Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާލޯބިންނޭ ދީވާނާ ވަނީ -2

Malak ♥️ Level 1
October 31, 2018 4 Mins Read
9 Comments

” މަލާމަތް ކުރާނެކަމެއް ނެތް.. އަހަރެން އަދި އަލަށޭ މި ރަށަށް މި އައީ… ދެން މި ރަށުގަ އުޅޭ މީހުންގެ ގޭގެއެއް ނޭނގޭނެ އެއްނު.. ދޯ މައުރިން..” ޒަކްވާން މިހެން ބުނުމުން މައުރިން ހިނިތުންވެލާފައި ނިކުމެގެން ހިނގައްޖެއެވެ. މައުރިން ދިއުމުން ޒަކްވާން އާއި ޝައިމް ވެސް ކޮޓަރިއަށް ވަނެވެ.
ރޭގަނޑުގެ ކެއުމަށްފަހު ޒަކްވާން އާއި ޝައިމް، އަތިރިއަށް ދިޔައެވެ. ވައި ޖައްސާލާ ހަށިގަނޑަށް ފިނިކޮށްލުމަށްޓަކައެވެ.

” މައުރިން ވެސް ގޮވައިގެން އައިނަމަ…” އުނދޯއްޔެއްގައި އިށީންނަމުން ޒަކްވާން ބުނެލިއެވެ.

” އޭނަ ރޭގަނޑު ވަރަށް ބޭރަށް ނުނިކުންނާނެ… އަހަރެމެން ގެއަށްވެސް ރޭގަނޑު އަންނާނީ މަ އާދޭސް ކޮށްކޮށް ވަރުބަލިވާފަހުން… މި ދައްކަނީ އެގޭ ކުރިމަތީ ހުރި ގެއެއްގެ ވާހަކަ.. އެހެންވީމަ އަދި މިހިސާބަށް އަންނާނެތަ؟؟..” ޝައިމް މިހެން ބުނުމުން ޒަކްވާން ހީލިއެވެ.

” މައުރިން އެކަނިތަ އެގޭގަ އުޅެނީ؟..” މަޑުމަޑުން އުނދޯލި ހެއްލަމުން ޒަކްވާން ވާހަކަދެއްކިއެވެ.

” ނޫނޭ.. މައު ބައްޕަ ވެސް އުޅޭނެ… ދެންއުޅޭނީ ސްޓެޕް މަމް.. މިހެން ބުންޏަސް އޭނަ މައު ދެކެ ވަރަށް ލޯބިވާނެ.. އޭނަގެ ތިބޭނެ ދެ އަންހެން ކުދިން. ރީޝްއަށްވުރެ އެއް އަހަރު ބޮޑު ކުއްޖަކާ އެއަށްވުރެ ކުޑަ ކުއްޖަކާ.. ބޮޑު ކުއްޖަ ވަރަށް ރަނގަޅުވާނެ.. ދެން ހުންނާނީ ހަމަ އޭގެ އިދިކޮޅު.. ފޮނި އަންހެނެއް ހުވާ.. އޭނަ ފެނުނަސް މަ ހާދަ ނައްޓައޭ.. މައު އަށް ވެސް ވަރަށް ޖެއްސުން ކުރާނެ..” ޝައިމް ރުޅި މޫނު ހަދާލުމަށްފަހު ބުނެލިއެވެ. ޒަކްވާން އިތުރު އެއްޗެއް ނުބުނެ ހިމޭންވިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ.

” ދެން އެހެން ވިއްޔާ ކޮބާ މައުރިން ގެ …….” ޒަކްވާން އަށް މިހިސާބަށް ބުނެވުނުތަނާ ޝައިމް ދެ ކަންފަތުގައި އަތްއެޅުމަށްފަހު ދެލޯމަރާ ބާރުކޮށްލިއެވެ.

