” އަހަންނަށް އަބަދުވެސް ފެންނަނީ މައު ކޮންމެވެސް ހިޔާލެއްގަ ހުއްޓަ.. ކޮންކަމަކާތަ އެހާވަރަށް ވިސްނަނީ؟؟؟ އަނެއްކާ ބޯއީފްރެންޑް އެއް ހުންނަނީތަ؟؟؟…” ތެޅިތެޅީ އޮތް ހިތަކާއިއެކު ޒަކްވަން މިހެން އަހާލިއެވެ… މައުރިން ޒަކްވާން އާއި ދިމާއަށް ބަލައިލިއިރު އެ މޫނުމަތިން ފެންނަނީ ސީރިއަސް ކަމެވެ. ” ބޯއީފްރެންޑެއް ނުހުރޭ..، އެކަމުވެސް އެހެން ކުޑަކޮށް ވިސްނާލަން ޖެހޭ ބައެއްކަހަލަ ކަންތައްތައް ހުންނާނެއެއްނު ދޯ..” މައުރިން ގެ ވާހަކަ ނިންމާލީ ހިނިތުންވެލަމުންނެވެ. ޒަކްވާން އަށް ވެސް ހީލެވުނީ މައުރިން ގެ ޖަވާބުން […]
ސައިކަލު ދުއްވަމުން ދިޔައިރު ދެ އެކުވެރިން ގެ މެދުގައި ވެސް ވަނީ މަރުފަދަ ހިމޭން ކަމެކެވެ. ސައިކަލުގެ ފަހަތުގައި ބޮލުމަތީ ސުވާލުމާކެއް ޖަހައިގެން އިން ޝިވަން އިނީ އަންގަޗޭ ވެފައެވެ. އަޅެ އެހެންޏާ ފަހެ އިރާޝް އޭނާ ގެއިން ނެރުނީ ކޮފީ އަކަށް ދާށޭ ކިޔާފަނޫން ހެއްޔެވެ. އެކަމަކު މިހާރު މިދަނީ ކޮންތާކަށް ހެއްޔެވެ. ޔަގީނެވެ، ކޮފީ އަކަށޭ ކިޔާފައި ހަވީރު ގަޑީ ނަލަހެދިލައިގެން އޭނާ ގޮވައިގެން އެނިކުތީ ބިޓުންބަލާށެވެ. ޝިވަން ގެ ހިޔާލަށް އައި ކަމެށްގެ ސަބަބުން އޭނާ އަށް އެއް މިޔަކަނިން ހިނިތުން ވެލެވުނެވެ. އެވަގުތު އެހެން ލާފާ ދިޔަދެއަންހެން ކުދިންނަށް މި މަންޒަރު ފެނި ހޭނެތޭވަރުނުވީ ކިރިޔާއެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ހިނިތުން ވެލާއިރު ކޮލަށް އެވާ ގޮތަކުން ހީވަނީ ދެންމެ ދެންމެ އަޑިކޮޅެށް އެޅެދާނެ ހެންނެވެ. ހިޔާލެއްގެ ތެރެއަށް ގެއްލިފައި އިން ޝިވަން އަށް މިއިން އެއްވެސް ކަމެއްގެ ހިލަމެށްވެސް ނުވަކަހަލަ އެވެ. އެއަށްވުރެން ބޮޑަށް އޭނާވަނީ ހިޔާލެށްގެ ތެރެއަށް ގޮސް ހުސްވެފައެވެ. ސައިކަލު ދުށްވަމުންގޮސް އިރާޝް ޖެލީ ކުރިމަށްޗަށް ސައިކަލު ހުށްޓާލިއެވެ. ނަމަވެސް ހިޔާލުތަކުގެ ތެރެއަށް ޢަރަޤު ވެފައިން ޝިވަން އަށް މިކަމުގެ ހިލަމެށްވެސް ނުވާކަހަލައެވެ. އިރާޝް ދެފަހަރަކު ކަރުވެސް ކެހެލިއެވެ. ނަމަވެސް އަދިވެސް ޝިވަން ފައިބާކަށް ނޫޅުނެވެ. އެންމެފަހުން އިރާޝް ޝިވަންގެ ނަމުން ވަރަށް ބާރަށް ގޮވާލުމަށްފަހު އަރިމަށްޗަކަށް އެނބުރިލާފާއި ޝިވަންގެ ފައިފަލަ މަސްގަންޑުގައި ވަރަށް ބާރަށް ވިކައިގަތެވެ. ޝިވަން ސިއްސައިގެންގޮސް ތެޅެގަނެފައި ސައިކަލުމަތިން ފުންމާލިއެވެ. އެވަގުތު