Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް ތިއޭ މިހިތް އެދޭ (6)

Nashy Level 110 Stories
October 31, 2018 4 Mins Read
6 Comments

އެ ޒުވާން ފިރެހެން ކުއްޖާ އަންނަމުން ދިޔައީ އައިރާ އާއި ދިމާއަށެވެ. ކައިރިވަމުން އަންނަވަރަކަށް އެއީ ކާކުކަން އައިރާ ދެނެގެނެފިއެވެ. އައިރާގެ ހިތް އަވަސްވަމުން ދިޔައެވެ. އިންތަނުން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. އެ ޒުވާނާ އައިސް އައިރާގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެއްޖެއެވެ. ހަމަހިމޭން ކަމުގެ ވަގުތުކޮޅެކެވެ. ކުއްލިއަކަށް އައިރާ އަށް ހޭލެވުނީ ކޮއްކޮ ރޮއިގެން އަޑަށެވެ. ހުވަފެނުގައި އެ ފެނުނީ އަރީނެވެ. ކީއްވެގެންބާއެވެ. އޭނަ އަހަރެންނާއި ދޭތެރޭ ވިސްނަފާނެބާއެވެ. ވިސްނާނަމަ މި ހުރިހާ ދުވަސްވީއިރު ހޯދަން ނޫޅެއެއް ނުހުންނާއެވެ. އެއީ ހުވަފެނެކެވެ. ހުވަފެނަކީ ބިލާހެކެވެ. އަހަރެން ކަހަލަ މީހަކާ ދޭތެރޭ ވިސްނާނީވެސް ކާކުހެއްޔެވެ.؟ މިކަހަލަ ހިޔާލުތަކެއްގައި އޮއްވަ ފަތިސް ނަމާދަށް ބަންގި ގޮވައިފިއެވެ.
******
އަރީން އޮސްޓްރޭލިޔާގައި ޑޮކްޓަރީކަން ކިޔަވަމުންދާތާ 2 އަހަރުވަނީއެވެ. އަރީންއަކީ މުޅި ޔުނިވަރސިޓީގެވެސް އެންމެ މޮޅު ދަރިވަރުންތަކުގެތެރޭގައި ހިމެނޭދަރިވަރެކެވެ. އެހެންކަމުން ހުރިހާކުދިންވެސް އަރީންއާއި އެކުވެރިކަން ބާއްވަން ބޭނުންވެއެވެ. އެހެންކަމުން އަރީންގެ އެކުވެރިންތައް ބައިވަރެވެ. އެތައް އަންހެން ކުދީންނެއް އަރީންގެ ރީތިކަމާއި ހެދި ދީވާނާ ވަމުންދިޔައެވެ. ދުވާލަކު އެތައް ހުށަހެޅުމެއް އަރީނަށް ލިބެއެވެ. ނަމަވެސް އަރީންގެ އެއްވެސް ޝައުޤުވެރި ކަމެއް އެއިން އެއްވެސް އަންހެންކުއްޖަކާދޭތެރޭ ނުއުފެދުނެވެ. އަދިވެސް އޭނާގެ ހިތުގައި ވަނީ އައިރާއެވެ. އަރީން އައިރާ މަތިން ހަނދާން ނައްތާލަން ހާދަ މަސައްކަތެއް ކޮށްފިއެވެ. އެހެންނަމެވެސް އޭނާގެ ހިތް މިކަމުގަ އޭނަޔާ އެއްބާރުލުމެއް ނުދިނެވެ. އެ ހިތް ބުނާކަހަލައެވެ. އަރީންގެ މަންޒިލަކީ އެއީއެވެ. އެކަމަކު އެހެންވާނީ ކިހިނެތް ހެއްޔެވެ؟ އަރީން ހިތައް ވިސްނަދެވޭތޯ ހާދަ މަސައްކަތެއް ކޮށްފިއެވެ. މި ވީހާ ދުވަސްވީ އިރުވެސް އަރީންގެ ނަސޭހަތުގެ އަޑެއް ހިތައް އިވޭކަމަކަށް ނުވިއެވެ..
***
“އަހަރެން މި އުޅެނީ ރާއްޖެދާން ކަމަށް. އަރީން މި ފަހަރު ބްރޭކްގަ ރާއްޖެއަކަށް ނުދާނަންތަ” އަރީންއާއި ވާހަކަ ދައްކަމުން ދިޔައީ އޭނަޔާ އެއްކޮށް ޑޮކްޓަރީ ކަން ކިޔަވަމުންދާ އަދި އެންމެގާތް ރަހުމަތްތެރިޔާ އައިމަންއެވެ.
