ހުވަފެނުގެ ރާނީ 7
“މަންމާ ބުނަންތަ… އަހަރެންގެ ދިރިއުޅުންމީ.. މަންމަ އެހެން ފިރިހެނަކާއެކު ފިލައިގެން ދިޔަރޭ އަހަރެން ރުއިރުރިން ހަނދާން އެބަހުރިތަ…” އަމްރު އިސްޖަހާލަމުން އެހެން ބުނެލި ގޮތުން އީމާނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
އަމްރު އެހެން ބުނެފައި ދިޔައީ ކޮޓަރިއާއި ދިމާއަށެވެ. ކޮޓަރިއަށްވަދެ ދޮރު ޖެހި އަމްރު ލޯ މަރާލަމުން ފުންނޭވާއެއް ދޫކޮއްލިއެވެ. އަދި ދޮރުފަތިގައި ބުރަކަށި ޖައްސާލަމުން ވިސްނާލީ މީގެ ކުރިން އޭނާގެ މަންމަ ދެއްކި ވާހަކަ ތަކާއި މެދުގައެވެ. އީމާނާ ބުނި ގޮތުގައި ތަޝްކީލްއަކީ އޭނާއަށް ފެނުނު ހުވަފެނެކެވެ. ރުކާޔަތަކީވެސް ނިދީގައި ހިނގުމުގެ ސަބަބުން ވީ ކަމެކެވެ. އެހެންވީއިރު މިއަދު އަމްރުގެ ކުރިމަތީގައި އެހެން ބުނުމުގެ މާނައެއް ނެތެވެ. ނުނީ އީމާނާ ހަނދާން ނެތުނީ ބާވައެވެ. ހިޔާލުތަކުގައި ހުރި އަމްރު މަޑުމަޑުންގޮސް ބެލްކަނީގައި ހުއްޓި ނިކަތު މެންގެއާއި ދިމާލަށް ބަލާލިއެވެ. ނިކަތު ބޭރުގައި ހުއްޓި ހުރުމުން އޭނާ ހީލިއެވެ. އަދި އަތް މައްޗަށް ނަގަލުން ފޯނަށް އިޝާރާތް ކޮއްލިއެވެ. ނިކަތު ފޯނަށް ބަލާލިއިރު ފޯނަށް މެސެޖެއް އައިސްފައި އޮތެވެ.
އަމްރު: އަމް ސޮރީ
ނިކަތު: ވައި
އަމްރު: ޖަސްޓް ބިކަޒް…
މެސެޖް ލިޔެފައި ފޮނުވާލަމުން އަމްރު ފަހަތަށް އެނބުރުނެވެ. ހިވީ ފަހަތުގައި މީހަކު އިނދެގެން ބަލާލި ހެންނެވެ. ނިކަތު ކުޑަކޮށް ގުދުވެލީ އެތެރެ ފެންނާނެ ކަމަށެވެ. ނަމަވެސް އޭނާގެ މަސައްކަތްވީ ބޭކާރެވެ. އަމްރު އެތެރެއަށް ވަދެގެން ދަމުން ފޯނު ޖީބަށް ކޮއްޕާލިތަން ނިކަތަށް ފެނުނެވެ. އެތެރެއަށް ވަން އަަމްރު މޫނު ހަދާލަމުން ދުރުގައި ހުރި ސޯފާގައި އިށީނީ އެތަނުގައި އީމާނާ އިނީމައެވެ. މިވަގުތު އޭނާ އީމާނާއާއި އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވެއެވެ. އޭނާ ބުނަން ބޭނުން ނުވާ ވާހަކައެއް މަންމައާ ދިމާލަށް ބުނުން އެއީ ރަނގަޅު ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ.
އީމާނާ އިށީންދެގެން އިނީ އެއްފައި މައްޗަށް އަނެއްފައި ލައިގެންނެވެ. އަމްރު އީމާނާގެ ކުރިމައްޗަށް ވާގޮތަށް އިށީނދެފައި ޝަހާދަ އިނގިލި ކޮލުގައި ޖައްސާލަމުން މަންމައަށް ބަލާލީ ތައްޔާރޭ ބުނާފަދަ ގޮތަކަށެވެ. އީމާނާއަށް އެކަން ވިސްނުނެވެ. އޭނާ އެންމެ ކުޑަދުވަހުން ފެށިގެންވެސް އަމްރުއަކީ އީމާނާ ވަކިން އުޅި ބޮޑުވި ކުއްޖެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޝައްމޫންއާއެކު އެތަށް އަހަރެއް ވޭތުކޮއްފައި އައިއިރު އޭނާއަށްވަނީ ދަރިފުޅު ގެއްލިފައެވެ. އަދި ފިރިމީހާވެސް މެއެވެ. މުއާޒް ކައިރިން ވަރިނުވެ އޭނާ އެހެންމީހަކާއެ ފިލައިގެން ދިއުންއެއީ އޭނާއަށް ކުރެވުނު އެންމެ ގޯސްކަމެވެ. ޒިނޭ މަތީގައި މީހަކާ އިނދެގެން އުޅެވުނު ހަނދާންވުމުން އީމާނާ ގައިން އަނެއްކާވެސް ހީބިހި ނަގައިގަތެވެ. ބައެއް ފަހަރު ކިތަންމެ ވަރަކަށް ތައުބާވިއަސް އޭނާއަށް މާފު ނުލިބޭނެހެން އޭނާއަށް ހީވެއެވެ. ނަމަވެސް ދެރައީ ހަތަރުއަހަރުކޮށްފައި އައިސް އަނެއްކާވެސް އޭނާއަށް އެކުށް ތަކުރާރު ކުރެވުމުންނެވެ. އެރޭގައި އަމްރުގެ ލޮލުން އޭނާއަށް ފެނުނީ ނަފްރަތެވެ. ޝައްމޫންއާއި ގުޅުން ކަނޑާފައި އަންނަން އޭނާ ބޭނުންވީ ހަމައެކަނި ދަރިފުޅުގެ ނަފްރަތު އެއްފަރާތް ކުރާށެވެ. ނަމަވެސް އޭރު މާލަސް ވެއްޖެއެވެ.
