވެ. އެވްލީން އަރިއަޅާލައިގެން ވެއްޓެން ދިޔަވަގުތު އަކިޔަސް ހުށިހާރަ ކަމާއެކު އެވްލީންގެ އަތުގައި ހިފަހައްޓާލިއެވެ. ” ކެއާރފުލް ގާރލް… ” އަކިޔަސް އެވްލީންގެ ހަށިގަނޑު ބެލެންސް ކޮށްލެވުމާއެކު އެއަތުން ދޫކޮށްލައިފިއެވެ.
” ކަމަކާމެދު ވިސްނަން ހުރެގެން ނުބެލުނީ… ” އެވްލީން ރަކި ހިނިތުން ވުމަކާއެކު ބުންޏެވެ. އަކިޔަސްގެ ބީހިލުމުން އެހަށިގަނޑުގެ ހުރިހާ ނާރުތަކުގައި އަލިފާން ރޯވިފަދައެވެ.
ސޯޓްގެ ޖީބަށް އަކިޔަސް އަތް ޖަހާލައިގެން ހުރިގޮތުން އެވްލީންގެ ހިތާއި އަކިޔަސް ވަރަކަށް ކުޅެލިއެވެ. އެވްލީން ވެސް އެހާ ކައިރިން ފެނުމުން އަކިޔަސް ހުރީ ހުއްޓުން އަރާފައެވެ. ނޭގި ނަމަވެސް އަކިޔަސްގެ ހިތުގައި އެވްލީންގެ ރީތި ސޫރަ ކުރެހިގެން ދިޔައެވެ. އެފިޔާތޮށި ކުލައިގެ ތުންފަތުގައި ކުޅެލަމުންދިޔަ ރަކި ހިނިތުންވުމާއެކު މުށިކުލައިގެ ލޮލުގައި އެވާ މަސްތީ އަސަރުތަކުން އަކިޔަސްގެ ހިތް އަތުން ކައްސާލައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އޭނަ އަވަސް އަވަހަށް އެހެން ދިމާއަށް ނަޒަރު ހިންގާލިއެވެ.
އެވްލީން ބިންމައްޗަށް ވެއްޓިފައި ހުރި ކޮތަޅުތައް ނަގަން ފެށުމާއެކު އަކިޔަސް އެވްލީންއަށް އެހީތެރިވެ ދިނެވެ. ” ހާދަ ބަރޭ މިކޮތަޅު… ލީންއަށް މިއުފުއްލޭތަ ؟ ފޯރޓީ ކިލޯ ހުރި ކުއްޖަކަށް ހާދަ ހިޔެއްނުވެޔޭ މިއުފުއްލޭނެހެން…. ” އަކިޔަސް އެންމެ ފަހު ކޮތަޅު ނަގަމުން ސަމާސާ ރާގެއްގައި ވާހަކަ ދެއްކިއެވެ. ” އަސްލުވެސް ތިކޮތަޅު ވަރަށް ބަރު… ޔޫ ކޭން ލިފްޓް އިޓް… ” އެވްލީން ކުރިއަށް ފިޔަވަޅެއް އަޅަމުން ވާހަކަ ދެއްކިއެވެ.
