އަވަސްވެފައިވާ ހިތަކާއި އެކު މެސެޖު ހުޅުވާލި ވިޝްނާގެ މޫނުގެ ކުލަވަރު އެއްކޮށް ބަދަލުވި އެވެ. މަޑު މުށިކުލަ އަކަށް ދާ ޝޯލްއަކުން ނިވާކޮށްފައިވާއިރު އެ ލޯބި މޫނާއި ވަރަށް ގުޅެ އެވެ. ނަމަވެސް އެމޫނުމަތިން މިހާރު ފެންނަމުން އެދަނީ ފޫހިކަމާއި މާޔޫސްކަމެވެ. މިހުރިހާ ކަމެއްގެ އަސްލަކީ ދެންމެ އޭނާއަށް ލިބުނު މެސެޖެވެ. ލިބުނު ޚަބަރުން ފޯނުން ނަޒަރު ވަކިކޮށްލަން ހަނދާންނެތިފައި އިންދައި އެހެން މެސެޖެއް އައެވެ. ފޫހިވެފައި އިން ނަމަވެސް މިފަހަރުގެ މެސެޖު ހުޅުވާލުމުން ކުރިން ހުރި […]
މާޒީގައި ތިންހަތަރު ކުދިންނާއި ލޯބީގެ ގޮތުން ގުޅެވިފައިވީ ނަމަވެސް ނުމާލް އާ ދިމާވިފަހުން ވިޝްނާއަށް މި ކުރެވެނީ މުޅިން ތަފާތު އިޙްސާސްތަކެކެވެ. ދެމީހުން ދިމާވިތާ މާގިނަދުވަހެއް ނުވިކަމުގައި ވިއަސް ވިޝްނާގެ ހިތުގައި ނުމާލް އަށްޓަކައި ވަރަށް ބޮޑު ގަދަރެއް ދެވިފައިވެ އެވެ. ނުމާލްގެ ހުންނަ މަޑުމައިރި ސަކަ މިޒާޖަކީ ވިޝްނާ އަށް ނުމާލް ކަމުދިޔަ އެއް ސަބަބެވެ. އަދި އޭނާގެ އޯގާތެރިކަމާއި ކެތްތެރިކަމަކީ ވިޝްނާގެ ހިތް އޭނާއަށް ލެބުމަށް މަޖުބޫރުކުރުވި ކަމެކެވެ. އަދި ދީނީ ގޮތުން ދުވަހަކުވެސް […]
ކޮންމެ ދުވަހަކީވެސް އާކަންތައްތަކަކާ ކޮންމެ މީހަކުވެސް ކުރިމަތިލާން ޖެހޭނެ ދުވަހެކެވެ. ފިތުރަތުގެ އުސޫލުން ދުނިޔެއަކީ އެއްހަމައެއްގައި މަޑުޖެހިފައި އޮންނަ ތަނެއް ނޫނެވެ. އެހެންނަމަވެސް ނުމާލް ގެ ދިރިއުޅުމުގައި ކުރިމަތިލާން މިޖެހޭ ކަންތައްތަކަކީ އޭނާފަދަ އެކަނިވެރިއަކަށް ކެތްކުރަން އުދަނގޫ ކަންތައްތަކެކެވެ. އުމުރުން އެންމެ ހަ އަހަރުގައި އަމިއްލަ މައިމީހާ ނުވެސް ދަންނަ ބައެއް ކައިރިއަށް ދޫކޮށް ދިޔައީ އެހެންނުހެދުމަށް އެދި އާދޭސް ކުރަނިކޮށެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް މަންމަ އަދި ބައްޕަ ގެ އެއްވެސް ހަބަރެއް ނުވިއަސް އެ ހިތުގައި އެމީހުންނަށްޓަކައި ދެވިފައިވާ ލޮއެއްބައް ކުޑަވެސް ބަދަލެއް ނާދެ އެވެ. ކޮންމެ ނަމާދަކަށްފަހު ދުޢާ ކުރަނީ އަބަދުވެސް އެދެމީހުންނަށް ހެޔޮގޮތް މިންވަރު ވުމަށް އެދި އެވެ. މި ޙިޔާލްތަކުގެ ކަނޑަށް ޤަރަޤު ވެފައިން ނުމާލް ސިއްސައިގެން ދިޔައީ އޭނާގެ ފޯން ރިންގުވާން ފެށުމުންނެވެ. ދެލޮލުން ފޭދިފައި ހުރި ކަރުނަތައް އަތުގެ ބޮޑުވައި އިނގިލިން ފުހެލުމަށްފަހު ފޯން ނަގައި ކަންފަތުގައި ޖައްސާލަމުން އިސްލާމީ ރިވެތި ސަލާމުން ސަލާމް