” ކިޔާ ޕްލީސް… ” ރިހާނީ އައިސް އަކިޔަސް ކައިރީގައި އިށީންނަމުން ، އަކިޔަސްގެ އަތުގައި ހިފަހައްޓާލިއެވެ. ” ރިނީ އައެމް ވެރީ ޓަޔާރޑް…. ” އަކިޔަސް ޓީޝާޓް ބޭލުމަށްފަހު ދާވަށިގަނޑަށް ލުމަށްފަހު އައިސް އެނދުގައި އޮށޯތެވެ. ރިހާނީ ބޮޑު ލޮލަށް ކަރުނަ ޖަމާވަގެން ދިޔަ އެވެ. ރިހާނީގެ ގިސްލުމުގެ އަޑު ކޮޓަރި ތެރެއަށް ފެތުރިގެން ދިއުމުން ވެސްް އަކިޔަސް ލޯހުޅުވައި ނުލި އެވެ. ރިހާނީ ބާރު ބާރަށް ހިނގާލާފައި ގޮސް ފާޚަނާއަށް ވަނެވެ. ދުވަހަކުވެސް ފިލައިގެން […]
2 މަސް ދުވަހުގެ ބޮޑު ޗުއްޓީއަކަށް ފަހު ސްކޫލްތައް ހުޅުވުނީއެވެ. އައިރާވެސް ސްކޫލަށް ދިޔުމަށްޓަކައި ބައްޕައާއެކު ގެއިން ނުކުތެވެ. މަގުތައް އޮތީ ތޮއްޖެހިފައެވެ. ބައްޕަ ސައިކަލު ދުއްވަމުން ދިޔައީވެސް އެހާ މަޑުންނެވެ. އައިރާ ހުރީ ސްކޫލާ ހަމައަށް އަވަހަށް ނުދެވިގެން ލަސްވެފައެވެ. ހުރިހާ އެކުވެރިންނާ އެއްތަނަކުން އަނެއްކާވެސް ބައްދަލުވާނެތީއެވެ. އައިރާ ކުލާހަށް ވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ރީނާއާއި އެކުގައެވެ. އެމީހުންނަށް ކުލާހަށް ވަދެވުނު އިރުވެސް ވަރަށް ގިނަ ކުދިން ކުލާހުގައި ތިއްބެވެ. ގިނައީ މިދިޔައަހަރު […]
އަހަރެން ދަންނަން ފަންޑިތައް ހަދާ މީހެއް . އެމީހަަށް ޒައިން އަދި ރިޔާޝާ ދުރުކުުުުުރެވި ދާނެ .އެކަމަކު ވަރަށް ލާރިބޭނުން ވާނެ” ނާއިލް ވިސްނާލުމަށްފަހު ބުނެލި އެވެ “އަހަރެން އެކައުންޓުގައި ހުންނާނެ ފުދޭ ވަރަކަށް ގިނަ ލާރި” ޒީމާ އިސްތަށިގަނޑު ރީތި ކޮށްލަމުން ބުނެލިއެވެ ހޫމް .މިރޭ 8 ޖަހާއިރަށް ހަސަން ބެ ކައިރިއަށް ދާން ތައްޔާރު ވޭ މަދާނަން ބަލާ “ނާއިލް ގޮޑިން ތެދުވަމުން ބުނެލިއެވެ. ޒީމާ ހޫމް ލައްވާ ލުމަށްފަހު މިސްރާބު ޖެހީ ގެއަށް […]
އޮއްސެމުން ދިޔަ އިރަށް ނަޒަރު ހުއްޓާލައިގެން އަހަރެން އިން އިރު، ބޮލުތެރޭގައި އުފެދިފައިވާ ހައިޖާނުގެ ހިލަމެއް ބަލާ މީހަކަށް އިހުސާސް ނުވެދާނެއެވެ. އެހެނަސް އެތަކެއް އަހަރެއް ފާއިތުވުމަށް ފަހުގައިވެސް ހަނދާނުން ފިލައިގެން ނުދިޔަ އެ ހަނދާންތައް މިޔަދުވެސް މި ނަފްސު ހަލަބޮލި ކޮށްލައިފިއެވެ. އެކަނިވާ ކޮންމެ ވަގުތެއްގައި ކަޅާހުދުން ސިފަވެގެންދަނީ އެ އުފާވެރި ދުވަސްތަކެވެ. އެކުގައި ހޭދަކުރި އުފާވެރި ހަނދާންތަކެވެ. ތާއަބަދަށް އެކަކު އަނެކެއްގެ ހިމާޔަތުގައި ވުމުގެ އުންމީދުގައި ތިއްބާ، އެ އުންމީދުތައް އިންދިރާސްވެގެން ދިޔައީއެވެ. ހަމަ […]