އެވްލީން ކޮޓަރިއަށް ވަންނަމުން ބޮކިތައް ދިއްލާލުމަށްފަހު ގޮސް ހުރިހާ ކޮތަޅެއް އެނދުމަތީގައި ބެހެއްޓިއެވެ. ” ހިއާރ ޔޫ ގޯ…. ލޭޑީސްމެން ޝޮޕިންގްއަކަށް ގޮސްފިނަމަ ޝޮފް އެއްކޮށް ހުސްކޮށްލާފަ ދޯ އަންނަނީ ؟ ” އަކިޔަސް އެނދުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. ” އާންޓް އެއްޗެއް ގަންނަން ވާނެޔޭ ބުނީމަ ނުކެރުނު ނުގަންނާނެމޭ ބުނާކަށް…. ހޮނެސްޓްލީ އާންޓް އިސް ބެޓާރ ދޭން މައި މަދާރ… ” އެވްލީން އޭނަ އަޅައިގެން ހުރި ވޫލް ހެޓް ނެގުމާއެކު އެދިގު އިސްތަށިގަނޑު ތިރިއަށް ފައިބައިގެން ދިޔައިރު ހީވީ ޕަރީއެއް ހެންނެވެ. ” ރަޕަންޒިލްއާ ވާދަކުރަން ދޯ ލީން ތިއުޅޭނީ… ” އުނަގަނޑާ ހަމައަށް އޮތް އެވްލީންގެ ދިގު އިސްތަށިގަނޑަށް އަކިޔަސް ނަޒަރު ހިންގާލިއެވެ. ” ނޫނޭ… މިއުޅޭނީ ބިއުޓީ ސްލޫންއަކަސް ގޮއްސަ އިސްތަށިގަނޑު ކޮށާލަންކަމަށް… އައި ޑޯންޓް ލައިކް ލޯންގް ހެއާރ… ” އެވްލީން ކޮތަޅު ތަކުގައިވާ ސާމާންތައް ނަގަން ފެއްޓިއެވެ. ” ލޯންގް ހެއާރ ސުއިޓްޔޫ….. ” އަކިޔަސްގެ އެވްލީންގެ މޫނަށް ފުން ނަޒަރެއް ހިންގާލިއެވެ.
* * *
ޖެހިގެން އައި ދުވަހު ހެނދުނު ޒަރާ އާއި ބިލާލް ސްކޮޓްލޭންޑަށް ފުރައިގެން ދިޔަތާ މާގިނަ އިރެއް ނުވަނީސް ގެއަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލާފައިވަނީ އަކިޔަސްގެ އެކުވެރިންގެ އަޑުންނެވެ. ލިވިންގް ރޫމްގައި އަކިޔަސްއާއި އޭނަގެ އެކުވެރިން ” ފީފާ ” ގޭމް ނުހަނު ފޯރިއާއެކު ކުޅެމުން ދިޔައެވެ.
މިއަދު އޮތް ކްލާސްތައް ކެންސަލް ވީކަންވެސް އެނގުނީ ޒަރާމެން ފުރައިގެން ދިޔަ ފަހުންނެވެ. އެވްލީން ބްލޫޓޫތް ހެޑްސެޓެއް އަޅައިގެން އިނގިރޭސި ލަވައެއް އަޑުއަހަމުން ލިރިކްސްއާ އެއްވަރަށް ލަވަކިޔަމުން އައިސް ލިވިންގް ރޫމަށް ނުކުތް ވަގުތު އަކިޔަސްގެ އެކުވެރިން ފެނި އޭނަގެ ފިޔަވަޅުތައް ހުއްޓުމަކަށް އައެވެ. ލަދުގަތް ވަރުން އެމޫނު ރަތްވެގެން ދިޔައިރު ހީވީ ގަނޑު ލޭކޮޅެއް ހެންނެވެ. އެވްލީން ބާރަކަށް ހިނގާލާފައި ގޮސް ގޭގެ ބެކްޔާޑަށް ނުކުތެވެ.
” ހޫ ވޯސް ދެޓް ؟ ” އެކުވެރިއަކު އެވްލީން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެފައި އަހާލައިފިއެވެ. ” ފްރެންޑް އޮފް މައިން…. ބީ ރައިޓް ބެކް… ” އަކިޔަސް އޭނަ ހިފަހައްޓައިގެން ހުރި އަތްގަނޑު ސޯފާމަތީގައި ބާއްވަމުން ހިނގައިގަތެވެ. އެވަގުތު އެކުވެރިން ނުލަފާއެއްޗެކޭ ބުނެފައި ހީގަތް އަޑަށް އަކިޔަސް އެމީހުންނާއި ދިމާއަށް ލޯއަޅާލައިފިއެވެ.
އެވްލީންއަށް ބެކްޔާޑްގައިވާ ގްރީންހައުސް ފެނުމާއެކު އޭނަ ބާރު ފިޔަވަޅު ތަކެއްގައި ހިނގައިގަތީ ގްރީންހައުސްއާއި ދިމާއަށެވެ. އެގްރީންހައުސް ބޮޑުކަމުން ހީވަނީ ކުޑަ ކޮޓެއްޖެއް ހެންނެވެ. އެވްލީން ގްރީންހައުސް އެތެރެއަށް ވަނުމާއެކު ފެނިގެންދިޔަ ރީތި މާމެލާމެލީގެ ސަބަބުން އެތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލައިފިއެވެ. ބޮންސިއާ ، އޯރކިޑް ، ފިނިފެންމާ ، އެފްރިކަން ވައިލެޓް އަދި އަލްޕައިންސް މާތަކުން އެތެންވަނީ ފުރާލާފައެވެ. ފެހިކަންގަދަ އެމާހައުލަށް އެވްލީންއަށް އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން ހުރެވުނެވެ. އޭރުވެސް މެދުކެނޑުމެއްނެތި އިވެމުންދިޔަ ލަވައިގެ އަޑު އެވްލީންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.
