” ބްރޯ ވައި އިޒް އިޓް އޯލް ހެޕެނިންގް ޓު މީ ؟ ” ޒަވީން ދުރަށް ނަޒަރު ހިންގާލަމުން ތުންފަތުގައި ދަތް އަޅާލިއެވެ. ” ޒޭވް ޔޫއާރ ނައު ގްރޯން އަޕް ، ޑޯންޓް އެކްޓް ލައިކް އަ ޔަންގް ޗައިލްޑް…… އެއް ވެސް ދިރިއުޅުމެއް އެމީހަކު ބޭނުންވާ ގޮތަކަށް ނުގެންދެވޭނެ… ނައު އޯލް ޔޫ ނީޑް އިޒް ޓު ސީކް ހެލްޕް ފްރޮމް ﷲ… ” އަކިޔަސް ވިސްނައިދޭފަދަ ގޮތަކަށް ބުނެލިއެވެ. އަކިޔަސް ޒަވީންއާއި […]
ސައިކަލު ދުށްވަމުންދިޔައިރު ދެއެކުވެރިންގެ މެދުގައިވެސް ވަނީ މަރުފަދަ ހިމޭން ކަމެކެވެ. ސައިކަލު ދުއްވަމުން ދިޔައިރު ޝިވަން އިނީ ހައިރާން ވެފައެވެ. އިރާޝް އޭނާ ގޮވައިގެން ނިކުތި ކޮފީއަކަށް ދާކަށްނުހެއްޔެވެ؟ ދެން މިހާރު އެދަނީ ކޮންތާކަށް ހެއްޔެވެ؟ ޔަގީނެވެ. ކޮފީ ބޯށޭ ކިޔާހަވީރު ގަޑީ ނަލަހެދިލައިގެން އެނިކުތީ ބިޓުން ބަލާށެވެ. ޝިވަން ހިތަށް އައި އެއްޗަކުން ހިނިތުންވެވުނެވެ. އެވަގުތު އެހެން ލާފައި ދިޔަ ދެއަންހެންކުދިންނަށް މި މަންޒަރު ފެނި ހޭނެތޭވަރުނުވީ ކިރިޔާއެވެ. އޭނާ ހިނިތުންވެލާއިރު ކޮލަށް އެޅޭއަޑިކޮޅަކީ އޭނާ އަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭކަމެކެވެ. މިއިން އެއްވެސް ކަމެއް ޝިވަން އަކަށް ނޭނގުނެވެ. އެއަށްވުރެ ބޮޑަށް އޭނާ ވަނީ ފުންހިޔާލެއްގެ ތެރެއަށް ގޮސް ގެއްލިފައެވެ. އިރާޝް ސައިކަލު ދުއްވަމުން ގޮސް މަޑުކޮށްލީ ޖެލީ ކުރިމައްޗަށެވެ. ޝިވަނ ގެ ހިތަށް ސުވާލުތަށް ފުނި ޖެހެމުނދިޔައެވެ. ”ކައެ ބުނީމެއްނު ކޮފީ އަކަށޭ ….. ދެން ކީއްވެ މިތަނަށް..” ޝިވަން ގެ ސުވާލު ނުނިމެނީސް އިރާޝް އޭނާގެ ވާހަކަ ފެށި އެވެ. ”އާނ… މިހެން ދަމުން ހިތަށްްއެރީ މިތަނަށޭ ވައްނާނީ ޖޫގޯ އެއް ބޯލަން.. އޯކޭ ތަ؟