ޝާމާވެސް ވަގުތުން ހޭނެތުނު އިރުގައި ނުއުމާންއަށް ޝާމާ ތިރިއަށް ވެއްޓުނަނުދީ ހިފަހައްޓައިލެވުނީ ހަމަކިރިޔާއެވެ. ޝާމާއަށް ފަރުވާދޭން ފެށިތާ ާގިނައިރު ނުވަނީސް ޝާމާހެއިއެރި އެއްކަމަކު މާހިލްއޭ ކިޔާ ރޮމުންދިޔައެވެ. ޝާމާ ހަމައަކަށް އެޅުނީ އަނިލްއެތަށް ނަސޭހަތެއް ދީ ވިސްނައިދިން ފަހުންފަހުނެވެ. ނޫރްއަށް ލޭ ދީފައި އައި ނަވީލްގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ހިތްތައް ކަތިލާފަދަ ހިތްދަތިކަމެވެ. އަނިލް ރިޔާޒްއަށް ގުޅާ މިހަބަރު ދިނުމުން ރިޔާޒްއަށް ވެސް ލިބުނީ ޝޮކެކެވެ. ރިޔާޒް ބޭނުންވީ އެންމެ އަވަހަށް އޮތް ފްލައިޓަކުން ރާއްޖެ އަންނާށެވެ. […]
“މިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ… ފަހަތުގައި ވަނީ… އަޔާން ގެ… އަޔާން ގެ އާއިލާ…” ލޯ މަރާލުމަށްފަހު މަލަކް ހާމަ ކޮށްލި ހަޤީގަތުން އަޔާން އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ކީކޭ ހޭ އަދި އެއްފަހަރު އަހާލެވުނީ ހައިރާންވެފައި އިނދެއެވެ. “އާނ… އަޔާން ގެ އާއިލާ… އަހަރެންނާ އަޔާން އާ ދުރުކުރުވީ އަޔާން ގެ އާއިލާ” މަލަކް ބުނެލިއެވެ. “މަލަކް ތި ބުނަން އުޅެނީ އަހަރެންގެ އާއިލާ މަލަކް އާއި ދުރު ކުރުވީ މަލަކް އަކީ…” އަޔާން […]
އެވްލީންއަށް އެތައް އިރެއް ވަންދެން ޗެރީ ގަހަށް ލެނގިލައިގެން ރޯން ހުރެވުނެވެ. ބުރަކަށީގައި އުފެދިފައިވާ ރިހުމުގެ ސަބަބުންވެސް އެރީތި ދެލޯ ފޫދުއްވާލަމުންދިޔަ ކަރުނަަތައް ވަނީ ގިނަވެފައެވެ. އެވްލީން ލޮލުން ފައިބަމުން ދިޔަ ކަރުނަ ތިކިތައް ފޮހެލީ އެދިމާއަށް ލުއި ފިޔަވަޅުތަކެއްގައި ހިނގާލާފައި އަންނަމުން ދިޔަ ޒަރާ ފެނުމާއެކުއެވެ. އެވްލީން ޗެރީ ގަހާ ދުރަށް ޖެހިލަމުން ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް ހަށިގަނޑުގައި އަޅަމުންދިޔަ ވޭނެއްގެ ސަބަބުން އެވްލީންއަށް ކޮޅަށް ހުންނަންވެސް އުނދަގޫވިއެވެ. ޒަރާ އައިސް އެވްލީންއާއި […]