އެވްލީން ރަތްކުލައިގެ ފިނިފެންމާ ގަހުން މަލެއް ބިންނަން ވެގެން އެގަހާއި ކައިރި ވީތަނާ ސިއްސައިގެން ދިޔައީ ފަހަތުން އަކިޔަސް އައިސް ވާހަކަ ދައްކަން ފެއްޓުމުންނެވެ. ބިރުން ތެޅިގަނެވުމާއެކު އޭނަ އަޅައިގެން ހުރި ހެޑްސެޓްވެސް ބިންމައްޗަށް ވެއްޓުނެވެ. އެވްލީން އަވަސް އަވަހަށް ގަހާއި ދުރަށް ޖެހިލަން އުޅުނު ވަގުތު އެއަތަށް ފިނިފެންމާ ގަހުގެ ކަށިތައް ނުހެރުނީ ހަމަކިރިޔާއެވެ.
އަކިޔަސް އެވްލީންގެ މޫނާއި ޖެހޭނުޖެހޭ ހިސާބުގައި ހުއްޓިލައިގެން ހުރިއިރު އެވްލީންގެ ބަސްނާހާ ހިތް އޭގެ އެންމެ ހަލުވި މިނުގައި ތެޅެމުން ދިޔައެވެ. އަކިޔަސް ބޭނުންކޮށްގެން ހުރި އާފްޓާރޝޭވްގެ މީރުވަހުން ހުރިހާ މާމެލާމެލީގެ ވަސް ފަނޑުކޮށްލައިފިއެވެ. ” ލީން ކީއްވެ އެހާ އަވަހަށް ދިޔައީ ؟ އަނެއްކާ ކަމެއްވީތަ ؟ ” އަކިޔަސް އެވްލީންގެ މުށިކުލައިގެ ދެލޮލަށް ނަޒަރު ހިންގާލަމުން ވާހަކަ ދެއްކިއެވެ. އެވްލީން ކުޑަ އިރުކޮޅެއް ވަންދެން ނޭވާލާންވެސް ހަނދާން ނެތުނެވެ. އެހާ ކައިރިން އަކިޔަސް ފެނުމުން އޭނަގެ ހުރިހާ ހިއްސެއް ގަނޑުވެގެން ދިޔައެވެ.
” ހޭއި… ” އަކިޔަސް އެވްލީން ލޯކުރިމަތިން އަތް ހުރަސް ކޮށްލުމާއެކު އެވްލީން ދިޔައި ސިއްސައި ގެންނެވެ. ” ކަ..ކަމެއްނުވޭ… ” އެވްލީން ދޫ ގަދަކަމުން ހަރަކާތް ކުރިއެވެ. ” އޯކޭ… ލީން މިރޭ ފްރެންޑެއްގެ އެންގޭޖްމެންޓް ޕާޓީއެއް އޮބައެއް…. ކޭން ގޯ ދެއާރ ވިތް މީ ، އެންޑް ލީން ބަހައްޓާފައި ދާކަށްވެސް ބޭނުމެއްނޫން. ލީންއަށް ނުދެވެންޏާ އައިވިލް ނޮޓް ގޯ…. ” އަކިޔަސް ފިނިފެންމާ ގަހުން ފިނިފެންމަލެއް ބިނެވެ. އަކިޔަސްގެ ޖުމްލަ އަޑުއިވުމާއެކު އެވްލީންއަށް ހީވީ ތަރިތަކުގެ އާލަމަށް އުދުއްސައި ގަނެވުނު ހެންނެވެ.