ގޮވާލިއެވެ. “ސާބަހޭ. އަދިވެސް އޮފީހުން ނުކުމެވޭވަރު ނުވޭދޯ. ކައެ އަޅެ ތިވަރަށް ނޫޅުނަސް ވެދާނެދޯ.” ނުމާލްގެ އެކުވެރި ޝާމިން ފޯނުނެގުމުން ޝަކުވާ ކޮށްލި އެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މިހާރު ގޮސް ރޭގަނޑު އެގާރަ ޖެހީ އެވެ. ޢީޝާ ނަމާދުކޮށްގެން އޮފީހަށް އައި މީހާ އަދިވެސް އެ އިނީ އެތާވިއްޔާ އެވެ. “ހޫންންން. ފެށުނީ ދޯ. މި ފިހާރައިގެ ކަންކަން ނިންމާލީ. އާދެބަލަ ކޮފީއަކަށް މަ ވެސް މި ދަނީ”. ނުމާލް ވެސް ފޯނަށް ޖަވާބުދެމުން އާދައިގެ ހިނގުމެއްގައި އޮފީހުން ނުކުމެ ރެސްޓޯރެންޓަކަށް މިސްރާބު ޖެހި އެވެ. ދެ ޒުވާނުން ވާހަކަތައް ޙިއްސާ ކުރަމުންދިޔައިރު އެ ދެމެދުގައިވާ ގާތްކަމާއި އިތުބާރު ބަލާލި މީހަކަށްވެސް ހާމަވެގެންދާނެ އެވެ. މައިންބަފައިންނާއި އާއިލާއެއްގެ ލޯބިން މަޙުރޫމް ވިއަސް ތިމާއަށްޓަކައި ހެޔޮއެދޭ އޯގާތެރި ރައްޓެހިންތަކެއް ތިބުމަކީ ﷲ ދެއްވާފައިވާ ނިޢުމަތެއްކަން ނުމާލް ހަނދާންނައްތައެއް ނުލަ އެވެ. އެކަމަށްޓަކައި އަބަދުވެސް އެކަލާނގެއަށް ޝުކުރުއަދާކުރުމުގައި އޭނާ ސާބިތުވި އެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ދިމާވި ކޮންމެ އުނދަގުލަކާ ފުރޮޅަންޖެހުނު ކޮންމެ ގާގަޑެއް ފުރޮޅުމުގައިވެސް އޭނާއަށް އެހީވީ ހަމަ އެ ރަހުމަތްތެރިންނެވެ. މިކަންމުޅި އުމުރަށްވެސް ނުމާލް ބަލައިގަންނާނެ އެވެ. “ކޮބާ ރޭގަ އެމަންޖެގެ ހަބަރެއް ވިތަ؟” އާވިއަރަމުން ދިޔަ ކޮފީ ޖޯޑު ތުމުން ނައްޓާލުމަށްފަހު ޝާމިން ސުވާލު ކޮށްލީ އޭނާގެ އެކުވެރިޔާ ޙަޔާތުގައިވެސް އަލަށް އަންހެން ކުއްޖަކާ ގުޅިގެން އުޅޭތީ އެވެ. “ޝާންޓެ. އަންހެންކުދިންނާ އެގޮތައް ވާހަކަ ދެއްކުމަކީ އެހާ ރަނގަޅު ކަމެއްހެން ހިއެއްނުވޭ. މަ ބޭނުންވަނީ ސީދާ ކައިވެންޏަށް ދާން. އެކަމަކު މަށަށް ވާހަކަ ދައްކާނެ އެއްވެސް ފުރުސަތެއް ނުލިބޭ.” މާޔޫސްކަމާއެކު ކަރުއެލުވާލުމަށްފަހު ނުމާލް އޭނާގެ ޙާލަތު ބަޔާންކުރި އެވެ. “މަށަށް އެނގޭ އޭނާއަށްޓަކައި ބުރޯގެ ހިތުގައި ތިއޮތް ލޯބި. އަދި އިންޝާﷲ ކާމިޔާބު ވާނެ” އުއްމީދުން ފުރިގެންވާ ފަދަ ޖަވާބެއް އެކުވެރިޔާގެ ފަރާތުން ލިބުމުން ނުމާލް ގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ. އެބައްދަލުވުން ނިންމާލުމަށް ދެމީހުންވެސް ނިންމީ މާ ދަންވެފައި ހުރުމުންނެވެ. ސައިކަލާއި ކާރު ދުއްވަން ނުމާލް އަށް ފުރުސަތު އޮތް ނަމަވެސް އޭނާ މަޑު ހިނގުމެއްގައި