އެވްލީން… 27
” ބްރޯ ވައި އިޒް އިޓް އޯލް ހެޕެނިންގް ޓު މީ ؟ ” ޒަވީން ދުރަށް ނަޒަރު ހިންގާލަމުން ތުންފަތުގައި ދަތް އަޅާލިއެވެ. ” ޒޭވް ޔޫއާރ ނައު ގްރޯން އަޕް ، ޑޯންޓް އެކްޓް ލައިކް އަ ޔަންގް ޗައިލްޑް…… އެއް ވެސް ދިރިއުޅުމެއް އެމީހަކު ބޭނުންވާ ގޮތަކަށް ނުގެންދެވޭނެ… ނައު އޯލް ޔޫ ނީޑް އިޒް ޓު ސީކް ހެލްޕް ފްރޮމް ﷲ… ” އަކިޔަސް ވިސްނައިދޭފަދަ ގޮތަކަށް ބުނެލިއެވެ.
އަކިޔަސް ޒަވީންއާއި ވާހަކަ ދައްކަން ހުއްޓާ ބިލާލްއާއި ޒަރާ ވެސް އައިސް ޒަވީން ކުރިމައްޗަށް ހުއްޓުނެވެ. ” ޒޭވް… އުއްމީދު ގެއްލާލާކަށް ނުވާނެ… ” ޒަރާ ޒަވީން ގައިގައި ބައްދާލިއެވެ.
” އޯލް ދިސް ހެޕެންޑް ބިކޯޒް އޮފް ޖުނެއިނާ… ” ޒަވީން ދެދަތްޕިލަ ޖައްސާ ބާރުކޮށްލި ހިނދު އެދޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ. އެހިތުގައި އުފެދިފައިވާ ރުޅިވެރިކަމުގެ އަލިފާން ގަނޑު އަނދަން ފަށާފައިވަނީ ކޮންޓްރޯލް ނުކުރެވޭ ވަރަށެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ ؟ އެވްލީންއަށް އެހާލު މެދުވެރި ވެފައިވަނީ ޖުނެއިނާގެ ސަބަބުންނެވެ. އެހާ ނުބައި އަންހެނަކަށް ދެން ދުވަކުވެސް މާފެއް ނުދެވޭނެއެވެ. މަންމެ މެން ލޮލުގައި އަނދުން އަޅުވާލައިގެން ހުއްޓަސް އޭނައަށް ޖުނެއިނާގެ ހުރިހާ ކުލަވަރެއް ވަނީ ފެނިފައެވެ. ބޭރުފުށުން ތިމާވަރުގެ ރަގަޅު މީހެއް ނެތްކަމުގައި ހެދިގެން އުޅޭމީހުންގެ ރަގަޅު މިސާލެކެވެ. ޒަރާއަށް ޒަވީންގެ ޖުމްލައިން ކުޑަ ޝޮކެއް ލިބުނެވެ. ބިލާލްއާއި އަކިޔަސްއަށް ވެސް މެއެވެ.
” ވަޓް… ” ޒަވީން ގައިން ދޫކޮށްލަމުން ޒަރާ ޒަވީންގެ މޫނަށް ބަލާލައިފިއެވެ. ހިތާމައާއި އެއްވަރަށް އެމޫނުމަތިން ރުޅިވެރިކަން ފެންނަމުން ދިޔައިރު ރީތި ތަސްވީރެއް ފަދައެވެ. އެއަޅިކުލައިގެ ދެލޮލުގައި ހިސާބަކަށް ކަރުނަ ވާއިރު ކަޅުކަންގަދަ އެސްފިޔަ ތަކުގެ ތެރޭން ދެލޯ ފެންނަލެއް ވަކިން ފުރިހަމައެވެ. ” މަމް… އެޖުނެއިނާ އަކީ މަމް ހީކުރާހާ ރަގަޅު މީހެއްނޫން… އެއީ ބޮޑު ޑެވިލްއެއް… ” ޒަވީން ރުޅިއަސްފައި ހުއްޓެއްކަމަކު ވާހަކަ ދެއްކީ މަޑުމައިިތިރި ގޮތަކަށެވެ. ” ޒަވީންއަށް އަހަރެން ދަސްކޮށްދިން މެނާރސް ދިޔައީ ކޮންތާކަށް ؟ ހައު ކުޑް ޔޫ ޓޯކް ލައިކް ދެޓް ؟ ޖޫން އެއީ އެވްލީންގެ މަންމަ…. މަންމައަކު ދަރިއަކަށް އެފަދަ އަނިޔާއެއް ނުދޭނެ… ” ޒަރާގެ އަޑުން އޭނަ ހިތްހަމަ ނުޖެހިފައި ހުރިކަން ސާފުކޮށް އެގެއެވެ. ވާހަކަ އެދައްކަނީ ހަޤީޤަތުގައިވެސް އޭނަގެ ދަރިފުޅު ހެއްޔެވެ ؟ ޒަވީން މީހުންނަށް އިހްތިރާމް ކުރުން ދޫކޮށްލީ ކޮންދުވަހަކު ހެއްޔެވެ ؟
” އަހަރެން ކުރިން އޭނައަށް ރެސްޕެކްޓް ކުރިން… ބަޓް އޭނަގެ ހަޤީޤަތް އެނގުނު ފަހުން އަހަރެން އޭނަ ދެކެ މުޅިން ފޫހިވެއްޖެ… އައެމް ޝުއާރ މަމްއަށް ޖުނެއިނާގެ ޓްރުތް ފޭސް ފެނިއްޖެނަމަ ޤަބޫލު ނުކުރެވޭނެ… ޝީޒް އަ ބިޗް… ” ޒަވީން ކޮރީޑޯގެ ފާރަށް ލެގިލިއެވެ. ފުދޭވަރަކަށް ފުޅާ އެކޮރިޑޯ ވަނީ މުޅިންހެން ފަޅު ވެފައެވެ. ވޯލް އެއާރ ފްރެޝްނާއިން ބުރުއްސާލަމުން ދިޔަ އެތައް ސަތޭކަ ތިކިތަކުގެ މީރުވަހުން މުޅިތަން ވަނީ ހުވަނދު ލެވިފައެވެ. ކޮރިޑޯގެ ދެފަރާތުގައި ކައުޗްތަކެއް ބަހައްޓާފައި ވާއިރު ފާރުތަކުގައި ވަނީ އަގު ބޮޑު އާރޓްތަކާއި ވޯލް ޑެކަރޭޓާސް ތަކެކެވެ. ” ޒަވީން ! ” ބިލާލް ހަޅޭއްލަވައިގަތެވެ. ބިލާލް އުފުއްލާލި އަތުގައި ޒަރާ ހިފަހައްޓައިލުމުން ބިލާލް އަތް ތިރިކޮށްލައިފިއެވެ. އޭރު ޒަރާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. އޭނަ ހުރީ ފެންނަމުން ދިޔަ މަންޒަރުތައް ޤަބޫލުކުރަން ދަތިވެފައެވެ.
ބައްޕަގެ އެއަމަލުން ޒަވީން އިސްޖަހާލައިފިއެވެ. ނަމަވެސް ޖުނެއިނާގެ ހަޤީޤަތް ހާމަ ނުކުރެވެނީސް އޭނަ ހުރީ ގޮތް ދޫކުރާކަހަލަ މޫޑެއްގައެއް ނޫނެވެ. ” ޒަވީން ޖޫންއަށް ތިކަހަލަ ތުހުމަތެއް ކުރާއިރު ހެކި އެބަހުރިތަ ؟ ޖޫން ދުވަހަކުވެސް ލީންއަށް އެފަދަ އަނިޔާއެއް ނުދޭނެ… ” ޒަރާ ހުރީ އިންތިހާއަށް ދެރަވެފައެވެ. މިއީ ދުވަހެއްގެ ކޮޅުންވެސް އޭނަ ދެކެން ބޭނުންވި ދުވަހެއް ނޫނެވެ. ޒަވީން މިހާ އަޚްލާޤެއް ނެތް ގޮތެއްގައި ވާހަކަ ދެއްކުމުން އޭނަ ހިތަށް އަސަރު ކުރާނެ ވަރު ޒަވީންއަށް އަންދާޒާ ނުކުރެވުނީ ހެއްޔެވެ ؟
” އައި ޑޯންޓް ހޭވް އެވިޑެންސް ބަޓް އޭނަ ނޫން ދެވަނަ މީހަކަށް އުފަލެއް ނުލިބޭނެ ލީންއަށް ދެރައެއް ދީގެން… މަމް ޝީ ޓްރައިޑް ޓު ކިލް ލީން… އެޖުނެއިނާގެ ސަބަބުން ލީން ހަތަރު އަހަރު ވަންދެން މެންޓަލް އެސައިލަމްއެއްގައި އުޅެން ޖެހުނު… ” ޒަވީން ޖުނެއިނާގެ ފަތިފުށް ހާމަކުރި ވަގުތަކީ ރިހާނީ ހޮޓް ޗޮކްލެޓްއެއް ބޮމުން އައިސް އެތަނަށް ހުއްޓުނު ވަގުތެވެ. ޒަވީންގެ ޖުމްލަ އަޑު އިވުމާއެކު ރިހާނީއަށް ހީވީ ހޮޓް ޗޮކްލެޓްގެ ހޫނުކަމުން ކަރުތެރެ ފިއްސާލެވުނު ހެންނެވެ. ހިތުގައި ބިރުވެރިކަމުގެ އެތައް މިލިޔަން ރާޅުބާނީ ތަކެއް ދުވެލި ހިނދު އަތުން ހޮޓް ޗޮކްލެޓް މަގް ވެސް ދޫވެއްޖެއެވެ. މަޖް ތަޅައިގެން ދިޔަ އަޑުން ހުރިހާ އެންމެގެ ލޯއަމާޒުވީ ރިހާނީއަށެވެ. ބިރުންގޮސް ރިހާނީއަށް ހިންދިރުވާލެވުނެވެ. ޒަވީންއަށް މަންމަގެ ހުރިހާ ކަމެއް އެނގުނުއިރު އޭނަގެ އަތެއްވެސް އެހުރިހާ ކަމެއްގައި ވާކަން އޮތްނާނީ އެނގިފައެވެ. ހާދަ ދެރައެވެ. އަވަހަށް ތަތްމަތި ބަނދެގެން ފިލައި ރައްކާވާން ވީއެވެ. ޒަވީންގެ ދެލޮލުގައި ވިދަމުން ދިޔަ ރުޅިވެރިކަމުގެ ދިލަކަނިތަކުން އޭނަ ފިއްސާލައިފިއެވެ. ޒަވީންއަކީ މިހާ ރުޅިގަދަ ކުއްޖެއްކަން އޭނައަށް ކުރިން އެނގިފައެއް ނެތެވެ. އޮޅުމެއްގެ ތެރެއިން މަންމަ ބެޓްލް ކުރަން މިއުޅެނީ ”ޑްރެގެން” އަކާއެވެ.