” ދާން ބޭނުން. އެކަމަކު މިފަހަރަކު ނުދާނަން. ކުރިމަތީއޮތީ ބޮޑު އިމްތިހާނެއްނުން. އިމްތިހާންގެ ކުރިން މަންމަވެސް ދާކަށް ޤަބޫލެއް ނޫން” އަރީން ކިޔަން އިން ފޮތައް ބަލަން އިދެގެން އައިމަން އަށް ޖަވާބު ދިނެވެ.
” ކޮބާތަ އަރީންގެ ހިތް ދީގެން ތި އުޅޭ ކުއްޖާ.. ކުއްޖާގެ މައުލޫމާތު ލިބިގެންނުން މަ އަންނަ އިރު އެމަންޖެ ގޮވައިގެންވެސް އާދެވޭނީ” އައިމަން މަޖާވެލާފަ ބުންޏެވެ.
އަރީން ޖަވާބުގައި ހީލީއެވެ. މިއީ އަރީން ދޭނެ ޖަވާބުކަން މާކުރިންވެސް އައިމަން އަށް އެގެއެވެ.
****
އައިމަން އަކީ އައިމަންގެ އާއިލާގައި ހުރި 3 ކުދިންތެރެއިން ހުރި ހަމައެކަނި ފިރެހެން ދަރިފުޅެވެ. އަދި އެންމެ ހަނގުދަރިފުޅުވެސް މެއެވެ. އައިމަންގެ މަންމައަކީ މ.ވޭވަށުމީހެކެވެ. ބައްޕައަކީ ރ.އަތޮޅުމީހެކެވެ. ކައިވެނި ކުރުމަށްފަހު މާލެ ބަދަލުވީ މަންމަ މާލޭގައި އުޅެން ބޭނުންވުމުންނެވެ. މާލެ ބަދަލުވިތާ މާގިނަ ދުވަހެއް ނުވެބައްޕައަށް ސަރުކާރު ވަޒީފާއެއް ލިބުނެވެ. މަންމަ ފެށީ ވިޔަފާރިއެއް ކުރާށެވެ. މަންމަފެށި ވިޔަފާރި ކުރިއަރައިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ވިޔަފާރީގައި ލިބެމުން ދިޔަ ފައިދާއާއެކު ރާއްޖޭގެ ބޮޑެތި މުއްސަދިންގެ ސަފުގައި ފައިހަރުކޮށްލިއެވެ. މިހާރު އެއީ ރާއްޖެތެރެއަށް އުފަން މާލޭ މީހުންނެވެ.
އޭގެ ހަފްތާއެއްފަހެވެ. އައިމަން ރާއްޖެ އަތުވެއްޖެއެވެ. ރާއްޖޭގައި އޭނައަށް ހޭދަކޮަށްލަން ލިބޭނީ އެންމެ މަހެކެވެ. ރާއްޖެ އައިސް އޭނާ ކުރަންރާވާފައިވާ ކަންތައްތަކަކީ އެއްމަސްދުވަހުން ވާނެ ކަންތައްތަކެއް ނޫނެވެ. ރަށްރަށަށް ގޮސްލާަ ރަށްފުށުގެ ދިރިއުޅުން އޭނާ ވަރަށް ބަލާލާ ހިތްވެއެވެ. ނަމަވެސް އުމުރުގެ މިހާ ހިސާބަށް އާދެވުނު އިރުވެސް އެކަމެއް ނުވެއެވެ. ސްކޫލް ބޮޑު ޗުއްޓީގަވެސް އާއިލާއެންމެންދާނީ ރާއްޖޭން ބޭރަށެވެ. ނޫނީ ކޮންމެވެސް ރިޒޯޓަކަށެވެ ރާއްޖެތެރޭ ރަށްރަށަށްދާން މަންމަފޫހިވަނީއެވެ. ރަށްފުށުގައި އުޅެބޮޑުވިނަމަވެސް މަންމަ ވަނީ އެކަން ހަދާން ނެތިފައެވެ. މާލޭ މީހުންނަށް ވެވުނީމަވެސް ކަންނޭނގެއެވެ. ނޫނެކެވެ. މަންމަގެ މުއްސަނދިކަން މަންމައަށް މާ ބޮޑަށް ފެނުނީއެވެ. ބައްޕައަށް ވުރެން މަންމަގެ ނުފޫޒު އާއިލާގައި މާގަދައެވެ. ބައްޕައަށް މަންމައާއި ދެކޮޅަށް އެއްވެސްކަމެއް ކަމެއް ކުރާކަށް ނުކެރެއެވެ.