” ހެޔޮނުވާނެ ކޮން މައުރިން މައުރިން އެކޭތަ ތި ކިޔަނީ؟؟؟ މަށަށް ހާދަބޮލަށް އުނދަގޫވެޔޭ މީހުން އޭނަގެ ފުރިހަމަ ނަން ކިޔާތީ.. މައު ކިޔާބަލަ…” ޝައިމް ތަންކޮޅެއް ބާރަށް މިހެން ބުނިގޮތުން ޒަކްވާން އަށް ހެވުނެވެ.

” މަށަކަށް ކުރިއަކުން ނޭނގެ އެހެން ކީމަ ޝައިމްގެ ބޮލަށް އުނދަގު ވާކަމެއް.. އެކަމު ދެން ކިޔާނީ މައު.. އޯކޭ؟؟؟ ދެން ހަމަ އަންހެން ކުދިން ދައްކާފާޑުގެ ވާހަކަ ދައްކައޭ އެބަ.. ހުމްމްމް.. ދެން މަ ބުނީ ކޮބާތަ މައުގެ އަސްލު މަންމަ؟؟؟..” ޒަކްވާން އަނެއްކާވެސް ސީރިއަސް ވެލިއެވެ.

” އަހަންނަކަށް ވެސް މާ ބޮޑަކަށް ނޭނގެ.. ބައެއްމީހުން ބުނޭ މައު ވަަރަށް ކުޑައިރު މައުގެ މަންމަ ފިލައިގެން ދިޔައީއޭ… އެކަމު މައު ވެސް އެވާހަކަ ގަބޫލެއް ނުކުރާނެ.. ދެން ނޭނގެ..” ޝައިމް ގެ ވާހަކަ އަޑުއަހަން، ޒަކްވާން އިނީ ވަރަށް ޝައުގުވެރިކަމާއި އެކުއެެވެ.

” އޯހް..ވަރަށް އެހެން ކަހަލަދޯ؟؟..” ޒަކްވާން މިހެން ބުނުމުން ޝައިމް ހީލިއެވެ.

” ޒެކް ކީއްކުރަން އެހާވަރަށް މައުގެ ވާހަކަ ތިއަހަނީ؟؟؟ ސެޓް ކުރަންވީތަ؟؟؟ ޑޯންޓް އިވެން ތިންކް އަބައުޓް އިޓް!!!! ޝީ އިޒް މައި ގާރލްފްރެންޑް..” ޝައިމް މިހެން ބުނި އިރު އެނާގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ސީރިއަސް ކަން ފެންނަން ހުއްޓެވެ. އެވަގުތު ޒަކްވާންގެ މޫނުމަތިން ކުލައޮއްސުނު މަންޒަރު ފެނި ޝައިމް އަށް ނުހީ ނުހުރެވުނެވެ.

