ޒަވީން ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އައިސް ސޯފާގައި އިށީންނަމުން އެވްލީންއަށް ކުޑަ ގޯނާއެއް ކޮށްލިއެވެ. އެވަގުތު އެވްލީންއަށް ބާރަކަށް ހީގަނެވުނުއިރު ހިތުގައި އުފެދިފައިވާ ބިރުވެރި ކަމުގެ ތޫފާން މަތިން އެއްކޮށް ހަނދާން ނެތުނެވެ. ” އައި ނޯ ލީން ބިރުގެންފަ ކަން ތިއިނީ.. ޓްރަސްޓް މީ ލަވް… އޭނައަށް އެއްވެސް ގެއްލުމެއް ނުދެވޭނެ… އަހަރެން މިހުރީއެއްނު… ސޯ ހުރިހާ ބިރެއް މަތިން ހަދާން ނައްތާލާ… އަހަރެން ލީން ޕްރޮޓެކްޓް ކުރާނަން ، އައި ޕްރޮމިސް… އޭނަ މިގެއަށް […]
“ޒައިން ޕްލީޒް… އެންމެ ފަހު ފަހަރަށް ވިޔަސް އަހަރެން ދައްކާ ވާހަކަ އަޑު އަހާ ފާނަންތަ؟.” އީނާލް ވަހަކަ ދެއްކިއެވެ. ބަނދަރުގެ އެއްފަރާތުގައި ވި ގޮނޑުދޮށުގައި ހުރި ޒައިން ގެ ނަޒަރު ހުއްޓިފައި ހުރީ އީނާލް އާއި އޭނަގެ ގުޅުން ފުރަތަމަ ފެނުނު ތަނާ ދިމާލަށެވެ. އެދިމާލަށް ބަލަން ހުރި އިރު އެ ދެލޮލުން ކަރުރުނައިގެ އަސަރު ފެންނަހެން ހީވެއެވެ. އީނާލް ގުޅުމުން ކިތަންމެ ވާހަކަ ދައްކަން ބޭނުންވެފައި ހުރި ނަމަވެސް ޒައިން ގެ ހިތުގައި އަޅަމުން […]
” ރިނީ… ހާދަ ވަރަކަށް ބިރުގެންފަ ތިހުރީ… ” އަކިޔަސް އޭނަ އަޅައިގެން ހުރި ހެޑްސެޓް ނެގުމާއެކު ރިހާނީއަށް ފަޒާގެ ތެރެއަށް ފުން ނޭވާތަކެއް ދޫކޮށްލެވުނެވެ. ” ނަތިންގް… ” ރިހާނީ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިކުރުވިއެވެ. އަދިވެސް އެހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ. ބައެއް ފަހަރު ހިތް ހުއްޓިދާނެހެން ވެސް ރިހާނީއަށް ހީވެއެވެ. އަކިޔަސް ހެޑްސެޓް އަޅައިގެން ހުރީ ނަސީބަކަށެވެ. އެހެން ނޫންނަމަ އޭނަގެ ހަޤީޤަތް މިއަދު ބޭޒާރު ވީހެވެ. އަކިޔަސް އައިޕޮޑް އިން އަޑުއަހަން […]
”ހޭއި ދައު… އަހަރެން ކުޑަ ކަމަކު އެދެންވެގެން އިނގޭ މިގުޅީ…” ފުރަން ތައްޔާރުވެ ނިމުމާއެކު ކޮޓަރިން ނިކުތްނަމުން ދައުހާއަށް ތޫގާ ގުޅާލިއެވެ. އަދި ކުރު ގޮތަކަށް އޭނަގެ ދަތުރުގެ ވާހަކަތަކާއި ރުކާން ގާތު އޭނަ ހެދި ދޮގުތަކުގެ އިތުރުން އެދޮތުތައް ފޫބައްދާލަ ދިނުމަށް ދައުހާއަށް އެހީވެދެވޭނެ ގޮތްތައް ވެސް ބުނެދިނެވެ. ދައުހާ ހިނިގަނޑެއް ޖަހާލަމުން އެކަމާ އެއްބަސްވީ ޒަމާނުއްސުރެން އެދެމެދުގައިވާ އެކުވެރިކަމަށްޓަކައެވެ. ”އަޅޭ!، އަހަންނަށް ތި ދަތުރުގައި ބައިވެރި ނުވެވޭތީ ދެރަވެއްޖެ… އެނީވޭސް ޔޫގައިޒް ހޭވް ފަން…” […]
ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓް ތަކުގެ ނަތީޖާ ޕޮޒިޓިވް ވުމާއެކު ޒަވީން އާއިލާގެ ހުރިހާ މެންބަރުންނަށް އެއުފާވެރި ޚަބަރު ދިނީ ހެނދުނު ނާސްތާ ކުރަމުންދިޔަ ވަގުތުގައެވެ. ” މޯމް ، ޑޭޑް އައެމް ގޮއިން ޓު ބީ އަ ފާދާރ…. ” ޒަވީން ފިނިވެފައިވާ އެވްލީންގެ އަތުގައި ހިފަހައްޓައިލަމުން އެއުފާވެރި ޚަބަރު އެންމެނާއި ހިއްސާކުރިއެވެ. ޒަވީން ބުނި ޖުމްލަ ރިހާނީގެ ކަންފަތުގައި ގުގުމާލީ ހޮނު ގުގުރިއެއް ހެންނެވެ. އޭނަ ބޮމުން ދިޔަ އާފަލު ޖޫސްތަށި ކަރުތެރޭގައި ތާށިވުމާއެކު […]