ޒަވީން ރިހާނީއަށް ބަލަހައްޓައިގެން ހުރީ ހަމްދަރުދީން ފުރިގެންވާ ނަޒަރަކުންނެވެ. އެހާ ނުބައި މަންމައެއްގެ ދަރިއަކަށް ވުމުން އުއްމީދު ނުކުރާ އެތައް ކަމަކާ ކުރިމަތި ލާން ޖެހޭނެއެވެ. ބަދުނާމު ވެސް ވާނެއެވެ.
ޒަވީން ބުނި ކޮންމެ ލަފްޒަކުން އަކިޔަސް އަށް ލިބުނީ ބޮޑު ޝޮކެކެވެ. ކުއްލިޔަކަށް ސިކުނޑީގެ ކަނަކުން އެވްލީންގެ އެއްވެސް ކުށެއް ނެތްކަމަށް ބުނަން ފެށީ ކީއްވެގެން ކަމެއް ނޭގެއެވެ. ޖަވާބު ނުލިބޭނެ ސުވާލުތަކަށް އިތުރު ބޮޅެއް އިތުރުވުމުން އަކިޔަސް އެސުވާލު ތަކުގެ ޖަވާބު ބޭނުންވިއެވެ.
” ޒޭވް ޔޫ އާރ ޓޯލްކިންގް ނޮންސެންސް… އެވްލީން މޮޔަ ވިނަމަ އަހަރުމެނަށް ވެސް އެނގޭނެ… މިފްޒާލް އެވާހަކަ ސިއްރެއް ނުކުރާނެ… ” ޒަރާ ބުންޏެވެ. ޒަވީން އިރުކޮޅެއް ފަހުން އެވްލީންގެ މެޑިކަލް ރިޕޯޓް ހިފައިގެން އައިސް ފުރަތަމަ ދިއްކޮށްލީ ބިލާލް އަތަށެވެ. ބިލާލް އެރިޕޯޓް ބަލައިލުމުން ޒަވީންގެ ވާހަކަތަކަށް އިތުބާރު ކުރެވުނެވެ. ރިޕޯޓްގެ އިތުރުން ޖުނެއިނާގެ ފުލުސް ބާޔަން ވެސް ޒަވީން އަތުގައި އޮތެވެ.
ރިހާނީ ހުރީ ގުޑިލަން ނޭގިފައެވެ. އޭނަގެ އުފާވެރި ޚަޔާތް ފުނޑުފުނޑުވެ އެތިކޮޅުތަކަށް ބުރައިގެން ދާ މަންޒަރު ލޯކުރުމަތިން ސިފަވަމުން ދިޔައިރު އެހިތުގައި ވަރުގަދަ ރިހުމެއް އުފައްދާލިއެވެ. އެވްލީންގެ ދަރިފުޅު ބައިގެން ދިއުމުގެ އުފަލުގައި އޭނަ ނަށަމުން ދަނިކޮށް ހުރިހާ ތަނެއްގައި ބިރުވެރިކަމާއި ހިތާމައިގެ ކަޅު ފަރުދާތަކެއް ދަމާލެވިއްޖެއެވެ. ބޮޑެތި ފުރޭތަ ތަކެއްހެން އެފަރުދާތައް އޭނަގައިގައި އޮޅިލައިގެން ތިބީ ދުވަހަކު ދޫކޮށް ނުލާނެ ފަދަ ގޮތަކަށެވެ. ނޭވާ ހާސްވެ ރިހާނީގެ ދޮން މޫނު ދަލުން ފެން ވެރިއްޖެއެވެ. އަތުގެ ދިގު ނިޔަފަތި ތަކުގައި ދަތް އަޅާލެވުނީ ރޮވޭގޮތް ވުމުންނެވެ.
ޒަރާއަށް ޖުނެއިނާގެ ހަޤީޤީ ސޫރަ ފެނުމުން އިންތިހާއަށް ރުޅިއައެވެ. އެކުވެރިއެއްގެ ގޮތުގައި ކައިރީގައި ބަހައްޓައިގެން މިހުރެވުނީ ބޮޑު އިފުރީތެކެވެ. މިފްޒާލް އެމީހުންނަށް އެވާހަކަ ސިއްރުކުރުމުން ހިތުގައި ޝަކުވާ އުފެދުނެވެ. އެވްލީންއަށް އެހާ ބޮޑު ކަމެއް ދިމާވިއިރު މިފްޒާލް އެމީހުންނަށް އަންގާވެސް ނުލިއެވެ. ދަރިފުޅާއި ވާހަކަ ދެއްކުނު ގޮތަކުން ޒަރާ ހުރީ ދެރަވެފައެވެ. ޒަރާ މާފަށް އެދެން އުޅުމުން ޒަވީން ޒަރާ ގައިގައި ބައްދާލުމުން އޭނަ ކައިރިން މާފަށް ނޭދުމަށް ބުނެލިއެވެ. ބިލާލް ވެސް ޒަވީން ބޮލުގައި ފިރުމައިލީ ވަރަށް ލޯބިންނެވެ.
” ސިސް އައި ނޯ ޔޫ އާރ ސްޓިލް ނޮޓް އޭބަލް ޓު ބިލީވް… އެހެން ވެސް ވާނެ… އަމިއްލަ މަންމަ ދައްތައަށް އެހާ ބޮޑު އަނިޔާއެއް ދިނުމުން ޤަބޫލު ކުރަން ދަތިވާނެ… ” ޒަވީން ރިހާނީ ކައިރިއަށް ހުއްޓިލަމުން ބުނެލިއެވެ. ރިހާނީ ޒަވީންއާއި ދިމާއަށް ބަލައި ވަގުތު މީގެ އިރުކޮޅެއް ކުރިން އެމޫނުމަތިން ފެންނަމުން ދިޔަ ހާސްކަމާއި ބިރުވެރިކަން ކެނޑި ފަހިތަށް ފޮޅޭ ފިނިފެން މަލެއްހެން ފަރިވެއްޖެއެވެ. ޒަވީންއަށް އޭނަގެ އަތެއް އެހުރިހާ ކަމެއްގައި ވާކަން ނޭގުނީ އޭނަގެ އަތުގައި މިފަހަރު ނަސީބު ހިފާލުމުންނެވެ. ހާދަ ރަގަޅެވެ. ނަމަވެސް މަންމަގެ އަގު އާއިލާ އެންމެން ކުރިމަތީގައި ވެއްޓިއްޖެއެވެ.
އެވްލީންއާއި ދަރިފުޅުގެ ފުރާނަ އެހާ ނާޒުކު ފައްތަރަކަށް ފޮނުވާލީ ޖުނެއިނާކަން ޒަވީން ޔަޤީންކަމާއެކު ބުނުމުން ރިހާނީ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. ޒަވީން ލޫސީއާއި ސުވާލުކޮށްފިނަމަ ހުރިހާ އެއްޗެއް ފަޅާއަރާފާނެއެވެ. ރިހާނީ ގެއަށް ދާން އުޅުނު ތަނާހެން ލިބުނީ ހިތާމަވެރި ޚަބަރަކެވެ. އެވްލީން އާއި ދަރިފުޅުގެ ހާލުވެސް ރަގަޅު ކަމަށް ޑޮކްޓަރު ބުނުމުން ރިހާނީ އަނގަ ސަކަރާތް ވިއެވެ.