” ކޮން ކަމެއް މާ މަޖާ ވެގެން މިހާރު ތި ހެނީ؟؟…” ޝައިމް ހޭން ފެށުމުން ޒަކްވާން މޫނުހަދާލިއެވެ.
” ހިނި އަންނާނެ ދޯ.. މަ އެހެން ބުނީމަ ޒެކް އަށް އެއޮށް ވީގޮތެއް.. ޗިލް ބްރޯ.. އެއީ މަގޭ ބެސްޓް ފްރެންޑޭ… ބައިދަވޭ ލަވް އެޓް ފަރސްޓް ސައިޓްތަ؟؟؟..” ހެވޭ ވަރުން ޝައިމް އަށް ވާހަކަ ދެއްކުނީވެސް ކިރިޔާއެވެ.
” ދެރަ ކަމެއްނު ޝައިމް…” ޒަކްވާން މިހެން ބުނުމަށްފަހު ތެދުވެ ޝައިމް ފަހަތުން ދުއްވައިގަތީ ހެމުންނެވެ. ޝައިމް ވެސް ބަލާކަށް ނުހުރެ ދުއްވައިގަތެވެ. ދެ ޒުވާނުން ސަކަރާތުގައި ތިބުމަށްފަހު ޝައިމް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ.
” އޭތް… މިހާރު އެއޮށް އެގާރަ ޖަހަނީ… ހިނގާ ގެއަށްދާން…” ޝައިމް މިހެން ބުނުމަށްފަހު ގެއާދިމާއަށް ހިނގައިގަތެވެ. ޝައިމްގެ ފަހަތުން ޒަކްވާންވެސް ހިނގައިގަތެވެ.
ޒަކްވާން އަށް އެރެއަކު ނުނިދުނެވެ. ކަމަކާ މާ ބޮޑަށް ވިސްނެނީނެއެވެ. މުޅި ސިކުނޑީގައި ވަނީ ހަމަ އެންމެ ޙިޔާލެކެވެ. މައުރިންއެވެ. މައުރިން އާއި ދޭތެރޭ އެހާވަރަށް ވިސްނެނީ ކީއްވެބާއެވެ؟ އެ އަންހެން ކުއްޖާއަށް ލިބިފައިއެވަނީ ކޮންފަދަ ޖާދުވީ ރީތިކަމެއް ހެއްޔެވެ؟ އޮމާން، ދޮން މޫނެކެވެ. އެރީތި ބޮޑު ދެލޮލުގެ އެސްފިޔަތައް ބޯވެފައި ދިގެވެ. އެހެން ކުދިންނާ ހިލާފަށް މައުރިން އަށް ލިބިފައިވަނީ ފެހި ކުލައަކަށް ދާ ކަޅިއެކެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތަށް ހިނިތުންވުން ވެރިވާއިރު އެ މަންޒަރު ބަލާފޫހި ނުވާނެއެވެ. މުށިކުލައިގެ ދިގު އިސްތަށިގަނޑު އޭނާގެ ދޮން ހަންގަނޑާ ނުހަނު ގުޅެއެވެ. ރޫފަޔާ އެއްވަރުގެ އިސްކޮޅެއް ލިބިފައިވުމުން އަދި އެ ރީތިކަން އިތުރަށް ފުރިހަމައެވެ. މި އަންހެން ކުއްޖާއަކީ ރީތި ފަތްމިންޏެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މައުރިން އާއި ކައިވެނި ކުރާނީ ނަސީބުވެރިއެކޭ ޒަކްވާން ހިތަށްއެރިއެވެ. އަނެއްކާ މިހާރުވެސް އެއީ މީހެެއްގެ ހައްގެއް ނޫންބާވައެވެ. އަހަންނަށް މިވަނި ކީއްބާއެވެ؟ މިއީ ލޯބިބާވައެވެ؟ އެކަމަކު އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މީހަކުދެކެ ލޯބި ވެވިދާނެ ހެއްޔެވެ؟ ހަމަ ގައިމުވެސް މީގެ ކުރިން ދުވަހަކުވެސް އަހަންނަށް މިހެނެއް ނުވެއެވެ…” ޒަކްވާން ހިތާހިތާ ކިޔަމުން ދިޔައެވެ. މި ފަދަ އެތަށް ހިޔާލަކުން ޒަކްވާންގެ ސިކުނޑި ހާސް ކުރަމުން ދިޔައެވެ. މައުރިންގެ އެ ރީތި މޫނުދެކިލުމަށް އޭނާގެ ހިތްއެދެނީއެވެ. ކޮންމެ ގޮތެއްވިޔަސް މާދަމާ މައުރިން އާއި ދިމާވާނެ ކަމުގެ އުންމީދު ހިތުގައި އޮތީތީ، ހުރިހާ ހިޔާލެއް އެއްފަރަތް ކޮށްލުމަށްފަހު ޒަކްވާން ނިދާލިއެވެ.