ނިޔަފަތިތައް އެހެރަ ހުރެގެން ދިގުވަނީއެވެ. ދެލޯ ހުރީ ރަތް ކުލައިންދިއްލިފައެވެ. ދެއަތް މުށްކެވިފައި ހުރިއިރު އަތުގެ ނާރުތަށް ހުރީ ފުފިފައެވެ. އެއި އިިންސާނެކޭ ބުނާނީ ވެސް ކިހިނަކުން ހެއްޔެވެ؟ފެންނަ މީހަކު ބިރުން ހޭނެތޭ ހާ ވެއެވެ . އޭނާ މުޅި ތަނަށް ވަށައިގެން ބަލާލުމަށްފަހު އަތުޖެހުނު އެއްޗެއްވިއްޔާ އުކައި ގަތެވެ. މުޅި ކޮޓަރިތެރެއަށް ހީވަނީ ނަގޫ ރޯޅިއެށް އަރާފައި އޮތްހެންނެވެ. މިއީ ކަމަކާ ހިންހަމަ ނުޖެހި ރުޅިގަދަ ވެއްޖެނަމަ އޭނާގެ ހާލެވެ. ރުޅި ކޮންޓްރޯލް ކުރުމަށް އޭނާ ވަނީ ނުކުޅެ ދިފައެވެ. ފުންމައިގެން ގޮސް އެނާ ޖެހެގަތީ ފާރުގައެވެ. ދެއަތް ފާރުގައި ވިއްދާ ލުމަށްފަހު ދެފައިގެ އެހީގައި އޭނާ މަށްޗަށް އަރަމުން ދިޔައެވެ. ސީލިންގާއި ފާރާއި ދެމެދު ކިރިޔާ ބުރަކަޝި ގެހޭ ނުޖެހޭގައި ހުށްޓައި ދޮރުގައި ތަޅާގަތް އަޑު އިވުނެވެ. ދޮރާާ ދިމާލަށް ބަލާލުމަށްފަހު ދެއަތް ދޫކޮށްލާފައި އޭނާ މަތިން ތިރިއަށް ފުންމާލިިއެވެ. ފުންމާލިއިރު އޭނާހުރީ ކޮޅަށެވެ. އެ ބިޔަ ހަށިގަނޑަށް އެއްވެސް ގުޑުމެއް ނާރައެވެ. ބިމުގައި ދެފައި ޖެހުމާއިއެކު އޭނާ ފުންނޭވައެއްލާ ދެލޯ މަރާލިއެވެ.ދެލޮ ހުޅުވުންއިރު މުޅިމީހާގެ ސިފަ އަށް ވަނީ ބަދަލު އައިސްފައެވެ.އެއީ ކުރިން ފެނުނު ބިރުވެރި ސޫރައެކޭ މީހަކު ނުބުނާނެއެވެ.މިހާރު އެތާ ފެންނަން އެހުރި އަންހެން ކުދިންގެ ހިތްތަށް ކަތިލާފަދަ ރީތި ސިފަތަކެއް ލިބިގެންވާ ޒުވާނެކެވެ. ބާމަތިފުޅާ ރީތި ކަސްރަތީ ހަށިގަނދެކެވެ. އޭނާގެ ފަން ބޯ އިސްތަށިގަނޑު ހުރީ ކަނދުރާ އާއި ހަމާލަށް ދިގުވެފައެވެ. ކުޑަދޮރު ހުޅުވާފައި ހުރުމުގެ ސަބަބުން ކޮޓަރި ތެރެއަށް ޖެހިލާ މަޑު ވާރޯޅިއާއި އެކު ެ ޒުވާނާގެ ފަންދިގު އިސްތަށިގަނޑު އުދުހިލާ ގޮތުން ހިތްތަށް ލަންބުވާލައެވެ. މަޑު މުށި ކުލަިގެ ކަޅިރަވަ އަކައި ރީތި ދެލޮލެވެ. މަޑުމަޑުން އޭނަގެ ދެފައި ހަރަކާތް ކުރަން ފެށި އެވެ. އެފުން މިފުށަށް ޖެހިފައިވާ ކޮޓަރި ތެރެއަށް ބަލަމުން މަޑު ހިނގުމެއް ގައި ގޮސް ދޮރުހުޅުވާލިއެވެ.
އަކްރަމް ސައިނާ އާއި ކައިވެނިކޮށްގެން އެއްމަސް ދުވަހުގެ ޗުއްޓީއެއް ނެގުމުން ދެންކަންތައްވެގެންދާނެ ގޮތް މި ވާހަކައިން ވިދާޅުވާނެއެވެ. އިންތިޒާރުކޮށްލައްވާ!!! ނޯޓް:މި ވާހަކައިގެ ފުރަތަމަ ބައި އަންނަ ހަފްތާގައި އަޕްލޯޑް ކޮށްދެވޭނެ ވާހަކަ ހުރިހާ ކިޔުންތެރިންގެ ސަމާލުކަމަށްޓަކައި ބުނެލަމެވެ.