އިރާޝް ކުސްތަޅާލިއެވެ. ” ޗުސްޗުސް.. ކައެއަށް ވާސާބަސް! މިއަދު ކީށްވެފާތަ ތިއިންނަނީ” ”އޭއަޅާލާއެއްޗެށް ނޫނޭ! މިއަދު މާބޮޑަށް ބޮލުގަ ރިއްސާތީ! ތިއެއް ނޫނޭ ! ކީށްވެޔޯ މިތަނަށް ތިއައީ! ކައެ ބުނީ ކޮފީ އަކަށޭނުން” ޝިވަން ނުދެނެހުރިކަމަށް ހަދަފައި މައުލޫ ބަދަލު ކޮށްލިއެވެ.” ހޫން އެއީ ދެންހަމަ ހިޔާލު ބަދަލުވީ!ހިތަށް އެރީ ކުޑަަކޮށް ސިކުންޑި ހަމަޔަކަށް އަޅުވާލަން ޖޫގޯ އެށްބޯލަން މިތަނަށޭ އަންނާނީ! ދެން އަނގަ ނުތަޅުވާ ހިގާ ވަންނާން”ދެއެކުވެރިން އެކުގައި ޖެލީ ތެރެއަށް ވަޓުމަށްފަހު ޖޫގޯ އަކަށް އޯޑަރ ދިނެވެ. ޖޫގޯ ލިބުމުން ދެއެކުވެރިން ވެސް ޖޫގޯހިފައިގެން ދާން އެންބުރެލިވަގުތު ޝިވަން އަށް ނުބަލަ އެނބުރެލެވެމުގެ ސަބަބުން ފަހަތުންދިޔަ އަންހެންކުއްޖެއްގެ ގާގައިޖެހިފައި އެކުށްޖާ އަތުގައި އޮތް މިލްކްޝޭކް ތަށިން އެއްބައި ޝިވަން ގެ ގަމީހަށް ވެރުނެވެ. އެވަގުތު ޝިވަން އަނގަޔަށް ޖަށްސާލި ވަށްތަރުފެނި އިރާޝް ގާތަށް އައީ އަމަށަކު ހިންޔެއް ނޫނެވެ. ޝިވަން ގާތަށް ރުޅި އަސްގެން އިރާޝް ގެ ކޮނޑުގައި ބޮނޑިއެއް އަޅާލިއެވެ. ޝިވަން އަށް ވީގޮތް ފެނި ޝިޔާ ވެސް ހުރީ ހީ ހީ ބަލިވެފައެވެ. ”ތަންކޮޅެއް ބަލައިގެން އުޅެބަލަ! އަމިއްލަ މީހާ އަށް މީހާ ގެ ސޫރަ ފެނިފަަ….” ޝިވަން ގެ ބަސް ހުއްޓުނީ ކުރިމަތީ އިސްޖަހައިލައިގެން ހުރި ރީތި ކުއްޖާ ފެނުމުނެވެ. ފަލަ މަސ ގަނޑާ ހަމައަށް އަރާ ބުޅި އިސްތަށިގަނޑެކެވެ. ގަދަ މުށި ކުލައަކަށްދާ ބޮޑު ދެލޮލެކެވެ. ތުނި ތުނި ތުންފަތެކެވެ. އެ މައުސޫމް މޫނަށް ބަލަހަށްޓަައިގެން ޝިވަން އަށް ހުރެވުނީ ކޮންތާކު ކަަން ވެސް ހަނދާން ނެތް ފަދައެވެ. އޭނާ ވަނީ ހިޔާލީ ދުނިޔޭގެ އެންމެ ފުނުގައެވެ. ”ސޮރީ!” އެކުއްޖާ އެހެން ބުނެލީ ވަރަށް ވެސް މަޑުންނެވެ. ޝިވަން ގެ އަނގަ ހުޅުވާލި ނަމަވެސް ލައްޕާލަން ޖެހުނީ އޭނާގެ ޖީބުގައި އޮތް ފޯނު ރިންގް ވާންފެށުމުންނެވެ. އަވަހަށް ފޯނު ނަގައިފައި ކަންފަތުގައި ޖަހާލަމުން ހަލޯ އޭ ކިޔާ ބޭރަށް ނިކުތެވެ. ”ސޮރީ.. މިދަނީ އޭ މިހާރު ގެއަށް” ޝިވަން ފޯނު ޖީބަށް ލަމުން އިރާޝް އަށް ގޮވާ ސައިކަލުގައި އޭނާ ގެއަށް ގެންގޮސް ދިނުމަށް އެދުނެވެ.” ކަލޯ ރަޒާ އެބަހުރި ގެއަށް އައިސް ނުވަދެވިފަ … މަންމަ ކައިރީ ބުނީމޭ ރަޒާ އަށް ވެސް ތަޅުދަނޑި އެއް ދޭށޭ…. މި ވެސް ދެން ބޮޑު ކަމެއް.. ކޮން މެ ދުވަހަކު އިރު ނު އޮއްސެނީސް މަ ޖެހޭނެ ގެއަށް ވަންނަން” ޝިވަން ޝަކުވާ ކުރަނ ފެށިއެވެ. ” އާގް”