އަމްރު އުނގުގައި އޮތް ފޯނަށް ބަލާލީ މެސެޖެއް އައުމުންނެވެ. ނިކަތުގެ ނަން ލިޔެވިފައިވާ ސްކްރީނަށް ބަލާލި އަމްރު ފޯނު ހުޅުވާލަމުން އެކިޔާލިއެވެ. އޭގައި އޮތީ މާދަން ކޭސްގެ ވާހަކަ ދައްކަން ބޭނުންވާ ވާހަކައެކެވެ. އަމްރު އޭގެއަށް އެއްވެސް ޖަވާބެއް ނުދީ ފޯނު ސޯފާމަތީގައި ބާއްވާލިއެވެ. އަދި އީމާނާއަށް ބަލާލިއެވެ. މިހާރު ހީވަނީ ކުރިން ވާހަކަ ދައްކާނެ މީހަކުގެ އިންތިޒާރުގައި އިންހެންނެވެ.
“މަންމަ ވާހަކައެއް ނުފަށަންޏާ އަހަރެން ތަނަކަށް އެބަ ދާންޖެހޭ…” އަމްރު އެހެން ބުނަމުން އޭނާ ތެދުވަން ހިފާލިއެވެ. އީމާނާ އަތުގެ އިޝާރާތުން އިނށީންނަން ބުނުމުން އަމްރު އިށީންދެއްޖެއެވެ.
“އަމްރުއަށް އިނގޭނެ މަންމަ އެކުއްޖާއާއި ޤަބޫލު ނުވާނެކަން… ދެން ކީއްކުރަން…” އީމާނާ ބަލާލީ އޭނާގެ އުނގަށެވެ. އޭރު ފޯނަށް އަރާފައިވާ ޝައްމޫންގެ ނަން ފެނުމުން އޭނާ ނުތަނަވަސް ވިއެވެ. އަދިވެސް އެހިތުގައި ޝައްމޫންނަށް މަޤާމެއް ދެވިފައި ވުމުން އެކަމާއި އޭނާ ރުޅިއައީ އަމިއްލަ ނަފްސުދެކެއެވެ.
“މަންމަ ޤަބޫލުވާނެ ކަމަކަށް ނޫން އަހަރެން ކަންތައް ކުރަނީ… މަންމަބުނި ހަނދާންވޭތާ ތަޝްކީލްއެއީ އުޅޭ މީހެއް ނޫނޭ… އެއީ އަހަންނަށް ފެނުނު ބިރުވެރި ހުވަފެނެކޭ… ފެހިކަޅީގެވެރި އަންހެން ކުދިންނެއް ނޫޅޭނޭ.. އެއީ ޖިންނިންނޭ…” އަމްރު މިހާރު ހީގަނެގެން ހުރި ގޮތުން އީމާނާ ރުޅި އަންނަ ގޮތްވިއެވެ.
“އަމްރުއަކަށް ނޭނގޭތަ މަންމަ އެހެން ބުނީ ކީއްވެކަމެއް؟..” އީމާނާ އެހެން ބުނެފައި ފޯނު ނިއްވާލިއެވެ. އަދި އަމްރުގެ މޫނަށް ބަލާލީ ލޯބިންނެވެ.
“ބައްޕަބުނީ މަންމަ އެހެން މީހެއްގެ ފިރިއަކާއެކުފިލައިގެން ދިޔައީއޭ…” އަމްރު ދުރަށް ބަލާލިއެވެ. އަދިވެސް އެހަނދާންތައް އޭނާގެ ހިތުގައި ބިންވަޅު ނެގިފައި ވާކަހަލައެވެ.
“ނިކަތުއަކީ ޝައްމޫންގެ ދަރިއެއް… އެއީ ނިޝާންގެ ދަރިއެއް ނޫން… އަހަންނަކަށް ނޭނގެ ނިކަތު ކީއްވެ ކަމެއް ނިކަތު ނިޝާންއޭ ބުނީ… އަހަންނަށް އެނގެނީ ނިޝާންގެ ފިރިހެން ދަރިއެއް ހުންނަކަން…” އީމާނާއަށް ކުރިއަށް ގެންދާނެ ގޮތެއް ނޭނގުނެވެ. އޭނާ ބަލާލީ އަމްރުގެ ލޮލަށެވެ. އެލޮލުން ފެންނަން ހުރީ އަދިވެސް އެނާއަށް ރުޅިވެރިކަމެވެ.
“ތިބުނީ ނިކޫއަކީ މަންމަގެ ލޯބިވެރިޔާގެ ދަރިއެކޭތަ؟…” އަމްރުގެ މޫނުން ވަގުތުން ރުޅިވެރިކަން ފާޅުވެގެން ދިޔައެވެ.