” ޑޮކްޓާރ ޒަވީން… އިޓްސް މޯރ ލައިކް އަ މިރޭކަލް… ބޯތް އާރ ސޭފް… ” ޑޮކްޓާރ ޔަހްޔާލް ޒަވީންއާއި ވާހަކަ ދެއްކިއެވެ. އެވަގުތު ޒަވީންއަށް ލިބުނު އުފާ ބަޔާން ކުރަން ދައްޗެވެ. ހެއްދެވި ފަރާތަށް ޝުކުރު ކުރެވުނު އަދަދެއް ނޭގެއެވެ. ހުރިހާ އުފާތަކެއް ގެއްލިފައި ވަނިކޮށް ﷲގެ އިރާދަފުޅާއެކު އެހުރިހާ އުފާތަކެއް އަނބުރާ ލިބިއްޖެއެވެ. ﷲ އީ އެންމެ މަތިވެރި ރަސްކަލާނގެއެވެ. އެކަލާނގެ އަޅުނަށް އެއްވެސް ދެރަގޮތެއް މެދުވެރި ނުކުރައްވާނެއެވެ. ދިރިއުޅުމުގައި ﷲ އެކަލާނގެ އަޅުތަކުން އެތައް ގޮތަކުން އިމްތިހާނު ކުރައްވާނެއެވެ. އިންސާނުންނަށް އޮތީ އެހުރިހާ ކަމަކަށް ކެތްތެރިވުމެވެ.
އެވްލީން ޕްރައިވެޓް ރޫމަކަށް ބަދަލު ކުރެވުނީ ހެނދުނު އަށެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ. ހަށިގަނޑުން ގިނަ އަދަދަކަށް ލޭފޭބުމުގެ ސަބަބުން އެވްލީން އޮތީ ލެޔާއި ގުލްކޯޒް އައިވީއެއް ގުޅާފައެވެ. އެންމެން ގޮސް ހުސްވުމާއެކު ޒަވީން ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އެވްލީން ބާއްވާފައި އޮތް ސިންގްލް އެނދާއި އަރާ ހަމަކުރިއެވެ. ކޮޓަރީގެ ހުރިހާ ކުޑަދޮރުތައް ހުޅުވާލާފައި ވުމުން ކައިރީގައި އޮތް ބޮޑު ބަގީޗާއާއި ރިވާ ތޭމްސް ފެންނަނީ ދުނިޔެ މަތީގެ ސުވަރުގެއެއް ފަދައިންނެވެ. ގަސްތައް ފަރިވެފައިވާ ރަތް ފަތުގެ ފަރުދާތައް ވަޔާއެކު އުދުހިލާފައި ބިމުގައި ބޮސްދޭ މަންޒަރު ހާދަ ރީއްޗެވެ. ރީނދޫ ، ރަތް އަދި މަޑު ފެހި ކުލައިގެ ފަތްތައް ކުލަ ފަނޑުވެފައިވާ ކާރޕެޓް ގްރާސް ފޮރުވާލާފައި ވާއިރު ރީނދޫ ކުލައިގެ އެސްޓާރ މާތައް ފަތްތަކުގެ ތެރޭން ފެންނަން ފަށައިފިއެވެ. ސްކުއިރަލް ތައް ބިންމައްޗަށް ވެއްޓިފައިވާ ނަޓްތައް ހޮވަމުން އަޑުލައްވަމުން ދެވެލާއިރު އެސޮރުމެންނަށް ޢީދެއް އައިސްފައިވާ ފަދައެވެ. ލުއި ވައިރޯޅިތަކާއެކު އަޅުވާލަމުން ދިޔަ ނާނާގެ އަޑު އެހާ ހިތްގައިމެވެ.
ޒަވީން އެވްލީން އަތުގައި ހިފަހައްޓާލުމުން އެވްލީން ބަލިގޮތަކަށް ލޯހުޅުވާލައިފިއެވެ. ތޫނު ކަށިތަކެއް އަތަށް ހަރާލެވިފައިވާކަން އިހްސާސް ކުރެވުމުން އެވްލީންއަށް މުޅި ތަނަށް ނަޒަރު ހިންގާލެވުނެވެ. ކުއްލިޔަކަށް ރޭހިނގި ބިރުވެރި ހާދިސާ މަތިން ހަނދާން ވުމާއެކު އެވްލީންއަށް ބަނޑުގައި އަތް ޖައްސާލެވުނެވެ. ” ޒޭ…ވް ” އެވްލީން އަޑުވަނީ ފިނިވެފައެވެ. ސިކުނޑީގައި އެނބުރެން ފެށި ޚިޔާލުތަކުން އެހިތުގައި ބިރުވެރިކަމުގެ ތޫފާނެއް އުފައްދާލިއެވެ. ރޭގެ ހާދިސާއަށްފަހު ދަރިފުޅު ބައިގެން ދިޔަކަމަށް ހީކޮށް އެވްލީންއަށް ރޮއި ގަނެވުނީ ބާރަކަށެވެ. ” ޝްޝްޝް… ” އެވްލީން ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައިލަމުން ޒަވީން އެނދުގެ މަގަތުގައި އިށީނެވެ. ” ޒޭވް… އަވާރ ބޭބީ… ” އެވްލީން ހުއްޓަ ހުއްޓަމުން ބުނެލިއެވެ. ” ލީން އަވާރ ބޭބީ އިޒް ފައިން…. ” އެވްލީން އަތުގައި ހިފަހައްޓައިލަމުން ޒަވީން އެއަތަށް ބޮސްދިނެވެ. ކުޑަ ވަގުތު ކޮޅަކަށް ދެޒުވާނުންގެ ހަތަރުކަޅި ގުޅިލާ މެހިގެން ދިޔައިރު އެވްލީން ހިތަށްވަނީ އެލަފްޒުތަކުން ބަޔާން ނުރުވެނޭފަދަ އުފަލެއް ލިބިފައެވެ.
ޒަރާ ހެނދުނު ގޭގައި މަސައްކަތް ކުރާ ހުރިހާ މެއިޑުންނާ ސުވާލުކުރަމުން ގޮސް ލޫސީއާއި އަރާހަމަވުމާއެކު އެހީއަކަށް އެދި ލޫސީއަށް ބަލައިލެވުނީ ރިހާނީއަށެވެ. ރިހާނީ ލޮލުގެ އިޝާރާތުން މަޑުން ހުރުމަށް ބުނެލިއެވެ. ޖުނެއިނާ މިއަދު ކޮޓަރިން ނުވެސް ނިކުމެއެވެ. ދަންވަރު ރިހާނީ ގެއަށް އައިސް ދިން ޚަބަރަކުން ކޮޓަރިން ބޭރަށް ފިޔަވަޅެއް އަޅާނެހާ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. ޒަވީން ކަރުގައި ހިފައި މަރާލަން އޭނަ ބޭނުންވި ވަގުތެއް އެނޫނީ ނާދެއެވެ. އެގޮތަށް އޭނަ އެންމެން ކުރިމަތީގައި ބަދުނާމު ކޮށްލުމުން ޖުނެއިނާ ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ. ޒަވީންގެ ބަލިފަޔަކީ ޒަރާކަން އެނގިހުރެ އެކަމުގެ ފައިދާ ނުނެގެނީސް ބޭޒާރު ވުމުން ޖުނެއިނާ ހުރީ މޮޔާވާވަރު ވެފައެވެ.
” ތެދު ދެތަށް ޖަވާބު ދޭނީ އެހެންނޫނީ ޕޮލިހުންނާ ހަވާލު ކުރާނީ… ” ޒަރާ އިނގިރޭސި ބަހުން ވާހަކަ ދެއްކިއެވެ. އެހެން ދުވަސް ތަކާއި ޚިލާފަށް މިއަދު ޒަރާ ހުރިހާ މެއިޑުންނާ ވާހަކަ ދެއްކީ ހަރުކަށި ގޮތަކަށެވެ. ލޫސީ ހުރީ ވާހަކަ ނުދައްކަން ހުވާ ކޮށްގެންނެވެ. އޭނަ ދޫ ހަރަކާތެއް ނުކުރިއެވެ. ” ލޫސީ… ” ޒަރާ ތަންކޮޅެއް ބާރަށް ގޮވައިލުމުން ލޫސީ ސިހުނެވެ. ދެލޯ ބަރާވެފައިވާ ކަރުނަ ތަތިކިތައް ފައިބައިގަތުމުން ޒަރާއަށް ޝައްކުވިއެވެ. ” މޭމް އަހަރެން އެހުރިހާ ކަމެއް ކުރީ މީހަކު ބުނެގެން… ” ގިސްލަމުން ލޫސީ އިނގިރޭސި ބަހުން ބުންޏެވެ. ” ހޫ އިޒް އިޓް… ؟ ” ޒަރާ ދެލޯ ހަނިކޮށްލަމުން ރުންކުރު ރާގަކަށް އަހާލިއެވެ. ރިހާނީ ލޫސީ ހުއްޓުވަން އުޅުނުތަނާ ލޫސީ ޖުނެއިނާގެ ނަން އެދުލުން ބޭރުކޮށްލައިފިއެވެ. ޒަވީން ބުނިފަދައިން ހުރިހާކަމެއްގެ ފަހަތުގައި ވަނީ ޖުނެއިނާކަން އެގުމުން ޒަރާ ބޭނުންވީ ޖުނެއިނާ ޕޮލިހުންނާ ހަވާލު ކުރާށެވެ. ނަމަވެސް ރިހާނީއާ މެދު ވިސްނާލާފައި ޒަރާއަށް އެޚިޔާލު ދޫކޮށްލަން މަޖުބޫރު ވިއެވެ.