އިރު އޮއްސޭ މަންޒަރާއި އިރު އަރާ މަންޒަރަކީ ޤުދުރަތީ އަޖައިބުތަކުގެ ތެރެއިންވެސް ވަކިން ޚާއްސަކޮށް ފާހަގަކުރެވޭ ދެކަމެކެވެ. އިރު އަރާ ވަގުތާއި އިރު އޮއްސޭ ވަގުތު ދުނިޔެމައްޗަށް އަރަމުން އެދާ ހިތްގައިމު ކުލަތަކަކީ ކުރެހުންތަކަކުން ނުވަތަ ޅެންވެރިންގެ ފަށުވި އިބާރާތްތަކަކުން ސިފަކުރެވޭ ވަރަށްވުރެ މާ ފުރިހަމަ މަންޒަރުތަކެކެވެ. އެ ހިތްގައިމު މަންޒަރުތަކުން ހިތަށް ހަމަޖެހުން ހޯދާ މީހުން ވަރަށްވެސް ގިނައެވެ. އަހަރެންނަކީވެސް ޤުދުރަތުގެ އެ ހިތްގައިމު މަންޒަރުތަކުން ހިތަށް ހަމަޖެހުން ހޯދަމުންދާ މީހަކީމެވެ. އަހަރެން އިރު އަރާ […]
ލޯބިވާއެވެ! ކަލާ އަހަންނަށް ތިދިނީ ކޮން ކުށެއްގެ ސަޒާ ހެއްޔެވެ؟ އަހަރެންގެ ލޯބީގައި ކޮޅުފައިންޖެހީ ހެއްޔެވެ؟ އެކަމަކު ކީއްވެކަން ބުނެދީބަލާށެވެ! އަހަރެންގެ ގައިގާ އުނިވީ ކޮން ސިފައެއް ހެއްޔެވެ؟ އަހަރެން ފޯރާ އާއިލާއަކަށް ނިސްބަތް ނުވީތީ ހެއްޔެވެ؟ ނޫންނަމަ އަހަރެންގެ ސިފަ ހުތުރީ ހެއްޔެވެ؟ އަހަރެންގެ އުޅުން ކަމުނުދަނީ ހެއްޔެވެ؟ ނުނީ އަހަންނަށް ގޯސްކޮށް އެޅުނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ ނިކަން ބުނެދީ ބަލާށެވެ! ނޫނެކެވެ! ތިއީ ބޭވަފާތެރިއެއް ނޫނެވެ! ބޭވަފާތެރިއެއްގެ ލަޤަބް ލިބޭނީ ވަފާތެރިވީ މީހަކަށެވެ. […]
ދަގަނޑުތައް ކޭއްތުނު އަޑާއެކު ޢީރާއަށް ހަޅޭއްލަވައިގަނެވުނު އިރު ކާރު ޓްރަކްގައި ޖެހުމަށްފަހު ފުރޮޅިލާފައި ގޮސް ކައިރީގައި ހުރި ގަހެއްގައި ޖެހުނެވެ. ކާރުގެ ބިއްލޫރިތައް ތަޅައިގެން ގޮސް ޢީރާ ގަޔަށް ބިއްލޫރިކޮޅުތައް ހެރި އެކިވަރު އަނިޔާތަކެއް ވިޔެވެ. ބޯފަޅައިގެން ދިޔުމުގެ ސަބަބުން މަންޒަރު ފުސްވެ ނޭވާ ހުސްވަމުން ދާ ކަހަލަ ނުބައި އިހްސާސްތަކާއެކު ޢީރާގެ ދެލޯ މެރިއްޖެއެވެ. ސްނޯގެ ޝީޓްތައް ލެއިން ފަވާލަން ފެށިއިރު ޓްރަކް ޑްރައިވާރ އެހިސާބަށް އައިސް ހުއްޓިލަމުން އެމްބިއުލާންސަށް ގުޅާލައިފިއެވެ. އޭނަ ވެސް ހާސްވެފައި […]