އުޑުމަތީގައިވާ ކަޅު ވިލާތަކުން ދުނިޔެ އަނދިރިކޮށްލީ ހަމަ ކުއްލިއަކަށެވެ. ނަލަ ނަލަ ވައިރޯޅިތަށް ބާރުވެ ވިއްސާރަ ވެހެންފެށީ އެއްވެސް އިންޒާރެއްނެތިއެވެ. ވައި އިންތިހާއަށް ބާރުވެ ހީވަނީ ގެތަކުގެ ފުރާޅުވެސް އެއްލާލަފާނެހެންނެވެ. ކަނޑުގެ ރާޅުތަށްވެސް ގަދަވެ ތޫފާނެއްގެ މަލަމަތި ދައްކާލިހެން ހީވެއްޖެއެވެ. މިހުރިހާ ކަމަކުންވެސް އެއްވެސް އަސަރެއް ނުކުރާހާލު ގޮނޑުދޮށުގައި އިށީނދެލައިގެން އިން ޝައިނާގެ ދެލޯވަނީ ފުސްވެފައިއެވެ. މިއަދު ދުނިޔެ އަނދިރިކަން ދެއްކިޔަސް މާދަމާ އަލިކަމެއް ދައްކާނެ ކަަމަކަށް ޝައިނާގެ ހިތެއް ނުބުނެއެވެ. “ޔާ ﷲ މިއަޅާއަށް ކެތްތެރިކަން […]
އައިރާގެ އާއިލާއެކު ވެއްޓިފައި މިވާ ވަޅުގަނޑުން އެރޭތޯ އައިރާ ކެޑި ނޭޅި މަސައްކަތް ކުރަމުން ދިޔައެވެ. އެންމެފަހުން އޭނާ ގޮތެެއް ނިންމައިފިއެވެ. އޭނާ ނިންމީ މަންމަގެ ރަށް ގއ.ވިލިނގިއްޔަށް ބަދަލުވާށެވެ. މިހާރު މަންމައަށް ވާހަކަ ނުދެއްކުނުނަމަވެސް ހިނގާ ބިނގާވެ އުޅެވޭވަރުވާތީއެވެ. އައިރާގެ އުމުރުން 5 އަހަރުވަންދެން އުޅުނު ކާފަގެ ގެ ރަށުގަ ހުންނާނެއެވެ.. މަންމަގެ އާއިލާގެ އެއްވެސް މީހަކު މިހާރު ދުނިޔޭގައި ނެތެވެ. އައިރާމެން އެރަށަށް ދިޔަޔަސް އަޅާލާނެ ތިމާގެ މީހަކު ނުހުންނާނެއެވެ. އަޅާލާނެ މީހަކު ނުވިޔަސް […]
ނޫރް ވަގުތުން މާތްﷲ އަށް ޙަމްދްކުރީ ވީއުފަލުންނެވެ. ނޫރްއަވަހަށް ދުވެފައި ގޮސްއައީ ޝާމާގޮވައިގެންނެވެ. “މަންމާ މާހީ ހަރަކާތްކުރިއޭ ދެންމެ……އަހަންނަން ހަމަ ޔަގީން……” ނަމަވެސް ޝާމާއައިސް މާހިލްއަށް ގޮވާގޮވާ އެއްވެސް ހަބަރެއް ނުވިއެވެ. ކުޑަ މިނުން އަތްވެސް ހަލުވައެއް ނުލައެވެ. ލޯވެސް އޮތީ މަރައިގެންނެވެ. މާހިލް ހޭއެރިކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. ޝާމާގެ މޫނުމަތީގައިވީ ހިނިތުންވުން ވަގުތުން ފަޑުވެގެން ދިޔައީ ދިއްލުނު ހުޅުކޮޅު އެހާމެ އަވަހަށް ނިވިގެން ދިޔައީމެވެ. “ތި ވާނީ ދަރިފުޅަށް ހީވި ގޮތެއް ކަމަށް…….އަދި އިންޝާ […]
” ކި…ޔާ…. ޑޭޑް އެކްސިޑެންޓެއް ވެގެން މިއުޅޭނީ… ހީ އިސް އިން އަ ވެރީ ސީރިޔަސް ސިޓުއޭޝަން… ” ޒަރާ ރޮވިފައިވާ އަޑަކުން ބުނެލިއިރު އަކިޔަސް ހުރީ ހުއްޓުން އަރާފައެވެ. އަކިޔަސްގެ ސިކުނޑި މަސައްކަތް ކުރަން ފެށީ އިރުކޮޅެއް ފަހުންނެވެ. އަކިޔަސް ފޯނު ބާއްވަމުން ވީހާވެސް އަވަހަކަށް ލަންޑަނަށް އަންނާނެ ކަމަށް ބުނެލިއެވެ. ބޮޑުކަމެއް ދިމާވުމުން ސިކުނޑިން ބައެއް ކަންތައް ފޮހެވިގެންދާ ފަދައިން އަކިޔަސް ކުރަން އުޅުނު ކަންތައް މަތިން ހަނދާން ނެތުނެވެ. ސިކުނޑިއަށް ވާން ވެފައިވުމުން […]