އެވަގުތު ލޫސީ ކޯތާފަތް މައްޗަށް އެރި އެތިފަހަރާއެކު ހީވީ މޫނުމަށްޗަށް އަނދިރިވިހެންނެވެ. އަވަސް އަވަހަށް ލޫސީ އެސްފިޔަތައް ތަޅުވާލައިފިއެވެ. އޭނައަށް ހުރިހާ ތަނެއް ފެންނަނީ ފުސްކޮށެވެ. ދެކަންފަތް ބައްވެފައިވާއިރު އަދިވެސް ކަންފަތް ތެރޭގައި އެބާރުގަދަ އެތިފަހަރުގެ އަޑު ވަނީ ހަރުލާފައެވެ. ” އިޒް ދިސް ވަޓް ޔޫޑޫ ؟ ހުރިހާ ކަމެއް ކޮށްދީފަ ބެހެއްޓީމަ ވެސް ދިން ލަނޑު ކުޑަތަ… ” ޒަރާ ހަޅޭއްލަވައިގަތެވެ. ލޫސީ ރޮއިއޮރިފައި ފައިސާގެ އަވާގައި ޖެހި އޭނަ މަގުން ކައްސާލީ ކަމަށާއި އޭނައަށް މާފްކޮށް ދިނުމަށް ބުންޏެވެ. ގޭގެ މާސްޓާރސް އިންނަށް އެހާބޮޑު ގެއްލުމެއް ދެވުނީތީ ލޫސީ އެދެލޮލުން ކަރުނަ އޮއްސަމުން ޒަރާ ފައިބުޑަށް ވެއްޓުނެވެ. ޒަރާ އަކީ މާތް ހިތެއްގެ ވެރިއެއް ކަމުން އޭނަ ލޫސީއަށް މައާފް ކުރިއެވެ. ނަމަވެސް އެގޭގައި ހުރުމުގެ ފުރުސަތެއް ލޫސީއަށް ޒަރާ ނުދިނެވެ. އެއަށްވުރެ އޭނަގެ ސިކުނޑި ހަރެވެ. ކާންދިން އަތުގައި ދަތް އެޅި މީހަކަށް ދުވަހަކު އިތުބާރު ނުކުރެވޭނެއެވެ.
މެންދުރު އަކިޔަސް ، ރިހާނީ އަދި ޖުނެއިނާ ފިޔަވާ ހުރިހާ އެންމެން ދިޔައީ ހޮސްޕިޓަލަށެވެ. ޒަރާ ވީހާވެސް އަވަހަކަށް އެގެއިން ދިއުމަށް ބުނެފައިވުމުން ޖުނެއިނާ ހުރީ އިންތިހާއަށް ދެރަވެފައެވެ. ބަދަލު ނުހިފެނީސް ދާކަށް އޭނާ ބޭނުމެއް ނޫނެވެ. މިފަހަރު ތަޤުދީރު އޭނައަށް ދިން ބޮޑު ކެހީގެ ސަބަބުން އޭނަގެ ހަޤީޤީ ސޫރަ ހުރިހާ އެންމެނަށް ހާމެ ވެއްޖެއެވެ.
ޖުނެއިނާއާއި ރިހާނީ ”ވޯޓާރ ކްރިސްޓަލް” ސްވިމިންގް ޕޫލާއި ދުރުގައި އޮތްނަ ޕޮންޑް ކައިރީގައި ތިބިއިރު ކޮފީގެ މީރުވަސް ވަނީ ވައިރޯޅިތަކުގެ އެހީގައި މުޅި ހިސާބަށް ފަތުރާލާފައެވެ. އިރުގެ ވަދާއި ސަލާމުގެ ވަގުތަށް ވުމުން އުޑުމަތި އޮތީ ގަދަ އޮރެންޖް ކުލައިން ޕެއިންޓް ކޮށްލާފައެވެ. މޮކިންގް ބާޑް އަދި ވެކްސް ވިންގްގެ ޖާދުވީ ރީތިއަކުން ކިޔަމުން ދިޔަ ލަވަތަކަށް ވައިރޯޅިތަކުގެ ނާނާގެ އަޑުން އިތުރު އާރޯކަމެއް ގެނެސް ދެއެވެ.
” މަމް ކީއްވެ ކުރިން ނުބުނީ ޒޭވްއަށް ހުރިހާ އެއްޗެއް އެގޭކަން… އައެމް ޝުއާރ… އެވްލީން މޮޔަވުމުން ހުރިހާ އެންމެންގެ ހިތުގައި ޝައްކު އުފެދޭނެ.. ކިޔާ ވަކިން ބޮޑަށް ސަސްޕެކްޓް ކުރާނެ… އައި ވިޝް އިފް ހީ ޓޭކްސް އިޓް ލައިޓް ލީ… ” ރިހާނީ އުނދޯޔެއްގައި އިށީންނެވެ.
” އައި ފޮގޮޓް ، އެކަމަކު ރިނީއަށް ނުކެރުނުތަ މަންމަގެ ޑިފެންސްގަ އެއްޗެއް ބުނާކަށް ؟ ލަދުން ގޮސް މިހާރު އެއްވެސް މިހަކާއި ހަތަރުކަޅި ހަމަކުރާކަށް ނުކެރޭ.. އަދި މިގޭގަ އުޅޭ ޕްރިންސެސް އައިސް ބުނެފިޔޭ މިގެއިން ނިކުމެގެން ދާށޭ… ” ޖުނެއިނާ ކޮފީގެ ރަހަ ބަލައިލަމުން ނޫހެއް ކިޔަން ފެށިއެވެ. ރިހާނީ އޮތީ ހަމަޖެހިލައިގެން އުނދޯލީގައި އޮށޯވެލައިގެންނެވެ. ކަކުލާ ހަމައަށް އަންނަ ވަރުގެ ވައިލެޓް ކުލައިގެ ސޯޓަކާއި ރަތް ކުލައިގެ ސްލީވްލެސް ޓޮޕްކޮޅެއް ލައިގެން ހުރިއިރު ރިހާނީ އެމެރިކަން މޮޑެލް އިންނަށް ދުލެއް ނުކުރާނެއެވެ. ބުޅި އިސްތަށިގަނޑު މިނިވަން ކަމާއެކު ފަހަތަށް ދޫކޮށްލާފައި ވުމުން އިރުއިރުކޮޅާ ކާރޕެޓް ގްރާސް މަތީގައި ކޭއްތިލައެވެ. ވަޔާއެކު އުދުހިލާފައި އަންނަ ފަތްތައް އެދޮން އޮމާން ހަންގަނޑުގައި ބޮސްދޭއިރު އެމަންޒަރު ފެންނަ ކޮންމެ މީހަކު އަޖައިބު ކޮށްލާހާ ވެއެވެ.
” މޯމް… އަހަރެން ކިރިޔާ ހާރޓް އެޓޭކެއް ނުޖެހި ސަލާމަތްވީ. ޒޭވް އެހާ ރުޅި އައިސްފަ ހުރިތަން ފެނުނީމަ އައި ވޯޒް އެފްރައިޑް… އައި ކުޑް ނޮޓް ސްޕީކް އިންފްރޮންޓް އޮފް ދެމް… ދެން ކިހިނެއް ޕްލޭނާ އެއްގޮތަށް ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ؟ މޯމް ދިޔައީމަ ކިހިނެއް ހުރިހާ ކަމެއް ނިންމާލެވޭނީ… ޢީރް މިހާރު ހުންނަނީ ކުޑަކޮށް ސައިކޯ ވެފަ… ” ރިހާނީ މަސްކާރާގެ ކަޅު ކުލައިން ފަވާލާފައިވާ އެސްފިޔަތައް ހުޅުވައިލިއެވެ. ” ކަމް އޯން ގާރލް… މަންމަ މިގެއިން ދިޔަޔަސް ލަންޑަން އިން ނުދާނަމޭ…… ރިނީ ހުރިހާ ކަމެއް ނިންމާލާފަ މިފަހަރު މަންމަ ދޫކޮށްލާނީ… އަހަންނަށް ހެޔޮ އެ ޒަވީން މަރުވިޔަސް… އައި ޖަސްޓް ހޭޓް ހިމް ” ޖުނެއިނާ ކޮފީތަށީގައި ހިފަހައްޓާލީ ވަރަށް ބާރަށެވެ. ތަށި އަތަށް ތަޅާލަފާނެހެން ވެސް ހީވެއެވެ.