ކައިލް އޭނާގެ ޖީބުން ނެގީ ލަކުޑި ކުލައެއްގެ މުއްގަނޑެއްލާފައިވާ ފިޔޮއްސެކެވެ. ފިޔޮއްސަށް ބަލާލުމަށްފަހު ކައިލްގެ ނަޒަރު އަމާޒުވީ ދާއިންގެ މެޔާއި ދިމާއަށެވެ. ޒީކްއަށް ގެއްލުމެއް ދޭ ކޮންމެ މީހެއްގެ ވަސްވެސް އޭނަ މިދުނިޔެއިން ފޮހެލާނަމެވެ. ******* “ކައިލް…..” ބަލިގޮތަކަށް ޒީކް ގޮވާލި އަޑު އިވުމުން ކައިލްއަށް ލިބުނީ ސިހުމެކެވެ. އަތުގައި އޮތް ފިޔޮހި ދޫވެ، ބިންމައްޗަށް ވެއްޓުނެވެ. ދާއިންގެ ގައިން ދޫކޮށްލައި ޒީކްގެ ކައިރިއަށް ދިޔުމަށް އަވަސްވެގަތެވެ. އޭރު އޭނަގެ ސިފަ ވަނީ ކުރިން ހުރިގޮތަށް ބަދަލުވެފައެވެ. […]
އެދުވަހު ހެދި ޓެސްޓް ތަކުގެ ނަތީޖާ ލިބުނީ ރޭގަނޑު ވެފައި ވަނިކޮށެވެ. ރިހާނީ ބަލިވުމުގެ ސަބަބުން އޭނައަށް ޖެހުނީ ގޭގައި މަޑުކުރާށެވެ. އަކިޔަސް ޑޮކްޓާރގެ ރޫމަށް ވަންތާނާހެން ޑޮކްޓާރ ޓެސްޓްތަކުގެ ނަތީޖާ އަކިޔަސް އަތަށް ދިއްކޮށްލައިފިއެވެ. އަކިޔަސްއަށް ނަތީޖާ ފެނުމުން އޭނަ ރުޅިއައިސް ރަތް ވިއެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނު ހިނދު ކަރުދާސްގަނޑު އަތުގެ ތެރެއަށް ލާ ބޮނޑިކޮށްލެވުނެވެ. ކިތަންމެ ހިތިވިޔަސް އޭނައަށް މިޖެހުނީ އެއީ ހަޤީޤަތްކަން ޤަބޫލުކުރާށެވެ. ތަޤްދީރު އޭނައާ އެކު މިކުޅެލީ ކޮންފަދަ ބޮޑު […]
ފަތިސް ނަމާދުގެ ބަންގީގެ އަޑަށް އަހަންނަށް ހޭލެވުނެވެ. ފިލްމު ބަލަށް އޮވެފައި އާންމުކޮށް އަހަންނަށް ނިދޭނީ ބަންގީގެ އަޑަށެވެ. ރޭގައި ޖަންނަތުގެ ޚިޔާލުތަކުގައި އޮއްވައި އަހަންނަށް މާ އަވަހަށް ނިދުނީއެވެ. އާންމުކޮށް ސްކޫލަށްދާން އެނދުންވެސް އަހަރެން ހިއްލާލަނީ ގަޑިން ޖެހެން ދިހަ މިނެޓަށް ވުމުންނެވެ. އެވެސް މަންމަ ގޮވައި ގޮވައި އޭތިވާ ފަހުންނެވެ. ގަޑިން ހަގަޑި ބައިވިއިރު ތައްޔާރުވެގެން އަހަރެން ކޮޓަރިން ނުކުތީމެވެ. އޭރު މަންމަ އަހަންނަށް ގޮވަންވެގެން އަންނަނީއެވެ. “އަނހާ. އަނެއްކާ ކޮންކޮޅަކުން އިރު އަރައިގެން […]
ސްކޭން ހެއްދުމަށްފަހު އެވްލީން ހޮސްޕިޓަލުން ދޫކޮށްލީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. އޭރު ޖުނެއިނާ ފިޔަވާ ޢާއިލާ އެންމެން ހޮސްޕިޓަލުގައި ތިއްބެވެ. ރިހާނީއާއި އަކިޔަސްއާ ދެމެދު ވާހަކަ ނުދެކެވުނު ކަމުގައި ވިޔަސް ދެމަފިރީންގެ ދެމެދުގައި ހިނގި ބޮޑު ހާދިސާ އެންމެނަށް ސިއްރުކުރަން ދެމަރިފީރިން ބޭނުންވިއެވެ. ދެއްކުންތެރި ހިނިތުންވުމަކާއެކު އަކިޔަސް ރިހާނީ ކައިރީގައި ހުއްޓިލައިގެން ހުރީ އެހެން ވެގެންނެވެ. ބައްޕަ ގައިގައި އޮޅުލައިގަތްއިރު އެވްލީންއަށް ރޮވިއްޖެއެވެ. ވާނީވެސް އެވަރު ނޫން ހެއްޔެވެ ؟ ބައްޕަ ނުފެންނަތާ އެހާ ގިނަދުވަސް ފަހުން […]