“އާނ… މަންމައަކަށް ނޭނގެ ކިއްވެކަމެއް ނިޝާން…” އަމްރު ގޮނޑިން ތެދުވި ތަން ފެނުމުން އީމާނާއަށް އަމްރު ރުޅިއަތުވެއްޖެކަން އެނގުނެވެ.
“މަންމައަށް ހުރިހާ އެއްޗެއް އިނގޭކަށް ނުޖެހެއޭ…” އަމްރުގެ ރުޅިގަނޑު ހޫނުވިހެން ހީވިއެވެ..
އީމާނާ ނިކުމެގެން ދިއުމުން އަމްރު ގޭގެ ދޮރު ތަޅުލުމަށްފަހު އައިސް އެނދަށް ވެއްޓި ގަނެއްޖެއެވ. އަދި ލޯމަރާލިއެވެ.އީމާނާއެއްވެސސް އިރެއްގައި ގިނަދުވަހު އަމްރުގެ ކައިރީގައި މަޑުކޮއްފައެއް ނުވެއެވެ. ދެން ފެނުނީ އޭނާ ބޮޑުވެގައި ހުއްޓައެވެ. މަންމައާއޮ ކޮއްކޮއަށް އޭނާގެ ހިތުގައި އެއްވެސް މަޤާމެއް ދެވިފައެއް ނެތެވެ. ފޯނު ނަގައި އޭގެން ފެންނަމުން ދިޔަ މެސެޖަށް ބަލާލިއެވެ. އެނާ ނިޝާންއާއި ވާހަކަ ދައްކަން ބޭނުންވިއެވެ. އޭނާ ކޮންމެ ގޮތެއްވިއަސް ނިޝާންއާއި ވާހަކަ ދައްކަން ބޭނުންވިއެވެ.
އިރުގެ އަލީން ކޮޓަރީތެރެ އަލިވެގެން ފަރުދާތަށް ކަހާލަންދިޔަ ނިކަތު މޫނުގައި ހުރީ އަދިވެސް ހުރީ ނިދީގެ އަސަރެވެ. މޫނު ކުނި ކޮށްގެން އިނދެއައިސް ފަރުދާ ކަހާލުމަށްފަހު ނިކަތު އެނދަށް ބަންޑުން ވެއްޓި ގަނެއްޖެއެވެ. އިރުކޮޅަކުން އެހެން އޮވެފައި ނަމާދު ނުކުރެވޭ ހަނދާންވުމުން އަވަހަށް ތެދުވެ ނަމާދު ކޮއްލިއެވެ. ދަތް އުނގުޅައިގެން އިންކަމުން ނިކަތު ބޭނުންވީ ކޮފީއެއް ބޯށެވެ. ނިދި ހިފައިފައި ހުރިލެއް ބޮޑުކަމުން ނިކަތު ސިޑިންވެސް ފައިބައިގެން ދިޔައީ ލޯމަރައިގެންނެވެ. ގޭގެ އެކިހިސާބު ދަސްވެފައި ހުރުމުން އޭނާ އެހެން ހުރެއައިސް އައިސް އަލަމާރި ކައިރީގައި ހުއްޓި އެހުޅުވާލިއެވެ. ހޭވިފައިވާ އިސްތަށިގަނޑާއެކު ނިކަތު ލައިގެން ހުރީ ކަކުލާ ހަމައަށް އަރާވަރުގެ ދިގު ސޯޓެކެވެ. އަދިމަތިން ދޫ ޓީޝާޓެކެވެ. އެކި އިސްތަށިތައް އެކި ދިމަދިމާލުގައި ހުރިއިރު ލޮލުގައިވީ ބޮޑުއައިނެކެވެ. ނިކަތުއަށް އެއްވެސް ވަރަކަށް ފަހަތުގައި ބަޔަކު އާޝޯހު ވެފައި ތިބިކަމެއް ނޭނގެއެވެ. ޖޫސް ބޯ ހިތްވުމުން ނިކަތު އެތެރެއިން ޖޫސްޕަކެޓެއް ނެގުމަށްފަހު މޭޒާއި ދިމާލަށް އެނބުރުނެވެ. އަދި އެހާމެ އަވަހަށް ހަޅޭއްލަވައި ގަނެއްޖެއެވެ.
“އަމްރު ދިޒް އިޒް މައި ފްރީކް…” ނާޒިން ހިނިގަނޑު ކޮންޓްރޯލް ކޮއްލަމުން އަމްރުއަށް ބަލާލިއެވެ. އޭރު އަމްރު ހުރީ އަތުގައި ހުރި ރޮށިކޮޅު އަނގައަށް ލާން ނޭނގިފައެވެ. ނިކަތު ވަގުތުން އިސްތަށިގަނޑު ރީތިކޮއްލަމުން ގޮނޑީގައި އިށީންދެއްޖެއެވެ. އަދި ނިޝާން މޫނަށް ބަލާލަމުން ނިކަތު ތުން ދަމާލިއެވެ.