މުހިންމު ފައިލެއް ބޭއްވުނުތަން ހަނދާން ނެތިގެން އަކިޔަސް އެހޯދަމުން ދަނިކޮށް ޑްރެސިންގް ޓޭބަލް ވަށްގަނޑު ތެރެއިން ހިކި ކުނޑި އަޅާފައި ހުރި ޕެކެޓެއް ފެނުމުން އޭނަގެ ސަމާލުކަން އެއަށް ހުއްޓުނެވެ. އަކިޔަސް އެޕެކެޓް ނަގަމުން އެއަށް ފަރުވާތެރިކަމާއެކު ނަޒަރު ހިންގައިލުމުން އޭނަގެ ޝައްކު ޔަޤީންކަމަށް ބަދަލު ވެއްޖެއެވެ. އެރީތި މޫނުގެ ކުލަވަރު ބަދަލުވެގެން ގޮސް އެތައް ރޫތަކަކުން ނިތްކުރި ހިސޯރުކޮށްލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ދަތްޕިލަ ޖައްސާ ބާރުކޮށްލެވުނު އިރު އަކިޔަސްގެ ދެއަތް މުށްކެވިއްޖެއެވެ. ޕެކެޓް ޑްރެސިންގް ޓޭބަލް މަތީގައި ބާއްވަމުން އޭނަ ބާރަކަށް ހިނގާލާފައި ގޮސް ކޮޓަރިން ނިކުތެވެ. އޭރު ރުޅިއައިސް ހަމައިން ނައްޓާފައިވާ އަކިޔަސްގެ ބޮލަށް ޝައިތާނާ ވަނީ ސަވާރު ވެފައެވެ.
ބާރު ބާރަށް ހިނގާލާފައި އައިސް އުނދޯލި ކައިރިއަށް ހުއްޓުނު އަކިޔަސް ފެނުމުން ރިހާނީ މެޔަށް ފިނިވެ ހިތުގެ ތެޅުން އަވަސް ވިއެވެ. އަކިޔަސް ދެލޮލުން ފެންނަމުން ދިޔަ ރުޅިވެރިކަމުގެ ކުލަވަރުތަކުން ކަމެއް ގޯސްވެއްޖެކަން އޭނައަށް ވަގުތުން ނަގައި ގަނެވުނެވެ. ބޮޑު ކަމެއް ނުވަނީސް އަކިޔަސް އެހާ ރުޅި ނާންނާނެކަން އޭނައަށް ރަގަޅަށް އެނގެއެވެ. ރިހާނީ އެއްޗެއް ބުނަން އުޅުނު ވަގުތު އަކިޔަސް ރިހާނީ އަތުގައި ހިފާ ލުއްކިއެއް ޖެހިއެވެ. ރިހާނީއަށް ބާރަށް ރޮއި ގަނެވުނީ އަތުގެ ހުޅު ބިންދައިގެން ދިޔަފަދަ އިހްސާސްތަކެއް ކުރެވުމުންނެވެ. މިމަންޒަރު ބަލަން އިން ޖުނެއިނާ ހުރީ ހުއްޓުން އަރާފައެވެ. ލޯކުރިމަތިން ފެންނަމުން މިދަނީ ހަޤީޤަތެއް ބާވައެވެ ؟ އަކިޔަސް ފިރިހެނަކަށް ވެހުރެ ނިކަމެތި އަންހެން ކުއްޖަކަށް އަނިޔާ ކުރާއިރު ލަދެއް ވެސް ނުގަންނަނީ ހެއްޔެވެ ؟
” އަކިޔަސް ! ” ލޮލުގެ ކޮއި ފަދައިން ބަލާ ބޮޑުކުރި ދަރިފުޅަށް އަނިޔާ ކުރާތަން ދެކެން ޖުނެއިނާއަކަށް ނުހުރެވުނެވެ. ” ޔޫ ކީޕް ޔޯރ މައުތް ޝަޓް… ” އަކިޔަސް ބަލައިލި ގޮތުން ޖުނެއިނާ ގަތީ އަމަށަކު ބިރެއް ނޫނެވެ. ބިރުން ގޮސް ޖުނެއިނާއަށް ގޮނޑިން ތެދުވެވުނެވެ. އޭރު އަކިޔަސް ރިހާނީ ދަަމުން ކަހަލަ ގޮތަކަށް އެތެރެއަށް ދާން ހިނގައިގަތެވެ. ޖުނެއިނާ ވެސް އެމީހުންގެ ފަހަތުން ދާން ބޭނުން ވިއެވެ. ނަމަވެސް ތަޤްދީރު އޭނައަށް އެފުރުސަތު ނުދިނެވެ.
ޖުނެއިނާ ކިޔަން ގެންގުޅުނު ނޫސް ޕޭޕަރު މޭޒު މަތީގައި ބާއްވަން އުޅުނު ތަނާ ފެނުނު ޚަބަރެއްގެ ސަބަބުން ހީވީ ސިކުނޑި އެތިކޮޅުތަކަށް ބުރިގެން ދިޔަ ހެންނެވެ. ހިތުގެ ތެޅުން އަވަސްވެ މުޅި ހަށިގަނޑު ފިނިވެއްޖެއެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން ޖުނެއިނާ ނޫސް ޕޭޕަރު ނެގިއިރު އެމޫނުގައި ދާތިކިތައް ވިދާ ބަބުޅަމުން ދިޔައެވެ. ނޫސް ޕޭޕަރުގައި ވަނީ އޭނާ ޑްރަގްސް ގަންނަން ދިޔަ މީހާގެ ފޮޓޯއެކެވެ. އޭގައި އެމީހާއާއި ލިކްން ވެފައިވާ ހުރިހާ މީހުން ހޯދަމުން އަންނަ ކަމަށާއި އޭނައާއި ވިޔަފާރީގެ ގޮތުން މުޢާމަލާތް ކޮށްފައިވާ މީހުންވެސް ހޯދަމުން އަންނަކަމަށް ބޮޑު އަކުރުން ލިޔެފައި ވެއެވެ. ނުވީތާކަށް އެތައް ބަޔަކާއެކު އޭނަގެ ފޮޓޯއެއް ވެސް އޭގައި ޖަހާފައިވެއެވެ.
އަވަސް އަވަހަށް ޖުނެއިނާ ނޫސް ޕޭޕަރު ހެދުމުގެ ފަސްބައިގެ ތެރެއަށް ލިޔެވެ. އެއްވެސް މީހަކަށް އެފެންނާކަށް އޭނަ ބޭނުމެއް ނޫނެވެ. އޭނަ އެހާ ބޮޑަށް ބަދުނާމުފައި އޮތްވާ މިވީ ހާދަ ދެރަގޮތެކެވެ. ދެން ކޮޓަރިން ބޭރަށް ފިޔަވަޅެއް އަޅާކަށް ލާހިކެއް ނޫނެވެ. އެވަގުތު ފިލައި ރައްކާވާން ޖުނެއިނާގެ ހިތް ބުނަން ފެށިއެވެ. މިފަދަ ދަނޑިވަޅެއްގައި އޭނަ ފިލަން ވަންނާނީ ކޮންތަނަކަށް ހެއްޔެވެ ؟ މިހާރު މުޅި ލަންޑަން ސިޓީއަށް މިޚަބަރު އޮންނާނީ ފެތުރިފައެވެ.
ކުއްލިޔަކަށް ޖުނެއިނާގެ ހަނދާނަށް އައީ ބޭރު ޤައުމުތަކުގެ ޖަލުގައި ޤައިދީންނާ މެދު ކަންތައް ކުރާ ގޮތެވެ. ހަރުކަށި ޤާނޫނުތައް ޖަލުގައި ކަނޑައެޅިފައި ވާއިރު އެންމެ ދުވަހެއް އެތާނގައި ހޭދަކުރުން ވެއްޖެނަމަ އޭނަގެ އުފާވެރި ދިރިއުޅުން ނަރައަކަށް ވެދާނެއެވެ. ކާންވެސް ރަގަޅު ކާއެއްޗެއް އެތަނުން ނުލިބޭ ހިނދު އެހާ ނުރައްކާތެރި ޤައިދީންނާއެކު އުޅެން ވެއްޖެނަމަ އޭނަ ނަފްސާނީ ބަލިމަޑު ކަމެއްގެ ތެރެއަށް ހިނގައިދާނެއެވެ. ލަންޑަން ފަދަ ތަންތަނުގައި ޑްރަގްސްއަށް ހަރުކަށި އަދަބުތައް ކަނޑަ އެޅިފައި ވާއިރު މިފަހަރު މިކަމުން އޭނަ ސަލާމަތް ވާނީ ކިހިނެއް ބާވައެވެ.
