ވާ ލޯބި އިނގޭ ނަމަ 3
ހޯލުގެ ފާރުގައި ބޮޑުއަކުރުން ‘މަރުހަބާ ޑރ. އާމިނަތު އަވްލީން މިރުހާން’ ޖަހާފައި އިނެވެ. އަވްލީން ހިނިތުންވެލަމުން އެންމެންނާއި ސަލަމް ކުރިއެވެ. ހުރިހާ އެންމެން ވެސް ވަރަށް ހިތްހެޔޮވެފައި ގުޅެއެވެ. އެހެންކަމުން އަވްލީން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.
“މީ މި ހޮސްޕިޓަލްގެ ސްޓާފުންގެ ފަރާތުން ޑރ. އަވްލީން އަށް ދޭ ކުޑަކުޑަ ސަޕްރައިޒް އެއް. ޕްލަސް ހުރިހާ އެންމެންގެ އިންޓްރޯއެއް ދިނުމަށް ބާއްވާލި ކުޑަ މީޓިން އެއް. އެވްރިވަން ޕްލީޒް ސިޓް ޑައުން. އިރުކޮޅަކުން ޑރ. ރާދިން ދުރުވާނެ އެންޑް އާފްޓާ ދެޓް ވީ ކޭން ގިވް އަ ޝޯޓް އިންޓްރޯ އެބައުޓް އަވަސެފްސް” ކުރިމަތީގައި ހުރި ކުއްޖާ ވާހަކަ ދައްކާ ނުމުނު ތަނާހެން ހޯލުގެ ދޮރު ހުޅުވާލުމަށް ފަހު އެތެރެއަށް ވަދެގެން އައި މީހާ ފެނިފައި ހުރިހާ އެންމެން ކޮޅަށް ތެދުވިއެވެ.
‘ޔަޤީނެވެ. މިވާނީ ޑރ.ރާދިން އަށެވެ. ހުރިހާ އެންމެން އެ ތެދުވީ އެންވެތާއެވެ.’ އަވްލީންގެ ހިތުތެރޭގައި މި ބަސްތައް ވިއެވެ. ފިރހެންވަންތަ ހިނގުމެއްގައި ރާދިން އައިސް އޭނާއަށް ހާއްސަކުރެވިފައިވާ ގޮނޑީގައި އިށީނެވެ. އެއާއި އެކު ދެންތިބި މީހުން ވެސް ގޮނޑިތަކުގައި އިށީނދެ ހަމަޖެހިލިއެވެ.
“އައްސަލާމް އަލައިކުމް. އައި އޭމް ޑރ. ރާދިން އަހްމަދު ރިޔާދު. ދަ ސީ.އީ.އޯ އޮފް ތިސް ހޮސްޕިޓަލް. އައި ވުލްޑް ލައިކް ޓު ވެލްކަމް ދަ ނިއު މެމްބާ. ކޮންގްރެޓްސް ޑރ.އަވްލީން އެންޑް އަ ވާމް ވެލްކަމް ޓު ޑްރީމް ކެއާ ހޮސްޕިޓަލް” ރާދިން އޭނާގެ ގޮނޑިގައި ހަމަޖެހިލަމުން ވާހަކަދެއްކިއެވެ. ރާދިން އަށް އަވްލީންގެ މޫނު ރީއްޗަށް ފެނުނީ ވާހަކަދައްކާ ނިންމާލުމަށް ފަހު އަވްލީން އިން ދިމާއަށް ބަލައިލުމުންނެވެ. ރާދިންގެ ހިތައް ތަފާތު ގޮތެއް ވެގެން ދިޔަ ނަމަވެސް އިނދެވުނު ތަނުގެ ގޮތުން ކުޑަކޮށް ބޯ ހަލުވާލުމަށް ފަހު ހަމަޖެހިލިއެވެ.