އައިމަން ރާއްޖެ އައި ފަހުން 20 ދުވަސްވީއެވެ. ބައްޕަ ކައިރީ ރަށަކަށްދާން އޭނާ ރާއްޖެ އައިންސުރެން ކިޔަނީއެވެ. އައިމަން ހިތްހަމަޖެހޭ ކަހަލަ ވާހަކައެއް ބައްޕަ އަށް ބުނެވުނީ އަދި ކިރިޔާއެވެ. ބައްޕަގެ އޮފީހުގެ މުވައްޒަފުންކޮޅެއް ގއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރާ ދަތުރެއް އެބައޮތެވެ. ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް މީހުން ހޭލުންތެރި ކުރުވުމަށް ކުރާ ދަތުރެކެވެ.. އެއީ 3 ދުވަހުގެ ދަތުރެކެވެ. ބައްޕަ ނިންމީ އެމީހުނާއެކު އައިމަން ފޮނުވާށެވެ. ބައްޕަ އެގޮތައް ނިންމިކަން އެނގުނީންސުރެން އައިމަން ދިޔައީ ތައްޔާރުވަމުންނެވެ. މިދަތުރަށް އޭނާ އަށް އެންމެ މުހިއްމުވި އެއްޗަކީ އޭނަ ގެންގުޅޭ ކެމެރާއެވެ. އައިމަން ނަގާ ފޮޓޯތަައް މޮޅެތި ފޮޓޯގްރާފަރުންނަށް ދޫ ނުކުރެއެވެ. ފޮޓޯ މައުރަޒަކަށް އޭނާ ނަގާ ފޮޓޯ ލައިފިނަމަ ކޮންމެވެސް ވަނައެއް ނުލިބިނުދާނެކަން ޔަޤީނެވެ.
***
އައިމަން ގއ. އަށް ފުރައިފިއެވެ. ކޮންމެ ރަށަކަށް ފައިބާފަވެސް އައިމަން ހުންނަނީ އާޝޯހުވެފައެވެ. ރާއްޖޭގެ ރަށްތަކުގެ ހިތްގައިމުކަން އޭނާ އަށް މި އެގުނީ އަދި ކިރިޔާއެވެ. އޭނާ އަތުން ކެމެރާ ދޫކޮށްވެސް ނުލައެވެ. އެތައް ފޮޓޮއެއް ނަގައިފިއެވެ.
3 ވަނަ ދުވަހެވެ. މާލެދާން ފުރަންޖެހޭ ދުވަހެވެ. އެހެންނަމަވެސް ގއ. ވިލިނގިިލީ ކައުންސިލް އިދާރާގެ އެދުމުގެ މަތިން އެރަށަށްވެސްދާން ނިންމާފިއެވެ. އެރަށަކީ މިފަހަރުގެ ލިސްޓުގައި ދާން ރޭވިފައި އިން ރަށެއް ނޫނެވެ.
ްހެނދުނު 7 ޖެހިއިރު އައިމަންމެން ހުރީ އެރަށުގައެވެ. އައިމަން ރަށަށް ފޭބުމާ އެކު ފޮޓޯ ނަގަން ފަށައިފިއެވެ. އެހެންއެންމެން ކައުންސިލް އިދާރާ އަށް ހިނގައްޖެއެވެ. މިއީ ކޮންމެ ރަށަކަށް ގޮސްވެސް ކަންތައް ކުރާ ގޮތެވެ. އެމީހުން އެކުރާކަމެއް ނިމި ގުޅަންދެން އައިމަން ރަށުތެރެބަލާލަނީއެވެ. ބައެއް ފަހަރު ދެވޭ ނުދެވޭ ތަނެއް ނޭނގިގެންވެސް އުޅެންޖެހެއެވެ. ނަސީބަކުން ކޮންމެ ފަހަރަކުވެސް ކޮންމެވެސް މީހެއްގެ އެހީތެރިކަން ލިބެއެވެ.