އަކިޔަސް ކޮޓަރިއަށް ވަންނަމުން ރިހާނީ އަތުން ދޫކޮށްލި ގޮތުން އޭނަ ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ. ވިސްނައިގެން ނުހުރެވުނުނަމަ މިފަހަރު ހާނިކައެއް ވީހެވެ. ކޮޓަރީގެ ދޮރު ލައްޕާލަމަށްފަހު އަކިޔަސް ރިހާނީއާއި ދިމާއަށް ކަޅިއަޅާލުމުން ރިހާނީއަށް ހިންދިރުވާލެވުނެވެ. އެހިތުގެ ތެޅުން އެތައް ގުނައަކަށް އިތުރުވެފައި ވުމުން މޭގަނޑު ފަޅާލާފައި ބޭރަށް ނިކުމެދާނެހެން ހީވާފަހަރު މަދެއް ނޫނެވެ. އަކިޔަސް ކުރިއަށް އަޅާލި ފިޔަވަޅާއެކު ރިހާނީއަށް ފަހަތަށް ޖެހިލެވުނެވެ. ބަނޑުހައި ވެފައިވާ ސިންގާއެއް ފަދައިން ރިހާނީއަށް އަކިޔަސް ސިފަކުރެވުނެވެ.
” އަކިޔަސް ކިހިނެއްތަވީ ؟ މޯމް ކިހާ ދެރަވާނެ އަކިޔަސް އެގޮތަށް ވާހަކަ ދެއްކުމުން… ” ނިކަން އުނދަގުލާއެކު ރިހާނީ ދޫހަރަކާތް ކުރިއެވެ. ދެލޯ ފުރިބާރުވަމުން ދިޔަ ކަރުނަ ތިކިތަކުން މަންޒަރު ހިސާބަކަށް ފުސްވިއެވެ. އަކިޔަސް އަތުން ގޯހެއް ނުހެދެނީސް އޭނަ ރުޅިގަނޑު މަތަކުރަން މަސައްކަތްކުރިއެވެ. ނަމަވެސް ރިހާނީގެ މޫނު ފެންނަ ކޮންމެ ފަހަރަކު ރުޅިގަނޑު ފަޅައިގެން ދާހިސާބަށް ކަންތައް ދެއެވެ.
” އަދި އަހަރެން ކައިރިންތަ އަހަނީ ކިހިނެއް ހޭވީ ؟ ރިނީ ހީކުރީތަ ތާއަބަދު ހުރިހާ ކަމެއް ފޮރުވައިގެން އުޅެވިދާނެކަމަށް ؟ އިފް ސޯ އިޓް ވޯޒް ޔޯރ މިސްޓޭކް… އެންޑް ޔޯރ މޯމް… އަހަންނަށް ހިޔެއްނުވޭ އެއީ އެއްވެސް ފީލިންގް އެއް ލިބިފައިވާ މީހެއްކަމެއް…. ” މުށްކެވިފައިވާ އަތް ޖިންސްގެ ޖީބަށް ކޮއްޕައިލަމުން އަކިޔަސް ހަޅޭއްލަވައިގަތެވެ. އަކިޔަސްގެ ޖުމްލައިން ރިހާނީ ވަރަކަށް ތަޅުވާލައިފިއެވެ. އަކިޔަސް ބުނި ކޮންމެ ލަފްޒަކުން އޭނަގެ ފުރާނަ ރޮއިގަންނަވަރު ކޮށްލައިފިއެވެ. އަނެއްކާ އަކިޔަސްއަށް ހުރިހާ ކަމެއް އެނގުނީ ބާވައެވެ ؟ އެވްލީން މޮޔަ ވުމުގެ ފަހަތުގައި އޭނަގެ އަތެއް ވާކަމާއި އެވްލީންއާއި އަކިޔަސް ވަކިވާން ޖެހުނީ އޭނަގެ ސަބަބުން ކަން އެނގުނީ ހެއްޔެވެ ؟ ރިހާނީ ކުރިއަށްވުރެ ބާރަށް ރޯވުނެވެ. ކޮޓަރީގެ ހަތަރު ފާރުތެރޭގައި އެހިތާމަވެރި ގިސްލުމުގެ އަޑު ގުގުމާލަމުން ދިޔައެވެ. އެލޮލުން ފައިބަމުންދާ ވޭނީ ކަރަނަތަކުން އަކިޔަސް ހިތް މަޑު ފުށްކޮޅެއްހެން ހަދަން ރިހާނީ ބޭނުންވިއެވެ.
” އަހަރެން ކުރިމަތީގައި މާ އިނޮސެންޓް މީހަކަށް ވާން އުޅޭނެ ކަމެއް ނެތް… ޔޫ އާރ އަ ޗީޕް ގާރލް…. ” އަކިޔަސް ވިދާލިވިދުވަރެއްހާ ބާރު މިނުގައި އައިސް ރިހާނީގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ. ” އަހަންނަކަށް ނޭގޭ އަކިޔަސް ތިކިޔާ އެއްޗެއް… އަހަންނަށް ވަރަށް ތަދު އެބަވެޔޭ… ޕްލީޒް ލީވް މީ… ” ރިހާނީ އަކިޔަސްގެ ދެލޮލަށް ނަޒަރު ހިންގާލިއެވެ. އެދެލޮގައި ހަމްދަރުދީގެ ކަންފުޅެއް ވެސް ނެތެވެ.
” ވަޓް އިޒް ދިސް ؟ އަހަންނަށް ކުރިން ވެސް އެނގުނޭ ރިހާނީ ދިން ޖޫސްތަށީގައި ކޮންމެވެސް ނުބައެއް އުޅޭކަން…. ” އަކިޔަސް ޑްރެސިންގް ޓޭބަލް މަތީގައި އޮތް ޕެކެޓްނަގައި ހުރާލީއެވެ. އެވަގުތު ރިހާނީއަށް ފުން ނޭވާތަކެއް ފަޒާގެ ތެރެއަށް ދޫކޮށްލެވުނީ ކީއްވެގެން ކަމެއް ނޭގެއެވެ. އެއިރު ސިކުނޑީގައި އުފެދުނު ބިރުވެރި ޚިޔާލުތައް ސިކުނޑިން ފޮހެވިގެން ގޮސްފިއެވެ. އެހަޤީޤަތް ކޮންމެގޮތެއް ހަދާފައި އަކިޔަސްއަށް ސިއްރުކުރަން ރިހާނީ ބޭނުންވިއެވެ. އެހެން ނޫންނަމަ އަކިޔަސް އޭނަ ވަރިކޮށްފާނެއެވެ.
ރިހާނީއަށް ނޭގުނީ ތާއަބަދު އެއްވެސް ކަމެއް ފޮރުވިފައި ނޯންނާނެކަމާއި ވަގުތު ޖެހުމުން ހުރިހާ އެއްޗެއް ފަޅާއަރާނެކަމެވެ. މިފަހަރު ދިމާމިވީ ކަމުން ޢިބްރަތެއް ރިހާނީއަކަށް ނުލިބުނެވެ.
” ކިޔާ އައި ސްވެއާރ… އަހަރެން ގެނައި ޕެކެޓެއް ނޫން ތިއީ… މީހަކު ބޭއްވި އެއްޗަކަށް ތިވަނީ… އަހަރެން ކިިޔާއަށް ދިން ޖޫސްތަށްޓަށް ތި އަޅައިގެން ކީއްކުރަނީ… ޕްލީޒް ލިސިންޓު މީ… އަހަރެން ކިޔާއަށް ދިން ޖޫސްތަށްޓަށް އެއްވެސް އެއްޗެއް ނާޅަން… ” ރިހާނީ ލުއި ފިޔަވަޅުތަކެއްގައި ގޮސް އަކިޔަސް އަތުގައި ހިފަހައްޓާލިއެވެ. އަކިޔަސް ރިހާނީގެ އަތް ފޮޅުވައިލުމުން އޭނަ ސިހުނެވެ. ” ޑޯންޓް ލައި… ” އަކިޔަސް ޑްރެސިންގް ޓޭބަލް މައްޗަށް ވީއްލައިލި ބާރުގަދަ އެތިފަހަރާއެކު ޑްރެސިންގް ޓޭބަލް މަތީގައި ހުރި ތަކެތި ތެޅިލައިފިއެވެ. ” ކިޔާ އަހަރެން ދޮގެއް ނަހަދަން… ޔޫ ހޭވް ޓު ބިލީވް………… ” ދަތްކުނޑި ވިކާލައިގެން ހުރި އަކިޔަސް ރިހާނީގެ ޖުމްލަ ނުނިމެނީސް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ރިހާނީ އޭނައާއި ފާރާ ދެމެދަށް ލުމަށްފަހު ފިއްތާލިއެވެ.
” ކުރެވުނު ފާފަ ކުޑަވެގެންތަ ދޮގު ތިހަދަނީ ؟ ” އަކިޔަސް ފާރުގަ ދެއަތް ވިއްދާލަމުން ރިހާނީއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ރިހާނީއަށް އިސްޖަހާލަން މަޖުބޫރުވީ އެރީތި ދެލޮލަށް ބަލަހައްޓައިގެން ހުންނަން ނުކުޅަދާނަ ވެގެންނެވެ. އަކިޔަސް ރިހާނީއާއި ނުހަނު ކައިރީގައި ހުއްޓިލައިގެން ހުރުމުން އެދެލޮލުން ފޭދެމުން ދިޔަ ކަރުނަ ތިކިތައް ފެނުނެވެ. އަކިޔަސްއަށް އިރުކޮޅެއް ވަންދެން ރިހާނީގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. ” އެވާނީ ކިޔާއާ އަހަންނާ ދެމެދު މައްސަލަ ޖައްސަން މީހަކު ބޭއްވި ޕެކެޓަކަށް … ” ރިހާނީ ގިސްލަމުން ދޮގެއް ހެދިއެވެ.