… ”އާނ.. މަށަށްވެސް އޯކޭ!..” ޝިވަން ޖަވާބު ދިނެވެ. ދެމީހުން ގޮސް އެތަނުން ހުސް މޭޒެއްގެ ދޮށުގައި އިށީނެވެ. ބިލަށް ޕޭ ކޮށްފައި ނިކުންނާން ދަނިކޮން އެތާ ހުރި ކުއްޖެއްގެ އަތުން ޝިވަން ގެ ގަޔަށް ޖޫގޯ ތަށި ވެރުނެވެ. ”ސޮރީ..” އެ ކުއްޖާ ވަރަށް މަޑުުން ހުރުމަށް ފަހު ބުނެލިއެވެ. ޝިވަން އަށް ހުރެވުނީ އެ ކުއްޖާގެ ކަޅުކަން ގަދަ ދެލޮލުގެ ތެރެއަށް ގެއްލިފައެވެ. އެ ކުއްޖާ ލަދުން އިސްޖަހާލިއެވެ. ފައިގެ ފަލަ މަސް ގަނޑާ ހަމައަށް އަންނަ ފަން އިސްތަށިގަނޑކެވެ. މަޑު ފިޔާތޮށިކުލައިގެ ތުނި ތުންފަތެކެވެ. ޝިވަން އަށް ހޭވެރިކަން ވީ އިރާޝް ކަރުކެހިލުމުންނެވެ. ”ކޮން ނަމެއް ކިޔަނީ؟” ޝިވަން ސުވާލު ކޮށްލިއެވެ. ”ޝިޔާ” ލަދުވެތިކަމާއެކު ޝިޔާ ޖަވާބު ދިނެވެ.”އަހަންނަަށް ކިޔަނީ ޝިވަން” ސަލާމަށް އަތް ދިއްކޮށްލަމުނ ޝިވަން ބުނެލިއެވެ. ޝިޔާ މަޑުު މަޑުން ޝިވަން ގެަތުގައި ހިފާލިއެވެ. އެ އަތް ގަނޑުފެންކޮޅެއްހާ ފިންޏެވެ.”ޝިޔާ! އަހަންނަށް ޝިޔާގެ ފޯނު ނަމްބަރު ދެވިދާނެތަ؟” ޝިވަން ބުނަން ނުބުނަން ހުރެފައި ސުވާލު ކުރިއެވެ. ”އަަނ..” ޝިޔާ އޭނާގެ ނަމްބަރު ޝިވަން އަށް ދިނެވެ. ”މިރޭ ގުޅިޔަސް އޯކޭތަ؟” ޝިޔާ ރަކި ހިނިތުން ވުމަކާއެކު ބޯޖަހާލިއެވެ. އިރާޝް އާއެކު ނިކުންނަން ދަމުން ޝިވަން ޝިޔާ އަށް އެއްލޯ މަރާލިއެވެ. ޝިޔާ ލަދުން މޯލިނުވީ ކިރިޔާ އެވެ. ”ކޮބާ!ތިހިރީ އަންހެން ކުއްޖެއް ފެންނައިރަށް ކައެ އަށް ވާ ގޮތް” ޝިވަން ގެ ކޮނޑަށް އަތް ލަމުން އިރާޝް ބުނެލިއެވެ. ”އޭނ! ހިނގާ އަވަހަށް މަ ގެ އަށް ވައްޓާލަން ދާން ! ރަޒާ އަންނާނެ މިހާރު. މަ އަތުގަ މިއޮތީ ތަޅުދަނޑި ވެސް” އަތުގައި އޮތް ތަޅުދަނޑި ދަައްކާލަމުން ޝިވަން ބުނެލިއެވެ. ޝިވަން މެން ގެއަށް ދިޔަ އިރު ރަޒާ ހުރީ ގޭ ދޮރުމަތީ ގައެވެ. ”ދޮންބޭ!!! މިހާރު ރަޒާ މިތާ ހުންނަތާ ކޮންއިރެއް؟” ރަޒާ ޝަކުވާ ކުރަން ފެށިއެވެ. ”ސޮރީ! ދޮންބެ ހަނދާން ނެތުނިއްޔޭ މިއަދު ރަޒާ އަށް ނިމެނީ ހަވީރު ކަން ” ޝިވަން މަޢާފަށް އެދުނެވެ.