“ދަރިފުޅު ކައިރީގަ ބައްޕަ އަބަދުވެސް ބުނަން ތިހެން ނޫޅޭށޭ.. މީހަކު ގެއަށް އަންނާނީ ބުނެފައެއް ނޫނޭ..” ނިޝާން ހެމުން ދިޔަ ނާޒިންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. އަމްރު ރޮށިކޮޅު ވީދާލަމުން މަސްހުނިކޮޅަކާއެކު އެ އަނގައަށް ލިއެވެ. އަދި ވައްކަޅިން ނިކަތުއާއި ދިމާލަށް ބަލާލިއެވެ. އޭނާ އިނީ ހޭން ނުހޭންށެވެ.
“ނިކޫ މީ ދޮންބެގެ ވަރަށް ގާތް ރައްޓެއްސެއް…” އަމްރުގެ ކޮނޑުގައި އަތް ޖައްސާލަމުން ނާޒިން ބުނެލިއެވެ. އަމްރު އަދިވެސް ހުރީ ތިރިއަށް ބަލާށެވެ. ނާޒިންއަށް ކުރިންވެސް އަމްރުއާއި ނިކަތު މަސައްކަތް ކުރަނީ އެއްތަނެއްގައިކަން އެނގެއެވެ. ނޭނގުނީ އަމްރު ނިކަތުއަށް ބަލާ ގޮތެވެ. އަމްރުއާއި ނާޒިންގެ ރަހުމަތްތެރިވީ ނިޝާންއާއެކު އަމްރު އެގެއަށް މަސައްކަތުގައި އަންނަން ފެށުމުންނެވެ. ދޭތެރެއަކުން އަމްރު އެގެއަށް ކާން އައިސް ހަދައެވެ.
“ނިކޫ…” ނިކަތު އިސްޖަހައިގެން އިންނަން ފެށުމުން ނާޒިން ގޮވައިލިއެވެ. ނަމަވެސް ނިކަތު އިނީއެވެ. ދެފަހަރަކު ގޮވާލުމުން ބަލާލައިފިއެވެ.
ނަމަވެސް ނިކަތު ބަލާލީ އަމްރުއާއި ދިމާލަށެވެ. އެކަން ސާރާއަށްވެސް ފާހަގަވިއެވެ. ގަދަމުށިކުލައިގެ ފަޓުލޫނާއި ހުދުކުލައިގެ ގަމީސްލައިގެން ހުރި އަމްރުގެ މޫނު އެހެން ދުވަސްތަކަށްވުރެ އަލިހެން ހީވެއެވެ. ސައިބޮއެ ނިމިގެން އަމްރުއާއި ނާޒިން ދިޔައީ މައްޗަށެވެ. މިއަދު އަމްރު އެގެއަށްއައީ އޭޏާގެ މަންމަ ދެއްކި ވާޙަކަތަކަކީ ތެދު ތޯބަލާށެވެ. ޓެރެހަށްއެރި އަމްރު އެތަނުގައި ހިޔާ ކޮއްފައި ހުރި ތަންކޮޅުގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އޭނާމީ އެއްވެސް ވަރަކަށް މިކަހަލަ ވާހަކަ ދައްކާ ހަދާ މީހެއް ނޫނެވެ. ނަމަވެސް މިއަދު އޭނާ ފާޑަކަށް އެކަންތައް އެނގެން މަޖުބޫރު ވެއްޖެއެވެ.
މޫނުގައި އަތް ހާކާލަމުން އަމްރު އޭނާގެ ފޯނުގައިވާ މަންމައާއި ބައްޕަގެ ފޮޓޯ ދައްކާލިއެވެ. އަދި ނާޒިންނަށް އެނގޭ ހެއްޔޭ އަހާލިއެވެ. ނާޒިން ބޯހޫރުވާލަމުން ބަލާލީ ދުރަށެވެ. އޭނާއަށް އެއްވެސް ވަރަކަށް އެއަންހެންމީހާއެއް އަދި އެފިރިހެންމީހާއެއްވެސް ނޭނގެއެވެ. އަމްރު އަނެއްކާވެސް ފޮޓޯއެއް ދައްކާލިއެވެ. އެއީއޭނާ ދަންނަ މޫނެކެވެ. އެއީ ނިކަތު އެންމެ ފުރަތަމަ ހޮސްޕިޓަލުގައި އޮތްއިރު އެތަނަށް އައި މީހާއެވެ. ނިޝާއަށް އޭނާ ކައިރީ އެއީ ނިކަތުގެ ބައްޕައޭ ބުނި ހަނދާން ވިއެވެ. ނާޒިން އިސްޖަހާލީ އޭނާ ދައްކަން ނުޖެހޭ ކަހަލަގެ ވާހަކައެއް ދެއްކި ދާނެތީއެވެ.
“ޝައްމޫން…” ނުބުނަން ހުރެފައިވެސް އެންމެފަހުން ނާޒިންއަށް ބުނެލެވުނެވެ. އޭނާ އެއްވެސް ވަރަކަށް ހުރީ ބުނާކަށް ނޫނެވެ. ނަމަވެސް އަމްރުގެ މޫނުގައި އަސަރަކުން ބުނީއެވެ.
“ޓެލްމީ ދި ޓްރުތް ޕްލީޒް…” އަމްރު ގޮނޑީގައި ސީދާ ވެލަމުން ބުނެލިއެވެ. މިވަގުތު އޭނާ އަހަން ބޭނުންވީ ހަމައެކަނި ތެދެވެ. އެއީ އޭނާގެ މަންމަ ދެއްކި ވާހަކައަކީ ތެދުތޯ ބެލުމެވެ.
