” ސެލީނާ އެބަހޯދާ ދަރިފުޅު…! ” ފާޒިން ދޮރުހުޅުވާލުމުން ވަދީފާ ބުނެލިއެވެ. ފާޒިން އެނދުމަތީގައި އިށިންދެލައިގެން އިން މައިޝާއަށް ބަލާލަމުން ބޭރަށް ނިކުންނާން ހިނގައިގަތެވެ. ވަދީފާވެސް ކޮޓަރިތެރޭގައި އިން މައިޝާއަށް ހިނިތުންވުމެއް ހަދިޔާ ކުރަމުން ދޮރުލައްޕާލާފައި ފާޒިންގެ ފަހަތުން ހިނގައިގަތްއިރު ހީވަނީ ފާޒިންގެ ބޮޑީގާޑުހެންނެވެ. ” ކީކޭ ސެލީ…! ” ސިޑިން ފައިބައިގެން އައި ފާޒިން ސިޓިންގްރޫމުގެ ގޮޑިއެއްގައި ޖައްސާލައިގެން އިން ސެލީނާ ފެނުމުން ބުނެލިއެވެ. ” ބޭބެ ބުނީ ބޭބެމެން ބޭނުމީ އެކޮޅުގައި މަޑުކޮއްލާށޭ…! އަހަރެމެންނަށް […]
” ވަރަށް ލޯބިދޯ ކޮކީ…؟ ” ފާޒިން ފިޒާންގެ ފޮޓޯގަނޑަށް ބަލަހައްޓައިގެން ހުރުމުން ވަދީފާ އައިސް ބުނެލިއެވެ. ފާޒިން އެއްބަހެއްވެސް ނުބުނެ ފޮޓޯގަނޑަށް ބަލަހައްޓައިގެން ހުރީއެވެ. ” އާމިރު… ވަރަށް އަވަހަށް އާދެބަލަ ގެއަށް..! ފަޒީލްވެސް އޮފީހުގައި އުޅޭނަމަ އޭނަވެސް ގޮވައިގެން އަންނާތި… ” އާމިރު ފޯނު ނެގުމާއެކު އަވަސް އަރުވާލާފައި ވަދީފާ ބުނެލިއިރު އުފަލުން ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. ” ކޮންކަމަކާ މާ އުފާވެފައި ތިހިރީ…؟ ” ކުޑަކޮއް ހީލަމުން އާމިރު އަހާލިއެވެ. ” ދެން […]
މަޑުމަޑުން ހިނގާފައި ދިޔަ ސެލީނާގެ މޫނުމަތިން އެއްވެސް ކަހަލަ އުފާވެރިކަމެއް ފެންނާކަށް ނެތެވެ. ހިތުގައި އުފެދިފައިވާ ރިހުމެއްގެ ސަބަބުން ހީވަނީ ހިތް ކުދިކުދިވެގެން ހިނގައިދާނެހެންނެވެ. ނަމަވެސް މިލާ މޯޅިވެފައި ހުރި މޫނު އުޖާލާވެގެން ދިޔައީ ކުއްލިއަކަށެވެ. ޒެދީންއަށް ހުރިހާ ހަގީގަތެއް ކިޔައިދޭން ދިޔަ ސެލީނާގެ ހިޔާލް ބަދަލްވެގެން ދިޔައީ ކުއްލިއަކަށެވެ. ޒެދީން ހާސިލް ކުރަން ކޮންމެ ކަމެއް ކުރަން ޖެހުނަސް ސެލީނާ ފަހަށް ޖެހޭކަށް ބޭނުމެއް ނުވިއެވެ. ޒެދީން އެއީ އޭނަގެ ލޯތްބެވެ. ސެލީނާއަށް ވިސްނުނު ގޮތުގައި […]