ރާދިންއަށް ފަހު ދެން ތިބި އެންމެން ތަޢާރަފްވެލަމުން އެ ބައްދަލުވުން ނިންމާލީ ކުޑަ ކޭކެއް ވެސް ފަޅާލުމަށް ފަހުއެވެ.
ހުރިހާ އެންމެން އެމީހެއްގެ މަސައްކަތާއި ވެގެން ކުރިއަށްް ދިޔައެވެ. ވަޒީފާގެ ފުރަތަމަ ދުވަސް ކަމުގައި ވުމުން އަވްލީން އަކަށް މާ ބޮޑުކަމެއް ކުރާކަށް ނުޖެހުނެވެ. ދެތިން ޕޭޝަންޓ އެއް ބަލައިލުމަށް ފަހު އަވްލީން ކެންޓީން އާއި ދިމާލަށް ދިޔައީ ކޮންމެސް އެއްޗެއް ކައިލުމަށެވެ. އޭނާ އާއި އެއްކޮށް ޑރ.ތޫބާ ވެސް އައެވެ. އަވްލީން އާއި ތޫބާ ވަނީ މިހާރު ކޮންމެސް ވަރަކަށް ރަހުމަތްތެރިވެފައެވެ.
ދެމީހުން ގޮސް ހުސްކޮށް ހުރި މޭޒެއްގެ ދޮށުގައި ޖައްސާލުމަށް ފަހު ބޭނުންވާ އެެއްޗިސްއަށް އޯޑަރު ދިނެވެ.
“އޭ ލީން މަބުނީ މި ޑރ. ރާދިން ވަރަށް ހޭޑްސަމް ދޯ. ލީން އާއި ނުލާހިކު ގުޅޭ. މަށަށް ފެނުނު ރާދިން އަށް ލީން ފެމުން އޭނަގެ މޫނު މައްޗަށް އެރި ކުލަވަރު. އައި ތިންކް ހީ ލައިކްސް ޔޫ” ހީގަންނަމުން ތޫބާ މިއަދު ހޯލުން އޭނާއަށް ފެނުނު މަންޒަރެއްގެ ވާހަކަ އަވްލީން އާއި ހިއްސާކޮށްލިއެވެ.
“ދެން ތޫ ވެސް ދޯ. ބަލަ އަދި އަލަކަށްނު އޭނަ އަށް އަހަރެން އެ ފެނީ ވެސް. ހަމަ އެންމެ ފެނިލުމަކުން ލައިކްވެފަ ލޯބިވެވޭތަ މީހުންނަށް؟ އެންޑް ރާދިން ހަމަ އެހާ ރީތިވިއްޔާ ތޫ އޭނަ ސެޓްކުރަން ވީ އެއްނު” އަވްލީން ވެސް ތޫބާގެ ވާހަކައިގައި ބައިވެރިވެލިއެވެ.
“އޯ މެޑަމް!! އަޑެއް ނާހަން ތަ ލަވް އެޓް ފަސްޓް ސައިޓް ގެ ވާހަކައެއް؟ ހަމަ ޑރ. ރާދިން އަށް ވެސް އެންވެދާނެއެއްނު ދޯ. އެންޑް މަށެއް ނުބުނަން ލޯބެވެޔެކޭއެއް ދޯ!! ލައިކް ވެދާނެ އެއްނު ހަމަ. އެންޑް އެންޑް!!! މަ ބުނީމެއްނު މަ މެރީޑް އޭ ދޯ.” ތޫބާ އަވްލީންއަށް ރައްދު ދިންއިރު އޭނާ އިނީ ހީހީވަރުބަލިވެފައެވެ.
“ހެވޭ އަޑުއަހަން ލަވް އެޓް ފަސްޓް ސައިޓް އޭ ކިޔާ އަޑު. އެކަމް އައި ޑޯންޓް ބިލީވް އިން އޯ ދެޓް ސްޓްފް” އަވްލީން ވެސް ދެރަނުވާން ވެގެން ބުނެލިއެވެ.