އައިމަން ރަށުގެ އެކިތަންތައް ފޮޓޯނަގަމުން ދިޔައެވެ. އައިމަން ހުއްޓުނީ އައިރާމެންގެއާ އަރާ ހަމަވުމުންނެވެ. އެގެ އޭނާއަށް ވަރަށް ކަމު ހިނގައްޖެއެވެ.ވަރަށް ދުވަސްވީގެއެއް ވީމައެވެ. މިކަހަލަ ގެތައް ރަށްރަށުންވެސް މިހާރު ފެންނަނީ ވަރަށް މަދުންނެވެ. އެހެންނޫނަސް އައިމަން މިކަހަލަގެއެއް ފެނުނުމީ ފުރަތަމަ ފަހަރެވެ. އައިމަން އެ ގޭގެ އެކި އަރިއަރިމަތިން ފޮޓޯނަގައިފިއެވެ. ކުއްލިއަކަށް ކެމެރާގެ ލެންސަށް އެއެރީ އެގެއިން ނުކުތް އައިރާއެވެ. ހާދަ ރީތިކުއްޖެކެވެ. އައިމަން ކެމެރާ ލޮލާ އެއްކާރި ކޮށްލާ އައިރާއާ ދިމާއަށް އަދި ރަނގަޅަށް ބަލާލިއެވެ. ދެން އުޅުނީ ފޮޓޯއެއް ނެގޭތޯއެވެ. އައިރާއަށް މީހަކު ފޮޓޯ ނަގަން ހުރިކަންވެސް އެ އެނގުނީ ހަމަ އެވަގުތެވެ. އަވަސް އަވަހަށް ގެއަށް ވަންނަން ދިޔައެވެ. ކުރާނީ ކީއްހެއްޔެވެ. އައިމަންއަށް ފޮޓޯ އެނެގުނީ އައިރާ އަނެއްފަރާތަށް އެބުރުނު ވަގުތެވެ. ާއައިރާ ވަން ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުއްޓަ އައިމަން ހުރިތަނެއް ހޯދަން ގުޅައިފިއެވެ. އެމީހުންތިބީ ފުރަން ތައްޔާރުވެގެންނެވެ. މިހާ ކުޑަވަގުތުކޮޅަކަށް މިރަށަށް އައީ ކީއްކުރަން ހެއްޔެވެ.؟ އައިމަން ހިނގައިގަންތަނާ އައިރާ އަނެއްކާވެސް ބޭރަށް ނުކުތެވެ. އެމީހުންނަށް ފުރުން ކިތަންމެ ލަސްވިޔަސް ހެވެއެވެ. މިފަހަރުދާނީ މިކުއްޖާއާވާހަކަ ދައްކާލާފައޭ އައިމަން ހިތައް އެރިއެވެ. އައިމަން ދުވެފަ ކަހަލަ ގޮތަކަށް އައިރާ ކައިރިޔަށް ގޮސް ހުއްޓިއްޖެއެވެ.
” ދީބަލަ ފެންފޮދެއް. ވަރަށް ކަރުހިއްކާގަނެގެން މި އުޅެނީ ” އައިރާ ވަގުތުން އެތެރެއަށްވަދެ ބިއްލޫރިތައްޓަކަށް ފެން އަޅައިގެން ގެނެސްފިއެވެ. އައިމަން ފެންތަށި އެއް ނޭވާއިން ދަމާލިއެވެ. ވާނީވެސް އެހެންތާއެވެ. ކަރުހިއްކާފަހުރިވަރުވެސް ދައްކަން އެބަޖެހެއެވެ.
“މީ އައިމަން.. ކޮންނަމެއްތަ ތި ކުއްޖާއަށް ކިޔަނީ” ފެންބުއިތަށި ދިއްކޮށްލަމުން އައިމަން ތައާރަފްވެލަމުން އަހާލިއެވެ..
” އައިޝަތު” އައިރާ އިސްޖަހަލައިގެން ހުރެ އޭނާގެ ނަމުގެ ކުރިއަށް އިންނަ ނަން ބުނެލިއެވެ. މިއީ ނުދަންނަ ބީރައްޓެހިންނަށް އޭނާގެ ނަމެވެ.
އަނެއްކާވެސް އެމީހުން ގުޅައިފިއެވެ. މާ ބޮޑަށް ލަސްވަނީއޭ ބުންޏެވެ. އެހާ އަވަހަށް ފުރާތީ ހިތުން އެއްޗެހި ކިޔަމުން ކިޔަމުން ފޯނު ޖީބަށްލާފަ އައިޝަތު ކޮބައިތޯ ބަލާލިއިރު ޖެހުނުތާ ލަކުނުވެސް ނެތެވެ.
*****
އައިމަން މާލެ އައިސް އެހެންކަމަކާ ނުވިސްނައެވެ.އައިރާގެ ރީތި ތަސްވީރު ހިތުގައި ބިންވަޅު ނެގިއްޖެއެވެ. ރާއްޖެއިން އޭނަ ހިތް އެދޭ ކުއްޖަކާ އަދި މި ދިމާވީއެވެ. ޔަޤީނެވެ. އަދި އޭނަ އެރަށަށް ދާނެއެވެ. އޭނަގެ ‘އައިޝަތު’ އާއި ބައްދަލު ކުރާނެއެވެ. އައިމަން ޗުއްޓީ ނިންމާފައި އޮސްޓްރޭލިއާއަށްދާން މިފަހަރު ފުރީ ދާހިތަކުންނެއް ނޫނެވެ. ދެން އާދެވޭނީވެސް ހާދަ ދުވަހެއް ފަހުންނެވެ.