” ސެލީ… އަހަރެން އެކްސިޑެންޓްވެފަ ހޭއެރި ދުވަހު ބައްޕަ އަހަރެންނަށް ކޮންމެވެސް އަންހެންކުއްޖެއްގެ ފޮޓޯގަނޑެއް ދައްކާފައި އެހީ ކާކުހޭ އެއީ… އިނގޭތަ.. އެއަންހެންކުއްޖާ އަހަރެން ދެކުނިން އިއްޔަ މިތަނުންވެސް… އަހަރެންގެ ހިތަށް ސިފަވާ މަންޒަރުތަކާ އެމީހުނާ ވަރަށް ބޮޑު ގުޅުމެއް އެބައޮތް… މިހެން މިބުނީ މިރިޒޯޓުގެ ބައެއް ސުޓާފުންވެސް އަހަރެން ފެނުނީމަ ވަރަށް ބަލާކަން ސެލީއަށްވެސް ފާހަގަ ކުރެވެއެއްނު… އަހަރެން ބޭނުން މިކަންތައްތަކުގެ ހަގީގަތް ކޮންމެ ގޮތެއް ހަދާފައިވެސް ބަލަން… ސެލީ އަހަރެންނަށް އެހީތެރިވެދީފާނަންތަ…؟ އެކަމަކު އަހަރެން […]
އެކެއް ޖަހަން ކައިރިވުމުން މައިޝާމެން ރޫމަށް ދިޔައީ ކާންދިއުމަށްޓަކައި ކުޑަކޮއް ތައްޔާރުވެލާށެވެ. ތައްޔާރު ވެލައިގެން ނިކުތް އިރު ބަގީ ޑުރައިވަރު މައިޝާމެން ބަލާގޮސް އޮތެވެ. މައިޝާމެން ގޮސް ރެސްޓޯރެންޓު ތެރެއަށް ވަންނަން ދިޔަ ވަގުތުވީ ޒެދީންމެންވެސް ކައިނިމިގެން ނިކުންނަން އައި ވަގުތަށެވެ. މައިޝާގެ އަތުގައި ހިފައިގެން ހުރި ފިޒާން މައިޝާގެ އަތުން ދޫކޮއްލާފައި ދުރައްދުއްވައިގަތީ އެވަގުތުއެވެ. ފިޒާންގެ ފަހަތުން ފައިހާ ދުވެފައި ދިޔައިރު މައިޝާވެސް ފަހަތުން ދިޔައެވެ. ފިޒާން ދުވެފައި ގޮސް ހުއްޓުނީ ރެސްޓޯރެންޓްގެ އެއްފަރާތުން ތަންކޮޅެއް […]
ކަނޑުގައި އެއްވެސް ރާޅެއްނެތް އިރު ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރުދުވެލީގައި ދިޔަ ލޯންޗުގެ ފަހަތު ސީޓުގައި މައިޝާއާއި ފައިހާ އަދި ފިޒާން ތިބިއިރު އިތުރު ފަސްގެސްޓުންވެސް ލޯންޗުގައި ތިއްބެވެ. ފިޒާން މަޖާވެގެން އުޅޭމަންޒަރު ފައިހާ ފޮޓޯނަގަމުން ދިޔައިރު މައިޝާއިނީ އެއޮމާން ސާލެއްފަދަ ކަނޑަށް ނަޒަރު ހުއްޓައިލައިގެންނެވެ. ތިރީސް ފަސްމިނެޓުގެ ދިގުދަތުރަކަށްފަހު ލޯންޗު ރިޒޯޓުގެ ބަނދަރުގައި މަޑިކުރިއެވެ. އޭރު ޖެޓީމަތީގައި ގެސްޓުންގެ އިސްތިގުބާލުގައި ހަތަރު މީހުންތިއްބެވެ. ފައިހާމެން ބަލާގޮސްހުރި އަންހެންކުއްޖާއާ އެކު ރިޒޯޓަށް އަރައިގެން ގޮސް މަޑުކޮއްލީ ރެސްޓޯރެންޓް […]