ހޯލުގެ ފާރުގައި ބޮޑުއަކުރުން ‘މަރުހަބާ ޑރ. އާމިނަތު އަވްލީން މިރުހާން’ ޖަހާފައި އިނެވެ. އަވްލީން ހިނިތުންވެލަމުން އެންމެންނާއި ސަލަމް ކުރިއެވެ. ހުރިހާ އެންމެން ވެސް ވަރަށް ހިތްހެޔޮވެފައި ގުޅެއެވެ. އެހެންކަމުން އަވްލީން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. “މީ މި ހޮސްޕިޓަލްގެ ސްޓާފުންގެ ފަރާތުން ޑރ. އަވްލީން އަށް ދޭ ކުޑަކުޑަ ސަޕްރައިޒް އެއް. ޕްލަސް ހުރިހާ އެންމެންގެ އިންޓްރޯއެއް ދިނުމަށް ބާއްވާލި ކުޑަ މީޓިން އެއް. އެވްރިވަން ޕްލީޒް ސިޓް ޑައުން. އިރުކޮޅަކުން ޑރ. ރާދިން ދުރުވާނެ […]
އެ ޒުވާން ފިރެހެން ކުއްޖާ އަންނަމުން ދިޔައީ އައިރާ އާއި ދިމާއަށެވެ. ކައިރިވަމުން އަންނަވަރަކަށް އެއީ ކާކުކަން އައިރާ ދެނެގެނެފިއެވެ. އައިރާގެ ހިތް އަވަސްވަމުން ދިޔައެވެ. އިންތަނުން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. އެ ޒުވާނާ އައިސް އައިރާގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެއްޖެއެވެ. ހަމަހިމޭން ކަމުގެ ވަގުތުކޮޅެކެވެ. ކުއްލިއަކަށް އައިރާ އަށް ހޭލެވުނީ ކޮއްކޮ ރޮއިގެން އަޑަށެވެ. ހުވަފެނުގައި އެ ފެނުނީ އަރީނެވެ. ކީއްވެގެންބާއެވެ. އޭނަ އަހަރެންނާއި ދޭތެރޭ ވިސްނަފާނެބާއެވެ. ވިސްނާނަމަ މި ހުރިހާ ދުވަސްވީއިރު ހޯދަން […]
” ސެލީނާ އެބަހޯދާ ދަރިފުޅު…! ” ފާޒިން ދޮރުހުޅުވާލުމުން ވަދީފާ ބުނެލިއެވެ. ފާޒިން އެނދުމަތީގައި އިށިންދެލައިގެން އިން މައިޝާއަށް ބަލާލަމުން ބޭރަށް ނިކުންނާން ހިނގައިގަތެވެ. ވަދީފާވެސް ކޮޓަރިތެރޭގައި އިން މައިޝާއަށް ހިނިތުންވުމެއް ހަދިޔާ ކުރަމުން ދޮރުލައްޕާލާފައި ފާޒިންގެ ފަހަތުން ހިނގައިގަތްއިރު ހީވަނީ ފާޒިންގެ ބޮޑީގާޑުހެންނެވެ. ” ކީކޭ ސެލީ…! ” ސިޑިން ފައިބައިގެން އައި ފާޒިން ސިޓިންގްރޫމުގެ ގޮޑިއެއްގައި ޖައްސާލައިގެން އިން ސެލީނާ ފެނުމުން ބުނެލިއެވެ. ” ބޭބެ ބުނީ ބޭބެމެން ބޭނުމީ އެކޮޅުގައި މަޑުކޮއްލާށޭ…! އަހަރެމެންނަށް […]
” މަލާމަތް ކުރާނެކަމެއް ނެތް.. އަހަރެން އަދި އަލަށޭ މި ރަށަށް މި އައީ… ދެން މި ރަށުގަ އުޅޭ މީހުންގެ ގޭގެއެއް ނޭނގޭނެ އެއްނު.. ދޯ މައުރިން..” ޒަކްވާން މިހެން ބުނުމުން މައުރިން ހިނިތުންވެލާފައި ނިކުމެގެން ހިނގައްޖެއެވެ. މައުރިން ދިއުމުން ޒަކްވާން އާއި ޝައިމް ވެސް ކޮޓަރިއަށް ވަނެވެ. ރޭގަނޑުގެ ކެއުމަށްފަހު ޒަކްވާން އާއި ޝައިމް، އަތިރިއަށް ދިޔައެވެ. ވައި ޖައްސާލާ ހަށިގަނޑަށް ފިނިކޮށްލުމަށްޓަކައެވެ. ” މައުރިން ވެސް ގޮވައިގެން އައިނަމަ…” އުނދޯއްޔެއްގައި އިށީންނަމުން ޒަކްވާން […]