****
” ބަލާބަލަ މީދަ ފޮޓޯއެއް ” އައިމަން ރާއްޖެ އައިސް ނެގި ފޮޓޯތައް އަރީން ކައިރިޔަށް އާދެވުމާއެކު ދައްކަން ފަށައިފިއެވެ.
” ރީއްޗޭ ތިހުރިހާ ފޮޓޯއެއްވެސް ” އަރީން ކުރަން ހުރި މަސައްކަތައް ލަސްވާތީ ފޮޓޯތައް ދެއްކުން ހުއްޓާލާތޯ ބުންޏެވެ.
” އެކަމަކުވެސް ދެން މި ފޮޓޯއަށް ބަލާބަލަ.. މި ރީތި އަންހެން ކުއްޖާއަށް ބަލާލަބަލަ.. މަގޭ މުޅި ހިތް އެކީ ދީ ނިމިއްޖެ” އައިމަން އަނެއްކާވެސް ދައްކާލިއެވެ.
” އައިމަން އަތުގަ ކިތައް ސަތޭކަ ހިތް އޮވޭ.. ފެންނަ ކޮންމެ އަންހެނަކަށް ހިތް އެބަ ދޭ ވިއްޔަ” އައިމަން އެބުނި އެއްޗަކުން އަރީން އަށް އައިމަންއާ ޖެއްސުން ނުކޮށްލައެއް ނުހުރެވުނެވެ.
” އެކަމަކުވެސް އެކުއްޖާ މުޅިން ތަފާތޭ. ބަލާބަލަ” އަނެއްކާވެސް އައިމަން ފޮޓޯ ދައްކާލިއެވެ.
އަރީން އެ ފޮޓޮއަށް ބަލާލާފައި ޖަހާލީ ހިނިގަނޑެކެވެ.
” ތި ކުއްޖެއްގެ ފުރަގަހުންފެނިގެންތަ ހިތްއެކީ ދެވިގެން ތި އުޅެނީ”
އަރީން އައިމަން ރުޅިއަރުވާލެވޭތޯ ބެލިއެވެ.
” ތި ކުއްޖަކު ކުރިމަތިން ފެނިއްޖާ އަރީންވެސް ތިކުއްޖާ އަށް ހިތް ދީފާނެތީ ފުރަގަހުން ފޮޓޯއެއް ނެގީވެސް” އައިމަންވެސް އަގަޔަކުން ދެރަވާކަށް ބޭނުމެއް ނުވިއެވެ.
” މަށަށްވާ ތި ކުއްޖާއަށް ކިޔާނަމާ އުޅޭ ރަށާ އުޅޭގެ ވެސް އެގިއްޖެ.. އެކަމަކު އަރީނަށް ތި އުޅެނީ ތި ހިތުއަޅައިގެން އުޅޭ ކުއްޖާގެ އެއްވެސް އެއްޗެއް ނޭގިގެން” އައިމަން އެބުނި އެއްޗަކުން އަރީންގެ އަނގަ ހަމަ ރަނގަޅަށްވެސް ބަންދު ވެއްޖެއެވެ.
އަރީން ދެވަނަ ފަހަރަށް އެ ފޮޓޯއަށް ބަލާލިއެވެ. އެ ދިގު ފަން އިސްތަށިގަނޑު ފެނުމުންނެވެ. އެ ފޮޓޯއަށް އެތައް ފަހަރަކު ބެލިއްޖެއެވެ. ނުބަލަން ލޯ ކިތަންމެ ވަރަކަށްވެސް މަސައްކަތް ކުރި ނަމަވެސް ހިތް އެކަމަށް ހުރަސް އަޅަމުން ދިޔައެވެ. ހިތް ބުނާކަހަލައެވެ. ތި ފޮޓޯއާއި އަރީންއާ ގުޅުމެއް އެބަވެއެވެ.
” ކޮންނަމެއް ކިޔާ ކުއްޖެކޯ މީ” އަރީން ސަމާސާ ރާގުގަނޑު ދޫކޮށްލާފައި ބުންޏެވެ.
“އައިޝަތު ކިޔަނީ… ހާދަ ހާދަ ރީތި ކުއްޖެކޭ.. އެރީތި ކަމެކޭ އެއްވަރަށް އަޚްލާޤުވެސް އެހާ ރަނގަޅުވާނެހެން ހީވަނީ” އައިމަންގެ ހިތުގައިވާ ހުރިހާ ޝުޢޫރުތަކެއް ބަންޑުން ކުރަމުން ދިޔައެވެ.
ނަން އެނގުމުން އަރީން ކުރަން ހުރި މަސައްކަތާ ދިމާއަށް އަލުން އެބުރުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nashy