ދުރުދުރުން ފެންނަން އޮތް ރިސޯޓާ ދިމާލަށް ޒެދީން ނަޒަރު ހުއްޓާލައިގެން އިންއިރު ސެލީނާ ޒެދީންގެ ކޮނޑުގައި ބޯއަޅާލައިގެން އިނީ ނިދިފައެވެ. ކަނޑު މަޑުކަމުން ހީވަނީ ސާލެއް އަޅާލާފައި އޮތްހެނެވެ. އުޑުމަތީގައި މަދުން ނޫނީ ފުސްކޮޅެއްވެސް ނެތެވެ. ލޯންޗު ބާރުދުވެލީގައި ލޮނުގަނޑު ކަފަމުންދިޔައިރު ދޭތެރެއަކުން ފުޅަނގި އުދުއްސައިގެންގޮސް ލޮނުގަނޑަށް ތިރިކުރާ މަންޒަރު ވަރަށް ހިތްގައިމެވެ. ލޯންޗުގޮސް ރިސޯޓުގެ ޖެޓީގައި މަޑުކޮއްލިއިރު ޒެދީންއަށް އިނދެވުނީ ހައިރާންވެފައެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ކުރީގެ ހަނދާނެއް ކުލަނުވާ މަންޒަރެއްގެ ގޮތުގައި ސިފަވެގެން ދެއެވެ. […]
ފުލެއިޓުގެ ދޮރުން ބޭރު ބަލާލުމާއެކު ޒެދީންގެ ދެލޯބޮޑުވެގެން ދިޔައެވެ. ސިކުނޑިއަށް ބާރުވެގެން ދިޔައީ ކުލަނުވާ ހަނދާންތަކެއް ސިކުނޑިއަށް ވެރިވެގެން ދިއުމުންނެވެ. ބޯޓުން ފައިބައިގެން އެޅި ފުރަތަމަ ފިޔަވަޅާއެކު ޒެދީންއަށް ވަރަށް އެހެންކަހަލަ އިހްސާސްތަކެއް ކުރެވުނެވެ. އެގޮތަށް ފުލޭޓްތައް ޕާކްކޮއްފައި ހުންނަ މަންޒަރާއި ޕުލޭޓްތައް ޖައްސާ އަދި ނަގާ މަންޒަރު މީގެކުރިން ކިތަންމެ ތަނަކުން ފެނުނު ނަމަވެސް މިކަހަލަ އިހްސާސްތަކެއް ޒެދީންއަށް ކުރެވިފައެއް ނެތެވެ. ސެލީނާ ޒެދީންގެ އަތުގައި ހިފައިގެންހުރެ ފޮޓޯތައް ނަގަމުން ދިޔައިރު ޒޮބީދުއަށް ޒެދީންގެ މޫނަށް […]
” ދަރިފުޅު މިވަގުތު ޖެހޭނެ ވަރަށް ހިތްވަރުކުރަން… ދަރިފުޅުގެ ބަނޑުގައި ތިއޮތީ ފާޒިންގެ ހަމައެކަނި ނިޝާން…! ފާޒިން ނެތަސް އަނެއްކާވެސް އަހަރުމެންނަށް ލިބެންތިއުޅެނީ ހަމަ ކުޑަކުޑަ ފާޒިންއެއް…! ދެން އެކަމާ ހިތާމަކޮއް ރޮއި ހެދުމުން ދަރިފުޅުގެ ބަނޑުގައި ތިއޮތް ދަރިފުޅަށް އިތުރު ގެއްލުމެއްނޫނީ ނުވާނެ…! ބައްޕަކައިރީގައި ވައުދުވޭ މީގެ ފަހުން ދަރިފުޅުގެ ބަނޑުގައި ތިއޮތް ކުޑަކުޑަ ދަރިފުޅަށް ގެއްލުންވާ ކަހަލަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް…! ” އާމިރު ވާހަކަ ދައްކަމުން މައިޝާގެ ލޮލުން ފޭބި ކަރުނަތަށް […]