“ވެލް.. ނިކޫ އިޒް އެޑޮޕްޓެޑް… ހަނދާންވޭތަ 2002 ރާއްޖޭގައި ވަރަށް އިހާނެތިކޮށް މަންމައަކާއި ކުއްޖަކު މަރާލާފައި އޮއްވައި ފެނުނުކަން.. ނިކޫއެއީ އެއަންހެންމީހާގެ ދަރި… ތަޝްކީލްގެ ދަރި..” އަމްރުގެ ނޭވާ އަރުގައި ތާށިވި ކަހަލައެވެ.
“ނިކޫގެ އެއްމާބަނޑު އަނެއްކުއްޖާ މަރާލާފައި އޮތީ ނިކޫގެ މަންމައާއިއެކު… ނިކޫ ބައްޕައަށް ފެނުނު ގޮތެއް ނޭނގެ އެކަމް ބައްޕަބުނީ ތަޝްކީލް ނިކޫ ފޮރުވާފައޭ އިނީ.. ދަ ތިންގް އިޒް ނިކޫ އޭރު ގެނައި ފަހުން ވަރަށް ފިޓް ޖެހުން އެހެންވެ އޭރު ހަނދާންތަކެއް ނުވޭ… ބަޓް ވަޓް އައި ތިންކް އިޒް ނިކޫ އެހައި ކުޑައިރު އެހައި ހިތްތަދި މަންޒަރެއް ފެނުނީމަ އެ މެމޮރީތަށް ބްލޮކް ކުރީއޭ.. ޝައްމޫން ގެނައޭ ޕޮލިހުން ރާއްޖެއަށް.. އޭނާ ބުނީ ތިމަންނަ އެކުއްޖާއެއް ބޭނުމެއް ނޫނޭ..” ތިރިއަށް ބަލާލި ނާޒިންއަށް އަދިވެސް އެއަޑު އިވެމުން ދިޔަ ކަހަލައެވެ. އޭނާ ފުންފުން ދެފަހަރު ނޭވާލަމުން ބަލާލީ އަމްރުގެ މޫނަށެވެ. އަމްރުގެ މޫނުން އެއްވެސް އެއްޗެއް ދޭހައެއް ނުވެއެވެ. އަމްރު ހުރީ ސީދާ ނާޒިންގެ ލޮލަށް ބަލާށެވެ.
“ނިކަތުގެ އެއްމާބަނޑު އަނެއް ކުއްޖާއަށް ކިޔަނީ ކޮންނަމެއް…” އަމްރު ނޭޥާ ހިފަހައްޓާލާފައި އަހާލިއެވެ. އޭނާގެ ހުވަފެނުގެ ރާނީއަކީ ކާކުތޯ ބަލަން އޭނާ ބޭނުންވިއެވެ.
“ރުކާޔަތު… ރުކޫ…” ލޯމަރާލި އަމްރު އެތަނުން ތެދުވެގެން ދެކޮޅަށް ހިނގާލިއެވެ. އޭނާގެ މަންމަ އަބަދުހެން ވަގަށް ގެންނަނީ މިކުއްޖާ ދުނިޔޭގައި ނެތް ވާހަކަ ބުނުމުން އޭނާއަށް ޤަބޫލެއްވެސް ނުކެރުނެވެ. ދެލޯ ހަނި ކޮއްލި އަމްރު ބަލާލީ އުޑާއި ދިމާލަށެވެ. މީ ކޮންފަދަ ކުޅިގަނޑެއް ބާވައެވެ.
“އަހަރެން ދަނީ އެނގޭ..” އެހެން ބުނެ އެގެއިން ނިކުމެގެން އަމްރު ހިނގައިގަތީ ވަކި މިސްރާބެއް ނެތިއެވެ. އޭނާ އަމިއްލަ އޮފީހަށް ދިއުމުގެ ބަދަލުގައި އަމްރު ދިޔައީ އޭނާ ވަޒީފާ އަދާކުރާ ތަނަށެވެ. ވަގުތުން ހުއްދަ ހޯދައި ކުރީގެ ކޭސްފައިލްތަށް އަމްރު ހާވަން ފަށައިފިއެވެ. ތެޅެމުންދިޔަ ހިތާއެކު ފުރަތަމަ އަމްރު 2002ގެ ފައިލްތަށް ބަލަން ފެށިއެވެ. ދުރުން ޓީ އަކުރުތަކުން ފުރިފައިވި ބައި ކައިރީގައި ހުއްޓިފައި އަމްރު މަޑުމަޑުން އޭނާ ބޭނުންވި ފައިލު ހުޅުވާލިއެވެ. މަތީގައިވި ހުދު ހިރަފުސްތަކުގައި އަތުން ދެތިން ފަހަރަކު ޖަހާލަމުން އަމްރު ތިރީގައި ދެފައި ވައްކޮއްލައިގެން އިށީނދެއްޖެއެވެ. އޭނާ ލޯމަރާލަމުން ފައިލު ހުޅުވާލިއެވެ. ފުރަތަމަވެސް އަމްރުގެ ލޮލުގައި އަޅައިގަތީ ކުޑަ އަންހެން ކުއްޖާއެވެ. އެކުއްޖާ އެކި ދިމަދިމާލުން ފޮޓޯ ނަގާފައި ވާއިރު އެފެލި ލޮލަށް ލޭ އަރާފައިވާ މަންޒަރު ފެނުމުން އަމްރު ވަގުތުން ހިތުގައި ޖެހުނެވެ. ފޮޓޯމަތިން އަތްހާކާލަމުން އަމްރު އެކި ދިމަދިމާއަށް ނަޒަރު ހިންގާލިއެވެ.