” އަހަރެން ދާނަން…. ” އެވްލީންއަށް ހަމަބިމަށް އާދެވުމާއެކު އޭނަ ބުނެލައިފިއެވެ. ” ސޯ އެއިޓްއަށް ރެޑީވެގެން ހުންނާތީ… ” އަކިޔަސް އޭނަ ބިން ފިނިފެންމާ އެވްލީން އަތަށް ދިއްކޮށްލަމުން ހިނިތުންވެލިއެވެ. އެވްލީން ތުރުތުރު އަޅަމުންދިޔަ އަތަކާއެކު މަލުގެ ތަނޑީގައި ހިފަހައްޓާލައިފިއެވެ. އަކިިޔަސް ގްރީންހައުސް އިން ނުކުމެގެން ދިއުމާއެކު އެވްލީންއަށް ފިނިފެންމާ ގެނެސް ނޭފަތުގައި ޖައްސާލެވުނެވެ. އެމަލުންވެސް އެވަގުތު އަކިޔަސްގެ ބޭނުންކުރާ ސެންޓް ވަސް އެވްލީންއަށް ދުވިއެވެ. ” އައެމް ކްރޭޒީ !… ” އެވްލީން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ގަސްގަހުގެ މާތަކުގައި ފިރުމަމުން އުޅުނުއިރު ފެންނަ ކޮންމެ މީހަކުވެސް އާޝޯހު ކޮށްލާނެއެވެ.
* * *
އެވްލީން ޕާޓީއަށް ދާން ތައްޔާރު ވެލައިގެން ނުކުތް އިރު އަކިޔަސް އެވްލީންގެ އިންތިޒާރުގައި ލިވިންގް ރޫމްގައި ދެކޮޅަށް ހިނގަލާ ހިނގާލާ ހުއްޓެވެ. ” އޯލްމޯސްޓް ނައިން… ” އަކިޔަސް އޭނަގެ ކަނާ އަތުގައި އަޅުވާފައިވާ ގަޑިއަށް އިޝާރާތް ކޮށްލިއެވެ. ” ސޮރީ… ވިންޓާރ ސީޒަންއަށް ވީމަ ނުފެނު ރަނގަޅު ހެދުމެއްވެސް ދެން މިއައީ އޯޑިނަރީ ހެދުމެއް ލައިގެން… ” އެވްލީން މަޑު ފިޔަވަޅު ތަކެއްގައި ގޮސް އަކިޔަސް ކުރިމައްޗަށް ހުއްޓުނެވެ.
” ޔޫ ލުކް ބިއުޓިފުލް އިން ދެޓް ޑްރެސް… ހިނގާ އަވަހަށް… ” އަކިޔަސް އެވްލީންއަށް ބަލައިލަމުން ބުނެލިއެވެ. އެވްލީން ލައިގެން ހުރި ހުދުކުލައިގެ މެކްސީ އެހަށިގަނޑާއި ވަރަށް ގުޅެއެވެ.
އެވްލީން ކާރާއި އަރާހަމަވުމާއެކު އަކިޔަސް ކާރުގެ ކުރީ ސީޓްގެ ދޮރު ހުޅުވާލަދިނެވެ. އެވްލީން ކާރަށް އެރުމާއެކު އަކިޔަސް ދޮރު ލައްޕާލާފައި ގޮސް ޑްރައިވާ ސީޓަށް އަރާ އިށީނެވެ. ދިހަ މިނެޓް ފަހުން ކާރުގޮސް މަޑުކޮށްލީ ބޮޑު ގެއެއްގެ ކުރިމައްޗަށެވެ. އެވްލީން އަކިޔަސްއާ އެއްހަމައެއްގައި ހިނގަމުން ގޮސް އެގޭގެ މައިދޮރާ އަރާހަމަވުމާއެކު ދޮރު ކައިރީގައި ހުއްޓިލައިގެން ތިބި ދެ ގާޑުން އެތެރެއަށް ވަނުމަށް ދޮރު ހުޅުވާލަދިނެވެ.