ކޮންފަރެންސް ހޯލުތެރެއިން އަވްލީން ފެނުނު ފަހުން ރާދިންއަށް އަވްލީން ނޫން އެހެން މީހަކާއި ދޭތެރޭ ވިސްނައެއްނުލެވެއެވެ. އެންމެ ފުރަތަމަ އެ ފެނިލުމުން ވެސް ރާދިންއަށް އަވްލީން ދެކެ ލޯބިވެވިއްޖެއެވެ. އަވްލީން ހާސިލްކުރަން ބޭނުންވީ ނަމަވެސް އެކަން ކުރާނެ ގޮތެއް ރާދިން އަކަށް ނުވިސްނުނެވެ. އަވްލީންގެ ލޯބިވެރިއެއް ހުރެދާނެ ކަމަށް ހީވާތީއެވެ. އެންމެ ފަހުން ވަރަށް ވިސްނުމަށްފަހު ރާދިން ނިންމީ އަވްލީން އާއި ވާހަކަދައްކާ ރަހުމަތްތެރިވުމަށެވެ.
ޑިއުޓީ ނިންމާލުމަށް ފަހު އަވްލީން އަތްމަތި އަވަސްކޮށްލީ އަވަހަށް ގެއަށް ދިއުމަށެވެ. އަވަސް އަރުވާލައިފައި ކެބިން އިން ނިކުން އަވްލީން ކެބިން އެތެރެއަށް ވަންނަން އައި ރާދިންގެ ގައިގާ އަޅައިގަތުމަށް ފަހު ވެއްޓެންދިޔައެވެ. ދެން ސަލާމަތް ނުވާނެކަން އެނގުމުން އަވްލީން ދެލޯމަރައިލީ ވެއްޓުމުން ވާނެ ތަދު ހިތްއެރުމުންނެވެ.
ދޯމަރައިގެން އޮތް އަވްލީން ސިހުނީ ބާރުގަދަ އަތަކުން އޭނާގެ އުނަގަނޑުގައި ވަށައިލުމުންނެވެ. ދެލޯ ހުޅުވާލިއިރު އަވްލީން އާއި ދިމާލަށް ބަލަން އޮތް ރާދިން ފެނި ކުޑަކޮށް ޖެހިލުންވާ ގޮތް ވިއެވެ. އެހާ ކައިރިން އަވްލީންގެ ރީތި މޫނު ފެނުމުން ރާދިން އަށް ކަޅިޖަހައިނުލައި ބަލަން އޮވެވުނެވެ. އަވްލީން އަށް މިކަމުގެ ސަބަބުން ކުޑަކޮށް އުނދަގޫވިއެވެ.
އަވްލީން ތެދުވަން އުޅުމުން ރާދިން އަށް ހަމަ ބިމަށް އާދެވުނެވެ. އަދި އަވަސް އަވަހަށް އަވްލީންގެ އުނަގަޑުން އަތް ދޫކޮށްލިއެވެ.
“ތެންކްސް ރާދިން ސަރ!” އަވްލީން މަޑުމައިތިރިކަމާއި އެކު ވާހަކަ ދެއްކިއެވެ.
“ޕްލީޒް ޖަސްޓް ރާދިން. ކޯލް މީ ރާދިން.” އަވްލީން އޭނާ އާއި ދިމާއަށް ‘ސަރ’ އޭ ކިޔާ މުހާތަބުކުރުމުން ރާދިން އަށް ކުޑިކޮށް އުނދަގޫވިއެވެ. އޭނާ އަކީ އެތަނުގެ ބޮޑު މީހާ ކަމުގައި ވީ ނަމަވެސް އެހެންނޭ ކިޔާފައި އެއްވެސް ބޮޑާކަމެއް ނުހުރެއެވެ. ހުރިހާ މުވައްޒަފުންނާއި ވެސް ވަރަށް ގުޅެއެވެ.