އަކިޔަސް ރިހާނީއަށް ދެމުން ދިޔަ އަނިޔާ ތަކުން އެހިތުގައި ތާޒާ ޒަޚަމްތައް ލަމުން ދިޔައެވެ. ” ޑޭމިޓް… އެހެން މީހުން ބޮލަށް ޖަހާނެ ކަމެއް ނެތް… އިޓް އިޒް ޔޫ… ” މިފަހަރު ރިހާނީގެ ދޮގު ބަސްތަކަށް އަކިޔަސް ހެއްލޭ ގޮތެއް ނުވިއެވެ. ރިހާނީ ނޫން ދެވަނަ މީހަކު އެފަދަ ދަށު ދަރަޖައަކަށް ނުވެއްޓޭނެ ކަމަށާއި އޭނައާއި ވީހާވެސް ދުރުން އުޅުމަށް އަކިޔަސް ބުނެލީ ރުޅިވެރި ރާގެއްގައެވެ.
އަކިޔަސް ކޮޓަރިން ނިކުމެގެން ދިއުމާއެކު ރިހާނީ ފާރުގައި ބުރަކަށި ޖައްސައިލަމުން ހުރިތަނަށް ތިރިވިއެވެ. ލޯބަރާވެފައިވާ ތާޒާ ކަރުނަތައް އެސްފިޔަތައް ފޫއަޅުވާލައިފައި ފައިބައިގަތުމުން ރިހާނީ އަވަސް އަވަހަށް ކަރުނަތައް ފޮހެލިއެވެ. އެކަރުތަކުން އަސަރު ކުރާނެ އެކަކުވެސް ނެތެވެ. އަކިޔަސް ދަމުން އެދިޔައީ ދުނިޔެމަތިން އޭނައަށް ލިބޭނެ އެންމެ ބޮޑު އެއް ސަޒާ ދީފައެވެ. ވަރި ނުކުރިޔަސް އެއީ ހާދަ ބޮޑު ވޭނެކެވެ. އަކިޔަސް ދެކެ އޭނަ އިންތިހާއަށް ލޯބި ވާއިރު އަކިޔަސްއާ ދުރުގައި އޭނަ އުޅެނީ ކިހިނެއް ހެއްޔެވެ ؟ އޭނަގެ ބަލިކަށި ހިތަށް ކެތް ނުކުރެވޭނެއެވެ. ރިހާނީ ރުޅިއައީ އެވްލީން ދެކެއެވެ.
” އެވްލީން ޔޫއާރ ރެސްޕޮންސިބަލް ފޯރ އޯލް ދިސް… ކަލޭ މިގެއަށް ނައިނަމަ މިހެން ނުވީސް… އަހަރެން ކަލޭ ދޫކޮށެއް ނުލާނަން… ” ރިހާނީ ކުޑަކުއްޖެއްހެން ފައިތަޅައިގަންނަމުން ކައިރީގައި ހުރި ކުޑަ މޭޒު މަތީގައިވާ ސާމާންތައް ހޫރަން ފެށިއެވެ. އެވްލީންއަކީ އޭނައަށް ހުރި ބޮޑު ބިރެކެވެ. ވީހާ އަވަހަކަށް އެ ”ވިޗް” މިގެއިން ނެރެލަންވީއެވެ. އެހެންނޫންނަމަ އެވްލީން އަކިޔަސް ޖަހައިގަތުމުގެ ބިރު އެބައޮތެވެ. އެވްލީން ޒަވީންދެކެ ލޯބިވާކަމުގެ އެކްޓް ޖެއްސިޔަސް އޭނަ ލޮލުގައި އަނދުން ނޭޅުވޭނެއެވެ.
ޑޮކްޓާރ ޔަހްޔާލް ޢީރާ އާއި ވާހަކަ ދައްކަމުން އެވްލީން ބާއްވާފައި އޮތް ޕްރައިވެޓް ރޫމަށް ވަންއިރު ، ޒަވީން އިނީ އެވްލީންއަށް ކެރެމެލް އައިސް ކްރީމް ކާންދޭށެވެ. ޒަވީން ތަށިން އައިސް ކްރީމް ކޮޅެއް ނަގާފައި އެވްލީން އަނގަޔަށް ލެއްވި މަންޒަރު ފެނުމުން ޢީރާ ހިތަށް ތަދުވިއެވެ. ތުންފަތުގައި ދަތް އަޅާލެވުނީ ހިތަށް ކުރި ފުންއަސަރު ތަކާއެކު ރޮވިދާނެތީއެވެ. މިފަދަ މަންޒަރު ތަކުން އެހިތުގައިވާ ޒަޚަމްތަކުގައި ލޮނުމިރުސް ލެވޭހެން ހީވެއެވެ. ޒަވީން އޭނަގެ މިލްކަކަށް ވެފައި ވަނިކޮށް އެވްލީން ޒަވީން ޖަހައިގެންފިއެވެ. އޭނަގެ ހުރިހާ އުފާތައް އަޅިއަށް ހަދާލި އަންހެންކުއްޖާ އޭނަގެ ލޯބިވެރިއާއެކު އުފަލުގައި އުޅޭމަންޒަރު ދެކެން ދުވަހަކު ކެތް ނުކުރެވޭނެއެވެ. މިތަނަށް އާދެވުނު މޮޔަ ހީކުރެވެމުން ޢީރާ ބޭނުންވީ ދާށެވެ.
” ޢީރް… ” ޒަވީން ގޮވައިލުމުން ޢީރާގެ ފައި ބިމުގައި ތަތްވިއެވެ. ފަސްއެނބުރި ބަލައިލެވުނީ އުއްމީދުން ފުރިގެންވާ ނަޒަރަކުންނެވެ. އެހިތުގައި ޖަހާލި ފޮނި ރާޅުބާނީތައް ޒަހަރަށްވާން ނެގީ ބަސްބުނާހާ މަދު ވަގުތު ކޮޅެކެވެ. ޒަވީން އެވްލީން އަތަށް ބޮސްދިނުމަށްފަހު ތެދުވެލިތަން ފެނުމުން ޢީރާގެ ހިތް ވިންދުން މަހްރޫމް ވިހެން އިހްސާސް ކުރެވުނެވެ. އެމަންޒަރު ފެނުމުގެ ކުރިން ދެލޯ އަނދިރިވިނަމަ ހާސްބައި ރަގަޅު ވީހެވެ.
” އެވްލީން… އާރ ޔޫ ފީލިންގް ބެޓާރ ؟ ރިޕޯޓްތައް ދައްކާގޮތުން އެއްވެސް މައްސަލައެއް ނެތް… އެކަމަކު ބެޓް ރެސްޓް ނެގުން ވަރަށް މުހިންމު…. ޒަވީން ޖެހޭނެ އެވްލީން ރަގަޅަށް ބަލަން…. ” ޔަހްޔާލް ޒަވީންއާއި ދިމާއަށް އެއްލޯމަރައިލަމުން އިނގިރޭސިބަހުން ވާހަކަ ދެއްކިއެވެ. ” އެނީތިންގް ސްޕެޝަލް ؟ ޓޫ ގާރލް އާރ ސޯ ހެޕީ ؟ ” ޒަވީން މޯޅިއަކަށް ދެމިލަމުން ޢީރާއާއި ޔަހްޔާލްއަށް ބަލާލައިފިއެވެ. ” ނަތިންގް ސްޕެޝަލް … ހަމަ ޒޭވް އެންޑް ލީންއާ މީޓްކޮށްލަން އައީ… ” ޢީރާ ހިނިތުންވެލައިގެން ހުރިއިރު އެހިނިތުންވުމުގެ ފަހަތުގައި އެތައްހާސް ވޭނެއް ވާކަން އެކަކަށް ވެސް އަންދާޒާ ނުކުރެވުނެވެ.
ޔަހްޔާލް އެވްލީންއާއި ވާހަކަ ދައްކަން ހުއްޓާ ފޯނެއް އައިސްގެން ޔަހްޔާލް ދިޔައީ ބޭރަށެވެ. ދަނޑިވަޅު ބަލާފައި ޢީރާ ވެސް ދާން ހިނގައިގަތެވެ. ” ޢީރް ހާދަ އަވަހަށް ދާން ތިއުޅޭނީ… ޓޫ ވީކްމިވީ ޑިއުޓީއަށް ނައިސް… އާރ ޔޫ އޯކޭ … ” ޒަވީން ބުންޏެވެ. ޢީރާ ޒަވީންއާއި ދިމާއަށް ބަލައިލުމުން މެޔަށް ފިނިވާގޮތް ވިއެވެ. ޓޭން ކުލައިގެ އަތް ދިގު ޓީޝާޓަކާއި ކަޅު ކުލައިގެ ޖިންސެއް ޒަވީން ލައިގެން ހުރިއިރު ހުދުކުލައިގެ ސްކާފެއްވަނީ ޓީޝާޓްގެ ކަރުވަށާ އޮޅާލާފައެވެ. ތަންކޮޅެއް ދިގުވެފައިވާ ތުނބުޅީގެ ސަބަބުން ކުރިއަށްވުރެ ފިރިހެންވަންތަވެފައި ހިތްދަމައިގަންނަ ގޮތެއް ހުއްޓެވެ. ޢީރާއަށް ޖެހުނީ އެރީތި ސޫރައަށް ބަލަހައްޓައިގެން ހިތްހަމަ ޖައްސާލާށެވެ.