ގޭގެ އެކި ފޮޓޯތަކާއި ތަޝްކީލްގެ މައިންބަފައިންގެ ނަމުން ފެށިގެން ޝައްމޫންގެ ނަމާއި ހަމައަށް ދިއުމާއެކު އަމްރު ހުއްޓުނެވެ. އެމީހަކީ އޭނާގެ މުނިއުމުރު މަންމަގެ ލޯބިން މަހުރޫމް ކުރި މީހާއެވެ. އޭނާގެ މަންމައާއި މިކަމާއި އެއްވެސް ގުޅުމެއް ވޭބާވައެވެ. މޫނުގައި އަތް ހާކާލަމުން އަމްރު ތަސްވީރަކަށްފަހު ތަސްވީރެއްގައި އޭގެއަށް ބަލަމުން ދިޔައެވެ. އޭނާ މަޑު ޖެހުނީ އެގޭގެ ކޮތަރިއެއްގައި ހަދާފައިވާ ހަނި ތަންކޮލު ފެނުމުންނެވެ. އަދި ކުއްލިއަަކަށް ނިކަތު ކޮންމެ ފަހަރަކު ދިހަ ބާރަ ބުރިއަށް ހިނގާފައި އަރާ މަންޒަރު ހަނދާންވިއެވެ. ނިކަތު އެތަނިގައި އެތަށްއިރަކު ތާށިވެފައި އިންކަމުގައިވާނަމަ ލިފްޓް ކަހަލަ ތަންތަނަށް އަރަން ބިރު ގަތުން އެކަށީގެންވެއެވެ. “ކްލަސްޓްރޮފޯބިއާ” އަކީ ކުދި ތަންތަން ކޮޅަށް ނޫނީ ބަންދުވެފައި ހުންނަ ތަންތަނަށް ވަންނަން ގަންނަ ބިރެވެ. އެކި މީހުނަށް މިފަދަ ބިރު އިހްސާސް ކުރެވޭނީ އެކި މިންވަރަށެވެ. ބައެއް މީހުން ލިފްޓަށް ކަހަލަ ކުދިތަންތަންކޮޅަށް ވަންނަން ބިރުން ހޭވެސް ނެތެއެވެ. އަނެއްބައި މީހުން ދިމާވެފައިވާ ކަމެއްގެ ސަބަބުން މިކަހަލަ ތަންތަނަށް ވަންނަން ބިރު ގަނެއެވެ.
އަމްރު އެފޮޓޯ ތިރީގައި ބާއްވަމުން ޑޮކްޓަރ ލިޔެފައިވާ ރިޕޯރޓް ކިޔަން ފެށިއެވެ. އަމްރުފެށީ ފުރަތަމަ ރުކާޔަތުގެ ރިޕޯރޓް ކިޔާށެވެ. ނަމަވެސް އޭނާއަކަށް ނުކިޔުނެވެ. މީހުން ރަހުމް ކުޑަކަން އޭނާއަށް އެނގެއެވެ. ނަަމަވެސް އެއްވެސް މީހަކު މިވަރު ވެދާނެއެކޭ އޭނާ ހިތަކަށް ނާރަައެވެ.
“ބްލަންޓް ފޯރސް ޓްރައުމާ ޓު ހެޑް…” އަމްރު އެހެން ބުނެލިއިރު އޭނާއަށް ޤަބޫކު ނުކުރެވުނެވެ. މިވަރު ކުޑަކުއްޖެއްގެ ބޮލުގައި މީހަކު ބާރަށް ޖެހުމެކޭ އެކުއްޖާގެ ހަށިން ފުރާނަ ދަމައި ގަތުމެކޭ އެއްވަރު ވާނެއެވެ. ފުރަތަމަވަނޯީ ދެމައިންގެ ބޮލުގައިވެސް ކޮޅު ތޫނުކޮށްހުރި އެއްޗަކުން ޖަހާފައެވެ. އޭގެފަހުން ވަޅި އަޅުވާފައެވެ. މިކަންކުރީ އިންސާނެއް ނޫންކަން އޭނާއަށް ޔަޤީނެވެ. ދެން ކުއްލިއަކަށް އަމްރު ހަނދާންވީ އީމާނާ މަތިްނެވެ. އޭނާ ދެކޭ ގޮތުގައި އީމާނާއަކީވެސް އިންސާނެއް ނޫނެވެ. އޭނާވެސް މިކަހަލަކަމެއް ކޮއްފާނެއެވެ.