“އޯކޭ. އަމްމްމް.. ކަމަކު ތަ ކެބިންއަށް ތި އައީ؟” އަވްލީން ސުވާލުކޮށްލިއެވެ.
“އަނެއްހެން މާ ބޮޑު ކަމަކު ނޫން އަސްލު. ނިއު ކުއްޖެއް ވީމަ ހަމަ ފަސްޓް ޑޭ ރަނގަޅަށް ތޯ ދިޔައީ އަހާލަން ކަމަށް މި އައީ އަސްލު” ހިނިތުންވެލަމުން ރާދިން އޭނާ އެތަނަށް އައި ބޭނުން ހާމަކޮށްލިއެވެ.
“އޯކޭ ހަމަ ހުރިހާ ކަމެއް ވެސް. އެންޑް އެންމެންވެސް ވަރަށް ފްރެންޑްލީ. ތެންކްސް ފޯ އާސްކިންގް. ގެއަށް ދާން ކަމަށް މިއުޅެނީ. ކޭން އައި ގޯ ނައު؟” ރާދިންގެ ސުވާލަށް ޖަވާބު ދިނުމަށް ފަހު އަވްލީން ގެއަށް ދާން ބޭނުން ވާހަކަ ހާމަކޮށްލިއެވެ.
“އޮފްކޯޒް ޔޫ ކޭން ގޯ.” އަވްލީން އާއި އިތުރަށް ވާހަކަ ދައްކަން ބޭނުންވި ނަމަވެސް ރާދިން އަވްލީން ގެއަށް ދިއުމަށް ހުއްދަދިނެވެ.
އަވްލީން ދިޔަ ދިމާލަށް ހިނިތުންވެލައިގެން ބަލަން ހުރި ރާދިން ސިހުނީ އޭނާގެ ކޮނޑަށް އަތް ވައްޓާލަމުން މާހިލް ކަރުކެހިލުމުންނެވެ.
“އޭ ބަލަ ބުރޯ ކިހިނެއްވެފަ ތި ހުންނަނީ ވައްތަރަކަށް ހޭން؟” އާދިއިގެ މަތިން އޭނާގެ ސަމާސާ މިޒާޖުގައި މާހިލް އަހައިލިއެވެ.
“މާހް އަކަށް ނޭނގޭތަ؟ މިއަދު ކޮންފްރެންސް ހޯލުގައި އިން އިރުވެސް ކޮންމެސް މީހެއް އިނީ އަލަށް އައި ކުއްޖާ ފެނިފަ ކަޅިޖަހައިވެސް ނުލައި ބަލަން. މަހީކުރީ އެ ކުއްޖާ ފަކީރު ކައިލާން އުޅެނީކަމަށް” މާހިލް އާއި ބައިވެލަމުން ރާހިލް ވެސް ރާދިން އާއި ދިމާކުރަން ފެށިއެވެ. މާހިލް އާއި ރާހިލް އަކީ އެއްމާބަނޑު ދެ ކުދިންނެވެ. އެ ދެ ކުދިންނަކީ ރާދިންގެ ބައްޕަގެ ހުރި ހަމައެކަނި އަންހެން ކޮއްކޮ ރައުފާގެ ދެ ކުދިންނެވެ. ރާދިން އާއި މާހިލް އަދި ރާހިލް އަކީ އެއް އުމުރެއްގެ ތިން ކުދިންނަށް ވުމުން އަބަދުވެސް ތިން މީހުން އުޅެނީ އެކީއެވެ.
“ފެށުނީ ދެމީހުން ކަންތަކާ ދެން ނޯންނާނެ ސަލާމަތެއް ވެސް.” ރާދިން ބޯހޫރުވައިލަމުން ވާހަކަ ދެއްކީ އެ ދެމީހުން އޭނާ އާއި ދިމާކުރާނެކަން ރަނގަޅަށް އެނގޭތީއެވެ.