” ތަނަކަށް ދާން ލަސްވެގެން މިއުޅެނީ… ޕާސްޓް ޑޭއިސް ކުޑަކޮށް ބަލިވެ އުޅުނީ އެެހެންވެ ޑިއުޓީއަށް ނާދެވުނީ… ” ޢީރާ ފަނޑު ހިނތުންވުމަކާއެކު ބުނެލައިފިއެވެ. ” އެހާ ލަސްވާނަމަ ދިޔަޔަސް އޯކޭ… އެކަމަކު ޢީރް އަންނަން ވާނެ އިނގޭ ގެއަށް… ލީންއާ ދެކުދިން ފްރެންޑް ވާންވާނެ ، އޭޒް ޔޫ އާރ މައި ބެސްޓް ފެރެންޑް… ” ޒަވީން އެވްލީން އަށް ބަލާލައިފިއެވެ. އެވްލީން އޮތީ ހިނިތުންވެލައިގެންނެވެ. އެވްލީން ޢީރާއާއި ވާހަކަ ދައްކަން އުޅުނުތާނާ ބާރަކަށް ހިނގާލާފައި ގޮސް ޢީރާ ރޫމްއިން ބޭރަށް ނިކުތެވެ.
ހަވީރު މިފްޒާލް ލަންޑަނަށް އައި ޚަބަރު ޖުނެއިނާއަށް ލިބުނީ ރިހާނީގެ ފަރާތުންނެވެ. އޭނައަށް ދިމާ ވަމުންދާ ބަދުނަސީބު ކަންތަކުން ޖުނެއިނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. ޕޮލިހުން އޭނަ އެރެސްޓް ކުރަން އައިސްދާނެތީ ބިރުން ކޮޓަރިން ނިކުންނާކަށް ނުކެރެއެވެ. ރިހާނީ އޭނަގެ މަންމައަށް މިއަދު ހިނގި ހާދިސާ ކިޔައި ދިން ވަގުތު އަކިޔަސްއަށް ވަރުގަދަ ލަނޑެއް ދޭން ޖުނެއިނާ ބޭނުންވިއެވެ. ރިހާނީއަކީ އަކިޔަސް ކުޅެން ގެންގުޅޭ ބުދެއް ނޫނެވެ.
” މޯމް އައެމް ސޯ ހާރޓް… ކިޔާ އާ ދުރުގަ އަހަންނަށް ނޫޅެވޭނެ… މޯމް އައެމް ޝުއާރ ކިޔާ އަހަރެން ޑިވޯސް ކުރާނެ…. ޕްލީޒް ހެލްޕް މީ… ” ރިހާނީ ޖުނެއިނާ ގައިގައި ބައްދާލައިފިއެވެ. ” ރިނީ ދެން އިންތިޒާރު ކުރަންވީ ޕްރެގް ވާނެ ދުވަހަކަށް އޭރުން ކިޔާއަށް ނުކެރޭނެ ރިނީ ވަރި ކުރާކަށް…. ” ރިހާނީ ބޮލުގައި ފިރުމައިލަމުން ޖުނެއިނާ ބުނެލިއެވެ. ” މޯމް ދެން އަހަންނަކަށް ހިޔެއް ނުވޭ ބޭބީއެއް ލިބުނަސް ކިޔާ އަހަރެން އެކްސެޕްޓް ކުރާނެ ހެނެއް… ހީ ހޭޓްސް މީ… ” ރިހާނީގެ އަޑުން އޭނަ ހިތަށް އަސަރުކޮށްފައި ވާވަރު އެނގޭހާ ވެއެވެ.
ޖުނެއިނާ އެނދުގައި އިށީންނަމުން ބުނީ ބޭބީ ލިބުމުން އަކިޔަސް ޖެހޭނީ ރިހާނީ ޤަބޫލުކުރަން ކަމަށާއި އަކިޔަސްއަށް އިތުރު އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އެވަހާކައިގެ ތެރޭން މިއަދު ނޫސް ޕޭޕަރުން ފެނުން ”ބިރުވެރި” ޚަބަރުގެ ވާހަކަ ވެސް ރިހާނީއާއި ޖުނެއިނާ ހިއްސާ ކުރިއެވެ. ” ވަޓް ! ތިވާނީ މޯމްއަށް ހީވިގޮތެއް ކަމަށް… ” ޖުނެއިނާގެ ވާހަކަތަކަށް ރިހާނީ އިތުބާރު ނުކުރާނެކަން ޔަގީން ވުމާއެކު ޖުނެއިނާ އެ ނޫސް ޕޭޕަރު ނަގާފައި ރިހާނީއަށް ދިއްކޮށްލިއެވެ.
ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ދެމައިންނަށް ސިހިފައި ދޮރާއި ދިމާއަށް ބަލައިލެވުނީ އެއްފަހަރާއެވެ. އެވަގުތު ޖުނެއިނާ ރިހާނީ އަތުން ނޫސް ޕޭޕަރު އަތުލަމުން ސައިޑް ޓޭބަލްގެ ވަށްގަނޑަކަށް ލިއެވެ. ” ޑޭޑް… ” ރިހާނީ އެނދުން ތެދުވެލަމުން ދެވެލާފައި ގޮސް މިފްޒާލް ގައިގައި ބައްދާލިއެވެ. ” ރިނީ ކިހިނެއްތަ ؟ ބައްޕަ މިއައީ ޓޫ އޭންޖެލްސް މަތިން މިސްވާވަރުން…. ” ލޯބިން ފުރިގެންވާ އަޑަކުން މިފްޒާލް ވާހަކަ ދެއްކިއެވެ. ” އައި މިސްޑް ޔޫ ޓޫ… ޑޭޑް ނުފެންނަތާ ފޯރ އިޔާރސް މިވީ… ” އަނގައިގައިވާހާ ކުދި ދަތްތައް ދައްކާލަމުން ރިހާނީ ބުންޏެވެ. ޖުނެއިނާ ދުރުގައި ހުއްޓިލައިގެން ހުރި އިރު އެމޫނުމަތިން ބިރުވެރިކަމުގެ ކުރަވަރުތައް ފެންނަމުން ދިޔަ އެވެ. ބައްޕައާއި ވާހަކަ ދައްކާލަމަށްފަހު ރިހާނީ ހިނގައިގަތީ ކޮޓަރިން ބޭރަށް ނިކުތުމަށެވެ.
” އަހަރެން ބުނީމެއްނު އެވްލީންއާ ދުރުން އުޅޭށޭ…. ” މިފްޒާލް ދަތްކުނޑި ވިކައިލަމުން ރުންކުރު ރާގަކަށް ބުނެލަމަށްފަހު ޖުނެއިނާއާއި އަރާ ހަމަކުރިއެވެ. އޭރު ޖުނެއިނާ ހުރީ ހަދާނެ ގޮތް ހުސްވެ ހާސްވެފައެވެ. ނޭވާ ކަރުތެރޭގައި ތާށިވެފައި ވުމުން މޫނަށްވަނީ ކަފަ ކުލަ ވެރިވާން ފަށައިފައެވެ. ” ލާސްޓް ވޯނިންގް… ދެން ލީންއަށް އަނިޔާއެއް ދޭން އުޅެފިނަމަ މަށަށްވުރެ ނުބައި މީހެއް ނުހުންނާނެ… ޖަލަށް ދިޔައީމަ ވެސް ރަގަޅެއް ނުވި… ޔޫއާރ ޖަސްޓް އަ ވޭސްޓް… ” އިންޒާރެއް ދީފައި ކޮޓަރިން ނިކުންނަމުން އޭނައާއެކު މާލެއަށް ދިއުމަށް ސާމާންތައް ޕެކްކުރަން މިފްޒާލް އަމުރުކޮށްލި އެވެ. މިފްޒާލްގެ ޖުމްލައިން ޖުނެއިނާއަށް ލުބުނީ ބޮޑު އުފަލެކެވެ. މިހުރިހާ ކަމަކުން ސަލާމަތްވާނެ ގޮތެއް އޭނައަށް ފެނުނީއެވެ. ނަމަވެސް ޖުނެއިނާއަށް ނޭގުނީ ޕޮލިހުން އޭނަގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމާއި އޭނައަށް ލަންޑަނުން ބޭރަށް ދެވޭނެ އެއްވެސް ގޮތެއް ނެތްކަމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Yeyy me first ekam adhi nukiyan kiyaafa comment kuraanan
Vaahaka v salhi?? I loved it❤