ލިވިންގް ރޫމް މީހުންތަކުން ފުރާލާފައި ވާއިރު އަޑުގަދަ މިޔުޒިކަކުން މާހައުލު ހަލަބޮލި ކޮށްލާފައި ވެއެވެ. ” ސޭމް އެންޑް އެލައިސް… ކޮންގްރާ…. ” އަކިޔަސް ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ތިބި ޖޯޑު ކައިރިއަށް ހުއްޓިލަމުން ބުނެލިއެވެ. އެލައިސް އަކިޔަސްގެ ގައިގައި ބައްދާލާފައި ކައިރީގައި ހުރި އެވްލީން ފެނުމުން އަކިޔަސްއާއި ސުވާލު ކޮށްލައިފިއެވެ. ” މީ ފްރެންޑެއް… ދެން ލީން ގޮވައިގެން ދާހާ ތަނެއްގައި ލޭބަލްކޮށްފަ ބަހައްޓާނީ ދިސް އިސް މައި ފްރެންޑް… ” ސަމާސާ ރާގެއްގައި އަކިޔަސް އިނގިރޭސި ބަހުން ބުނެލައިފިއެވެ. އަކިޔަސްގެ ޖުމްލައިން އެވްލީންގެ ހިތަށް ތަދުވެގެން ދިޔައެވެ. އޭނަ އުންމީދުކުރި ހުރިހާކަމެއް ފެނަށް ވެގެންދިޔަ ފަދަ ނުބައި އިހްސާސް ތަކެއްވެސް ކުރެވުނެވެ. އެވްލީން މެހުމާނުންނަށް ނަޒަރު ހިންގާލިތަނާ ތުން އަނބުރާލައިގެން އޭނައާއި ދިމާއަށް ބަލަހައްޓައިގެން ހުރި އެލީސާ ފެނުނެވެ.
އެލީސާ އެވްލީންއާއި ދިމާއަށް ލޯއަޅާލި އިރު އެދެލޮލުގައި ވިދަމުންދިޔަ ނަފްރަތުގެ ހުޅުކޮޅުތައް އެވްލީންއަށް ނިކަން ފަސޭހައިން ދެނެގަނެވުނެވެ. ބިރުވެރި ކަމުގެ ރާޅު ބާނީތަކެއް ހަށިގަނޑުގެ ހުރިހާ ނަރުތަކުގައި ދުވެލި ހިނދު ނޭގޭ ބިރުވެރިކަމެއް އެވްލީންގެ ހިތުގައި ބާރަކަށް ވިކައިގަތެވެ. ބޭއިހްތިޔާރުގައި އެވްލީންއަށް އަކިޔަސްގެ އަތުގައި ހިފަހައްޓާލެވުނެވެ.
” ލީން ކިހިނެއްވީ ؟ ” އަކިޔަސްއަށް އަހާލެވުނެވެ. ” އެލީސާ… ” އެވްލީން އަވަސް އަވަހަށް ބުނެލައިފިއެވެ. ” އޭނަ ވަރަށް ޖެލަސްވާނެ ލީންއާއެކު އަހަރެން ހުއްޓާ ފެނުނީމަ… ކުޑަކޮށް ކައިރިވެބަލަ އޭރުން އޭނަ އަނދައިގެން ދާނެ…. ޝީ ތިންކްސް ޔޫއާރ މައި ގާރލްފްރެންޑް…. ” އަކިޔަސް އެވްލީންގެ އުނަގަނޑުގައި ހިފާ އޭނައާއި ކައިރިކޮށްލަމުން ވައި އަޑަކުން ވާހަކަ ދެއްކިއެވެ. އެލީސާއަށް އަކިޔަސްއާއި އެވްލީން ކައިރީގައި ތިބި މަންޒަރު ފެނުމުން އޭނަގެ ހިތުގައި އަނދަމުންދިޔަ ރުޅިގަނޑު ފަޅައިގެން ގޮސް މުޅި މޫނު އަނގުރު އަލިފާން ކޮޅެއްހާ ރަތްވެގެން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




story hama awesome❤️❤️❤️❤️
Guys., I’ll update Hoadeythoa Manzileh tonight around 11pm (In Sha allah) 🙂 Sorry for the delay
Varah reethi Story eh Mi…. MA Sha Allah…
Past v foohi
Varah reethi
Varah ves reethi mi story
Dearups Koba miadhuge bai
Mivaahaka kiyaahithun keinuvey
Hihihihi
Kobaaaaatha alhe miadhuge bai
Miadhu 70 faharah mihaaru mi page reload kurevijje
Mihaaru anekkaa part thah ves gennaleh kurukan faahaga vefa up kurun vesfaruvaa kuda
Varah las up kuraaleh