އާ ދުވަހަކަށް އިރުއަރައިިފިއެވެ. މައިރިން ބަދިގެތެރޭގައި އަވަދިނެތި އުޅުނެވެ. ގޭ މީހުން ހޭލަން ވާއިރަށް ހެނދުނުގެ ނާސްތާ ތައްޔަރުކުރުމަށެވެ. މައުރިން ގެ އުމުރުން އަދިވި އެންމެ 18 އަހަރެވެ. ހީވާގި ކަމާއި މުރާލިކަމުގައި އެރަށުގެ އހެން ކުދިންނަށް ނަމޫނާއެއްފަދަ ކުއްޖެކެވެ. އޭނާގެ ރިވެތި އަހްލާގުގެ ސަބަބުން ރަށުގެ އެންމެންވެސް އޭނާދެކެ ވަރަށް ލޯބިވެއެވެ.
ހުރިހާ ކަމަކުން އަވަދިވުމަށްފަހު ސައިބޮއެގެން މައުރިން ދިޔައީ ޝައިމްމެން ގެއަށެވެ. އެގެއަށް ވަންއިރު ޒަކްވާން ލޯމަރާލައިގެން ސޯފާގައި އޮތެވެ. އޭނާ އޮތީ ނިދާފައި ނޫންކަން މައުރިން އަށް އިނގުނީ އޭނާގެ އަތުގައިއޮތް ގިޓާއިން ކުޅެމުން ދިޔަ ހަމަހިމޭން ރީތިރާގާ އެއްވަރަށް އޭނާ ލައްވަމުން ދިޔަ މަޑުމައިތިރި އަޑުންނެވެ. މައުރިން ކުޑަކޮށް ކަރުކެހިލިއެވެ.

” ކޮަބާ ޝައިމް؟؟..” މި އަޑަށް ޒަކްވާން ކުއްލިއަކަށްް ކޮޅަށް ތެދުވިއެވެ. މައުރިން ފެނުމާއިއެކު ޒަކްވާނަގެ މޫނުމަތިން އުފާވެރިކަމާއި، އުންމީދުގެ ކުލަވަރު ފެނުނެވެ. ހީވީ މިލާމޯޅިވެފައިވާ މަލެއް ފޮޅި ތާޒާ ވިހެންނެވެ.

” ޝައިމް އެބައުޅޭ ކޮަޓަރީގަ.. މިހާރު ނިކުންނަން ކަންނޭގެ އުޅޭނީ.. ” މައުރިން އާއި ދިމާއަށް ބަލަހައްޓައިގެން ހުރެ ޒަކްވާން ބުނެލިއެވެ. އެ ވަގުތު ޝައިމް ކޮޓަރިން ނުކުތެވެ.

” ހޭއި ގާއިޒް… ކޮަބާ، ހިނގާ ސައިބޯން ދާން… މައު ވެސް ހިނގާބަލަ އަހަރުންނާ ޖޮއިން ވާން…” ޝައިމް މިހެން ބުނެލުމުން ޒަކްވާން ބޯޖަހާލިއެވެ.

” ނޫނޭ.. އަހަރެން މި އައީ ސައި ބޮއެގެން.. ތި ދެމީހުން ގޮސް ސައި ބޮއެލައިގެން އާދޭ… އަހަރެން މިތާ މަޑުކޮށްލާނަން…” މައުރިން މިހެން ބުނުމަށްފަހު ސޯފާގައި އިށީނދެލިއެވެ.
ޝައިމް މެން އައުމުން ތިން މީހުން އެއްކޮށް ދިޔައީ ތުނޑިއަށެވެ. ދޮންވެލިގަނޑު މަތީގައި މައުރިން އިށީނުމުން، ޒަކްވާން ހިނިތުންވެލާފައި ގޮސް މައުރިން ކައިރީގައި އޮތް ރުއްގުޅިއެއް މަތީ އިށީނދެލިއެވެ. ޝައިމް ބޭނުންވީ އެ ދެމީހުންށް އެކަނި ވަގުތުކޮޅެއް ދޭށެވެ. އެހެންކަމުން ފިހާރައަކަށް އެބަ އަންނަމޭ ބުނުމަށްފަހު ޝައިމް ހިނގައްޖެއެވެ. ޒަކްވާން ފުރުސަތުގެ ބޭނުން ހިފިއެވެ. އޭނާގެ ހިތުގައި އޮތް ސުވާލު ނުސީދާގޮތެއްގައި މައުރިންއާ ކުރިއެވެ.

