” އަހަންނަށް އަބަދުވެސް ފެންނަނީ މައު ކޮންމެވެސް ހިޔާލެއްގަ ހުއްޓަ.. ކޮންކަމަކާތަ އެހާވަރަށް ވިސްނަނީ؟؟؟ އަނެއްކާ ބޯއީފްރެންޑް އެއް ހުންނަނީތަ؟؟؟…” ތެޅިތެޅީ އޮތް ހިތަކާއިއެކު ޒަކްވަން މިހެން އަހާލިއެވެ… މައުރިން ޒަކްވާން އާއި ދިމާއަށް ބަލައިލިއިރު އެ މޫނުމަތިން ފެންނަނީ ސީރިއަސް ކަމެވެ. ” ބޯއީފްރެންޑެއް ނުހުރޭ..، އެކަމުވެސް އެހެން ކުޑަކޮށް ވިސްނާލަން ޖެހޭ ބައެއްކަހަލަ ކަންތައްތައް ހުންނާނެއެއްނު ދޯ..” މައުރިން ގެ ވާހަކަ ނިންމާލީ ހިނިތުންވެލަމުންނެވެ. ޒަކްވާން އަށް ވެސް ހީލެވުނީ މައުރިން ގެ ޖަވާބުން […]
” މަލާމަތް ކުރާނެކަމެއް ނެތް.. އަހަރެން އަދި އަލަށޭ މި ރަށަށް މި އައީ… ދެން މި ރަށުގަ އުޅޭ މީހުންގެ ގޭގެއެއް ނޭނގޭނެ އެއްނު.. ދޯ މައުރިން..” ޒަކްވާން މިހެން ބުނުމުން މައުރިން ހިނިތުންވެލާފައި ނިކުމެގެން ހިނގައްޖެއެވެ. މައުރިން ދިއުމުން ޒަކްވާން އާއި ޝައިމް ވެސް ކޮޓަރިއަށް ވަނެވެ. ރޭގަނޑުގެ ކެއުމަށްފަހު ޒަކްވާން އާއި ޝައިމް، އަތިރިއަށް ދިޔައެވެ. ވައި ޖައްސާލާ ހަށިގަނޑަށް ފިނިކޮށްލުމަށްޓަކައެވެ. ” މައުރިން ވެސް ގޮވައިގެން އައިނަމަ…” އުނދޯއްޔެއްގައި އިށީންނަމުން ޒަކްވާން […]
އޮމާންކޮށް އޮތް ކަނޑުގެ ލޮނުގަނޑު ކަފަމުން އައި ލާންޗެއް ރަށުގެ ބަނދަރާ ކައިރިކޮށްފިއެވެ. އެވަގުތު އެ ލާންޗުންފޭބީ ޒުވާން ފިރެހެން ކުއްޖެކެވެ. އިސްކޮޅުން ދިގު، ބާމަތިފުޅާ ޒުވާނެކެވެ. މާ ދިގު ނޫން ފަން އިސްތަށިގަނޑު ވަނީ ރީތިކޮށް ސަޓައިލް ކޮށްލާފައެވެ. އޭނާ ލާފައިވާ ބްރޭންޑެޑް ގަމީހާއި ސްކީނީ ޖީންސް، އޭނާއަށް ލިބިފައިވާ މާ ދޮން ނޫން ހަމުގެ ކުލަޔާ ނުހަނު ގުޅެއެވެ. ލޮލުގައި އަޅާފައިވާ ރޭބަން އަވިއައިނު ނެގުމަށް ފަހު، ނޫ ކުލައިގެ ލެންސް ލައްވާފައިވާ އެ […]
އޮމާންކޮށް އޮތް ކަނޑުގެ ލޮނުގަނޑު ކަފަމުން އައި ލާންޗެއް ރަށުގެ ބަނދަރާ ކައިރިކޮށްފިއެވެ. އެ ވަގުތު އެ ލާންޗުން ފޭބީ ޒުވާން ފިރިހެން ކުއްޖެކެވެ. އިސްކޮޅުން ދިގު ބާމަތި ފުޅާ ޒުވާނެކެވެ. މާ ދިގުނޫން ފަން އިސްތަށިގަނޑު ވަނީ ރީތިކޮށް ސްޓައިލް ކޮށްލާފައެވެ. އޭނަ ލާފައިވާ ބްރޭންޑެޑް ގަމީހާއި ސްކިނީ ޖީންސް، އޭނާއަށް ލިބިފައިވާ މާ ދޮންނޫން ހަމުގެ ކުލަޔާ ނުހަނު ގުޅެއެވެ. ލޮލުގައި އަޅާފައިވާ ރޭބަން އަވިއައިނު ނެގުމަށްފަހު، އަޅި ކުލައިގެ ލެންސް ލައްވާފައިވާ އެރީތި […]