ފައިލް ލައްޕާލި އަމްރު ގަޑި ބަލާލިއެވެ. މެންދުރުން އަނބުރައި ތިނެއް ޖަހަނީއެވެ. އޭނާއަށް އެ ފައިލް ހިފައިގެން އެތަނުގައި އިނދެވުނު އިރު ހަނދާންވުމުން އަމްރު ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ގެއަށް ދިޔައީވެސް ފައިލު ހިފައިގެންނެވެ. އެކޭސް އަލުން ހުޅުވައި ބެލުމަށް އަޒުމް ކަނޑައަޅައިގެން ދިޔަ އަމްރު ސައިކަލަށް އަރައި ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ގެއަށް ވަން އަމްރު ހަނދާންވީ ނިކަތު އޭނާއަށް ކުރި މެސެޖް މަތިންނެވެ. ނަމަވެސް މިވަގުތުގައި އޭނާ ފޯނު ނަގާހިތެއް ނުވިއެވެ. އަދި އޭގެއަށް ބަލާހިތެއްވެސް ނުވިއެވެ. އެއަށްވުރެ ބޮޑަށް އަމްރުގެ ހިތުގައި ހުޅުހިފާފައިވީ އޭނާގެ މަންމައާއި ޝައްމޫންގެ ފަރާތުން ބަދަލު ހިފުމެވެ. އޭނާއަށް ނުލިބުނު ލޯބީގެ ބަދަލު ހިފުމަށް މިއަދު އޭނާއަށް މިވަނީ މަގެއް ފެނިފައެވެ. އަމްރު އަދިވެސް މުއާޒް އުޅުނު ހާލު ހިތަކުން ނުފިލައެވެ. ދުނިޔޭގައި އުޅެން ބޭނުންނުވެ އެމީހާ އުޅުނު ހާލު އެންމެ ގާތުން ދެކުނީ އަމްރުއެވެ. ބަދަލު ހިފުމަށްޓަކައި ނިކަތުގެ ބޭނުން ކުރަން ޖެހުނަސް އޭނާ އެހުރީ އެކަން ކުރަން ތައްޔާރަށެވެ.
ގެއަށްވަން އަމްރު ސިހުނީ މޭޒުކައިރީ ގޮނޑިއެއްގައި މުއާޒް އިށީނދެގެން ހުރިތަން ފެނުމުންނެވެ. އެހައި ދުވަސް ފަހުން ބައްޕަ ހިނިތުންވެފައިވާ މަންޒަރު ފެނުމުން އަމްރުވެސް ހިނިތުންްވެލިއެވެ. އޭނާވެސް އަވަހާއި އައިސް އިށީނދެފައި ކާންހުރީ ކޮންއެއްޗެއްތޯ ސުވާލު ކޮއްލިއެވެ. މުއާޒްގެ ހިނިތުންވުން ގުޅިފައިވި ކަމެއް ނޭނގުނު ނަމަވެސް އަމްރު އެކަމާއި ޝުކުރުވެރިވިއެވެ. އޭނާއަށް އެހައި ދުވަސްފަހުން މުުއާޒް ފެނުމުންނެވެ. އެއްގެއެއްގައި އުޅުނު ނަމަވެސް ދެބަފައިން ދިމާވާނީ މަދު ފަހަރެއްގައެވެ. މުއާޒް ރެއާއި ދުވާލު ހޭދަކުރަނީ މަސައްކަތުގައެވެ. ކާއެއްޗެހީގެ މަތި ނަގަމުން ގޮސް ބޯތައްޓަކަށް އަޅާފައިވާ ކުޅިމަސް އެތީގެ މަތި ނެގުމާއެކު އަމްެރު އަނގަމަތީގައި އަތްއަޅާލައިފިއެވެ. ކުއްލިއަކަށް އޭނާ މޭނުބައި ކުރީއެވެ. އަމްރު ހަނދާންވީ ކުޑަކުޑަ ރުކާޔަތު މަތިންނެވެ. އެކުއްޖާގެ ކަރުންނާއި އަނގައިން ފައިބާފައިވާ ލެއެވެ.
“އަމްރު…” މުއާޒް ގޮވާލީ ހާސްވެފައެވެ. އަމްރުއަކީ ދުވަހަކުވެސް ކާއެއްޗެއް ފެނިގެން އެހެން ކަންތައް ކުރި ކުއްޖެއް ނޫނެވެ.
“ކަމެއް ނުވޭ ބައްޕާ…” އަމްރު އެހެން ބުނެފައި ތަންކޮޅެއް ދުރުގައި ހުރި މުގުރިހަ އެތި ކައިރި ކޮއްލަމުން އޭގެން އަޅައިގެން ކާން ފަށައިފިއެވެ. ކައި ނިމިގެން އަމްރު ބޭނުންވީ އޮފީހަށް ވަދެލާށެވެ. ނިކަތުއަށް އެދުވަހު ފެނުނު ކަންތައް ނޭނގި އޭނާ ބޭނުންވާ މަންޒިލްއާއި ހަމައަަކަށް އޭނާއަކަށް ނުދެވޭނެއެވެ.