” އަހަންނަށް އަބަދުވެސް ފެންނަނީ މައު ކޮންމެވެސް ހިޔާލެއްގަ ހުއްޓަ.. ކޮންކަމަކާތަ އެހާވަރަށް ވިސްނަނީ؟؟؟ އަނެއްކާ ބޯއީފްރެންޑް އެއް ހުންނަނީތަ؟؟؟…” ތެޅިތެޅީ އޮތް ހިތަކާއިއެކު ޒަކްވަން މިހެން އަހާލިއެވެ… މައުރިން ޒަކްވާން އާއި ދިމާއަށް ބަލައިލިއިރު އެ މޫނުމަތިން ފެންނަނީ ސީރިއަސް ކަމެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

Malak ♥️

Level 1

Assalaamualakum.. I'm a 18 years old girl... Loves to read and write stories... My dream is to be a successful writer Insha Allah... Love you all...

Other Articles

Previous

ވެވުނީ ލޯތްބޭ ޔާރާ ❤

Next

ހިތަކުން ނުފިލާނެ (ފަހުބައި)

Next
October 31, 2018

ހިތަކުން ނުފިލާނެ (ފަހުބައި)

Previews
October 31, 2018

ވެވުނީ ލޯތްބޭ ޔާރާ ❤

9 Comments!

  1. Malak ♥️ says:
    October 31, 2018 at 10:30 am

    Salaam hurihaa kudhin..♥️♥️♥️ How’s you all???? So here is the second part of the story..??? kurin rey submit kollaafa inyma Iyyega up vaane kamah heekuree.. Ekamu miadhu mi up vee dhw..??? Mi part thankolheh kuruvaane.. But Insha Allah mirey submit kollaanan dhigu part eh..?? Ummeedhu kuran readers ah mi part ves kamudhaane kamah..??? And varah avas kollaafa up kureema typing mistakes huredhaane.. Sorry for that.. Enjoy the story..??? Ly my dears ♥️♥️♥️

    1. Malak ♥️ says:
      October 31, 2018 at 10:33 am

      And one more thing… Ithoo kiyaa ehn author ehves mi site ga ulheythee mihaaru meenee name change kollaafa… This is not my real name..? But you guys can call me Malak..♥️ Thank you ??

  2. Queen Dandelion says:
    October 31, 2018 at 10:50 am

    Jazakhallah khairan Malak♥..?mi prt kuruviyas aee massala eh nooney???masha allah..woah???..vrh vrh furihama mi prt..??nxt prt dhigukoh dheynamey bunyma so happy???????

  3. Stry Kiyaa Man says:
    October 31, 2018 at 10:52 am

    Masha allah ..mi part vex v salhi…miyy v dhina meehun ulhey stry eh thr dear..mihen mi buny pic ga gina meehun thibey ma…hope mirey avahah up kohlaane kamah..waiting waiting.
    -salaam-?????

    1. Malak ♥️ says:
      October 31, 2018 at 11:02 am

      Al-hamdulillah♥️♥️♥️ Thank you so much dear..??? Vvvv happy vejje story kamudhiyaima??? Yes… Cover ga e thiby mi story ga ulheyne main characters….??? Vaahaka kuriah dhaa varakah ingemun dhaane Kon Kon baeh kan ves… ??? Mihaaru hama typing ga mi ulheny… Insha Allah mirey submit kollaanan…??? keep waiting..???

  4. Kudoo says:
    October 31, 2018 at 1:16 pm

    Nice story, I really like

    1. Malak ♥️ says:
      October 31, 2018 at 2:08 pm

      Thank you so much dear..???? Vvv happy vejje story kamudhiyaima…???

  5. Shaya says:
    November 1, 2018 at 12:05 pm

    Avahah up kohdhyba next part, can’t wait. Story varah nice. Maasha Allah

    1. Malak ♥️ says:
      November 1, 2018 at 2:26 pm

      Alheyy…??? Thank you so much shaya???? Haadha happy vejje eyy mi comment kiyaalaafa…??? Next part Mihaaru up kollaafa innaany..? I hope you will like that part too..??? Thank you dear. ?

Comments are closed.


All Right Reserved!