ރޭގަނޑުގެ ފިނި ފިނި ރޯކިތަށް ހަށިގަނޑުގައި ބީހެމުން ދިޔައީ ހީކަރުވާ ޒާތަކަށެވެ. ގަސްތަށް އެ ވައިރޯޅިތަކާއެކު އެއް ރާގަކަށް ނަށަމުން ދިޔަ ފަދައެވެ. ފަތްތަށް އެ ގަސްތަކުގެ ހިޔާވަހިކަމުން ބޭރުވާ ފަހަރުވެސް މަދެއް ނޫނެވެ. ވިއްސާރަ މޫސުމުގެ ދުވަހެއްކަމުން ފަޒާގައި ހިފާފައިވަނީ ތެތްފިނިކަމެކެވެ. ކޮޓަރީގެ ބެލްކަނީގައި ހުއްޓިލައިގެން އެ ޒުވާނާ ހުރީ މީހެއްގެ އިންތިޒާރުގައި ކަހަލައެވެ. މިނިވަން ވަޔާއެކު އޭނާގެ ކަޅު ފަން އިސްތަށިގަނޑުވެސް ދިޔައީ ވިހުރެމުންނެވެ. ލުވެއިޒްގެ ތުންފަތް މަތީގައިވާ ފިރިހެންވަންތަ ހިނިތުންވުން އެންމެ ހިނދުކޮޅަކަށްވެސް ފިލައިގެން ނުދެއެވެ. އޭނާ ހުރީ […]