އޮފީހަށް ވަދެގެން އައި އަމްރުގެ ލޯ ހުއްޓުނީ ދުރުގައި ހުރި ކެބިންއެއްގައި ނިކަތު އިންތަން ފެނުމުންނެވެ. ފުރަގަހަށްއިން ނިކަތުގެ ދޮންދިން ކަނދުރާ ފެނުނުހިނދު އަމްރު ހިންދިރުވާލިއެވެ. ފައިންފެށިގެން ބޮލާއި ހަމައަށް ހޫނުކަމެއްގެ އިހުސާސްވުމުން އަމްރު ލޯމަރާލިއެވެ. މިއަންހެން ކުއްޖާ ފެނި މިކަހަލަ އިހްސާސް ކުރެވޭ ކަމުގަ ވަންޏާ އޭނާ ބޭނުންވާ ކަންތައް ހާސިލްވާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ދިމާވިތާ ގިނަ ދުވަސްތަކެއް ނުވި ނަމަވެސް ދެމީހުންގެ މެދުގައިވީ ދަމާ ބާރެއްފަދަ ގުޅުމެކެވެ. އަމްރު ލަސްލަހުން ކެބިންގެ ދޮރު ތަޅުލަމުން ފޮތަށް ގެއްލިފައިއިން ނިކަތުގެ ކޮނޑުގައި ހިފާލައި ކޮޅަށް ނަގަމުން އޭނާއާއި ދިމާލަށް އަނބުރާލިއެވެ. ނިކަތު ވަގުތުން ތަން ދައްކާލަމުން ދުރަށް ޖެހިލިއެވެ. އަމްރު އަމިއްލަ ގޮނޑިއަށް ދިއުމުގެ ބަދަލުގައި އިށީނދެލީ ކުޑަކޮށް މޭޒުމަތީގައެވެ. އެމަންޒަރު ފެނުނު ނިކަތު ފޮތް މަޅާލުމަށްފަހު ދުރުގައި ބާއްވަމުން އޭނާގެ ފައިލު ހުޅުވާލަމުން އޭގެއަށް އިނގިލިން އިޝާރާތް ކޮއްލިއެވެ. ނަމަވެސް އަމްރު އޭގެއަކަށް ނުބަލައެވެ.
އަމްރު ބަލަންހުރީ ސިދާ ނިކަތުގެ މޫނަށެވެ. އެކަން އިހްސާސްވި ނިކަތު ގޮނޑިން ތެދުވަމުން ދުރަށް ޖެހިލަން މަސައްކަތް ކުރިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާއައިސް ހުރީ އަމްރުގެ އަތުތެރޭގައެވެ. އަމްރު އަތުރޭގައި ހައްޔަރުވި ނިކަތު ހުރީ ނޭވާވެސް ލާން ނުކެރިފައެވެ. މަޑުމަޑުން މޫނު ކައިރި ކޮއްލަމުން އަމްރު ބަލާލީ ނިކަތުގެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތަށެވެ. އެއްވެސް ލިޕްސްޓިކްއެއް ފަދަ އެއްޗެއްވެސް ޖައްސާފައެއް ނުވެއެވެ. އަމްރު މަޑުމަޑުން އޭނާގެ ތުންފަތް ނިކަތުގެ ތުންފަތުގައި ޖައްސާލިއެވެ. ލޯބޮޑުވެގެން ދިޔަ ނިކަތުއަށް ކުޑަކޮށް ފަހަތަށް ޖެހެވުނެވެ. އަދި އަމްރުގެ ލޮލަށް ބަލާލިއެވެ. އެވަގުތު އަމްރުގެ ލޮލުން ނިކަތުއަށް ފެނުނީ އޭނާއަށްޓަކައި ލޯތްބެއް ނޫނެވެ. ގަޔާވާކަމުގެ އަސަރެއްވެސް ނޫނެވެ.
“ޑޫ ޔޫ ޑިންގަސްޓް މީ؟..” ދުރަށް ޖެހިލަމުން ނިކަތު އެހެން ބުނެލިއެވެ. އަމްރު އެއްވެސް އެއްޗެކޭއެއް ނުބުނެއެވެ. ނިކަތު ވަގުތުން އެތަނުން ނިކުމެގެން ހިނގައިގަނެއްޖެއެވެ.
އޮފީސް ނިންމާފައި އައި ގެއަށް އައި ނިކަތު ކާރުން ފައިބަމުން ކަރުގައި އަތް ހާކާލިއެވެ. ބާރަގަޑި ބައިވަން ކައިރި ވެފައި ވުމުން އޭނާ ހިނގާފައި ދިޔައީ ތަންކޮޅެއް ބާރަށެވެ. މިއަދު އެއްކޮށްހެން އޮފީހުގައި ހުންނަން ޖެހުމުން އޭނާ އިނީ ވަރަށް ބަނޑުހައިވެސް ވެފައެވެ. ކާރުގެ ދޮރުފަތް ޖަހަމުން ނިކަތު ކުރިއަށް ހިނގައިގަތީ ވަރަށް މަޑުންނެވެ. ހީވީ ހިނގައި ގަންނާނޭ ވަރުވެސް އޭނާގެ ގައި ނެތް ހެންނެވެ.
ދެފައި ބިންމަތީގައި ހާކަމުންއައި އައި ނިކަތު ފަހަތަށް ބަލާލީ އެއްޗެއް ވެއްޓުނު އަޑު އިވުމުންނެވެ. ގޭގެ ބުޑުގައި ހުރި ނަމަވެސް ނިކަތުގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް ހިނގައިގަތެވެ. ފަހަތަށް ބަލާލިއިރު ދުރުގައި ހުރި މީހަކު ފެނުމުން ނިކަތުގެ ހިނގުން ބާރުކޮއްލިއެވެ. އެމީހަކު ހުރީ ދުރުގައި ހުރި ފާރެއްގެ ކައިރީ އަނދިރީގައެވެ. އެހެން ވުމުން ނިކަތުއަށް އެމީހަކުގެ މޫނު ފެންނަގޮތެއް ނުވިއެވެ. ނަމަވެސް ނިކަތުގެ ފަހަތުން އެމީހާ ހިނގާފައި އަންނަ ކަމުގެ އިހްސާސް އޭނާއަށް ވިއެވެ.
ނުނިމޭ
3 Comments
Comments are closed.
Vvvv loabi vaahaka eh
Thankolheh avahah up kohdheeba pls
What is dingust ??