ހިނގާލައިފާ އައިސް ގެއަށް ވަދެ ފެންވަރާލި އެވެ. ސިކުނޑި ތާޒާ ކޮށްލުމަށް އަބަދުވެސް އަމަލް ކުރާ ފަދައިން މިރޭވެސް އެތައްޔާރުވީ ޤުރުއާނުން މިންވަރެެއް ކިޔަވާލުމަށެވެ. މިއީ ކޮންމެ ރެއަކުވެސް ނުމާލް ނިދުމުގެ ކުރިން ކުރާކަމެކެވެ. އުމުރުން ސައްވީސް އަހަރު ވީ އިރު، ކިތަންމެ ބުރަކޮށް އުޅެން ޖެހުނު ނަމަވެސް ޤުރުއާން ކިޔެވުމާއި ސުންނަތް ނަމާދުކުރުމަކީ ފަރުޟުނަމާދު ތަކެކޭ އެއްފަދައިން ކުރަމުން އަންނަ ކަންކަމެވެ. އިންސާނާގެ އުމުރަކީ ބުނަން ނޭނގޭ އަދަދަކަށް ވީއިރު، އަބަދުވެސް އެންމެ ކައިރީގައިވާ އެއްޗަކީ މަރުކަން ހަނދާންކުރަން ޖެހެ އެވެ. އެހެނީ ތިމާގެ އަމަލްތައް ސީދާކޮށް މަރަށް ދަތުރު ހެދުމަކީ ވަރަށް އުނދަގޫ ކަމަކަށް އޮންނަނީ ވެފަ އެވެ. މިކަންކަމަށް ދަތުރަށް ތައްޔާރުކުރާ ނުމާލް މިރޭ ނިދަން އެ އޮތީ މާދަމާ، އޭނާގެ ދަތުރުގެ ނައުގެ މިސްރާބު އޮތް ދިމާލަށް މެކުހަށް ޖެހުމަށް ވަރަށް ތައްޔާރު ވެގެންނެވެ. ނަމަވެސް ކުރިއަށް އޮތް ވިލާގަނޑު ގެ ބޯމިން ކުޑަކޮށްވެސް ވިސްނާލަން ނޭނގޭ ހާލު އެތައްކަމެއް ކުރުމަށް ނިންމާގެންނެވެ. (ނުނިމޭ)
ހޫނުފެނުން ނުހަނު ހަމަޖެހިގެން ފެންވަރާލައިގެން ނިކުން ނުމާލް ތައްޔާރުވަމުން ދަނީ ފަތިސް ނަމާދުގެ ބަންގީގެ ކުރިން މިސްކިތައް ދެވޭތޯއެވެ. ޢެއީ އޭނާގެ އާދައެވެ. ދުވަހުގެ ފެށުން ފަތިސް ނަމާދުން ފެށުމަށް ޚާއްސަ ސަމާލްކަމެއް ދެއެވެ. މަޑު ނޫކުލައިގެ އަތްދިގު ގަމީހާއި ކަޅުކުލައިގެ ފަޓުލޫނުގައި ފެންނައިރު ހިތްކިޔާނެ އަންހެންކުދިން މަދެކޭ ނުބުނެވޭނެ އެވެ. މޫނުމައްޗައް ވެއްޓިފައިވާ ތެތް އިސްތަށިކޮޅު ރީތިގޮތަކަށް އެއްފަރާތް ކޮށްލާ، ގަމީހުގެ އަތުކުރި އުޅަބޮއްޓާ ހަމައަށް އޮޅާލިއިރު ބަލާލި މީހަކަށް އެ މައުސޫމްކަން އިޙްސާސް ކުރެވޭނެއެވެ. […]
ލޮއެއްބައްޓަކައި އަހަރެންގެ ދަތުރުގެ އޮޑި ހުއްޓަން މިޖެހުނީ ކަނޑުގެ މެދަށެވެ. އެހެން ގޮތަކަށް ބުނާނަމަ ދުއްވަ ދުއްވާ ހުއްޓާ އޮޑި އަޑިޔަށް ދިޔައީ އެވެ. އާއެކެވެ. ލޮއެއްބައްޓަކައި އަހަރެން މިކުރާ އިންތިޒާރުގައި ނިމުމެއް ނެތެވެ. އެހެންނަމަވެސް އެކަން އެނގި ހުރެވެސް އިންތިޒާރު ކުރެވެނީ އެވެ. މިގޮތުގައި 5 އަހަރުވެ އުމުރު ހުސްވިއަސް ހެވެއެވެ. ކަލާއެވެ. އަޑުއަހާށެވެ. އަހަރެންގެ ހިތުގެ އަޑު އަހާލަބަލާށެވެ. މީ ކަލާގެ މީހެކޭ ބުނި ގޮތައް މި ހިތުގެ އަޑު އެއްފަހަރު އަހާލަދޭށެވެ. ހެޔޮނުވާނެއެވެ. […]