ރޭގަނޑުގެ ފިނި ފިނި ރޯކިތަށް ހަށިގަނޑުގައި ބީހެމުން ދިޔައީ ހީކަރުވާ ޒާތަކަށެވެ. ގަސްތަށް އެ ވައިރޯޅިތަކާއެކު އެއް ރާގަކަށް ނަށަމުން ދިޔަ ފަދައެވެ. ފަތްތަށް އެ ގަސްތަކުގެ ހިޔާވަހިކަމުން ބޭރުވާ ފަހަރުވެސް މަދެއް ނޫނެވެ. ވިއްސާރަ މޫސުމުގެ ދުވަހެއްކަމުން ފަޒާގައި ހިފާފައިވަނީ ތެތްފިނިކަމެކެވެ. ކޮޓަރީގެ ބެލްކަނީގައި ހުއްޓިލައިގެން އެ ޒުވާނާ ހުރީ މީހެއްގެ އިންތިޒާރުގައި ކަހަލައެވެ. މިނިވަން ވަޔާއެކު އޭނާގެ ކަޅު ފަން އިސްތަށިގަނޑުވެސް ދިޔައީ ވިހުރެމުންނެވެ. ލުވެއިޒްގެ ތުންފަތް މަތީގައިވާ ފިރިހެންވަންތަ ހިނިތުންވުން އެންމެ ހިނދުކޮޅަކަށްވެސް ފިލައިގެން ނުދެއެވެ. އޭނާ ހުރީ […]
“މަންމާ ބުނަންތަ… އަހަރެންގެ ދިރިއުޅުންމީ.. މަންމަ އެހެން ފިރިހެނަކާއެކު ފިލައިގެން ދިޔަރޭ އަހަރެން ރުއިރުރިން ހަނދާން އެބަހުރިތަ…” އަމްރު އިސްޖަހާލަމުން އެހެން ބުނެލި ގޮތުން އީމާނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަމްރު އެހެން ބުނެފައި ދިޔައީ ކޮޓަރިއާއި ދިމާއަށެވެ. ކޮޓަރިއަށްވަދެ ދޮރު ޖެހި އަމްރު ލޯ މަރާލަމުން ފުންނޭވާއެއް ދޫކޮއްލިއެވެ. އަދި ދޮރުފަތިގައި ބުރަކަށި ޖައްސާލަމުން ވިސްނާލީ މީގެ ކުރިން އޭނާގެ މަންމަ ދެއްކި ވާހަކަ ތަކާއި މެދުގައެވެ. އީމާނާ ބުނި ގޮތުގައި ތަޝްކީލްއަކީ އޭނާއަށް ފެނުނު […]
އަހަރެންގެ އުމުރުން ހަތަރު އަހަރުގައި އަހަރެންގެ މަންމަ ވަނީ ކެންސަރު ބަލީގެ ޝިކާރައަކަށްވެ މިދުނިޔެ ދޫކޮށްފައެވެ. އޭގެފަހުން އަހަރެންގެ ބައްޕައާއެކު އަހަރެން އުޅެމުން ދިޔައީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. އަހަރެންނަށް ބައްޕަގެ ފަރާތުން އިންތިހާއަށް ލޯބި ލިބުނެވެ. ނަމަވެސް އަހަރެންގެ ޙަޔާތުގައި އުނިވީ މަންމަގެ ލޯތްބެވެ. ކިތަންމެ ވަރަކަށް ލޯބިދިނަސް މައެއްގެ ލޯބި ބަފައަކަށް ނުދެވޭނެއެވެ. އެކަން އަހަރެންގެ ބައްޕައަށް އިހުސާސްނުވީކަމެއް ނުވަތަ އަހަރެންނަށް ދޮންމަންމައެއް ހޯދައިދޭން ބޭނުންނުވީއެއްކަމެއް ނޭނގެއެވެ. މަންމަ ނިޔާވިފަހުން ބައްޕަ އެހެން މީހަކާ […]