Level 110 Stories

Other Articles

Previous

ހިތަކުން ނުފިލާނެ (ފަހުބައި)

Next

ވާ ލޯބި އިނގޭ ނަމަ 3

Next
October 31, 2018

ވާ ލޯބި އިނގޭ ނަމަ 3

Previews
October 31, 2018

ހިތަކުން ނުފިލާނެ (ފަހުބައި)

6 Comments!

  1. Noor says:
    October 31, 2018 at 10:45 am

    Varah reethi vaahaka eh mee keep it up

    1. Nashy says:
      October 31, 2018 at 11:11 am

      Thank u Noor ☺️.. foohikameh nethi kiyaa ninmaalevey kahala vahaka akah hedhey thw v masaikkaiy kuran.. ☺️

  2. NahuNahuma says:
    October 31, 2018 at 2:14 pm

    Vr reethi vaahaka eh masha allah… Keep it up dear…
    ??? When next part…

    1. Nashy says:
      October 31, 2018 at 5:27 pm

      Thank u dear ? v avahah insha Allah ☺️

  3. RHAI says:
    October 31, 2018 at 4:48 pm

    Hey varah habeys ingey. Ekam thankolheh kuru dhw asluves. Ummeedhu kuran dhen anna part dhigu vaane kamah. Gud job n keep going nashy.

    1. Nashy says:
      October 31, 2018 at 5:30 pm

      Thank u dear Rhai ☺️.. kuriyah huri bai thah dhigukoh geneadheyn v masakkaiy kuraanan. Insha Allah ☺️☺️

Comments are closed.

Next Episodeމަންޒިލް ތިއޭ މި ހިތް އެދޭ ( 7)←


All Right Reserved!