“ރާދްގެ ޗޮއިސް ކޮންމެއަކަސް ވަރަށް ސަޅި އިނގޭ އެ މަންޖެ ވަނަ ހީވަނީ ހޮލީވުޑްގެ ތަރިއެއްހެން. އެހާވެސް ފުރިހަމަ ވެފައި ރީތި. ކީކޭތަ އޭނަގެ ނަމަކަށް އި ކަޔަނީ. އަ އަ.. އަ..” ރާހިލް އަވްލީންގެ ނަން ހަނދާންކުރުމަށް އުޅުނެވެ.
“އިޓްސް އަވްލީން ޑަންބޯ” ރާދިން އަވްލީންގެ ނަން ބުނެލުމުން ރާހިލް އަދި މާހިލް އެކުއެކީ ހީގަތެވެ.
“ރޯމިއޯ އަށް ޖޫލިއެޓް ގެ ނަން ވެސް އިނގެއޭ ދޯ!!” މާހިލް ރާދިން އާއި ދިމާކޮށްލިއެވެ.
“ދެން ވެސް މަށާއި ދިމާނުކޮށް ހިނގާބަލަ ގެއަށް ދާން” ރާދިން ހިނގައިގަތުމުން އޭނާ އާއި އެކީގައި ދެން ތިބި ދެމީހުން ވެސް ހެމުން ދިޔައެވެ.
އަވްލީން ގެއަށް އައި އިރު ޔާސިރާ ސިޓިންގް ރޫމް ސޯފާގައި ޖައްސާލައިގެން ޓީވީ ބަލަން އިނެވެ. މާޒިން ފެންނަން ނެތުމުން އަހައިލާން އުޅެފައިވެސް އަވްލީން ފަސްޖެހުނީ އެހެން އަހައިލިޔަސް ޔާސިރާ އޭނާ އާއި ދިމާލަށް ހަޅޭއްލަވައިގަންނާނެކަން އިނގޭތީއެވެ. އެހެން ކަމުން މަޑުމަޑުން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
ފެންވަރައި ތާޒާވެލައިގެން އެނދުގައި އަރާމުކޮށްލަން ޖައްސާލި އަވްލީންގެ ހިޔާލަށް މިއަދު އޭނާ އާއި ރާދިންގެ ދެމެދުގައި ހިނގާ ދިޔަ ހާދިސާ އައެވެ. ރާދިންގެ ގައިގާ އޭނާ ހިތްދަމައިގަންނަ ސިފަތަކެއް ހުރި ނަމަވެސް އެފަދަ ކަމަކާ ދޭތެރޭ ވިސްނާކަށް އަވްލީން ބޭނުމެއް ނުވެއެވެ. ރާދިން އަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖަކަށް ވާއިރު އަވްލީން އަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. އަވްލީން ދެކޭ ގޮތުގައި އެފަދަ މުއްސަނދި އާއިލާއެއްގެ ކުއްޖަކާއި އޭނާ އާއި އެކަށިގެންނެއްނުވާނެއެވެ. ނަމަވެސް އަވްލީން އަށް ނުވިސްނުނު ކަމަކީ ލޯތްބަކީ ވަކި ފަންތީގެ ވަކި ބަޔަކަށް ހާއްސަކުރެވިފައިވާ އެއްޗެއް ނޫން ކަނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



Me first dhw??masha allah..vrh vrh rythi mi prt??nxt prt kon irakun?last word ga kaneve ge badhaluga innaany kameve dhw❤❤❤hpe u will correct the mistakes..
Yah you are first dear ❤️??
Yes check kohnulaa up kurevunyma mistakes huredhaaane im sorry about it ?
When is next part? Maasha Allah mi part ves varah reethi
Next part mardhan kiyaalan libeyne in sha allah ?
woow it’s so nice